Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (10)

Mysterious Woman Level 310 Stories100 Comments
November 18, 2024 3 Mins Read
4 Comments

ކުއްލިއަކަށް ނޫސްވެރިންތަކުގެ އަޑުތައް އިވެން ފަށައިފިއެވެ. އަންހެން ކުދިންގެ މަޑު ހަޅޭއްތަކުގެ އަޑުވެސްމެއެވެ. ސިއްރު ސިއްރުން “އޯހް..ވާއު” އޭ ބުނެލާ އަޑުއިވިއްޖެއެވެ.

ދިހަވަނަ ބައި

މިމީހުންނަށް މިވަރެއް މިވީ ޒިވިއަން ފެނިގެންނެވެ. ރާއްޖޭގައި މިވަގުތު ވިޔަފާރީގެ ދުނިޔޭގައި އެންމެ އުހުގައިވާ ޒުވާން ވިޔަފާރިވެރިޔާގެ މޫނުފެންނާނެކަމަށް ނޫސްވެރިން މާކުރިން ވެސް ކެމެރާތައް އެދިމާއަށް ފޯކަސްކޮށްފައިވެއެވެ. ޒިވިއަންގެ ރީތިކަން މިރޭ ހާސްގުނަ ފުރިހަމައެވެ. ރޯޔަލް ބްލޫ ކުލައިގެ ވިދާ ސޫޓެއް ލާފައިވާއިރު އަރާފައިވަނީ ކަޅު އެންމެފަހުގެ އޮފިޝަލް ބޫޓަކަށެވެ. އަތުގައި ރޯޔަލް ގަޑިއެއް އަޅާފައިވެއެވެ. އެންމެ ރީތި ފިރިހެންވަންތަ ހިނގުމުގައި ޕީއޭ ލިބާއާއިއެކު ރަތްދޫލަ މަތިން ހިނގާލާފަދާ މަންޒަރު ހާދަ ފުރިހަމައެވެ. ލިބާ ޒިވިއަންއާއިއެކު ދާން ނިންމީ އެގޮތް ބޭނުންވެގެންނެވެ. މި އިވެންޓުގައި ލިބާގެ އާއިލާ ބައިވެރިވިޔަސް ޒިވިއަންގެ އެންމެ ގާތުގައިވުމަށް ލިބާ އަބަދު ވެސް ބޭނުންވެއެވެ. މި މަންޒަރު ފެނުމުން އަންހެން ކުދިންގެ މޫނުތަކުން ހިތާމައިގެ އަސަރުފާޅުވުމުން ލިބާގެ ހިތް އުފަލުން ނަށާލިއެވެ. މީހުންގެ ނަޒަރުގައި ލިބާއަކީ ޒިވިއަންގެ އެންމެ ޚާއްސަ ފަރާތެވެ. ނަމަވެސް އެއީ ލިބާ އެކަނި ޤަބޫލުކުރާ ގޮތެކެވެ. ޒިވިއަން ވެސް ލިބާ އޭގަދަ މުށިކުލައިގެ ސޫޓެއް ލާފަނަޔާއެކި ގެންދަން ބޭނުންވަނީކަންނޭނގެއެވެ.

ޒާން އާއި އާރާގެ ހާލަކީ ވެސްމިއެވެ. ޒާން ވެސް މިރޭ އެތައް ގުނައެއް ފުރިހަމައެވެ. އެންމެ ސްމާޓު ލުކުގައި ފެންނަ ކޮންމެ އަންހެން ކުއްޖަކަށް ހާއި ޖަހާލާ އެއް ލޯ މަރާހަދާލައެވެ. ޒާން ވެސް މިރޭ ހުރީ ގަދަ މުށިކުލައިގެ ސޫޓެއް ލާފައެވެ. އަރާފައިވަނީ ވެސް މުށި އޮފިޝަލް ބޫޓަކަށެވެ. އަތުގައި އެންމެފަހުގެ ގަޑިއެއް އޮތް އިރު ވަރަށް ވެސް ރީއްޗެކެވެ. ޒާން އާއި އާރަ ފެނުމުން ވެސް މީހުންގެ ޤަބޫލުކުރުންތައް ތަފާތެވެ. ހީވަނީ ހަމަ އެންމެ ބެސްޓު ޖޯޑެއް ހެންނެވެ. ނަމަވެސް މިއީ ވަހުމެއްކަމެއް އެއިން މީހަކަށް އިނގޭނީ ކިހިނެއް ހެއްޔެވެ؟ މިކަންކަމާ ޒާން އެހާ އަޅައެއްނުލައެވެ. އެހެނަސް އާރާވަނީ އުފަލެވެ. އާރާ އާއި ލިބާ ވެސް މިރޭ ހުރި ޕާޓީ ހެދުންލާ ނިކަން ނަލަ ވެލައިގެންނެވެ.

އެންމެންނަށް ވެސް ދަރުބާރުގޭ އެތެރެ މާލަމަށް ވަދެވުނީ އެކުއެކީ ކަހަލަ ގޮތަށެވެ. ޒާލިމް ފެނުމުން ޒާލިމް ދަންނަ ގިނަ ވިޔަފާރި ބޮޑުންތައް އައިސް ސަލާން ގަލާޏްކޮށް ހާލު އޮޅުންފިލުވާހަދައެވެ. ޒިވިއަން އާއި ޒާން ފެނުމުން ވެސް ޒުވާން ވިޔަފާރިވެރިން އައިސް ވާހަކަދައްކާ ހަދަންފެށިއެވެ. އެވަގުތު ވެސް ދަރިބާރުގެ އެތެރ މާލަމުގައި ވެސް ނޫސްވެރިންތައް މަންޒަރު ވީޑިޔޯކޮށް ފޮޓޯ ނެގުމުގައި ޙަރަކާތްތެރިވެއުޅެއެވެ.

އަނެއްކާވެސް ތަން ހަލަބޮލިވެއްޖެއެވެ. އެންމެންގެ ސަމާލުކަން ދަރުބާރުގެ ދޮރަށް ހުއްޓިއްޖެއެވެ. ނޫސްވެރިންތައް ހީވި ކެކިގަތްހެންނެވެ. ދެންފެނުނީ ރާއްޖޭގައި ޒެޑްސްއާއި އެންމެ ކައިރިން ވާދަކުރާ ކުންފުނިކަމަށްވާ އެމްސްގެ އިސްވެރިޔާ މަމްދޫހު މުޙައްމަދުގެ އާއިލާވަތްތަނެވެ.  ކެމެރާތަކުގެ ފޮކަސް ވަގުތުން އެދިމާލަށް ދަތުރުކޮށްފިއެވެ. ޒިވިއަންމެން ވެސް ތަންކޮޅެއް ދުރުގައި މި މަންޒަރު ބަލަން ތިއްބެވެ. މަމްދޫހުއާއިއެކު މަމްދޫހުގެ އަތުގައި ހިފާލައިގެންވަނީ މަލައިކާއެވެ. މަލައިކާމެންނާއިއެކު މާއިޒުއާއި ކިޔާރާއާއި ދެމީހުން އަތުގުޅުވާލައިގެންވަނެވެ. މާއިޝްވެސް ވަނީ އެންމެ ރީތި ހިނިތުންވުމުގައެވެ.

މާހައުލުގައި މަޑުމަޑު މިއުޒިކެއްގެ އަޑުހަރުލާފައިވެއެވެ. ކުއްލިއަކަށް ތަން އަނދިރިވެއްޖެއެވެ. ނަމަވެސް އެއްދިމާލަކުން އަލިކަން ފެންނަން ހުއްޓެވެ. ނޫސްވެރިންގެ ސަމާލުކަން މަޑުމަޑުން އެދިމާލަށްދިޔައެވެ. ކެމެރާތަކުގެ ފްލޭޝް ލައިޓުތައް ހަރަކާތްކުރަންފަށައިފިއެވެ. މިކަމަށް ޒިވިއަން އާއި ޒާންގެ ސަމާލުކަންވެސް ވަނީ ހުއްޓިފައެވެ. އެންމެންގެ ހިތްތަކުގައި ވަނީ ސުވާލުމާކެއް ހަރުލާފައެވެ. ޔަޤީނުން ވެސް ކެމެރާތަކުގެ ފޯކަސް އެދިމާލަށް ހުއްޓޭނީ ބަޔަކު އަންނާތީތާއެވެ. ދެން އެދޮރުން ވަންނާނީ ކާކުބާއޭ ހިތާ ހިތާ ސުވާލުކޮށްކޮށް ތިއްބާވަނީ ކުޑަކުޑަ އަންހެން ކުއްޖެކެވެ. ވަރަށް ރީތި ވައްތިރި ތިރިއަށް ފުއްޕާލައިފައިވާ ހުދު ހެދުމެއްގައިވާ އަންހެން ކުއްޖެކެވެ. ހީވަނީ ކުޑަކުޑަ ޢަމީރާއެއްހެންނެވެ. އެންމެންގެ ހިތަށްއެރިއެވެ. ނޫސްވެރިން މިވަރުވީ ކުޑަކުޑަ ކުއްޖެއް ފެނިގެންބާއެވެ. ނަމަވެސް އެ ހީކުރުންތައް ދޮގުކުރީ އެ ކުޑަ އަންހެން ކުއްޖާގެ އަތުގައި ހިފާލައިގެން އެދޮރުން ވަތް ފަތްމިންޏެއްހާ ރިތި ހޫރުޕަރީއެއްފެނުމުންނެވެ. މެރޫންކުލައިގެ ޕާޓީ ސްޓައިލަށް ފަހާފައިވާ ތިރިއަށް ފުޅާ ޖަމްޝޫޓެއްލައިގެން މެރޫންކުލައިގެ އުސްކަށިލީ ފައިވާނަކަށް އަރާފައިވެއެވެ. ބޮލުގެ އިސްތަށިގަނޑު މައްޗަށްނަގާއި އައްސާލާފައިވާއިރު ކުރިމަތިން އިސްތަށި ކޮޅުތައް ވައްޓާލާފައިވެއެވެ. ކަންފަތުގައި ޑައިމަންޑު އެސްތަކެއްޖަހާފައި އެލިފައިވާ ކަންފަތުލާ އެތިކޮޅެއް ދެ ކަންފަތުގައި ލައްވާފައިވާއިރު ކަރުގައިވަނީ ހަމަ އެކުލައިގެ ހާރެކެވެ. ތުންފަތުގައި މެރޫން ކުލައިގެ ލިޕްސްޓިކެއް ޖައްސާފައިވާއިރު ކޮށްފައިވަނީ އެހެދުމާ އެންމެ ގުޅޭ މޭކަޕެކެވެ. ވައަތުން ރަންކުލައިގެ ކްލަޗެއް ހިފައިގެން ކަނާތުން އެ ކުޑަ އަންހެން ކުއްޖާގެ އަތުގައި ހިފާލައިފާއިރު މޮޑަލަކަށް ދޫނުކުރެއެވެ. އާދެ، އެ ދޮރުންވަތް ދެމީހުންނަކީ މާއިޒު އާއި ކިޔާރާގެ ދަރިފުޅު މިޝާ އާއި މަމްދުހާއި މަލައިކާގެ ހުރިހަމައެކަނި އަންހެން ދަރިފުޅު މެހެކެވެ.

ޒިވިއަންމެންނަށް އެވަތް ބައެއް ނުފެނުނީ ކާކުގެ ނަޞީބަކުން ކަމެއް ނޭނގެއެވެ. އެކުއްޖާގެ ވަށައިގެން ނޫސްވެރިން ހަރަކާތްތެރިވަމުންދާކަން ފާހަގަކުރެވުނެވެ. ނަމަވެސް ހައިރާންވާންޖެހުނީ ނޫސްވެރިން ފަހަނައަޅާ ގޮސް އެބައެއްގެ ކުރިމައްޗަށް ހުއްޓުނު މަމްދޫހު ފެނުމުންނެވެ. އޭރު މާއިޒުމެން ކައިރިއަށް މިޝާ ގޮސް ހުއްޓިއްޖެއެވެ. މަމްދޫހު މެހެކުގެ އަތުގައި ހިފައިގެން ކުރިއަށް އަންނަ ވަރަކަށް މަންޒަރު އިތުރަށް ސާފުވެގެންދިޔައެވެ. މިއީ ކޮން ކުއްޖެއްބާ؟ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މަމްދޫހު މުޙައްމަދު މި ކުއްޖާ ދަންނަނީ ކިހިނެއްބާ؟ ފެންނަ މަންޒަރުތަކުން ހީވަނީ ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތެއްހެން. މިހާ ފުރިހަމަ ރީތި ޖިންސުއްލަތީފެއް މި މުޅި ރާއްޖެއިން ވެސް ފެންނާނެކަމެއްނޭންގެ. އެކި މީހުންގެ ދޫތަކުން އިވެނި އެކި އަޑުއަޑެވެ. މި ވާހަކަތައް ޒިވިއަންމެންނަށް ވެސް އަޑުއިވުނެވެ.

“މިސްޓަރ މަމްދޫހު….މިއީ ކޮންކުއްޖެއް ތޯ؟” އެންމެންގެ ސަމާލުކަން ހުއްޓުނީ ނޫސްވެރިއެއްގެ ސުވާލަކަށެވެ. މަމްދޫހުގެ ތުންފަތްމަތިން ހިނިތުންވުމެއް ފައުޅުވެލިއެވެ. “މިއީ ވަރަށް މުހިއްމު ފަރާތެއް….އަޅުގަނޑުގެ ދެ ލޮލުގެ ނޫރު…ލެއާއި ގުޅިފައިވާ ވިންދު…ރޯޒް ގާޑަންގެ ދިރިހުރުން….އެތައް އަހަރުތަކެއްފަހުން ދުރުގައިހުރުމަށްފަހު އަޅުގަނޑުގެ ވިޔަފާރީގެ އެއްފަޅިގައި އެންމެ ކައިރިން ހަރަކާތްތެރިވާނެ ފަރާތެއް މިއީ…….އަދި އަޅުގަނޑުގެ ވިޔަފާރީގެ އެންމެ ބޮޑު ހިއްސާވެރި ފަރާތްވެސްމެ…އާދެ، އަޅުގަނޑާއި މަލައިކާގެ އެންމެ ހަގު އަދި ހުރިހަމައެކަނި އަންހެން ދަރިފުޅު…މަރިޔަމް މެހެކް މަމްދޫހު” މަމްދޫހުގެ އަޑާއިއެކު މުޅި އެތަން ހިމޭންވެ ހައިރާންކަމުގެ ކުލަވަރު ފައުޅުވެލިއެވެ. ވާނީވެސް އެހެންކަން އިނގެއެވެ. މެހެކްއަކީ ވިޔަފާރީގެ ދުނިޔެއަށް އާ ފަރާތެއްތާއެވެ. ނަމަވެސް އެންމެންނަށް ވެސް އިނގޭ ހަޤީޤަތަކީ މަމްދޫހުގެ އަންހެން ކުއްޖެއް ހުންނަކަމެވެ. ނަމަވެސް ދުވަހަކު ވެސް ފެނިފައިނުވާއިރު މިރޭ މަމްދޫހުގެ އެއްފަޅިގައި އެންމެ ގާތުގައި މެހެކް ހުރުމުން ހައިރާންވާނެއެއްނޫން ހެއްޔެވެ؟ “މިއީ މިސްޓަރ މަމްދޫހުގެ ދަރިކަނބަލުން ތޯ؟” ނޫސްވެރިއަކު ކުރި ސުވާލަށް މިފަހަރު މަމްދޫހު ޖަވާބުދިނީ ބޮލުންނެވެ. “ކީއްވެގެން ތޯ…މިސް މެހެކް މީޑިޔާތަކުން ނުފެންނަނީ؟….ރާއްޖޭގައި ނޫޅުއްވަނީ ތޯ؟” އަނެއްކާ  ވެސް ނޫސްވެރިއެއްގެ ސުވާލެވެ. ނަމަވެސް ސުވާލު އަމާޒުވީ މެހެކަށެވެ. މެހެކް މަމްދޫހުގެ މޫނަށް ބަލައިލިއެވެ. ބައްޕަގެ އެ ނަޒަރުގެ މާނަ ވަގުތުން މެހެކަށް އިނގިއްޖެއެވެ. ވަށައިގެން ބަލައިލާފައި ކުރިން ސުވާލުކުރި ނޫސްވެރިޔާއަށް ޖަވާބުދޭން ތައްޔާރުވެލިއެވެ. އެންމެން ވެސް ތިބީ މެހެކްގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އެ ހޫރުޕަރީގެ އަޑުއަހާލާ ހިތުންނެވެ. މެހެކް ފުން ނޭވާއެއް ލުމަށްފަހު ޖަވާބުދޭން އަނގަހުޅުވާލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 8

Next

ބްލަޑް 2 (15)

Next
November 18, 2024

ބްލަޑް 2 (15)

Previews
November 18, 2024

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 8

4 Comments!

  1. Scarlet says:
    November 18, 2024 at 1:30 pm

    Vrh reethi mibai vx
    Whn nxt?

    1. Mysterious Woman says:
      November 18, 2024 at 5:03 pm

      hehe thanks….insha allah soon 🙂

  2. gurrrrl says:
    November 18, 2024 at 3:56 pm

    mashallah vrh reethi
    7,8,9,10 alhugandhu kiyaali ehkoh kamun comment mi kohlee hama ekani mi part ahh
    vrh furihama vrh interestingg …. btw when next part curiously waitingg
    keep it up love you 😍

    1. Mysterious Woman says:
      November 18, 2024 at 5:05 pm

      thanks a lot..these comments gives me motivation to complete the whole story…insha allah v.avahaha annehka vx kiyaalan libeyne…keep waiting nd support me…luvs from M.W 🙂

Comments are closed.

Next Episodeތިނެސްކަން ލޯބި (11)←


All Right Reserved!