Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ސިއްރު
އެހެނިހެންލޯބި

ސިއްރު-3

pumpkin girl Level 1
August 20, 2024 4 Mins Read
1 Comment

“ޒާން؟ ކޮންކަމަކާ ތި ވިސްނަނީ؟ ކޮން ފޫއްސެއް ތި ވަނީ؟ ކިހިނެއްވީ؟” އަހަރެން ވިސްނަން އިންކަން ދެނެގަންނަން އައްޒާމް އައް މާ އުނދަގޫ ނުވިއެވެ.

…………………………………………………………………..

“ކަމެއް ނުވޭ… ދަތުރު ދޯ؟ ދެން ދާނީ އެއްނު؟” އަހަރެން މަޑުމަޑުން ހީލަމުން ވަރަށް ނޫން ކަމައް ހަދާލާފައި ބުނެލީމެވެ. ކިތަންމެ ދާ ހިތެއް ނެތަސް އަހަންނަށް ދާން މަޖްބޫރު ވިފަދަ އެވެ. އެކުވެރިޔާ އެފަދަ ކަމަކައް އެދުމުން ނޫނެކޭ ބުނަން ވެސް ނުކެރުނީއެވެ.

“ބްރޯ… ކައިރީ ރިސޯރޓް އަކައް ޖައްސާލާނީ ހަފްތާއެއް ވަރަކައް ދޯ؟” އައްޒާމް ގޮޑިން ތެދުވަމުން ބުނެލިއެވެ. އަހަރެން ވެސް މަޑުމަޑުން ގޮޑިން ތެދުވީމެވެ. އެއިރު ވެއިޓްރެސް ވެސް އަހަރެމެން ސައި ބުއި ޖޯޑުތައް ނަގައި ރުފިޔާ މާރުކުރުމައް ފަހު ބާކީ މޭޒުމަތީ ބެހެއްޓިއެވެ. އަހަރެން ބާކީ ފައިސާ ނަގާ ޖީބައް ލުމައްފަު މަޑު ފިޔަވަޅު ތަކެއްގައި އައްޒާމްގެ ފަހަތުން ސައިކަލް އާ ދިމާލައް މިސްރާބު ޖެހީމެވެ. ދެމީހުން ވެސް ދެ ސައިކަލައް އެރުމައް ފަހު ދުއްވާލީ ދެ ދިމާލަކަށެވެ.

އަހަރެން އެއްވެސް ވަރަކައް މިހާރު ގެޔައް ދާ ހިތެއް ނުވެއެވެ. ޝަހާގެ މޫނު ފެންނަ ހިސާބުގައި ހުންނަން ވެސް އަހަރެން މިހާރު ބޭނުން ނުވެއެވެ. އެހެން ކަމުން މިޔޮއް ހޫނުގަދަ ވަގުތުގައި ވެސް މާލޭގެ މަގުތަކުގައި ދުއްވަމުން އަހަރެން ދިޔައީ ދާނެ ވަކި މަންޒިލެއް ނެތިވެ އެވެ. ވިއްސައްކަ މިނިޓައް ދުއްވާލުމައްފަހު އަހަންނައް ވަރުބަލި ކަމުގެ އިހުސާސް ވާން ފެށި އެވެ. އިތުރު ގޮތެއް ނެތުމުން އަހަރެން ގެޔާ ދިމާލައް ދާން ދެން ދުއްވާލީ ވަރަށް ފޫހި ކަމާ އެކީގައެވެ.

އަހަރެން ގެޔައް ވަތް އިރު އެކަކު ވެސް ފެންނާކައް ނެތެވެ. މުޅި ގެޔައް އޮތީ ހަމަ ހިމޭން ކަން ވެރިވެފަ އެވެ. އެ ހިމޭންކަމުގެ ތެރެއިން ވެސް އިވިގެން ދިޔައީ ހަމަ އެކަނި އަހަރެން ހުޅިވި ދޮރުގެ އަޑެވެ. މައްމަގެ ކޮޓަރީގެ ދޮރުން އަލި އެޅިފައި ނެތުމުން މައްމަ ގޭގައި ނެތްކަން އިގުނެވެ. ވާނީ ފިހާރައައް ދިޔައީ ކަމަށެވެ. އަހަރެން ދެން ވަރަށް ފޫހި ނަޒަރެއް އަހަރެންގެ ކޮޓަރިޔައް ދިނީމެވެ. އެއްވެސް އަލިކަމެއް ދޮރަކުން ފެންނަން ނެތް ނަމަވެސް ޝަހާގެ ފައިވާން ހުރުމުން ޝަހާ ގޭގައި އުޅޭކަން އަހަންނައް އިގުނެވެ. ގޭގެ ދޮރު މަޑުމަޑުން ލައްޕާލުމައްފަަހު އަހަރެން ދެން ދިޔައީ ލަސް ފިޔަވަޅު ތަކެއްގައި އަހަރެންގެ ކޮޓަރިޔާ ދިމާލަށެވެ.

ކޮޓަރީގެ ދޮރު ހުޅުވުމާ އެކީ އިވިގެން ދިޔަ އީ މަޑު ގިސްލުމެއްގެ އަޑެވެ. އަހަރެން އެދާއި ދިމާލައް ނަޒަރެއް ދިނީމެވެ. އެއިރު މޫނު މަތީގައި ބާލިސް އަޅައިގެން ޝަހާ އޮތެވެ. ބޮކި ނުދިއްލާ ހުރުމުގެ ސަބަބުން ކުޑަދޮރުގެ ދޮރުފޮތިން ފުރޭނިގެން އެޅިފައި ވާ އަލި ފިޔަވާ އިތުރު އަލިކަމެއް ވެރިވެފައިނުވާ އިރު މުޅި ކޮޓަރި ތެރެ ހުރީ ފުދޭ ވަރަކައް އަނދިރި ކޮށެވެ.

އަހަން ނާހަން ހުރެފައި ވެސް އަހަރެން އަގަ ހުޅުވާލީމެވެ. ދޮރު ހުޅުވި މަޑުކަމުން އަހަރެން ވަތް ކަމުގެ ހިލަން ވެސް ނުވެފައި އޮތް ޝަހާ އަހަރެން ވާހަކަ ދެއްކުމުން ދިޔައީ ސިހިގެންނެވެ. “ކިހިނެއްވީ؟” ވަރަށް ފޫހި ރާގަކުން އަހަރެން ސުވާލު ކޮއްލީމެވެ. މޫނުމަތީގައި އޮތް ބާލިސް ނެގުމައް ފަހު ޝަހާ އަހަންނަށް ފުން ނަޒަރެއް ދީފައި ކުޑަކޮއް ދެ ލޮލުން ފައިބައިފައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފުހެލައިފައި ފުން ނޭވާ އެއް ބޭރު ކޮއްލިއެވެ. ހީވަނީ ބުނަން އުޅޭ އެއްޗެއް ބުނަން ނުކެރިގެން އުޅޭ އެއްޗެއް ހެނެވެ.

“އިޒާން… ކީއްވެ އަހަންނާ ދޭތެރޭ އެގޮތައް ކަންތައް ކުރަނީ؟ މިއަދު ވެސް އެވަރައް ގޭގައި ބުރަކޮއް މަސައްކަތް ކޮއްފައި އަހަރެން ޒާން އައް ކައްކަން ވަގުތު ހުސްކޮއްގެން ކައްކާފައި ހުއްޓާ ކީއްވެ ދިޔައީ؟ އެންމެ ފަހަރަކު ވެސް އަހަރެން ކެއްކި އެއްޗެއް ކެއިންތަ؟” ކުޑަ ފަސް ޖެހުމަކާ އެއްކޮއް ނަމަވެސް ޝަހާ ވަރައް ކުރަކި ވެފައިވާ އަޑަކުން ސުވާލު ކޮއްލި އެވެ. އެ ދެލޯ ހުރީ ރަތްވެ ކުޑަކޮއް ދުޅަ ވެސް ވެފައެވެ. ޝަހާގެ މޫނުމަތިން އެއްވެސް ދިރުމެއްގެ އަސަރު ފެންނަން ނެތް އިރު އެ މޫނުމަތިން ފެންނަނީ ގިނަ އިރު ހިތާމަ ކުރި ކަމުގެ އަސަރު ތަކެވެ. އިސްތަށިގަނޑު ވެސް ވަނީ ޒާތަކައް ހޭވިފައެވެ. މިއީ މި ކައިވެންޏައް ފަހު ޝަހާ މިކަމާ ހިތާމަ ކުރާ ތަން ފެނުނު ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ނަމަވެސް އަބަދުމެ އަޑުއިވޭ ޝަކުވާ ތަކެެވެ.

އެކަމަކު އަހަރެންގެ މި ހިލަ ހިތަކައް އެއްވެސް ކަމެއްގެ އަސަރެއް ނުކުރިޔެވެ. އަހަންނައް އޯގާތެރިވާން ވީ ވަގުތު އިޚްތިޔާރު ކުރެވުނީ ރުޅިއެވެ. އައި ސިގު ރުޅީގައި އަހަންނައް ވަރަށް ހުތުރުކޮއް ޝަހާއާ ދިމާލައް އަނެއްކާ ވެސް ހަޅޭއްލަވާ ގަތީ އޭނާ ދެރަ ވާނެ ވަރު ވެސް ވިސްނާ ނުލައެވެ.

“ކަލެއާ ބެހޭ ކަމެއް ވެސް ނޫން އެއީ… މަ ކަންތައް ކުރާނީ މަ ކުރާނެ ގޮތަކައް… ކަލެޔާ ބެހޭ ކަމެއް ނޫން އެއީކީއެއް… ކަލޭ ނުޖެހޭނެ މަ އުޅެން ވީ ގޮތާ ނޫޅެން ވީ ގޮތް ކިޔާ ދޭކައް… މަށައް އިގޭނީ މަ އުޅޭނެ ގޮތެއް… މަ ކާން ދާނެ ތަނަކާ އެއްޗެއް އިގޭނީ މަށައް… ކަލެއްކައް ނޫން… އަޑުއިވިޖެއް؟” އަހަރެން ޝަހާއައް ރުޅިވެރި ނަޒަރެއް ދިނީމެވެ. ޝަހާ ހުރީ އަޑައް ބާރުލައިފައި އެއްޗެއް ބުނުމުން ކުޑަކޮއް ބިރުންނެވެ. ނަމަވެސް އޭނާ އަކީ ވަކި ގޮތްދޫކުރާ މީހެއް ނޫނެވެ. އެއީ އަހަރެން ޝަހާ ދެކެ ފޫހިވާ އެއްސިފައެވެ. އޭނާ އެޅީ އަހަންނާ ޖަދަލު ކުރާ ކޮޅަށެވެ.

“އެހެން ދޯ؟ ބަލަ މަ މީ އިޒާންގެ އަނބިމީހާއޭ… މަށައް ވެސް ކެތް ވާނީ ވަކި ވަރަކައް… އަބަދަކު ނޫޅެވޭނެ ޒާން ހެދިހާ ގޮތަކައް ހެދިގެނެއް… މަ ވެސް މީ އިންސާނެއް… މަގެ ވެސް އޮތީ ހިތެއް…” ޝަހާ އޭނާގެ އަޑައް ބާރުލާފައި އަހަންނާ ދިމާލައް ބުނެލިއެވެ.

“ކަލޭ ތި ގޮތައް ދިރިއުޅެން ބޭނުންވީމަ ދޯ މަށާ އިންނާނީ… ހަމަ ގައިމުވެސް އެކަކުވެސް ޝަހާ މި ކައިވެނި ކުރުމައް މަޖުބޫރު ނުކުރުވާ… މަ ބުނިން ދޯ އިނުމުގެ ކުރިން ވެސް މަގެ ފަރާތުން ކަލެއަކައް އެއްވެސް ފައިދާއެއް ނުވާނޭ…” އައި ރުޅީގައި ޝަހާ އެދާ ދިމާލައް ކޮއްޕާލަމުން އަހަރެން ބުނީމެވެ.

“ކާކު ބުނީ މަޖުބޫރު ކުރީއޭ؟ މަ ހަމަ އަމިއްލައް އިންނަން ވެގެން އިނީ… އެކަމު ކަލޭ ތީ ބޮޑުވަރު…” އެދުން ތެދުވެ އައިސް އަހަރެންނާ ދިމާލައް ޝަހާދަތް އިގިލި ދިގު ކުރަމުން ޝަހާ ބުންޏެވެ.

“އޭ… އަދިވެސް މަށާ ޖަދަލު ކުރަންތަ ތި އުޅެނީ… ބުނަން ރަނގަޅު ވާހަކައެއް… މިހާ ހިސާބުން މި ކަންތައް ނިންމާ ނޫނީ ނުކުންނަ ނަތީޖާ މާ ތާހިރެއް ނުވާނެ…” އަމުރުވެރި ގޮތަކައް އަހަރެން ބުނީމެވެ.

ދެން ފެށިގެން ދިޔައީ އަހަރެމެންގެ ހޫނު ޒުވާބު ގަޑެވެ. މައްމަ ގޭގަ ވެސް ނޫޅެނީ ނަސީބެކޭ އަހަރެންގެ ހިތައް އެރިއެވެ. މީގެ ކުރީގައި ވެސް ދެމީހުންގެ މެދުގައި އަރައިރުން ގަޑުތައް ހިގާ ޒުވާބު ކުރި ކަމުގައި ވިނަމަވެސް މި ވަރު ނުވެ އެވެ. ބޮޑު ޒުވާބަކައް ފަހު ޝަހާގެ ކޯތާފަތް މައްޗައް އެރީ އަހަރެންގެ އަތުގެ ހޫނުގަދަ ހަމަލާއެކެވެ. ތަދު ވާނެ ވަރު ވެސް އަހަންނައް އިގުނެވެ. ޖެހުނީ މަޑަކުން ވެސް ނޫނެވެ.

“ދެން ވެސް މަށާ ޒުވާބުކުރަން ނަހަދާތި… މަ ބުނިންދޯ ނުކުންނަ ނަތީޖާ މާ ތާހިރެއް ނުވާނޭ…” އަހަރެން އެންމެ ފަހު ބަސް އިއްވާލުމައް ފަހު ޝަހާގެ އަމަލުތަކައް ފަރުވާލެއް ނުދީ ކަންފަތައް ދެ އެއާރ ޕޮޑްސް ޖަހާލަމުން  އެދުގެ ފަޑީގައި ލެގިލައިގެން އިށީނީމެވެ. އަދި ޖިންސުގެ ޖީބުގައި އޮތް އަހަރެންގެ ފޯނު ނެގުމައް ފަހު އެޔާ ކުޅެން ފެށީ ޝަހާގެ މޫނު ބަލަން ބޭނުން ނުުވުމުންނެވެ.

އެއިރު މުޅި ކޮޓަރި ތެރޭގައި ވެސް ގުގުމާފައި ވަނީ ޝަހާގެ ރުއިމުގެ އަޑެެވެ. ކިތަންމެ ނުބަލަން އޮތަސް އެއްލި ކަޅިއަކުން އަހަންނައް ޝާހާގެ މޫނައް ފުން ނަޒަރެއް ދެވުނެވެ. މިފަހަރު ކުޑަކޮއް ތުންފަތް ފަޅާގެން ގޮސްފައި ވެއެވެ. އެއީ އަހަރެން އޭނާގެ ކޯތާފަތް މަތީގައި ޖެހި އިރު ވި ކަމެކެވެ. ނަމަވެސް ދެން އަހަރެން މިކަމާ އަޅާ ވެސް ނުލި ތާނގައި ޝަހާގެ މޫނަށް ވެސް ނުބަލަމެވެ. އޭނަ ކުރި ނުކުރި ކަމެއް ވެސް ނުބަލަމެވެ. ބަލާ ހިތަކުން ނުވެސް އުޅެމެވެ.

އަހަރެން ފޯނާ ކުޅެ ކުޅެފައި ޢަޞުރު ވުމުން ނަމާދައް ދާން ވެގެން އެދުން ތެދުވީމެވެ. އެއިރު އަހަންނާ ތަންކޮޅެއެއް ދުރުގައި އޮތް ޝަހާ އައް އޮތީ ނިދިފައެވެ. އޭސީގެ ފިނިކަމުން މުޅި ކޮޓަރި ހީވަނީ ގަޑު ފެންކޮޅެއް ހެންނެވެ. ނަމަވެސް ރަޖާގަޑެއް ނާޅާ އޮތް ޝަހާ އޮތީ ނިދީގައި ވެސް ތުރުތުރު އަޅާ ހާލުގައެވެ. އަހަރެން ވަރަށް ފޫހި ވެ ހުރެ ރަޖާގަޑެއް ނަގައި ޝަހާގެ ގައިމަތީގައި ވަރަށް ފަރުވާ ކުޑަ ގޮތަކައް އެޅީމެވެ. އެޔައް ފަހު ފެންވަރަން ވަނީ ލަސްނުކޮއް މިސްކިތައް ދެވޭތޯ ބެލުމަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

pumpkin girl

Level 1

Other Articles

Previous

ވައުދޭ ވެވޭ މީ … 37

Next

ލޯބިން ބަލާލީމާ 3

Next
August 21, 2024

ލޯބިން ބަލާލީމާ 3

Previews
August 20, 2024

ވައުދޭ ވެވޭ މީ … 37

One Comment

  1. Cutie girl says:
    August 20, 2024 at 12:15 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Mi part kiyaafa rovijje
    Heyonuvaane sahaa ah Ehn hadhaakah
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih
    V ufaavey thihaa busy koh ulhemun ves vaahaka kiyaalan libeythee
    Alhugandu ge support Abadhuves libeyne insha Allah
    Love you ❤️😍

Comments are closed.

Next Episodeސިއްރު-4←


All Right Reserved!