Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ފަންވަރު 03

blackshadow eddie
blackshadow eddie Level 210 Stories
January 28, 2025 3 Mins Read
1 Comment

އަދި ހިތާހިތާ ބުނެއެވެ. އެވާނީ ކޮންމެ ވެސް ހިތާމަވެރި އެއްގެ އަޑަކަށެވެ.އެނެއްކާ ޠާޢޫން ގައި ބަލިވެ ހާލެއް ނެތިފައި އޮތް މީހަކު ދޫކޮށްލާފައި ނާއުންމީދު ވެގެން ނުވަތަ ބިރުން އޭނާގެ ގާތް މީހުން ފިލާ ރައްކާވަނީ ނޫންބާއެވެ. ؟އެކަމަކު އެހެނެއް ނޫނެވެ. އެޑަކީ އެއްގޮތަކަށް ވެސް ދިރިހުރި މީހެއްގެ އަޑަކާާއި ވައްތަރެއްނޫނެވެ. ފަހަރެއްގައި ތާއޫން އިން މަރުވެފައި އޮތް މައްޔިތެއްގެ ރޫޙް ކަފުން ނުކުރެވިގެން އެކަނިވެރި ކަމުގެ މައްޗަށް ރޮއި ސަކުވާ ކުރަނީވެސް ނޫންކަން ނޭގެއެވެ.

މިބިރުވެރި  ޙިޔާލު އައުމާއި އެކު އޭނާއަށް ހީވީ ހީބިހި ގަަޑެއް ނަގައިގަތް ހެނެވެ. އޭނާގެ ހިތަށް އަރައެވެ. ދެން ކުރާނީވެސް ކިއްބާވައެވެ؟ ކުރިއަށް ދާނީ ބާވައެވެ. ނުވަތަ އެބުރި ރައްކާވާނީ ބާވައެވެ؟ މިހެން ހިތަށް އެރިތަނާ އަނެއްކާވެސް އެވޭނުން ފުރިގެންވާ ތުރުތުރު އަޅައަޅާ ހުރި އަޑު އިވިއްޖެއެވެ އަންވަރުގެ ހިތުގައި ވިންދު އަވަސްވެ ގެންފިއެވެ.އަގަ ހުޅުވިފާ ދެލޯ ބޮޑުވެފައިވާ ހާލު ދޮރުގެ ބިއްލޫރިން ރައްދު ކޮށްކޮށް ހުރި އަލިކަމަށް ބަލަހައްޓައިގެން ހުއްޓާ ނާރު ތަކުގެ ލޭ ގަޑުގަންނަވާލާ ފަދަ ނާމާން އަޑަކުން ބޭރުން ބަކަމޫނެއް ގޮވައި ގަނަފިއެވެ. …އޭނާއަށް ހީވީ ދުވާށޭ ދުވާށޭ  އޭތި ގޮވާހެންނެވެ.ކުއްލިއަކަށް ތިން ހަތަރު ފިޔަވަޅު ފަހަށް ސޮއްސާލައިފިއެވެ. އެނާގެ ނިތްކުރިން ދާތަށް އޮހެން ފަށައަފިއެވެ . މުޅި ޙަޔާތުގައި ވެސް އަދި މިފަދަ ބިރަކާއި އެނާ ކުރި މައްޗެއް ނުލައެވެ. މިހާލުގައި  ހިތަށް ކުއްލިއަކަށް ވަން ބިރުވެރި ކަމަކުން އޭނަ ދުއްވައިގެންފިއެވެ.ފައިވަނީ ތުރުތުރު އަޅާފައެވެ. މާނޭވާ ލެވިފައެވެ.ކަރުތެރެ ހިކިފައެވެ. ދުވަމުން ގޮސް ބަކަރި ފުޅަލިގަޑު ފަހަނައަޅާ މަގު މައްޗަށް ނުކުމެ ބައްތިއެއްގެ ކައިރިއަށް ހުއްޓިއްޖެއެވެ. އަދި ބިރުވެރި ލޮލަކުން އޭނާގެ ކަޅު

ދިގު  ހިޔަންޏަށް ބަލާން ފަށައިފިއެވެ.އަދި އެނާގެ ޙިޔާލުގައިވާ މައްޔިތާގެ ފުރާނަ އެނެއްކާ ފަހަތުން ނާދެތޯ ދޮރާއްޓާއި ދިމާއަށް ބަލާވެސް ލިއެވެ. އެކަމަކު އޭނާއަށް އެއްވެސް އެއްޗެއް ނުފެނެއެވެ. ރޭގަޑުގެ ފިނިވައިރޯޅި އަންވަރު ގެ ހޫނުވެފައިވާ ނިތްކުރިއަށް ޖެހުމުން ހިއްލާފައިވާ ދަލުގެ ފިނިކަމާއި އެކުވެގެން ހިތަށާއި ސިކުޑި އަށް ބާވަތެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ. އަދި ވިސްނާން ފެށިއެވެ. އެނެއްކާ އަހަރެން މިކުރީ ކޮންފަދަ ވިޔާނުދާ ކަމެއް ހެއްޔެވެ ؟ ދުވެ މިރައްކާވި ބިރުންނެވެ. ކޯއްޗެއް ދެކެ ބިރުން ހެއްޔެވެ؟ މަރުދެކެ ހެއްޔެވެ؟ ހަމަ ދެންމެ މަގުމަތިން ދިމާވި ބޭބެ ގާތުގައި މަރު އަންނަނީ  އެއްފަހަރުއޭ އަހަރެން ބޫނީ ކޮންފަދަ ބޮޑާ ކަމަކާ އެކު ހެއްޔެވެ؟ އަހަރެން ބުނި ބަސް އަހަރެންގެ މައްޗަށް މިހާ އަވަހަށް ތެދުވާނެ ކަން އެގޭނީވެސް ކިހެނެއް ހެއްޔެވެ؟ މަރަށް ފިލަން ދުވުމަކީ ކޮން ފަދަ މޮޔަ ކަމެއްހެއްޔެވެ؟ ދަގަޑު ނުވަތަ ލޮއިން ހަދާފައިވާ ވަރުގަދަ ކިއްލާ ތަކުގައި  އަހަރެމެން ތިބި ކަމުގައި ވިއަސް މަރުގެ ވަކި ތަކުން ސަލާމަތެއް ނުވެވެނެއެވެ.ވީއިރު މަރަށް ފިލަން ދުވުމަކީ ހަމަ އެކަނި ފިޑި ކަމަކީ އެއް ނޫނެވެ. އަދި ކީއްހެއްޔެވެ ؟މޮޔަވެސް ކަމެކެވެ.

އަހަރެންނަކީ ދަުވަހަކުވެސް ދިރިހުރި މީހަކު ދެކެ ވެސް ބިރުގަތް މީހެއް ނޫނެވެ.އަދު މަރުވެފައިވާ މީހުންދެކެ ގަންނާންވީ ކޮން ބިރެއް ހެއްޔެވެ؟އަދި އަހަރެންނަށް އިވުނު އަޑަކީ  މައްޔިތެއް ގެ އަޑު ކަމުގައި ވާނީ ވެސް ކިހިނެއް  ހެއްޔެވެ؟ އެހެނީ މަރުވެފައިވާ އެއްވެސް އެއްޗަކީ ވާހަކަ  ދައްކާ އަޑުއަޑު ނެރޭ ތަކެއްޗެއް ނޫންކަން ޔަގީނެވެ. އެއީ ހަމަ އެކެނި އަހަރެންގެ ފިޑި ކަމުގެ ނަތީޖާއެއްގެ ގޮތުން ހީވި ހީވުމެއްގެ ކެއްސެކެވެ.ސައްކެއް ނެތެވެ.އެއިވުނު އަޑެއް ވާނީ ތާޢޫން ގެ ސަބަބުން ހާލެއް ނެތިފައިވާ  ނިކަމެތި ކޮންމެވެސް އަންހެނެއްގެ  އަޑު ކަމަށެވެ.

މިވަގުތު އަހަރެންގެ މައްޗައް ވެރިވެފައިވާ ބިރެއްގެ ސަބަބުން ދެވެ ފިލިނަމަ މުޅި އުމަރަށް ވެސް އެކަން އަމިއްލަ ނަފްސަށް މަށަކަށް މާފެއް ނުކުރެވޭނެއެވެ. އަހަރެން އެހީވިނަމަ އެމީހަކު ގަދަވެއްޖައީސް ކަމުގެ ޙިޔާލު އަބަދަށް އުދަގޫ ކުރާނެއެވެ.ނޫނެކެވެ ނޫނެކެވެ. އެނިކަމެތި އެންހެނަކީ ކާކުތޯ އަހަރެން ބެލުން ހުއްޓެވެ.މިހެނީ އެނާއަށް ކޮންމެވެސް އެހީ އެއް ވެވުމަކީ އެކަށީގެންވާ  ކަމެކެވެ. އިސްވެ ދިޔަ ޙިޔާލުތައް އެނާގެ ހަތުގައި ހަމަ އެފެދުމާއި އެކު އަންވަރުގެ ތަބީޢީ ހިތްވަރުގަދަކަން އެބުރި އަތުވެއްޖެއެވެ.އިންސާނީ  ހަމްދަރުދީ  ގެ މަތިވެރި ޝުޢޫރުތައް އެނާގެ މައްޗަށް ވެރިވެއްޖެއެވެ އަދި ނުހަނު ހަމަޖެހިގެން ހުރުމާއި އެކު އިބްރާހީމް ގެ ގެއަށް އެނެއްކާ ވެސް އެނާ ވަދެއްޖެއެވެ. އަދި އެކޮޓަރި އެއްގެ  ބިއްލޫރި ދޮރުން އަލިކަން ރައްދުކޮށްކޮށް ހުރި ކޮޓަރި އެއްގެ ދޮރުހުޅުވާލަފިއެވެ.ކުރިމަތީގައި ވަނީ ކުޑަކުޑަ މޭޒެއްގެ މަތީގައި ބަހައްޓާފައި ހުރި ކުޑަވަރެއްގެ ބައްތިއެކެވެ. ކޮޓަރިއަކީ މިޒަމާނުގެ ފަރނީޗަރން އާރާސްތު ކޮށްފައިވާ ކޮޓަރިއެކެވެ. އެއްފަރާތެއްގައި ވަރަށް ރީތި އެދެއް ހުއްޓެވެ. އެދުގ މައްޗަށް އެއްލިފައިވަނިީ 18ނުވަތަ 19 އަހަރަށް ވެރެ ހަމަގައިމުވެސް އުމުރުން ދޮށި ނުވާނޭ އަންހެން ކުއްޖެކެވެ. އެކުއްޖެއްގެ މޫނު މަތިވާނީ މީލާމޯޅީ ވެފައެވެ. ދޯލޯ ނުހަނު ރަތް ވެފައެވެ. އޭނާގެ ތުނި ތުނި ތުންފަތް ވަނީ ހިކި އަވަދިވެފައެވެ.އަދި ހސާބަކަށް ކޫނީގެ އަސަަރު ވެސް ފެނެއެވެ. އެއަންހެންކުއްޖަކު އެނާގެ ދުލުން ތުންފަތް ތެތް ކުރެވޭތޯ އިރުއިރު ކޮޅުން މަސައްކަތް ކުރެއެވެ. އަދި ބާލީހުގައި އެގޮތް މިގޮތަށް ބޯކޭއްތުމާއި އެކު ކުކުރަމުން ދެއެވެެ. އޭނާގެ އިސްތަށިގަޑު ވާނީ މުޅީން ރޫޅިފައެވެ. މި މަންޒަރު ފެނުމުން ހީވަނީ އާދެ އެރޫޖެހިފައިވާ ދިގު އަދި ކަޅުކުލަ ގަދަ  އިސްތަށިގަޑު ތެރެއިން އެނާގެ މޯޅިވެފައިވާ  މޫނު ފެންނައިރު ހީވަނީ އުދަރެއްގައިވާ ކަޅު ވީލާތައް އޮއްސެން ދިޔައިރު ވަށާލާފައިވާ ހެންނެވެ. ހައިރާން ވެފައިވާ ހާލުގައި އިރުކޮޅެއް ވަންދެން އަންވަރު އެކުއްޖަކު ބަލަހައްޓައިގެން ހުރުއްޖެއެވެ. ދެންއެދު  ކައިރިއަށް ގޮސް އެއަހެންކުއްޖާ ގެ ނިއްކުރީގައި އަތް ލުމުން އޭނާއަށް ހީވީ އަދައަދާ ހުރި އަގުރު ތަކެއްގެ މަތިގައި އަތް ބޭއްވިހެންނެވެ.

އަންވަރު :- (ހިތުން ހިތައް ) މާތް ރަސްކަލާންގެ ސަލާމަތް ކުރައްވާށިއެވެ. ކޮން ފަދަ ގަދަ ހުމެއް ހެއްޔެވެ ؟ އަދި ފެންބޮވާފައި ވާނީ ވެސް ހައިރާންވާ ފަދަ މިންވަރަކަށް ކަން ކަށަވަރެވެ. މިފަދަ ނިކަމެތި ހާލެއްގެ މައްޗަށްމިކުއްޖަކު ދޫކޮށްފައި ދެވެ ފިލާ ރައްކާވި ބަޔަކީ ކޮން ފަދަ ހިތެއް ނެތް އަދި ވަޙްޝީ ބައެއް ހެއްޔެވެ މޮޓަރ ޙަރާބު ވުމައި މެދު އަހުރެން ހީކުރީ  އެއީ ޖެހުނު މުޞީބާތެއް ކުމުގައެވެ. އެކަމަކު ޙަޤީޤަތުގައި އެކަންތައް މިވީ އަހަރެންގެ ކޮޅެއް ނެތް ފަދަ ރަގަޅު ނަޞީބަކަށެވެ. އެހެނީ މިއެހީތެރިއެއް ނެތް ހާލުގައި ޖެހިފައިވާ ކުއްޖާ އަށް އެހީވުމުގެ ފުރުސަތު މިލިބުނީ އެކަމުގެ ސަބަބުންނެވެ. އެދުކަރިގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ދޯރަކާއި ބިއްލޫރި ތައްޓެއް ހުއްޓެވެ. އަންވަރު އެތައްޓައް ފެންއަޅައިގެން އަންހެން ކުއްޖާ ކުޑަކޮށް ބާލީސް މައްޗަށް ނެގުމަށްފަހު އޭނާއަށް ފެެންބޯދީފިއެވެ . އެކުއްޖަކު ވަރަށް އަވަށް އަވަހަށް ފެންފޮދު ބޯލަފިއެވެ. އަންވަރު އެނެއްކާވެސް އޭނާ ރީތިކޮށް ބާއްވަފިއެވެ. އަދި މަގަތުން އިށީދެގެން އިދެ ނުހަނު ހަމްދަރްދީ އާއި އެކު އެއަންހެން ކުއްޖާގެ މޫނު މައްޗަށް އައިސްފައިވާ އިސްތަށިތައް ވަކިކޮށް ނިތްކުރިގެ ދެފަރާތައް ރީތިކޮށް ބައިކުރާން ފަށައިފިއެވެ.އެކުއްޖަކު ނުލާހިކު ބިރުވެރި ނަޒަރަކުން އަންވަރާއި ދިމާއަށް ބަލަހައްޓައިގެން އޮތެވެ.ފެންފޮދެއް ލިބުމުގެ ސަބަބުން ފެންނަ ފެނުމަށް ކުޑަ ހިމޭން ކަމެއް އައިކަމަކު އޭނާގެ ވިސްނުން ރަގަޅު ނުވާ ކަމުގެ ސަބަބުން އަގައިން ބުނެވޭނެ އެއްޗެއް ގޮތެއް ކުއްޖަކަށް ނެތެވެ. އަންވަރު :-(އަންހެން ކުއްޖާގެ ނިތްކުރީގެ ބައެއް އިސްތަށި ތައް ރަގަޅު ކުރަމުން ) ފިކުރު ބޮޑު ނުކުރާށެވެ.

4 ވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

blackshadow eddie
Follow Me Written By

blackshadow eddie

Level 210 Stories

story writer . thank you supporting with me ވާހަކަ ލިޔުމާއި ކިޔުން . ކިޔުންތެރިންގެ ސަޕޯޓް އަކީ އަޅުގަނޑު ގެ ކުރި އެރުން

Other Articles

Previous

މައިރާ ( 6 ވަނަ ބައި)

Next

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…64

Next
January 28, 2025

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…64

Previews
January 28, 2025

މައިރާ ( 6 ވަނަ ބައި)

One Comment

  1. Cutie girl says:
    January 28, 2025 at 12:28 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    I appreciate your hard work

Comments are closed.

Next Episodeފަންވަރު 04←


All Right Reserved!