Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 29

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
December 31, 2025 10 Mins Read
18 Comments

Warning: Contains explicit references to domestic violence and abusive language

އާދައިގެ ސްޕީޑެއްގައި ނާއިލް ކާރު ދުއްވަމުން ދިޔައިރު އިރު އިރު ކޮޅާ އަރީންގެ މޫނަށް ބަލައިލައެވެ. ނާއިލްގެ މޫނުމަތީގައި ކުޅެލެވިފައި ވަނީ ފަތަޙައިގެ ހިނިތުންވުމެކެވެ. “ވެލް ލޯބީ! ކިހިނެއް އެނގޭނީ އަހަންނަށް މި ކަހަލަ ފަހި ފުރުސަތެއް ލިބޭނެ ކަމެއް. އަރީގެ ނުރުހުމަކާއި ނުލައި ތިޔަ ހަށިގަނޑުން އުފާ ލިބިގަނެ ތި މަލުގެ ރަޙަ ބަލައިލަން ބޭނުންވާ މިންވަރު އެކަކަށް ވެސް ނޭނގޭނެ.” ސްޕީޑް މަތިކޮށްލަމުން އޭނާ އެ ދުއްވި ގޮތުން ވެސް އެ ހުރީ އެ ކަމަށް ކެތްމަދުވެފައި ކަން ހާމަވެއެވެ.

ޒަވިއަން މިއަދު ވެސް ގެއަށް އައީ އެގާރަ ޖަހާ ބޮޑުވި ފަހުންނެވެ. ކޮޓަރިއަށް ވަދެ ބޮކި ދިއްލާލައިފައި ގޮސް ވަނީ ފާޚާނާއަށެވެ. ދެން ފެންވަރާލައިގެން ނުކުމެ ވޯޑްރޯބުގެ ތެރެއަށް ވަނެވެ. އެ ތަނުން ނުކުތީ ނިދަން ލާ ޓީޝާޓަކާއި ޓްރެކްޝޫޓެއް ލައިގެންނެވެ. އެއަށްފަހު ނިދަން އަރާ އޮށޯތެވެ. ފޯނު ނަގާ އެލާމަށް ޖެއްސުމަށް ފަހު އެ ސައިޑް ޓޭބަލް މައްޗަށް ލިއެވެ. އެ ލޮލުގައި ހުސްކޮށް ހުރި ސޯފާ އަޅައިގަތީ ދެނެވެ. އަޅައިލުން ކުޑަ ގޮތަކަށް ނަޒަރު ބަދަލުކޮށްލަމުން އޭނާ ދެލޯ މަރާލައިފިއެވެ. އަރީނާއި މެދު ވިސްނުންހާ ބޭކާރު ކަމެއް އޭނާ އަކަށް ނޭނގެއެވެ. އަރީނަށް ކޮންމެ ކަމެއް ވިޔަސް އޭނާއަށް ކީއް ހެއްޔެވެ؟ ޒަވިއަނަށް ރަނގަޅީވެސް އަރީނަށް ދެރައެއް ލިބުނިއްޔާއެވެ.

ދެފަރާތަށް ފުރޮޅިފުރޮޅި އޮތް ޒަވިއަނަށް އެއްގޮތަކުން ވެސް މިރޭ ނިދޭކަށް ނޫޅުނެވެ. އެންމެފަހުން ލައްކެތް ޖަހައިފައި އޭނާ ތެދުވެއްޖެއެވެ. ބެޑްސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ނަގާ ހާވާލިއެވެ. އެއިން ހެދި ނުހެއްޖެއް ވެސް އެނގޭނީ ހަމަ އޭނާ އަށެވެ. ދެން ފެނުނީ އޭނާ އެނދުން ތެދުވެގެން ގޮސް ބޭރަށް ނުކުތްތަނެވެ. އަވަސްއަވަހަށް ސިޑިން ތިރިއަށް ފައިބައިފައި އޭނާ އެ ގެއިން ނުކުތެވެ. އެ ދިޔަ ގޮތަށް ގޮސް ގަރާޖުން ކާރު ނެރެ އެއަށް އަރާ ދުއްވާލައިފިއެވެ. ހައިވޭ މަތިން އޭނާ ދުއްވައިފައި ދިޔައީ ދުން ކަނޑައިގެން ދާހާ ބާރަށެވެ. އެހެން ހުރެފައި ދޭތެރެއަކުން ފޯނަށް ކަޅިއެއް އެއްލައެވެ.

ޒަވިއަނަށް އޭނާގެ އަމާޒު ފެންނަ ވަރުވީ ބުރިޖުން މާލެ ފޭބި ވަގުތެވެ. ކާރުގެ ވަތްގަނޑަކުން ޒާތެއްގެ އެއްޗެއް ނަގައިފައި ޒަވިއަން ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ. އަދި ވަރަށް އަމާޒުކޮށްފައި އޭގައި އިން ބަޓަނަކަށް ފިތާލިއެވެ. އެއާއެކު އޭގެން ތޫނު ތިނޯސްތަކެއް ފަދަ އެއްޗެހިތަކެއް ދޫވިއެވެ. ބަޑިއަކުން ވަޒަނެއް ދޫކޮށްލުމުން ދާހާ ބާރު މިނުގައި އެ ކަށިތައް ގޮސް ހެރުނީ ކުރިމަތިން ދުއްވަމުން ދިޔަ ކާރުގެ ފަހަތު ފުރޮޅަކަށެވެ. އޭގެ ހަން ފަޅައިގެން ދިއުމާއި އެކު ކާރު އެއްފަރާތަކަށް ކެހިގެން ގޮސް ދަގަނޑު ގަނޑެއްގަައި ޖެހި މަތަވިއެވެ.

ޚިޔާލީ ފޮލާއެއް ކައްކަމުން ކުރިއަށް ދިޔަ ނާއިލް ސިހުނީ ބޭރުން އިވުނު އަޑަކުންނެވެ. އެއާއެކު ކާރުގެ ކޮންޓްރޯލުން ނެއްޓިގެން ދިއުމުން އޭނާއަށް ޔަޤީންކުރެވުނީ ފުރޮޅު ފަޅައިގެން ދިޔަ ކަމެވެ. ހާސްކަމާއި އެކު އޭނާ އުޅުނީ އަވަހަށް ބުރެކި ޖައްސާލެވޭތޯއެވެ. އެހެނަސް އޭނާގެ ބާރުގެ ދަށުން ނެއްޓިގެން ގޮސް ކާރު މަތަވީ މަގުގެ އެއްފަރާތުގައި ހުރި ދަގަނޑު ގަނޑެއްގަައި ޖެހިފައެވެ. ހިތްހަމަނުޖެހިފައި ހުރެ އަލިފާން ކަހަލަ ރުޅިއެއް އެތެރެ ހަށީގައި ރޯވަމުން ދިޔަ ޙާލު އޭނާ ކާރުން ފޭބިއެވެ. ފަހަތުން އައިސް ހުއްޓާލި ކާރު ވެސް ފެނުނީ ދެނެވެ.

ޒަވިއަން ކާރުން ނުކުމެ އޭގެ ދޮރު ބަންލައިފައި ޖެހުމަށް ފަހު ދުންޖަހައިފައި ގޮސް ނާއިލްގެ ގަމީހު ގިރުވާނުގައި ހިފިއެވެ. އަރީންގެ ފޯނު ޓްރޭސް ކުރެވުނީ ފިރިހެނެއްގެ ކާރުން ކަން އެނގުމުން ހީވީ އޭނާގެ ގާތަށް އައިސްފައިވާ ރުޅިގަނޑަށް ދަރު އަޅާލިހެންނެވެ. ނާއިލްގެ މޫނުމަތީގައި އެތިފަހަރެއް ވީއްލާލައިގެން ވެސް އެ ރުޅި މައިތިރިވާ ގޮތެއް ނުވިއެވެ. އަނެއް ކޮޅުން ނާއިލް ހިތުގައި ބިރުވެރިކަމުގެ ސާލެއް އޮޅުނެވެ. ޒަވިއަންގެ ނުރައްކާތެރި ކަމަކީ އޭނާއަށް އޮޅިފައިވާ އެއްޗެއް ނޫނެވެ.

“އަހަރެންގެ އަންހެނުން ޖަހައިގަންނަން ކޮން ޙައްޤެއްތަ އޮތީ މިހިރަ ***** ** **. މާ ސުންޕާ ވެގެން އަހަރެންގެ ޙައްޤަކަށް އަރައިގަންނަން ވިސްނާނެ ކަމެއް ނެތް.” އޭނާގެ ވިސްނުމުގައި ކެކިއަރަމުން ދިޔަ އިޙުސާސްތައް ނެރެލުމަށް ޒަވިއަން ބޭނުންކުރި ހަތިޔާރަކަށްވީ ދުލެވެ. “**! ކަލޭގެ ޙައްޤެކޭ ކިޔާފަ ވަކާލާތު ކުރަން ތިއީ އަދި ކިހާ ފެންވަރެއްގެ މީހެެއްތަ؟ އަރީނަށް އެހާ ނަފުރަތު ކުރަން ޖެހޭ މީހަކު ތި އުޅެނީ ކޮން ވައްތަރަކަށްތަ؟ މަ ފުރަތަމަ އަރީ ހޯދަން އަމާޒު ހިފީ. މިތަނުގައި މަތިން ބައިން ޖެހިގެން އުޅޭ މީހަކީ ކަލޭ. ދުރަށްދޭ.” ނާއިލް ވެސް ބަލާކަށް ނުހުރެ ޒަވިއަންގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލަންއަތް މަޅާލިއެވެ.

ނާއިލްގެ ދުލުން ބޭރުވެގެން ދިޔަ އެއްޗެހި އިވިފައި ޒަވިއަން ހަމައިން ނުނެއްޓީ ކިރިޔާއެވެ. އޭނާގެ މޫނުމައްޗަށް ނާއިލްގެ އަތުގެ ޙަމަލާ އެރުމުގެ ކުރިން ކޮށްޕާ ވައްޓާލައިފިއެވެ. ދެން މި ފިރިހެނާގެ ކުރިމަތީގައި އެންމެ ސިކުންތަކު މަޑުކޮށްލިޔަސް އިއާދަ ނުކުރެވޭނެ ވަރުގެ ގޯހެއް ހެދިދާނެކަން ޔަޤީންކުރެވުމުން ގޮސް ނާއިލްގެ ކާރުގެ ދޮރުފަތް ހުޅުވާލިއެވެ. ސީޓުމަތީގައި ހޭނެތިފައި އޮތް އަރީން ފެނިފައި ބޮލުގައި ރިއްސައިގަތެވެ. އެހެނަސް އެހެނިހެން ޚިޔާލުތައް އެއްފަރާތް ކޮށްލައިފައި އަރީން ނަގައި އަތްދަނޑި މައްޗަށް ލީ ނިކަން ފަސޭހައިންނެވެ.

ނާއިލްގެ ޙާލަކީ ތޯއެވެ. އެހާ ވަރުން ދަމައިގަނެގެން ގެނައި ޖަވާހިރު ބީވެގެން ދަނީކަން ދެނެގަނެވުމުން އޭނާގެ ހިތް ގެނބިގެން ދިޔަ ކަހަލަ އިޙުސާސެއް ކުރެވުނެވެ. އެހެނެއްކަމަކު ހިތްވަރު އެލުވައެއް ނުލައެވެ. އަނެއްކާ ވެސް ތެދުވެ ޒަވިއަނާއި ކުރިމަތިލައިފިއެވެ. ޒަވިއަން އަރީންގެ ހަށިގަނޑު މޭގައި ޖައްސާލައިފައި ނާއިލް އަށް ހަމަލާދިނީ ފައިންނެވެ. ޒަވިއަން ބާމަތި ފުޅާވެފައި ރަނގަޅަށް މަސްޖަހަލައިފައި ހުރުމުން ބާރުގަދައީއެވެ. ނާއިލް ބިމާ ތިރިކޮށްލީ ހަމައެކަނި ފައިން ހަމަލާ ދީގެންނެވެ.

ޒަވިއަން ގެންގޮސް އަރީން ބޭއްވީ ކުރީ ސީޓުގައެވެ. ސީޓް ބެލްޓު އަޅުވާލައިފައި ސީޓު ވަކި ހިސާބަކަށް ތިރިކޮށްލިއެވެ. އެއަށްފަހު ކާރަށް އަރާ އެ އަނބުރާ ލައިފައި ކުރިއަށް ދުއްވާލިއެވެ. ފުން ނޭވާތަކެއް ލަމުން އޭނާ މަސައްކަތް ކުރީ އައިސްފައިވާ ރުޅިގަނޑު ފިނިކޮށްލެވޭތޯއެވެ.

ނާއިލް އޮތީ ބިންމަތީގައި ކަކުލުގައި އަތް އަޅާލައިގެން ކުރުގެޅިގެންނެވެ. ޒަވިއަންގެ ހަމަލާތައް އޭނާގެ ހަށްޓަށް އަރައިފައިވާލެއް ގިނަކަމުން މުޅި ގައިގައި ރިއްސަމުން ދިޔައެވެ. ޒަވިއަނަށް ހެއްދި ނުހެއްދިއަށް ގޮވަމުން ގޮސް ކާރުގެ ދޮރުފަތް ހުޅުވާލާ ސީޓަށް ވެއްޓިގަތެވެ.

ދަތްކުނޑި ވިކައިގެން އިނދެ ޒަވިއަން ކާރު ދުއްވަމުން ދިޔައިރު ހިނދުހިނދުކޮޅަށް އޭނާގެ ނަޒަރު އަރީންގެ މައުސޫމް މޫނަށް ހުއްޓެއެވެ. އޭނާ އިންތިހާ ދަރަޖައަށް އަރީނަށް ނަފުރަތު ކުރިއެއް ކަމަކު އަނބިމީހާގެ މަޤާމުގައި ހުއްޓާ އަރީންގެ ގަޔަށް އެހެން މީހަކު އެރުމަކީ ބަލައިގަނެވޭނެ ވަރުގެ ކަމެއް ނޫނެވެ.

ޒަވިއަން ސިހުނީ ކުއްލިއަކަށް އަރީން ވާހަކަ ދައްކަން ފެށުމުންނެވެ. ސީޓު ބެލްޓު ވެސް ނައްޓާލައިފައި އޭނާ ބުރަކަށި ސީދާކޮށްލިއެވެ. “ޒެވް. ކީއްވެގެންތަ އަހަރެންނާއި އެހާ ދުރުދުރުން ތި އުޅެނީ؟ އަހަރެންނަށް ތިހެން އަނިޔާވެރި ނުވޭ. އަހަރެން ހިތާ ފުރާނައިން ލޯބިވާ ފަރާތަކީ ތީ.” އަރީން ޒަވިއަންގެ ކަނދުރާގައި އޮޅުލައިގަންނަމުން ބުނެލިއެވެ. ޒަވިއަނަށް ސިހިފައި ކާރު ހުއްޓާލެވުނެވެ. ދެލޯ ބޮޑު ކޮށްލަމުން އަރީންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އަރީން ވާހަކަ ދައްކަމުން ދިޔައީ ލޯ ނުހުޅުވައެވެ.

ޒަވިއަން އިތުރު ކަމެއް ކުރަން ވާއިރަށް އަރީން އޭނާގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. އެ ހިމަ ހޯލިކޮޅެއް ކަހަލަ އިނގިލިތައް މަޑުމަޑުން ޒަވިއަންގެ އިސްތަށިގަނޑަށް ލައްވާލުމުން ޒަވިއަނަށް އޭނާގެ އަމިއްލަ ނަފުސު މައްޗަށް އޮތް ބާރު ގެއްލުނެވެ. ވަގުތުން އޭނާގެ ހިއްސުތައް ހޭލައްވާލި ކަހަލައެވެ. އަރީންގެ އުނަގަނޑުގައި އެއް އަތް އަޅުވާލައިފައި އަނެއް އަތުން އެ މޫނުގައި ހިފިއެވެ. އެ އަމަލުގައި އެންމެ ފުރިހަމައަށް ބައިވެރިވެވިއްޖެއެވެ. ޒަވިއަނަށް ހަމަ ބިމަށް އާދެވުނީ އިރުކޮޅެއް ފަހުންނެވެ. އަރީން ދުރަށް ކޮށްޕާލެވުނީ އެހެންވެގެންނެވެ. އަރީން ގޮސް ކާރުގެ އެއްފަރާތު ބިއްލޫރިގަނޑުގައި ޖެހި ވެއްޓުނެވެ. ޒަވިއަން ދެވަނަ ފަހަރަށް އަރީން ސީޓުމަތީގައި ބާއްވައިފައި ސީޓު ބެލްޓު އެޅުވިއެވެ. މި ވާނުވާ ދެނެގަތުމަށް އޭނާ ގެއަށް ދިއުމުގެ ބަދަލުގައި މިސްރާބު ޖެހީ ދެވަނަ ފިޔަވައްސަށެވެ. މީހަކަށް ގުޅާ ވާހަކަ ވެސް ދެއްކިއެވެ. އޭނާ ކާރު ޕާކު ކޮށްލީ ކްލިނިކެއްގެ ކައިރިއަށެވެ.

“ދަރިފް…ދަރިފުޅަށް ކިހި…ނެއް ތިކަން އެނގުނީ؟” ހާސްވެ އޮއްދާހިއްލައިފައިވާ ޙާލުގައި ޢަބްދުއްރަޙްމާނަށް ވާހަކަ ދެއްކުނީ ވެސް އުނދަގުލުންނެވެ. މި ކުލަވަރުން ސުމައްޔާ އަށް ޝައްކަކާއި ނުލާ ޔަޤީން ކުރެވުނީ އުބައިދު ދެއްކީ ތޯތޯ ވާހަކައެއް ނޫން ކަމެވެ. އޭނާގެ ހިތުގައި އިންތިހާއަށް ޝަކުވާ އުފެދުނެވެ. އަމިއްލަ ބައްޕަ އޭނާ އެހާ ބޮޑު އަނދިރިގަނޑަކަށް ދޫކޮށްލިކަން އިޙުސާސްވުމުން އެ ޅަ ހިތް ކުނޑިކުނޑިވިއެވެ.

“ބައްޕާ! ބަޔަކު އެހާ އަނިޔާވެރި ގޮތަކަށް މަންމަ މަރާލައިފަ ނުވީތާކަށް އަހަރެމެންގެ ވަސް މި ދުނިޔެއިން ފުހެލަން މަސައްކަތް ކުރީ ކީއްވެގެންތަ؟ އަދި އެހާ ވަރަކުން އެ ނުލަފާ ޝައިޠާނުންގެ ޢަމަލުތަކަށް ފަސް އަޅައި ފޮރުވަން ބައްޕަ ތި މަސައްކަތް ކުރަނީ ކީއްވެގެންތަ؟ އެންމެ ކުޑަ މިނުން އަޅުގަނޑު ގާތު އެ ޙަޤީޤަތް ބުނެލިނަމަ.” ސުމައްޔާ އަށް ވާހަކަ ދައްކަމުން ގޮސް ރޮވިއްޖެއެެވެ. ޢަބްދުއްރަޙްމާނަށް ސުމައްޔާގެ ދެލޮލުން ފާޅުވާން ހުރި ވޭނީ އަސަރު ދެނެގަނެވުމުން ހީވީ ކަރު ކަނޑާ ވައްޓާލެވުނު ހެންނެވެ. އެހާ ލޯބިން ބެލި ތުއްތު ކުއްޖާ މިހާރު ބޮޑު ވެއްޖެކަން އިޙުސާސް ކުރެވުނެވެ.

“އެއީ ދަރިފުޅަށް ޓަކައި ބައްޕަ އެޅި ފިޔަވަޅެއް. ދަރިފުޅުގެ މަންމަ މަރާލި މީހުންގެ ނުބައި ކަމާއި ނުރައްކާތެރިކަން އަގުވަޒަންކޮށްލަން އުނދަގޫވާނެ. މިއަދު ވެސް އެ މީހުންނަށް އަހަރެމެން ދުނިޔޭގައި ގަދަވެ ސަލާމަތުން ހުރި ކަން އެނގިއްޖެއްޔާ ނިމުނީ. ހަފޫޓު އަޑީގައި ވަޅުލާފަ ނޫނީ ހުއްޓައެއް ނުލާނެ. އެރޭ ބައްޕަ ހިތުގައި ގާގަނޑެއް ބާއްވާފައި ނުކުތް ކަމުން ދަރިފުޅު ސަލާމަތް ކުރެވުނީ. އެކަމަކު ސިލް…ސިލްވީ ސަލާމަތެއް ނުކުރެވުނު.” ސުމައްޔާގެ ސުވާލަށް ޖަވާބު ދިން ޢަބްދުއްރަޙްމާނަށް ވެސް ރޮވިއްޖެއެެވެ. އަދިވެސް އޭނާއަށް އެ ބަނަ އަނދިރި ރޭ ދެލޯ މައްޗަށް ސިފަވެއެވެ. އޭނާގެ އުފާވެރި ދިރިއުޅުން އެ ދުވަހު އެފުއް މިފުށަށް ޖެހިގެން ދިޔައީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ.

ސުމައްޔާ އަށް އޭނާގެ ބައްޕަގެ ޙާލަތު ވަޒަންކުރެވުމުން ހިތުގައި ވަރުގަދަ ކޫރުމެއް އެޅިގެން ދިޔަހެން ހީވީއެވެ. އެ ވަގުތު ޢަބްދުއްރަޙްމާން އެދުނީ ސުމައްޔާ އޭނާގެ ފަހަތުން އައުމަށެވެ. ސުމައްޔާ އެ އަމުރަށް ބޯ ލަނބަމުން ހިނގައިގަތެވެ. ޢަބްދުއްރަޙްމާންގެ ކޮޓަރިން ދުވަސްވީ ކަބަޑު ތެރެ ހާވާލައިފައި ނެގީ ބާ ސިޓީ އުރައެކެވެ. އެ ނަގާ ސުމައްޔާގެ އަތަށް ލައިދިނުމަށް ފަހު ބުނީ އޭގައި އޮތް އެއްޗެއް ނަގާ ބަލާށެވެ. ސުމައްޔާ ފުން ނޭވާއެއް ލައިފައި އެ އުރައިގެ ތެރެއިން ނޫސް ކަރުދާހެއް ނަގައިފިއެވެ.

“ރޭ ވިލިނގިލީގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން އެތައް ފުރާނައެއް މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. އޭގެތެރޭގައި ހަތަރު ފިރިހެނަކާއި ފަސް އަންހެނުންނާއި އެއް އަހަރުގެ ކުޑަ ކުއްޖަކު ހިމެނެއެވެ. ޚަބަރު ލިބިފައިވާ ގޮތުން އެ ހާދިސާ ހިނގި ވަގުތުގައި އެ ގޭގައި ތިބިހާ ބަޔަކު ސަލާމަތް ނުވެ މަރުވެގެން ދިޔައީ އެވެ.” އެ ކިޔަމުން ދިޔަ ވަރަކަށް ސުމައްޔާގެ ހައިރާންކަން ދިޔައީ އިތުރު ވަމުންނެވެ.

“ދަރިފުޅުގެ އަސްލު ނަމާއި ބައްޕަގެ ނަން ބަދަލުކުރީ ހަށިރައްކަލަށް. އެހެންވެ ދަރިފުޅަށް ވަކިން އާ އުފަންދުވަހުގެ ސެފްޓިކެޓެއް އުފައްދަން ޖެހުނީ ވެސް. ދަރިފުޅު ނުވާނެ އެއްވެސް މީހަކާ މި މައުލޫމާތު ހިއްސާކޮށްގެން ބައްޕައަށް ލާހިކެއް ނޫން ސިލްވީ ނިޔާވި ގޮތަށް ދަރިފުޅު ވެސް ބީވެގެން ދާކަށް.” ޢަބްދުއްރަޙްމާން އެހެން ބުނެފައި ގޮސް އެނދުގައި އިށީނެވެ. ފިރިހެނަކަށް ވިޔަސް އޭނާ ބަލިކަށިވަނީ މި ކަހަލަ ކަން ކަމުގައެވެ.

ސުމައްޔާ އެ ސިޓީ އުރަ މޭޒުމަތީގައި ބާއްވާލައިފައި އެނބުރި އޭނާގެ ކޮޓަރިއަށް ދިޔައެވެ. އޭނާގެ މަންމަ ނިޔާވި ގޮތުގެ ތަފްސީލު އެނގެން ބޭނުންވެފައި ހުންނަތާ ކިތަންމެ ދުވަހެކެވެ. އޭގެ ހިތި ޙަޤީޤަތް އެނގުމުން އެ އަނިޔާވެރިވި ބަޔަކު ހޯދުމަށް އެ ހިތް އެދޭ މިންވަރު އިތުރު ވެއްޖެއެވެ. އެހެނަސް އެއީ އަލިފާނާއި ކުޅުން ކަހަލަ ކަމެއްކަން އޭނާ ދެނަހުއްޓެވެ. ފިހިވެސް ދާނެއެވެ. ފުރާނައަށް ނުރައްކާ ވާނެއެވެ. އެހެނެއްކަމަކު އޭނާގެ ޙަޔާތުން މަންމައެއްގެ ކުލަ ފުހެލި ބަޔަކަށް އެކަމުގެ ސަޒާ ނުދީ ދޫކޮށްލެވޭ ހެއްޔެވެ؟ ބައްޕަގެ ދިރިއުޅުން ވިއްސިވިހާލި ކޮށްލާ ދުނިޔެއަށް ވަންހަނާވެގެން އުޅެން ޖެއްސި މީހުން އިންސާފުގެ ކުރިމައްޗަށް ނުގެނެސް އެކަން ހަނދާން ނައްތާލެވޭނެ ހެއްޔެވެ؟ ބައްޕަ އާއި ދެކޮޅަށް ވިޔަސް އޭނާ އެ އަނިޔާވެރީން ފިލާ ހުރި ތަނަކުން ނެރޭނެއެވެ. މިއަދު ސުމައްޔާގެ ހިތުގައި އެކަން ޙާސިލުކުރުމަށް އުންމީދުގެ ހުޅުކޮޅެއް ރޯވެއްޖެއެވެ.

“ޒެވް! އަރީނަށް ކިހިނެއްވީ؟” އާހިލް ހާސްވެފައި ހުރެ އެއްސެވެ. “އަހަރެން އޭލް ގާތަށް މި އައީ ތިޔެއް ހޯދާށޭ. ތީ މޮޅު ޑޮކްޓަރެއްނު. މި ވަރު ކަމެއް ނުވާނެތަ؟” ޒަވިއަން އެއްސެވެ. އާހިލް ޒަވިއަންގެ ބޮލުގައި ފުއްޓައްކެއް ޖަހައިފައި ބަލި އެނދުމަތީގައި އޮތް އަރީންގެ ގާތަށް ޖެހިލިއެވެ. އިރުގަނޑެއް ވާންދެން ބަލަައިފައި ތަފާތު ޓެސްޓުތައް ހެދުމަށް ފަހު ހުއްޓާލިއިރު އެކެއް ޖަހަނީއެވެ. އޭނާ ރިޒަލްޓުތައް ބަލައިފައި އާހިލް އިނީ ފާޑަކަށެވެ.

“ކިހިނެއް… ކޮ…ކޮންތާކުން އަރީން ތި ގެނައީ.” އާހިލް ހައިރާންވެފައި އިނދެ އެއްސެވެ. ހީވާ ގޮތުން އޭނާ ހެދި ޓެސްޓުތަކެއްގެ ނަތީޖާއިން އާދަޔާ ޚިލާފު ކަމެއް ފެނުނީއެވެ. “ތިއެއް ނޫނޭ! ކިހިނެއްތަ ވީ؟” ޒަވިއަން ކޮށްލީ ސުވާލެކެވެ. އާހިލް ފުންނޭވާއެއް ލިއެވެ.

“އެނގޭތަ ސެކްސައިން ކިޔާ ޑްރަގެއް. އޭގެ ވަަރަށް ބޮޑު މިންވަރެއް އެތެރެވެފަ ހުރީ. މިހާރު އެބައި ޑިޓޮކްސިފައި ކޮށްފިން. އެހެން ވިޔަސް މިރޭ އިރޭޝަނަލް ގޮތަކަށް އުޅެފާނެ.” އާހިލް ބުނެލިއެވެ. “ސެކްސައިން އަކީ ކޮން އެއްޗެއް.” ޒަވިއަން ވިސްނަން އިނދެފައި އެހިއެވެ. “އިލީގަލް ރޭޕް ޑްރަގެއް. ވަގުތީ ގޮތުން އެ ވަގުތު ހިނގައިދާ ކަންކަން ސިކުނޑިން ފުހެލާނެ. ބައެއްފަހަރު ފުރާނައަށް ވެސް ނުރައްކާ ވެދާނެ. މިރޭ ފަރުވާ ނުކުރިނަމަ މި ކުއްޖާ… މި ކުއްޖާ މަރުވީސް. އެހާ ވެސް ގިނައިން އެ ޑްރަގް އެތެރެވެފަ ހުރީ. އެހެންވެ އެހީ ކިހިނެއް ވެގެން އުޅެނިކޮށް ކޮންތާކުންހޭ ގެނައި.” އާހިލް އިތުރަށް ތަފްސީލު ކޮށްލަދިނެވެ.

“ސޮރީ އެކަމު އެ ވާހަކަ ބުނެވޭކަށް ނެތް.” ޒަވިއަން އޭނާ އިށީނދެ އިން ގޮނޑިން ތެދުވެގެން ގޮސް އަރީން ނަގައި އަތްދަނޑި މައްޗަށް ލައިފިއެވެ. “ވަރަށް ތާހިރެއްނު. ކަމެއް ޖެހުނީމަ މައެ ގާތަށް އަންނާނެ. އެހެން ވިޔަސް މަ ސުވާލެއްގެ މިންވަރު ކޮށްލިޔަސް ޖަވާބު ދެވޭ ކަމެއް ނުވެ. ތީތި ކަޑަ.” ޒަވިއަން ޖަވާބެއް ނުދިނުމުން އާހިލް ތުންހަދާލިއެވެ. “މިކަން ސިއްރުކޮށްލަދޭތި. ތެންކްސް ބަޑީ.” ޒަވިއަން ބުނެލީ ހަމައެކަނި އެހެންނެވެ.

ޒަވިއަން އަނބުރާ ގެއަށް އައިސް ވަތް އިރު ދަންވެ ދޭއް ޖަހައިފިއެވެ. އަރީން އުފުއްލާލައިގެން ސިޑިން މައްޗަށް އަރައިފައި ކޮޓަރިއަށް ވަނެވެ. އަދި އެއަށްފަހު ސޯފާ މަތީ ބާއްވައިފައި އޭނާ ގޮސް ވެއްޓިގަތީ އެނދުމައްޗަށެވެ.

އިރު އަރައިގެން ދިޔަ އިރު ވެސް މިއަދު އަރީނަށް ހޭލެވޭގޮތެއް ނުވިއެވެ. ޑްރަގުގެ އަސަރު އަދިވެސް ކޮންމެވެސް ވަރަކަށް ހުރީ ކަމަށް ވެދާނެއެވެ. ޒަވިއަން ނަމާދުކޮށް ކަސްރަތުކޮށްގެން އައިސް ފެންވަރަން ވަތް އިރު ހަތެއް ޖަހަނީއެވެ. ފެންވަރައިގެން ނުކުމެ އޮފީހަށް ދާން ތައްޔާރުވެފައި ޒަވިއަން އައިސް ހުއްޓުނީ ސޯފާ ކުރިމަތީގައެވެ. އަރީނަށް ގޮވަން އަތް ހިއްލާލައިފައި ވެސް މަޑު ޖެހުނެވެ. އޭނާ މިހާ ނަފުރަތު ކުރާ މީހަކާއި މެދު މީހާ މަޑުމޮޅި ގޮތަކަށް ކަންތައް ކުރަންވީ ކީއްވެގެން ކަމާއި މެދު އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. “ސްނެޕް އައުޓް އޮފް އިޓް ޒަވިއަން. އޭނާ މައުސޫމް ކަމުގެ މޫނުމަތި އަޅައިގެން އެހެން މީހުން ހައްލަން ބޭނުންކުރި އުކުޅުތަކަށް ނުހެއްލޭ. އެއީ ޒައްކޮ މަރާލި ރަޙުމެއް ނެތް ޤާތިލު. ޒައްކޮގެ ވަފާތެރިކަމާއި އިތުބާރުގެ ނާޖާއިޒު ފައިދާ ނެގި ނުބައި **.” ޒަވިއަން ނިތްކުރީގައި އަތުން ޖަހާލަމުން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ.

ޒަވިއަން ދެން ގޮސް ސޯފާގައި ހިފާ އަރިކޮށްލީ އަރީނަށް އިތުރު ގޯނާއެއް ކޮށްލާށެވެ. ނިދިފައި އޮތް އަރީން މުށިގަނޑު މައްޗަށް ޖެހުމުން ސިހިފައި އޭނާއަށް ދެލޯ ހުޅުވާލެވުނެވެ. އެ ވަގުތު ގާތުގައި ވިއްދައިފައި ހުރި ޒަވިއަންގެ ލޮލުން އަލިފާން ކަނި ބުރަބުރާ ހުއްޓެވެ. ގަންނާ ކުރެއްވި ބިރުން އަރީނަށް ތުންފަތް ކަނޑައިގެން ދާހާ ބާރަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. މުށިގަނޑު މައްޗަށް އެ ކަހަލަ ގޮތަކަށް ވެއްޓުމުން ވާނެ ތަދާއި މެދު ވިސްނާލެވޭ ވަރަށް ވުރެ އެ ފަކީރު ހުރީ ބިރަށް ފޮށިފައެވެ.

“އިރު އަރައިގެން ދާއިރު ވެސް މިހާރު ހޭލެވޭ ކަމަކަށް ނުވަނީތަ؟ ކަލޭ ގާތު ބުނެފަ ދޯ އޮންނާނީ މަށަށް އުނދަގޫ ވެދާނެ ކަހަލަ ކަމެއް ވެސް ކޮށްގެން ނުވާނެ.” އަރީނަށް ނުހޭލެވުނީ ކީއްވެގެން ކަން އެނގުނެއް ކަމަކު ޒަވިއަން ދެއްކީ ހަރުކަށިކަމެވެ. ރޭގައި އަމިއްލަ ނަފުސުގެ މައްޗަށް އޮތް ބާރު ހިނދުކޮޅަކަށް ގެއްލުނެވެ. ދެން އެ ކަހަލަ ކަމެއް ތަކުރާރު ވިޔަަކަ ނުދޭނެއެވެ. އެ ކަހަލަ ހިޔަޅު އަންހެނަކަށް އޭނާއެއް ނުހެއްލޭނެއެވެ. ބަދަލުގައި ދައްކާނީ ހަރުކަށިކަމެވެ.

“އަހަރެންނަށް މަޢާފުކުރޭ! ދެ…ދެން މިހެން ނުވޭތޯ މަސައްކަތް ކުރާނަން.” ހަށިގަނޑު ސީދާކޮށްލަމުން އަރީން އިސްޖަހާލިއެވެ. އޭނާ ސިކުނޑިއަށް ބާރު ލައިގެން ވެސް ރޭގައި ހިނގައިދިޔަ ކަމެއް ހަނދާނަކަށް ނުގެނެވުނެވެ. އެންމެ ފަހު ކަމަކަށް އެނގެނީ ޝައިނާގެ އެދުމަށް އެ ކެބިނަށް ވަން ހަނދާނެވެ. ދެން އެއްވެސް ކަމެއް ހަނދާނަކު ނެތެވެ. އެހެން ހުއްޓާ ވަރުގަދައަށް ބޮލުގައި ރިހެން ފެށިއެވެ. ފުން ނޭވާއެއް ލައިފައި ތެދުވެގެން ގޮސް އޭނާ ވަނީ ފާޚާނާއަށެވެ.

ނަމާދު ކުރުމަށް ފަހު ބަދިގެއަށް ދިޔައިރު ވެސް އަރީނަށް އެ ބޮލުގެ ރިހުމަކުން ސަލާމަތެއް ނުވެވުނެވެ. އެހެނެއް ކަމަކު އަމިއްލަ އިހުސާސްތައް ވަންހަނާކޮށްލައިފައި ހެނދުނުގެ ސައިގައި ބައިވެރިވިއިރު ވެސް އަމަލުތައް ބެހެއްޓީ ކިރިޔާ ވެސް ޝައްކެއް ނުކޮށްލެވޭނެހާ ފުރިހަމައަށެވެ.

ކައިގެން އަރީން ބޭނުންވީ އޭނާގެ ބޮލުގެ ރިހުމަށް ލުޔެއް ލިބޭ ތޯ ޖައްސާލާށެވެ. ޑިޔުޓީއަށް ދާން ޖެހޭނީ ދިހައެއް ޖަހާ އިރަށް ކަމަށް ވުމުން އަދި ބޯ ހަމަޖައްސާލެވޭނެހާ ވަގުތު އެބައޮތެވެ. ކޮޓަރީގެ ދޮރު ހުޅުވައިފައި އޭނާއަށް އެތެރެއަށް ވަދެވުނު ކަމެވެ. ޒަވިއަން އޭނާ ދޮރުގައި ޖައްސާލަމުން ދެ އަތުގައި ހިފައި މައްޗަށް ނެގުވިއެވެ. މޭ ނެގިނެގިފައި ޖެހެމުން ދިޔަ ޙާލު އަރީނަށް ދެލޯ ބޮޑުކޮށްލައިގެން ބަލަން ހުރެވުނީއެވެ. ހިތް އެދޭ ފަރާތާއި ގާތްވާން ބޭނުންވިޔަސް އެ ފަދަ ގާތްކަމަކީ އޭނާ އަށް ވޭނެކެވެ. ނޭވާ އިޙުސާސްވާހާ ގާތުގައި ހުރެފައި ޒަވިއަން ކޮށްލާނެ ކަމެއް އަންދާޒާ ކޮށްލަން އުނދަގުލެވެ.

“ކަލޭ މަ މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ! ދެން މީގެ ފަހުން ކަލޭ ލޯވް ފާރމަށް ދާން ޖެހޭނީ ވެސް އަދި އެނބުރި އަންނަން ޖެހޭނީ ވެސް މަށާ އެއްކޮށް. ޑިޔުޓީ ނިމޭއިރު ބޭރަށް ނުކުމެ ހުންނަން ޖެހޭނެ. އެންމެ މިނެޓެއް ލަސްވިޔަސް… އެނގިދާނެތާ ވާނެ ގޮތެއް. ދާން ޖެހޭ ގަޑި އާއި ނިމޭ ގަޑި ބުނޭ.” ޒަވިއަން ވާހަކަ ދައްކަމުން ދިޔައިރު އެ ކަތުރުކަށިގަނޑަށް ވާން އަރައެވެ. “ހެނދުނު 10 ޖަހާ އިރު ދާން ޖެހެނީ. ނިމެނީ އަށެއް ޖަހާއިރު” އަރީން އިސްޖަހާލަމުން ބުނެލީ ޒަވިއަނާއި ހަތަރުކަޅި ހަމަކޮށްލަން ވެސް ނުކެރޭތީއެވެ.

“ނުވަގަޑި ފަންސާހުގަ ކަލޭ ހުންނަން ޖެހޭނީ ބޭރުގަ. ދެން މީގެ ފަހުން ޑިޔުޓީ ނިމުމަށް ފަހު ކަލޭ ބޭރުގައި އުޅުމަކީ މަނާ ކަމެއް. މަ އަނބިމީހާ އަށް ވެ ހުރެ އަހަރެންނަށް ހުތުރު ނަމެއް ލިބިދާނެ އެންމެ ކަމެއް ކޮށްލިޔަސް އެކަމުގެ އަދަބު ލިބޭނެ. އަހަރެން ކަލެއަށް ނަފުރަތު ކުރަން. ތި ސުންޕާ އަންހެނާގެ ސަބަބުން އަހަރެންނަށް ގެއްލުމެއް ލިބުނަކަ ނުދޭނަން.” އަރީންގެ ދަތްދޮޅީގައި ހިފާ ހަތަރު ކަޅި ހަމަކުރުވަމުން ޒަވިއަން އިންޒާރެއް ދިނެވެ. އެއަށްފަހު އަރީން އެއް ފަރާތަށް ޖައްސާލައިފައި ކޮޓަރިން ނުކުމެގެން ދިޔައެވެ.

ޒަވިއަން ނުކުތުމުން އަރީނަށް އަނގަމަތީގައި އަތް އަޅާލަމުން ތިރިވެވުނެވެ. އެހާ މަސައްކަތުން ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށްލަން ފުރުސަތު ދިނީ އެކަނި ވީމައެވެ. ޒަވިއަންގެ ދުލުން ބޭރުވެގެން ދިޔަ ކޮންމެ ލަފުޒެއް އެ ސިކުނޑީގައި ގުގުމަމުން ދާ ކަހަލައެވެ. “ނަފްރަތު. އާހް. ކީއްވެގެންތަ މި ބަސްނާހާ ހިތް އޭނާ އަށް ލެނބުނީ؟ ކީއްވެގެންތަ އެހާ އަނިޔާވެރި މީހަކަށް މި ހިތުން ޖާގަ ދެވެންވީ؟ އެ ބުނާ ހާދިސާގައި އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮތީ އަހަރެންގެ ވެސް އެންމެ ގާތް އެކުވެރިޔާއޭ. އެކަމް. އެކަމަކު އޭގެ ބަދުނާމު ވެސް އެޅުނީ އަހަރެންގެ ބޮލުގަ. ކީއްވެ؟ ގައިމު އަޒާ އަކީ ދުވަހަކުވެސް ބަޔަކާ ޖެހިފައި ހުރި ކުއްޖެއް ނޫން. އަހަރެން އެހާ ވަރަށް މަސައްކަތް ކުރާއިރު ވެސް އެ ޙަޤީޤަތް ހޯދޭ ކަމަކަށް ނުވޭ. ޒަވިއަންގެ މި އަނިޔާވެރިކަމުން އަމިއްލަ ނަފްސު ސަލާމަތް ކުރެވޭނީ ވެސް އޭނާ ޤަބޫލުކުރާނެ ކަހަލަ ހެއްކެއް ލިބިގެން. ކިހިނެއްތަ އަހަރެން އެ އެއްޗެއް ހޯދާނީ؟” ފޮތިފޮތިވަމުން ދިޔަ އެ ހިތުގެ ތެރޭގައި ވަނީ ސުވާލާއި ޝަކުވާއެވެ. އެއިން އެންމެ ލަފުޒެއް ވެސް ދުލާއި ހަމައަށް ނުގެނެވޭ ކަހަލައެވެ. ހިތާއި ފުރާނައިން ލޯބިވާ ފަރާތުގެ ދުލުން އޭނާއަށް ނަފުރަތު ކުރާ ވާހަކަ ބުނާ ކޮންމެ ފަހަރަކު އިޙުސާސްވަނީ ބަޔާން ކުރަން ދަތި ވޭނެކެވެ.

ނޭފަތް ދަމާލަމުން އަރީން ގޮސް ބެލްކަންޏަށް ނުކުތެވެ. ތަނަވަސް ޖާގައެއް އޮތެއް ކަމަކު ހިޔާ ކުރެވިފައެއް ނެތެވެ. ހުރަހަކާއި ނުލައި ބީހެމުން ދިޔަ ވައި ރޯޅިތަކުން އޭނަގެ ވަރުބަލިވެފައިވާ ނަފްސަށް ދިރުން ގެނުވި ކަހަލައެވެ. އެ ތަނުގައި ހުރި އުނދޯއްޔަށް ވެއްޓިގަނެފައި އަރީން ދެލޯ މަރާލިއެވެ. އޭނާ އެހެން އޮވެ މަސައްކަތް ކުރީ ރޭގައި ވީ ކަމެއް ހަނދާނަށް ގެނެވޭތޯއެވެ.

“އަޅޭ! މިއަދު އޮވޭ ލިވާޒާގެ ކޭސްގެ އަޑުއެހުން. އަހަރެން ލިޔަން ޖެހޭ ރިޕޯޓު ވެސް ޓައިޕް ނުކުރެވޭ. އަނެއްކާ އަހަރެންގެ ދަބަސް ކޮންތާކު ބާ؟ ލައިގެން ހުރި ހެދުން ވެސް ބަދަލުނުކޮށް ނިދުނީ.” ކުއްލިއެއް ޖަހައިފައި އަރީން ތެދުވީ ޝައިނާ އައުމުގެ ކުރިން އޭނާ ކުރަމުން ދިޔަ މަސައްކަތް ހަނދާނަށް އައުމުންނެެވެ. ތެދުވެ ގޮސް އޭނާ މުޅި ކޮޓަރި އެފުއް މިފުށަށް ޖެހީ ދަބަސް ފެނޭތޯއެވެ. ލެޕާއި އެއްޗެހި ވެސް ވާނީ އޭގައެވެ. ހޯދާ ހޯދާ ވެސް ނުފެނުމުން އަރީނަށް ނުރޮވުނީ ކިރިޔާއެވެ. މިއަދު އެއްކަމެއް ވެސް ރަނގަޅަށް ކުރިއަށް ދަނީ އެއް ނޫނެވެ. އެހެން ގަޔަށް ހިނިއަރައިގެން އުޅެފައި އޭނާ ހުއްޓާލީ ދާން ޖެހޭ ގަޑި ޖެހެން ގާތް ވުމުންނެވެ.

“އާރގް. ކީއްވެތަ މި ބަޔަށް ނުވަދެވެނީ. އަހަރެމެން ކްރައިމް ޔުނިޓެއްގައި މަސައްކަތް ކުރިއަސް އެކްސެސް ދީފަ މިހުންނަނީ މަދު އެއްޗެހިތަކަކަށް.” ކޮންޕިޔުޓަރުން 2009ގެ ކޭސް ފޯލްޑާ އަކަށް ނުވަދެވުމުން ސުމައްޔާ ހިތްހަމަނުޖެހުނެވެ. “ނުވާނެ ތިޔަ ކަމެއް. ވަކިން އެދިގެން ބައެއް ކޭސް ފައިލްތައް ލިބޭނީ. ކިހިނެއްވީ؟ އައްދެ، ބްރޯ ހާދަ ކުރީ ޒަމާނެއްގެ އެއްޗެހި ތިބަލަނީ ކީއްކުރަން؟” ޒައިން ސުމައްޔާގެ ކޮންޕިޔުޓަރަށް ބޯ ދިއްކޮށްލިއެވެ.

“ކަމެއް ނުވޭ. މިހިރަ ކްލޯޒްޑް އެއްޗެހި ހުޅުވާލާ ހިތްވީ.” ހިނިތުންވުމަކާއި އެކު ސުމައްޔާ އެހެން ބުނެލީ އެހެން މީހަކަށް އޭނާގެ ޙަޤީޤީ މަގުސަދު އެނގެން ބޭނުން ނުވާތީއެވެ. އެ ވަގުތު އޭނާގެ ވިސްނުމަށް އައި މޮޅު ޚިޔާލެއްގެ ސަބަބުން ހީނލެވުނީ ބޭއިޚްތިޔާރުގައެވެ.

ނުވަގަޑި ސާޅީސް ވުމާއެކު އަރީން ބޭރަށް ނުކުމެއްޖެއެވެ. ގެއިން ހޯދާ ހޯދާ ބަލިވިއިރު ވެސް ދަބަސް ނުފެނުމުން އޭނާ ހުރީ ހާސްވެފައެވެ. ޒަވިއަން އައިސް މަޑުކޮށްލުމާއި އެކު އޭނާ ކާރަށް އަރައިފިއެވެ. ލޯވް ފާރމަށް ދެވޭންދެއް އޭނާ އިނީ މަޑުމަޑުން އިނގިލިތަކާއި ކުޅޭށެވެ.

އެޗް.އެކްސް ލޯވް ފާރމް ކުރިމައްޗަށް ކާރު ހުއްޓާލުމާއި އެކު އަރީން އެއިން ފައިބައިގެން ގޮސް އިމާރާތުގެ ތެރެއަށް ވަނެވެ. ސައިން އިން ވެލައިފައި އޭނާ އަވަހަށް ގޮސް ކެބިނަށް ވަނެވެ. އެތަނުގެ ދޮރު ތަޅުލައިފައި ކެބިން ތެރޭ ފާސްކުރަން ފެށީ ދަބަސް ފެނޭތޯއެވެ. އޭނާއަށް ދަބަސް ފެނުނީ ތަޅުލާ ކަބަޑު ތެރެއިންނެވެ. ހަމަޖެހުމުގެ ނޭވާއެއް ލައިފައި އޭނާ ލެޕު ނެގިއެވެ. އަދި މޭޒުމަތީގައި އޮތް ސިޓީ އުރަ ނަގާ ކަނޑާލިއެވެ.

ސިޓީ ތެރޭގައި އޮތީ ޕެންޑްރައިވެކެވެ. އޭގައި އޮތް އެއްޗެއް ބަލާލުމުގެ ނިޔަތުގައި ލެޕަށް ޖަހާލައިފިއެވެ. އެއަށްފަހު އޭގައިވީ ފޯލްޑާއަށް ވަންނަން މަސައްކަތް ކުރިއެވެ. އެހެނަސް ކޮންމެ ފަހަރަކު ވެސް އަރަނީ އެންކްރިޕްޓް ވެފައި ކަން އަންގައިދޭ ނޯޓު ކޮޅެވެ. އެކަމަށް ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި އޭނާ ދެން އުޅުނީ ރިޕޯޓު ނިންމާށެވެ. އަރީންގެ ހައިރާންކަން އިތުރުވީ ފުރިހަމައަށް ލިޔެ ނިމިފައި އޮތް ރިޕޯޓު ފެނުމުންނެވެ. މި ވާނުވާ ދެނެގަންނަން އޭނާއަށް ކުޅަދާނަ ކަމަކަށް ނުވިއެވެ. ވިސްނުމަކަށް ގެއްލިފައި އިން އަރީން ސިހުނީ ފޯނަށް ނޮޓިފިކޭޝަނެއް އައި އަޑަށެވެ.

ބަލައިލި އިރު ލިވާޒާގެ ފަރާތުން އައިސްފައިވާ މެސެޖެކެވެ. އަރީން އެ މެސެޖުން އިރުޝާދުދީފައިވާ ގޮތަށް މަސައްކަތް ކޮށްލުމުން ޕެންޑްރައިވް ޑިކްރިޕްޓް ކޮށްލެވުނެވެ. އޭގައި ވަނީ އެންމެ ވީޑިއޯ އެކެވެ. ޚިޔާލެއް ފިކުރެއް ނެތި އަރީން އެ އަޅުވާލިއެވެ. އިވިގެން ދިޔަ ވާހަކަ ތަކުގެ ސަބަބުން އަރީނަށް ވަރުގަދަ ޝޮކެއް ޖެހުނެވެ. އަނގަމަތީގައި އަތް އަޅާލެވުނު އިރު އެ ދެލޮލަށް ތާޒާ ކަރުނަ ޖަމާވެއްޖެއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

އަލަމާރި

Next

އިންތިޒާރު

Next
December 31, 2025

އިންތިޒާރު

Previews
December 31, 2025

އަލަމާރި

18 Comments!

  1. 💙🦋💙 says:
    December 31, 2025 at 12:59 pm

    Awwn… can’t wait for next…..
    When next??
    Anehkaa kn Vedic kolhehbaa eiii?.
    Curiously waiting…

    1. White rose White rose says:
      December 31, 2025 at 1:24 pm

      IA vrh avahah submit kohlaanan
      E video ge gotheh engidhaanethaaa dhen oiy bain
      Shukran 💙🦋💙 ✨✨

  2. Shaba_73 says:
    December 31, 2025 at 1:17 pm

    Mi part vx vrh reethi MA!!!
    Naseebehnu zev ah dhevunukan vx ehen noony reen fakeeru ohnaane haaleh vx neyngey… Naail vx dhw huh 😡… Drug Eyyyyyyyyy noo wayyyy omggg??? 😭Plss reen ah ehves kahala dhera gotheh viya nudheythi 🙏…. Reen ah ingihjehya vrh dhera vaane dhw 😭😭…… Zev alhe reen fakeerah ehen nuhadhaba ekuhjaa eh nooney azaaya maraalyky… I can’t wait zev ah hageegaiy ingeyne dhuvakah sumayya vrh dangerous kameh kuran thi ulheny plss be safe 😥….. Between me first dhw hehe 😄… Curiously waiting for the next part when’s next?? So curious….
    Lyy and Tc ❤️😘

    1. White rose White rose says:
      December 31, 2025 at 1:29 pm

      Arn, naseebeh jey vegen viyas aikan. Reen ah dhera eh nulibey ireh nudhey dhw 😔😔
      Keehkuraany, mi zev hama gaboolu kuraakah noolhey. Alhugandu ves mi inthizaaru kuranee e haqeeqiay engeyne dhuvahakah.
      IA vrh avahah submit kohlaanan.
      Shukran Shaba_73 ✨✨
      Lyt darl 🫶🏻🫶🏻

  3. Shaba_73 says:
    December 31, 2025 at 1:18 pm

    Me second hehe neyngeyne ehnu 😂

    1. White rose White rose says:
      December 31, 2025 at 1:30 pm

      Yeaa, mifaharu second 😄😄

  4. Your fav bab says:
    December 31, 2025 at 2:09 pm

    Alhey finalyyyy up vejje!!!
    Thank God zev arrived just in time!!!
    Areen save kohfa hurihaa kameh engi hure e fakeerah aniyaa dhineema vanee koachakah thrr😭😭 areen ge phone trace kuree keehkuran baa ey I hithah mi aranee! And drug kohffa kan engihure ves ehaa ihaanethi koh kankan eba kureye😭😭
    Alhe e video kolhu ga inee koacheh baa?? Arrenn ah dhera gotheh nahadhacheyy😭
    Btw mi part hama 1 vanaa ga👏vrh furihama MA!
    When next?
    Ly💗

    1. White rose White rose says:
      December 31, 2025 at 8:30 pm

      Dhw, e soru hama islaahu vaakah noolhey 😭😭
      Video ga oiy ehcheh engidhaane thaa dhen oiy bain, stay tuned.
      IA pretty soon.
      Shukran Your fav bab ✨✨
      Lyt darl 🫶🏻🫶🏻

  5. Nyb says:
    December 31, 2025 at 6:14 pm

    Nice story gurl!

    1. White rose White rose says:
      December 31, 2025 at 8:30 pm

      Shukran Nyb ✨✨

  6. Alaika_22 says:
    January 1, 2026 at 2:14 am

    Alheyy… Zev reen ah ehn nuhadhaa plzzz……. Azaaya ge hageegai ingeyni kon irakun Baa….
    Mi part ves Vrh Reethi MA!!!! 🤗
    Curiously waiting for next part…… Whn nxt???????
    Lov u and take care ❤️🤗
    HAPPY NEW YEAR ALL OF U 🤗❤️

    1. White rose White rose says:
      January 1, 2026 at 10:47 am

      Konmeves dhuvahakun engeyne InshaAllah
      Vrh avahah kiyaalan libeyne
      Shukran Alaika_22 ✨✨
      Lyt darl 🫶🏻🫶🏻
      Happy new year 🎉🎉

  7. Diva_gurly says:
    January 1, 2026 at 6:58 am

    Mibai ves varah reethi Masha allah
    Zev ves vehjedho ekuhjaa fakeerah kuda rahumeh baahvan
    When next??
    Lysm
    HAPPY NEW YEAR 🎊

    1. White rose White rose says:
      January 1, 2026 at 10:48 am

      Dhw, ekm hama rahumu nukurany
      Shukran Diva_gurly ✨✨
      Lyt darl 🫶🏻🫶🏻
      Happy new year 🎉🎉

  8. Shaba_73 says:
    January 1, 2026 at 10:01 am

    HAPPY NEW YEAR EVERYONE ❤️🎊🎉

    1. White rose White rose says:
      January 1, 2026 at 10:48 am

      Happy new year 🎉🎉

  9. Your fav bab says:
    January 1, 2026 at 11:56 am

    HAPPY NEW YEAR FEOM ME TOO🎉🎇🎉🎉

    1. White rose White rose says:
      January 1, 2026 at 3:14 pm

      Shukran Your fav bab 🫶🏻🫶🏻

Comments are closed.

Next Episodeދެވުނީ ވޭނޭ 30←


All Right Reserved!