Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ފަންވަރު

blackshadow eddie
blackshadow eddie Level 210 Stories
January 25, 2025 3 Mins Read
2 Comments

މި ވާހަކަ އަކީ އެޕިސޯޑް ތަކަކަށް އަދި ދިގު ވާހަކައެކެވެ. މި ވާހަކައި ގައި އުޅެމުން އަންނަ މީހުންގެ ނަން ތަކަކީ ހިޔާލީ  ނަން ތަކެއް ކަން ހަނދުމަ ކޮށްދެމެވެ .

މި ވާހަކަ ކިޔުމަށް ފަހު ކިޔުންތެރިންގެ ހިޔާލު ފާޅު ކޮއްލަ ދެއްވުން އެދެމެވެ .

*********************************************************************************

ބޮޑު ފަޓާހެއް  ގޮވިއަޑު  ކަހަލަ އަޑެއް އިވުމާއެކު ރީތިކޮށް ދުވަމުން އައި މޮޓަރު  ހުއްޓިއްޖެއެވެ . ރޭގަނޑުގެ 10ޖެހިއަރެެވެ . އެންމެ ފިނި މޫސުމެވެ. ހިމޭންކަން ވެރިވެގެންވާ މަގެކެވެ . ބިރު ގަންނަ ފަދަ ދުނިޔެއެކެވެ . ވަރަށް ރީތި ޒުވާނަކު އެމޮޓަރުން ފައިބައްޖެވެ.އޭނާގެ އުމުރުން ވާނީ ވިއްސަކަށް ފަންސަވީހަކަށް އަހަރެއެވެ .ލައިގެން ހުރީ އިގިރޭސި  ހެދުމެކެވެ. ހިނިތުން ވެފައި ވާ މޫނެކެވެ. އިސްކޮޅުދިގެވެ. ވިދަވިދާ ހުރި  ދޮން ކުއަލައެވެ .ލޮލުގެ ކަޅިރަވާގެ ކުލަ ކަޅެވެ.އެނާގެ ރީތި އަދި ޖާޒްބިއްތުން ފުރިފައިވާ ކޯތާފަތް މައްޗަށް މަޑުމަޑު ފިނިފެންމާ ކުލައެއް ވެރިވެފައި ވެއެވެ.ތުންފަތް  ވަރަށް ވެސް ރަތެވެ. ކަނާތް ފަރާތު ކޮލުގައި  ކަޅުތިލަ އެއް ޖަހާފަވެއެވެ. ހަށިގަޑުގެ ގުނަން ތަކުގެ ރީތި ކަމާއި އިސްކޮޅާއި ރޫފަ އެޅިގެންވާ  ވަރުން މީހުން ހަސަދަވެރިވާހައިވެސް ވެއެ ވެ. ހަރަކާތް ތަކުން ފިރިހެން ދުޅާކަން ފާޅުވެއެވެ. ސިފަ ތަކުން އަމިއްލަ  ނަފްސަށް އިތުބާރު ކުރުމާއި  ކެރުމާއި މާތް ކަމަކީ  އޭނާއަށް ވަރަށް ބޮޑަށް ލިބިގެންވާ އެއްޗައްކަންް  އަންގައެވެ.  ތެދެކެވެ. ފިތުރަތުގެ ދީލަތިކަން އަންވަރަށް  ދީފައިވަނީ ވަރަށް ވެސް އަސަރުގަދަ ރީތި ކަމެވެ.  އަދި ޖާޒުބިއްޔަތުން ފުރިގެންވާ ސިފަތަކެއް މެއެވެ.  ލޯބީގެ ދުނިޔޭގައި. ޖޫލިއަސް ސީޒަރ ފަދައިން އަހަރެން އައިމޭ އަދި ދުށީމޭ . ފަތަހަ ކުރީމޭ ، އެނާ އަށް ދަޢުވާ ކުރެވިދާނެއެވެ.   އަންވަރު :-(އޭނާގެ އަމިއްލަ ނަފްސާއި މުހާތަބްކޮށް )މިޖެހުނީ  އަނެއް މުސީބާތެވެ .ކާރުގެ ފޮރޮޅު މުޅިން އައު ކަމުގައި ހީކޮށްގެން ހުރިނަމަވެސް ދުނިޔޭގެ އެހެން ކަންތައް ތަކެކޭ  ވެސް އެއްގޮތަށް ކެހިމިދިނީ  އެންމެ ނުދޭނެއޭ  ހީވިކަން ތަކުގައެވެ .. ބުންބާ އަށް ދިއުމުގެ ހިޔާލު ކުރުމަކީ ވެސް މޮޔަކަމެވެ .މިހާރު ދެން ފިކުރު ކުރަންވީ މިނާމާން  ހިސާބު ގަޑުގައި ފިނި މޫސުމް ގެ މިއޮތް ދިގުރޭ ކަޑައްތު ކުރާނެ ގޮތަކާއި މެދުގައެވެ.     މިމަގުގެ  ތަންކޮޅެއް ދުރުން ހިސާބެއްގެ އަލިކަމެއް ފެންނާން އަބަހުއްޓެވެ. އަންވަރުގެ  ހިތުގައި އަދިމާއަށް ދިއުން  ރަގަޅު ވާނެ ކަމުގައި  ގަސްދުކޮށް އަދި މޮޓަރުގެ މަގުގެ  އެއްފަރާތެއްގައި ބޮޑު ގަހެއްގެ ދަށަށް ޖައްސާލައި ޓޯޗް ހިފައިގެން އެފެންނަ އެލިކަމާއި ދިމާއަށް  ހިގައިގެންފިއެވެ. އުއްމީދުން  ފުރިފައިވާ ހިތަކާއިގެންނެވެ.  ކުޑަތަންކޮޅަކަށް  ދިޔަތާނާ އެދިމާއިން  އަންނަ މީހަކާ ބައްަދަލު ވެއްޖެއެވެ . އެމީހަކު މުޅި ގައިގާ ރަޖާ އޮޅާފައި ހުރި ގޮތުން މޫނު ފެންނަނީ ވެސް ހަމަ ކިރިޔަ ކިރިޔާއެވެ. އަންވަރު:ـއޭބޭބޭއެވެ.ޢެއަލިކަމެއް. އެފެންނަނީ އެއީ ކޮން ތަނެއް ހެއްޔެވެ؟ އެމީހަކު :-އެއީވާ މާތަރާނު އެވެ. ކަލޭ ދެނެއެއް  ނުލައްވަމު ހެއްޔެވެ؟  އަންވަރު :- (އުފާވެފައި )މާތަރާނު ހެއްޔެވެ ؟އެއީ އިބްރާހީމް ގެ ރަށެވެ. ވަރަށް ރަގަޅުވެ. އަހަރެން ސީދާ  ދާނީ އޭނާގެ ގެއަށެވެ. އެމީހަކު : އެކަމަކު މުޅި އެރަށުގައި  ވަނީ ޠާއޫން ފެތުރިފައެވެ. އެތަނަށް ދުރުވަންވާނީ ކިހެނަކުންތޯއެވެ.  އަންވަރު :(ޙައިރާންވެފައި ) ޠާއޫނޭ ! އެމީހަކު :-ލައްބަ ޠާއޫނޭ. އަދި އެފަދަ ގަދަ ޠާއޫނޭކޭ. މުޅި ރަށް ހުސްވެއްޖެއެވެ. ދުވާލެއްގެ މައްޗަަށް 50އާއި 100އާއި ދެމެދަށް މަރުވަމުން އެބަދެއެވެ.  މީސްތަކުން   ގޮދޮރު  ދޫކޮށް ދުވެ ފިލައިފިއެވެ އެއީ  ރަށެއް ހެއްޔެވެ. ބިރުވެރި ގަބުރުސްތާނެކެވެ. ރޭގަޑު ކިއްކުރަންތޯއެވެ؟ދުވާލު ވިއަސް އެރަށަށް ދާން ޖެހިލުންވާހާވެއެވެ.އަޅުގަޑުގެ ބަސް އައްސަވާށެވެ .އެތަނަށް އެއްގޮތަކަށް ވެސް ނުދުރު ވާށެވެ. އަންވަރު:- އަހަރެން މިހުރީ ޤަސްދުކޮށް ނިންމައިގެންނެވެ .ވީމާ ދެންހަމަ  ކޮންމެ ގޮތަކުން ވެސް ދާނަމެވެ.  މަރަކީ ދިރިއުޅުމުގާ އެންމެ ފަހަރަކު އަންނަ އެއްޗެކެވެ. އެތައް ފަހަރަކު ނޫނެވެ. އެދި އެކަމަށް ވާނީ ވަގުތު ކަޑައެޅި ނިމިވެސް ފައެވެ. އެކަމަކު ބައެއް މީހުން އޭގެ ކުރީގައި އެތައް ފަހަރަކު މަރުވެދެއެވެ.އެމީހަކު:- އަޅުގަޑު މިނަންގަތް އެއްޗެއް ނަންގަތީ ކާލޭއަށް ހެޔޮއެދިގެންނެވެ. އެހެންނާ ދުރުވުމާ ނުދުރުވުގެ އިޙްތިޔާރު ވަނީ ފުރިހަމަ އަށް ލިބިގެންނެވެ. އަންވަރު:-ބޭބެ ތިޔަ ދިން އެކުވެރި ނަޞޭޙަތަށް ޝުކުރިއްޔާ އާދާ ކުރަމެވެ.މިހެން ބުނެފައި އަންވަރު ކުރިއަށް ހިގައިފެންފިއެވެ. ޝަހަރުވަނީ ބައި މޭލެއްހާ ހިސާބުގައެވެ. އެކަމަކު އެއީ ރަށެއް ހެއްޔެވެ.ނަޞޭހަތްތެރެވި މީހާދެންމެ ގައި ބުނިފަދައިން ނުލާހިކު ބޮޑު ނާމާން ގަބުރުސްތާނެކެވެ .ހަތަރު ފަރާތަށް ވެރިފައި ވަނީ ޢަޖާއިބެއް ފަދަ ބިރުވެރި ހަމަހިމޭން ކަމެވެ. މަގުމަތީގެ ތަންތަން ކޮޅުގައި ސަރުކާރުން ޖަހާފައިވާ ބައްތި ތައް ދިއްލި ހުރުމުގެ މަސައްކަތުން މަގު މައްޗަށާއި ކައިރީގައިވާ ފާރުތަކަށް އަލިކަން ރައްދު ކުރުމުގެ ބަދުލުގައި ބޮޑަށް ކާމިޔާބު ވެފައިވަނީ ބިރުވެރި ހިތްހަލާކުވާ ފަދަ ވައްތަރުގެ ހިޔަނި ތައް ދެއްކުމުގައެވެ. ބަލާލި ކޮންމެ ފަރާތެއްގައިވާ ގޭގޭގެދޮރު ވަނީ ލެއްޕިފައެވެ. މިހިމޭން ކަމުގެ ތެރޭގައި އޭނާގެ ފައިވަނުގެ އަޑު ނޫން އެހެން  އެއްވެސް އަޑެއް އަންވަރަކަށް ނުއިވެއެ. ނަމަވެސް ބައެއް ފަހަރަށް ދުރުން ހޭރޭ ކުއްތާ ތަކުގެ އަޑުތައް މިހިމޭންކަން ފޫއަޅުވާލައަވެ. އަދި ބައެއް  ފަހަރަށް ކޮންމެވެސް ހިތާމަވެރި  އަންހެނެއްގެ  ރުއިމުގެ އަޑު ޖައްވުގެ  ތެރެއަށް ފެތުރިގެން ގޮސް އާހާމީހުންގެ ގައިން ހީބިހި ނަގައިގަންނަ ގޮތް ވެއެވެ. ބައެއް ފަހަރަށް ކޮންމެވެސް  މައްޔިތަކު ގޮވައިގެންދާ ބައެއްގެ މަޒްހަބީ ކިޔެވުން ތަކުގެ އަޑުން އެންމެ ހިތްގަދަ މީހުންގެ ހިތްވެސް ތެޅި ގަންނަ ފަދައެވެ. އަންވަރަކީ ތަބީޢީ ގޮތުން ވަރަށް ވެސް ހިތްވަރު ގަދަ ޒުވާނެކެވެ. އެކަމަކު މިބިރުވެރި މާޙައުލު އޭނާގެ ހިތަށާއި ނާރު ތަކަށް ވެސް އަސަރު ނޮކޮށެން ނުހުއްޓެވެ.އެހެން ނަމަވެސް ޙިޔާލު ތަކާއި ހަގުރާމަ ކުރުމުން އިބްރާހީމް ގެ ގޭގެ މަގު ހޯދަމުން އެނާ ހިގަމުން ދިޔައީ ކުރިއަށެވެ .މިހެން ގޮސް އިބްރާހީމް ގެ ގޭގެ ދޮރާއްޓާއި ހަމައަށް ހިގައްޖެއެވެ ބަކަށި ފުޅަލިގަޑު ވާނީ ލައްޕާފައެވެ. ނަމަވެސް ތަޅުލާފައެއް ނޫނެވެ. އަންވަރު އެތަން މިތަނަން ނަޒަރު ހިންގާލީ އިރު އެއްވެސް ފުރާނައެއް ނުފެނުނެވެ.އޭނާ މަޑުމަޑުން ފުޅަލި ގަޑު ކޮއްޕާލައިފިއެވެ. ބިރުގަންނަ ކަހަލަ އަޑެއް އިވިފައި އެހުޅުވިގެން ހިގައްޖެވެ. ދެން އެތެރެއަށް ވަދެ ބަލާލިއިރުވެސް ހިމޭން ކަމާއި  އަދިރި ކަން ނޫނީ ނެތެވެ . އަންވަރު އޭނާގެ ޓޯޗުން އެތައް މިތަނަށް އަލިކޮށްލިއިރު ކުރިމަތީގައިވާ ކުޑަކުޑަ ބަގީޗާ އައި ފެންނަން ހުރި ކޮޓަރި ތައް އޭގެނެ ހާލުގެ ދުލުންް ދެވެ ރައްކާވާށެވެ. މީތާގައި ތާޢޫންގެ މައްޔިތުން ފިޔަވައި. ދިރިތިބި މީހުންނަކަށް ޖާގަ އެއް ނެތެވެ. ބުނާ ކަހަލައެވެ. އަންވަރު:- ދެފަހަރަކު ގޮވާލާފިއެވެ.އެކަމަކު އޭނާގެ އަޑު ހިދުކޮޅެއް ވަންދެން ފަޒާ ގައި  ހުރުމަށް ފަހު ޢާއިބު  ވެއްޖެއެވެ . އޭނާގެ ހިތަށް އަރައެވެ.މާތްކާލާކޯއެވެ! އަހަރެން މިއައީ !ކޮންފަދަ ތަކަން ހެއްޔެވެ؟އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެކަމަކު ދެންދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ. ބިގީޗާ ކަޑައްތު ކޮށް އޭނާ ފެންޑާ އަށް އަރައްޖެއެވެ. އަދި ޓޯޗްގެ އަލިން ކަން ހުރި ނެތް ބަލާލުމުން ބައެއް ދޮރު ފަތް ހުރީ ނުލެއްޕިއެވެ.ހަމަ އެކަނި ކައިރި ކޮށްލެފައި ކަން އެނގިއްޖެއެވެ.މިކަމުގެ ސަބަބުން ވީ އަޖާއިބު ވަކީން ބޮޑެއެވެ.

02 ވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ ……..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

blackshadow eddie
Follow Me Written By

blackshadow eddie

Level 210 Stories

story writer . thank you supporting with me ވާހަކަ ލިޔުމާއި ކިޔުން . ކިޔުންތެރިންގެ ސަޕޯޓް އަކީ އަޅުގަނޑު ގެ ކުރި އެރުން

Other Articles

Previous

މަޖުބޫރުން ވެވުނު ލޯބި 4

Next

މަޖުބޫރުން ވެވުނު ލޯބި 5

Next
January 26, 2025

މަޖުބޫރުން ވެވުނު ލޯބި 5

Previews
January 25, 2025

މަޖުބޫރުން ވެވުނު ލޯބި 4

2 Comments!

  1. cutie girl says:
    January 25, 2025 at 11:46 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up

  2. hiyaalu says:
    January 26, 2025 at 11:50 am

    Aneetha vaahaka yaa haadha vatharey

Comments are closed.

Next Episodeފަންވަރު 02←


All Right Reserved!