Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފިނި ހިތް 21

-----queen----- Level 1
August 31, 2024 8 Mins Read
3 Comments

އޭގެ އަނެއްދުވަހު ހެނދުނު އިރުއެރީ ޔޫވިންއާއި ކިރާ އެކަކު އަނެކަކުގެ އަތު ތެރޭގައި ނިދާފައި ތިއްބައެވެ.އިރުގެ ރަންދަޅަތައް އެ ދޮން މޫނަށް އެޅުމާއެކު ކިރާ އޭނާގެ ދިގު އެސްފިޔަތައް ތަޅުވާލަމުން ލޯ ހުޅުވާލިއެވެ.އޮވެވުނީ ޔޫވިންގެ އަތުތެރޭގައިކަން ޔަޤީންވުމާއެކު ކިރާ ޔޫވިންއައް ނޭނގި ތެދުވަން އުޅުނެވެ.އެޔާއެކު ޔޫވިންއަށް ވެސް ހޭލެވުނެވެ.”ވެއަރ ޑޫ ޔޫ ތިންކް ޔޫ އަރ ގޮއިންގް؟ފިލަންތަ ތި އުޅެނީ؟”ޔޫވިން ކިރާގެ ގައިގައި ވަށާލެވިފައިވާ ދެއަތައް ބާރުކޮށްލުމާއެކު ތެދުވަން އުޅުނު ކިރާ އަނެއްކާވެސް ވެއްޓުނީ އެނދުމަށްޗަށެވެ.”ދެން ޔޫން.އިޓްސް މޯނިންގް.އާންޓް މެން ހޭލަފާނެ.6:00 ޖަހައިފި އޭ”ކިރާ ބުންޏެވެ.އެޔާއެކު ޔޫވިންގެ މޫނުމަތީގެ ކުލަ އޮއްސުނެވެ.”ދެޓްސް އިޓް.ވާވަރަށް ދުވަހު ސިއްރުން އުޅެވިއްޖެއެއްނު.ހަމަ މިހާރު މި ދަނީ ޑޭޑް ކައިރި ކިޓީ އާއި އިންނަން ބޭނުމޭ ބުނަން.ލަވް ޔޫ”ޔޫވިން ކިރާގެ ކޮލުގައި ބޮސްދިނުމަށް ފަހު އެނދުން ތެދުވެ ތިރީގައި ހުރި އޭނާގެ އަންނައުނުތައް ލަމުން ބުންޏެވެ.ކިރާއަށް އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.”ދެން ޔޫންންންންން”ކިރާ އަކުރުތަކަށް ދަމާލަމުން ޔޫވިން ދިޔަ ދިމާލަށް ކައިރީގައި އޮތް ބާލީހެއް އެއްލިއެވެ.ނަަމަވެސް އޭތި ގޮސް ޖެހުނީ ޔޫވިން ނުކުންނަމުން ލައްޕާލި ދޮރުފަތުގައެވެ.ކިރާގެ ކޮޓަރިން ނުކުތުމަށްފަހު ޔޫވިން ވައިސޫރިއެއްހެން ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދެވަނަ ބަޔަށް ދިޔައެވެ.ކިރާ ޔޫވިން ހަޤީގަތުގައި ވެސް ގޮސް ވަނީ ލިހުވާންގެ ކޮޓަރިއަށްތޯ ޔަޤީންކުރަން ބޭނުންވީނަމަވެސް ނުކުންނަން ނުކެރުނީ އޭނާ އިން ހާލު އިހުސާސްވުމުންނެވެ.”އާހް.އައި ކާންޓް ބިލީވް ވީ ސްލެޕްޓް ޓުގޭދަރ އާފްޓަރ ސަޗް އަ ލޯންގް ޓައިމް”ކިރާ ދެ އަތުން މޫނު ފޮރުވާލަމުން ބުނިއިރު އެ ތުންފަތްމަތީގައި ވީ ރަކި ހިނިތުންވުމެކެވެ.

ގަޑިން 9:00 ޖެހުމާއެކު ގޭ އެންމެން ސައިބުއިމަށްޓަކައި މޭޒުދޮށަށް ޖަމާވިއެވެ.ނަމަވެސް ކުރިއާއި ޙިލާފަށް އެ މީހުންނަށް ފާހަގަ ނުވިއެއް ކަމަކު މިއަދު އެކި މީހުން އިށީނދެގެން ތިބީ އެކި ގޮޑިތަކުގައެވެ.އާދައިގެ މަތީން ލިހުވާން މޭޒުގެ ކޮޅުގައި އިށީނދެގެން އިން އިރު އަނެއްކޮޅުގައި އިނީ ޔާކިންއެވެ.އެ ދެމީހުންގެ ވާތްފަޅީގައި ޔަޝްމާއާއި ޝަރާ އިން އިރު ކައިޝާން އާއި އީޝާ އިށީނީ ލިހުވާންގެ ކަނާތް ފަޅީގައި އިން އަމާނާގެ ގާތުގައެވެ.ހަމަ އެޔާއި ޖެހިގެން ލަޔާން އިންއިރު ގާތުގައި ޖެހިގެން އިނީ ޔޫލްއެވެ.ޔަޝްމާގެ ގާތުގައި ޔަޝްފާއާއި ކިރާ އިންއިރު ކިރާއާއި ޖެހިގެން ހުރި ގޮޑީގައި ޔޫވިން އިށީނެވެ.ޔޫވިން މޭޒު ދަށުން ކިރާގެ އަތުގައި ހިފާލީ ޔަޝްމާއާއި ޔަޝްފާއަށް ނުފެންނާނޭހެންނެވެ.އެޔާއެކު ކިރާ އަތްދަމައިގަންނަން އުޅުނެއްކަމަކު ޔޫވިން ހިފަހައްޓައިގެން އިނީ މާ ބާރަށެވެ.ކިރާ ޔޫވިންއަށް އާދޭހުގެ ނަޒަރަކުން ބަލާލުމާއެކު ޔޫވިން އެ އަތުން ދޫކޮށްލީ އެ އެންމެން ކުރިމަތީގަައި ސަކަރާތް ބޮޑުކުރަން ނުކެރުމުންނެވެ.އެންމެން ސަޔަށް އިންސާފުކުރަމުން ދިޔައިރު ކިރާއާއި ޔޫވިން އާދަޔާ ޙިލާފަށް ވާހަކަދައްކައި އުޅުނުކަން ކައިޝާންއަށް ފާހަގަ ވަމުން ދިޔައެވެ.ލަޔާންގެ ލޮލުގައިވެސް އެ މަންޒަރުތައް އަޅައިނުގަނެ ނުދިޔަ ނަމަވެސް ކުރިމަތީގައި އިން ޔަޝްފާއަށް ބަލަން ހަދައިގެން އޭނާއަށް އެ ދެމީހުންނަށް މާ ބޮޑު ސަމާލުކަމެއް ދެވޭ ގޮތެއް ނުވިއެވެ.ކިރާއާއި ޔޫވިން ކިތަންމެ ނޫންކަމަށް ހެދިގެން އުޅުނަސް ފެށުނީއްސުރެވެސް އެ ދެމެދުގައި އާދަޔާޙިލާފް ދުރުކަމެއް އޮންނަކަން ކައިޝާންއަށް ވަނީ ފާހަގަވެފައެވެ.
ފުރަތަމަކޮޅު އެއީ އަލަށް ދިމާވި ދެމީހުން ކަމަށް ހީކޮށް އޭނާ ނިންމީ އެއީ ބީރައްޓެހިކަން ކަމަށެވެ.ނަަމަވެސް ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެ ދެމީހުންގެ ގުޅުން ބަދަހިވުމުގެ ބަދަލުގައި އެ ހީނަރުކަން ދިޔައީ ފުންވަމުންނެވެ.ނަމަވެސް މިވަގުތު އޭނާގެ ކުރިމަތިން ފެންނަ މަންޒަރު މުޅިން ތަފާތެވެ.

އެންމެން ސައިބޮއެ ނިމުމާއެކު ބާކީ ތިބި މީހުން ބޭރު ޖޯއްޔަށް މިސްރާބުޖެހިއިރު ޔޫވިންގެ އެދުމަށް ލަޔާން އާއި ކައިޝާން ޓެރަސް އަށް އެރިއެވެ.ކައިޝާން ހުރީ ޔޫވިން އެ ދައްކަން އުޅެނީ ކޮންވާހަކައެއްް ކަމާމެދު ކެތްމަދުވެފައެވެ.ވީއިރު ލަޔާންއަށް އެއީ ކޮންވާހަކައެއްކަން ކޮންމެވެސް ވަރަކަށް ފަހުމްވީ ޔޫވިންގެ މޫނުމަތީގެ ކުލަވަރުންނެވެ.ފުންނޭވައެއް ދޫކޮށްލަމުން ޔޫވިން އޭނާގެ ވާހަކަފެށިއެވެ.”ކައި.އަބަދުވެސް އަހަރެންގެ ޕާސްޓްއާއި ބެހޭގޮތުން ސުވާލުކުރަމެއްނު؟ޔޫ އޯލްވޭސް ކޮމްޕްލެއިން ދެޓް ބީއެފްއެފް އަށް ވެ ހުރެ އަހަންނާއި ބެހޭ ގޮތުން މާ ބޮޑު އެއްޗެއް ނޭނގޭތީވެ.ޓުޑޭ އައި ވޯންޓް ޓު ޓެލް ޔޫ އެވްރީތިންގް އެބައުޓް މައިސެލްފް”ޔޫވިން ބެލްކަނީގެ ރެއިލިންގައި ލެނގިލަމުން ބުނިއިރު ކައިޝާންގެ މޫނުމަތިން ޝަޢުޤުވެރިކަން ފާޅުވީ އިރު އޭނާގެ ފަހަތުގައި ހުރި ލަޔާންގެ ދެލޯ ބޮޑުވިއެވެ.އޭނާ ކައިޝާންއަށް ނުފެންނާނޭހެން ޔޫވިންއަށް ބަލައިލަމުން ބޯ ހޫރާލީ އެވާހަކަ ކުރިޔަށް ނުގެންދިޔުމަށް އިޝާރާތްކުރުމުގެ ގޮތުންނެވެ.ނަަމަވެސް ޔޫވިން ލޮލުގެ އިޝާރާތުން ލަޔާން އަށް ނަގައިގަނެވޭނެހެން ހަމަޖެހުމައް ބުނުމާއެކު އޭނާ ހިމޭންވިއެވެ.

“އެކަމް.ޝަރުތެއްގެ މަތިން”ޔޫވިން ދެން ބުނި ޖުމްލައިން އެ ދެމީހުންނަށް ވެސް ލިބިގެން ދިޔައީ ހައިރާންކަމެކެވެ.”ކައި ހަނދާންވޭތަ؟ޔޫ ޕްރޮމިސްޑް މީ ސަމްތިންގް އޮން ޔުއަރ ވެޑިންގް ޑޭ.ޑޫ ޔޫ ރިމެމްބަރ ވަޓް ޔޫ ސެއިޑް؟”ޔޫވިން އެހުމާއެކު ކައިޝާންއަށް އެ ދުވަހު އޭނާ ޔޫވިން ގާތުގައި ވީ ވަޢުދު ހަދާނަށް އައެވެ.

”އެހެންވީއިރު ކައި ޔޫންއަށް ޕްރޮމިސްއެއް ކޮއްބަލަ.ކައިއަށް އަހަރެންގެ ޕާސްޓް ކިޔައިދީފިއްޔާމުން ނުވަތަ މީހެއްގެ ފަރާތުން އެނގިއްޖެއްޔާމުން އަހަންނަށް ނަފްރަތުކުރާނެކަމަށް ވަޢުދު ވެފާނަންތަ؟”

“އޮފްކޯސް.ޔޫ ނޯ އައި ޑޯންޓް ޖަޖް.ޔޫންގެ ލައިފްގަ ކޮންމެ ފަދަ ކަމެއް ވިޔަސް މި ކައި މިހުރީނު ޔޫން ކައިރީ”

ކަައިޝާންގެ ކަންފަތުގައި ގުގުމަމުންދިޔައީ އީޝާއާއި އޭނާގެ ކައިވެނި ވެވުނު ދުވަހު އެ ދެމެދުގައި ދެކެވުނު ވާހަކަތަކެވެ.”އޮފް ކޯސް.އަހަރެން ހަދާން އެބަހުރި.އެންޑް އައި ވިލް ކީޕް މައި ޕްރޮމިސް ޔޫން”ކައިޝާން މިހެން ބުނުމާއެކު ޔޫވިންއަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ.ކިރާއާއި އިންނަން ބޭނުންނަމަ އޭނާ ޖެހޭނީ ކައިޔަންއާއި ހަމަޔަށް ދިއުމުގެ ކުރިން އެ ރާނީއެއް ފަދަ ކުއްޖާގެ ވާރުތަވެރިން ކަމުގައިވާ އޭނާގެ ދެ ބޭބެއިންގެ ރުހުން ހޯދާށެވެ.ހަމައެހެންމެ ލަޔާންއަށް ހަޤީގަތް އިނގޭ ފަދައިން ކިރާގެ އެއްބަޑުއެއްބަފާ ބޭބެއަށްވެ ހުރެ ކައިޝާންއަށްވެސް ހަޤީގަތް އެނގުމުގެ ހައްޤު ލިބިގެންވާކަން ޔޫވިންއަށް ޤަބޫލުކުރެވެއެވެ.އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ޔޫވިން އޭނާގެ ވާހަކަ ފެށިއެވެ.ވާހަކަ ފެށިގެން ގޮސް ނިމެންދެން ނޭވާ ހިފަހައްޓާލައިގެން ހުރި ލަޔާންއަށް ނޭވާ ދޫކޮށްލެވުނީ ކިރާ ބަލިވެއިން ވާހަކައާއި އޭނާ ދަންވަރުގަޑީ ބޭރަށް ދިޔަ ވާހަކަތައް ފަދަ ކަންކަން ޔޫވިން ކައިޝާންއަށް ނުކިޔައިދީ ސިއްރުކުރުމުންނެވެ.

“އައި އޭމް ސޮރީ ކައި.ނޭނގިނަމަވެސް އަހަންނަށް ކައިގެ ކޮއްކޮއަށް ވަރަށް ބޮޑު ދެރައެއް ދެވިއްޖެ.އައި އޭމް ސޮރީ އޭރު އަހަންނަށް ނުވިސްނުނީ”ޔޫވިން އަސަރާއެކު މަޢާފަށް އެދުނެވެ.އެއިރު ކައިޝާން ހުރީ ޖެހި ބުދެއްހެން ޔޫވިންއިން ނަޒަރު ވަކިކޮށްލަން ނޭނގިފައެވެ.ގާތް އެކުވެރިޔާއާއި އޭނާގެ ކޮއްކޮއާއި ދެމެދު މާޒީއެއް އޮތްކަން އޭނާއަށް މި އެނގުނީ އަދި ކިރިޔާއެވެ.މީގެ ކުރިން އެ ދެމީހުންގެ ދެމެދުގައިވީ ދުރުކަމުގެ އަސްލަކީ މިއީތާއެވެ.އަދި އެ ހުރިހާ ކަމެއް ލަޔާންއަށް އެނގުނީތީ އޭނާ ހައިރާންވިއެވެ.އަމިއްލަ ކޮއްކޮ އޭނާއަށް ވުރެ ބޮޑައް އިތުބާރުކުރަނީ ލަޔާންއަށްކަން އެނގުމާއެކު އޭނާގެ ދެލޯ ފުރިގެން އައެވެ.އޭނާ އެމެރިކާއަށް ކިޔަވަން ދިޔަ ހިސާބުން ފެށިގެން އެ ދެމީހުންގެ ދެމެދުގައި އޮތް ގާތް ގުޅުން ވަރަށް ބޮޑުތަން ހީނަރުވެފައިވީކަން އޭނާއަށް ކުރިންވެސް އިޙުސާސްވިއެވެ.ނަމަވެސް އެއް އިރެއްގައި އެ އައި ދުރުކަން އެ އައީ އޭނާގެ ކޮއްކޮއަށް އޭނާގެ އެހީތެރިކަން އެންމެ ބޭނުންވީ ދުވަސްވަރުކަން އެނގުމާއެކު އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ.އެއްބަޑު އެއްބަފާ ބޭބެއެއްގެ ވާޖިބު އެ އަދާކުރީ އޭނާގެ ބަދަލުގައި އެހެން މީހެކެވެ.ލަޔާންވެސް ކިރާ ދެކެ އަމިއްލަ ކޮއްކޮއެއް ފަދައިން ލޯބިވާކަން އޭނާއަށް އިނގެއެވެ.އޭނާއަށް 18 އަހަރުގައި އޭލެވެލް ހެދުމަށްޓަަކައި ބައްޕަ އޭނާ އެމެރިކާއަށް ފޮނުވާލުމުން އެނބުރި އާދެވުނީ 6 އަހަރުފަހުން ބިޒްނަސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްގެންނެވެ.އެ އައި އިރު އޭނާއަކަށް ގޭތެރެެއިން ކިރާއެއް ނުފެނުނެވެ.ކިރާގެ ކޮޓަރިންވެސް އޭނާއަށް މަރުޙަބާކީ އަނދިރިކަމާއި ހުސްކަމެވެ.އޭނާ ދިޔަތާ 2 އަހަރުފަހުން ކިރާ ކިޔަވަން ރަޝިއާއަށް ބަދަލުވިކަން އޭނާއަށް އެނގުނީ އަމާނާގެ ފަރާތުންނެވެ.އޭގެ ހަަފްތާއެއް ފަހުން ކިރާވެސް ކޯސް ނިމި އެނބުރި އައި އިރު އެއީ މުޅިން އެހެން މީހެއް ފަދައެވެ.އިސްކޮޅުން ދިގުވެފައި ދޮނެވެ.މިޒާޖުވެސް ކުރިޔާއި ޙިލާފަށް މަޑުމައިތިރިވެފައި ހަރުކަށިގޮތެއް ހުއްޓެވެ.އޭރު ކުއްލިއަކަށް ކޮއްކޮއަށް އެހާ ބޮޑު ބަދަލުތަކެއް އަންނަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.ނަމަވެސް މިއަދު ކިރާއަށް އެ އައި ބަދަލުތަކުގެ އަަސްލަކީ ޔޫވިންކަން އޭނާއަށް ދެނެގަނެވުނެވެ.

“ޔޫ ނިއު އެބައުޓް އިޓް.ވައި ޑިޑިންޓް ޔޫ ޓެލް މީ؟”ކަައިޝާން ލަޔާންއާއި ވީ ފަރާތައް އެނބުރެމުން ބުންޏެވެ.”އަރ ޔޫ ޓެލިންގް މީ ޓު ބްރޭކް ހަރ ޓްރަސްޓް؟ބްރޯ ޝީ ވޯޒް އޯލްރެޑީ ސޯ ބްރޯކެން”ލަޔާން ބުންޏެވެ.”އައި ޓޯކްޑް ޓު ޔޫން އެބައުޓް އިޓް އަހަރުމެން ދަތުރު ދިޔަ ދުވަހު.އަހަރެން ބުނީ ކިރާ ޔޫންއަށް މަޢާފް ކޮށްފިނަމަ އަހަރެންވެސް ކުރާނެކަމަށް.އައި ތިންކް އިޓްސް ބެސްޓް ޔޫ ޑޫ އިޓް ޓޫ.އެންޑް ޔޫން އާއި ކިރާ އަދިވެސް ލޯބިވަނީ އެކަކު އަނެކަކު ދެކެ”ލަޔާން ބުންޏެވެ.

“ތެދެއް ކުޑަބޭ.އަހަރެން ޔޫން އާއި އިންނަން ބޭނުން އެންޑް އައި ލަވް ހިމް”އެތާ ތިބި އެންމެން ސިހުނީ ކިރާގެ އަޑަށެވެ.އެއިރު އޭނާ ޓެރަސްއަށް ވަދެގެން އަންނަނީއެވެ.އެޔާއެކު ކައިޝާން ދުވެފައި ގޮސް ކިރާގެ ގައިގައި ބައްދާލިއެވެ.”އައި އޭމް ސޯ ސޮރީ ޕްރިންސެސް.ކުޑަބެެގެ ޕްރިންސެސް އެންމެ ބޭނުންވީވަގުތު ކޮއްދެވުނު އެއްކަމެއްވެސް ނެތް އައި ފީލް ސޯ ގިލްޓީ”ކައިޝާން ފެންކަޅިވެފައި ހުރެ ބުންޏެވެ.”އިޓްސް އޯކޭ ކުޑަބޭ.އަހަރެން އެކަނިވެރިއެއް ނުވެޔޭ”ކިރާ މިހެން ބުނެ ގޮސް ލަޔާންގެ ގައިގައި ބައްދާލިއެވެ.”ތޭންކް ޔޫ ސޯ މަޗް ފޯރ އެވްރީތިންގް ތުއްތޫ.ތުއްތު ނެތްނަމަ އަހަރެން މިހާރު މިހުރި ހިސާބަށް ވާސިލްވާން ހާދަ އުނދަގޫ ވާނެއޭ.މިއަދު އަހަރެން އެހާ ކާމިޔާބު މީހަކަށް ހަދައިދިނީ ތުއްތު.ދެބެއިންގެ ދެދަރި ކުއްޖަކަށް ވެ ހުރެ އެއްބަޑުއެއްބަފާ ބޭބެއެއްގެ ޒިންމާ ތުއްތު ތި އަދާކުރީ”ކިރާ ރޮމުން ބުންޏެވެ.”ކިޓީ ދެން ނުރޮއެބަ.ރޮންޏާ ތުއްތު ވަރަށް ރުޅި އަންނާނެ”ލަޔާން ރުޅިއައި ކަމަށް ހެދެމުން ބުނުމާއެކު ކިރާއަށް ހެވުނެވެ.

“ޔޫން.އަހަރެންގެ ދެ ވާރުތަވެރިން ކުރިމަތީގަ މި ބުނަނީ.އައި ލަވް ޔޫ.އަހަރެން ބޭނުން ދިރިއުޅުމުގެ ބާކީ ބައި ޔޫންއާއި އެއްކޮށް ހޭދަކުރަން.ވެދިޔަތަން ދޫކޮށްލާފަ އަހަރެން ޔޫންއަށް މަޢާފް ކޮށްފިން އެންޑް ޔޫންއަށްވެސް ހުރީ އަހަރެން ނޫން އެހެން މީހަކު އިޙްތިޔާރުކުރެވުނީމަ އެކަމުގެ ހިތި ނަތީޖާ ފެނިފަ.އަދިވެސް ބޭނުންވަނީ ހަމަ އެހެން މީހެއްތަ؟”ކިރާ ޔޫވިންގެ ކުރިމައްޗައް ހުއްޓިހުރެ ލޯހަނިކޮށްލަމުން ބުންޏެވެ.”ނޯ ކިޓީ.އަހަރެން އޭރުވެސް،މިހާރުވެސް،ފަހުންވެސް ބޭނުންވަނީ ކިޓީ.އައި ރިގްރެޓް ނޮޓް ރިއަލައިޒިންގް ޔުއަރ ވޯތް ސޫނަރ.ނޫނީ މިކަން ނިމިއްޖެތާ ކޮން ދުވަހެއް”ޔޫވިން ބުންޏެވެ.

“ސޯ.އައިޝަތު ކިރާ.ވިލް ޔޫ މެރީ މީ؟”ޔޫވިން ކިރާގެ ކުރިމަތީ އެއްފައި މައްޗައް ތިރިވެ ޖީބުން ނެގި މަހުމާ ފޮއްޓެއް ހުޅުވާލަމުން ބުންޏެވެ.އެތެރޭގަައި އިން އަނގޮޓި ފެނުމުން ކިރާ ބަސްހުއްޓުނެެވެ.އެއީ އެތައް މިލިއަން ޑޮލަރަކަށް ނޫނީ ނުލިބޭނެ އަނގޮއްޓެއްކަން އޭނާއަށް އިނގެއެވެ.”އޮފް ކޯސް.ޔެސް.އައި ހޭވް ބީން ވެއިޓިންގް ފޯ ދިސް ފޯ ސޯ ލޯންގް”ކިރާ މިހެން ބުނިއިރު އެ ތުންފަތްމަތީގައިވީ ރީތި ހިނިތުންވުމެކެވެ.”އައި ލަވް ޔޫ ކިޓީ.ޔޫ އަރ ދި އޮންލީ ވުމެން އިން މައި ލައިފް ނައު”ޔޫވިން ކިރާގެ އަތުގައި އަނގޮޓި އަޅުވާލަދެމުން ބުންޏެވެ.”އައި ލަވް ޔޫ ޓޫ ޔޫން.ޑޯންޓް ލީވް މީ އެގެއިން”ކިރާ ޔޫވިންގެ މޭގައި ބޯ އަޅާލަމުން ބުންޏެވެ.”ކުޑަބެ އަދިވެސް ހިތްހަމަނުޖެހިފަތަ؟”ކައިޝާން އެއްޗެކޭ ނުބުނެ ގަބުވެފައި ހުރުމުން ކިރާ އެއްސެވެ.”ނޫން ޕްރިންސެސް.އައި އޭމް ސޯ ހެޕީ ދެޓް މައި ބެސްޓް ފްރެންޑް އެންޑް މައި ލިޓްލް ސިސް އާ ގެޓިންގް މެރީޑް.ޔޫން.އަހަރެން ޤަބޫލުކުރަނީ އަހަރެންގެ ކޮއްކޮގެ ހިތުގައި ޔޫންއާއި މެދު ނެތް ބުރަކަމެއް ކޮންމެހެން އަހަރެންވެސް ބާއްވައިގެން ނުވާނެކަމަށް.އަހަރެން ބުނީމެއްނު ޔޫންގެ ޕާސްޓްގަ ކޮންމެ ކަމެއް ދިމާވެފަ ހުއްޓަަސް އަހަރެން ޖަޖް އެއްް ނުކުރާނަމޭ.ކުށްކުރެވޭނީ އިންސާނުންނަށް.ޔޫންއަށް އޭރު ކިޓީ އެ ވީ ލޯބީގެ އަގު ނުވިސްނުނީ ސިކުނޑި ޅައީމަ.އައި އޭމް ހެޕީ ދެޓް الله ގޭވް ޔޫ ބޯތް އަ ޗާންސް ޓު ފިކްސް ދަ ޕާސްޓް.އެންޑް އާފްޓަރ ވެއިޓިންގް ފޯ ސޯ ލޯންގް.ޔޫ ބޯތް އަރ ޓުގޭދަރ އެގެއިން.އައި ކެނޮޓް ބީ މޯރ ހެޕިއަރ.ކިޓީ އެންޑް ޔޫން މީހަކާ އިންނަ ދުވަސް އެއީ އަހަރެން އެންމެ ދެކެން ބޭނުންވި ދެ ދުވަސް.އެކަމަކު މިހާރު ފެންނާނީ އެއްދުވަހެއްގެ ގޮތުގަ ކަންނޭނގެ”ކައިޝާން ސީރިއަސް ރާގަކަށް ފެށި ވާހަކަ ނިންމާލީ އެތާ ތިބި އެންމެން ހެއްވާލަމުންނެވެ.

“އޯހް.ބޭބީ އައި ވޯޒް ލޫކިންގް ފޯރ ޔޫ؟”ޓެރަސްއަށް ވަދެގެން އައި ޔަޝްފާއަށް ދޮރާއި ފުރަގަސްދީގެން ހުރި ލަޔާން ފެނުމުން ބުނެ އެތެރެއަށް ވަނެވެ.އެވަގުތު އެތާ ތިބި މީހުން ފެނުމާއެކު އެހެން ބުނެވުނު ކަމުގެ މޮޔަ ހިތައް އެރިއެވެ.ސީޑިން މައްޗައް އަރައިގެން އެތެރެއަށް ވަންނަން އައި އިރު އޭނާއަށް ފެނުނީ ހަމައެކަނި ލަޔާންކަމުން އެޔަށް ވުރެ އެތެރޭގައި ބަޔަކު ތިބި ކަމެއް އޭނާއަކަށް ނޭނގެއެވެ.”ބޭބީ؟ތުއްތޫ!”ކިރާއާއި ކައިޝާންއަށް އެ އަޑު އިވުމުން ދެމީހުނަށް އެއްފަހަރާ ބަލާލެވުނީ ލަޔާންއަށެވެ.އެޔާއެކު ޔޫވިން ހޭންފެށިއިރު ލަޔާންއާއި ޔަޝްފާގެ މޫނުތައް ވަނީ ރަތްވެފައެވެ.”ޔޫން؟”ޔޫވިން ހޭން ފެށިތަން ފެނި އެ ދެމީހުންގެ ސުވާލުތައް އަމާޒުވީ ޔޫވިންއަށެވެ.”ކައި.އައި ޓޫކް ޔުއަރ ޕްރިންސެސް.ސޯ ހީ ޓޫކް މައި ޕްރިންސެސް.ވީ އަރ ޑަބަލް އިން ލޯސް ނައު”ޔޫވިން ހިނިތުންވެލަމުން ބުނުމާއެކު ކިރާއާއި ކައިޝާަންގެ ދެލޯ ތަތްމިނަށް ހުޅުވުނެވެ.”އަފިރިން މާލޭގަ ތިބިއިރު މިއީތާ މި ތުއްތު މި ގަތް ގަނޑަކީ.ސޯ މަށަށް އޭރުވެސް ހީވީ ރަނގަޅައްތާ”ކިރާ ބުންޏެވެ.”ޔޫ ބޯތް ބިކޭމް ކްލޯޒް އޯލް އޮފް އަ ސަޑެން ސޯ ޝައްކު ނުވާ ވަރެއްވެސް ނޫންދޯ”ކިރާ ކުރީގެ ހަދާންތައް އާކުރަމުން ބުންޏެވެ.ފުރަތަމަ ކޮޅު ލަޔާންއާއި ޔަޝްފާއާއި ދެމެދު އޮތް ދުރުމިނުގެ އަސްލަކީ އޭނާާއާއި ލަޔާންގެ ގާތްކަން ފެނި އެއީ ލޯބިވެރިންކަމަށް ދެކެވި ޔަޝްފާއަށް ކުރެވުނު ކުށްހީކަން އޭނާއަށް ވިސްނުނެވެ.”އޯ.މައި.ގޯޑް.ކޮންގްރޭޗުލޭޝަންސް މޭން.އަހަރެން ހީކުރީ ތުއްތުބެއްޔާ މުސްކުޅިވާއިރުވެސް މީހަކާ ނީންނާނެ ކަމައް.އެހެންވީމާ ތުއްތުބެއްޔާ މި ރަށަށް މި އައީ ރަޝިއާއިން އިންނާނެ ކުއްޖަކު ނުލިބިގެން މި ރަށުން ކުއްޖެއް ހޯދަންތާ”ކައިޝާން ދަތްޕިލަ އަތައް ލައިގެން ހުރެ ލަޔާންގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.

“ވެއިޓް ކުޑަބެ އެންޑް ކިޓީ؟”ޔަޝްފާއަށް ޖޯޑުކޮށްލެވިފައިވީ ޔޫވިންއާއި ކިރާގެ އަތް ފެނުމުން ބުނެވުނެވެ.”މީހުން ބުނެއެއްްނު ފުރަތަމަ ނަޒަރުންވެސް ލޯބިވެވޭ ވާހަކަ.ކުޑަބެއާއި ކިޓީ ދިމާވީ ކައިގެ ވެޑިންގް އިން.ދެން ދެމީހުން އެއްކޮށް ވޯކް ކުރަން ފެށީ.އެންޑް ވީ ބިކޭމް ރިއަލީ ކްލޯޒް.ދެން ކުޑަބެ ކިޓީ ދެކެ ލޯބިވާ ވާހަކަ ބުނެފަ ހަމަ ދެންމެ މި ޕްރޮޕޯސް ކުރީ.ކިޓީ ބުނީ ޔެސް އޭ.”ޔޫވިންގެ ވާހަކަތަކުން އޭނާގެ މަޤުސަދަކަށްވީ އެ ދެމީހުންގެ ދެމެދުގައި ވީ މަާޒީ ސިއްރުކުރުންކަން ޔަޝްފާ ނޫން ބާކީ ތިބި ތިން މީހުންނަށް
ނަގައިގަނެވުމާއެކު އެ އެންމެންެ ވެސް އޭނާ ބުނިގޮތާއި އެއްބަސްވިއެވެ.ހަޤީގަތުގައި ކަން ހިނގައިދިޔައީ އެޔަށްވުރެ މާ ކުރިން މުޅިން އެހެން ގޮތަކަށް ކަމުގައި ވިޔަސް މެއެވެ.

“ޓެރަސްގަ ތިބި އެންމެން ހަމަ މިހާރު ތިރިއަށް އަންނަންވީ.މި ދަނީ ވެޑިން އޮތް ދިމާލަށް.ދާން ބޭނުންނުވާ މީހުން ދޭ ނިދަން”ޔާަކިންގެ އަޑަށް އެެންމެން ތިރި ބަލައިލިއިރު އޭނާ ހުރީ ޝަރާގެ އަތުގައި ހިފައިގެން ބޭރަށް ދާން ތައްޔާރުވެގެންނެވެ.އުރުގަައި އިން ޔޫލް ތޮއްޕިއެއް އަޅައިގެން އިނދެ ކުޑަބެމެން ހާދަ ލަހޭ ކިޔައި ދިމާކުރަން ފެށިއެވެ.އެއިރު ލިހުވާންގެ ދެމަފިރިންނާއި އަމާނާ ޖޯލީގައި ތިބެ އެމީހުންނަށް އަވަސްކޮއްގެން އައުމަށް ބުންޏެވެ.”ކައީ.ލެޓްސް ގޯ ވީ އަރ ގޮއިންގް ޓި ބީ ލޭޓް” އެމީހުން އެ ގޮތުގައި ތިއްބާ އީޝާ އައިސް ކައިޝާންގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ގެންދިޔައެވެ.އެޔާއެކު ބާކީ ތިބި ހަތަރު މީހުންވެސް ޓެރަސްއިން ފައިބައިގެން ދިޔައެވެ.

އިރުއޮއްސެމުން ދިޔަ ވަގުތެވެ.ހެދުނުގަޑީ ކައިވެނި ކުރެވޭ މާހައުލު ރީތިކޮށް ނިންމުމަށްފަހު ހަވީރު ސައިބުއިމަށްފަހު ހުރިހާ އަންހެންވެރިން ފެށީ މިރެއަށް ޓަކައި ތައްޔާރުވާށެވެ.އެއިރު ލިހުވާން އާދައިގެ މަތީން އެ މީހުންނާއި ދިމާކުރަމުން ދިޔައީ “ސްލޯޕޯކްސް” އޭ “އަވަހަކާ ނުނިމޭނެއޭ” ކިޔަމުންނެވެ.ފެންވަރައިގެން ނުކުމެ ބާތްރޯބްގައި ލޯގަނޑު ކުރިމަތީ ހުރި ކިރާ ސިހިގެންދިޔައީ ކުއްލިއަކަށް ޔޫވިން އެ ކޮޓަރިއަށް ވަދެ ތަޅުލުމުންނެވެ.”އާހް.ޔޫން ޔޫ ސްކެއަރ މީ.ކީއްވެ ތި އައީ؟”ކިރާ ހަށަންބަދެލަމުން ބުނުމާއެކު ޔޫވިން އޭނާގެ ގާތައް ފިޔަވަޅެއް އަޅައިލިއެވެ.”އައި މިސް މައި ޓްސަރީޓްސާ”(ރަޝިއާ ބަހުން ރާނީ)ޔޫވިން ބުނުމާއެކު ކިރާ ރަކިވިއެވެ.”ދެން ޔޫން”ކިރާ ޔޫވިންގެ މޭގައި ބޯ އަޅާލިއެވެ.”އެނީވޭސް އައި ހޭވް އަ ގިފްޓް ފޯރ ޔޫ”ޔޫވިން ބުނުމާއެކު ކިރާ ކޯއްޗެއްހޭ އަހާލިއެވެ.”އަލަމާރި ހުޅުވަބަ”ޔޫވިން މިހެން ބުނުމާއެކު ކިރާ ގޮސް ކޮޓަރީގެ ކަނެއްގައި ހުރި ހުދުކުލައިގެ ތިން ދޮރުފަތްލީ އަލަމާރި ހުޅުވާލިއެވެ.އެޔާއެކު ކޮނޑެއްގައި އަޅުވާފައި އިން ރޯޒްގޯލްޑް ކުލައިގެ މާމެއިޑް ހެދުން ފެނި ކިރާގެ އަނގައިން ބަސް ހުއްޓުނެެވެ.ހެދުމުގެ މޭމައްޗާއި ބަނޑާއި ދިމާލުގެ އިތުރުން ފަސްބައިގައި ރިހި ކުލައިގެ ވިދާ އެސްތަކެއް ހަރުކުރެވިފައިވީއިރު ކަފް އަތެއް ލާފައި އިނެވެ.އަތުގައި ވެސް ކޮނޑާއި ހިސާބުން ފެށިގެން ވަކި ހިސާބަކަށް އެސް ހަރުކުރެވިފައި ހުއްޓެވެ.އެޔާއި ޖެހިގެން އިން ކޮނޑުގައި އޮތީ ހެދުމާއި ގުޅޭ ގޮތައް ލޭހުން ފަރުމާ ކުރެވިފައިވީ ހަމަ އެ ކުލައިގެ ވިދާ ޝޯލްއެކެވެ.

“އޯ މައި ގޯޑް ޔޫން.ދިސް އިޒް ސޯ ޕްރިޓީ.ހައު ޑިޑް ޔޫ….ބިކޯޒް އައި ޓޯލްޑް އައިރާ އެބައުޓް އިޓް ހެނދުނު ގަޑީގަ.އެންޑް ދިސް ޑްރެސް އިޒް ސަމްތިންގް ދެޓް ޝީ ބޯޓް ފޯރ ޔޫ ފްރޮމް ރަޝިއާ އެންޑް އައި ޓޯލްޑް ހަރ ކިޓީއަށް ސަޕްރައިޒެއް ދޭން ބޭނުމޭ.ސޯ އައިރާ ކިޓީ އަތައް މި ކުލައިގެ ދިގު ހެދުމެއް ދީފަ އަހަރެން އަތައް މި ހެދުން ދިނީ ބިކޯޒް ޝީ ނިއު ޔޫ ލައިކް ދިސް ސްޓައިލް.އެންޑް ޔޫ ނޯ ޝަރާއްތަ އިޒް ކައިންޑް އޮފް އަ ފެޝަން ޑިޒައިނަރ ސޯ ޝަރާއްތަ ގެ އައިޑިއާސް އާއި އެއްގޮތައް ހެދުމާައި ޝޯލް ޝަރާއްތައަށް މިއަދު ޓައިމް ނުވީމަ ރަށުގެ ތަންކޮޅެއް އެ ކޮޅުގަ ހުންނަ ފަހާތަނަކަށް މޮޑިފައި ކުރަންދިނީ.އެންޑް ނަސީބަކުން 4 ޖެހިއިރު ހުރީ ނިމިފަ ސޯ ކިޓީ ބަދިގޭގަ ހުއްޓާ އަހަރެން ސިއްރުން ދޭތިވެސް ގެނެސް އަލަމާރިއަށް ލީ”ކިރާގެ ޖުމްލަ މެދުކަނޑާލަމުން ޔޫވިން ބުންޏެވެ.”އޯވް ދެޓްސް ސޯ ސްވީޓް އޮފް ޝަރާއްތަ.ތޭންކްސް ޔޫން.އައި ލަވް ދިސް ޑްރެސް”ކިރާ ހެދުމުގައި ފިރުމާލަމުން ބުންޏެވެ.”ދެން އެހެންވީރުން ލައިގެން އަންނަންވީނު؟”ޔޫވިން ލާނެތް ހިނިތުންވުމަކާއެކު ބުނުމުން ކިރާ ލަދުގަތެވެ.”ދެން ޔޫންންން.ތި ލާން އުޅޭ ސޫޓެއް ލައިގެންވެސް އަހަންނަކަށް ގަޑީގެ ކުރިއަކުން ނުދައްކާ.ސޯ ޔޫ ހޭވް ޓު ވެއިޓް ޓޫ.ނައު ގެޓް އައުޓް”ކިރާ މިހެން ބުނެ ޔޫވިންގެ ބުރަކަށީގައި އަތް އަޅާ ކޮއްޕަމުން ގޮސް ކޮޓަރިން ބޭރަށް ނެރުނެވެ.”ދެން ދޫނީ.އައި ކާންޓް ވެއިޓް”އެވަރުންވެސް ޔޫވިން ދޮރުން ބޭރުވީ އެހެން ބުނެ ކިރާގެ ކޯތާފަތުގައި ބޮސްދިނުމަށްފަހުއެވެ.

އެއިރު އޭނާއަށް ނުކުމެވުނީ ޖެހިގެން ހުރި ކޮޓަރިން ނުކުތް ކައިޝާންގެ ކުރިމައްޗަށެވެ.ޔޫވިން ހުރިގޮތް ފެނުމުން ކައިޝާންއަށް ކޮންމެވެސް ވަރަކަށް ވީގޮތް ނަގައިގަނެވުމާއެކު އޭނާއަށް ހެވުނެވެ.”ޔޫ ހޭވް ޓު ބީ ރިއަލީ ޕޭޝަންޓް ވިތް މައި ޕްރިންސެސް ބްރޯ.ޝީ ވިލް ޑޫ ވޯސް ވެން ޔޫ ބިކަމް ހަރ ހަޒްބެންޑް”ކައިޝާން މިހެން ބުނުމާއެކު ޔޫވިން ހިނިތުންވެލަމުން ދެފަރާތައް ބޯހޫރާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

-----queen-----

Level 1

Other Articles

Previous

ޝަހީދުންގެ ސާހިބާ 2

Next

ޝަހީދުންގެ ސާހިބާ 3

Next
August 31, 2024

ޝަހީދުންގެ ސާހިބާ 3

Previews
August 30, 2024

ޝަހީދުންގެ ސާހިބާ 2

3 Comments!

  1. Cutie girl says:
    August 31, 2024 at 11:50 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Finally Kira and Yoon is getting married
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

  2. Koil says:
    August 31, 2024 at 8:29 pm

    This story include haram activities like zina.
    It’s not good.

    1. Queen says:
      August 31, 2024 at 10:06 pm

      It’s Just an imaginary story nothing serious 😭

Comments are closed.

Next Episodeފިނި ހިތް 22 (ފަހުބައި)←


All Right Reserved!