Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 25

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
December 17, 2025 6 Mins Read
18 Comments

ޒަވިއަން އައިސް އަރީނާއި އަރާ ހަމަކުރުމުން އެ އަންހެން ކުއްޖާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ދެން އޭނާ ކޮށްފާނެ ކަމެއް ވެސް އަންދާޒާ ކޮށްލަން ދައްޗެވެ. އޭނާއަށް ދެލޯ ދެ ކާށި ކިބައަށް ހަދާލެވުނީ އޭނާއަށް ކިރިޔާ ވެސް ތަސައްވުރު ނުކުރެވޭނެ ވަރުގެ ގޮތަކަށް ޒަވިއަންގެ ޢަމަލުތައް ހުރުމުންނެވެ. ފަހަތުގައި ހުރި ލީވާނަށް ހުރި ފިޔަވަޅު މަތީގައި މަޑުކޮށްލަން މަޖުބޫރުވިއެވެ.

ޒަވިއަން އަރީންގެ މެދު ހަށީގައި ހިފާ ފާރުގައި ޖައްސާލަމުން އެ ދޮން މޫނުގައި ހިފާލިއެވެ. ޒަވިއަންގެ ލޮލުގައި ރަސްކަންކުރަމުން ދިޔައީ ނުރައްކާތެރި އަސަރެކެވެ. އަރީންގެ ހިތް އަވަސްވީ ޒަވިއަން އެހެން ހުރެފައި އޭނަގެ ތުންފަތަށް ބޮސްދޭން ފެށުމުންނެވެ. ހަތަރުކަޅި ހަމަވެފައި ވީ އިރު ޒަވިއަންގެ ނުރައްކާތެރި ނަޒަރުން އަރީނަށް އިންޒާރެއް ދޭ ކަހަލައެވެ. ޒަވިއަންގެ ކަނދުރާގައި އަތް އަޅުވާލަމުން އެ ކަމުގައި ބައިވެރިވެލީ އެއްބާރުލުން ނުދީފިނަމަ ދެން އައިސްފާނެ ހަމަލާއަކަށް ބިރުންނެވެ.

އެ ވަގުތު އެ ތަނުގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެގަތީ ޝައުލާއެވެ. ރަތް ކުލައިގެ ގަޔަށް ބާރު ޓޮޮޕަކާއި ފަލަމަސްގަނޑު ނިވާ ނުވާ ވަރުގެ ޖިންސު ސޯޓެއްގައި ހުރި އިރު އެހުރީ ހެދުން ލައިގެން އޮރިޔާމުންނޭ ބުނެވިދާނެއެވެ. އޭނާގެ މޫނުމަތީގައި ވަރުގަދަ މޭކަޕެއްކޮށް ތުންފަތުގައި ރަތްކުލަ ގަދަ ލިޕްސްޓިކެއް ޖައްސާލެވިފައިވެއެވެ. ރަތް ކުލައިގެ ދިގު ކަށިލީ ފައިވާނަކަށް އަރައިގެން ހުރުމުން ދިގު ކަމަށް ދައްކައެވެ. ޒަވިއަންގެ ކުއްލި ޢަމަލުގެ ފަހަތުގައިވީ ސަބަބު ލީވާނަށް ދެނެގަނެވުނީ ދެނެވެ. އޭރު ޝައުލާ ހީވަނީ މޫނަށް ކުނި ބިހެއް ޖަހާލުމުން ހުތްވެފައި ހުރިހެންނެވެ. ރުޅިއައިސްގެން އެ ދެ ކަންފަތުން ދުން އަރާހެން ހީވެއެވެ. ޝައުލާއަށް ވީ ގޮތުން ލީވާނަށް ނުހެވުނީ ކިރިޔާއެވެ. ހިނިގަނޑު ހިންދާލަން ހަނގުރާމައެއް ކުރަމުން އޭނާ ޝައުލާ އެ ތަނުން ނެރުނީ ގަދަކަމުންނެވެ.

ކެބިންގެ ދޮރު ލެއްޕުމާއި އެކު ޒަވިއަން ދުރަށް ޖެހުނެވެ. ރަތް ކުލަ އަރައިފައިވާ އަރީންގެ ތުންފަތުގައި މަޑު ތުރުތުރެއް ވިއެވެ. އިސްޖަހާލައިގެން ހުރެ އޭނާ ގޮސް ލީވާންގެ މޭޒުމަތީގައި އޮތް ޕެންޑްރައިވް ނެގިއެވެ. އަނެއް ފަރާތަށް އެނބުރި ބަލާ ވެސް ނުލާ އޭނާ ގޮސް އެ ކެބިނުން ނުކުތެވެ. މޭގައި އަތް އަޅާލައިފައި ގޮސް ލިފްޓަށް އެރި ވަގުތު އެ ކޯތާފަތް މަތީގައި ކަރުނައެއް ފިރުކިލައިފައި ދިޔައެވެ. ތިރިއަށް ލިފްޓު ހުއްޓުމާއި އެކު ލީވާނާއި ދިމާވިއެވެ. ލީވާން މަޢާފަށް އެދެމުން ޖީބުން ނޯޓް ޕެޑެއް ނަގައިފައި އެއްޗެއް ލިޔުނެވެ.

“އަން. ނަމަނަމަ އޮފީސް ލެޕަކަށް މި ނުޖަހާތި. އެންޑް ވަންސް އެގެއިން. ސޮރީ.” ލީވާން ތުން ފިތާލަމުން ބުނެލިއެވެ. “އެއީ ލީވާންގެ މައްސަލައެއް ނޫނެއްނު. ވަރަށް ބޮޑަށް ޝުކުރިއްޔާ މިކަން ކޮށްދިންކަމަށް.” އަރީން ހިނިތުންވުމަކާއި އެކު ބުނެލިއެވެ. “އަހަރެންނަށް ލީވާން ކިޔާނެ ކަމެއް ނެތް. އިލެވެން ކިޔާ. ދެން ދަނީއޭ ރީން.” ލީވާން ގޮސް ލިފްޓަށް އަރައިފިއެވެ. އަރީން ގޮސް އެ ޢިމާރާތުން ބޭރަށް ނުކުތެވެ. އަރީން ގޮސް ވަނީ އެ ހިސާބުގައި ހުރި ކުޑަ ކެފޭ އަކަށެވެ. އެ ތަނުން ޕްރައިވެޓް ސްލޮޓަކަށެވެ. އޭރު އެތަނުގައި ފިރިހެނަކު ފުރަގަސްދީގެން ހުއްޓެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިއަދު އޭނާ ހުރީ މުޅިން ނިވާވެގެންނެވެ. އަރީން އެ މީހާގެ އަތަށް ޕްލާސްޓިކް ކޮތަޅުގައި އޮތް ޕެންޑްރައިވް ވައްޓާލިއެވެ. ދެން ލީވާން ދިން ކަރުދާސްކޮޅު ދިއްކޮށްލިއެވެ. “ވަރަށް ޕްރައިވެޓް ޑިވައިސަކަށް މި ޖަހަން ވާނި.” އަރީން އެހެން ބުނެލައިފައިނުކުމެގެން ހިނގައިގަތެވެ.

މިފަހަރު އަރީން ގޮސް ވަނީ ލޯވް ފާރމަށެވެ. “ހެއި ރީން. ކްލައިއެންޓް ދޫކޮށްލި ވާހަކަ އެހިން. ކިހިނެއްވީ؟” އަރީން ކެބިނަށް ވަންނަނިކޮށް ޝައިނާ އޭނާ އާއި އަރާ ހަމަކުރިއެވެ. “ކަމެއް ނުވޭ. ހަމަ އެހެން ކޭސް އެއް ނަގާ ހިތްވީ” ރައްދުގައި އެހެން ބުނެލައިފައި އަރީން ކެބިން ތެރެއަށް ވަނެވެ.

“ޒެވް. ރީން އަށް އެހެން ހަދާކަށް ނުވާނެއްނު.” ލީވާން ޒަވިއަންގެ މޭޒު ކުރިމައްޗަށް ގޮސް ހުއްޓުނެވެ. “އެއީ އިލެވެން އާ ބެހޭ ކަމެއް ނޫން. އަރީނަކީ ނަމުގެ އަހަރެންގެ އަންހެނުން. އޭނާއަށް ހަދާލާނީ އަހަރެން ބޭނުން ގޮތެއް. އެ އަންހެނާ އެހާ އަވަހަށް ކުޓުވަން ފެށީތަ؟ އެންމެ ފުރަތަމައިނުން އޭނާ އަކަށް ނުޖެހޭ މި ތަނަށް އައިސް ވަދެގަންނާކަށް.” ޒަވިއަން ރުޅިވެރި ރާގަކަށް ރައްދެއް ދިނެވެ. “އަހަރެން ބުނެގެން އެ ކުއްޖާ އައީ. ޒެވް މިހާރު ވެއްޖެއެއްނު ރީނާއި މެދު އުފައްދައިގެން ތި އުޅޭ ނަފުރަތުގެ ބާބަށް ނިމުމެއް ގެންނަން. އޭރު ވީކަންތައް ހަނދާން ނައްތާލާ.” ނަސޭޙަތުގެ ރާގަކަށް ލީވާން ބުނެލިއެވެ. ޒަވިއަން ހައްތަހާ ރުޅި އައީއެވެ.

“އިލެވެން އަށް ހަނދާން ނައްތާލެވޭނެތަ އެ ކަހަލަ ހަރުފަޔަކު ލިއުއަށް އެ ޙާލެއް ޖެއްސިނަމަ. ދެކުނިންތަ އަހަރެންގެ ފުރާނަ ފަދަ ކޮއްކޮ އަށް އެ ސުންޕާ އަންހެނާ ހަދާލާފަ އޮތް ގޮތް؟ އިލެވެން އިތުރަށް އޭނާގެ ވާހަކަ ނުދައްކާ އަނބުރާ މަސައްކަތް ދޭ. މިތަނުގެ ސެކިޔުރިޓީ ވަރުގަދަ ކުރަން ކަންކަން ހަމަޖައްސާ. ނިމިދިޔަ 2031 ވަނަ އަހަރު ވަރަށް ވައްތަރު ވައްތަރުގެ ސެކިޔުރިޓީ އެކުއިޕްމަންޓުތައް އިއުތިރާފުކުރިއެއްނު.” ޒަވިއަން މައުޟޫ ބަދަލުކޮށްލީ އަރީންގެ ވާހަކަ ދެއްކުމުން އެ އަރާ ރުޅިގަނޑު ފިލުވާލެވޭތޯއެވެ.

ނުވައެއް ޖެހުމާއެކު އަރީން ކެބިނުން ނުކުތެވެ. އޭނާ ގޮސް ހުއްޓުނީ ލިފްޓު ކުރިމަތީގައެވެ. އެ އައިސް ހުއްޓުނު އިރު އޭގައި އެކަކު ވެސް ނެތެވެ. އެކަމަށް ޝުކުރުވެރިވަމުން އޭނާ ގްރައުންޑް ފުލޯ އަށް ދާން ފިތަކަށް އޮބާލައިފިއެވެ. ލިފްޓު ލެއްޕެން ދިޔަ ވަގުތު މީހަކު އެތަނަށް އަތް ލައްވާލިއެވެ.

“ނާ…އިލް” އަރީނަށް ނާއިލްގެ މޫނު ފެނުމުން ފަހަތަށް ޖެހެވުނެވެ. ލިފްޓުން ފައިބަންނަން އުޅެގަތެވެ. އެހެނަސް ނާއިލް ހުރީ މި ލިބުނު ހަނި ފުރުސަތު ދޫކޮށްލާނެ ކަހަލަ ގޮތަކަށް ނޫނެވެ. އަރީން ލިފްޓުން ފޭބިޔަކަ ނުދީ ހިފައްހައްޓައިފިއެވެ. އަދި އެންމެ މަތީ ފުލޯ އަށް ދާން ފިތާލިއެވެ. “އަރީ ހަމަޖެހިބަލަ. އަހަރެން މާ ބޮޑު ވަރެއް ކުރާކަށް ނޫޅެމޭ.” އަރީންގެ އަތުގައި ހިފާ ގާތަށް ދަމާލައިފައި އޭނާ އެ ހަށިގަނޑުގައި ދެއަތް ވަށާލިއެވެ. ލިފްޓު މައްޗަށް އަރަން ފެށުމާއި އެކު އަރީނަށް ތުންފަތުގައި ދައިގަނެވުނެވެ. “ނާ…އިލް! ތިހާ ފިޒިކަލް ނުވެބަލަ. އަ…އަހަރެން މީ… މީހެއްގެ އަނތްބެކޭ!” އަރީން ވާހަކަދެއްކި އިރު އެ އަޑުގައި މަޑު ތުރުތުރެއް ވިއެވެ.

“ޝޫޝް. އަރީ ތިހާ ދުރުން ނޫޅެބަލަ. އަހަރެން ކިރިޔާ އަތް ޖައްސާލި ކަމެއްނު.” ނާއިލް އަރީން ކަންފަތް ދޮށުގައި ބުނެލިއެވެ. އަރީން މަސައްކަތް ކުރީ ނާއިލްގެ މޭގައި އަތް އަޅާ ދުރަށް ކޮށްޕާލެވޭތޯއެވެ. އެހެނަސް އެ ވަރުގެ ބާރުގަދަ ފިރިހެނެއްގެ ކިބައިން ނެއްޓިގަންގާނެހާ ބާރެއް އެ ނިކަމެތި ކުއްޖާގެ ހަށީގަ ނެތެވެ. ލިފްޓު މައްޗަށް ހުއްޓުމަށް ފަހު އަނބުރާ އެންމެ ތިރިއަށް ދާން ނެގި ދެތިން މިނެޓް އަރީނަށް ހީވީ ދެ ޤަރުނަށް ދިގުދެމިގެން ދިޔަ ހެނެވެ.

ނާއިލްގެ ކިބައިން ސަލާމަތްވެވޭ ވަރު ވުމުން އަރީން އެ ލޯވް ފާރމުން ނުކުތީ ދުވެފައެވެ. ގޮސް ބަސް ސްޓޮޕަށް ހުއްޓެލުމަށް ފަހު ވެސް އިރު އިރުކޮޅާ ފަހަތް ބަލާލަނީ ނާއިލް އައިސްދާނެ ކަމުގެ ބިރު އޮތީމައެވެ. ނަސީބު ރަނގަޅު ކަމުން ނާއިލް ނާންނަނީސް ބަސް އައިސްފިއެވެ. އެއަށް އަރާ ސީޓެއްގައި އިށީން އިރު ވެސް އޭނާއަށް ފަހަތް ބެލެއެވެ. ހީވަނީ ދެންމެ ދެންމެ ވެސް ނާއިލް އައިސް އޭނާ އަށް ގޯނާކޮށްލަ ފާނެހެންނެވެ. އެއް ލޯވް ފާރމެއްގައި މަސައްކަތް ކުރާތީ އޭނާ އަބަދުހެން ހުންނަނީ ބިރަށް ސިހިސިހިއެވެ.

ރޯޝަނީގެއާއި މާ ދުރު ނޫން ހިސާބަކަށް ބަސް ހުއްޓާލުމުން އަރީން އެއިން ފައިބައިގެން ގޮސް ގޭގެ ގޭޓު ދޮރުގައި ކޯޑު ޖަހާލިއެވެ. އެ ހުޅުވުމުން އެތެރެއަށް ވަދެ އަނބުރާ ގޭޓު ލައްޕައިފައި ގޮސް އެތެރެއަށް ވަނެވެ. އޭނާ ގޮސް ސިޑީގެ ހަރުފަތްތައް ގިރާކޮށްލަމުން މައްޗަށް އަރަން ފެށިއެވެ. “ދަރިފުޅާ! ޒަވިއަނަށް ކާން ދީފަ ނިދަން އޮށޯންނައްޗޭ. ދަރިފުޅު ވެސް ރަނގަޅަށް ކައިގެން ނިދަން ވާނީ.” އޭނާ މަޑުޖެހިލީ އާފިޔާ ގޮވާލި އަޑަށެވެ. އާފިޔާ އަށް ރައްދެއް ދިނުމަށް ފަހު އޭނާ މައްޗަށް އެރިއެވެ.

ނިދަން ތައްޔާރުވެލައިގެން އަރީން ތިރިއަށް ފޭބިއިރު އަދި ޒަވިއަނެއް ނާދެއެވެ. އޭރު ދިހައެއް ޖަހަނީއެވެ. އޭނާ ކާލައިގެން އައިސް ސޯފާގައި އިށީން އިރު ވެސް ޒަވިއަން ނާދެއެވެ. އަރީން ނިދި އައިސްގެން ލޯކޮޅު މައްޗަށް ހަންކޮޅު ވެއްޓުނެއް ކަމަކު ވެސް އެތެރެއަކަށް ނުވަދެއެވެ. ޒަވިއަން އައިސް ގެއަށް ވަން އިރު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. އޭނާ ފެނުމުން އަރީން ސޯފާއިން ފުންމައިގެން ތެދުވިއެވެ. “ކާންވީނުން.” އިސްޖަހާލަމުން އަރީން ބުނެލިއެވެ. “ނެތް ކާހިތެއް” ފަރުވާކުޑަ ނަޒަރެއް ދީފައި އޭނާ ގޮސް މަތީ ބަޔަށް އަރައިފިއެވެ.

އަރީން ބަދިގެ ހަމައަކަށް އަޅުވާލައިފައި ގޮސް މައްޗަށް އެރިއިރު ބާރަ ޖަހަން ގާތް ވެއްޖެއެވެ. ކޮޓަރިއަށް ވަނުމާއި އެކު ޒަވިއަންގެ އަލިފާނުގެ ނަޒަރު އޭނާއާއި އަމާޒުވެއްޖެއެވެ. އަރީން ލައިލައި ހުރި ނޭވާ ވެސް އަރުތެރޭގައި ތާށިވި ކަހަލައެވެ. އެ ހުރީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައިކަން އަރީނަށް ދެނެގަންނަން އުނދަގުލެއް ނުވިއެވެ. ދެން ފެނުނީ ޒަވިއަން އައިސް އަރީންގެ ކަރުގައި ހިފައިފައި ފާރުގައި ޖައްސާލި މަންޒަރެވެ.

“ކަލޭ ކައިރީ ބުނެފަ ކަންނެ އޮންނާނީ ނުބެހޭ ކަންކަމާއި ނުބެހެން. އަހަރެންގެ ގާތް އެކުވެރިންނަށް ވައްތަރު ވައްތަރުގެ ދަޅަ ދައްކައިގެން އެ މީހުންނަށް ވިހަ ލާނެ ކަމެއް ނެތް. ތިޔަ ކަހަލަ ނާގަ ހަރުފައެއްގެ ސަބަބުން އެ މީހުންގެ ދިރިއުޅުން ހަލާކުވިޔަކަ ނުދޭނަން. ދެން ނުވާނެ އިޙުސާނާއި ލީވާނަށް ކޮންޓެކްޓް ކޮށްގެން ވެސް. ގެނޭ ތި ފޯނު.” ޒަވިއަން ވާހަކަ ދެއްކި އިރު ވެސް ރުޅިން ތުރުތުރު އަޅަމުން ދިޔައެވެ. ޒަވިއަން އަރީންގެ ކަނދުރާއިން އަތް ދޫކޮށްލުމުން އޭނާ ޖީބުން ފޯނު ނަގާ ދިނެވެ. އަވަސް ނޭވާ ތަކެއް ލަމުން އޭނާ ބިމަށް ތިރިވިއެވެ. މޭގައި އަތް އަޅާ ހަމަޖެހިލުމަށް ފަހު އޭނާ ގޮސް ސޯފާގައި އިށީނެވެ. އޭނާ އަށް ނިސްބަތްކޮށް އެ ކަހަލަ ދޮގު ތުހުމަތު ތަކެއް އެޅުވުމުން އޭނާއަށް ނުރޮވިހުރީ ކިރިޔާއެވެ. އަތުން އަނިޔާކުރުމަށް ވުރެ އެހެން ބުނެލާ ބަހެއް އިވުމަކީ އޭނާ އަށް މާ ވޭންދެނިވި ކަމެކެވެ.

އަރީންގެ ފޯނު އަނބުރާ ސޯފާ މައްޗަށް ވައްޓާލައިފައި ޒަވިއަން އެނބުރި ގޮސް އޮށޯތެވެ. އަރީން ފޯނު ނިއްވާލައިފައި ސޯފާގައި އޮށޯވެ ކުޝަނުގައި ބާރަށް ބައްދާލަމުން ކުރުގެޅިލިއެވެ. އޭރު އެ ސާފު ދެލޮލުން ހިފެހެއްޓުމެއްނެތި ތާޒާ ކަރުނަތައް އޮހިގެންފިއެވެ. ނިދެމުން ދިޔަ އިރު އެ ޒުވާން ހިތުގައި ރަސްކަން ކުރަމުން ދިޔައީ ހިތާމަޔާއި މާޔޫސްކަމެވެ. ޝަކުވާއެވެ. ޒަވިއަން އޭނާ އާއި މެދު އެހާ އިހާނެތިކޮށް ކަންތައް ކުރަން ޖެހެނީ އޭނާ ކުރި ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟ ބަޔަކު އޭނާގެ ބޮލުގައި އެޅުވި ދޮގު ތުހުމަތުތަކެއްގެ ސަބަބުން ހެއްޔެވެ؟ މި ކައިވެނި ކުރުމަކީ މިހާ ވޭންދެނިވިވާނެ ކަމެއް ކަން ކުރިން ވިސްނައިނުގަނެވުނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ ކޮންމެ ކަމެއްގައި އަހައި ކިޔަމަންގަތުމަކީ ގެއްލުން ކުރަނިވި ކަމެއް ކަން ވިސްނުނު ނަމައެވެ. މިހާރު އަރީނަށް ޚުދު އޭނާގެ އަމިއްލަ ނަފުސަށް ވެސް ކުރެވެނީ މަލާމާތެވެ. އެހާ ފިނޑިވެ ޖެހިލުންވީތީ ހިތާމަކުރެވެއެވެ. އެހެނަސް…

“ކަލޯ! އަންހެނަކަށް ވުރެ މީނާ ތަތެއްނު. މިހާރު އެއޮށް ފަނަރަ މިނެޓް ލަސްވީ. ގުޅީމަ ފޯނު ނަގާކަށް ވެސް ނޫޅުނޭ. މިވަރުގެ މީހަކާ އެއްކޮށް އެޕާޓްމަންޓުގަނޑެއް ކީއްކުރަން، އަލަމާރިއެއް ވެސް ފާސް ނުކޮށްލެވޭނެ. ދެން ވެސް މިކަމާ އުޅެބަލަ.” ދަތްކުނޑި ވިކައިގެން ހުރެ ސުމައްޔާ ދިޔައީ އިޙުސާނަށް ކުދި ކިޔަމުންނެވެ. “ނިމިއްޖެތަ؟” ހަށަން ބަނދެލަމުން އިޙުސާނު އެހިއެވެ. ސުމައްޔާ އިނގިލި އުފުއްލާލަމުން ދެލޯ ވަށްކޮށްލީ އެހެންވެގެންނެވެ. އިޙުސާނު ސުމައްޔާގެ އަނގަމަތީގައި އަތް އަޅާލައިފައި ގޯޅިގަނޑެއްގެ ތެރެއަށް ވައްދާލައިފިއެވެ.

“އަހަރެންނަކީ ދޯ ސްޓާފް ސާޖެންޓަކީ. ވިސްނައިގެން ވާހަކަ ދައްކަން ވާނީ. މިހާރު މި އެ ކްރިމިނަލްގެ ޙުދޫދަށް ވަދެވުނީ. އެ ގޮލާ އައިސްދާނެ ކަމަށް ވެސް ސަމާލުވެ ހުންނަން ޖެހޭނީ.” ސުމައްޔާ ކަންފަތް ދޮށުގައި ވައި އަޑުން އިޙުސާނު ބުނެލިއެވެ. ސުމައްޔާ އޭނާގެ އަވަސްވެފައިވީ ހިތުގެ ތެޅުމަށް ހަމަޖެހުމެއް ލިބޭތޯ ދުޢާކޮށްލަމުން ބޯޖަހާލައިފިއެވެ. އިޙުސާނު ސުމައްޔާ ދޫކޮށްލައިފައި ކުރިއަށް ޖެހި ދޮރުގައި ހިފާލިއެވެ. ހީކުރި ފަދައިން އެ ތަން ހުރީ ތަޅުލައިފައެވެ. ސުމައްޔާ އޭނާ އަޅުވައިގެން ހުރި ދަބަސް ތެރެއިން ކުޑަ ދަގަނޑު ކޮޅެއް ނެގިއެވެ. އިޙުސާނު އެއްބުމަ އަރުވާލައިފައި ސުމައްޔާގެ މަސައްކަތް ބަލަން ހުރީއެވެ.

އެރެއަށް އެ ދެމީހުން އާއި އަންޑަރކަވާ އެއް ފަދައިން ކަޅުން ހެދުން އަޅައިގެންނެވެ. ދެމީހުންގެ ލޯ ފިޔަވާ އެހެން އެއްވެސް ހިސާބެއް ކަޝްފުވެފައެއް ނެތެވެ. ސުމައްޔާ ހުރީ ކަޅުކުލައިގެ ދިގު ހުޑީއަކާއި ޓައިޓެއް ލައިގެންނެވެ. ކަޅު ކުލައިގެ ވަށް ބުރުގަލެއް އަޅާލެވިފައިވާ އިރު އެ ދޮން މޫނު ފަރުދާ ކޮށްލެވިފައިވަނީ ކަޅު މާސްކަކުންނެވެ. އަތަށް ކަޅު އަންގިލައްވާ ކަޅުކުލައިގެ ބޫޓަށް އަރައިފައި ހުރި އިރު ފެންނަ މީހަކަށް އެއީ ކާކުކަން ދެނެގަންނަން އުނދަގޫ ވާނެ ކަން ގައިމެވެ. އިޙުސާނު ވެސް ހުރީ އެ ކަހަލަ ގޮތަކަށެވެ.

ދެތިން މިނެޓް ތެރޭގައި ސުމައްޔާ އެ ދޮރު ހުޅުވާލައިފިއެވެ. ދެ މީހުން މަޑުމަޑުން އެ ތަނުގެ ތެރެއަށް ވަނެވެ. އެންމެ ފުރަތަމަ ވެސް ވަދެވުނީ ސިޓިންރޫމެއް ފާޑުގެ ތަނަކަށެވެ. އެތަނުން އަރާ ހުތް ވަހުން އަނބުރައިގަނެގެން ނުވެއްޓުނިއްޔާ ރަނގަޅެވެ. ދެ މީހުން އެ ތަން ފާސް ކުރަން ފެށިއެވެ. ފެންބޯ ފުޅިއެއްގެ މަތިގަނޑެއް ވެސް އުފުއްލާނުލާ ދުލެއް ނުކުރެއެވެ. އެހާ ފަރުވާތެރިކަމާއެކު މަސައްކަތް ކުރަމުން ދިޔައިރު ދޮރާއި ދިމާއަށް ވެސް ދޭތެރެއަކުން ކަޅިއެއް އެއްލައެވެ.

“އޯހް ނޯ! އުންމަތުލްވަބާ. އެ ގޮލާ އެ އުޅެނީ މިތަނަށް ވަންނަން. ކުޑަ ދޮރަކުން ނުކުތިއްޔާ އެނގޭނެ. ވަން ދޮރުން ނުކުތިއްޔާ ރަނގަޅު ވާނީ. މި ޙާލަތަކު އޭނާ ހައްޔަރެއް ނުކުރެވޭނެ.” ސުމައްޔާ އެހެން ބުނެލި އިރު ތިބީ ކޮޓަރިގަނޑެއްގައެވެ. އިޙުސާނު ސުމައްޔާގެ އަތުގައި ހިފައިގެން ގޮސް ނުކުތީ ފެންޑާއަށެވެ. އެ މީހުން ފަރުދާވެލީ ބޮޑު އަލަމާރި އަކާއި ބޫޓު ހަރުގަނޑެއްގެ ދެމެދުގައެވެ. ޖާގަ ހަނިކަމުން ދެ މީހުންނަށް ތިބެން ޖެހުނީ ޖެހި ފިތިގެންނެވެ. އެއާއި އެކު ދެން އިވުނީ އެ ގޭގެ ދޮރު ހުޅުވާލި އަޑެވެ.

އެ ޕާޓޭ ވައްތަރުގެ ފިރިހެނާ އެތެރެއަށް ވަނީ ވެސް އެއްލެމުންނެވެ. ގޮސް ވެއްޓުނީ އެއްފަރާތުގައި ހުރި ސޯފާ އަކަށެވެ. އޭނާގެ ފަހަތުން އެހެން ދެ ފިރިހެނަކާއި ނިވާކަންކުޑަ ގޮތަކަށް ހެދުން އަޅައިގެން ތިބި ދެ އަންހެނުން އައިސް އެތެރެއަށް ވަނެވެ. އެ ގުރޫޕް ގޮސް ވަނީ ކޮޓަރިއަށެވެ. “އޭ. ކައެމެން މި ގޭގަ ތިކަން ކުރަންޏާ މަށަށް ވެސް ރަހަ ދައްކާލަން ޖެހޭނެ.” އެ މީހުންނަށް އިއްވަންވެގެން އުބައިދު ބުނެލިއެވެ.

އެ އަޑު އިވިފައި ސުމައްޔާ އަށް ފަކުރުން އޯކަށް ނުދެމި ހުރެވުނީ ކިރިޔާއެވެ. އެހެނަސް ކުޑަކޮށް ތެޅިގަނެވުމުން ބޫޓު ހަރުމަތީގައި ހުރި ދަގަނޑު ބިޔަރު ހުސްކުރި ދަޅެއް ވެއްޓެން ދިޔައެވެ. އިޙުސާނު އޭގައި ހިފަން އުޅުނު ނަމަވެސް ކާމިޔާބެއް ނުވިއެވެ. ދެން އިވުނީ މުށިގަނޑު މަތީގައި އެ ދަގަނޑު ދަޅު ޖެހުމުން އިވޭ ބޮލަށް ތުރާ އަޑެވެ. އެ އަޑާއި އެކު އުބައިދުގެ ހަށިގަނޑު ވެސް ސީދާ ވެއްޖެއެވެ. ދެން އެނބުރި ބަލައިލީ އަލަމާރިއާއި ދިމާލަށެވެ. އެއަށްފަހު ތެދުވެ ހިނގައިގަތް އިރު އޭނާގެ ކިބައިގައި ބޮއެގެން ހުރި ކަހަލަ އަސަރެއް ނެތެވެ. މިކަމުން އިޙުސާނަށް ޔަޤީން ކުރެވުނީ އެންމެ ކަމެކެވެ. އެ ފިރިހެނާ ކުރިން ވެސް ހުރީ ހަމަހޭގައި ކަމަށެވެ. އެ ޖައްސާލީ ޑްރަންކް އެކްޓެއް ކަމެވެ. ސުމައްޔާގެ ހާސްކަން ކޮޅުން ލައިފިއެވެ. ދެން ލަސްތަކެއް ނުވެ އެމީހުން ކޯޓުވާނެއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ހިނިތުންވެލާށޭ ކަލާ 10

Next

ރީމާލް… ދެވަނަބައި (އެހިތުގެ ވޭނާއި ރިހުން ހިއްސާކުރެވުން)

Next
December 17, 2025

ރީމާލް… ދެވަނަބައި (އެހިތުގެ ވޭނާއި ރިހުން ހިއްސާކުރެވުން)

Previews
December 17, 2025

ހިނިތުންވެލާށޭ ކަލާ 10

18 Comments!

  1. Your fav bab says:
    December 17, 2025 at 2:50 pm

    Alhey no! Soomoa and isse should be safe😭😭
    So shaula fulhakaa hedhi dhw zavian kissed aree!
    Well I guessed it before dhw? Hehe..😁
    I swear!!!
    zev mihaaru aree ge phone ah keehkuree?
    Ah hama cliff hanger akah ninmee dhw!
    Anyways loved this part sm💗💗
    Waiting curiously for the next?
    Ly💗
    I’m gonna comment then mihen! Keeh kuraanee log in Vefa kuraa comments eh take ages dhahkaalan!

    1. White rose White rose says:
      December 17, 2025 at 3:01 pm

      Hehe, yea u guessed correctly.
      Yea, I like to end in cliffhangers, eyrunnehnu shauguverikan dhemehehteyni.
      Its better to comment mihen, thibunaahen garuneh nagaa ekahala comment thah post vaan
      Shukran Your fav bab ✨✨

    2. Anonymous says:
      December 18, 2025 at 4:50 am

      i like how we are brushing over the fact their kiss was not consensual at all

    3. White rose White rose says:
      December 18, 2025 at 5:03 pm

      Shukran Anonymous ✨✨

  2. އައިޝާ says:
    December 17, 2025 at 3:42 pm

    Aley reethi kan❤️❤️❤️ page balabala indhaa upvefaa inee sooo happy 🥰 zev ah aree ge kusheh nehkan ingyne dhuvaheh inthizaruga.. vrh reethi vaahaka next part ge inthizaruga hurin

    1. White rose White rose says:
      December 17, 2025 at 4:06 pm

      Alhugandu ves mi inthizaaru kuranee zev ah azaaya ge maruge haqeeqiay engeyne dhuvahakah.
      Shukran އައިޝާ ✨✨

  3. Anonymous says:
    December 17, 2025 at 3:48 pm

    Mi part ves vrh reethi MA! 💗💗
    I think ubaidhu knows that Sumeee and ihsaan are already there. Cause like why would bro act drunk. I hope they don’t get caught or else the mission would fail.
    Xev dhn Reen ah thihen nahadhaba. I just feel so bad for her 😥😥
    Whn nxt?????

    1. White rose White rose says:
      December 17, 2025 at 4:08 pm

      Ubaidhah engeyni kamah ves vedhaane.
      Zev reenah hadhaalaa goiy gothun alhugandah ves rovey 😭😭 ekm keehkuraany, mizaaju ge gothun rulhi gadha meehakaa eyna enme nafurathu kuraa kujjaa aai jehunyma vaany mihen dhw 😣😣
      IA next Saturday ga submit kohlaanan.
      Shukran Anonymous ✨✨

  4. Shiu says:
    December 17, 2025 at 4:10 pm

    Mi part vx varah Reethi Masha Allah…
    Allheyyy, Zavian beynun vageneh noon dhw Reen aaa kiss kury, Man 😔 Shaula Kanthah vx Maa Machah thoache mi dhany, Mihaaru Zavian ge Office ah vx annan feshy ey dhw 🤬
    Zavian, Dhnnn Reen Eh nooneyyy Azaya Maraaly, Omg 🥺🥲
    I feel Sooo Bad for Reen 🥺💔
    Ubaidhu ah Engey dhw Sumee And Ihusaan ethanah dhaanekan???
    Keep them Safe 🙏🥺
    When Next??? Curiously waiting for the next part… Appreciate Your Hard Work 💗
    Btw, How was your exams??? wish you all the best 🥰
    Lysm White Rose 🤍

    1. White rose White rose says:
      December 17, 2025 at 4:45 pm

      Ofc, zavian ge hithuga areenaai medhu vaany nafrathuge hoonu alifaanehnu. Shaula arn vrh undhagoo kurey.
      Same here, areen is going through a lot 😭
      Ubaidhu ge ulhun ehen huri sababeh engeyni dhen oiy bai kiyaaleema thaa.
      IA Next Saturday.
      Exams went okay.
      Vrh ufaavejje mikahala comment eh kohleema. Shukran Shiu ✨✨
      Lyt darl 💕💕

  5. Anonymous says:
    December 17, 2025 at 5:30 pm

    White rose A’ levevl hadhanee thr ?.

    1. White rose White rose says:
      December 17, 2025 at 6:43 pm

      Im studying

  6. Alaika_22 says:
    December 17, 2025 at 9:26 pm

    Omg so Sumayya and Ihsaan should be safe… 😱
    Masha Allah… Mi part ves Vrh Reethi 🙂❤️
    Curiously waiting for next part….. Whn nxt….?????
    Luv you and take care ❤️😀

    1. White rose White rose says:
      December 18, 2025 at 6:45 am

      Sumayya mennah vaane gotheh engidhaanethaaa.
      Will submit next Saturday IA.
      Shukran Alaika_22 ✨✨
      Lyt darl 💕💕

  7. s says:
    December 18, 2025 at 4:47 am

    i wonder how areens parents sleep at night knowing they sold their only daughter to a abusive man half of this story is areen getting strangled maybe you should put try putting a trigger warning next ep for violence against woman

    1. White rose White rose says:
      December 18, 2025 at 6:49 am

      How would the parents know when the abusing is mostly limited to their room and areen’s keeping it quiet 😭😭 Plus, Zavian has some obsession in protecting his image as a business man, so wouldn’t do anything to her in public. One problem is the marriage being a mutual agreement between besties (ziyaadh and afzal), who just wanted their children to enjoy a happy married life.
      I’m sincerely sorry, I should have put a trigger warning. Will use it in upcoming episodes.
      Shukran s ✨✨
      Lyt darl 💕💕

  8. Me😜 says:
    December 20, 2025 at 11:39 am

    Submited??

    1. White rose White rose says:
      December 20, 2025 at 3:18 pm

      Yeaa, adhi pending ga

Comments are closed.

Next Episodeދެވުނީ ވޭނޭ 26←


All Right Reserved!