Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދުވަރު ދިން އެރޭ …20 (ފަހުބައި)

Hudhufinifenmaa_
Hudhufinifenmaa_ Level 2100 Login10 Stories
December 27, 2024 12 Mins Read
13 Comments

ހަނދުވަރު ދިން އެރޭ … 20

” ޕޭޝަންޓް ގެ ޙާލު ވަރަށް ކްރިޓިކަލް.. ބޮލަށް ބޮޑެތި އަނިޔާ ލިބިފަ ހުރީމަ.. އޮޕަރޭޝަން ކުރެވުނަސް އަދި އެއްޗެއް ބުނަން މާ އަވަސް. އައި ސީ ޔޫ އަށް ޕޭޝަންޓް ޝިފްޓް ކޮށްފަ އިތުރު ފަރުވާ ދޭންޖެހޭ.. ވަރަށް އުއްމީދު ކުޑަ .. ބަޓް ލެޓްސް ޕްރޭއި.. “ އިތުރު ދެ ޑޮކްޓަރަކާއެކު ނުކުތް ޑރ އަފްޒަލް ވާހަކަ ދެއްކީ އިލްހާމްއާއި ހާދީ އާއެވެ. ކައިރީގައި އަޑުއަހަން ތިބި މައިރާއާއި އަސްމާ އަދި ހަބީބާވެސް އުއްމީދު ގެއްލި ކަރުނައަޅަމުން ދިޔައީ ދެން ހަދާނެ ގޮތެއް ނުވިސްނިއެވެ.
​” ކޮބާ ރީހާން .. ؟؟ ކޮބާ .. ؟؟؟ ރީހާން އަކަށް އެއްވެސް ކަމެއް ނުވޭ.. !!! އަހަރެން … އަހަރެން … ބޭނުން ރީހާން ކައިރިޔަށް ދާން… “ އެ ހުރިހާ ވަގުތަކު ކެތްތެރިވެގެން ހުރި މައިރާ އަށް ރޮއެގަނެވުނެވެ.
” އަމް ސޮރީ.. އަދި މިވަގުތު ޕޭޝަންޓް ގާތަށް ނުވަދެވޭނެ.. !! ބަޓް ވީ ވިލް ކީޕް ޔޫ އަޕްޑޭޓެޑް..“ ޑޮކްޓަރު އަފްޒަލް އެހެން ބުނެފައި އެ ތަނުން ދާން ހިނގައިގަތެވެ.
” މައިރާ.. ދަރިފުޅު ކެތްތެރިވޭ..! އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ..“ ހަބީބާ ބެލީ ރޮމުން ދިޔަ މައިރާ ހަމަޖެއްސޭތޯއެވެ. އަސްމާވެސް ވާހަކަ ހުސްވެފައިވާހެން ހަމަހިމޭނުން ފާރަށް ލެނގިލައިގެން ހުރީ ކުރެވޭނެ އިތުރު ކަަމެއް ނެތުމުންނެވެ.

” ބައްޕާ.. ދޮންބެގެ ޙާލު ކިހިނެއް ؟ ޑަކްޓަރު ކީކޭ ބުނީ.. “ އިލްހާމްގެ ފޯނަށް އައީ އޭނާގެ އަންހެން ދަރިފުޅު އިމްޝާގެ ކޯލެކެވެ.
” ދޮންބެގެ ހާލު ދެރަ.. އަދި އެއްޗެއް ބުނަން މާ އަވަސް ކަމަށް ޑޮކްޓަރ ބުނީ.. އެކަމަކު އުއްމީދު ވަރަށް ކުޑައޭ.. ދަރިފުޅުމެންނަށް އާދެވޭތަ؟ .. މަންމަ އަށް މިވަގުތު ދަރިފުޅުމެންގެ އަޅާލުން ބޭނުންވޭ.. މިތަނަށް އައިއްސުރެ ތަނެއްގަ ނުވެސް އިށީނދެ .. މިހާރު އެއްވެސް ވާހަކައެއް ނުދައްކާ..! މުޅި މީހާ ގަނޑުވެފަ އިންހެން ހީވަނީ..“ ތަންކޮޅެއް ދުރަށް ޖެހިލައި އިލްހާމް ކިޔައިދިނެވެ.

” ދަރިފުޅާ މައިރާ ދެން ގެއަށް ދާންވީނު… މިތާ ކޮޅަށް ތިބެގެން އިތުރު ކަމެއް ވާކަށް ނެތެއްނު.. ކެތްތެރިވެ ހިތްވަރު ކުރޭ..! ބައްޕަ މަޑު ކުރާނަން.. .. ގެއަށް ގޮސް ކައިގެން އަރާމު ކޮށްލާފަ އަންނަން ވީ ނު..! “ ހާދީ ބެލީ ވަރުބަލިވެފައިވާ މައިރާ ހަބީބާ އާއެކު ގެއަށް ފޮނުވާލެވޭތޯއެވެ.
އެތައް އާދޭހަކަށް ފަހު ހާދީގެ ބަސް ގަބޫލުކޮށް މައިރާ ހަބީބާއާއެކު އޭނާގެ ބޭބެގެ ގެއަށް ދިޔައީއެެވެ. އިލްހާމްވެސް އިމްޝާއާއެކު އަސްމާ ގެއަށް ފޮނުވާލާފައި ހާދީއާއެކު ހޮސްޕިާލުގައި މަޑުކުރީއެވެ.

******

ގަޑިން ރޭގަނޑު އަށެއް ޖެހުމާއެކު ހުޝާމް ތައްޔާރުވެލީ ހާނީ އާއި ބައްދަލުކުރަން ނިންމާފައި އޮތުމުން ރެސްޓޮރެންޓަށް ދާށެވެ. ކޮޓަރިން ނުކުތުމުގެ ކުރިން އޭނާގެ ލޮކަރ ތެރެއިން ކަރުދާސް ގަނޑެއް ނަގައި ރޫ ނުޖެހޭނެހެން ބޮޑު ސިޓީ އުރައަކަށް ލައި އެ ހިފައިގެން ނުކުމެ ސައިކަލަށް އަރައި ދުއްވާލިއެވެ.
ރީތި ސާފު އުޑުގައި ވިދަމުން ދިޔަ ތަރިތަކުން ރޭގަނޑުގެ ފުރިހަމަކަން ދައްކުވައިދެމުން ދިޔައިރު މަޑުމަޑު ފިނި ރޯޅި ތަކުން ފަޒާގައި ހިތްގައިމު ފިންޏެއް އެކުލެވިގެންވެއެވެ.
ސައިކަލުގައި ގޮސް ހުޝާމް މަޑުކޮށްލީ ޗިލްހައުސް ރެސްޓޮރެންޓް ކުރިމަތީގައި ހުރި ބޮޑު ގަހެއްގެ ކައިރިޔަށެވެ. ސައިކަލު މަތީ މަޑުކޮށްލައި ޖީބުން ފޯނު ނަގައި ހުޝާމް ހާނީއަށް މެސެޖެއް ފޮނުވާލިއެވެ.
ފަސްވަރަކަށް މިނެޓް ފަހުން ހާނީ ވެސް ކާރުގައި އައިސް މަޑުކޮށްލައި ކާރުން ފޭބިއެވެ.
ހުޝާމް ފެނުމުން ލުއި ހިނިތުންވުމެއް ހަދިޔާކޮށްލައި ހާނީ ގޮސް ހުޝާމް ކައިރީ ހުއްޓިލައި ހުޝާމަށް ބަލާލިއެެވެ.
”ހިނގާ އެތެރެއަށް .. ޓޭބަލްއެއް ރިޒާވް ކޮށްފަ އިންނާނީ.. “ ހާނީ ބަލާލުމުން ހުޝާމް ބުނެފައި ހިނގައިގަތީ އެތެރެއަށް ވަންނާށެވެ. ހާނީވެސް ހުޝާމްގެ ފަހަތުން ހިނގާފައި ގޮސް ހުޝާމް އިށީނުމުން ކުރިމަތީ އިން ގޮނޑީގައި އިށީނެވެ. މަޑު މިއުޒިކަކާއެކު ފަނޑު އަލިކަމެއް ދޭ ބޮކޮތަކުން ޒީނަތްތެރި ކޮށްފައިވީ އެ މާހައުލުގައި ގިނައިން ފެންނަން ތިބީ ލޯބިން އުޅޭ ޖޯޑުތަކެވެ. ހުޝާމް މެން ތިބި މޭޒުގެ ފަހަތުގައި ހުރި މޭޒެއްގައި އެމީހުންނަށް ފުރަގަސްދީގެން އަންހެނަކު އެކަނި އިށީނދެ އިނެވެ. މޭޒުކައިރީ އިށީނދެ ހަމަ ޖެހިލެވުމާއެކު ހާނީ ބަލާލީ ހުޝާމަށެވެ. ވެއިޓަރ ދިއްކޮށްލި މެނޫ ގައި ހިފަމުން ހިނިތުންވެލާފައި ހުޝާމް އޭނާ ބޭނުން ވަނީ އެކަނި ކޮފީއެކޭ ބުނެލިއެވެ.
”ޖަސްޓް އަ ކޮފީ؟؟ “ ހައިރާންކަމާއެކު ހާނީ ސުވާލު ކޮށްލުމުން ހުޝާމް ބޯޖަހާލިއެވެ. ހާނީ ވެސް އޭނާ ބޭނުން އެއްޗެއް ވެއިޓަރ ކައިރީ ބުނެފައި ގޮނޑިގައި ހަމަ ޖެހިލަމުން ފުން ނޭވާއެއްލިއެވެ.
” ވަރަށް ދުވަސް ފަހުން ދޯ މިގޮތަށް ޑޭޓަކަށް މި އާދެވުނީ..!“ ހިނިތުން ވެލަމުން ހާނީ ވާހަކަދެއްކިއެވެ. އޭނާގެ ދޮން މޫނުގައި ވަޔާއެކު ފިރުމަން ދިޔަ ބުޅި އިސްތަށިކޮޅުތަށް އަތުގެ އިނގިލިތަކުން އިރު އޮރުކޮޅުން ރީތި ކޮށްލައެވެ.
އިރުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު ހުޝާމް ދިއްކޮށްލީ އޭނާ ހިފައިގެން ދިޔަ ސިޓީ އުރައެވެ.
”މި ހާނީއަށް ދޭން ގެނައި އެއްޗެއް..! “ ސިޓީ އުރަ ދިއްކޮށްލަމުން ހުޝާމް ބުންޏެވެ.
ސުވާލުގެ ފުން ނަޒަރަކާއެކު ހާނީ އެ ސިޓީ އުރައިގައި ހިފަމުން އެއީ ކޯއްޗެއްތޯ ސުވާލު ކޮށްލިއެވެ.
” ތި ހާނީ ބޭނުންވި އެއްޗެއް.. އެހެންވެ މިރޭ މި އައީ ހިފައިގެން .. “ ހުޝާމް ގެ މޫނުމަތިން ފެންނަމުން ދިޔައީ އާދަޔާ ޚިލާފު ސީރިޔަސް ކަމެކެވެ.
ހިތުގައި ސުވާލު އުފެދިފައި އިން ހާނީ މަޑުމަޑުން ސިޓީ އުރަ ހުޅުވާލިއެވެ. އެއާއެކު އޭނާގެ މޫނުމަތިން ފެނިގެންދިޔައީ ހައިރާންކަމާއި އެކު ނުތަނަވަސް ކަމެކެވެ.
” ކިހިނެއްވީ.. އުފަލެއް ނުވޭތަ.. ؟ ހުޝާމް ސުވާލު ކޮށްލުމުންވެސް އަނގައިން ނުބުނެ ހާނީ އެއިން ގޮތަށް އިނެވެ.
” ވިލް ޔޫ މެރީ މީ..؟؟ ބުނީމެއްނު އަހަންނާ ކައިވެނިކުރަން ތައްޔާރޭ!! ތި އޮތީ ކައިވެނި ފޯމުވެސް .. ލަސް ކުރާކަށް އަހަރެން ބޭނުމެއް ނޫން .. އެހެންވެ ފޯމުވެސް ފުރައިގެން މި އައީ..! “ ހުޝާމް ޒާތަކަށް ހީލަމުން ސުވާލުކުރި އިރު ހާނީގެ މޫނުމަތީގައިވީ ހައިރާންކަމެވެ.
ބުނާނެ އެއްޗެއް ނޭނގި ގެއްލިފައި އިން ހާނީ ގެ މޫނާ ދިމާއަށް ގުދުވެލަމުން މޭޒުމަތީ ދެތިން ފުއްޓަކި ޖަހާލުމުން ހާނީ ސިއްސައިގެން ދިޔައެވެ.
”ސޭ ޔެސް.. އަ ތޯޓް ޔޫ ވާ ވެއިޓިންގ ފޯ މައި ޕްރޮޕޯޒް..“ ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިން ހާނީ އާ ދިމާއަށް ހަނާ އަޅަމުން ހުޝާމް އަނެއްކާވެސް އަހާލިއެވެ. އެވަގުތު އެމީހުންގެ ފަހަތުގައި ހުރި މޭޒު ކައިރީ އިން ޒާނާ ތެދުވެގެން މަޑުމަޑުން ނުކުމެގެން ދިޔައީ ހުޝާމާއި ހާނީއަށް އޭނާކަން އެނގިދާނެތީ ކޮންމެވެސް ވަރަކަށް އަޅައިގެން އިން ޝޯލް އިން މޫނު ފޮރުވަމުންނެވެ.

” ކީއްވެ ބަސް ހުއްޓުނީ؟؟ އާނ އެކޭ ބުނަން ތިހާ ގިނަ އިރު ނަގާނެ ކަމަކަށް ހިއެއް ނުކުރަން.. އަހަންނާ ކައިވެނި ކުރާ ހިތުން ފުރަތަމަ ހުށައެޅީ ވެސް ހާނީ ވިއްޔަ..!“ ހުޝާމްގެ މޫނުމަތީގައި ވީ ޒާތެއްގެ ލާނެތް ކަމެކެވެ. ހުޝާމް ގެ ވާހަކަ އަޑު އަހަން އިން ހާނީ އޭރުވެސް އިތުރު އެއްޗެއް ނުބުނެ އެ އިންގޮތަށް އިނެވެ.
” ކިހިނެއްވީ ފިރިމީހާ ކައިރިން ވަރިވާން ނުކެރޭނެތީތަ؟؟ ނޫނީ ބަނޑުގަ އުފަން ނުވެ އޮތް ދަރިއަށް ހަދާނެ ގޮތެއް ނުވިސްނެނީތަ؟“ މިފަހަރު ހުޝާމްގެ އަޑުގައިވީ ހަރުކަށި ކަމެކެވެ. ހުޝާމްގެ ޖުމްލައިން ހާނީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހުޝާމަށް އޭނާ އިނީ ބަލިވެކަން އެނގޭ އިރު ކައިވެނި ފޯމާއެކު އައިސް އެ ގޮތަށް ކައިވެންޏަށް ހުޅައެޅުން ވީ އޭނާގެ މޫނުމަތީގައި ޖެހި އެތިފަހަރަކަށެވެ. އެނާގެ ދެލޮލަށް ކަރުނަ ގިނަވީ ބޭ އިޚްތިޔާރުގައެވެ. އޯޑަރު ކުރި ކާއެއްޗެހިވެސް ނުލިބެނީސް ހާނީ ތެދުވެގެން ހިނގައިގަތީ އެތަނުން ދާށެވެ.
ހަލުވި ހިނގުމެއްގައި ގޮސް ރެސްޓޮރެންގެ ދޮރުން ނުކުމެވުނު އިރު ހުޝާމް ވެސް ބާރު ބާރަށް އޭނާގެ ފަހަތުން ގޮސް ކާރު ކުރިމައްޗަށް ހުއްޓުނީ ހާނީ ކާރު ދޮރު ހުޅުވާލުމުގެ ކުރީންނެވެ.
” ކިހިނެއްވީ ތި ދަނީ؟ އަހަންނަށް ބުނަން ނުވާ އެއްޗެއް ބުނެވުނީތަ؟ ނޫނީ ދޭނެ ޖަވާބެއް ނެތީތަ؟ ނެތަސް ބުނެބަ.. އަހަންނަނާ މެރީ ކުރަން ބޭނުމޭ ބުނީ ކީއްވެ؟ އަހަންނާ ކްލޯޒް ވާން މަސައްކަތް ކުރީ ކީއްވެ؟ ތި އެހެން މީހެއްގެ އަތްބަކަށް ވެ ހުރެ އަހަރެން މޮޔަ ހައްދަން އުޅުނީ ކީއްވެ؟“ ހާނީގެ ކުރިމައްޗައް ހުއްޓި ހަތަރުކަޅި ހަމަ ކުރަމުން އޭނާގެ ހިތުގައިވާ ހުރިހާ ސުވާލެއް ހުޝާމް ބަންޑުން ކޮށްލިއިރު އޭނާގެ މޫނު މަތީގައިވީ ހިތްހަމަ ނުޖެހުމާއި ރުޅިއެވެ.

” އަހަރެން މެރީ ކުރަން ބޭނުންވާތީ އެހީ.. އެކަމް މިހާރު އަހަންނަކަށް ނެތް އެކަމެއް ކުރެވޭކަށް .. އޭރަކު ނޭނގެ ޕްރެގް ކަމެއް.. އަހަރެންނަށް ބޭބީއެއް ނުލިބޭނޭ އެތައް ޑޮކްޓަރުންނެއް ބުނި.. އެތައް އަހަރަކަށް ފަހު ހުޝާމް ފެނުމުން އަހަރެންގެ މާޒީ ހަނދާން ނުނެތޭކަން އަހަންނަށް އިހުސާސް ކުރެވުނީ… އެހެންވެ .. އައި ޖެނުއިންލީ ވޯންޓެޑް ޓު ބީ އަ ޕާރޓް އޮޕް ޔުރ ލައިފް.. އޯލްސޯ.. އަހަރެންގެ ހަޒްބެންޑް ވެސް އަހަރެން ދޫކޮށްލަން އުޅޭހެން އަހަންނަށް ފީލްވީ.. ބިކޯޒް ހީ ވޯންޓެޑް އަ ބޭބީ.. އަހަންނަށް މި ހުރިހާ އަހަރު އެ ނަސީބު ހޯދާ ނުދެވުނީމަ އައި ތޯޓް އިޓް ވޯޒް ބެޓަރ ޓު ލެޓް ހިމް ގޯ.. ސޮރީ.. އައި ކާންޓް ސޭ ޔޭސް އެނީ މޯ .. “
ހާނީގެ ވާހަކަ ނިމުމުން ހުޝާމް ހާނީއާ ދުރަށް ޖެހިލިއެވެ. ” އަހަންނަށް އެނގުނީމަ ތި ކިޔައިދިނީ މިހާރު؟ އަހެރެންގެ ގެއަށް ދިޔައިރު ނޭނގޭތަ ޕްރެގް ކަމެއް ފިރިއެއް ހުރި ކަމެއް.. މިރޭވެސް ހަމަ ބުނެލާ އިރަށް ތި އައީ މި ޑޭޓެއް ކަމަށް ހީކޮށް..؟ އައި ކާންޓް އަންޑަސްޓޭންޑް ޔުރ އިންޓެންޝަންސް..! “ ހުޝާމް އަނެެއްކާވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްލިއެވެ.
” ހްމްމް.. އެއި ނުވާ ކަމަކަށް ހަދާލާ.. އިޓް ވޯޒް އަ މިސްޓޭކް.. “ ހާނީގެ އަޑު އިވުމާއެކު ހުޝާމް ހާނީ އަށް ބަލާލީ ހައިރާންކަމާ ރުޅިއާއެކުއެވެ.
” ނުވާ ކަމެކޭ؟؟ ޔޫ ނޯ ބިކޯޒް އޮފް ޔޫ ފޯ ދަ ފަސްޓް ޓައިމް މައި ވައިފް ތޯޓް އައި ވޯޒް ހޭވިންގ އެން އެފެއަރ ވިތް ޔޫ!!! ޒާނާ އަހަންނަށް ޝައްކު ކުރި ފުރަތަމަ ފަހަރު މީ.. ދެ މީހެއްގެ ދިރިއުޅުމުގެ ތެރެއަށް ތިންވަނަ މީހަކު އަންނާކަށް ނުޖެހޭ.. މިރޭ އަހަރެން މިއައީ އަސްލު ހާނީއާއި މެރީ ކުރަން ބޭނުން ވެގެނެއްވެސް ނޫން. ޒާނާ ނޫން މީހަކު އަހަރެންގެ ލައިފްއަށް ގެންނާކަށް ބޭނުމެއްވެސް ނޫން… އަހަރެންގެ ހިތުގައި އެހެން އެއްވެސް މީހަކަށް ޖާގައެއް ނެތް. އައި ހޭވް މޫވްޑް އޮން… އެންޑް އައި ލަވް ހާ .. އަ ލޮޓް..!! “ ހުޝާމް ގެ އަޑުގައިވީ ހަރުކަށި ކަމެކެވެ.
” ސޮރީ.. އަހަރެންގެ ހިތުގެ ކަނެއްގަ އަދިވެސް ހުޝާމް ވާތީ އެހާ ފަސޭހައިން ދެވުނީ.. އަހަރުމެން ވަކިވީ ދެ މީހުންވެސް ބޭނުން ވެގެނެއް ނޫން.. އަދި އަހަރެން އަނިލް އާ މެރީ ކުރީވެސް ބައްޕަ އަހަންނަށް ފޯސް ކުރީމަ.. ރާއްޖެ އައިމަ އަހަންނަށް މިތަނުން އިހުސާސް ކުރެވުނީ އަހަރެންގެ މާޒީއާއި ހުޝާމްއާއި އެކު ލޯބިން އުޅުނު ހަނދާންތައް.. އެހެންވެ އަހަރެން ހުޝާމް ގެ އޮފީހަށް ޖޮއިން ކުރީވެސް.. އެކަމަކު އައި ހޭވް ޑިސައިޑެޑް ޓު ލީވް ސޫން.. ދެން އަހަރެން އެނބުރިއެއް ނާންނާނަން.. މި ދަރިފުޅަކީ އަހަރެންގެ ފަހުގެ އުއްމީދު.. އައި ހޯޕް ދިސް ޓައިމް އައި ކޭން ބީ އަ މޯމް..“ ކަރުނައިން ފުރިފައިވާ ދެ ލޮލުން ހާނީގެ އިހުސާސްތައް ރަނގަޅަށްވެސް ހުޝާމްއަށް ފެނުނެވެ.

” ވ އުފާ ވެއްޖެ ހާނީއަށް ވިސްނުނީމަ… އަހަރެން އެދެނީ ދަރިފުޅާއެކު އުފާވެރި ދިރިއުޅުމެއް ހާނީއަށް ލިބުން.. ދެންވެސް މާޒީ ހަނދާން ނައްތާލާފަ ކުރިޔަށް ދެވޭތޯ ބަލާ.. ވިޝް ޔޫ އަ ހެޕީ ލައިފް..“ ޖީބުގައި އޮަތް ތުނި ރުމާ ކޮޅެއް ހާނީއަށް ދިއްކޮށްލަމުން ހުޝާމް ލުއި ގޮތަކަށް ހިނިތުންވެލިއެވެ.

”ތޭންކްސް.. އަހަންނަށް މާފު ކޮށްދީ.. އައި ވޯންޓް ޓްރަބަލް ޔޫ އެނީ މޯ..!“ ހުޝާމް ދިއްކޮށްލި ރުމާކޮޅުގައި ހިފާލަމުން ހާނީ ހުޝާމަށް ބަލާލާފައި ބުނެލިއެވެ.

” އޯކޭ.. ދެން ނުކައި ތަ ދަނީ.. ކައިގެން ދާން ވީ ނު.. އޯޑަރ ވެސް ދީފަ ވިއްޔަ..! “ ހުޝާމް އެދުމުން ހާނީ ބޯ ޖަހާލަމުން ހުޝާމްގެ ފަހަތުން ގޮސް އިށީނެވެ.

******

ޗިލް ހައުސް ރެސްޓޯރެންޓް އިން ނުކުތް ޒާނާ ޓެކްސީއަކަށް ގުޅައި ގެއަށް ދިޔައީ އޭނާގެ ހުރިހާ އުއްމީދެއް ފުނޑުވެފައިވާހެންނެވެ. މިލާފައިވާ މޫނާއި ރަތްވެފައިވާ ދެލޮލުގައިވީ ހިތާމައާއި ވޭނެވެ. އޭނާގެ ސިކުނޑީގައި ގުގުމަމުން ތަކުރާރުވަމުން ދިޔައީ ހުޝާމް ހާނީ ކައިރިން ކައިވެންޏަށް އެހި ޖުމްލައެވެ. ހުޝާމްގެ ފަރާތުން އޭނާއަށް އެންމެ އުއްމީދު ނުކުރެވުނު ކަންތައް ހަޤީޤަތަކަށް ވެއްޖެއޭ ހިތަށް އައުމުން އޭނާއަކަށް ކަރުނަތައް ނުހިފެހެއްޓުނެވެ.
ޓެކްސީ ޑްރައިވަރަށް ރުފިޔާ ދިއްކޮށްލަމުން ކާރުން ފައިބައިގެން ގޭޓުން ވަދެގެން ދުވެފައި ދިޔަ ގޮތަށް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލެވުނު އިރު ހަށިގަނޑުން ހުރިހާ ވަރެއް ދޫވެ، ދޮރު ބުޑުގައި އިށީނދެވުމުން ކަކުލުގައި ބޯ އަޅައި ގިސްލާ ރޯން ފެށީއެވެ. ހިތާ ހިތުން އެތައް ޝަކުވާއެއް ކުރަމުންނެވެ. ހިތް ފުރެންދެން ރޯލެވުމުން މޫނު ފޮހެލާފައި ތެދުވެގެން ގޮސް ނިދާފައި ތިބި ދެ ކުދިންގެ މޫނަށް ބަލާލަމުން އެއީ އޭނާގެ ދިރިހުރުމުގެ އުއްމީދޭ ހިތާހިތުން ކިޔާލިއެވެ. ހުޝާމް ދާން ބޭނުން ދިމާއަކަށް ދިޔަޔަސް އެ ކުދިންނަށްޓަކައި އޭނާ އެކަނިވިޔަސް ކުރިޔަށްދާން އަޒުމް ކަނޑައެޅިއެވެ.

ފާހާނާއަށް ވަދެ މޫނު ދޮވެލައި ނިދަން ތައްޔާރުވެގެން އައިސް ޒާނާ އޮށޯތްތަނާ އޭނާއަށް ގުޅީ ޒީނާއެވެ. ފޯނު ނަގަން ނުނަގަން އިރުކޮޅަކު އޮވެފައި ޒާނާ ފޯނަށް ޖަވާބު ދިނެވެ.
”ހަލޯ ޒީން.. ކިހިނެއްތަ؟ “ ޒާނާގެ އަޑު މަޑުވެފައި އެ އަޑުގައި އެއްވެސް ބާރެއް ނުވާފަދައެވެ.
”ރަނގަޅު.. ސިސް ކިހިނެއް؟ ކޮބާ ކުދިން ކޮޅު .. ނިދާފަ ދޯ؟ “ ޒާނާގެ ސުވާލަށް ޖަވާބު ދެމުން ޒީނާ އަހާލިއެވެ.
”އާނ.. ނިދާފަ… !! “ ޒާނާގެ ޖަވާބު ކުރެވެ. އަނެއްކާވެސް ވާހަކަ ދެއްކީ ޒީނާ އެވެ.
” ހެއި.. އެނގޭތަ .. އައި ހޭވް އަ ޓެރިބަލް ނިއުސް.. !!“ އެހެން ދުވަސްތަކާ ޚިލާފަށް ޒީނާގެ އަޑުގައިވެސްވީ ނުތަނަވަސްކަމެވެ. މަޑުމައިތިރި ކަމާއެކު ވާހަކަ ދެއްކި އިރު އޭނާގެ ހުންނަ ސަކަ މިޒާޖާއި ޖޯޝެއް ނެތްކަން ޒާނާއަށްވެސް ފާހަގަ ކުރެވުނެވެ.
”ކިހިނެއްވީ.. ކަމެއް ގޯސްވީތަ..؟ “ ޒާނާ ކަންބޮޑުވެފައި ވަގުތުން އަހާލިއެވެ.
” އެނގޭތަ.. ރީހާން ލޯންޗް އެކްސިޑެންޓެއްގަ ކަނޑުވިކަން.. ފެނުނު އިރު ވަރަށް ހާލު ދެރަ.. ހީ އިޒް އިން އައި ސީ ޔޫ..! “ ޒީނާ ދައްކަން ފެށި ވާހަކައިން ޒާނާއަށް ލިބިގެން ދިޔައީ ބުނެދޭން ނޭނގޭ ރިހުމެކެވެ. އޭނާއަށް ލިބުނު ޚަބަރު ޤަބޫލުވެސް ނުކުރެވުފައި އެއްޗެއް ބުނަންވެސް ނޭނގިފައި ހުރެވުނީއެވެ.
” ސިސް..؟ އަރ ޔޫ ލިސްނިން..؟ “ ޒާނާގެ އަޑެއް ނީވުމުން ޒީނާ ގޮވާލިއެވެ.
” ކޮން އިރަކު ކިހިނެއް؟ ކާކު ބުނީ..؟“ މަޑު މަޑުން ޒާނާ އަހާލިއެވެ.
” އަހަންނަކަށް ވެސް ނޭނގެ އެހާ ރަނގަޅަކަށް ވީ ގޮތެއް.. ޝަޔާންއަށް ގުޅާފަ ނިހާން ބުނީ.. އައި ސީ ޔޫ ގައޭ މިހާރު އޮތީ.. ޑރ އުއްމީދުވެސް ކަނޑާލާފައޭ.. ! “ ޒީނާގެ ވާހަކައިން މާޔޫސްވެފައި ޒާނާއަށް ހުރިތާ ބިންމަތީ އިށީނދެވުނީއެވެ. ހިތުގައި ރިހުން ގަދަވެ ވާހަކަ ނުދެއްކޭ ހިސާބަށް ދިއުމުން އެހެން ދޯ އޭ ބުނެފައި ޒާނާ ފޯނު ކަނޑާލިއިރު އޭނާގެ އަތް ދިޔައީ ތުރުތުރު އަޅަމުންނެވެ.
ރީހާންއަށް އެހާ ބޮޑު ހާދިސާއެއް ދިމާވިކަން އެނގުމުން ކެތްތެރިކަން ކޮޅުންލައި ދެ އަތުން ބޮލުގައި ހިފަހައްޓަމުން އަނެއްކާވެސް ރޮވުނީއެވެ.
އަތުގައި އޮތް ފޯނުގައި ފޮރުވާފައި އިން އޭނާއާއި ރީހާން އެކުގައި ނަގާފައި އިން ސެލްފީ ހުޅުވާލަމުން ލޯމަރާލި އިރު ހިތާ ހިތުން ޒާނާ ދުޢާ ކުރަމުން ދިޔައީ ރީހާންއަށް އަވަސް ޝިފާއެއް ދެއްވާތޯއެވެ. މުޅި ރޭގެ ނިދި ފިލައި ހިތާމައިގެ ކަނޑަކަށް ފީނަމުންދިޔައިރު އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ ރީހާނާއި ފުރަތަމަ ދިމާވެ ވާހަކަ ދައްކަން ފެށުނު ގޮތެވެ. އެ އެކުވެރިކަމާ ހިތްހެޔޮކަމާ އޭނާއަށް ދިރި ހުރުމަށް ރީހާން ދިންހާ ހިތްވަރެވެ. އެންމެ ހިތްދަތި ވަގުތުތަކުގައި ރީހާންއާއި އެކު އޭނާގެ ހިތުގެ ހާލު ހިއްސާ ކުރެވުނު މިންވަރެވެ. ނަމަވެސް އެ އެކުވެރިކަމާ އެ އަަޅާލުމާއި ލޯތްބަކީ އޭނާގެ ޙައްޤެއްނޫންކަން ވިސްނުނު ހިސާބުން ރީހާންއާއި ގުޅުން ކަނޑާލާފައިވީ ނަމަވެސް ރީހާން މި ދުނިޔެއިން ވަކިވެދާނެ ކަމުގެ ބިރުވީ ޒާނާއަށް ތަހައްމަލު ނުކުރެވޭފަދަ ބުރައަކަށެވެ.

ހިތާމައާއި މޮޅީގެ ތެރެއަށް ގެނބިފައި އިން ޒާނާ ސިހުނީ ހުޝާމް ގުޅަން ފެށުމުންނެވެ. ރީހާންގެ ޚަބަރު ލިބުމުން ހުޝާމްއާއި ހާނީގެ ކަންތައް މަތިންވެސް ހަނދާން ނެތިފައިވާހެން އަވަސް އަވަހަށް ޒާނާ ފޯނު ނެގިއެވެ. އޭނާގެ ސިކުނޑި ހަމައަށް މަސައްކަތްވެސް ނުކުރާ ފަދައެވެ.
”ހަލޯ… ޒާނާ… ނިދަނީތަ؟ ދޮރު ހުޅުވަބަ…! ބޭރުގަ މީނީ…!“ ހުޝާމް ބުނެލުމުން މޫނު ފޮހެލާފައި ގޮސް ދޮރު ހުޅުވާލި އިރު ހުޝާމް ދޮރުމަތީ ހުއްޓެވެ. ވެފައި ހުރި ދެރައާއި މާޔޫސްކަމުގައި ހުޝާމް ފެނުމާއެކު ޒާނާއަށް ބޭ އިޚްތިޔާރުގައި ހުޝާމް ގައިގައި ބައްދައިގަނެވުނެެވެ. އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ލުޔެއް ނުލިބުމުން ހުޝާމްގެ މޭގައި ބޯއަޅާއިގެން ބާރަށް ރޯންފެށީއެވެ. ހުއްޓި ހުރި ހުޝާމަށް އިތުރު ފިޔަވަޅެއްވެސް އަޅަން ނުކެރިފައި ހުރީ ޒާނާ ރޯންފެށުމުން އޭނާގެ މެޔަށްވެސް ބާރުވެ ހިތަށް އުނދަގޫވުމުންނެވެ.

”ހޭއި… ޒާނާ .. ބަލާބަ.. ކިހިނެއް ވީތަ؟ “ ޒާނާގެ ކޮނޑުގައި ހިފާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ހުޝާމް ސުވާލުކުރިއެވެ.
”އަހަރެން ދޫކޮށް ނުލާ .. ޕްލީޒް… އަހަރެން އެކަނި ކޮށް ނުލާ.. އަހަރެންގެ ދެ ކުދިންނާ އަހަރެން ބިކަ ކޮށް ނުލާ.. !! ހެޔޮ ނުވާނެ… !! “ ގިސްލަ ގިސްލަމުން ޒާނާ ކިޔަން ފެށިއެވެ.
”ޒާނާ.. ބަލާބަ.. ކިހިނެއް ވީތަ؟ ވަޓް ހެޕެންޑް.. “ ހުޝާމް ހުރީ ކަންބޮޑުވެފައެވެ.
”އަހަންނަށް އެނގޭ ހުޝާމް ބޭނުންވަނީ އަހަރެން ދޫކޮށްލާފަ އެ އަންހެން ކުއްޖާއާ މެރީ ކުރަންކަން.. އެކަމަކު ބަލާބަ… އެ ތިބަ ދެ ކުދިން ގެ އޮތީ ކޮން ކުށެއް؟ ކުށް ކުރެވުނީ އަހަންނަށް .. އެކަމަކު އަދަބު ލިބެނީ އެ ކުދިންނަށް.. ޕްލީޒް … އަހަންނަށް މާއާފް ކޮށްދީ.. އަހަރެން ބޭނުމެއް ނޫން މި އާއިލާ ރޫޅި އަހަރެންގެ ކުދިން އަފަލުން މަހުރޫމްވާކަށް.. އައި ނޯ އައި ޑިޑް އަ މިސްޓޭކް.. އެކަމް އެއީ ހުޝާމަށް އަހަންނަށް މައާފު ނުކުރެވޭ ވަރު ކުށެއް ނޫނެއްނު.. ؟؟ ހުޝާމް … އައިމް ސޮރީ ..ސޯ ސޮރީ .. “ ޒާނާގެ އަސަރުން ފުރިގެންވާ ރުއިމުން ހުޝާމްގެ ހިތް ދިޔައީ ކުދި ކުދި ވަމުންނެވެ.
” ހިނގާބަލަ އެތެރެއަށް.. ! “ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައި މަޑުމަޑުން ޒާނާ ގެންގޮސް އެނދުގައި ބައިންދައި ހުޝާމް ކުޑަ ކަކޫ ޖަހައި ޒާނާގެ ކުރިމަތީ ބިންމަތީ އިށީނދެ ޒާނަގެ މޫނުގައި ދެއަތުން ހިފާލިއެވެ.
”ބަލާބަ.. ޒާނާ.. އަހަރެން ނޫޅެން އެހެން އެއްވެސް މީހަކާ މެރީ ކުރާކަށް .. އަހަންނަށް ވެސް ކުށް ކުރެވިއްޖެ.. އަހަރެންގެ އެންމެ ބޮޑު ކުށަކީ ޒާނާއަށް އަހަރެންގެ ލޯބި އެންމެ ބޭނުންވި އިރު ޒާނާ އެކަނިވެރިކޮށްލުން.. އަހަންނަށް އެނގޭ.. އަހަރެންގެ ފަރުވާ ކުޑަކަމުން.. އަހަރެންގެ އަޅާލުން ޒާނާއަށް ނުދެވުނީމަ މިހިސާބަށް ކަންތައް ގޯސްވީ.. ކުށްވެރިޔަކީ އަހަރެން .. އަހަންނަށް މައާފް ކޮށްދީ.. މާޒީގަ ދެމީހުންނަށް ކުރެވުނު ކުށްތައް ހަނދާން ނައްތާލާފަ އާ ފެށުމަކުން ފަށަމާ.. “ ޒާނާގެ ކަރުނަތައް ފޮހެ ދެމުން ހުޝާމް ވާހަކަ ދެއްކީ އޯގާތެރިކަމާއެކުއެވެ.

”ދެން ކީއްވެ އެ އަންހެން ކުއްޖާއަށް ޕްރޮޕޯޒް ކުރީ.. ޝީ ސެއިޑް ނޯ؟؟ އެހެންވެ ތަ ތި އައީ..؟ “ ޒާނާ އޭނާއަށް ހުޝާމް ހާނީއާއި ބައްދަލުކުރިކަން އަންގާލިއެވެ.

” އަހަރެން ދިޔައީ އޭނައަށް އެއްޗެއް ވިސްނައިދޭން.. އޭނަ ކައިވެނިކޮށްގެން ހުރެވެސް އަހަންނާ މޭރީކުރަން ބޭނުމޭ ބުނީމަ އަހަރެން ބޭނުންވީ އޭނަގެ މަޤުޞަދު އެނގެން.. އައި ޑޯންޑް ވޯންޓް އެނީ ތާޑް ޕާސަން ބިޓުވީން އަސް.. އެނގޭތަ ޒާނާއަށް … އަހަރެން ދުވަހަކުވެސް ޒާނާ ދެކެ ލޯބިވެޔޭ ދުލުން ނުބުންޏަސް އަހަންނަށް ޒާނާ ވަރަށް މުހިއްމު.. ޒާނާއަށް ބޭނުންވާ އަޅާލުން އަހަންނަށް ނުދެވުނުކަން ވެސް އެނގޭ.. އައި ޓުކް ޔޫ ފޯ ގްރޭންޓެޑް… އައިމް ސޮރީ.. ދެން އެހެނެއް ނުވާނެ .. އައި ލަވް ޔޫ .. ވަރަށް ވަރަށް ލޯބިވޭ..! ވިލް ޔޫ ގިވް މީ އަ ޗާންސް ޓު ލަވް ޔޫ ދަ ރައިޓް ވޭ.؟ “ ޒާނާގެ ދެ އަތުގައި ހިފައި ބާރުކޮށްލަމުން އެ ދެއަތަށް ބޮސް ދެމުން ހުޝާމް އޭނާގެ ލޯބި ހާމަ ކުރުމުން ޒާނާ ހައިރާންވި ނަމަވެސް އޭނާގެ ހިތް ދިޔައީ އުފަލުން ރޮމުންނެވެ.
ހުޝާމްގެ ވާހަކަތަކަށް އާނއެކޭ ބުނަމުން ބޯ ޖަހާލި އިރު ލޮލުގައި ގިނަވެފައިވާ ކަރުނަތަކާއެކުވެސް ޒާނާ ހިނިތުންވެލިއެވެ.

” ކޮންއިރަކުން ޒީން އަންނަނީ.. އޯކޭ ޒާނާ ބޭނުމިއްޔާ ޒީން އައިމަ ގެއަށްދާން މަޑުކުރިޔަސް .. މަންމަ އެކަނި ނުވާނެއްނު ދޯ.. “ ޒާނާގެ ކަރުނަތައް ފޮހެދެމުން ހިނިތުންވެލާފައި ހުޝާމް ބުނެލިއެވެ.
” މި ވީކް ނިމޭ އިރު އަންނަނާނެ.. ! ހުޝާމްއަށް އޯކޭތަ ހަމަ؟ “ ޒާނާ ސުވާލުކޮށްލުމުން ހިނިތުންވެލާފައި ހުޝާމް ބޯޖަހާލިއެވެ.

*****

ހެނދުނު ހޭލައިގެން މައިރާ ތައްޔާރުލީ އަވަހަށް ހޮސްޕިޓަލަށް ދާށެވެ. ރީހާން ދެކިލަން ކެތްމަދުވެފައި އިން މައިރާ ގެ ހަރަކާތްތައް އަވަސް ވެފައި އޭނާގެ ހިތްވެސް ދިޔައީ ބާރަށް ތެޅެމުންނެވެ.
” ބައްޕާ ..! ކޮބާ ރީހާން.. ކީކޭ ޑޮކްޓަރު ބުނީ؟؟ “ހާދީ ފެނުމާއެކު މައިރާ ސުވާލުކުރިއެވެ.
” ޑޮކްޓަރ ބުނީ ރީހާންގެ ހާލު ކުރިއަށްވުރެ ރަނގަޅުކަމަށް .. މިހާރު ވެންޓިލޭޓަރުން ވެސް ނަގައިފި.. ހޭ އެރީމައޭ ބުނީ ދެން އެނގޭނީ.. މިހާރު ވަދެވޭނެ ރީހާން ކައިރިޔަށް ..“ މައިރާގެ ހިތަށް ކުޑަ ލުޔެއް ލިބިގެންދިޔައެވެ. އަވަސް އަވަހަށް ގޮސް ނަރުސް ކުއްޖެއް ކައިރިން ހުއްދަ ހޯދައިގެން ރީހާން ގާތަށް މައިރާ ދިޔައެވެ. ތަފާތު އެކި މެޝިންތަކާ ގުޅާފައި އޮތް ރީހާން ގެ ބޮލުގައި ވަނީ ބެންޑޭޖް ބަނދެފައެވެ. އޭގެ އިތުރަކަށް އެއްވެސް ޒަޚަމެއް ހަށިގަނޑުން ފެންނާކަށް ނެތެވެ. ރީހާން ފެނުމާއެކު މައިރާގެ ދެލޯ ކަރުނުން ތެމުނެވެ. މަޑު މަޑުން ގޮސް ރީހާން ގެ އެނދުކައިރީ މަޑު ކޮށްލާފައި ރީހާންގެ އަތުގައި މައިރާ ހިފާލިއެވެ.
”ރީހާން.. ދެން ލޯ ހުޅުވާ.. އަހަންނަކަށް ކެތެއް ނުކުރެވޭނެ ތިހެން ރީހާން އަހަންނާ ވަކިވެގެން ދާތަން ބަލާކަށް .. އައި ފޯގިވް ޔޫ..ޕްލީޒް ވޭކްއަޕް..! “ މައިރާގެ ކަރުނަތައް ހިފެހެއްޓުމެއް ނެތި ފައިބަމުން ދިޔައެވެ.
އެވަގުތު ޑޮކްޓަރ އައިސް ވަނުމުން ނަރުސް ކުދިން އޭނަަ ބޭރަށް ނުކުތުމަށް އެންގުމުން މައިރާ ނުކުމެ ބޭރުގައި މަޑުކޮށްލި އިރު އަސްމާ އާއި އިމްޝާ އަދި އިލްހާމްވެސް ތިއްބެވެ.

”ޑޮކްޓަރ .. ރީހާން ކިހިނެއް؟ “ ޕޭޝަންޓް ބަލާފައި ޑޮކްޓަރ ނުކުތުމާއެކު އެންމެން އެއްފަހަރާ ސުވާލުކޮށްލިއެވެ.
” ވަރަށް ބޮޑަށް އިމްޕްރޫވްޑް.. މިހާރު މަޑުމަޑުން އިނގިލިތައް ވެސް ހަރަކާތްކުރޭ.. ހީވަނީ ދެން ވަރަށް އަވަހަށް ހޭއަރާނެހެން.. އެކަމަކު ހޭ އެރީމަ އެނގޭނީ ބްރެއިން އަށް ލިބުނު އަނިޔާތަކުން އިތުރު ކޮމްޕްލިކޭޝަންއެއް ވާނަމަ..! “
ޑޮކްޓަރ ކިޔައި ދިނެވެ.

”ޑޮކްޓަރ!! ޕޭޝަންޓް އިޒް އަވޭކް..! “ ނަރުސް ކުއްޖަކު ނުކުމެ ދިން ހަބަރުން އެންމެނަށް ވެސް ލިބުނީ އުފާވެރިކަމެވެ.
”އަހަރެން ބޭނުން .. ރީހާން .. ކޮބާ .. އައި ވޯންޓް ޓު ސީ ހިމް“ މައިރާ އަވަސް އަވަހަށް ބެލީ ރީހާން ގާތަށް ދެވޭތޯ ނަމަވެސް އެއަށް ވުރެ ކުރިން ނަރުސް ކުއްޖާގެ ފަހަތުން ޑޮކްޓަރ ވަދެ ދޮރު ލައްޕާލީ އެންމެން ބޭރުގައި މަޑުކޮށް ދިނުމަށް އެދިއެވެ.

”އަލްޙަމްދުލިއްލާހި.. “އަސްމާއަށް ހިން ދިރުވާލެވުނެވެ. ހިތްހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލީ ރީހާން ހޭ އަރައިފި ކަން އެނގުމުންނެވެ. އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ޑޮކްޓަރ ނިކުންނާނެ އިރަކަށެވެ.

” އޯކޭ.. ހީ ސީމްސް ފައިން.. އިޓް ވިލް ޓޭކް ޓައިމް ޓު ރިކަވާ ކޮމްޕްލީޓްލީ.. އަދި މިވަގުތު އެހާ ބޮޑަށް ސްރެސްވާނެ އެއްވެސް ވާހަކައެއް ނުދެއްކުން ރަނގަޅުވާނީ.. އިތުރު ޓެސްޓްތަކެއް ހަދާފަ އެނގޭނީ ބްރެއިން ޑެމޭޖެއް ނުވަތަ މައްސަލައެއް އުޅެންޔާ.. ޔޫ ކޭން މީޓް ހިމް .. އިރުކޮޅަކުން ޕޭޝަޓް ރޫމް އަކަށް ޝިޕްޓް ކޮށްދޭނެ.!! “ ހިނިތުންވެލަމުން ޑޮކްޓަރު ހިނގައިގަތެވެ.

ހުރިހާ އެންމެންވެސް ތިބީ ރީހާން ދެކިލަން ކެތް މަދުވެފައި ނަމަވެސް އެ ފުރުސަތު ފުރަތަމަ ދިނީ މައިރާއަށެވެ.
” ރީހާން..“ ލޯ ހުޅުވައިގެން އޮތް ރީހާން އަށް ގޮވާލި އިރު މައިރާގެ ލޮލުގައި ވިދަމުން ދިޔައީ ކަރުނައެވެ. އެތަށް ބިރެއް އިޙުސާސް ކުރެވުމަށް ފަހު ރީހާންގެ ހާލު ރަނގަޅުވަމުން ދިއުމުން ޝުކުރުން އޭނގެ ހިތް ވަނީ ފުރިފައެވެ.

”މައިރާ…!“ ރީހާންގެ އަތުގައި މައިރާ ހިފާލުމުން އަސަރުން ފުރިގެންވާ އަޑަކުން ރީހާންވެސް މައިރާއަށް ގޮވާލިއެވެ.
” އަޅޭ… އަހަރެން ހީކުރީ އަހަންނަށް ރީހާން މުޅިން ގެއްލިދާނޭ..!“ މައިރާއަށް ރޮއެގަނެވުނެވެ.
” ސޮރީ މައިރާ.. އަހަންނަށް …މާފު ކޮށްދީ…“ ރީހާން ވާހަކަ ދައްކަމުން ދިޔައީ ލަސްލަހުންނެވެ.
” ނޫން.. އައިމް ސޮރީ.. އަހަންނަށް މާފު ކޮށްދީ ރީހާން.. އަހަރެންގެ ހިތުގައި އެހެން މީހަކަށް އޮތް ނަފްރަތާއި ރުޅިއާއި ހަސަދައިގެ ސަބަބުން އަހަރުމެންގެ ދިރިއުޅުމުގެ އުފަލާ ހަމަޖެހުން ނަގާލެވުނީ އަހަންނަށް .. އައިމް ސޮރީ.. “ ރީހާންގެ އަތުގައި ފިރުމާލަމުން މައިރާ ބުންޏެވެ.
” މައިރާ އަށް އެނގޭތަ.. އަހަންނަށްވެސް އިހުސާސް ކުރެވިއްޖެ އަހަރެންގެ ހަޔާތުގަ މައިރާގެ މަޤާމް.. އެއީ އެހެން މީހަކަށް ޙައްޤު މަޤާމެއް ނޫންކަން.. އެ ބިރުވެރި ވަގުތުތަކުގައި އަހަންނަށް މައިރާގެ މާފު ނުލިބި ވަކިވެދާނެ ކަމުގެ ބިރު އިހުސާސްވުމުން އަހަންނަށް ވިސްނިއްޖެ މައިރާއާ ނުލާ އަހަރެންގެ ދިރިއުޅުން ފުރިހަމަ ނުވާނެ ކަން.. “ ރީހާންގެ ވާހަކަ އަޑުއިވުމުން މައިރާ ކަރުނަތައް ފޮހެލަމުން ހިނިތުންވެލިއެވެ.
”މިވަގުތު ދެން ރެސްޓް ކޮށްލާ.. ! އަހަރެން މާފު ކޮށްފިން ރީހާނަށް. “
”ކައިސް އާ ރީނާ ކޮބާ؟… ވަރަށް ބޭނުން ކުދިން ދެކިލަން.. “ މައިރާގެ އަތުގައި ހިފާލަމުން ރީހާން އަހާލިއެވެ.
”މަންމަ އަންނާނެ ކައިސްމެން ގޮވައިގެން …“ މައިރާ ބުނެލިއެވެ.

 

*****

(ހަތަރު މަސް ފަސް)

އޮއްސެންދިޔަ އިރާއެކު އުޑުމަތީގަައިވީ ރަތް ވިލާތަކުގެ ސާލެއް ފެތުރިފައެވެ. ރީތި މޫދާއި ހުދު ދޮންވެލި ގޮނޑުދޮށަށް ބީއްސަމުން ދިޔަ މަޑު ރާޅުތަކުގެ މިއުޒިކާއެކު އުދުހެމުން ދިޔަ ދޫނިތައް ރާގުރާގަށް ލަވަކިޔަމުން ދިޔައެވެ. ސަންސެޓް އައިލެންޑް ރިސޯޓުގެ ފާލަންމަތީ ސަމާހާއި ނިހާން އަދި ޝަޔާން މަޑުކޮށްލައިގެން ތިބީ އެކްސިޑެންޓަށްފަހު ރަނގަޅުވެ ރީހާން އެނބުރި ރިސޯޓަށް އަންނަކަން އެނގުމުން މަރުޙަބާ ކިޔާށެވެ.
ޖެޓީ ކައިރިޔަށް މަޑުކުރި ލޯންޗުން އެންމެ ފުރަތަމަ ފޭބީ ރީހާންގެ މޫނުމަތީގައިވީ އެކުވެރިންނަށް ހަދިޔާކޮށްލި ފުޅާ ހިނިތުންވުމެވެ. ރީހާން ފެނުމާއެކު ނިހާން ގޮސް އެކުވެރިޔާ ގައިގައި ބައްދާލަމުން ކޮނޑުގައި ޖަހާލިއެވެ. ސަމާހާއި ޝަޔާން ވެސް ހިނިތުންވަމުން ރީހާން އަށް މަރުޙަބާކިއެވެ.
” ވަރަށް އުފަވެއްޖެ އެނބުރި އައިމަ .. ރީހާން ނެތީމަ މި ދިޔަ ދުވަސްތައް ވަރަށް ފޫހި ދޯ ..! “ ސަމާހަށް ދޯ އެއް އެއްލަމުން ނިހާން ބުނެލިއެވެ.
”އާނ.. ދެކިލަން އެހާވަރުން މާލެ ދިޔައިރު ޚަބަރު ލިބުނީ ރާއްޖެއިން
ބޭރަށް ފުރި ވާހަކަ..“ ނިހާންގެ ވާހަކައިގައި ބައިވެރި ވެލަމުން ސަމާހު ބުންޏެވެ.
”މިހާރު ރަނގަޅުތަ މުޅިން..؟“ ޝަޔާންވެސް ރީހާނާއި ސުވާލު ކޮށްލިއެވެ.
”އާނ.. ތިން މަސް ވަންދެން އިންޑިޔާގަ އުޅުނީ.. އިތުރު އޮޕަރޭޝަނެއް ކުރަން ޖެހުނީމައާއެކު.. މިހާރު އިރާދަކުރެއްވީތީ ރަނގަޅު.. އަދި ހަމަސް ފަހުން ދާން ޖެހޭ..!! “ ރީހާން ބުންޏެވެ.

ސަމާހާއި ނިހާން ދިއުމުން ޝަޔާން އޭނާގެ ރޫމަށް ވަދެފައި އަންނާނަމޭ ބުނެލުމުން ރީހާންވެސް އޭނާގެ ކޮޓަރިއަށް ދިޔައީއެވެ.
އިރުކޮޅެއް ފަހުން ޝަޔާން ގެންގޮސް ރީހާންގެ އަތަށް ދިއްކޮށްލީ ކުޑަ ޕާރުސަލެކެވެ.
” މި މީހަކު ރީހާންއާ ހަވާލު ކުރަން ދިން އަމާނާތެއް .. “ ޝަޔާން ހީލާފައި އެ ޕާރުސަލް ރީހާންއާއި ހަވާލު ކުރުމަށްފަހު އެނބުރި ދިޔައީއެވެ.
ޝަޔާން ދިއުމުން ރީހާން އޭތި ނިއުޅާލިއެވެ. ކުޑަ ފޮށި ކޮޅު ހުޅުވާލި އިރު އޭގައި އޮތީ އޮޅާލާފައި އޮތް ކަރުދާސް ގަނޑެކެވެ.

’ އަހަރެންގެ ޙަޔާތުގައި ދިން އެ ރީތި ހަނދުވަރަށް..
ދުނިޔެކީ ފާޑެއްގެ ތަނެއް .. ލޯތްބަކީވެސް .. އިންސާނާގެ ހިތަކީވެސް… ކޮންމެ ވަގުތަކުވެސް ބަދަލުވެދާނެ އެއްޗެއް . ބައެއްފަހަރު ހިތް ނޭދޭ އެތައް ކަމަކާ ކުރިމަތިލާންވެސް ޖެހިދޭ.. ހިތް އެދޭ ކަންކަން ހާސިލް ނުވެވިދޭ… އަދި ލިބިފައިވާ އުފާތަކާއި ނަސީބަކީ ބޭނުން ނުވާ އެއްޗަކަށް ހަދާލައި ލިބެން ނެތް އެތައް ކަމެއް ހާސިލް ކުރަން މަސައްކަތްވެސް ކުރެވޭ…ތިއީ އަހަރެންގެ ޙަޔާތަށް ދިން ރީތި ހަނދުވަރެއް .. މާޔޫސްކަމުގެ ތެރެއިން އަހަންނަށް ލިބުނު ހެޔޮ ހިތެއް … މި ސިޓީ ކިޔާއިރު އަހަރެންވަނީ ކުރިޔަށްވުރެ އުފާވެރި ކަމުގައި ކަން ޔަޤީންކޮށްލާ.. ޙަޔާތުގެ ސަފުހާތަކުން ޢިބުރަތް ލިބި ކުރިމަގެއް ބިނާކުރުމަށް އުއްމީދަކާއެކު ދާން ހިނގައިގެންފައިވާ އުފާވެރި ހިތެއް ކަން ޔަޤީންކޮށްދެން.. އުއްމީދަކީ ތިޔަ ހަނދުވެސް އުފަލާއެކު އަނދިރި ކަމަށް އަލިކަން ގެނެސްދިނުމުގައި ދެމިހުރުން..
އަބަދުވެސް ހެޔޮ ޙާލުގައި ލެއްވުން އެދި ދުޢާކުރަން.. ހަނދު ފެންނަ ކޮންމެ ފަހަރަކު ހިނިތުން ވާން ހަނދާންވާނެ ކަން ގައިމު… ~ނާ~ ‘

ލިޔުންކޮޅު ކިޔައި ނިމުނު އިރު ރީހާންގެ ލޮލުގައި ވީ ކަރުނައިގެ އަސަރެވެ. ނަމަވެސް އޭނާގެ ހިތުގައި ވީ ހަމަޖެހުމެކެވެ. ސިޓީ ކިޔާފައި އެ އޮތްގޮތަށް އޮޅާލައި ފޮށށި ތެރެއަށްލައި ބަންދުކުރުމަށްފަހު ރައްކާކޮށްލައި ފޯނު ނަގައި މައިރާ އަށް ގުޅާލިއެވެ.
” މައިރާ.. އާދެވިއްޖެ އިނގޭ.. ކައިފިންތަ؟ އައި މިސް ޔޫ..! “ ރީހާން ފޯނުގައި އޮވެ އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ.

******

ސާދަ ވިލޭރޭގެ ރީތި ހަނދުގެ ރިހި އަލިން ފަޒާ ވަނީ ދިއްލަަލާފައެވެ. އުޑުގައި ވިދަމުން ދިޔަ ތަރިތައް ރަމްޒުކޮށްދެމުން ދިޔައީ އުފަލާއި ލޯތްބެވެ. ތުނޑިއަށް ބީއްސަމުން ދިޔަ މަޑު ރާޅުތަކުގެ އަޑަށް ސަމާލުކަން ދީގެން އެ ރީތި ކަމަށް ގެއްލިފައި ޒާނާ ހުއްޓެވެ. ހުދު ކުލައިގެ މެކްސީއެއްގައި ރީތިވެލައިގެން އިން އިރު އޭނާގެ ރީތިކަން ފުރިހަމަވެފައި ޗާލެވެ.
ހަނދަށް ބަލަން ހިނިތުންވެލައިގެ ހުރި ޒާނާގެ ކައިރިޔަށް އައިސް ހުއްޓުނީ ހުޝާމްއެވެ. އަތުގައި އޮތް ރަތް ކުލައިގެ ފިނިފެންމާ ބޮނޑިއާއެކު ޒާނާގެ ކުރިމައްޗައް ހުއްޓެމުން ފުން ނަޒަރަކުން ޒާނާއަށް ބަލާލާފައި ހުޝާމް އެ މާބޮނޑި ދިއްކޮށްލީ ހިނިތުންވަމުންނެވެ.
”އައި ލަވް ޔޫ!! ސޯ މަޗް..!“ ހުޝާމް ޒާނާގެ މޫނާ ކައިރިވެލަމުން ވައި އަޑަކުން ބުނެލިއެވެ. އެއާ އެކު ޒާނާގެ ކޯތާފަތް ރަތްވެގެން ދިޔައީ އާ ލޯބިވެރިޔަކު ފުރަތަމަ ފަހަރަށް ލޯބި ހުށައެޅުމުން ލަދުގަންނަ ބީދައިންނެވެ.

*****

(ނިމުނީ)

އަޅުގަނޑުގެ ވާހަކަ ފެށިގެން ނިމެންދެން ޝައުޤުވެރިކަމާއެކު ވިދާޅުވި އަދި ކޮމެންޓުކޮށް ހިތްވަރު ދެއްވި އެންމެހާ ކިޔުންތެރިންނަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަން. މި ވާހަކަ ކިޔުންތެރިންނަށް ކަމުދިޔަ ކަމަށް އުއްމީދުު ކުރަން ..
ކޮންމެ ކޮމެންޓަކީވެސް ކުރިޔަށް ދިއުމަށް އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް.
 ‏جزاك الله خيرا ​😊🫶

Share Article

Hudhufinifenmaa_
Follow Me Written By

Hudhufinifenmaa_

Level 2100 Login10 Stories

Other Articles

Previous

ފެނުގެ ކުލައިގައި ފިލައި ދިޔަ ހުވަފެން (ފަހުބައި)

Next

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…59

Next
December 27, 2024

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…59

Previews
December 27, 2024

ފެނުގެ ކުލައިގައި ފިލައި ދިޔަ ހުވަފެން (ފަހުބައި)

13 Comments!

  1. cutie girl says:
    December 28, 2024 at 11:05 am

    mi part ves v reethi masha allah
    curiously waiting for next story
    keep it up
    alhamdulillah finally emmen gulhunee
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work
    love you fav author

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      December 29, 2024 at 7:29 am

      Thnakyou cutie girl 🙂.

  2. Anonymous says:
    December 28, 2024 at 8:26 pm

    awww such a well rounded story. loved it! u did such a great job allahumma baarik laha <3

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      December 29, 2024 at 7:31 am

      Thank you Anonymous, 😊 it means a lot.

  3. Your fav bab says:
    December 29, 2024 at 1:53 am

    you did an amazing job!!!!!
    Congratulations on finishing this story
    I’ve been reading without commenting n last part veema thought of commenting
    Hehhehdhdhdhdhehehehehhe!!!!!!!!!!
    Hope to see your new stories soonnnnn!!!!!

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      December 29, 2024 at 7:35 am

      Thankyou Your fav bab, Sure! 🙂😊

  4. LIM🖤 says:
    December 30, 2024 at 3:01 pm

    Wow this story is sooo good i love it curiously I’ll be waiting for a new story of your’s 😀

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      January 2, 2025 at 7:52 pm

      Thankyou LIM .. 😊 Will soon bring a new story In Sha Allah

  5. Anonymous says:
    January 1, 2025 at 6:03 pm

    Masha allah! Mi part vrh vrh vex reethi! Mi vaahaka aky alhuganduge hayaathugai kee adhi alhuganduge mi hithugai vaahaka ah loabi ufehdhdhi adhi, alhuganduge hayaathugai kee enmme reethi vaahaka eve. Alhugandu mi vaahaka kee vrh shauquverikamaai eku, mi vaahaka alhugandu ge hithunn dhuvahakuvex filaigenn nudhaahaa reethi vaahaka eh mi vaahaka aky!☺️
    Miee, alhuganduge hayaathugai kiyevunn enmme reethi adhi handhaanunn filaigenn nudhaane reethi vaahaka eleven!!
    “Masha allah, mi vaahaka vrh vrh vrh vrh reethi!”❤️☺️
    Keep it up!
    Best of luck!!👍

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      January 2, 2025 at 7:51 pm

      Shukuriyya.. 🌕☺️😃
      mi vaahka ehaa haassa v ma v ufaa vejje. 🙂 Alhugandu dhen genesdhey vaahaka ves hama thihaa shauquveri kamaa eku kiyaane kama ummeedhu kuran. Vaahaka ah inthizzar kohlahvaa!! 🙂

  6. Anonymous says:
    January 1, 2025 at 6:09 pm

    Adhi vrh vrh vex reethi nimunn.. mi vaahaka ah vureh reethi vaahaka eh dhuvahakuvex alhugandakah’ nukiyeyene!!
    Mi vaahaka vrh reethi, “masha allah!”
    Best of luck!☺️👍

  7. Fiza says:
    January 1, 2025 at 7:56 pm

    Masha Allah. vrh reethi vaahaka eh. Aa vaahaka eh Kon irkunthoa kiyalan libeyne?

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      January 2, 2025 at 7:53 pm

      Thankyou Fiza 😊 two months fahun aa vaahaka eh genes dheveytho balaanan In Sha Allah

Comments are closed.



All Right Reserved!