Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (13)

Mysterious Woman Level 310 Stories100 Comments
November 20, 2024 4 Mins Read
2 Comments

“އައްސަލާމްޢަލައިކުމް…..ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ މުވައްޒަފުން މި ބައްދަލުވުމަށް ހާޒިރުވީތީ…..މި ބައްދަލުވުން ބާއްވަން ހުދު އަޅުގަނޑު ބޭނުންވީ ސަބަބެއްނެތިއެއްނޫން…..އަޅުގަނޑުގެ ދެ ދަރިންކަމަށްވާ މާއިޒުއާއި މާއިޝްއަކީ ތިޔަ ބޭފުޅުންގެ މަތިން އަދި މި އޮފީހުގައި އަޅުގަނޑު ދަށުން މަސައްކަތްކުރާ ދެ ފަރާތް…..މި އޮފީހުގެ ޗެއާރޕާރސަން ކަމުގައި އަޅުގަނޑު ހުރެމެ އަދި މާއިޒު އާއި މާއިޝް ހުރެ ވަރަށް ގިނަ ކަންކަން ފަހިކޮށްދީ އެމްސްއަށް ގިނަ ފައިދާތަކެއް ލިބިދިނީ ތިޔަ އެންމެހާ މުވައްޒަފުންގެ ވެސް އެއްބާރުލުމާއި މިންނެތް މަސައްކަތުންކަން ފާހަގަކުރަން….ނަމަވެސް މިއަދުން ފެށިގެން އަޅުގަނޑު މިހާރު މިހުރި މަޤާމުން ވަކިވެ ދެން މި މަޤާމުގައި ހުންނާނީ އަޅުގަނޑުގެ އަންހެން ދަރިފުޅު މަރިޔަމް މެހެކް މަމްދޫހު….” މަމްދޫހުގެ ވާހަކަ އަޑުއަހަން ތިބި އެންމެން ހައިރާންކޮށްލީ އެންމެ ފަހުން މަމްދޫހު ބުނެލި ވާހަކައިންނެވެ. “މިސްޓާރ މަމްދޫހު…ކީކޭ ތޯ ތި ވިދާޅުވީ….ޗެއާރޕާސަންކަމުގެ މަޤާމުން ވަކިވަނީއޭތޯ…އަދި އެ މަޤާމަށް މިސްޓަރ މާއިޒް ނޫނީ މިސްޓަރ މާއިޝްގެ ބަދަލުގައި މި ކުންފުންޏަށް އާ ފަރާތެއް އެ މަޤާމަށް އައްޔަންކުރަނީއޭތޯ؟..” ކުންފުނީގެ އިސްވެރިންގެ ތެރެއިން ޝެހެނާޒް ބުނެޏެވެ. “މެހެކަކީ ތިޔަ ބޭފުޅުންނަށް އާ މޫނެއް..އާ ފަރާތެއް ނަމަވެސް މި ކުންފުންޏަކަށް ނޫން..” މާއިޒް ބުނެލި ވާހަކައިން ތަން ހިމޭންވެގެންދިޔައެވެ. “ތިވިދާޅުވީ…..” ޝެހެނާޒުގެ އަޑުން ވެސް ހައިރާންކަން ފައުޅުވިއެވެ.

ތޭރަވަނަ ބައި

މާއިޒް ވާހަކަދައްކަން އަނގަޅަހުޅުވާލާފައި ވެސް މަޑުޖެހިލީ މެހެކް ވާހަކަދައްކަން ފެށުމުންނެވެ. “އެވިދާޅުވީ…މި ކުންފުނީގެ ކޮންމެ މުވައްޒަފަކަށް އަޅުގަނޑަކީ އާ ފަރާތަކަށްވިޔަސް މި ކުންފުންޏަށް އަޅުގަނޑަކީ އާ ފަރާތެއް ނޫނޭ…..ކުންފުނީގެ ކޮންމެ ކަމެއްގައި ވެސް އެންމެ އިސް ސަފުގައި ތިޔަ ބޭފުޅުންނާއިއެކު ޢަމަލީ ގޮތުން ނޫޅުނަސް ހުރިހާ ކަމެއްހެން އެންމެ ގާތުން އެކަމުގެ އެންމެ ފުނަށްދަންދެން އަޅުގަނޑު ބަލަމުންދަން.. ތިއިން ކޮންމެ ބޭފުޅެއް ވެސް އުޅޭ ސެކްޝަނާއި ނަން އަދި މަޤާމަށްދަންދެން އަޅުގަނޑަށް އިނގޭ…. އަދި މިހާރު ކުރިއަށް އޮތް ޕްރޮޖެކްޓުތަކުގެ އަޕްޑޭޓު ވެސް ބަލަމުން އެބަދަން….ވޭތުވެގެންދިޔަ ފަސް އަހަރު ތެރޭގައި އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވުނު ޕްރޮޖެކްޓުތަކާއި އެކަމުގެ ހުރިހާ ކަމެއް އަޅުގަނޑަށް އިނގޭ…ސަބަބަކީ ތިޔަ ބޭފުޅުންނާއި ދުރުގައި ހުރެގެން އެހުރިހާ ޕްރޮޖެކްޓުތަކާއި ބިންތައް ކާމިޔާބުކުރީ އަޅުގަނޑު އިސްވެ ހުރެ ކަމަށްވާތީ….ފަސް އަހަރުކުރިން ފެށިގެން މި ކުންފުނީގެ ޗެއާރޕާސަންއަކީ އަޅުގަނޑުގެ ބައްޕައެއް ނޫން…އެހެންނަމަވެސް އަޅުގަނޑު…އެ މަޤާމުގައި ބައްޕަ ހުންނެވީ ނަމެއްގައި…ނަމަވެސް ހުރިހާ ކާމިޔާބެއްގެ އެއް ހިއްސާދާރަށް ބައްޕަ ވެސްވާނެ… މިއަދު މި ކުންފުންޏާ ހަވާލުވެ އިތުރު ހަރުފަތަކަށް ދިޔުމަށް ޓަކައި ތި އެންމެ ބޭފުޅުންގެ ކުރިމައްޗަށް ވެރިއެއްގެ ހައިސިއްޔަތުން މިއައީ..ހީކުރަން ބައްޕައާއި ދޮންބެ އަދި ކުޑަބެއަށް ތި ދެއްވިފަދަ އެއްބާރުލުމެއް އަޅުގަނޑަށް ވެސް ލިބޭނެކަމަށް…ވީމާ، ޖަވާބު ސާފުތޯ މިސް ޝެހެނާޒު؟” ތަންކޮޅެއް ކުރިއަށް ނިކުމެ ހުރެ މެހެކް އެހުރިހާ މުވައްޒަފުންނާ މުޙާތަބުކުރިއިރު ހީވި ޕްރޮފެޝަނަލް ބިޒްނަސްވުމަންއެއްހެންނެވެ. ތަނުގެ އިސްވެރިޔެއްގެ ފާޑުޖެހިއެވެ. ނިންމާލަމުން ޝެހެނާޒަށް ޖަވާބު ސާފުތޯ އެހިއެހުމުން ވެސް އިނގިގެންދިޔައީ މެހެކްއަކީ ކެރުންތެރި ޒިންމާދާރު އަންހެނެއްކަމެވެ. މަސައްކަތުގެ މާހައުލުގައި “ޕްރޮފެޝަނަލް” މީހެއްގެ ގޮތުގައި ސިފަކުރެވުނެވެ. މެހެކްގެ ސުވާލަށް ޝެހެނާޒު ޖަވާބުދިނީ ބޮލުންނެވެ.

ބައްދަލުވުން ނިންމާފައި އެ އެންމެން ވެސް ނިކުތީ ތަފާތު ވާހަކަތަކެއް ދައްކަމުންނެވެ. ތަންކޮޅެއް ކުރިން މާއިޝްއާއިއެކު އެ އޮފީހަށް އައިސް އެ އެންމެންނާ ބައްދަލުކުރީ އެމީހުންގެ އަސްލު ވެރިޔާކަމެއް އިނގޭނީ ކިހިނެއް ހެއްޔެވެ؟ އަދި އެމީހުންގެ ވެރިޔަކީ ރީތިކަން ހުސްކޮށްގެންހުރި އަންހެނެއްވިއްޔާއެވެ.

މުވައްޒަފުންތައް މީޓިން އޮފީހުން ނިކުމެގެން ދިޔުމުން މާއިޝް ވާހަކަދައްކަންފެށިއެވެ. އެއިރު އެތަނުގައި އިތުރު ޅަފަތުގެ އަންހެން ކުއްޖެއް ވެސް ހުއްޓެވެ. މަމްދޫހު އެއިރުވީ މުހިއްމު ކޯލެއް އައިސްގެން ބޭރަށް ގޮހެވެ. “މެހެކް މިހުރީ މެހެކްގެ ޕީއޭ ޝާޔާ…ޝާޔާ މީ ޝާޔާގެ ބޮސް މެހެކް އަދި އަހަރެންގެ ކޮއްކޮ….މެހެކް ޝާޔާއަކީ ވަރަށް ޒިންމާދާރުކަމާއިއެކު މަސައްކަތްކުރާ ކުއްޖެއް…މި ކުންފުނީގައި މަސައްކަތްކުރާތާ ދެ އަހަރުވެދާނެ…ކުޑަބެގެ ޕީއޭގެ މަޤާމުގައި ހުރެފަ މެހެކް މި ކުންފުންޏާ ހަވާލުވުމުން ކުޑަބެ ނިންމީ އަލުން އިޢުލާންކޮށްގެން ޕީއޭއެއް ނެގުމުގެ ބަދަލުގައި ކުޑަބެގެ އޮފީހުން ޕީއޭއެއް ހަމަޖައްސަން އަދި އިނގޭ މެހެކަށް ކަމުދާނީ އަންހެން ކުއްޖެއް އެ މަޤާމުގައި ހުރުމުންކަން…..އެހެންވެ ޝާޔާ މި ހަމަޖެއްސީ..” މާއިޝް ބުންޏެވެ. “އޯހް…ތޭންކްސް އަ ލޮޓް ކުޑަބޭ….އެންޑް ވެލްކަމް ޓު ދި އެމް.އެޗް ޓޫއީ ކޭ ޝާޔާ..” ފުޅާ ހިނިތުންވުމަކާއިއެކު ޝާޔާއަށް މެހެކް ހޫނު މަރުހަބާއެއްކިއެވެ. “ތޭންކްސް މެޑަމް” ޝާޔާ ޖަވާބުދިނެވެ. “ވެލް… ގުޑް ލަކް މެހެކް….” މާއިޒުއާއި މާއިޝް މެހެކަށް މަރުހަބާ ކިޔުމަށްފަހު އެ އޮފީހުން ނިކުމެގެންދިޔައެވެ.

މެހެކާއި ޝާޔާ ތިބީ މެހެކްގެ ކެބިންގައެވެ. ކެބިންގެ ބޭރު ދޮރުފަތުގައި މެހެކްގެ ނަން ނުހަނު ރީތި ފަރުމާއަކުން “ޗެއާރވުމަން މަރިޔަމް މެހެކް މަމްދޫހު” މިހެން ޖަހާފައިވެއެވެ. މެހެކަށް ޙާއްސަ ބޮޑު މޭޒެއްގެ ކުރިމަތީ ދެ ބޮޑު އޮފީސް ގޮޑި ހުރިއިރު ބޭނުންކުރާ ބައެއް ފައިލުތަކާއި ނޯޓުކުރާ ފޮތެއް ރީތިކޮށް މޭޒުގައި އަތުރާލާފައިވެއެވެ. ކެބިންގެ އެއްފަޅީގައި މެހެމާނުންނަށް ޚާއްސަ ޖާގައެއް ހަދާފައިވެއެވެ. ރީތި ސޯފާ ސެޓަކާއި ވަށް ކުޑަ ކޮފީ މޭޒެއް ސޯފާ ސެޓުގެ ކުރީމަތީގައި ބަހައްޓާފައި އެތަން ފޮރުވުމަށް ޓަކައި ފަރުދާއެއް ވެސްވަނީ ދަމާލެވިފައެވެ. އަދި އެތެރެއިން ރެސްޓުކުރުމަށް ޓަކައި ބޮޑު ކޮޓަރިއެއްވެސްވަނީ ހަދާފައެވެ. ކެބިންގެ އަނެއްފަޅީގައި މުހިއްމު ބައެއް ފައިލްތައްލާ ކެބިނެޓެއްވާއިރު އިސްކޮޅުވަރުގެ ބޭރުފެންނަ ދޮރުފަތެއްވާއިރު ކާޓެއިންވަނީ ދަމާލެވިފައެވެ. އަދި ތަން ރީތިކުރުމަށް ޓަކައި މެހެކަށް އެންމެ ރީތި ފިނިފެންމަލުން ތަންވަނީ އެއްވަސްވެފައެވެ. މެހެކްގެ ކެބިން ހުންނަނީ ކުންފުނީގެ އެންމެ މަތީގައިކަމުން މުޅި އެ ފްލޯގައި ވެސް މެހެކްގެ ކެބިންއާއި ޕީއޭގެ ކެބިން ނޫންތަނެއް ނެތެވެ. މިއިން ވެސް ދައްކުވައިދެނީ ތަނުގެ ވެރިޔާއަށް ޙާއްސަ ފްލޯއެއްވާކަމެވެ.

މެހެކް ގޮސް މެހެކަށް ޙާއްސަ ގޮޑީގައި އިށީނީ ޝާޔާ ކައިރީ ވެސް އިށީންނަން ބުނެފައެވެ. އަދި އަތުގައި އޮތް ޓެބްލެޓަކަށް މެހެކްގެ ނަޒަރުވަނީ ހުއްޓިފައިވާއިރު ވަކި އަސަރެއް މޫނު މައްޗަކުންފާޅެއްނުވެއެވެ. ތަނުގެ ހަމަހިމޭންކަން ނެތިގެން ދިޔައީ މެހެކްގެ އަޑުންނެވެ. “ޒެޑްސްއިން ބޭނުންވަނީ އަހަރެންނާއިއެކު ކުޑަ މީޓިންއެއް ބާއްވަން؟…..ސޯ ކޮބާ ބޭނުމަކީ…..މިއަދު؟…” ޓެބްލެޓުގައިވާ އެއްޗަކަށް ބަލަމުން ވަކިވަކި ލަފުޒުތަކެއް މެހެކް ކިއެވެ. “ލައްބަ…އެމީހުން ފޮނުވި މެއިލްގައިވަނީ މީޓިން އޮތީ ފޯރ ޒެޑްގައި ކަމަށް އަދި މިއީ ފްރެންޑްލީ މީޓިންއެއްކަމަށްވެސް ބުނި…” “ހޫމް….ހަވީރު ހަތަރަކުން މީޓިން މިއޮތީ..މިހާރު ގަޑިން ތިން ގަޑި ފަންސާސް…ބާކީ ދިހަ މިނަޓު….ހިނގާ މީޓިންއަށް ދަމާ..އަހަރެން އެހާ ގަޔާވާ ކަމެއްނޫން އެއީ ގަޑީޖެހުމަކީ..ގަޑިއަކަށް ކިޔައިފިނަމަ އެ ގަޑިއެއްގެ ފަސް މިނަޓުކުރިން އެތަނަކަށް ހާޒިރުވާންވާނެ..” ޝާޔާގެ ވާހަކައާއި ވިއްދާ މެހެކުގެ ފަހު ބަސް އިއްވިއެވެ. އަދި މެއިލަށް އަވަސް ޖަވާބެއްދިނުމަށްފަހު ޝާޔާ އެކީ ކެބިންއިން ނިކުތީ ޒެޑްސްއަށް ދިޔުމަށެވެ.

ޒިވިއަން އިނީ ކޮމްޕިއުޓަރު ސްކްރީނަށް ބަލަހައްޓައިގެންނެވެ. “ވީ އާރ އޮން ދަވޭ…” އެމްސްގެ ރިޕްލައިގެ އިންތިޒާރުގައި އިންދާ އައި މެސެޖަކުން ބަލަން އިނދެވުނީއެވެ. ގަޑި ކުޑަތަންވީއިރު ވެސް ނޭނގުންވިއްޔާއެވެ. ލިބާ އައިސް މީޓިންއަށް ދާން ބުނުމުން ކައްޓެއްޖެހިހެން އަވަސް އަވަހަށް ތެދުވެގެން ލިބާއަށްވުރެ ކުރިން ނިކުމެއްޖެއެވެ. ލިބާ ހުރީ އަންތަރީސްވެފައެވެ. މިއިން ދުވަހަކު ވެސް މިހާ އަވަސް އަރުވާލައިގެން ޒިވިއަން އުޅުންތަނެއް ނުފެނެއެވެ.

ފޯރ ޒެޑްގެ ކުރިމައްޗަށް ހުއްޓާލީ ރަންކުލައިގެ ޕްރައިވެޓް ކާރަށް މަގުންދާ ގިނަ ބައެއްގެ ނަޒަރުވަނީ ހުއްޓިފައެވެ. އެކާރުން އެފައިބާނީ މީހެއްގެ އިންތިޒާރުގައި ތިބިކަހަލައެވެ. ޑްރައިވަރު ދޮރު ހުޅުވާލަ ދިނުމުން ކާރުން ފޭބީ އެމް އެޗް ޓޫއީ ކޭގެ ވެރިޔާ މެހެކެވެ. އޮފީސް ހެދުމުގައި މެހެކް ހާސްބައި ތަފާތެވެ. ކްރީމް ކުލައިގެ އަންހެން ސޫޓަކައި ތިރިން ފުޅާ ހަމަ އެކުލައިގެ ބެލްސްއެއްލާފައި ހުރުމުން ޕްރޮފެޝަނަލް މީހެއް ފާޑުޖަހައެވެ. އިސްތަށިގަނޑު ނިއުޅުވާލައިފައިހުރުމުން އަދި ވަކިން ރީއްޗެވެ. އެއްއަތުގައި އޮފީސް ދަބަހެއް ހިފާލައިގެން ހުރުމުން ރަސްމީ ފާޑުޖަހައެވެ.

އާރާ ހުރީ ޒެޑްސްގެ ބޭރުގައި މެހެކްމެންގެ އިންތިޒާރުގައެވެ. އެހެން ހުއްޓާ އޮފީސް ދޮރުމައްޗަށް ހުއްޓާލި ރަން ކުލައިގެ ކާރުން ފޭބީ ޒުވާން އަންހެން ވިޔަފާރިވެރިޔާ މެހެކްއެވެ. ގާތުގައު އަންހެން ކުއްޖެއް ހުރުމުން އެއީ މެހެކްގެ ޕީއޭކަން ލަފާކޮށްލަން އާރާއަށް އިނގުނެވެ. “އައްސަލާމްއަލައިކުމް…މިސް މެހެކް…މިސްޓަރ ޒާން ފޮނުވައިގެން އަޅުގަނޑު މިހުރީ މިސް މެހެކްގެ އިންތިޒާރުގައި…ދުރުވޭ…ސާރމެން ތިއްބެވީ މިސް މެހެކްގެ އިންތިޒާރުގައި މީޓިން ހޯލުގައި..” މެހެކް ފެނުމުން އާރާގެ ހިތުގައި ހަސަދަވެރިކަން އުތުރިއަރައިގަތަސް ނުހަނު އަދަބުވެރިކަމާއެކު ވާހަކަދެއްކީ ޒެޑްސްގެ އަގު ހިފަހައްޓަން ކަންނޭނގެއެވެ. ވިޔަފާރިވެރިންގެ މާލަމުގައި ޒާންގެ ނަޒަރު މެހެކްއަށް ހުއްޓޭވަރުން ޒާންގެ ހިތުގައި އޮތް އެއްޗެއް އާރާއަށް އިނގެއެވެ. ނަމަވެސް ޤަބޫލުކުރަން ބޭނުންނުވަނީއެވެ. މެހެކްމެން ގޮވައިގެން އާރާ އޮފީހަށްވަދެ މީޓިން ހޯލަށް މިސްރާބުޖެހިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ޝަލީން 20

Next

ފުރަތަމަ ނަޒަރުން 1

Next
November 20, 2024

ފުރަތަމަ ނަޒަރުން 1

Previews
November 20, 2024

ޝަލީން 20

2 Comments!

  1. gurrrrl says:
    November 20, 2024 at 11:51 am

    vrh reethi pi part ves
    cant wait foor next
    keep it up
    love u

    1. Mysterious Woman says:
      November 20, 2024 at 12:56 pm

      thank you 🙂

      luvs from M.W

Comments are closed.

Next Episodeތިނެސްކަން ލޯބި (14)←


All Right Reserved!