Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފިނި ހިތް 20

-----queen----- Level 1
August 29, 2024 8 Mins Read
6 Comments

ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރި ކިރާގެ އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމާއެކު އެކަމަށް ތައްޔާރުވެގެން ހުރި މީހެއް ފަދައިން އެޔަށް ޖަވާބު ދިނެވެ.މިނުޓެއްހާއިރު ފަހުން އިވުނީ މީހެއްގެ ފިޔަވަޅުތަކެއްގެ އަޑެވެ.އެއީ ޔޫވިންކަން އެނގުމާއެކު ފުރަގަސްދީގެން ހުރި ކިރާ އެނބުރިލިއެވެ.އެ ތުންފަތްމަތީގައި ކުޅެލާފައިވަނީ ނުލަފާ ހިނިތުންވުމެކެވެ.ބުރުގާ ނާޅާ ހުރުމުން އޭނާގެ ދޫކޮށްލެވިފައިވީ މެރޫން ކުލައިގެ ދިގު އިސްތަށިގަނޑު ވަޔާއި ވިހުރެމުން ދިޔަ މަންޒަރު މީހަކު އާޝޯޙު ކުރުވާހާ ރީއްޗެވެ.”ކޮބާ އަހަރެންގެ ހަދިޔާ ކަމުދިޔަތަ؟”ކިރާ ބުންޏެވެ.އެޔާއެކު ޔޫވިން އޭނާގެ ގާތައް ފިޔަވަޅެއް އަޅާލަމުން ފުރަގަހަށް ލައިގެން ހުރި އޭނާގެ އަތް ކުރިމައްޗައް ގެނެސް އަތުގައި އޮތް ފަތްޖަހާލެވިފައިވާ ކަރުދާސްގަނޑު ދައްކާލަމުން އެއީ ކޯއްޗެއް ހެއްޔޭ އެހިއިރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.އެޔާއެކު ކިރާ ދުރު ބަލައިލިއެވެ.

ޔޫވިންގެ އަތުގައި އެ އޮތީ އޭނާ ޝިރުވާއާއި އިނދެގެން ހުރެ މީގެ 3 އަހަރު ކުރިން ދަރިއަކު ހޯދުމަށްޓަކައި ހެދި ޓެސްޓުތަކުގެ ނަތީޖާއެވެ.ނަމަވެސް މިވަގުތު އޭނާގެ އަތުގައި އޮތް ނަތީޖާއިން އޭނާއަކީ އެފަދަ އެއްވެސް މައްސަލައެއް ހުރި މީހެއް ކަމަކަށް ނުދައްކައެވެ.އެހެން ވާނީ ކިހިނެތް ހެއްޔެވެ؟ ”ކިހިނެތް މީތި ހޯދީ؟”ޔޫވިން ކުރެހިފައިވީ އަޑަކުން އެއްސެވެ.އެޔާއެކު ކިރާގެ ހަދާންތައް ދަތުރުކުރީ އަމާނާ ހޮސްޕިޓަލަށް ގެންގޮސްގެން އުޅުނު ރެޔަށެވެ.

އޭގެ 3 ދުވަސް ކުރި
******
ކައިޝާން އެ މީހުން މި ދަނީ ކަމަށް ބުނެ ފޯނު ބޭއްވުމުން ކިރާ އެނބުރި އަމާނާ ގާތައް ދާން ހިނގައިގަތެވެ.ނަަމަވެސް އެއްލި ކަޅިއަކުން ތަންކޮޅެއް ދުރުގައި ހުރި ގޮނޑިބަރިއެއްގައި އިށީނދެލައިގެން އިން މީހާ ފެނުމުން އޭނާގެ ލޭކެކިގަތެވެ.”ޝިރުވާ”ކިރާއަށް ކިޔާލެވުނެވެ.ކަކުލާއި ހަމަޔަށް އަންނަ މިޑީއެއްގައި އިންއިރު މޫނުމަތީގައި މޭކްއަޕް ކުރެވިފައިވާލެއް މަދެއް ނޫނެވެ.ބަލާބެލުމަށް އެއްވެސް އުނި ސިފައެއް އޭނާގެ ގަޔަކު ނެތެވެ.ކިރާ ޤަބޫލުކުރާ ގޮތުގައި ޔޫވިންއާއި އޭނާގެ ދޭތެރެއަށް ވަނީ ޝިރުވާއެވެ.އެހެނީ ޝިރުވާ ޔޫވިންގެ ހަޔާތައް އައީވެސް ކިރާ ޔޫވިންގެ ހަޔާތުގެ ޙިއްސާއެއްގެ ގޮތުގައި ހުންނަތާ 2 އަހަރު ފަހުންނެވެ.ދުނިޔެ ކޮންމެ ގޮތަކަށް ދެކުނަސް ހަޤީގަތް ވާނީ ހަޤީގަތަށެވެ.ޝިރުވާއަށް ވުރެ ބޮޑަށް ޔޫވިންގެ އަނތްބަކަށް ވުން ހައްޤުވެގެންވީ ކިރާއަށެވެ.މިއަދު ޔޫވިން އޭނާ ދޫކޮށް ދިޔައީ ޝިރުވާއާއި ހެދިއޭ ބުނެފިއްޔާމުން އެތައް ބަޔަކު އަންނާނީ ހިނިކަން ޔަޤީނެވެ.ކިރާގެ ދިގު އިސްކޮޅާއި އަންހެންވަންތަ ވަނާތަކުގެ ސަބަބުން އޭނާ ބޮޑަށް ވައްތަރީ ހޫރަކާއެވެ.އޮމާން ދޮން ހަންގަނޑުގެ ސަބަބުން އޭނާއަކީ ޔޫރަޕު ހިސާބުގެ ކުއްޖެއް ކަމައް ހީކުރާ މީހުންވެސް އުޅެއެވެ.މިއަދު ކިރާ ލިބިއްޖެ ފިރިހެނަކު އޭނާ ދޫކޮށްލަން ފަސްޖެހޭނޭ ކަމާމެދު ޝައްކެއް ނެތެވެ.އޭނާ ކުރިން ހުރިގޮތް ފެނުނު މީހުންނަށް މިއަދު އޭނާ ފެނުމުން އެއީ ކިރާ ކަމެއް ނުވަތަ ނޫންކަން ވަކިކުރާކަށްވެސް ނޭނގޭނެއެވެ.އެހާވެސް ކިރާ ވަނީ ބަދަލުވެފައެވެ.

ކިތަންމެ ރުޅިއެއް އަޔަސް އަޅައިނުލައި ކުރިއަށް ހިނގައިގަތް ކިރާގެ ފިޔަވަޅުތައްް ހުއްޓުމަކަށް އައީ ޝިރުވާ އޭނާގެ ގާތުގައި އިން މީހާއާއި ދައްކަން ފެށި ވާހަކައެއްގެ ސަބަބުންނެވެ.އެވަގުތު ކިރާ ހުރީ އެމީހުން އިން ގޮޑިބަރީގެ ގާތުގައި ހުރި ފާރަށް ލެނގިލައިގެން ފުރަގަސްދީގެން ކަމުން ޝިރުވާއަކަށް ކިރާއެއް ނުފެނެއެވެ.”މައި އެކްސް ހަޒް ޔޫވިން.ހީ ވޯޒް ސޯ ބޯރިންގް.އަބަދު ވޯކް ވޯކް ވޯކް.އެންޑް ހިޒް ފެމެލީ އިޒް ސޯ ކޮންޒަރވޭޓިވް.އަހަރުމެން މާލޭ މީހުންނަކަށް އެކަހަލަ ރާއްޖެތެރޭ ރަށްރަށަށް ނިސްބަތްވާ މީހުންނާ އިނދެގެން ނޫޅެވޭނެ.އައި އީވެން ޗީޓެޑް އޮން ހިމް އެންޑް ބަސްޓް ވެސް ވި ބަޓް މަ ދެކެ އެ ވާ ލޯތްބެއްްދޯ.އައި ނީޑެޑް އެނަދާ ރީޒަން ޓު ލީވް ހިމް”ޝިރުވާގެ ވާހަކަ އެ ހިސާބަށް ދިޔަތަނުން އޭނާގެ އެކުވެރިޔާއަށް ފޯނެއް އައުމުން އެ ދެމީހުން ބޭރަށް ނުކުންނަން ހިނގައިގަތެވެ.އެއިރު ކިރާ އަދިވެސް އެ ހުރި ފިޔަވަޅުމަތީ ހުއްޓެވެ.ޝިރުވާ އެ ބުނި ގޮތައް ޔޫވިން ޝިރުވާ ވަރިކުރީ އޭނާގެ ބޭވަފާތެރިކަމަކުންނެއް ނޫނެެވެ.ޔާކިން ބުނިގޮތުންނަމަ އެ ދެމީހުން ވަރިވީ ޔޫވިންއަކީ ދަރިބަފައި ނުވާ މީހެއްކަން އެނގުނު ހިސާބުންނެވެ.އެއީ ޤުދުރަތީ މައްސަލައެކެވެ.އެކަމަކު ޝިރުވާ އެބުނި ޖުމްލަތަކުން ކިރާއަށް ދޭހަވީ މުޅިން އެހެން މާނައެކެވެ.އެހެންނޫނަސް ޝިރުވާ ޔޫވިންއާއި އެއްކޮށް އުޅެން ހުރިނަމަ ނަމަ ވަރިނުވެ މަސައްކަތްކުރާނީ އެކަމަށް ބޭސްކުރާކަށް ނޫންހެއްޔެވެ.ހަމަ ޔަޤީނުންވެސް ޔޫވިންގެ ގައިގައި ދުނިޔޭގެ މަޝްހޫރު ހޮސްޕިޓަލްތަކަށް ގޮސް އައި.ވީ.އެފް ޓްރީޓްމެންޓް ކަހަލަ ފަރުވާތައް ހޯދުމުގެ ފެންވަރު ހުންނާނެއެވެ.ނަަމަވެސް އެއިން ކަމެއް ކުރަން ނޫޅެ ސީދާ ވަރިޔަށް އެދިފައިވުމުން މާ ކުރިންވެސް ޝިރުވާ ވާނީ ޔޫވިންގެ ގާތުން ވަރިވުމަށް ނިންމާފައިކަން ކިރާއަށް ދެނެގަނެވުނެވެ.އެހެންކަމުން އެކަމުގައި ކޮންމެވެސް ނުބައެއް އުޅޭކަމަށް އޭނާގެ ހަ ވަނަ ޙިއްސު ސިގްނަލް ދޭން ފެށިއެވެ.

އެރޭ ހަތަރުދަމު އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ އެ ޖުމްލަތަކެވެ.އެންމެފަހުން ކިރާ ނިންމީ އެކަން ހިނގާދިޔަގޮތް ބެލުމަށެވެ.އޭނާގެ ހިތައް ތަސައްލީއެއް ލިބޭނީ އެކަން ހިނގާދިޔަގޮތް ދެނެގަނެވިގެންނެވެ.ނަމަވެސް އެކަން ކުރާނީ ކިހިނެތް ހެއްޔެވެ؟ވިސްނަން އިންދައި ކުއްލިއަކަށް ސިކުނޑިއައް ވެރިވި ޙިޔާލާއެކު ލެޕްޓޮޕް ހިފައިގެން އައިސް ކިރާ އޭނާގެ ހެކްކުރުމުގެ ހުނަރުތައް ބޭނުންކޮށްގެން މާލޭގެ މަޝްހޫރު ދެ ހޮސްޕިޓަލް ކަމުގައިވާ އައި.ޖީ.އެމް.އެޗް އަދި އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ޑާޓާބޭސްތައް ހެކްކޮށްލީ ނުހަނު ފަސޭހަ ކަމާއެކުއެވެ.އެ ހޮސްޕިޓަލްތަކުގެ އެކި އެކި ޑިޕާޓެމެންޓްތަކުން ހާހުން ދެހާހުން އެކި ދުވަސްވަރު ފަރުވާ ހޯދާފައިވާ މީހުންގެ މެޑިކަލް ރިކޯޑުތައް ފެންނަން ހުރުމުން އޭނާ ބޭނުންވީ އެތި ހޯދަން ފުދޭވަރަކަށް ވަގުތު ނެގިއެވެ.ދެ ހޮސްޕިލުގެވެސް ލެބޯޓްރީ ޓެސްޓުތަކުގެ ރިކޯޑުތަކާއި ރިޕޯޓުތައް ބަލަމުން ދިޔައިރު ކުއްލިއަކަށް ކިރާއަށް ޔޫވިންގެ ނަން ޖަހާފައި އިން ފާޓިލިޓީ ބްލަޑް ޓެސްޓެއްގެ ރިޕޯޓެއް ފެނުނެވެ.އިތުރަށް ޔަޤީންކުރުމުގެ ގޮތުން އެ ޓެސްޓް ހައްދާފައި އިން އަހަރުވެސް އޭނާ ބެލިއެވެ.އެއީ އޭނާ ހީކުރިގޮތައް މީގެ ތިން ވަރަކަށް އަހަރުކުރީގެ ރިޕޯޓެއް ކަމުން ދެވަނަ ވިސްނުމަކަށް ނުގޮސް ކިރާ އެ ފޯލްޑާ ހުޅުވާލިއެވެ.އެޔާއެކު އޭނާގެ ޝައްކު ޔަޤީނަށް ބަދަލުވިއެވެ.އެ ރިޕޯޓަކުން ޔޫވިންގެ އެކަހަލަ އެއްވެސް މައްސަލައެއް ހުރިކަމަކަށް ނުދައްކައެވެ.މިއީކީ އަދި އާ ރިޕޯޓެއްވެސް ނޫނެވެ.ކުރިން ހަމަ އޭނާއާއި ޝިރުވާ ވެގެން ގޮސް ހެދި ޓެސްޓުތަކުގެ ރިޕޯޓެކެވެ.މާނައަކީ އެެއިރު ނެތް މައްސަލައެއް ވަކި މިހާރު ހުރުންވެސް އެކަށީގެންނެއް ނުވެއެވެ.ވީއިރު ދަރިބަފައި ނުވާ މީހެކޭ ކިޔައިގެން ޝިރުވާ ޔޫވިންގެ ގާތުން ވަރިވުމަށްޓަކައި އެ ބޭނުންކުރީ ދޮގު ރިޕޯޓެއްތާއެވެ.އެކަން އޭނާ ކުރި ގޮތެއް ވިސްނައިގަންނާކަށް ކިރާއަށް އުނދަގުލެއްް ނުވިއެވެ.ފައިސާގެ ދަހިވެތިކަމުގައި ހުރި ލެބޯޓްރީގެ މުވައްޒަފަކު ލައްވައި ޝިރުވާއަށް އެ ރިޕޯޓުގެ ނަތީޖާ ބަދަލުކޮށްލުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.އޭނާ ބުނި ޖުމްލައިގެ މާނަ ކިރާއަށް އެ ވިސްނުނީ އަދި ކިރިޔާއެވެ.”ސޯ ދިސް ވޯޒް ދަ ރީޒަން ޔޫ ޔޫސްޑް ޓު ލީވް ހިމް ހަހް”ރިޕޯޓައް ބަލަން އިނދެ ކިރާއަށް ބުނެވުނެވެ.

ކޮންމެވެސް ގޮތަކުން ކިރާ އޭތި ޔޫވިންއަށް ދައްކަން ބޭނުންވިއެވެ.ޝިރުވާގެ ސަބަބުން މިހާރު ޔޫވިން އަމިއްލަ ނަފްސާއި ދޭތެރޭ ދެކެމުން އަންނަ ގޮތް ބަދަލުކޮށްލަން ބޭނުންވިއެވެ.އޭނާއަކީވެސް އެހެން ފިރިހެނުން ފަދައިން ދަރިއަކު އުފަންކުރުމުގެ ކުޅަދާނަަކަން ލިބިގެންވީ މީހެއްކަން އަންގައިދޭން ބޭނުންވިއެވެ.ޔާކިން ދެއްކި ވާހަކަތަކަށްފަހު ކިރާ މިއޮތް ހުރިހާ ދުވަހު ހިތުގައި ނިންދަވާފައި އޮތް 7 އަހަރުވީ ލޯބި އަލުން ހޭލައިފި ކަމުގެ އިޙުސާސް އޭނާއަށް ވަނީ ކުރެވެން ފަށާފައެވެ.ޔޫވިން ހަޤީގަތުގައި ވެސް މިހާރު އޭނާ ދެކެ ލޯބިވާނަމަ އޭނާގެ ވާހަކަތައް ޤަބޫލުކުރާނެކަން ޔަޤީނެވެ.އެހެންކަމުން ވަރަށް ވިސްނުމަށްފަހު އެ އޮރިޖިނަލް ރިޕޯޓުގެ ކޮޕީއެއް ނަގައިގެން ކިރާ ނިންމީ ޔޫވިންގެ އުފަންދުވަސް ގާތްވެފައި ވުމާއެކު ރަށަށް ގޮސް ހަދިޔާއެއްގެ ގޮތުގައި އޭތި ދިނުމަށެވެ.އޭރުން ޔަޤީނުންވެސް ޔޫވިންއަށް ޕްރޫފްއާއި އެކު އެ ވާހަކަތައް ކިޔަައިދެވޭނެ އެއް ނޫންހެއްޔެވެ.

***
ކިރާގެ ވާހަކަ އަޑުއަހާފައި ޔޫވިންއަށް އަނެއްކާވެސް އަތުގައި އޮތް ރިޕޯޓަށް ބަލައިލެވުނެވެ.އެޔާއެކު އޭނާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަތައް ފައިބަމުން ދިޔައެވެ.”ރީޒަން ޓު ލީވް މީ؟ޝީ އޯލްރެޑީ ގޭވް މީ މޯރ ދެން އިނަފް ރީޒަންސް ޓު ޑިވޯސް ހަރ.ބަޓް އަހަރެންގެ މޮޔަކަމުން….ހުރިހާ ރަތް ދިދަތަކަށް ދެވުނީ ކަނު ލޮލެއް.ހަމަ އަހަރެން އޭނަ ދެކެ ލޯބިވީތީވެ”ޔޫވިން ކުރެހިފައިވީ އަޑަކުން ބުންޏެވެ.”އޭނަ އަހަންނަށް ޗީޓްކޮށްފަ ބޭވަފާތެރިވީ.އަހަންނަކީ އޭނަގެ ފިރިމީހާއަށްވުން އެކަށީގެންވާވަރުގެ މީހެއް ނޫންކަން އިޙުސާސްކޮށްދިން.ޓު މޭކް ތިންގްސް ވޯސް،އަހަންނަކީ ދަރިއަކު އުފަންކުރެވޭ މީހަކަށް ވެސް ނުވާ ކަމަށް ހަދާލީ.الله ދެނެވޮޑިގެންވާނީ މި ރިޕޯޓު ލިބުނު ފަހުން އަހަންނަށް އަމިއްލަ ނަފްސު ކުއްވެރިކުރެވުނު އަދަދެއްވެސް.އަހަރެން އުޅުނިން އޭނަ ގޮވައިގެން އައި.ވީ.އެފް ހަދަން ބޭރަށް ދާންވެސް ބަޓް އޭނަ އެއްބަހެއް ނުވި.އައި ފެލްޓް ސޯ ގިލްޓީ ދެޓް އަހަންނަށް ދެކެވުނީ ޝިރުވާ ވަރިކުރުމަކީ އޭރު އޮތް އެންމެ ރަނގަޅު ގޮތްކަމަށް.އެހެން ކަންތައްކޮށްގެންވެސް އަހަރެން ބެލީ އެ ހިތުން ކުޑަނަމަވެސް ޖާގައެއް ލިބޭތޯ އެހެންވެ އަހަންނަށް ޖެހުނީ އަހަރެން އޭނަ ދެކެ ވީ ލޯބި ޤުރުބާން ކޮށްފަ އޭނަ ދޫކޮށްލަން.އެ ދުވަހު އަހަންނަށް އަސްލު އިޙުސާސްވީ އަހަރެންގެ ސަބަބުން ކިޓީގެ ހިތުގައި އަޅާނެ ވޭން.ލޯބި ޤުރުބާން ކުރަން ޖެހުމަކީ ކިހާވަރެއްގެ ކަމެއްކަން….އަހަރެންގެ ހިތައް ހާދަ ތަދެއް ވިޔޭ.އޭނަ ދިޔައީމަކާއެއް ނޫން އެކަމަކު މާޒީގައި އަހަންނަށް ނިންމުނު ނުބައި ނިންމުންތަކުގެ ސަބަބުން.އަހަރެން މީ ހާދަ މޮޔަ މީހެކޭ ދޯ”

“އިޓްސް އޯކޭ ޔޫވިން.ލޯތްބަކީ ކަނުއެއްޗެއް”ޔޫވިންއަށް ވަމުންދިޔަ ގޮތް ފެނި ހިތައް ކެތްނުވެގެން ކިރާ ބުންޏެވެ.

“އަހަރެން ހިތައް އަރާ ކިޓީ އާއި އަހަރެންގެ ދަރިފުޅު ދޫކޮށްނުލެވުނުނަމައޭ.މިއީ ހުސް އަހަންނަށް ހެދުނު ގޯސްތަކުގެ ސަބަބުން ނުކުތް ހިތި ނަތީޖާތައް.އަހަރެން އަހަރެމެން ދެމީހުންގެ ދޭތެރެއަށް ޝިރުވާ ނުވެއްދިނަމަ މިހެން ނުވީސް.އަހަންނަށް ކިޓީގެ މުހިއްމުކަން އިޙުސާސްވީ އިރު މާ ލަސްވެއްޖެ.ގަޑީގެ ކަށި ނުވަތައް އެނބުރޭނެ ނަމަ ކިހާ ރަނގަޅު.އޭރުން ހަމަ ޔަޤީނުންވެސް އެތައް ކަމެއް އޮންނާނީ ބަދަލުވެފަ.ޝިރުވާ އެވަގުތު އަހަރެން ދޫކޮށް ދިޔައީމަ އަހަރެން ކިޓީ މަތިން ހަދާންވީ.އަހަންނަށް ކިޓީގެ ބޭނުން ޖެހިއްޖެ ކޮންމެ ހާލަތެއްގައި ކިޓީ އަބަދުވެސް ވީ އަހަންނާއި އެކު.ހިތައް އެރި އެ ދުވަހު ޝިރުވާގެ ބަދަލުގަ ކިޓީ އެ މަޤާމުގަ ހުރިނަމަ އެހާ ފަސޭހައިން އަހަރެން ދޫކޮށެއް ނުލާނެއޭ.އަހަންނަށް މިހާރު އިޙުސާސްވެއްޖެ އަހަރެންދެކެ ލޯބިވީ ކާކުކަމާއި ލޯބި ނުވަނީ ކާކުކަން.އައި އޭމް ސޯ ސޮރީ ކިޓީ.އައި އޭމް ސޯ ސޮރީ.އަހަރެންގެ ސަބަބުން ކިޓީ އެ ހުރިހާ ވޭނެއް ތަހައްމަލް ކުރަން ޖެހުނީ.އަހަންނަށް އިނގޭ އަހަންނަށް މިހާރު ކިޓީގެ ލޯބި ހައްޤުވެގެން ނުވާކަން އެކަމްވެސް ބުނެލާނަން.އައި ލަވް ޔޫ.އައި އޯލްވޭސް ޑިޑް.އައި ޖަސްޓް ޑިޑިންޓް ނޯ ހޫ ޓު ޗޫސް އޭރު.ބެކް ދެން ޝިރުވާ ވޯޒް ރިއަލީ އެޓްރެކްޓިވް.އެންޑް ރައްޓެހިވެގެން އުޅުނު އިރު ޝީ ވޯޒް ރިއަލީ ކައިންޑް އޭޒް ވެލް.އައި ނެވާރ ވުޑް ހޭވް ގެސްޑް ދެޓް ޝީ ވުޑް….ނެވަރ މަައިންޑް އިޓްސް އޯލް އިން ދަ ޕާސްޓް”ޔޫވިން ހަމަޖެހެން މަސައްކަތްކުރަމުން ބުންޏެވެ.

“ކިޓީ.އިނގޭ ކިޓީ އާނބަސް ބުނުމަށް ވުރެ ގާތީ އިންކާރުކުރުންކަން އެކަމަކު،ކިޓީ އަހަންނާއި އިންނާނަންތަ؟ އަހަރެން ވަޢުދުވަން ދެން ދުވަހަކުވެސް ދޫކޮށްނުލާނަން.އަހަރެން ނުބުނާނަން ދެމީހުންގެ ދޭތެރޭ މައްސަލައެއް ނުޖެހޭނެއެކޭ އެކަމަކު ކިޓީގެ ޖަވާބަކީ އާނއެކޭ ކަމުގައި ވާނަމަ އަހަރެން ބަލާނަން ކުރިޔަށް އޮތްތާގަ ކިޓީ ވީހާވެސް އުފަލުގަ ގެންގުޅެވޭތޯ.އެކަމް ކިޓީގެ ޖަވާބަކީ ނޫނެކޭ ކަމަށް ވާނަމަ އަހަރެން ވަޢުދުވަން ދެން ދުވަހަކުވެސް އުނދަގުލެއް ނުކުރާނަން.އެކަމަކު އަހަންނަށް މި އޮޅުވާލެވިފައިވީ ހަޤީގަތް ސާފުކޮށްދިނީތީ އުމުރަށް ޝުކުރުވެރިވާނަން.އެހެންނޫނީ މިހާރު ޝިރުވާއާއިމެދު އަހަރެންގެ ހިތުގައި އެފަދަ އެއްވެސް އިޙުސާސެއް ނެތްނަމަވެސް އޭރު އެ ކައިވެނި ރޫޅުނީ އަހަރެންގެ ސަބަބުން ކަމަށް ދެކެވި އަމިއްލަ ނަފްސު ކުއްވެރިކުރުން ހުއްޓާނުލެވި މުޅި އުމުރު ދުވަހު އަހަރެން ހުންނާނީ އޮޅުމެއްގެ ތެރޭގައިކަން ޔަޤީން.ޝިރުވާގެ ސަބަބުން އަހަރެންގެ ލޯމަތީގައި ބަނދެވިފައިވީ ފޮތިގަނޑު ނައްޓާދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.ތޭންކްސް ޓު ޔޫ އައި ފީލް ސޯ ހެޕީ އެގެއިން.ބަޓް އިފް ޔޫ ސޭ ނޯ އައި ވިލް ފޯގެޓް ދެޓް ޔޫ އެވަރ ކޭމް އިންޓު މައި ލައިފް އެންޑް އޮންލީ ފޯކަސް އޮން ބިޒްނަސް ލައިކް ޔޫ ސެއިޑް.އެއީ އަހަރެން ބޭނުމެއް ނޫން އަހަރެން ދެކެ އެހާ ލޯބިވީ މީހަކަށް ދެރަގޮތެއް ވާކަށް.އަހަރެން ބޭނުން ކިޓީ އަހަރެންގެ ސަބަބުން ކުރަން ޖެހުނު ހުރިހާ ހިތާމައެއް ހަދާންނައްތާލުމަށްފަހު ވަރަށް އުފަލުގަ އުޅޭތަން ދެކެން.އެކަން ކުރެވެން އޮތީ އަހަރެން ނޫން އެހެން މީހަކާއި އެއްކޮށް ދިރިއުޅުމެއް ފަށައިގެންވިޔަސް ނޫނީ އަހަރެން ކިޓީގެ ހަޔާތުން ދުރަށް ގޮސްގެން ކަމަށް ވިޔަސް އަހަރެންގެ ޝަކުވާއެއް ނެތް.ކިތަންމެ ލޯބިވިޔަސް އަހަރެން ކިޓީއަކަށް މަޖުބޫރެއް ނުކުރާނަން.ތެދައް ބުނާނަމަ މިއަދު އަހަންނަށް ކިޓީ ހުއްޓުވުމުގެ ހައްޤު ލިބިގެނެއްވެސް ނުވޭ އެކަމަކު މި ފުރުސަތުގަ އަހަރެން ބޭނުންވީ ކިޓީގެ ކުރިމަތީގައި އަހަރެންގެ ހިތް ހުޅުވާލަން”ޔޫވިން ކިރާގެ ކުރިމަތީ އެއްފައި މައްޗައް ތިރިވެ އިނދެ ބުނިއިރު ކިރާ ހުރީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު އެއީ ހަޤީގަތެއް ކަމާމެދު ޝައްކުވެފައެވެ.އެ ދެލޮލުން އުފާވެރިކަމުގެ ކަރުނަތައް ފައިބަމުންދިޔައީ މިއީ އެއް އިރެއްގައި އޭނާ އެންމެ ދެކެން ބޭނުންވި ދުވަހަށް ވުމުންނެވެ.الله އޭނާގެ ދުޢާ އެ އިޖާބަކުރެއްވެވީ އެކަމަށް އޭނާ އުއްމީދު ކަނޑާލާފައި ހުއްޓައެވެ.ތަޤުދީރުގެ ނިޔާ ކިހާ މޮޅުހެއްޔެވެ.އެއް އިރެއްގައި ކިރާ ޔޫވިންގެ ކިބައިން ލޯތްބަށް އެދި ސަލާން ޖަހަމުން ދުވިއިރު މިއަދު ޔޫވިން ކިރާގެ ކިބައިން އެ އެދެނީ ކައިވެންޏަށެވެ.އަދި ޔޫވިންގެ ދެލޮުލުން މިހާރު ކިރާ ޔޫވިންދެކެ ލޯބި ވާވަރަށް ވުރެ ބޮޑަށް ޔޫވިން ކިރާ ދެކެ ލޯބިވާކަން ފެންނަން ހުއްޓެވެ.އިންތިޒާރުގެ ނިމުން ފޮނިވާނެއޭ މީހުން ބުނަނީ ސަބަބެއްް ނެތިއެއް ނޫނޭ ކިރާގެ ހިތައް އެރުމާއެކު ކަރުނައިގެ ތެރެއިންވެސް އޭނާއަށް ހިނިތުންވެވުނެވެ.

“އައި ލަވް ޔޫ ޓޫ ޔޫން.އަހަރެން ޤަބޫލުކުރަން މާޒީގައި ހިނގައިދިޔަ ކަންތަކުގައި އަހަރެންވެސް ކުއްވެރިވާކަން.އަހަރެންގެ ކުށަކީ ޔޫވިން ދޫކޮށްލަންވީ ވަގުތު އައިސް ޖެހިއްޖެ ކަން އެނގުނު އިރުވެސް ދޫކޮށްނުލުން ނުވަތަ ދޫކޮށްލަން ބޭނުންނުވުން.އަހަރެންގެ ބޭނުމަކަށްވީ އަބަދު ލޯބި ޤުރުބާން ކުރަން ޖެހެނީ އަހަރެން ނޫންކަން އަމިއްލަ ނަފްސައް ސާބިތުކޮށްދިނުން.އެއީ އަބަދުވެސް ލޯބި ޤުރުބާން ކުރަން ޖެހެނީ އަހަންނަށް ވީތީވެ ކޮންމެ ފަހަރަކު އެގޮތައް ކަންތައް ކުރަން ޖެހުމުން އަހަރެން ވަރުބަލިވީމަ.ސޯ ފޯ ވަންސް އައި ވޯންޓެޑް ޓު ބީ ސެލްފިޝް.އަމިއްލަ ހިތްހަމަޖެހުމަށްޓަކައި އަހަރެން ހުރީ ޔޫވިންގެ ކިބައިން އަހަރެން ދެކެ ލޯބިވާ ކަމުގެ ކުޑަ ނަމަވެސް އިޝާރާތެއް ފެނޭތޯ ބަލަބަލައި.އެންޑް ޔޫން ލޯބިނުވިޔަސް އަހަރެން ދޫކޮށްނުލީމަ އަހަންނަށް އިނގުން ޔޫންގެ ހިތުގަވެސް އަހަންނާއި ދޭތެރޭ ކޮންމެވެސް އިޙުސާސެއް އަށަގެންފައިވީކަން އެކަމަކު އެއީ ޔޫން ޝިރުވާ ދެކެ ވީ ލޯތްބާއި އަޅައި ބަލާއިރު އެއްވެސް އެއްޗަކަށް ނުވި.އެކަމަކު އަހަރެންގެ ހިތުގައި އޭނާއާއި ދޭތެރޭ އޮތް ހަސަދަވެރިކަމުގެ މައްޗައް ގަދަވެގަތީ ޔޫންދެކެ އަހަރެން ވަމުން އައި ދެގޮތެއް ނުވެ އޮތް ލޯބި.އެހެންވެ އަނެއްކާވެސް އަހަރެންގެ އުފާތައް ޤުރުބާންކޮށްފަ ޔޫންއާއި ދެއަނތްބަށް ނަމަވެސް އިންނަން އެއްބަސްވީ.ޔޫންއަށް އިނގޭތަ އެއީ އެއްވެސް އަންހެނަކު ހިތުން ރުހުމުން އެއްްބަސް ވާނެކަމެއް ނޫން.އެކަމަކު އަހަރެން ހުރީ ޔޫންގެ ދިރިއުޅުމުން ޖާގައެއް ހޯދަން ބޭނުންވެފަ.އެ ހެޔޮ ދެވަނަ އަނތްބެއްގެ މަޤާމު ވިޔަސް.އަހަރެން ތި ހަޔާތުން ދާން ޖެހުނު ވަގުތު އައިސް ޖެހުނު އިރު އިތުރަށް މަޑުނުކޮށް އަހަންނަށް މޫވް އޮން ކުރެވުނުނަމަ.ޝިރުވާ އައި ހިސާބުން އަހަރެން ޔޫންއާއި ދުރުވިނަމަ އަހަރެން ޔޫންގެ ދަރިއަކަށް ބަލިވެ ނުއިނީސް.ކުރިކަމެއް ކުރީ އަހަރެމެން ދެމީހުންވެގެން.އެކަމުގައި އެކުލެވިގެންވީ ހަމައެކަނި ޔޫންގެ ކުށެއް ނޫން.އައި ވޯޒް އަ ބި* ޓޫ ބެކް ދެން.ވީ ބޯތް އަރ ރެސްޕޮންސިބަލް ފޯ ވަޓް ހެޕަންޑް އިން ދަ ޕާސްޓް”ކިރާ ހަމަޖެހެން މަސައްކަތްކުރަމުން ބުންޏެވެ.

“ނޯ ކިޓީ.ކިޓީ އަހަރެންދެކެ ވީ ހަޤީގީ ލޯބިކަން އަހަންނަށް ޔަޤީންވީ ކޮންމެ ފަދަ ހާލެއްގައިވެސް ކިޓީ އަހަންނާައި އެކުގައި ވުމުން.ޔޫ އޯލްވޭސް ސްޓޭޑް ވެން ޔޫ ކުޑް ހޭވް ލެފްޓް.އެކަމުން އަހަންނަށް ވަރަށް ބޮޑު އެއްޗެއް ދޭހަވި ނަމަވެސް އޭރު އަހަންނަށް ކިޓީ ޔޫސްކުރެވުނީ.ކިޓީ އަހަރެން ދެކެ ލޯބިވާކަަން އެނގިހުރެ ދޫކޮށްލަން ނުކެރޭނެ ކަމަށް ހީކޮށް ކިޓީ ގެއްލިދާނެތީ އަހަރެން ބިރެއް ނުގަތް.އެކަމަކު ކެތްތެރިކަމަކީ ވެސް ހައްދެއް އޮންނަ އެއްޗެއް.ކިޓީ އަހަރެން ދެކެ ވީ ދެގޮތެއްނުވާ ލޯބީގައި ކޮޅުފައިން ޖެހުން އެއީ އަހަރެންގެ ނުވިސްނޭކަން.ދިރިއުޅުމުގައި ތިމާ ދެކެ ލޯބިވާ މީހެއްގެ މުހިއްމުކަން އިޙުސާސްވާނީ އެ މީހަކު ބީވެދިއުމުންނޭ ބުނާ ވާހަކަޔަކީ ތެދު ވާހަކައެއް”ޔޫވިން ނޭފަތްދަމާލަމުން ބުންޏެވެ.އެޔާއެކު ކިރާ ފުންނޭވަައެއް ލުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“ޑައިރީގެ އެންމެ ފަހު ފަހު ސަފްހާގަ އަހަރެން ލިޔެފަ ހުރި ވާހަކަތައް…..އެއީ މުޅިއަކުން ތެދެއް ނޫން.ޔޫވިން އެގޮތައް ކަންތައް ކުރި ފަހުންވެސް އަހަންނަށް ޔޫވިން މަތިން ހަދާން ނައްތައެއް ނުލެވުނު.އެންޑް ރަޝިޔާއަށް ގޮސް އަހަރެންގެ ދަރިފުޅު އެބޯޓްވީ ފަހުން އަހަރެން އަހަރެންގެ ހިތަައް ވިސްނާދެވޭތޯ ވަރަށް މަސައްކަތްކުރިން.ޔޫން ދެން ނާންނާނެ ކަމަށާއި އަހަރެމެން ދެމީހުންގެ ގުޅުން ވަނީ ނިމިގެން ގޮސްފަކަން.އެކަމަކު އަހަންނަށް މޫވް އޮން އެއް ނުކުރެވުނު ޔޫން.އައި ކުޑެންޓް ގެޓް އޯވަރ ޔޫ.އަހަރެން ބޭނުން ނުވީ ޔޫން އަށް އިނގޭކަށް އަހަރެން އަދިވެސް ޔޫން ދެކެ ލޯބިވާކަން.އެއީ އަހަންނަށް އަހަރެންގެ ފެންވަރު އިނގޭތީވެ.އަހަންނަކީ ޔޫން ބޭނުންވި ފަދައިން ދެވަނަ އަނތްބެއްގެ މަޤާމަށް ނޫނީ ހަމައެކަނި ރޭކޮށްލަން ގެންނަންޖެހޭ ވަރުގެ މީހެއް ނޫން ޔޫން.މިއަދު އަހަންނަކީ ކާކުކަން އިނގޭ މީހަކު އެފަދަ ގޮތަކަށް އެމީހެއްގެ ހަޔާތައް އަހަރެން ގެންނަން އަހާކަށްވެސް ނުކެރޭނެ.އައި ނޯ މައި ވޯތް.އޭރު ޅައިރު ވީމަ އަހަންނަށް ނުވިސްނުނީ.ފަހުން އަހަރެން ޔޫން އާއި ދުރުން އުޅެން މަސައްކަތް ކުރީ އަހަންނާއިމެދު ޔޫން ގެންގުޅެމުން އައި ވިސްނުން ބަދަލު ނުވާކަމަށް ހީކޮށް.އައި ޑިޑިންޓް ވޯންޓް ޓު ބީ ޔޫސްޑް އެނީމޯ.އަހަންނަކީ ތުންފުއްސެއް ނޫނޭ ޔޫވިން.އައި ހޭވް ފީލިންގްސް ޓޫ”ކިރާ މިހެން ބުނެ ރޯންފެށުމުން ޔޫވިން ކިރާ ގެނެސް އޭނާގެ މޭގައި ލަތްކޮއްލަމުން އެ ހަށިގަނޑުގައި ދެއަތް ވަށާލިއެވެ.

“ކުޑަބެގެ ވެޑިންއަށް ދިޔައިރު ޔޫން އާއި އަލުން ދިމާވިފަހުން ނޭނގޭ ކަމަށް ހަދައިގެން އުޅުނަސް އައި ވޯޒް ޑުއިންގް އަ ރީސާޗް އޮން ޔޫ.ކުޑަބެގެ ފަރާތުން އިނގުން ޔޫން އަކީ ވައި.ފްލައި ގެ ސީ.އީ.އޯ ކަން.އެންޑް ޔޫންގެ ކުންފުނިން އަހަރެންގެ ކުންފުންޏާއި އެކު އެއްކަލަ ރޭގެ މީޓިންގް ބާއްވަން މެއިލް އައީމަ އަހަންނަށް ދެކެވުނީ އެއީ އަހަންނަށް ޔޫންއާއި ނުލާ އުޅެވޭނޭކަން ދެއްކުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް.ޔޫންއަށް އަހަންނަކީ އޭ.ކޭ ގެ ސީ.އީ.އޯ ކަން ވެސް ނޭންގީ ގަސްތުގަ.ޔޫން އޯފާކުރި ކޮންޓްރެކްޓްގަ އަހަރެން ސޮއިކުރި އިރު އަހަންނަށް އެނގުން އެއީ މާޒީގެ ދޮރުން އެތެރެއަށް އެޅޭނެ ފިޔަވަޅެއްކަން.އެކަމަކު އަހަރެން ކެތްތެރިވިން.އޭރުވެސް އަހަރެން ވަރަށް މަސައްކަތުން އަހަރެންގެ އިޙުސާސްތައް ކޮންޓްރޯލް ކުރީ.އައި ލަވް ޔޫ.އައި އޯލްވޭސް ޑިޑް.ފާއިތުވެ ދިޔަ 7 އަހަރުއްސުރެ ޔޫން ނޫން އެހެން މީހަކައް އަހަރެންގެ ހިތެއް ނުދެވުން.އެހާ ދުވަސްފަހުން އެރޭ ޔޫން ފެނުނީމަ އަހަރެން ވީ އުފާ ބުނެދޭކަށްވެސް ނޭނގުނު.ބަޓް އައި ވޯޒް ޖަސްޓް ސޯ އެފްރެއިޑް އޮފް ގެޓިންގް ހަރޓް ސޯ އައި ޓްރައިޑް ޓު ޕުޝް ޔޫ އަވޭ.ޔޫވިން ދެވަނަ ފަހަރަށް އަހަރެންގެ އެޑްވާންޓޭޖް ނަގަން އުޅެނީ ކަމަށް ހީކޮށް އައި ގޭވް ޔޫ ދަ ކޯލްޑް ޝޯލްޑަރ.އަހަރެންގެ ފިނި ހިތް އޮތް ފަރާތް ޔޫވިންއަށް ދެއްކީ އެހެންވީމަ.ބަޓް މާލެ ދިއުމުގެ ކުރިން ޔާކިންބެ ދެއްކި ވާހަކަތަކަށްފަހު އަހަރެންގެ ހިތް މުޅިން ބަދަލުވި.ޔޫވިންއަށް ދެވަނަ ފުރުސަތެއް ދޭން ބޭނުންވި.އަހަރެމެން ދެމީހުން އަލުން ބައްދަލުވީފަހުން ޔޫން ދުރުކޮށްލުމުގެ ގޮތުން އަހަންނަށް ޔޫން އާއި ދޭތެރޭ ޢަމަލުތައް ބެހެއްޓުނީކީ ރަނގަޅަކަށް ނޫން.އަހަންނަށް މަޢާފްކުރޭ.އެކަމަކު ދެން ކެތެއް ނުވާނެ.އައި ކާންޓް ލިވް ވިތައުޓް ޔޫ.ކޮންމެފަދަ ގޮތަކަށް ކަންތައް ވެފަ އޮތަސް ޔޫން ނޫން މީހެއް އަހަރެންގެ ހަޔާތައް ގެންނާކަށް އަހަރެން ބޭނުމެއް ނޫން.އިފް ނޮޓް ޔޫ،ދެން ނޯ ވަން އެލްސް”ކިރާ ޔޫވިންގެ މޭގައި މޫނު ފޮރުވާލަމުން ބުންޏެވެ.

“އިޓްސް އޯކޭ ކިޓީ.މަޢާފަށް އެދެން ޖެހޭ މީހަކީ އަހަރެން.ކިޓީގެ މަޤާމުގަ ކޮންމެ މީހަކު ހުރިނަމަވެސް ކަންތައް ކުރާނީ އެހެންކަން ޔަޤީން.އައި ވޮންޓް ލީވް ޔޫ.ކިޓީ އަހަންނާއި އެއްކޮށް އުޅެން ހުރިއްޔާމުން އައި ކާންޓް ލިވް ވިތައުޓް ޔޫ.ދެވަނަ ފަހަރަށް އެ ހިތި މާޒީ ތަކުރާރުވިޔަކަ ނުދޭނަން.ޔޫ ނޯ ވަޓް؟ދިސް އިޒް ދަ ބެސްޓް ބާތްޑޭ ގިފްޓް އެވަރ.އަހަރެންގެ 24 ވަނަ އުފަންދުވަހު ލިބުނު އެންމެ އަގުބޮޑު ހަދިޔާއަކީ މިއީ”ޔޫވިން ކިރާ ބިމުން މައްޗައް އުފުލާލަމުން ބުނުމާއެކު ކިރާއަށް ހެވުނެވެ.ދެ ލޯބިވެރިން އެ ގޮތުގައި ތިބި އިރު ކިރާގެ ދޮން މޫނު ރަތްވެގެން ދިޔައީ ޔޫވިން އޭނާގެ ތުންފަތުގައި ބޮސްދިނުމުންނެވެ.އިރުކޮޅަކު ހައިރާންކަމާއެކު ހުއްޓުން އަރާފައި ހުރެވުނު ނަމަވެސް ދެވަނަ ސިކުންތުގައި އޭނާއަށްވެސް ޔޫވިންގެ އެ ޢަމަލުގައި ބައިވެރިވެވުނީއެވެ.އިރުކޮޅަކު އެ ގޮތުގައި ހުރުމަށްފަހު ޔޫވިން ކިރާ އަތްދަނޑި މައްޗައް ނަގައިގެން ގޮސް އެ ބައިގައި ހުރި ކިރާގެ ކޮޓަރިއަށް ވަނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

-----queen-----

Level 1

Other Articles

Previous

ޝަލީން 5

Next

ލޯބިން ބުނެލަން……(6)

Next
August 29, 2024

ލޯބިން ބުނެލަން……(6)

Previews
August 29, 2024

ޝަލީން 5

6 Comments!

  1. Cutie girl says:
    August 29, 2024 at 10:05 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Finally Kira forgive yoon
    Kira and Yoon so cute
    Kira and Yoon marry kuruvaa avahah
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

    1. HOOR says:
      August 29, 2024 at 2:46 pm

      Yooha?

  2. Queen? says:
    August 29, 2024 at 3:25 pm

    Who is that?

  3. Mihuraan's wifey says:
    August 29, 2024 at 7:32 pm

    Vrh nice mi part vx
    BTW who reads the story ‘themi vaareygaa veemey’??
    Mihuraan is so cute I recommend u guys to read the story literally he’s so fricking hot, Sexy, handsome, uhhh I don’t know how to describe him he’s just too perfect and FYI I’m his wifey 💕😘😘😛

    1. Queen says:
      August 30, 2024 at 2:08 pm

      That’s so cool will read it IA thanks for reading mine 🥰

  4. ai says:
    August 30, 2024 at 10:29 am

    its lovely ..
    curiously waiting for the next part

Comments are closed.

Next Episodeފިނި ހިތް 21←


All Right Reserved!