Skip to content
އެސްފިޔަ

ސިއްރު-2

ކިޔުންތެރިންގެ ސަމާލު ކަމައް!

  1. 1. މި ވާހަކަ އަކީ އަޅުގަނޑު މި ސައިޓުގައި ލިޔާ ފުރަތަމަ ވާހަކަ ކަމުން މި ވާހަކާގައި ކުއްތައް ހުރެފާނެ އެވެ. މި ކަމައް ކިޔުން ތެރިންގެ ފަރާތުން ނިހާޔަތައް މަޢާފައް އެދެމެވެ. އަދި އަޅުގަނޑަށް ދިމާވާ ކުއްތައް ފާހަނގަކޮައް ދިނުމައް ވެސް އެދެމެވެ. އެއިރު ކުރިޔައް އޮތް ތާނގައި އެކަންތައް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާނަމެވެ.

2. “ސިއްރު” މި ވާހަކާގެ ފުރަތަމަ ޕާރޓު އަޅުގަނޑ އަޕްލޯޑު ކޮއްފަ އިންނާނީ ތަފާތު އެކައުންޓް އަކުން ކަން ފާހަނގަ ކޮއްލަމެވެ. ވީމާ އެ އެކައުންޓައް ކޮއްފަ ތިބި ކޮމެންޓު ތަކައް ރިޕްލައި ނުދެވިދަނެ ކަން ފާހަނގަ ކޮއްލަމެވެ. އެހެންނަމަވެސް މި އެކައުންޓުގައި ކުރެވޭ ކޮމެންޓް ތަކައް ރިޕްލައި ދެވޭތޯ ބަލާނަމެވެ.

………………………………………….

ޝިރާގެ މަރަށް ހަފްތާއެއް ވޭތުވެ ދިޔަ އިރުވެސް އަހަންނަކައް އެދުވަހުގެ ހަނދާންތަކާ ދުރަކައް ނުދެވެއެވެ. ކާއެއްޗެއް ކެވެނީކީ ނޫނެވެ. އެއްވެސް ކަމެއް ކުރާ ހިތް ނުވާތާނގައި ބޭރައް ވެސް ނުދަމެވެ. އަބަދުމެ އޮންނަނީ ކޮންމެވެސް ވިސްނުމެއްގައެވެ. މަންމަ މިކަމާ ޝަކުވާ ކުރިޔަސް އަހަރެން އަޅައި ނުލަމެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ޝިރާ އެހާ މޮޔަ ކަމެއް ނުކުރާނެ އެވެ. އަދި މިކަމުގައި އެހެން މީހަކު ވެސް އެބަ އުޅެއެވެ. މިކަން ހެކި ދެނީ ޝިރާ ފުމި އިރު ޝިރާ ފުމީ ޝިރާގެ ގޭގެ ފްލެޓް އަކުން ނޫނެވެ. ފުމި ފަންގި ފިލަ އެއްވެސް އިގޭކައް ނެތެވެ. ޝިރާގެ ޢާއިލާއިން ވެސް ޝިރާ އަމިއްލައައް ފުމީ ކަމުގައި ބުނެ ކޭސް ނިންމާލީ އެވެ. ނަމަވެސް އަހަރެން މައްސަލަ ޖެއްސީމެވެ. އެކަމަކު ފުލުހުން ވެސް މިހާރު މާ ފަރުވާ ކުޑަވީ އެވެ. ޝިރާ އަމިއްލައް ފުންމާލީ ކަމުގައި ބުނެ ކޭސް ނިންމާލީ އެހެންވެ އެވެ.

……………………………………………………………

*********************************

5 މަސް ފަސް

*********************************

އަހަރެން ގެޔައް އައިސް ވަނީ އާދައިގެ މަތިން އޮފީހައް އައިހެވެ. ގެޔައް އައީ ކޮންމެހެން އަންނަ ހިތަކުން ނޫނެވެ.

“ޒާން… ކިހިނެއް މިޔަދު؟ ހުންނާނެ ވަރަށް މީރުކޮއް ކުޅިމަހާ ރޮއްޓާ ހަދާފަ…” އަހަރެން ފެނުމާ އެކު ޝަހާ ފުން ހިނިތުންވުމެއް ދިނެވެ. އަހަރެން ފޫހި ގޮތަކައް ބަލަން ހުރެފައި ކޮޓަރިޔައް ވަނީމެވެ.

ޝަހާ އަކީ މީގެ މަހެއްހާ ދުވަސް ކުރިން އަހަރެން މައްމަގެ އެދުމުގެ މަތިން ކައިވެނި ކޮއްގެން ގެޔައް ގެނައި ކުއްޖެކެވެ. އަހަރެން ޝަހާ ދެކެ ކިތަންމެ ފޫހި ވިޔަސް އޭނާ އުޅެނީ އަދިވެސް އަހަރެންނާ ހެދި މޮޔަ ވެފައެވެ. ޝަހާއާ އަހަރެން އިނީ ކޮންމެހެން އަހަރެން ލޯބި ވެގެނެއްވެސް ނޫނެވެ. ހަމަ އެކަނި މައްމަ ބުނީތީ ނަމަކަށެވެ. މަންމަ ބުނާ ގޮތުން ނަމަ މި ކަންތައް އެހެން ކުއްޖަކު އަހަރެންގެ ޙަޔާތައް އައުމުން ހަމަޔަކައް އެޅިދާނެ އެވެ. ނަމަވެސް ޝިރާ އަކައް އިންސާފެއް ނުލިބެނީސް އަހަރެން ނުހުއްޓާނަމެވެ. މިދިޔަ ހަފްތާ އައްޒާމް އާއި އަހަންނާ ދެމީހުންގެ ޝަކުވާ ތައް ގިނަ ކަމުން ފުލުހުން ވަނީ އެ ކޭސް އަނެއްކާ ބަލައިދިނުމައް އެއްބަސްވެފަ އެވެ. މިކަންކަމާ ހަވާލުވެގެން ހުންނަނީ އައްޒާމްއެވެ. (އައްޒާމް އަކީ ޝިރާ މަރުވި އިރުންވެސް ފެށިގެން ފުލުހުންގެ އިދާރާގައި މަސައްކަތް ކުރަމުން ދިޔަ މީހެއް)

5 މަސް ފާއިތުވެގެން ދިޔައިރު ވެސް އަހަރެންގެ ސިކުނޑިޔަކުން ޝިރާގެ ހަނދާންތަކާ ދުރައް ދެވޭ ގޮތެއް ނުވި އެވެ. އަހަރެން އަދި ވެސް މަސައްކަތް މި ކުރަނީ ޝިރާގެ މަރުގެ ފަހަތުގައި ވާ މީހެއް ހޯދުމަށެވެ.

ކޮޓަރިޔައް ވަދެ ހެދުން ބަދަލު ކޮއްގެން އަހަރެން ނުކުތީމެވެ. ބަޑުހައި ވެފައި ހުރި ލެއް ބޮޑުކަމުން އަހަރެން ބޭރައް ދާން ނުކުތީމެވެ.

“އިޒާން! ކާން ހަދާފައޭ އެހުރީ…” ޝަހާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކީ ރުޅި އައެވެ.

“ޒާން… ތި ދެން ކިހާ ދެރަ ކަމެއް… ކޮންމެ ދުވަހަކު ޒާން އަންނަން ވާއިރައް ޝަހާ ކެއްކީމަ ޒާން ތި ދަނީ… މައްމަ ވަރަށް ދުވަސް ވެއްޖެ މިކަމާ އެއްޗެއް ނުބުނާ ތާ… އެކަމު ތިޔެއް ނޫން ދޯ ދެން ގޮތަކީ؟” މައްމަ އައްވެސް އަރަން އިގޭނީ ޝަހާގެ ކޮޅަށެވެ.

“ބައްޔެނު… އަހަރެން ދާނީ އަހަރެން ކާން ބޭނުންވާ ތަނަކައް… އަހަރެން ދާ ތަންތަނައް މައްމަ ވެސް ޝަހާ ވެސް ބެހިގެން ނުވާނެ…” ކުދި ކިޔަމުން އަހަރެން ގެއިން ނުކުތީ އެއިން އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ވަރު ވިސްނާ ނުލައެވެ.

މައްމައާ ޝަހާއާ ދެމީހުން ދެކެ ރުޅި އައިސް އަހަރެން ދިޔައީ އަހަރެންގެ ސައިކަލުގައި ކައިރީ ރެސްޓޯރަންޓަކަށެވެ. އައްޒާމް އާ ދެމީހުން އެކައް ގޮސް އަަހަރެމެން އެރީ “ލަކްސް ލްއިފް” ކެފޭ އަށެވެ. އައްޒާމް ވެސް އުޅެނީ މިހާރު އަހަންނެކޭ އެއްފަދައިން މީހަކާ އިދެގެންނެވެ.

“އޭ ބްރޯ… ކޮބާ ޝިރާ ކަންތައް ކިހިނެއް ދަނީ؟” އަހަރެމެންގެ ދެމީހުންގެ މެދައް ވެރިވެފައި އޮތް ހަމަ ހިމޭން ކަން ފޫދުއްވާލީ އައްޒާމް އެވެ.

“އެއިރު އެ ފްލެޓުގައި އުޅުނު މީހުން މަށައް ވެސް އިގެނީ…” އަހަރެން ބުނީމެވެ. އަހަންނެކޭ އެއްފަދައިން އައްޒާމް ވެސް ޝިރާ އެފަދަ ކަމެއް ކޮއްފާނެ ކަމަކައް ގަބޫލުނުކުރެއެވެ. “އޭމަދުށިން އެތާ މަތީ ޓެރެސްގައި ކެމެރާ އެއް އިންދާ… އޭގެ ފުޓްއޭޖް ލިބިދާނެތަ؟” އަހަރެން ބުނެލީމެވެ. ދެން ފެށުނީ އެ މަޢުޟޫއަ ވާހަކަ ދައްކާށެވެ.

“ހޫމ… އެޔެއް ނޫނޭ… ހިގާބައެ ދަތުރަކު ގޮސްލަން… ޖޮބްގައި އުޅެ އުޅެ ވެފަ ހުންނަ ވަރުބަލިކަމާ ސްޓްރެސް ވެސް ފިލައިފާނެ އެންނު؟ ކުޑަކޮއް މައިންޑު ފްރީ ކޮއްފާ ހަމަޖެހިލަން ވެސް ވާނެ… އަބަދު މި ގޮތައް ކަންކަމާ މެދު ވިސްނަން ވެސް ނުވާނެ… މަންޖެމެން ގޮވައިގެން އަދި ދަތުރަކު ވެސް ނުދެވެ އެންނު؟ ހިގާބައެ އެދެމީހުން ގޮވައިގެން ދަތުރަކު ދަމާ…”  ޝިރާގެ ވާހަކަތައް ދައްކަމުން ގޮސް އެންމެ ފަހުން އައްޒާމް މަޢުޟޫ ބަދަލު ކޮއްލިއެވެ. އެވަގުތު ވެއިޓްރެސް ވެސް އަހަރެމެންގެ މޭޒާ ދިމާލައް އާދެއެވެ.

ނަމަވެސް އަހަރެން ވަނީ ފޫއްސެވެ. ޝަހާ އަކީ އަހަރެން ނަމަކައް ގެޔައް ގެނެސް ވެއްދި މީހެކެވެ. އަހަންނަކީ އައްޒާމްއައް އަހަރެންގެ އެއްވެސް ކަމެއް ސިއްރު ކުރާ މީހެއް ނޫން ކަމުގައި ވިޔަސް އަހެރެން ޝަހާ ދެކެ ފޫހި ވާކަން އައްޒާމް އަކައް ނާންގަމެވެ. ނަމަކައް ހަމައެކަނި މައްމަ ރުއްސަން ކުރި ކަމެއް ކަން ވެސް ނޭނގޭނެ އެވެ. އެންމެން ވެސް ހީކުރަނީ އަހަރެން ޝިރާ މަތިން ހަނދާން ނައްތައިލާފައި ޝަހާ ދެކެ އަލުން ލޯބިވި ކަމަށެވެ. ނަމަވެސް އަހަރެންގެ ހިތަކުން އަދިޔަކު ޝިރާ ނޫން އެހެން އެއްވެސް ފަރާތަކައް މި މަޤާމް ދެވިފައެއް ނެތެވެ. އަދި ދޭން ބޭނުންވެސް ނުވެ އެވެ.

“ޒާން… ކޮން ކަމަކާ ތި ވިސްނަނީ؟ ކޮން ފޫއްސެއް ތި ވަނީ؟ ކިހިނެއްވީ؟” އަހަރެން ވިސްނަން އިންކަން އައްޒާމްއައް ދެނެގަންނަކައް މާ އުދަގޫ ނުވި އެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (22)

  1. Cutie girl

    .mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Heyonuvaane sahaa ah Ehn hadhaakah
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih i understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

    1. pumpkin girl
      Cutie girl

      thanks… cutie girl ge support libeythee v ufaa vey… nd srry for not replying to ur previous comment… love you too honey…

  2. Cutie girl

    It’s ok

  3. Anonymous

    Baraboo vaashey salhi hee😎

    1. pumpkin girl
      Anonymous

      ey nuts tha mi ulhenee? noonee goalkeeper gola thoa? neynge dhen vaki kuraakah… dhen faharakun nan jahaalacchey loabee… anyways, thx darling….

    2. Devils Angle
      Anonymous

      Yh💖💖

    3. Devils Angle
      Anonymous

      I am nuts

    4. pumpkin girl
      Anonymous

      eyy.. nuts….

  4. GHÔST GÎRL 👻

    Vrh salhi MASHALLAH curiously my for the next part

    1. pumpkin girl
      GHÔST GÎRL 👻

      thx ghost girl…

  5. Devils Angle

    Ey! Baraboa i am nuts! Nice vaahakaeh

  6. Devils Angle

    Ey! Baraboa i am nuts! Nice vaa hakaeh

  7. sassysiren69

    Baraboa girl..very reethi vhk..but first paragraph ge in “kuhthah” game innaanee alif sukuneh

  8. sassysiren69

    Hi baraboa girl..varah unique* and familiar* name eh dhw😆

  9. sassysiren69

    Baraboa…. Unique* and v familiar* name eh…

  10. Nuts

    Hey idiot why are you trying to be me! So disgusting baby

    1. Anonymous
      Nuts

      Who is the idiot!! don’t say bad words about my bestie

  11. DEVILS ANGEL

    Thanks my bestie for supporting me. love u

    1. Gossip ge bestie
      DEVILS ANGEL

      I will always support you bestie love you too❤️

  12. Anonymous

    Ahhhh mee Kon kameii 😩😩 nuts

    1. Gossip ge bestie
      Anonymous

      Anonymous.. Who are you!! 🤔

  13. DEVILS ANGEL

    Yes.i don’t know you.idiot nubehey kankamaa nubehumaky alhugandu varah bodah edhey kameh.so annoying

Comments are closed.