Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (11)

Mysterious Woman Level 310 Stories100 Comments
November 18, 2024 4 Mins Read
6 Comments

“މިސްޓަރ މަމްދޫހު….މިއީ ކޮންކުއްޖެއް ތޯ؟” އެންމެންގެ ސަމާލުކަން ހުއްޓުނީ ނޫސްވެރިއެއްގެ ސުވާލަކަށެވެ. މަމްދޫހުގެ ތުންފަތްމަތިން ހިނިތުންވުމެއް ފައުޅުވެލިއެވެ. “މިއީ ވަރަށް މުހިއްމު ފަރާތެއް….އަޅުގަނޑުގެ ދެ ލޮލުގެ ނޫރު…ލެއާއި ގުޅިފައިވާ ވިންދު…ރޯޒް ގާޑަންގެ ދިރިހުރުން….އެތައް އަހަރުތަކެއްފަހުން ދުރުގައިހުރުމަށްފަހު އަޅުގަނޑުގެ ވިޔަފާރީގެ އެއްފަޅިގައި އެންމެ ކައިރިން ހަރަކާތްތެރިވާނެ ފަރާތެއް މިއީ…….އަދި އަޅުގަނޑުގެ ވިޔަފާރީގެ އެންމެ ބޮޑު ހިއްސާވެރި ފަރާތްވެސްމެ…އާދެ، އަޅުގަނޑާއި މަލައިކާގެ އެންމެ ހަގު އަދި ހުރިހަމައެކަނި އަންހެން ދަރިފުޅު…މަރިޔަމް މެހެކް މަމްދޫހު” މަމްދޫހުގެ އަޑާއިއެކު މުޅި އެތަން ހިމޭންވެ ހައިރާންކަމުގެ ކުލަވަރު ފައުޅުވެލިއެވެ. ވާނީވެސް އެހެންކަން އިނގެއެވެ. މެހެކްއަކީ ވިޔަފާރީގެ ދުނިޔެއަށް އާ ފަރާތެއްތާއެވެ. ނަމަވެސް އެންމެންނަށް ވެސް އިނގޭ ހަޤީޤަތަކީ މަމްދޫހުގެ އަންހެން ކުއްޖެއް ހުންނަކަމެވެ. ނަމަވެސް ދުވަހަކު ވެސް ފެނިފައިނުވާއިރު މިރޭ މަމްދޫހުގެ އެއްފަޅިގައި އެންމެ ގާތުގައި މެހެކް ހުރުމުން ހައިރާންވާނެއެއްނޫން ހެއްޔެވެ؟ “މިއީ މިސްޓަރ މަމްދޫހުގެ ދަރިކަނބަލުން ތޯ؟” ނޫސްވެރިއަކު ކުރި ސުވާލަށް މިފަހަރު މަމްދޫހު ޖަވާބުދިނީ ބޮލުންނެވެ. “ކީއްވެގެން ތޯ…މިސް މެހެކް މީޑިޔާތަކުން ނުފެންނަނީ؟….ރާއްޖޭގައި ނޫޅުއްވަނީ ތޯ؟” އަނެއްކާ  ވެސް ނޫސްވެރިއެއްގެ ސުވާލެވެ. ނަމަވެސް ސުވާލު އަމާޒުވީ މެހެކަށެވެ. މެހެކް މަމްދޫހުގެ މޫނަށް ބަލައިލިއެވެ. ބައްޕަގެ އެ ނަޒަރުގެ މާނަ ވަގުތުން މެހެކަށް އިނގިއްޖެއެވެ. ވަށައިގެން ބަލައިލާފައި ކުރިން ސުވާލުކުރި ނޫސްވެރިޔާއަށް ޖަވާބުދޭން ތައްޔާރުވެލިއެވެ. އެންމެން ވެސް ތިބީ މެހެކްގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އެ ހޫރުޕަރީގެ އަޑުއަހާލާ ހިތުންނެވެ. މެހެކް ފުން ނޭވާއެއް ލުމަށްފަހު ޖަވާބުދޭން އަނގަހުޅުވާލިއެވެ.

އެގާރަވަނަ ބައި

“އައްސަލާމްޢަލައިކުމް…އަޅުގަނޑަކީ މަރިޔަމް މެހެކް މަމްދޫހު…މީޑިޔާތަކަށް އަޅުގަނޑަކީ ވަރަށް އާ ފަރާތެއް..ޚާއްސަކޮށް ވިޔަފާރީގެ ދުނިޔެއަށް އަޅުގަނޑު ވަރަށް އާވާނެ….ރާއްޖެއިން ބޭރުގައި އެތައް އަހަރުތަކެއް އުޅުމަށްފަހު ރާއްޖެ މިއައީ ބައްޕަގެ ވިޔަފާރީގައި އަޅުގަނޑުގެ އެހީތެރިކަން ވެސް ބެނުންވާނެތީ…އަޅުގަނޑު ކިތައްމެ ދުރުގައި ހުއްޓަސް ބަރާބަރަށް އެމްސްގެ ކުންފުނިތަކުގެ އަޕްޑޭޓްސް ލިބެމުންދޭ…ޢަމަލީ ގޮތުން ވިޔަފާރީގައި ނޫޅުނަސް….ފަރުދާގެ ފުރަގަހުގައި ހުރެގެން ހުރިހާ ކަމެއް ބަލަހައްޓަން…އެކަމުގެ ހެއްކެއް އެމް.އެޗް.ޓޫއީ ކޭއަކީ..އެމްސްގެ ކުންފުނިތަކުގެ މައި ދަރުބާރު…ބައްޕަގެ މަސައްކަތަށްފަހު މި ފަސް އަހަރު ތެރޭ މިއަދު އެފެންނަ އެމް.އެޗް.ޓޫއީ ކޭއަކީ އަޅުގަނޑުގެ މަސައްކަތޭ ބުންޏަސް ރަނގަޅުވާނެ…ފެންނަން އޮންނަ ހަޤީޤަތަކީ އެމް.އެޗް.ޓޫއީ ކޭގެ އިސްވެރިޔަކީ އަޅުގަނޑުގެ ބައްޕަ..ނަމަވެސް މީގެ ފަސް އަހަރުކުރިން ފެށިގެން އެ ކުންފުނީގެ އަސްލު ވެރިޔަކީ އަޅުގަނޑު…ނަމަވެސް އަޅުގަނޑުގެ މި މަސައްކަތުގެ އެންމެ އެހީވެދެއްވި ފަރާތަކީ އަޅުގަނޑުގެ ލޮބުވެތި ބައްޕަކަން ފާހަގަކުރަން….މިރޭ މި ބޭއްވިގެންދާ ވިޔަފާރިވެރިންގެ މާލަމުގައި އަޅުގަނޑު މިފަހަރު ބައިވެރިވުމުގެ މަޤްސަދަކީ އަދުގެ ޒުވާން ވިޔަފާރިވެރިންނާ ގުޅުން ބަދަހިކޮށް މި ދާއިރާއަށް އިތުރަށް ލޯހުޅުވުމަށް މަސައްކަތްކުރުމަށް….މީޑިޔާތަކުގެ ކުރިމައްޗަށް އަޅުގަނޑު އަރަން މި ޖެހުނީ ވެސް މިހެންވެ….ކުރިއަށްއޮތް ދުވަސްތަކުގައި އެމްސްގެ ފަރާތުން ގިނަ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާނީ ވެސް އަޅުގަނޑުކަމުގައި މި ފުރުސަތުގައި ފާހަގަކޮށްލަން…..ޝުކުރިއްޔާ” ރީތި ހިނިތުންވުމެއް ދިނުމަށްފަހު އެންމެން ހައިރާންކޮށްލާ ވަރަށް ފުރިހަމަ ޖަވާބެއްދެމުން އެއިރު ދުރުގައި ހުރި މެހެކްގެ މަންމައާއި ބައްޕަގެ ގާތަށް ދާން ހިނގައިގަތެވެ. ނޫސްވެރިން ވެސް ތިބީ ހަރަކާތެއް ކޮށްލަން ނޭނގިފައެވެ.

މީގެން ވެސް އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ ޒިވިއަން އާއި ޒާންއަށެވެ. މެހެކް ފެނުނީސްސުރެން އިތުރު އެހެން ދިމާލަކަށް ބަލައެއްނުލައެވެ. އަދި ނޫސްވެރިންގެ ސުވާލުތަކަށް އެހާމެ ފުރިހަމަ ޖަވާބެއް ދިނުމުން ތިބީ ވެސް ބަސްހުއްޓިފައެވެ.

ހުވަފެނުން ވެސް ތިފަދަ ފަރި މޫނެއް ނުދެކެމޭ ހަމަތެދޭ

ހުވަނދުކޮށްފިޔެ ހިތް ތި ޖިސްމުގެ މީރުވަސް ޖެހުމުންތެދޭ

ރީތި ފަތްމިންޏެއްތިހާ ފުރިހަމަ ދެވަނަ ނުމެވާނެއޭ

ރީތި ފަރި ޙަރަކާތްތަކުން ހިތް މަސްތުކޮށްފިޔެ މީތެދޭ

ދެހިތުން ވެސް ގޮވަމުންދަނީ އެއް އަޑެކެވެ. ރިތި ފަތްމިންޏެއް ދުވަހަކު ވެސް ނުދެކޭފަދައެވެ. އެކެއްގެ ހިތުގައި ޒަމާނުއްސުރެން އޮތް ލޯބި އުތުރިއަރައިގަތް ކަހަލައެވެ. އަނެއްކެއްގެ ހިތުގައި އެންމެ ކުޑައިރުންފެށިގެން ވެސް “ކްރަޝް”ގެ ލަޤަބު ދެވިފައިވާ ފަރާތް ކުރިމަތިން ފެނުމުން އެވަގުތު އެ މާހައުލުން އިވިގެންދިޔަ ޅެން ބައިތުތައް އެ މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފިއެވެ. 11 އަހަރުފަހުން ދެ ހިތުގެ ވެސް ރާނީ ކުރިމަތިން ފައުޅުވީއެވެ. ނަމަވެސް އެކަކަށް ވެސް އަނެކާގެ ހިތުގައިވާ އެއްޗެއް ނޭނގެއެވެ. ބަނަ ކޮޅިގަނޑެއްގެ ފެށުންކަމުގައި މިރޭ ވެގެންދާނެކަން ގައިމެވެ.

“ޒެވް…ކޮން ޙިޔާލެއްގައި” އިވުނީ ރާކިންގެ އަޑެވެ. “ޙިޔާލެއްގައެއް ނޫން..” ކުއްލިއަކަށް ރާކިންގެ އަޑު ކައިރިން އިވުމުން ޒިވިއަން އަވަސް ޖަވާބެއްދީފައި މަޢުޟޫއު އެހެން މިސްރާބަކަށް އަނބުރާލިއެވެ. ނަމަވެސް ރާކިންއަށް ވީގޮތް އިނގެއެވެ. އިތުރު އެއްޗެއް ނުބުނީ މާހައުލުގެ ގޮތުންނެވެ. ރާކިންއަށް ޒިވިޔަން ނުބުންޏަސް ޒިވިޔަންގެ ހިތުގައިވަނީ ކީކޭކަން އިނގެއެވެ. ނޫންނަމަ އެންމެ ގާތް އެކުވެރިޔާއޭ ނުކިޔާނެތާއެވެ.

“މެހެކް…..” މެހެކަށް މީހަކު ގޮވާލުމުން ބަލާލިއިރު ދުރުން ފަލަކް ބާރުމިނުގައި އަންނަތަން ފެނެއެވެ. “އަދިކިރިޔާ އަންނަން އިނގުނީ……” މެހެކް ބުންޏެވެ. “ސާބަހޭ…..އަހަރެން މެހެކްމެނަށްވުރެން ކުރިން އައިސްފިން..އެކަމަކު ދެން ކުޅިގަނޑު ބަލަން މަޑުކޮށްލީ…..ނޫނޭވާ ގަދަ އިނގޭ….އަހަރުމެންގެ ޒުވާން އަންހެން ވިޔަފާރިވެރިޔާގެ ސްޕީޗްލެސް ސްޕީޗް ވަރަށް އޮބި އިނގޭ އަސްލު..” ފަލަކު މެހެކުގެ ބަސްތަކަށް ތަޢުރީފުކުރުމަށްފަހު ދިމާކޮށްލިއެވެ. “ހެއްހެއް…..ސާބަސް” މެހެކް ޖަހާލީ ހިނިގަނޑެކެވެ. “ނޫނެކޭ ހަމަ އަސްލު ވެސް….ބަލާބަލަ ރީތިކަން ހުސްކޮށްގެން ތިބި ޒުވާން ވިޔަފާރިވެރިންގެ ކަޅި ހުއްޓިފައިވަނީ ކޮން ދިމާއަކަށްކަން އިނގޭތަ؟” ފަލަކު ވަށައިގެން މަލަކަށް ދައްކާލަމުން ބުންޏެވެ. ” ސާބަސް ފަލްކީ…ދެން ތިބުނީ މަށަށޭތަ؟” މެހެކްއަށްވީ މިކަން މަޖާކަމަކަށެވެ. “ދެން އެހެން ކާކަށް…..މެހެކް ޤަބޫލުކުރިޔަސް އަދި ނުކުރިޔަސް އެންމެން ވެސް ނޫންކަމަށް ހެދިފައި އެބަލަނީ ކަމަނާފާނަށް…….ނިކަން ބަލާބަލަ ހަސަދަވެރިމޫނުތަކެއް ވެސް ފެނޭ އެބަ……ހީވަނީ މެހެކް އަނދާއަޅިއަށް ހަދާލަފާނެހެން” މޫނަށް ފާޑުފާޑުގެ ވައްތަރުޖައްސަމުން ފަލަކް ބުންޏެވެ. އެބުނީ ވެސް ދޮގު ވާހަކައެއްނޫނެވެ. ހަސަދައަކީ މީހާގެ ހަލާކޭ މީހުން ބުނެއުޅޭ ބަހުގެ މަތިން ހަނދާންކޮށްލާށެވެ. އެފަދަ މޫނުތަކެއް މިރޭ އެބަފެނެއެވެ. “ޖެލަސީ”އޭ މިކިޔާ ބަހުގެ ބާރުހުރި މިންވަރުގެ ކޮޅުމަތި ފެންނަނީއެވެ. މެހެކް ވެސް މިކަން ޤަބޫލުކުރެއެވެ. ނަމަވެސް ރީތިކަމަކީ ﷲޞުބުޙާނަހޫ ވަޠަޢާލާ އިންސާނާއަށް ދެއްވައިފައިވާ އެއްޗެއް ނޫންހެއްޔެވެ؟ ކޮންމެ އިންސާނެއް ވެސް ހައްދާވާފައިވާނީ އެންމެ ރިވެތިވެގެންވާ ސޫރައިގައެއް ނޫން ހެއްޔެވެ؟

މަމްދޫހު ދިޔައީ މެހެކް ގޮވައިގެން އެކި ކުންފުނިތަކުގެ ބޮޑުންނަށް މެހެކް ތަޢާރަފުކޮށްދެމުންނެވެ. ކޮންމެ މީހަކު ވެސް މެހެކްއަށް ތަޢުރީފުގެ ބަހެއް މެނުވީ ނުބުނެއެވެ. ބައްޕަގެ މިސްރާބު ދެންހުރި ދިމާލަށް މެހެކް ބަލާލިތަނުން މެހެކްގެ އެރީތި ހޭޒަލް ކުލައިގެ ކަޅި ގޮސް ބައްދަލުވީ ކަޅުކަންގަދަ މިޔަ ތޫނު ކަޅިއެއްގެ ވެރިއަކަށެވެ. އެ ތޫނު ނަޒަރުން ވެސް މެހެކްގެ ގައިން ހީބިހިނަގައިގެންދިޔައެވެ. އެ ކަޅީގެ ވެރިޔާއާ ކައިރިވީވީނުން މީހާ ދިޔައީ ގަނޑުވަމުންނެވެ. “ޢައްސަލާމްޢަލައިކުމް ޒާލިމް” މަމްދޫހު ޒާލިމްއާ ސަލާންކޮށްފައި ގޮވާލިއެވެ. އޭރު ނިކަން ހިނިއައިސްފައި ބަލްގިސް ވެސް ހުއްޓެވެ. “އަހާ…މަމްދޫހު..ކިހިނެއްތަ؟” ނިކަން ގާތްގޮތަކަށް ޒާލިމް ވާހަކަދެއްކިއެވެ. އެއަޑަށް މެހެކް ވެސް ބަލައިލިއެވެ. ދެކެފަރިތަ މޫނެކެވެ. ނަމަވެސް މެހެކް ހުރީ އެހާ ބޮޑަށް ނަގައިގަންނަން ނޭނގިފައެވެ. “ދަރިފުޅަށް އިނގޭތަ މިއީ ކޮން ބައެއްކަން؟…” މަމްދޫހުގެ ސުވާލުން މެހެކްގެ ނަޒަރު ގޮސް މަމްދޫހަށް ހުއްޓުނެވެ. ޖަވާބުދިނުމުގެ ގޮތުން ދެފަރާތަށް ބޯހޫރާލިއެވެ. “ހެއްހެއް….ދަރިފުޅު ހަނދާން އެބަހުރިތަ ޒާލިމް އަންކަލް އާއި ބަލްގިސް އާންޓީގެ މަތިން….މީގެ 11 އަހަރުކުރިން ދަރިފުޅުގެ ޢުމުރުން 10 އަހަރުގައި އެގެއަށް ގޮސް ކުޅުން ހަނދާނެއްނެތްތަ؟” މިހެން ބުނީމާ ކުއްލިއަކަށް ކަމެއް މަތިން ހަނދާންވާހެން މެހެކްގެ ދުރު ސިކުނޑީގައި ދުރު ހަނދާންތަކެއް ފައުޅުވެގެންދިޔައެވެ.” ހަނދާންވެއްޖެ ދޯ؟….މިއީ ޒާލިމް އަންކަލް އާއި ބަލްގިސް އާންޓީ..ދެން މިހުރީ ޒިވިއަން….އަންކަލް އާއި އާންޓީގެ ދޮށީ ދަރިފުޅު..ދެން އެހެރީ ޒާން….ދަރިފުޅުގެ ޒޫނައްތަގެ ދޮށީ ދަރި” މަމްދޫހު ތައާރަފުކޮށްދިނެވެ.

“ޑިފީ..” މަޑުމަޑުން މެހެކްގެ ތުންފަތް ހަރަކާތްކޮށްފައި ނަމެއް ނިކުތެވެ. ނަމަވެސް މާރަނގަޅަކަށް ސާފެއްނުވިއެވެ. އެހެނަސް ޒިވިއަންގެ ކަންފަތާ ހަމައަށް އެއަޑު ފޯރިއެވެ. ތުންފަތް އެއްއަރިއަކަށް ދެމިލީ އެހެންވެކަންނޭނގެއެވެ. “މި މަންޖެ މިހާރު ހާދަ ބޮޑުވެއްޖެޔޭ ދޯ؟…މެހެކް ދަރިފުޅު އާންޓީމެން ހާދަ ދުރުކޮށްލީ..ގޮވާ ވެސް ނުލާނަންތައް؟” ބަލްގިސް މެހެކުގެ އަތުގައި ހިފާ ކުޑަކޮށް ބައްދާލަމުން ބުންޏެވެ. ކުޑަކޮށް ފަސްޖެހިފައި ހުރެ ނަމަވެސް ބަލްގިސްގެ ސުވާލަށް މެހެކް ޖަވާބުދާރީވިއެވެ.

ހޭޒަލް ކުލައިގެ ކަޅި ކަޅުކަންގަދަ މިޔަ ތޫނު ކަޅިއަކާ ބައްދަލުވިއިރު ތަންކޮޅެއް ދުރުން މަޑުމުށި ކުލައިގެ ކަޅިއެއްގެ ވެރިއެއްގެ ނަޒަރު ވެސް މެހެކަށް ހުއްޓިފައިވާކަން އިނގޭބާއެވެ. ދެ ހިތެއްގައި ތަފާތު ވިންދެއް ޖަހާލިއިރު ތިންވަނަ މީހެއްގެ ހިތުގައި ހަމަ އެއް ވިންދެއް ޖަހާލިކަން އިހުސާސުވޭބާއެވެ. ދެ މާބުރަކަށް ފަޅިވެ ފޮޅިފައިވާ މަލެއްގެ ޖާދުލުގައި ޖެހިފައިވާކަމުގެ އިހުސާސު ކުރާކަން އިނގޭ ހެއްޔެވެ؟  މިއީ ލޯބީގެ ބިންގާއެޅުނު ހިސާބެވެ. “ތިނެސްކަން ލޮއެއްބެގެ” ފެށުމެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ބަދަލު ( ފަހުބައި )

Next

ރޭފަނާ – 2

Next
November 19, 2024

ރޭފަނާ – 2

Previews
November 18, 2024

ބަދަލު ( ފަހުބައި )

6 Comments!

  1. Repunzil says:
    November 18, 2024 at 6:24 pm

    Vv beautiful ❤️❤️❤️🤩🤩🤩
    Loved it
    Curiously waiting for the next part

    1. Mysterious Woman says:
      November 18, 2024 at 6:31 pm

      thank you 🙂 insha allah varah avahah kiyaalan libeyne dhn oii part vx….keep waiting dear… 🙂

  2. gurrrrl says:
    November 18, 2024 at 7:04 pm

    vrh nicee
    i loved itt
    when nxt partt
    cant waitt
    keep it up
    lysm

    1. Mysterious Woman says:
      November 18, 2024 at 7:05 pm

      ohhhh!! thank you 🙂 insha allah soon dear

  3. Maakana kalo says:
    November 19, 2024 at 7:31 pm

    Ooooooh salhi egey. Keep up the work

    1. Mysterious Woman says:
      November 24, 2024 at 2:31 pm

      thanks maakana kalo…..

      yes dear 🙂

Comments are closed.

Next Episodeތިނެސްކަން ލޯބި (12)←


All Right Reserved!