ފިނި ހިތް 12
އޭގެ ދެތިންދުވަސް ފަހެވެ.ހެނދުނު ގަޑީ ކައިޝާން މީޓިންގްއަކަށް ކައިރި ރިސޯޓަކަށް ދިޔައިރު އީޝާ ވީ ޑިއުޓީގައެވެ.ކިރާ އޭނާގެ ކޮޓަރީގައި އިނދެ ހަވީރު ފުރުމުގެ ކަންތައް ހަމަޖެއްސުމުގައި އުޅުނު އިރު އައިރާ އުޅުނީ އޭނާ ރަޝިއާއިން ގެނައި ހެދުންތައް ކިރާގެ ކްލޯސެޓަށް ވަދެ ހެޔޮވަރު ކުރުމުގައެވެ.”ކިޓީ.ހައު ޑަޒް ދިސް ލޫކް؟”ރަތާއި ހުދު ކުލައިގެ މެކްސީއެއް ލައިގެން ހުރެ އައިރާ ކްލޯސެޓުން ނުކުމެގެން އައިސް އެނދުމަތީ އިން ކިރާ ކައިރީ އެއްސެވެ.”އިޓްސް ރިއަލީ ޕްރިޓީ”ކިރާ އައިރާއަށް ނަޒަރެއް ދެމުން ބުންޏެވެ.”ގޯޑް.ޔޫ ބިޒްނަސް އޯނަރސް އާ އޯލްވޭސް ސޯ ބިޒީ.ބައްޕަ ވެސް މިނިސްޓަރަކަށް އައްޔަން ކުރެވުނު ފަހުން ކުރިއަށް ވުރެ މާ ބޮޑަށް ބިޒީ”އައިރާ ޝަކުވާކޮށްލިއެވެ.
“އައިރާ.ނޯ މެޓާ ހައު ބިޒީ އައި އޭމް.އައި ވިލް އޯލްވޭސް މޭކް ޓައިމް ފޯރ ޔޫ.ޔޫ އަރ މައި ބެސްޓް ފްރެންޑް”ކިރާ ތެދުވެ އައިރާގެ ގައިގައި ބައްދާލަމުން ބުންޏެވެ.”ވެލް އިން ދެޓް ކޭސް.ވަޓްސް މައި ބިލިއަނެއަރ ބެސްޓީ ޕްލޭނިންގް ފޮރ މައި ވެޑިންގް؟”އައިރާ ލާނެތް ހިނިތުންވުމަކާއެކު އެއްސެވެ.”ނޯ.ނޯ.ނޯ.ނޯ.އެއީ ޓޯޓަލް ސަޕްރައިޒެއް އައި ވޮންޓް ލެޓް ޔޫ ނޯ”ކިރާ ދެ ފަރާތައް ބޯ ހޫރާލަމުން ބުންޏެވެ.”ދެންންންންންން”ކިރާ ތުން އޫކޮށްލަމުން އެނދުމަތީ އޮތް ބާލީހެއް ކިރާ އާއި ދިމާލަށް އެއްލިއެވެ.އެ ބާލިސް ގޮސް ކިރާގެ ގައިގައި ޖެހުމާއެކު ކިރާ ހީގެންފައި އައިރާ އާއި ދިމާލަށް އެހެން ބާލީހެއް އެއްލިއެވެ.އެ ހިސާބުން އެ ދެމީހުންގެ ކުޅިވަރު ފެށުނީއެވެ.މުޅި އެ ކޮޓަރި ތެރެ ހިސޯރުކޮށްލާފައިވަނީ އެ ދެމީހުންގެ އުފާވެރި ހުނުމުގެ އަޑުންނެވެ.
އެދުވަހު ހަވީރުގެ ވަގުތު ފުރުމަށްޓަކައި އެންމެން ތިބީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީ.އައި.ޕީ ބައިގައެވެ.ޝަރީފް އަކީ ގިނަ މީހުން ދަންނަ މޫނަކަށްވުމުން އޭނާ ހުރުމުން އެ ދިމާލުން ހުރަސްކޮށްފައި ދާ މީހުންގެ ސަމާލުކަން އެ މީހުނަށް ހުއްޓެމުން ދިޔައެވެ.އެއިރު އައިރާގެ މަންމަ ޝާހިދާ އިނީ ކިރާ އާއި އައިރާ ދެފަރާތުގައި ބައިންދައިގެން މާޒީގެ ހަދާންތައް އާކުރާށެވެ.ޔޫވިން އާއި ޝަރީފް ވިޔަފާރީގެ ވާހަކަ ތަކުގައި ތިބި އިރު ކައިޝާންމެން ދެމަފިރިން އެ ދަތުރުގައި ބައިވެރިއެއް ނުވެއެވެ.ހަޤީގަތުގައި އެމީހުން އެހާ އަވަހަށް އެ ފުރަނީ ވެސް އައިރާގެ އެދުމުގެ މަތިންނެވެ.ރަސްމީ ކޮށް ކައިވެނި ކުރުން އޮތީ އަދި ދެ ހަފްތާ ވަރު ފަހުންނެވެ.ނަމަވެސް އެ ރަށަށް ގޮސް އޭގެ ކުރިން ކުރަން ޖެހޭ ބައިވަރު ކަންތައް ވެސް އެބަހުއްްޓެވެ.އެ މީހުން ޕްލޭން ކޮށްފައިވަނީ އިންޑިއާގެ ޘަޤާފަތާއި ކުޑަކޮށް އެއްގޮތްކޮށްލުމުގެ ގޮތުން ކައިވެންޏާއި ގުޅޭ ކޮންމެ ހަފްލާއެއް ވަކި ވަކިން ބޭއްވުމަށެވެ.އެއީ އައިރާގެ ނިންމުމަކަށް ވެފައި ދުވަސްތަކެއް ބޭކާރުވެގެންދާނެ ކަން ޝަރީފް އާއި ޝާހިދާ އަށް އެނގުނު ނަމަވެސް ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ވުމުން އައިރާގެ އުފަލަށްޓަކައި އެ ދެމީހުން އެކަމަށް އެއްްބަސްވިއެވެ.
އައިރާއަކީވެސް ކިރާއެކޭ އެއްފަދައިން މޯލްޑިވިއަންގައި ކެބިން ކްރިއުއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ.އެ ދެމީހުން ދިމާވީ ރަޝިއާގައި ކިރާ އޭނާގެ ކުންފުނި އުފެއްދުމުގެ މަސައްކަތުގައި އުޅެމުން އެއަރލައިން މެނޭޖްމެންޓްގެ ޑިގްރީއަށް ކިޔަވަމުން ދިޔަ އިރު އައިރާވެސް ހަމަ އެ ކޯހާއި ގުޅިގެން ރަޝިއާގައި ކިޔަވަން ހުރުމުންނެވެ.އެ ދިމާލުގައި އެ ދާއިރާއިން ކިޔަވާ ދިވެހި ކުދިން މަދުވުމާއެކު އައިރާއާއި ކިރާ ވަރަށް ފަސޭހަައިން އެކުވެރިވިއެވެ.ދެ މީހުންގެ މިޒާޖު އުޑާއި ބިމާހާ ތަފާތު ވިޔަސް ހެވެވެ.ނަމަވެސް އައިރާައަކަށް ވެސް ކިރާ އޭނާގެ މާޒީ ކިޔައެއް ނުދެއެވެ.
ވަގުތު ޖެހުމާއެކު ހުރިހާ އެންމެން ޓަރމިނަލުން ނިކުމެ ބޯޓަށް އަރަން މިސްރާބު ޖެހިއެވެ.ހިނގަމުން ދިޔަ އިރު ދުރުގަައި ރަންކުލައިން“އޭ.ކޭ “
ޖަހާފައި އޮތް ކަޅުކުލަައިގެ ޕްރައިވެޓް ޖެޓް ފެނުމުން އައިރާ އެ ދިމާލަށް ދުއްވައިގަތެވެ.ބޯޓަށް އެެރެން އޮތް ދިމާލުގެ ސިޑި ކައިރިން ފެށިގެން ރަތް ދޫލައެއް އެޅިފަައިވާއިރު ބޯޓުގެ ޕައިލޮޓް ފަދަ މީހުން ތިބީ ކިރާއަށް މަރުޙަބާ ކިޔުމަށްޓަކައި ދޮރު ކައިރީގައެވެ.”ވެލްކަމް މިސް ކޭ” ބޯޓުގެ ކެޕްޓަން އަދި ރަޝިއާގެ ޕައިލޮޓެއް ކަމުގައިވާ ޖޯން ކިރާ ފެނުމާައެކު އިޙްތިރާމް އަދާކުރަމުން ބުންޏެވެ.”ޕްރީވިއެތް ޖޯން.އެންޑް ތޭންކް ޔޫ.ފޯރ އެރައިވިންގް ހިޔަރ އޮން ޓައިމް އެޓް ސަޗް ޝޯޓް ނޯޓިސް”ކިރާ ޖޯންއާއި ސަލާމްކޮށްލަމުން ބުންޏެވެ.”މައި ޕްލެޝަރ މެޑަމް”ޖޯން ބުނުމާއެކު ކިރާ ބޯ ޖަހާލަމުން ސިޑިން އަރައިގެން ގޮސް އެތެރެއަށް ވަދެ އޭނާގެ ސީޓުގައި އިށީނެވެ.ފަހަތުން އެރި އައިރާ ފޯނުގެ ކެމެރާ އޮން ކޮށްގެން ހުރި ތަން ފެނުމުން ކިރާ ލޯ ހަނިކޮށްލިއެވެ.
“އައިރާ.ވީ އަރ ފްލައިންގް ޕްރައިވެޓް ކަޒް ޔޫ ވޯންޓެޑް ބަޓް ރިމެމްބަރ ވަޓް އައި ސެއިޑް ދިސް މޯނިންގް؟”ކިރާ އައިރާ އިށީނުމުން ބުންޏެވެ.”ވާޓް؟”އައިރާ ބޯ ކަހާލަމުން ބުނުމާައެކު ކިރާ ބުމަ އަރުވާލިއެވެ.”ނޯ ފޯޓޯސް”ކިރާ އައިރާގެ އަތުގައި އޮތް ފޯނު ޖަހައިގަތުމާއެކު އޭނާ ތުން އޫކޮށްލަމުން ކުޑަދޮރުން ބޭރު ބަލަން ފެށިއެވެ.”ގޯޑް.ފައިން މިސް ލޯ ޕްރޮފައިލް”އައިރާ މިހެން ބުނެ ދޫނެރެލުމާއެކު ކިރާ ހީގަތެވެ.
އެއް ގަޑިއިރާއި ވިއްސައްކަ މިނިޓުގެ ދަތުރަކަށް ފަހު ފްލައިޓް ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖެއްސިއެވެ.ކިރާ ޖޯންއަށް ޝުކުރު އަދާކޮށް ފްލައިޓުން ފައިބަން ދިއުމާއެކު ދެން ތިބި މީހުންވެސް ހަމަ އެފަދައިން ކަންތައް ކުރިއެވެ.ޢާއްމުކޮށް ޕްރައިވެޓް ޖެޓުތަކުގައި އަންނަ މީހުންގެ އިސްތިޣުބާލުގައި މީހުން ތިބޭ ގޮތައް އެ މީހުން ފޭބިއިރުގައި ބަޔަކު ނެތުމުން އައިރާ އެ ސުވާލު ކުރިއެވެ.ދެތިން މުވައްޒަފަކު ފިޔަވައި އެއަރޕޯޓުގަައި މީހަކު ވެސް ނެތެވެ.އަދި ޙާއްސަކޮށް ޝަރީފް ފަދަ ސިޔާސީ މީހަކު އަމިއްލަ ރަށަށް އަންނަ އިރު އެހެންޔާމުން އޮންނަ މަރުޙަބާ ކިޔުމުގެ ހަރަކާތްތަކެއް ނެތުމުން ވެސް އޭނާ ހައިރާންވިއެވެ.ޝަރީފް އެ ސުވާލަށް ޖަވާބު ދެމުން ބުނީ އެއީ ކިރާ އާއި ޔޫވިން މީހުންގެ ލޯތަކުން ސަލާމަތް ވާން ބޭނުންވާތީވެ އެއީ އެމީހުން މާލެއިން ފުރުމުގެ ކުރިން އޭނާ ހަމަޖައްސައިފައި އޮތް ގޮތް ކަމަށެވެ.
އެރައިވަލްސް ގޭޓުން ކިރާމެން ނުކުތުމާއެކު އެ މީހުންގެ އިސްތިޤުބާލުގައި ލިހުވާން އާއި ލަޔާންގެ އިތުރުން ޔޫލްވެސް އައިސް ހުއްޓެވެ.ލިހުވާން އޭނާ ބޭނުންކުރުމަށް ދިން ކަޅުކުލައިގެ ކާރުގައި ލެނގިލަައިގެން ހުރި ލަޔާންގެ ކޮނޑަށް އަރާ އޮތް ޔޫލްގެ ފަން އިސްތަށިގަނޑު ވަޔާއި ވިހުރެމުން ދިޔައެވެ.އަދި އައިރާގެ ވާންއުޅޭ ފިރިމީހާ އާރާޝް އާއި އޭނާގެ މައިންބަފައިންގެ އިތުރުން ރަށުގަައި ތިބޭ ޝަރީފުގެ ގޭގެ ބޮޑީގާޑުންނާއި އެ މީހުންގެ ޑްރައިވަރު ވެސް އައިރާމެންނަށް މަރުޙަބާ ކިޔުމަށްޓަކައި އައިސް ތިއްބެވެ.އައިރާ ދުވެފައި ގޮސް އާރާޝްގެ ގައިގައި އޮޅުލައިގަތް މަންޒަރު ފެނުމުން ކިރާގެ ހިތް އުފަލުން ފޮޅުނު ނަމަވެސް ހިތުގެ ކަނަކުން ލޭ އޮހޮރެމުން ދިޔައެވެ.އެވަގުތު އޭނާއަށް ބޭއިޙްތިޔާރުގައި ޔޫވިންއާއި ދިމާލަށް ބަލައިލެވުނު އިރު ޔޫވިންވެސް ބަލަހައްޓައިގެން ހުރީ ކިރާއަށެވެ.ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ އިރު ފެންކަޅިވެފައިވާ ކިރާގެ ދެލޯ ފެނުމުން ޔޫވިންއަށް އިސްޖަހާލެވުނީ އޭނާގެ ކުށްވެރިކަން އިޙުސާސްވުމުންނެވެ.އެހެން މީހުން އެހާ ލޯބިން އުޅޭތަން ފެނި މިއަދު ކިރާ އެ ދެރަވަނީ އޭނާގެ ސަބަބުންކަން ޔޫވިންއަށް ވިސްނެއެވެ.ހަމަ އެހެންމެ ކިރާގެ ހިތުގައި އަޅާނެ ވޭން ދެނެގަނެވުމާއެކު ޔޫވިންގެ ހިތުގައި ރިއްސާލިއެވެ.
ލިހުވާން ޝަރީފްގެ ދެމަފިރިންނާއި އައިރާ އާއި ސަލާންކުރިއިރު ޔޫވިންއަށް ލިހުވާން ފެނުމާއެކު ގަދަކަމުން ހިނިތުންވެލަމުން އަވަހަށް ބައްޕަ ގައިގައި ބައްދާލެވުނެވެ.މިއާއި ޙިލާފަށް ކިރާއަށް ލަޔާން ފެނުމާއެކު އަނގަ ތަތްމިނަށް ހުޅުވުނެވެ.ލަޔާންއަށް ވެސް ވީ އެފަދަ ގޮތެކެވެ.އޭނާގެ ކޮނޑުމަތީގައި އޮތް ޔޫލް ޔޫވިން ފެނުމާއެކު ކުޑަބެއޭ ކިޔައި ގޮސް ޔޫވިންގެ އުރަށް އެރިއެވެ.
“ލަޔާން ތުއްތޫ!ކިހިނެތް މިތާ؟ކީއްވެ މާލެއިން ދިމާނުވީ؟ކޮން އިރަކު އައީ؟އެކަނިތަ ތި އައީ؟ތުއްތު ތިއީތަ އެ މީހުން ގެސްޓްހައުސްތައް ޑިޒައިން ކުރަން ގެނައި އާކިޓެކްޓް އަކީ؟”ކިރާ ކަރުނަތައް ހިންދާލަމުން ދުވެފައި ގޮސް ލަޔާންގެ ގައިގައި އޮޅުލައިގަނެގެން ހުރެ ހުރިހާ ސުވާލެއް އެއްފަހަރާ ކުރިއެވެ.އެއިރު މަންޒަރު ބަލަން ހުރި ލިހުވާން އާއި ޝާހިދާގެ އިތުރުން ޝަރީފްވެސް ތިބީ ވާނުވާގައެވެ.ނަމަވެސް ޔޫވިން އާއި އައިރާގެ މޫނުމަތިން ފެންނަން ހުރީ ތަފާތު އަސަރުތަކެވެ.ޔޫވިންއަށް ލަޔާން އަކީ ކާކުކަން ކިރާގެ ޑައިރީ އިން އެނގިފައިވުމުން އަދި ކުރިމަތިން ފެންނަން ހުރި ޒުވާނާގެ ގައިގައި ރަޝިއާ ނަސްލުގެ ސިފަތައް ހުރުމުން ބައްޕަ ރަޝިއާއިން ގެނައި އާކިޓެކްޓް އާއި ކިރާއާއި ދެބެއިންގެ ދެދަރި ލަޔާން އަކީ އެކަކު ކަން އޭނާއަށް ދޭހަވިއެވެ.އައިރާ ރަޝިއާގައި ކިޔަވަން އުޅުނު އިރު އޭނާ އަދި ކިރާ ކިޔެވި ކޮލެޖުގައި ލަޔާން ވެސް އާކިޓެކްޗާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރުމުގައި އުޅުނެވެ.އަދި ކިރާ އެކޭ އެއްފަދައިން އޭނާ ވެސް ދެކެނީ އެ މީހުނަށް ވުރެ ދެ އަހަރު ދޮށީވުމާައެކު އެއީ ބޭބެއެއް ގޮތަށެވެ.
“ޕްރިންސެސް.ޓޭކް އަ ބްރެތް.އައި ޑިޑިންޓް ވެއިޓް އެޓް މާލެ.ރަޝިއާއިން ހުަޅުލެއަށް އައި ގޮތައް އައި ފްލިއު ހިޔަރ އޮން އަ ކަނެކްޓިން ފްލައިޓް.އެންޑް ޔާ އައި ވޯންޓެޑް ޓު ކަމް އެލޯން ޓު ކޮމްޕްލީޓް ދިސް ޕްރޮޖެކްޓް”ލަޔާން ކިރާގެ ކޮލުގައި ހިފާލަމުން ބުންޏެވެ.”ލައިސް.ނޮޓް ދަ ރިއަލް ރީޒަން.އައި ނޯ ޔޫ ހޭޓް މޯލްޑިވިއަން އައިލޭންޑްސް ބިކޯޒް އިޓްސް ޓޫ ވާމް.އެންޑް ތުއްތުއަށް ރަނގަޅުވާނެ ވެގެން ވިއްޔާ ރަޝިއާގަ އަބަދު ސްނޯމޭން ބިލްޑްކުރަން ހުރެވެންޔާމުން”ކިރާ ލޯ ހަނިކޮށްލަމުން ބުނުމާއެކު ލަޔާން ބޯ ކަހާލަމުން އަދި ފަހުން ވާހަކަ ދައްކާނީ ކަމަށް ބުނެ ކިރާ އަރަން ކާރުގެ ދޮރުފަތް ހުޅުވާލަދިނެވެ.ކިރާ ކާރަށް އެރުމާއެކު ދޮރުފަތް ލައްޕާލުމަށްފަހު އޭނާ އަނެއް ފަރާތައް އެނބުރުނު އިރު ލިހުވާން ހުރީ ޔޫވިން ގޮވައިގެން އައިސް އޭނާގެ ގާތުގައި ޖައްސާފައެވެ.
“އިޒް ޝީ ޔުއަރ ގަރްލފްރެންޑް؟”ލިހުވާން ލާނެތް ރާގަކަށް ކާރު ތެރޭގައި އިން ކިރާއަށް އިޝާރާތްކޮށް ބުނުމާައެކު ލަޔާންއަށް ހެވުނު އިރު ޔޫވިން އަނގަމަތީގައި އަތް އަޅާލީ ހުނުމުގެ އަޑު ބޭރުވިޔަ ނުދިނުމަށްޓަކައެވެ.”ޑޭޑް.ދެޓްސް ކިރާ.ޝީ އިޒް އައިރާގެ ބެސްޓް ފްރެންޑް އެންޑް އޯލްސޯ ސީ.އީ.އޯ އޮފް އޭ.ކޭ ޓްރެވަލްސް.ޝީ މޭޑް އަ ޑީލް ވިތް މައި ކޮމްޕެނީ އެންޑް އިޒް ހިޔަރ ފޯ ދި ޕްރޮޖެކްޓްސް ވީ އަރ ސްޓަރޓިންގް އިން ދިސް އައިލޭންޑް.އެންޑް ލަޔާން ހިޔަރ އިޒް ހަރ ކަޒިން”ޔޫވިން ކިޔައިދިނެވެ.”އޯހް ރިއަލީ؟އެކަމް ބައްޕަ ހީކުރީ އެއީ ސަރުކާރުގެ ކުންފުންޏެއް ކަމަށް”ލިހުވާން ޤަބޫލުނުކުރެވިފައި ބުންޏެވެ.”ނޫނޭ ބޭބޭ.އެއީ ކިޓީ މީހުންގެ ސަމާލުކަން ބޭނުންނުވެ ސިއްރުން މަސައްކަތްކުރަން ބޭނުންވާތީވެ ގަސްތުގައި ފެތުރި ޙަބަރެއް”ލަޔާން ލިހުވާންގެ އޮޅުން ސާފުކޮށްދިނެވެ.”އެހެންވީމަ އެއީ ތިނަދޫގަ ހުންނަ ލަޔާންގެ އާންޓްގެ ދަރިއެއްދޯ”ލިހުވާން މިހެން ބުނުމާއެކު ލަޔާން ބޯޖަހައިލިއެވެ.
“ދެން ހަމަ މިތާތަ ތިބެނީ؟ޔަޝްމާ ހުންނާނެ ދޯ ރަނގަޅު އެއްޗެެއް ސަޔަށް ހަދާފަ”އެ މީހުން ލަސްވެގެން އެ ދިމާލަށް އައި ޝަރީފް ބުންޏެވެ.”ހިހި ތިއެއްވެސް އިނގޭނީ ދިޔައީމަތާ”ލަޔާން މިހެން ބުނެ ކާރަށް އެރުމާއެކު ދެން ތިބި މީހުންވެސް ކާރުތަކުގައި މިސްރާބު ޖެހީ ޔޫވިންމެން ގެއަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Heyonuvaane Kira and yoovin gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
V ufaavey thihaa busy koh ulhemun ves vaahaka kiyaalan libeythee
Love you ❤️😍