Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (7)

Mysterious Woman Level 310 Stories100 Comments
November 18, 2024 4 Mins Read
1 Comment

އާދުވަހަކަށް އިރުފެނުންތޮޅެލިއިރު ޒިވިއަން ހުރީ ފޯރ ޒެޑް ކުންފުނީގެ އިމާރާތުގެ އޭނާގެ ކެބިންގައެވެ. ކެބިންގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. “ކަމިން..” ޒިވިއަން މިހެން ބުނުމުން ކެބިންގެ ދޮރު ހުޅުވާލުމަށްފަހު އިރުކޮޅަކުން އާވިއަރައަރާހުރި ކޮފީ ތަބަށް ހިފައިގެންވަނީ އޭނާގެ ޕީއޭ ލިބާއެވެ. ޒިވިއަން ކުރިމައްޗަށް ކަޅިއެއް އެއްލާފައި ނިކަން އަވަހަށް ކުރަން ހުރި މަސައްކަތަށް ރުޖޫޢަވެއްޖެއެވެ. މިތަންފެނި ލިބާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. ހިތަށް އެރިއެވެ. ޒިވިއަންއަށް އަހަރެންގެ ހިތުގައި މިވާ އެއްޗެއް ނޭނގެނީ ހެއްޔެވެ؟ ކުޑައިރުއްސުރެން އަހަރެންގެ ހިތުގެ ލަޤަންދޫވެފައިވަނީ ތިބާއަށްކަމެއް ކުޑަކޮށް ވެސް ނޭނގޭ ހެއްޔެވެ؟ އެއްފަހަރު ހަމަ އެންމެފަހަރަކު ވެސް ރުހުމުގެ ލޮލަކުން އަހަރެންގެ މި ދެ ލޮލަށް ބަލާނުލާނީ ހެއްޔެވެ؟ ތިހާ ފަރުވާ ކުޑައީ ކީއްވެ ހެއްޔެވެ؟ ނަމަވެސް މި ވާހަކަތައް ހިތުތެރޭގައި އެނބުރުނަސް ޒިވިއަންގެ ކަންފަތާއި ހަމައަށްދާނެ ހެއްޔެވެ؟ ފުން ނޭވާއެއްލުމަށްފަހު ލިބާ ގެނައި ތަބަށް ކޮފީ މޭޒުމަތީ ބަހައްޓަމުން ޒިވިއަންއާއި ވާހަކަދައްކަން ފެށިއެވެ. “ޒޭވް..މިއަދުގެ މެންދުރުފަހު އެއްގަޑި ބައިގައި އެމްސް ކުންފުނީގެ އިސްވެރީންނާއިއެކު ވަރަށް މުހިއްމު ބައްދަލުވުމެއް އެބައޮތް….އެމްސް ކުންފުންޏަކީ އަހަރެމެންނާ ޖެހިގެން ރާއްޖޭގައި މިވަގުތު އެންމެ އުހުގައިވާ ކުންފުނި….އެންމެ ފަހުގެ ބްރޭންޑުތަކުގެ ކާރުތަކާއި…އަންހެން ބްރޭންޑުގެ އެކިވައްތަރުގެ ފަހުގެ ވާޝަންގެ ކޮސްމެޓިކްސްއާއި މި ނޫން ވެސް ތަކެތި އެތެރެކުރާ ބަޔަކީ އެއީ….ޒެޑްސް އާއި އެމްސް ގުޅިގެން ޕްރޮޖެކްޓެއްފަށައި ވާހަކަ އަންކަލް ވިދާޅުވިއެއްނުން….އެވާހަކަ ދައްކަން ކަންނޭނގެ މި ބައްދަލުވުމުގެ ބޭނުމަކީ” ލިބާ އެހުރިހާ ވާހަކައެއް ދެއްކި އިރު ވެސް ޒިވިއަންއަށް އިނދެވުނީ ސްޓެޗޫއެއްހެން ހަރަކާތެއްކުރަން ނޭނގިފައެވެ. ކުއްލިއަކަށް ލިބާއަށް ބަލާލި ގޮތަށް ބަސްހުއްޓިފައެވެ. “އެމްސް ކުންފުނި….” ޒިވިއަންގެ އަނގައިން ހަމައެކަނި ނިކުތް ލަފުޒަކީ މިއީއެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟

ހަތްވަނަ ބައި

“ޒޭވް..ޒޭވް..ޒިވިއަން” ދެ ތިން ފަހަރަކު ޒިވިއަންއަށް ލިބާ ގޮވާލިފަހުން ހޭވެރިކަމެއްވީ މީހެއްހެން އެސްފިޔަތައް ތަޅުވާލާ މީހާ ނިކަން އަވަހަށް ހަމަޖެހިލައިފިއެވެ. ލިބާ ހުރީ ޒިވިއަންއަށް މިއައި ބަދަލާމެދު ވިސްނަންށެވެ. ޒިވިއަންގެ ޢަމަލުތަކުން ނަގަންވީ މާނައެއް ނޭނގިފައެވެ. އެކަމު އިނގޭހާ ވެސް އެއްޗަކީ ބޮޑު ކަމެއް ވެއްޖެކަމެވެ. އަނެއްކޮޅުން ޒިވިއަންގެ ހާލަކީ ތޯއެވެ. ލިބާ އެކީ ނަމަކުން މުޅި މީހާ އެކަށް ފިނިވެއްޖެއެވެ. ‘އެމްސް” އޭ ބުނުމުން ޒިވިއަންގެ ދުރުވިސްނުމަށް އަންނަނީ ހަމަ އެންމެ މީހެއްގެ ނަމެކެވެ. ސިފަވަނީ އެންމެ ސޫރައެކެވެ. އެކަމަކު އެއީ ކުޑަކުއްޖެއްގެ ތަސްވީރެކެވެ. މިހާރު އޭގެފަހުން އެތައް އަހަރެއް ފާއިތުވެގެން ގޮސްފިއެއްނޫން ހެއްޔެވެ؟ އެކަމަކު ވެސް ޒިވިއަންގެ ހިތާއި ނަފުސުގެ ހަމަޖެހުން ހަމައެކަނި އެނަމުން ވެސް ނަގައިލައިފިއެވެ. ލިބާ އެތާ ހުރެ ހުރެފައި ކެބިން އިން ނިކުމެގެން ދިޔަ އިރު ވެސް ޒިވިއަންއަކަށް ނޭނގުނެވެ.

ޒިވިއަންގެ ކެބިންއިން ނިކުމެގެން ފުން ވިސްނުމެއްގައި ކުރިއަށް ހިނގައިގަތް ލިބާއަށް ފައިނެންސް ސެކްޝަންގެ ހެޑް އަދި ލިބާގެ ބައްޕަ މަންސޫރު ގޮވާލި އަޑު އިވުނުހެނެއް ހިޔެއްނުވެއެވެ. ލިބާ ސިއްސައިގެން ދިޔައީ މަންސޫރު އައިސް ލިބާއާ ހަމަކޮށް ވާހަކަދައްކަން ފެށުމުންނެވެ. “ދަރިފުޅާ ކިހިނެއްވީ؟….ޒިވިއަން އަނެއްކާ އެއްޗެކޭ ބުނީތަ؟” މަންސޫރުގެ ސުވާލުތަކާ ލިބާ ކުރިމަތިލާންޖެހުނެވެ. ‘ނޫނޭ ބައްޕާ..މިދެން ބުރަ ދުވަހަކަށްވީތީ ކުޑަކޮށް ވަރުބަލިވެފަ ހުރީމަ ހީވިގޮތް ކަންނޭނގެ” ލިބާ މަތިއޮމާންކޮށްލިއެވެ. ނިކަން ފަސޭހައިން މަންސޫރު ލިބާ ދެއްކި ވާހަކަ ޤަބޫލުކޮށް ރަނގަޅަށް އުޅުމަށް ނަޞޭހަތްތެރިވެފައި އެތަނުން ދިޔައެވެ.

އެމް.އެޗް.ޓޫއީ.ކޭގެ ކުރިމައްޗަށް ކަޅު ކުލައިގެ ޕްރައިވެޓް ކާރެއް މަޑުކޮށްފިއެވެ. އެ ކުންފުނީގެ ބޭރުގައި ސެކިއުރިޓީއަކަށްހުރި މީހާ އައިސް ދޮރުހުޅުވާލަދިނުމުން ކާރުން ފޭބި ދެ ޒުވާނުންނަށް ގިނަ ބައެއްގެ ނަޒަރުވަނީ ހުއްޓިފައެވެ. ހޭންޑްސަމް ލުކްއެއްގެ ވެރި މާއިޝްގެ ބެލުމަށް ފިދާވާ ކުދިންނެއް ވެސް ވަކި މަދެއް ނޫނެވެ. އެމްސްގެ ކުންފުނިތަކުގައި މާއިޒްގެ ނަމަށްވުރެން މާއިޝްގެ ނަން އަޑުއިވޭ ފަހަރުތައް ގިނައެވެ. ގިނައީ އަންހެން ކުދިންގެ ދޫތަކުން އެނަން އިވޭލެއް ގިނަކަމެވެ.

އެމް.އެޗް.ޓޫއީ.ކޭއަކީ އެމްސްގެ ހުރިހާ ކުންފުނިތަކުގެ މައިތަނބެވެ. އަދި މިއީ އެމްސްގެ ވިޔަފާރިތަކުގެ އެންމެ ގިނަ ހިއްސާ އޮންނަ ވެރިފަރާތުގެ ކުންފުންޏެވެ. ނަމަވެސް މިކަން ޢާންމުންނަކަށް އަދި މީޑިޔާތަކަށް ވެސް ނޭންގޭނެއެވެ. އެހެނިހެން ކުންފުނިތަކުގެ ވެރިންނަށް ވެސް ނޭނގޭނެއެވެ. ހުދު އެމް.އެޗް.ޓޫއީ.ކޭގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކަށް ވެސް އެމީހުންގެ އަސްލު ވެރިޔަކީ ކާކު ކަމެއް ކިހިނެއް ހުންނަ މީހެއް ކަމެއް ވެސް ނޭނގެއެވެ. އެމީހުން ހީކުރާ ގޮތުގައި އެމްސްގެ މި ގޮތްޕަކީ މަމްދޫހުގެ ތަނެކެވެ. ސަބަބަކީ މިތަނުގެ އިސްވެރިޔެއްގެ ގޮތުގައި ތަނާއި ހަވާލުވެ ހުންނަނީ މަމްދޫހުކަމަށްވާތީއެވެ. ކުޑަމިނުން ޒެޑްސްއިން ވެސް ހީކުރަނީ އެމްސްގެ މެއިން ހެޑް އިމާރާތަކީ މަމްދޫހުގެ ތަނެއްކަމުގައެވެ. މާއިޝް މެހެކް ގޮވައިގެން ސީދާ މި އިމާރާތަށް އެއައީ ސަބަބެއްނެތިއެއްނޫނެވެ.

މާއިޝްގެ ފަހަތުން މެހެކް ވަށައިގެން ތަންތަން ބަލަމުން މާއިޝް ދާ މިސްރާބަކަށް މެހެކް ވެސް ދެއެވެ. އެ ވަގުތުކޮޅުގައި ވެސް އަންހެން މުވައްޒަފުންނާއިދިމާލަށް އެއްލޯ މަރާލާ ތިމާގެ ހުރި މޮޅުކަމާއި ޝާހީކަން ދެއްކުމުގައި މާއިޝް އުޅުނެވެ. މި ތަން ފެނި މެހެކަށްވީ މަޖަލެވެ. ނަމަވެސް މެހެކަށް ފާހަގަވީ އަނެއް ތަންކޮޅަކީ މެހެކް ފެނުމާއިއެކީ އެ ހުރިހާ މުވައްޒަފުންގެ މޫނުތަކުން ހައިރާންކަން ފައުޅުވާންހުރިކަމެވެ. ޚާއްސަކޮށް ފިރިހެން މުވައްޒަފުންގެ ހަރަކާތްތަކުން މެހެކް ހުރީ މަޖާ ވެސްވެފައެވެ. އަދި ކޮންމެވެސް ވަރަކަށް އުދަނގޫ ވެސްވެފައެވެ. އެބެލުންތަކުގައިވަނީ ރީތި ފަތްމިނި ކަނބަލެއް ފެނުމުން ބަލަން ތިބޭހެން އާޝޯހުވެފައެވެ. ހެޔޮވަރު އިސްކޮޅަކާއި މޮޑަލަކަށްދޫނުކުރާނެހައި އަންހެންވަންތަ ހަށިގަނޑެއް މެހެކަށް ލިބިފައިވަނީ ޔަޤީނުން ވެސް މެހެކްގެ މަންމަ މަލައިކާގެ ފަރާތުންކަން ގައިމެވެ. މަލައިކާ އަކީ ވެސް ޒުވާން ދުވަސްވަރުގެ ރީތީގެ ރާނީއެކެވެ. އަންހެން މުވައްޒަފުންގެ ޢަމަލުތަކުން ހަސަދަވެރިކަމާއި ރުޅިވެރިކަން ފެންނަމުންދަނީ ކީއްވެ ކަމެއް މެހެކަށް ނޭނގުނެވެ. ދެން ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ވަރަށް ހެވިފައި ހުރެ މާއިޝްއާއި އެއްވަރަކުރުމަށްފަހު އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެވެ. “އެމީހުން ހީކުރަނީ ތީ ކުޑަބެގެ ޖީއެފް ކަމަށް…އެހެންވެ ފިއްސާލާނެހާ ގަދައަށް ރުޅިއައިސްގެން އެތިބީ….އެމީހުންނަކަށް ނެނގޭނެ އެއްނުން މެހެކަކީ ކާކު ކަމެއް….އެމީހުންގެ މުސްތަޤުބަލުގެ ވެރިޔާ ކަމެއް” ވެރިޔާ އެތަންކޮޅަށް ދަމާލަމުން މާއިޝް ބުނެލިއެވެ. މެހެކުގެ ގާތަށް އައީ ޒާތެއްގެ ނުލަފާ ހިންޏެކެވެ. އެކި ވާހަކައިގައި ތިބެގެން އެ އިމާރާތުގެ ހުރިހާ ބަޔަކަށް އަރާ ތަނުގެ ހުރިހާ ސެކްޝަންތަކަށް ގޮސް ވާނުވާ މެހެކަށް މާއިޝް ކިޔައިދިނެވެ. އެއަށްފަހު އެ އިމާރާތުން ނިކުންނަން ދެމީހުން ވެސް މިސްރާބުޖެހިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތުގެ އުފާ ލިބިގަތުމަށް ތަކައި އާއިލާއެއްކޮށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފުލުސް އިމާރާތުގެ ކުރިމައްޗަށްވާ ގޮތަށް ހުރި ސެންޓްރަލް ޕާކުގައި މީހުން އެހާމެ ގިނައެވެ. ކުޑަކުދިން ގޮވައިގެން އުޅޭ މީހުންނާއި ލޯބިވެރިންނާއި ފުރިހަމަ އާއިލާތަކުގެ މީހުންނެވެ. އެއްބަޔަކު ފޮޓޯ ނަގަމުންދާއިރު އަނެއްބަޔަކު މީރު ބިލަތާއި ކާއްޓާއި ކުރޮޅީގެ ރަހަތަކުން އުފާ ހޯދަމުންދެއެވެ. ބައެއްމީހުން އައިސްކްރީމާއި މެގުނަމްފަދަ ތަކެތިންނެވެ. މީގެ ތެރެއިން އެއްބަޔަކަށް ޔަޤީނުން ވެސް ޒާން އާއި އާރާވާނެއެވެ. އާރާއަކީ ޒާންގެ ކުޑައިރުގެ ގާތް އެކުވެރިޔެއް އަދި މިހާރު ޒާންގެ ޕީއޭ ވެސްމެއެވެ. މި ދެމީހުން ފެނުމުން ހީކުރާނީ ވެސް ދެ ލޯބިވެރިންހެނެވެ. އެހާ ވެސް ގުޅޭ ޖޯޑެއްކަމަށް ގިނަ ބަޔަކު ޤަބޫލުވެސް ކުރެއެވެ. ނަމަވެސް ޒާންއަށް މިކަންވަނީ މަޖަލަކަށެވެ. އެހެނަސް އާރާގެ މޫނުމަތިން ލަދުވެތިކަންނޫން އެއްޗެއްނުފެނެއެވެ. ހިތުގެ ރަސްގެފާނު ކައިރީގައި އިނުމުންނާއި ޒާންއާއި މިހާ ކައިރީގައި އެކުވެރިއެއްގެ ހައިސިއްޔަތުން ވެސް އިނުމުގެ ފުރުސަތު ލިބުމުން އޭގެ ބޭނުންކުރަންވާނެތާއެވެ.

“ޒޭން އެމްސް ކުންފުނީގެ މީޓިން މާދަމާއަށް ފަސްކުރެވުނީ ދޯ”…..އަޑުއެހިން އެމީހުން ފަހުވަގުތު މީޓިން ފަސްކޮށްލި ވާހަކަ…ކީއްވެބާ؟” އާރާގެ ވާހަކައިން ޒާން ކާން އިން މެގުނަމް ވެސް ކިރިޔާ ނުވެއްޓުންކަމެވެ. “އެމްސް…” ޒާންގެ ދުލުން ނިކުތީ މިހެންނެވެ. ނަމަވެސް ނިކަން އަވަހަށް މޫނުމަތީގެ ޝުޢޫރުތައް ފަރުދާކޮށްލައިފިއެވެ. ނިކަން ކުޅަދާނައީތާއެވެ. ނަމަވެސް ޒާންއަށް ފުން ނަޒަރަކުން ބަލަން އިން އާރާއަށް މި ކުޑަ ކުޑަ ޢަމަލު ވެސް ވަންހަނާވާނެ ހެއްޔެވެ؟ ނަމަވެސް އިތުރަށް އެ މަޢުޟޫއުއަށް ވާހަކަދައްކަން ގަސްދެއްނުކުރިއެވެ.

އެމްސް ކުންފުންޏޭ ބުނުމުން ޒިވިއަން އާއި ޒާން އަށް މިވަނީ ކީއް ހެއްޔެވެ؟ އެ ނަން އަޑު އިވޭ ހިނދު ވައިރޯޅި ވެސް މަޑުޖެހިލާފާނެހެން ހީވަނީ ކީއްވެ ހެއްޔެވެ؟ ޔަޤީނުން ވެސް މި ނަމަކީ އެ ދެ ޒުވާނުންގެ ޙަޔާތާއި ގުޅިލާމެހިފައިވާ ނަމެއްކަން ގައިމެވެ. ދުރު ހަނދާންތަކެކެވެ. އެހެނަސް އެތައް އަހަރެއް ކުރިންނެވެ. ޔަޤީނުން ވެސް މި ނަމުގެ ފަހަތުގައި “ބޮޑު ސިއްރެއް” ވެދާނެކަން ކަށަވަރެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ބްލަޑް 2 (13)

Next

ޖިންނިއެއްގެ ދުލުން

Next
November 18, 2024

ޖިންނިއެއްގެ ދުލުން

Previews
November 17, 2024

ބްލަޑް 2 (13)

One Comment

  1. Maakana Kalo says:
    November 18, 2024 at 7:15 pm

    Salhi miss very intrigued right now.

Comments are closed.

Next Episodeތިނެސްކަން ލޯބި (8)←


All Right Reserved!