ފިނި ހިތް 11
ލަޔާން އަވަސްހަރަކާތާއެކު އޭނާގެ ގަައިގައި ޖެހިފައި ވެއްޓެން ދިޔަ ކުއްޖާ ހިފަހައްަޓާލިއެވެ.ދެލޯ މަރައި ބާރުކޮށްގެން އޮތް ޔަޝްފާއަށް ލޯ ހުޅުވާލެވުނީ ބާރުގަދަ ދެ އަތް އޭނާގެ އުނަގަނޑުގައި ވަށާލުމުންނެވެ.އެޔާއެކު ފެނިގެންދިޔަ ނޫކުލައިގެ ކަޅިއަށް ނަޒަރުހުއްޓައިގެން އޮވެވުނެވެ.”ނުތެދުވަންތަ ތި އޮތީ؟”ލަޔާން ލާނެތް ހިނިތުންވުމަކާއެކު ބުނުމުން ޔަޝްފާގެ މޫނު ރަތް ވެގެން ދިޔައެވެ.”އަމް…ސޮރީ”ޔަޝްފާ ރަކިވެފައި ލަޔާންގެ އަތުތެރެއިން ނުކުތެވެ.”ތިއީ ލަޔާން ތަ؟”ޔަޝްފާ އިސްދަށަށް ޖަހާލަމުން އެހުމާއެކު ލަޔާން އާނއެކޭ ބުންޏެވެ.”ޔޫ އަރ ލިހުވާންބެގެ ޑޯޓަރ ތަ؟”ލަޔާންގެ އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ބޯޖަހާލަމުން ޔަޝްފާ ފަހަތް ބެލުމެއް ނެތި އަވަސްއަވަހަށް ސިޑިން ފަައިބައިގެން ދިޔައެވެ.އެ މަންޒަރު ބަލަން ހުރި ލަޔާންގެ ތުންފަތްމައްޗައް ވެރިވީ ރީތި ހިނިތުންވުމެކެވެ.ދެފަރާތައް ބޯ ހޫރާލަމުން އޭނާ ސިޑިން މައްޗައް އަރައިގެން ގޮސް ޝަރާ ބުނި ކޮޓަރިއަށް ވަނެވެ.
ވައި ފްލައި އޮފީހަށް ވަދެގެން ދިޔަ ކިރާއަށް އާދައިގެ މަތިން ލޮބީގައި ހަރަކާތްތެރިވަމުން ދިޔަ މުވައްޒަފުންގެ ނަޒަރު ހުއްޓެމުން ދިޔައެވެ.ކަޅު ކުލައިގެ ގަމީސް ދަށަށް ޖަހާފައި މެރޫން ކުލައިގެ ފަޔަށް ހިފާލާފައި ހުރި ބެލްސްއެއް ލައިގެން ހުރި އިރު އިސްތަށިގަނޑު ނިވާކޮށްލެވިފައިވަނީ ކަޅުކުލައިގެ ޝޯލްއަކުންނެވެ.އެ ހިމަ އުނަގަނޑުގައި ގޫސީ ބެލްޓެއް އަޅައިފައި ވާއިރު އެއް އަތުގައި މަތިންލާ މެރޫން ކުލައިގެ ޖެކެޓު އަޅުވާލެވިފައި އޮތެވެ.”އިޒް މިސްޓަރ ވައި ހިއަރ؟”ކިރާ ރިސެޕްޝަނާއި އަރައި ހަމަކޮށްފައި އެއްސެވެ.އެއިރު ރިސެޕްޝަންގައި ހުރި ފިރިހެންކުއްޖާ ކަޅި ޖަހާނުލާ ބަލަމުން ދިޔައީ ކިރާއަށެވެ.އޭރު ކިރާ ހުރީ އޭނާގެ ޖަވާބެއްގެ އިންތިޒާރުގައި އިސްދަށަށް ޖަހައިގެން ފޯނަށް އައިސްފައި ހުރި އައިރާގެ މެސެޖުތަކަށް ރިޕްލައި ކުރާށެވެ.ކިރާއަށް ގެއްލިފައިހުރި އެ ޒުވާނާއަށް ހަމަހޭވެރިކަންވީ ކައުންޓަރ މަތީގައި ބާރަށް އޭނާގެ އޮފީހުން ނުކުމެގެން އައި ޔޫވިން އަތް ބޭއްވުމުންނެވެ.އެޔާއެކު ޔޫވިންއާއި ޖެހިގެން ކަހަލަ ގޮތަކައް ހުރި ކިރާއަށްވެސް ސިހުން ލިބި އިސްއުފުލާލެވުނެވެ.
އެއިރު ގާތުގަައި ހުރި ޔޫވިން ފެނި ހިނދުކޮޅަކަށް އޭނާގެ ނޭވާ ހިފަހަހައްޓާލެވުނެވެ.ކަޅުކުލައިގެ އަރްމާނީ ސޫޓު ޔޫވިންއާއި ނުހަނު ގުޅެއެވެ.އަތުގައި އަޅާލެވިފައި އޮތީ ކިރާގެ އަތުގައި އޮތް ކަހަލަ ރޮލެކްސް ބްރޭންޑްގެ ގަޑިއެކެވެ.ކިރިޔާ ގަމީހުގެ ގިރުވާނާއި ހަމަޔަށް ފޯރާ އިސްތަށިގަނޑު ވަނީ ރީތިގޮތަކަށް ސްޓައިލް ކުރެވިފައެވެ.އޭނާގެ ގައިން ދުވަމުން ދިޔަ ސައުވޭޖް ސެންޓުގެ ވަހުން މުޅި ތަން އެއްވަސް ކޮށްލެވިފައި ވާއިރު ކިރާއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ.ދެވަނަ ސިކުންތުގައި އޭނާއަށް މިވަނީ ކިހިނެތް ހެއްޔޭ ހިތައި ނަފްސު ކޮންޓްރޯލް ކޮއްލިއެވެ.”ފޮލޯ މީ” ޔޫވިން ކިރާއަށް ބެލުމެއް ނެތި ބުންޏަސް އެހެން އެބުނީ އޭނާ އަށް ނިސްބަތްކޮށް ކަން ދެނެގަނެ ޔޫވިންގެ ފަހަތުން މީޓިންގް ރޫމާއި ދިމާލަށް ދިޔައެވެ.އެއިރު މީޓިންގް ކުރިއަށް ގެންދިއުމަށްޓަކައި ވައި ފްލައި އަދި އޭ.ކޭ ޓްރެވެލްސްގެ މުވައްޒަފުން އެ ކޮޓަރީގައި ހުރި ދިގު މޭޒުގެ ދެފަރާތުގައި ތިއްބެވެ.އެ ހުރިހާ އެންމެންވެސް ޔޫވިން ވަނުމާއެކު އިހުތިރާމް އަދާކުރުމުގެ ގޮތުން ތެދުވިއެވެ.ޔޫވިން މޭޒުގެ ކޮޅުގައި ހުރި ބޮޑު ގޮނޑީގައި އިށީނުމުން ކިރާ އިށީނީ މޭޒުގެ އަނެއް ފަރާތުގައި ހުރި އޭގެ ގޮޑީގައެވެ.
އެޔާއެކު އެތާ ތިބި ދެ ކުންފުނީގެ މުވައްޒަފުންނަށްވެސް ލިބުނީ ހައިރާންކަމެކެވެ.”ސޮރީ މޭމް.އައި އޭމް ނޮޓް ޝުއާ ހޫ ޔޫ އަރ ބަޓް ދެޓްސް މެންޓް ފޯ އަވަރ ސީ.އީ.އޯ.ޕްލީސް ގެޓް އަޕް ފްރޮމް ދެޓް ސީޓް “
އޭ.ކޭ ކުންފުނީގެ މުވައްޒަފެއް ކިރާ އަށް ނިސްބަތްކޮށް ބުނުމާއެކު އެތާ ތިބި ވައި ފްލައި ކުންފުނީގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފާޅުވިއެވެ.”ސޯ ޝީ އިޒް ނޮޓް ޔުއަރ ބޮސް؟”ވައި ފްލައި ކުންފުނީގެ މުވައްޒަފަކު އެހުމާއެކު އޭ.ކޭ ކުންފުނީގެ މުވައްޒަފުން އެމީހުނަށް އެ މީހުންގް ސީ.އީ.އޯ ދުވަހަކުވެސް ފެނިފައި ނުވާ ވާހަކަ ބުންޏެވެ.އެޔާއެކު ވައި.ފްލައި ކުންފުނީގެ މުވައްޒަފުން ތިބީ ހައިރާންވެފައެވެ.
“ޔޫ ޖަސްޓް ސެއިޑް ޔޫ ހޭވް ނެވަރ ސީން ޔުއަރ ސީ.އީ.އޯ.އިން ދެޓް ކޭސް ކިހިނެތް އިނގޭނީ އަހަރެން މިއީ ތި މީހުންގެ ސީ.އީ.އޯ ނޫން ކަމެއް؟”ކިރާ މިހެން ބުނުމާއެކު އޭ.ކޭ ކުންފުނީގެ މުވައްޒަފުން އެ ބުނި އެއްޗަކާއި މެދު ވިސްނާލިއެވެ.”ޔާ ވީ އަރ ނޮޓް ޝުއަރ”އެތަނުން އެކަކު ބުންޏެވެ.”ދެން އެލޮވް މީ ޓު އިންޓްރޮޑިއުސް މައިސެލްފް.އައި އޭމް އައިޝަތު ކިރާ އެންޑް އައި ފައުންޑެޑް އޭ.ކޭ ޓްރެވެލްސް 3 އިޔާސް އެގޯ ވެން އައި ވޯޒް 20. ވިތް އިޓްސް ހެޑް ކުއާޓާސް ބޭސްޑް އިން ރަޝިއާ.އައި އޯލްވޭސް ކެޕްޓް އަ ލޯ ޕްރޮފައިލް ސޯ ލޯ ކުރިމައްޗައް ނުފެނުނަސް އަހަރެން މި އަންނަނީ ވަރަށް ގާތުން މި ދެ ކޮމްޕެނީގެ ކަންތައް ވެސް ބަލަމުން.އައި ވޯޒް އޯލްވޭސް ވޯކިންގް ފްރޮމް ދަ ޝެޑޯސް.އެންޑް ދިސް ޑީލް އިޒް ވެރީ މަޗް އިމްޕޯޓެންޓް ފޯ ބޯތް ދަ ޕާޓީސް ސޯ އައި ޑިސައިޑެޑް ޓު އެޓެންޑް ދިސް މީޓިންގް ޕާސަނަލީ.ޤަބޫލުނުކުރަންޏާމުން އައި ނޯ މިތަނަށް ހާޒިރުވެ ތިބި އެންމެންގެ މަޤާމާއި ނަންތައް ވެސް”
“ދެން ޕްރޫވް އިޓް”ކިރާ ގޮނޑީގައި އިށީނުމުން ކުރިން ވާހަކަ ދެއްކި އޭ.ކޭ ކުންފުނީގެ މުވައްޒަފު މީޝާ ކިރާ އެ ހަދަނީ ދޮގު ކަމަށް ޔަޤީންކޮށް އެހެން އެ ބުނީ އޭނާ އެންމެންގެ ތެރޭ ބޭޒާރުކޮށްލުމުގެ ނިޔަތުގައެވެ.
“ހޫމް.އޯކޭ”ކިރާ އެހެން ބުނެ މޭޒު ވަށައި ބުރު އަޅަމުން އެތާ ތިބި 12 މުވައްޒަފުން،ކޮންމެ މީހެއްގެ ނަމާއި އުމުރާއި މަޤާމު ކިޔައިދިނުމަށްފަހު އަދި އެއިން ކޮންމެ މީހަކު އެ ދެ ކުންފުނިން ކުރެ ކުންފުންޏަކާއި ގުޅުނު ތާރީޙުވެސް ކިޔައިދިނެވެ.އެޔާައެކު އެތާ ތިބި އެންމެންގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ހައިރާންކަން ފާޅުވަމުން ދިޔައެވެ.ޔޫވިންގެ މޫނުމަތިންވެސް ފާޅުވަމުންދިޔައީ އެފަދަ އަސަރުތަކެވެ.ނަމަވެސް އޭނާ އެ މީހުންހާ ހައިރާނެއް ނުވިއެވެ.ސިއްރުން ކަންތައް ކުރުމަށް ކިރާ ވަރެއް ނޯންނާނެއެވެ.ހަމައެހެންމެ ކިރާއަކީ ފަސޭހައިން މީހުނަށް އިތުބާރު ކުރާނެ މީހެއް ނޫންކަންވެސް ޔޫވިންއަށް އެނގެއެވެ.އެހެންކަމުން އޭނާ ހުންނާނީ މީޓިންއަށް އައުމުގެ ކުރިން އޭނާގެ ކުންފުންޏާއި ބެހޭ ގޮތުން ހުރިހާ މަޢުލޫމާތެއް ހޯދައި ދިރާސާކޮށްގެން ކަން ޔޫވިންއަށް ވަނީ ފަހުމްވެފައެވެ.
ކިރާ އެ ހުރިހާ އެއްޗެއް ކިޔާ ނިމުމާއެކު އޭ.ކޭ ކުންފުނީގެ މުވައްޒަފުން ހައިރާން ކަމާއެކު ކޮޅައް ތެދުވެ ކޮންމެ މީހަކު ވަކި ވަކިން ކިރާއާއި ސަލާމްކޮށް މަރުޚަބާ ދަންނަވަމުން ދިޔައެވެ.
“ސަރ.އަރ ޔޫ ޝުއާ ދެޓް ވުމެން އިޒް ޓެލިންގް ދަ ޓްރޫތް؟ދޭ އަރ ސޭއިންގެ ދޭ ހޭވް ނެވަރ ސީން ދެއަރ ސީ.އީ.އޯ.ކެން ވީ ރިއަލީ ޓްރަސްޓް ދެމް؟”ހިނގާ ދިޔަ ކަންތަކަށް ފަހު ޔޫވިންގެ ގާތުގައި އިން ވައި ފްލައި ކުންފުނީގެ ޖެނެރަލް މެނޭޖާ ޝަހާން ބުންޏެވެ.އެޔާއެކު ޔޫވިން ލޯ ހަނިކޮށްލަމުން ޝަހާންއަށް ބަލައިލިއެވެ.”ޑޫ ޔޫ ޓޭކް މީ ފޯރ އަ ފޫލް؟ޝީ އިޒް ދެއަރ ސީ.އީ.އޯ. އޭ.ކޭ އިޒް ހަރ އިނިޝިއަލްސް.އެންޑް ޝީ އިޒް ކައިގެ ކޮއްކޮ.ހީ ޓޯލްޑް މީ ޝީ އޯންސް ދި ކޮމްޕެނީ”ޔޫވިން ހިސާބަކަށް ހިތްހަމަނުޖެހި އިނދެ ކިޔާދިނެެވެ.
“ސޯ ލެޓްސް ސްޓަރޓް ދަ ރިއަލް މީޓިންގް”ޔޫވިން ތެދުވެ ޕްރެޒެންޓޭޝަން ހުށަހަޅަން ފެށުމާއެކު ދެން ތިބި އެންމެން ހިމޭންވިއެވެ.
2 ގަޑިއިރުވަންދެން ދިގުދެމިގެންދިޔަ އެ މީޓިންގް ނިމިގެންދިޔައީ ޔޫވިންއާއި ކިރާ ދެ ކުންފުނީގެ ފަރާތުން އެ މީހުން އެ ފަށަން އުޅޭ ޕްރޮޖެކްޓުގައި ދެ ފަރާތުގެ ވެސް ޙިއްސާވާ ގޮތައް އެއްބަސްވުމުގައި ސޮއި ކުރުމުންނެވެ.
ކިރާއާއި ޔޫވިން މީޓިންގް ރޫމުން ނުކުތް ތަނުން ކައިޝާން އާއި އީޝާ އޮފީހަށް ވަދެގެން އަންނަތަން ފެނުނެވެ.ކައިޝާންމެން ކައިރީ ތިބި ދެމީހުން ފެނި ޔޫވިންއަށް ކުއްލި ހައިރާންކަމެއް ލިބުނު ނަމަވެސް ކިރާ ހައިރާނެއް ނުވިއެވެ.އެމީހުންނާއި އެއްކޮށް ވަތް މެދު އުމުރުގެ ފިރިހެން މީހާ އެއީ ޓޫރިޒަމް މިނިސްޓަރު ޝަރީފެވެ.އޭނާގެ ކަައިރީގައި ހުރި ރީތިވަރެއްގެ އިސްކޮޅެއް ލިބިފައިވާ އަންހެން ކުއްޖެކެވެ.ކަޅު ކުލައިގެ ޓޮޕަކާއި ޖިންސެއް ލައިގެން ހުރި އިރު ބޯ ނިވާކޮށްލެވިފައިވަނީ ރަތް ކުލައިގެ ޝޯލްއަކުންނެވެ.އަތުގައި އަޅުވާފައި އޮތް ކްރިސްޓިއަން ޑިއޯރ ބްރޭންޑްގެ އަތް ދަބަހުންވެސް އޭނާ އަކީ ފައިސާ ހުރި މީހެއްކަން ދައްކައިދިނެވެ.
އެ އަންހެންކުއްޖާ ދުވެފައި އައިސް ކިރާގެ ގައިގައި ބައްދައިގަތެވެ.”ކިޓީ.އައި މިސްޑް ޔޫ ސޯ މަޗް.އައި ބޯޓް ޔޫ އައުޓްފިޓްސް ޓު ވެއަރ އެޓް އޯލް ދަ ފަންގްޝަންސް”އައިރާ ކިރާ އާއި ދުރުވެލަމުން ބުންޏެވެ.”ދަރިފުޅުމެން ފަހުންވެސް ކެޗް އަޕް ކުރެވިދާނެ އެއްނު.އެކަމް މި ގަޑީ ބައްޕަ އެބަ ޖެހޭ މި ދެ ކުދިންނާއި ވަރަށް މުހިއްމު ވާހަކައެއް ދައްކާލަން”އައިރާ އާއި މުޙާތަބުކޮށް ޝަރީފް ބުންޏެވެ.”ކިޓީ.ޝަރީފްބެ މި ދުރުވީ އައިރާގެ ވެޑިންގް އިންވިޓޭޝަން ހަވާލުކުރަން ވެގެންނޯ.އެންޑް ހީ ހޭޒް ސަމް ބިޒްނަސް ވިތް ޔޫ ބޯތް އޭޒް ވެލް”ކިރާ އާއި ޔޫވިންއަށް ނިސްބަތްކޮށް ކައިޝާން ބުންޏެވެ.”އެހެންތޯ.އަޅުގަނޑުމެން ދެންމެ ހަމަ މީޓިންގް އެއް ނިންމާލާފަ މި ނުކުތީ.ރަނގަޅުވާނެތަ ޔޫވިން؟”ކިރާ ޔޫވިންއަށް ބަލައިލަމުން ބުނުމާއެކު އޭނާ ބޯޖަހާލަމުން ޝަރީފް ގޮވައިގެން އޭނާގެ ކެބިން އަށް ދިއުމަށްޓަކައި ލިފްޓަށް އެރިއެވެ.ފަހަތުން ކިރާ ވެސް ދިޔައެވެ.ބާކީ ތިބި ތިން މީހުން މިސްރާބުޖެހީ އޮފީހުން ބޭރަށެވެ.
“ބޭބެ ކުރި ދިރާސާ ތަކުން ދައްކާ ގޮތުގައި މި ދާއިރާއާއި ބެހޭ ކުންފުނިތަކުގެ ތެރެއިން މި ރާއްޖޭގަ މި ވަގުތު އެންމެ ކުރިއަރާފައި ވަނީ މި ދެ ކުންފުނި.ދެން މިނިސްޓްރީ އިން މި ވިސްނަނީ ފަރެސްމާތޮޑާގަ ޓޫރިޒަމްގެ އާ ޕްރޮޖެކްޓެއް ފަށަން ”ޔޫވިންގެ ކެބިންގައި އިނދެ ޝަރީފު ވާހަކަ ދެއްކިއެވެ.”އައިރާ ކިރާއަށް ސަޕްރައިޒެއް ދޭންވެގެން ތި ގެޔަށް ދިޔައިރު ކައިޝާން ބުނީ ކިރާ މީޓިންގްއަކަށް މި ކުންފުންޏަށް ދިޔަ ވާހަކަ.ދެން ބޭބެއަށް ވަގުތުން އެނގިއްޖެ ތި ދެކުދިންނަށް މި ދެ ކުންފުނީގެ މުހިއްމުކަން ވިސްނޭތީވެ މީޓިން ނިމޭނީ އެއްބަސްވުމަކާ އެކީގަައިކަން.ނޫންތަ؟”ޝަރީފު ވަކިވަކިން ދެ މީހުނަށް ބަލައިލަމުން ބުނުމާއެކު ޔޫވިންއާއި ކިރާ ވަގުތުން ބޯ ޖަހައިލިއެވެ.
“އެކޮޅުގަ އާ ގެސްޓްހައުސްތަކެއް ހެދުމާ ބެހޭގޮތުން ޔޫވިންގެ ބައްޕައާއި ބޭބެ ވާހަކަ ދައްކާފަ އޮންނާނީ.ކޮންސްޓްރަކްޝަން މަސައްކަތްތައް މިނިސްޓްރީއިން ހަވާލުކުރަން ނިންމީ ލިހުވާންގެ ކުންފުންޏާއި.ލިހުވާން ބުނި އިއްޔެ އެތަންތަން ޑިޒައިންކުރުމަށް ޓަކައި ރަޝިއާގެ އާކިޓެކްޓަކު ގެނެސްފީމޯ”ޝަރީފު ބުންޏެވެ.”ލައްބަ.ބައްޕަ ކުރިން ދުވަހެއްގަ އަޅުގަނޑަށް ގުޅާފަަ ބުނި ދޮންބެ އައްޑޫގަ ބިޒީކޮށް އުޅޭތީވެ އާކިޓެކްޓެއް ގެންނަ ވާހަކަ.އެކަމް އަދި އެ ބުނާ މީހަކަށް އާދެވުނު ކަމެއް ނޭނގެ”ޔޫވިން ބުންޏެވެ.
“އައިރާގެ ކައިވެނި ކުރެވޭނީ ފަރެސްމާތޮޑާގަ.ޔޫވިންއަށް ދަޢުވަތު ލިބޭނެ ކަންނޭނގެ އާރާަޝްގެ ފަރާތުންވެސް.އެހެންވީމައި ޔޫވިން ވާނެ ކޮންމެހެންވެސް ވެޑިންއަށް ދާން.ދެން ކާޑު ދޭން އާދެވުނު ފަހަރު ބޭބެ ހިތައް އެރީ ތި ދެ ކުދިންނާއި ބައްދަލުކޮށްފަ މި ވާހަކަ ދައްކާލާނީއޭ.ބޭބެ ބޭނުންވަނީ ތި ދެކުދިންވެސް ފަރެސްމާތޮޑާއަށް ގޮސް ޔޫވިންގެ ބައްޕަގެ މަޝްރޫޢުތަކާއި އަދި ސަރުކާރުން އިންވެސްޓުކޮށްގެން މި ދެ ކުންފުނިން އެ ރަށުގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމަށް ކުރާ މަސައްކަތްތައް ވަރަށް ގާތުން ބަލައިގެން ފަރުވާތެރިކަމާއެކު ކުރުން”ޝަރީފް އޭނާގެ އެދުން ހާމަކުރިއެވެ.އަމިއްލަ ރަށް ދެކެ ލޯބިވާ މިނިސްޓަރެކެވެ.
“ލައްބަ.އެކަމަށްޓަކައި އަޅުގަނޑުގެ އެއަރލައިން އިން ރާއްޖެތެރޭގެ ދަތުރުތައް ފެއްޓުމަށްޓަކައި ކުންފުނީގެ ފަރާތުން ޓްރާންސްޕޯޓް މިނިސްޓްރީ އާ އެއްކޮށް ވަރަށް އަވަހަށް މީޓިންގްއެއް އެބައޮތް.އެންޑް ކުޑަބެގެ ރިސޯޓުތަކުގެ ބޭނުން ވެސް ކުރެވޭނެ މި ކަމުގަ.މި މަޝްރޫޢު އަކީ އެ ދިމާލުގެ ފަތުރުވެރިކަން ދައްވެފައިވާތީ އެ ކަމަށް ހައްލެއް ހޯދުމަށްޓަކައި އަޅުގަނޑުމެން ކުރާ ވަރަށް މުހިއްމު މަސައްކަތެއް ވީމަ.ދޯ ޔޫވިން”ކިރާ ޔޫވިންއަށް ދޯ ދެމުން ބުނުމާއެކު އޭނާ ބޯ ޖަހައިލިއެވެ.
“އައިރާ ބުނީ ދަރިފުޅުގެ ޕްރައިވެޓް ޖެޓުގައި ފަރެސްމާތޮޑާއަށް ދާ ވާހަކަ.އެހެންވީމާ ބޭބެ އާއި ޝާހިއްތަވެސް ތި ގުރޫޕައް ވައްދާލަ ދެއްޗޭ އިނގޭ “ ޝަރީފު ކިރާގެ ބޮލުގައި ފިރުމާލަމުން ބުނުމާއެކު ކިރާ ހީލަމުން އާނއެކޭ ބުނެ އައިރާ ދިން ކާޑުގައި އޮތް ތާރީޙަށް ބަލައިލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Kira and yoovin v gulhey
E kudhin gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh
Alhugandu ge support Abadhuves libeyne insha Allah
Love you ❤️😍