Skip to content
އެސްފިޔަ

އާ ދިރިއުޅުމެއްގެ ފެށުން 2

މެސެޖްތަކަށް ޖަވާބު ދުމަށް ފަހު އަހަރެން އަވަސް ވެގަތީ ޖޮގިން އަށް ދިއުމަށެވެ.
ގަޑިން ފަސްގަޑި ތިރީސް ވަނީ އެވެ.ރޭގަނޑުގެ ކަޅުފަރުދާއިން އާދުވަހަކަށް ދައުވަތުދެމުން އިރު އޭގެ ވާޖިބު އަދާކުރަމުންދިއައެވެ.ދޫނިސޫފާ ސޫފީގެ އަޑުން މުޅި މާހައުލުގައި މިއުޒިކީ އަޑެއް ލެވިފައިވާ ކަހަލައެވެ.
އަހަރެން ދުވެ ނިއްމާލުމަށްފަހު ސްޓްރެޗް ކޮށްލުމަށް ހޮސްޕިޓަލް ކުރިމަތީ ހުރި ޕާކް ގައި މަޑުކޮށްލީމެވެ.
“ދަރިފުޅު އާޒުކާ…” އަހަރެން ދިޔައީ ސިއްސައިގެން ނެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ ކަންފަތު ކައިރީ ހުރެ އެގޮވާލި ގޮތުން ހީވީ ސަންގުވެއް ފުއްމާލިހެނެވެ.”އާހާ..ހުމޭ ދައްތަ ..” ހުމޭ ދައްތް ފެނުމުން އަހަންނަށް ބުނަންނޭގޭ އެތަށް އިހުސާސެއްކުރެވުނެވެ. ހުމޭދައްތަ އަކީ އަހަރެންގެ މަންމަ އާއި ބައްޕަގެ އެންމެ ގާތް އެކުވެރިޔާއެވެ. މަންމަ އާއި ބައްޕަ އަދި ކުޑަބެ ކާރު އެކްސިޑެންޓްއެއްގައި ދުނިޔެއާ އަލްވަދާއު ކިޔުމަށްފަހު ގުރޭޑް ތިނަކާ ހަމަޔަށް ކިޔެވީ ހުމޭ ދައްތަމެންގެއިންނެވެ.
އެކި އެކި ވާހަކައިގައި ގެޔާ ހަމައައް އާދެވުމުން ކޮފީ އަކަށް ގުޅާނެކަމަށް ބުނެ އަހަރެން ގޭ އެތެރެއަށް ވަނީމެވެ.
މިއަދަކީ އަހަރެންގެ ވަޒީފާގެ ފުރަތަމަ ދުވަހެވެ.މިއަދު މަންމަ ދުނިޔޭގައި ހުރި ނަމަ ހާދަ އުފާއެއް ވާނޭ އަހަރެން ހިތަށް އެރިއެވެ. އަހަރެން ކޮފީއެއް ބޮއެލުމަށްފަހު ފެންވެރުމަށް ވަނީމެވެ.
ރެޑީވެ ނިމުން ތަނާހެން ދޮންބެ އަހަރެން ބަލައި އައެވެ.”އަޒޫ.. އައިއެމް ރިއަލީ ސޮރީ..އައިފޮގޮޓް ޓު ޓެލްޔޫ .. ”
ދޮންބެ ދައްކަން އުޅޭވާހަކަ އަހަންނަށް ރޭކާލިއެވެ.”އިޓްސް އޯކޭ ދޮންބޭ .. ޒެއިން..އުޅެނީ އެމް.އެން.ޑީ.އެފް ގަތަ؟”އަހަރެން ކާރަށް އަރައި ހަމަޖެހިލަމުން ދޮންބެއާއި ސުވާލު ކޮށްލީމެވެ.
ދޮންބެ ކާރު ސްޓާޓް ކޮށްލަމުން ބޯޖަހާލިއެވެ.”ދޮންބެ.. ކޭން އައިހޭވް ޔުއާރ ސައިކް..ކޮންމެ ދުވަހަކު ދޮންބެ އަޅުގަނޑު ބަލައި އަންނަން އުދަގޫވެސް ވާނެ.. އެންޑް އައި އޭމް އަރ ގުރޯންއަޕް ވުމެން ނައު.. އެންޑް އެހެން ނޫނަސް އެމަރޖެންސީ ހާލަތެއްގަ ދޮންބެ އަށް ނާދެވިވެސްދާނެ އަޅުގަޑު ބަލައި..” އަހަރެން އެއްފަންޗަކަށް ހުރިހާ ވާހަކައެއް އަމުނާލުމުން ދޮންބެ ހޭންފެށިއެވެ.
“ސިސް.. ދޮންބެ އެހެނުނަސް ސައިކަލުން ކީއްކުރާނީ..އެކަމަކު ސައިކަލު ދޭނީ އަނިޔާއެއް ނުހޯދާނެ ޝަރުތު މަތިން އޯކޭ!!” އަހަރެން ބޯޖަހަލީމެވެ.
“ބެސްޓް އޮފްލަކް.. އަޒޫ”

(ނޫނިމޭ)….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (11)

  1. Your fav bab

    Wow it’s very beautiful when next???

    1. Tuleep
      Your fav bab

      Its ben posted 🙂

    2. Tuleep
      Your fav bab

      Its been* posted 🙂

  2. its me

    like it wwellllllllllllllllllllllllllllldoneeeeeeeeeeeeeeeee

    1. Tuliplover
      its me

      Thank yu ❤️😗

  3. Your fav bab

    Why do I feel like ur name is SUMA!!!

    1. Tuliplover
      Your fav bab

      Cox its my name 😂

  4. Your fav bab

    Wait am I thinking correct???

    1. Tuliplover
      Your fav bab

      Sure sure 💗

  5. Your fav bab

    Wait am I thinking correct??
    TuLeeeeeepppp!!!!

    1. Tuliplover
      Your fav bab

      Lahba ❤️

Comments are closed.