Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފިނި ހިތް 13

-----queen----- Level 1
August 21, 2024 6 Mins Read
5 Comments

ރުކޮޅެއްފަހުން އެ މީހުނަށް ތިބެވުނީ ޔޫވިންމެންގެ ގެ “ހުދުވިނަ” ގޭގެ ކުރިމަތީގައެވެ.އެއިރު ޔަޝްފާއާއި ޔަޝްމާ ބޭރުގައި މަޑުކޮށްގެން ތިއްބެވެ.އެންމެ ފުރަތަމަ އައިސް މަޑުކޮށްލި ކާރުން ޝަރީފްގެ އާއިލާ ފޭބިއިރު ދެވަނައަށް އޮތް ކާރުން ފޭބީ ޔޫވިން އާއި ލިހުވާންއެވެ.ޔަޝްމާއާއި ޔަޝްފާއަށް އެނގިގެން އަންނަން ހަމަޖެހިފައި ތިބި މީހުން އައުމުން ތިންވަނަ ކާރު އާދެ ލަޔާންގެ ކާރުގައި ތިބީ ކޮންބައެއްތޯ ބަލާލުމަށް އެ ދެމީހުންގެ ޝަޢުޤުވެރިކަން އިތުރުވިއެވެ.ކާރުގައި އިން ކިރާ ފޭބީ ކަނާތްފަޅިން ލަޔާން ނުކުމެ އޭނާއަށް ވާތް ފަޅީގައި އިން ސީޓުގެ ދޮރު ހުޅުވާލަ ދިނުމުންނެވެ.އެޔާއެކު ޔަޝްމާގެ މޫނުމަތިން ހައިރާންކަން ފާޅުވީއިރު ޔަޝްފާގެ މޫނުމަތިން ހިތާމައިގެ އަސަރުތައް ފާޅުވިއެވެ.ލަޔާންގެ ހަޔާތުގެ ބައިވެރިއަކު ހުރީކަމަށް ހީކުރެވި އޭނާގެ މޫނުމަތިން މީގެ އިރުކޮޅެއް ކުރިން ފެންނަން ހުރި އުފާވެރިކަން ވަގުތުން ގެއްލިގެން ދިޔައެވެ.އެ މަންޒަރު އެއްލި ކަޅިއަކުން ޔަޝްފާއަށް ބަލައިލެވުނު ލަޔާންއަށް ފެނުމާއެކު އޭނާގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.އޭނާ ކިރާގެ އަތުގައި ހިފައިގެން ގޮސް ޔަޝްމާއަށް ކިރާ ތަޢާރަފް ކޮށްދިނެވެ.އަދި ކިރާއާއި އޭނާގެ ގުޅުމަކީ ކޮބައިކަން ހާމަނުކުރީ ގަސްތުގައި ޔަޝްފާ ތަޅުވާލުމުގެ ގޮތުންނެވެ.

ކިރާ އެ ބޮޑު ގެޔަށް ނަޒަރުހިންގާލުމަށްފަހު ޔޫވިންއަށް ބަލައިލިއެވެ.މިގެޔަށް ޔޫވިންގެ އަތްބެއްގެ ގޮތުގައި އައުން އެއީ އޭނާ މީގެ އަހަރުތަކެއް ކުރިން ދެކުނު ހުވަފެނެކެވެ.ނަމަވެސް ޔޫވިން ކަންތައް ކުރިގޮތުން އޭނާގެ އެ ހުވަފެން ހަޤީގަތަކަށް ނުވީއެވެ.މިއަދު ތަޤުދީރު ނިޔާކުރިގޮތުން އޭނާއަށް އެގެޔަށް އާދެވިއްޖެއެވެ.ޔޫވިންގެ މައިންބަފައިންނާ ވެސް ބައްދަލުވެއްޖެއެވެ.ނަމަވެސް މުަޅިން އެހެން ހައިސިއްޔަތަކުންނެވެ.

ޔޫވިން ފެނުމާައެކު ޔަޝްމާ ވަގުތުން އައިސް ޔޫވިންގެ ގައިގަައި ބައްދާލިއެވެ.ޔަޝްފާވެސް ހަމަ އެފަދައިން ކަންތައް ކުރިއެވެ.”ޕިސް.ޕިސް.މި އަންހެންވެރިންގެ އިމޯޝަނަލް ޑްރާމާއެއް ނުނިމޭނެ ދުވަހަކުވެސް” ލިހުވާން ޝަރީފަށް ބުނުމާއެކު ޝަރީފުވެސް އެކަމަށް އެއްބަސްވިއެވެ.އެޔާއެކު ދެން ފެށިގެން ދިޔައީ ޔަޝްމާއާއި ލިހުވާންގެ ދެމެދުގައި ދެބަސްވުމެކެވެ.ޔޫވިން އެ ދެމީހުން ހުއްޓުވަން އުޅުނު އިރު ބާކީ ތިބި މީހުން ތިބީ ދަތްޕިލަ ސޭލް އަޅުވައިގެން ކުޅިބަލާށެވެ.ކުރިމަތީގައި ކުޅެވެމުންދިޔަ ޓޮމް އެންޑް ޖެރީގެ އެޕިސޯޑް ބަލަން ތިބި މީހުން ބަދިގެއަށް ދިޔައީ ޝަރާ ފޮނުވައިގެން ޔޫލް އެމީހުން ނައިސްފިނަމަ ކާގޭގައި ހުރިހާ ހެދިކާއެއް ހުސްކޮށްލާނެ ކަމަށް ބުނުމުންނެވެ.

މާގިނަ އިރުތަކެއް ނުވެ ސައިބޮއެ ނިމުމާއެކު ޝަރީފުގެ އާއިލާ ގެޔަށް ދާން ނުކުތެވެ.އެވަގުތު ބާކީ ތިބި މީހުން ތިބީ ސިޓިން ރޫމުގައެވެ.އައިރާ ކިރާ ކައިރީ އެމީހުންގެ ގޭގައި މަޑުކުރަން ބުނުމާއެކު ލަޔާން އެކަން މަނާކުރިއެވެ.އަދި ޔަޝްމާއާއި ލިހުވާންގެ އިތުރުން ޝަރާ ވެސް ކިރާ އެގޭގައި މަޑުކުރަން އެދުނެވެ.ޔޫވިން އެއްޗެކޭ ނުބުނެ އިނެއްކަމަކު އޭނާ ވެސް ދިޔައީ ކިރާ އެގޭގައި ހުންނަން އެއްބަސްވުމަށް އެދި ހިތާހިތުން ދުޢާ ކުރަމުންނެވެ.އެއާއެކު ކިރާއާއި އައިރާއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.އެތަން ފެނި ޔަޝްފާ އިތުރަށް ދެރަވިއެވެ.ލަޔާން ކިރާ އެހެން ތާކަށް ނުފޮނުވަން އެ އުޅެނީ ލޯބިވެރިޔާއާއި އެއްފަސްގަނޑެއްގައި ހުރެފައި ދުރުގައި އުޅެން ޖެހިދާނެތީ ހެއްޔެވެ؟މި ފަދަ ޙިޔާލުތަކެއްގައި އިން ޔަޝްފާއަށް ނޭނގުނު ކަމަކީ އޭނާއަށް ކުށްހީއެއްގެ މައްޗައް ކުށްހީތައްކެއް ކުރެވެމުން ދިޔަ ކަމެވެ.އަދި އެތާގައި ކިރާއާއި ލަޔާންގެ ގުޅުން ސާފުކޮށްދެވޭނެ ފަދަ ކަމެއް ހިނގާފައިނުވުމުން ވެސް އޭނާގެ ކުށްހީތައް އިތުރުވިއެވެ.

ފާއިތުވެދިޔަ މަދު ދުވަސްކޮޅުތެރޭ ޔަޝްފާއަށް ލަޔާން ކަމުދާން ފެށިއެވެ.ކިހިނެތް ކޮން އިރަކު ކަމެއް ނޭނގެއެވެ.ނަމަވެސް ލަޔާންގެ އަތު ތެރެއަށް ވެއްޓުނު ވަގުތުން ފެށިގެން ގޮސް އޭނާއަށް އަބަދު ކުރެވެނީ އެ ޙިޔާލެވެ.ހުވަފެނުގައި ވެސް ފެންނަނީ ލަޔާންގެ އެ ފިރިހެންވަންތަ ރީތި ސޫރައެވެ.އަޙުލާގުގެ ގޮތުންވެސް ލަޔާން ހާދަ ރަނގަޅެވެ.މިވީ ދެދުވަސް ތެރޭ އޭނާ ބަރާބަރަށް ނަމާދަށް މިސްކިތައް ދާތަން ޔަޝްފާއަށް ވަނީ ފެނިފައެވެ.ރަޝިއާ ފަދަ މުސްލިމް ނޫން ގައުމެއްގައި އުޅެ ބޮޑުވި މީހަކާއި އަޅައި ބަލާއިރު ލަޔާން ދީނީ ކަންތަކަށް ދޭ އަހައްމިއްޔަތުކަން އޭނާއަށް ވަނީ ފާހަގަވެފައެވެ.އާއިލީ ގުޅުމެއް ނެތަސް އޭނާގެ މަައިންބަފައިންނާއި ޔޫލްއަށްވެސް ލަޔާން ހާދަ އިހުތިރާމްކުރެއެވެ.ރަޝިއާގެ މުއްސަންޖަކަށް ވެފަައި އެހާ ރީތިވުމުން ޔަޝްފާ ހީކުރީ ލަޔާން ވަރަށް ފޮނިވާނެކަމަށެވެ.ނަމަވެސް ލަޔާންގެ ކިބައިގައި މީހުން ފޫހިވާނޭ ފަދަ ބޮނޑާކަމާއި ކިނބުރުވެރިކަމުގެ އެއްވެސް ސިފައެއް ނުފެނެއެވެ.އެއީ އޭނާއަށް ލަޔާން ކަމުދާން މެދުވެރިވި އެންމެ މުހިއްމު އެއް ސަބަބެވެ.ކިތަންމެ ރީތި ސިފައެއް ލިބިފައި ހުއްޓަސް މާތް އަޙުލާގެއްގެ ވެރިއަކަށް ނުވަންޏާމުން އެއީ އެއްވެސް އަގެއް ހުރި މީހެއް ނޫންކަމަށް މީހުން ބުނެ އުޅެނީވެސް އެ ސަބަބައްޓަކައެވެ.މީހުންގެ ހިތްތަކުން ޖާގަ ހޯދޭނީ ރިވެތި އަޙުލާޤެއް ހުރެގެންނެވެ.ބުރުސޫރަ ރީތިވުމަކުންނެއް ނޫނެވެ.

އެރޭ އެންމެން ރޭގަނޑު ކަައިގެން އަވަދިވުމާއެކު ޔޫވިންއާއި ލިހުވާން ގޭގެ ގޯތި ތެރޭގައި ހުރި ބޭރު ޖޯއްޔަށް ނުކުތެވެ.ދެބަފައިން ހީހީފައި ވާހަކަ ދައްކަމުން ދިޔަ އިރު އެ މަންޒަރު ބަލަން އޭނާގެ ކޮޓަރިން ނުކުމެވެން ހުރި ބެލްކަނީގަައި ލަޔާން ހުއްޓެވެ.އެވަގުތު އޭނާގެ މޫނުމަތީގައިވީ އަސަރުތައް ދެނެގަންނަން އުނދަގުލެވެ.”ވަޓް އާރ ޔޫ ލޫކިންގް އެޓް؟”އަތް ޓިޝޫއަކުން ފޮހެމުން އެ ކޮޓަރިއަށް ވަދެގެން އައި ކިރާ ބޭރު ބަލަން ހުރި ލަޔާންއަށް ބުންޏެވެ.އޭނާ ބެލްކަންޏަށް ނުކުމެ ގޯތި ތެރެއަށް ބޯދިނުމާއެކު ލަޔާން ބަލަހައްޓައިގެން ހުރި ދިމާލަށް އޭނާގެ ނަޒަރުވެސް ހުއްޓުނެވެ.އެޔާއެކު ހީހީފައި ލިހުވާންއާއި ވާހަކަ ދައްކަން އިން ޔޫވިން ފެނުމާއެކު ކުޑަ ހިނދުކޮޅަކަށް އެ ދިމާލަށް ގެއްލިފައި ހުރެވުނެވެ.ޔޫވިންގެ އެ ފުރިހަމަ ހިނިތުންވުން އޭނާއަށް އެ ފެނުނީ އަހަރުތަކެއް ފަހުންނެވެ.އެވަގުތައް ގަޑީގެ ކަށިވެސް ހުއްޓޭނޭ ނަމައޭ އޭނާގެ ހިތައް އެރިއެވެ.ނަމަވެސް ދެވަނަ ސިކުންތުގައި މާޒީގެ ހަނދާންތައް އައިސް އޭނާގެ ސިކުނޑި ވަށައިލުމުން ވަގުތުން މޫނު އަނެއްފަރާތައް އަނބުރައިލެވުނެވެ.އެއިރު ހިތާމަ ވެރިވެފައިވީ ލަޔާންގެ މޫނު ފެނުމާއެކު ކިރާ އެއްފަހަރު ލަޔާންއަށް އަނެއްފަހަރު ޔޫވިންމެނަށް ބަލައިލަމުން ފުންނޭވައެއް ދޫކޮށްލީ ވީގޮތް ނަގައިގަނެވުމުންނެވެ.

“ދެޓްސް ހިޒް ސްޓެޕް ޑޭޑް “ކިރާ މިހެން ބުނުމާއެކު ލަޔާން ސިހިފައި އޭނާއަށް ބަލައިލިއެވެ.އެޔާއެކު ކިރާ ބުމަ އަރުވާލަމުން އިތުރަށް ކިޔައިދޭން ފެށިއެވެ.”ހީ ޓޯލްޑް މީ އެބައުޓް ހިޒް ޗައިލްޑްހޫޑް ވެން ވީ ވަރ ސްޓިލް ޓުގެދަރ.ހިޒް ޑޭޑް ވޯޒް އަ ޑްރަގް އެޑިކްޓް ފްރޮމް ފުވައްމުލަކު.ސޯ އޮފްކޯސް އެކަހަލަ މީހަކާ އިނދެގެން ނޫޅެވޭނެ އެއްވެސް މީހަކަށް.ހީ ޔޫސްޑް ޓު އެބިއުސް ޔަޝްމާއްތަ.ޖަސްޓް ލައިކް އިމޯޝަނަލް ވައިވްސް ޝީ ވުޑް ގެޓް މޭޑް އެޓް ހަރ ހަޒްބެންޑް އެންޑް ސަމްޓައިމްސް އަންނަ ރުޅި ޔޫވިންއަށް ބާލާނެ.އެންޑް ހީ ހެޑް ޓު ގޯ ތްރޫ އޯލް ދެޓް ވެން ހީ ވޯޒް އޮންލީ ފޯރ.ސޯ ހީ ހޭޒް ޗައިލްޑްހޫޑް ޓްރޯމާ.ވެން ހިޒް ބައޮލޮޖިކަލް ޑޭޑް އެންޑް ޔަޝްމާއްތަ ގޮޓް ޑިވޯރސްޑް ޔޫވިންއަށް އޭރު ހުރީ ނަފްސާނީ ބަލި ޖެހިފަ އެންޑް ވަރަށް ދުވަސްފަހުންނޯ އެއްކޮށް ރަނގަޅުވީ”ކިރާ އޭނާގެ ވާހަކަ ނިންމާލުމާއެކު ލަޔާންއަށް އަނެއްކާވެސް އެ ދިމާލަށް ބަލައިލެވުނެވެ.އެއިރު އަދިވެސް ޔޫވިންއާއި ލިހުވާން ޖޯލީގައި ތިއްބެވެ.

“ދެން ވަޓް އެބައުޓް ޔަޝްފާ؟”ހައު ވޯޒް ޝީ؟”ލަޔާންއަށް ބޭއިޙްތިޔާރުގައި އެ ސުވާލުކުރެވުނީ ޔަޝްފާއާއި ބެހޭގޮތުން އެނގެން ބޭނުންވީވަރުންނެވެ.”ވެން ޔޫވިން ވޯޒް 8 ޔަޝްމާއްތަ އެންޑް ލިހުވާންބެ ގޮޓް މެރީޑް.ޔަޝްފާ އެއީ ލިހުވާންބެގެ ދަރިއެއްް”ކިރާ ކިޔައިދިނެވެ.”އައި ސީ.ބަޓް ލިހުވާންބެ ޓްރީޓްސް ހިމް ސޯ ވެލް.އިޓް ޑަޒެންޓް ސީމް ލައިކް ހީ އިޒް އަ ސްޓެޕްޑޭޑް.ދޭ ރިމަައިންޑް މީ އޮފް ޑޭޑް.އައި ޖަސްޓް މިސްޑް ހިމް ވެން އައި ސޯ ދެމް ލައިކް ދެޓް”ލަޔާންގެ އަޑު ކުރެހުނެވެ.ކިރާއަށްވެސް ލަޔާން އެންމެ ފަހުން ބުނި ޖުމްލަ އިވުމާއެކު ލިބުނީ ކުއްލި ސިހުމެކެވެ.”އައި މިސް އަންކަލް ޓޫ.ހީ ވޯޒް ރިއަލީ ހެޕީ ވެން އައި މޫވްޑް ޓު ރަޝިއާ ވިތް ޔޫ.ބަޓް ވައި ޑިޑް ހީ ހޭވް ޓު ލީވް ސޯ ސޫން.ވައި ޑޫ ދަ ބެސްޓް ޕީޕަލް ލީވް ސޯ ސޫން ތުއްތޫ”ކިރާ ރޯންފެށުމުން ލަޔާން އޭނާ ގެނެސް މޭގައި ލަތްކޮއްލަމުން އޭނާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

“ނެވާމައިންޑް އެބައުޓް ދެޓް.މޭ ގޯޑް ގިވް ހިމް ދި ހައެސްޓް ރޭންކް އޮފް ސުވަރުގެ”ކިރާ ކަރުނަތައް ފޮހެލަމުން ބުނުމާއެކު ލަޔާން ރައްދުގައި “އާމީން” ކިޔާލިއެވެ.”ދެން ބުނެބަލަ.ކީއްވެ ތުއްތު ކުއްލިޔަކަށް ރާއްޖެ އައީ؟އެވެސް އެއްވެސް މީހަކަށް ނޭނގި.އެންޑް ޔޫ ހެވެންޓް ބީން ރިޕްލައިންގް ޓު އެނީ އޮފް މައި ޓެކްސްޓްސް އޯރ ކޯލްސް”ކިރާ ހަށަން ބަދެލަމުން ބުންޏެވެ.”ވެލް.އަމާ އެންޑް އައި ހެޑް އަ ފައިޓް.ޝީ ސެއިޑް އައި އޭމް ގެޓިންގް އޯލްޑް އެންޑް އިޓްސް ޓައިމް ޓު ގެޓް މެރީޑް.އައި އަންޑާސްޓޭންޑް ދެޓް ޝީ އިޒް ލޯންލީ އާފްޓަރ ޑޭޑްސް ޑެތް ބަޓް އައި ގޮޓް މޭޑް ވެން ޝީ ސްޓާޓެޑް ޓޯކިން އެބަައުޓް އިޓް އެޓް އެވްރީ ސިންގަލް ޗާންސް ޝީ ގޮޓް.ޝީ ޓްރައިޑް ޓު އިންޓްރޮޑިއުސް މީ ޓު ސަމްވަން އެންޑް އައި ލޮސްޓް މައި ޓެމްޕަރ އެޓް ހަރ.އެނީވޭ އައި ވޯޒް ސަޕޯސްޑް ޓު ކަމް ހިޔަރ ފޮރ ދިސް ޕްރޮޖެކްޓް ބަޓް އައި ވޯންޓެޑް ޓު ބީ އެލޯން ފޯރ ސަމްޓައިމް ސޯ ހިޔަރ އައި އޭމް އީވެން ބިފޯރ ދި ޕްރޮޖެކްޓް ހޭޒް ސްޓަރޓެޑް”ލަޔާން ކިޔައިދިނެވެ.

“ތުއްތޫ.ޔޫ ކުޑް ހޭވް ބްރޯޓް ހަރ ހިޔަރ.ޝީ ވުޑް ހޭވް ފެލްޓް ސޭފް އެންޑް ލަވްޑް ވިތް މީ އޮރ މައި މޯމް އިން ތިނަދޫ.ވައި ޑިޑް ޔޫ ލީވް ހަރ އެލޯން؟”ކިރާ ހިސާބަކަށް ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ.”ޝީ ޑަޒެންޓް ވޯންޓް ޓު ލީވް ރަޝިއާ.އައި ޓޯލްޑް ހަރ ޓު ޝިފްޓް ހިޔަރ ބަޓް މޯމް ބޭނުމެއް ނުވޭ ޑޭޑްގެ ހަދާންތަކާއި ދުރަށް ދާކަށް.އެންޑް އައި ކާންޓް ފޯސް ހަރ”ލަޔާން ދެރަވެފައި ބުންޏެވެ.”އިޓްސް އޯކޭ ތުއްތޫ.އައި ވިލް ގޯ ވިޒިޓް ހަރ ވެން ދިސް ޕްރޮޖެކްޓް އިޒް އޯވަރ.އައި ޑިޑިންޓް ގޯ ދިސް އިޔަރ ޔެޓް.ޑޫ ޔޫ ރިމެމްބަރ ދެޓް އަންކަލް ވޯޒް މޭޑް އެޓް މީ ފޯރ ވޯންޓިންގް ޓު ޝިފްޓް ބެކް ހިޔަރ؟”ކިރާ ކުރީގެ ހަދާނެއް އާކޮށްލުމާއެކު ލަޔާންއަށް ހެވުނެވެ.” އެންޑް އައި ޕްރޮމިސްޑް ހިމް ދެޓް އައި ވިލް ކަމް ސީ ހިމް އެވްރީ އިޔަރ.މިއީ އެ ވަޢުދު ކުރެވުނުތާ ދެވަނައަށް ވީ އަހަރު.މި ދިޔަ އަހަރުވެސް އަހަރެން އެ ވަޢުދު ފުއްދިން ބަޓް ދަ ލާސްޓް ޓައިމް އައި ސޯ ހިމް ވޯޒް އެޓް ހިޒް ފިއުނެރަލް.އައި ވިޝް އައި ޑިޑިންޓް ލީވް ހިމް ތުއްތޫ.އައި ވިޝް އައި ވޯޒް ދެއަރ ޓު ސްޕެންޑް ދަ ޓައިމް ދެޓް ވޯޒް ލެފްޓް އޮފް ހިޒް ލައިފް އޯވަރ ދެއަރ އިން ރަޝިއާ”ކިރާގެ އަޑު ކުރެހުނެވެ.

“އިޓްސް އޯކޭ ކިޓީ.އައި އޯލްސޯ ޕްރޮމިސްޑް ޑޭޑް ދެޓް އައި ވުޑް ޕްރޮޓެކްޓް ހިޒް ޕްރިންސެސް ލައިކް ޑޯޓަރ ކިޓީ ޓިލް ޝީ ގެޓްސް މެރީޑް.އެންޑް އައި ވޮންޓް ލީވް މޯމް އެލޯން.އައި ވިލް ލަވް ހަރ އެންޑް ޕްރޮޓެކްޓް ހަރ ދަ ސޭމް ވޭ އައި ލަވް އެންޑް ކެއަރ އެބައުޓް ޔޫ”ލަޔާން ކިރާގެ ކޮލުގައި ހިފާލަމުން ބުންޏެވެ.”އޯލްރައިޓް ތުއްތޫ.އައި އޭމް ރިއަލީ ތަޔާޑް.ގުޑްނައިޓް”ކިރާ މިހެން ބުނެ ދިއުމުން ލަޔާން އަދިވެސް އިރުކޮޅެއް ވަންދެން ބެލްކަނީގައި މަޑުކޮށްލަން ގަސްތުކުރިއެވެ.ނަމަވެސް ކިރާ ދިޔަތާ މާ ގިނައިރެއް ނުވެ އިވުނީ ކޮޓަރީގެ ދޮރުގަައި މީހަކު ޓަކި ޖަހާލި
އަޑެވެ.

ޔޫލްއަށްވެދާނެ ކަމަށް ހީކޮށް ލަޔާން ގޮސް ދޮރު ހުޅުވާލިއިރު ދެލޯ ތަތްމިނަށް ހުޅުވިގެން ދިޔައީ ކުރިމަތީގައި ފެންޖަގެއް ހިފައިގެން ހުރި ޔަޝްފާ ފެނުމުންނެވެ.ނޫކުލައިގެ ޕިޖާމާއެއް ލައިގެން ހުރި އިރު އިސްތަށިގަނޑު ނިވާކޮށްލެވިފަައިވަނީ ކަޅުކުލައިގެ ވަށްބުރުގާއަކުންނެވެ.ލަޔާންގެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައު ހުރިތަން ފެނުމުން ޔަޝްފާ އަވަސް އަވަހަށް އިސްދަށަށް ޖަހާލަމުން ލަޔާންއަށް ފެންޖަގު ދިއްކޮށްލިއެވެ.ފެންޖަގު އަތުލަމުން ލަޔާން އެއްޗެކޭ ބުނަން އަނގަހުޅުވާލިތަނުން އެކަމަށް ހުރަސްއެޅުނީ ޖެހިގެން ހުރި ކޮޓަރިން ނުކުމެގެން އައި ޔޫލް އެ ދެމެދަށް ވަނުމުންނެވެ.ޔޫލް އައިސް ލަޔާންގެ ފަައިގައި އޮޅުލައިގަންނަމުން އޭނާއާ އެއްކޮށް ޕީ.އެސް ކުޅެން ސިޓިން ރޫމަށް އައުމަށް ބުންޏެވެ.ގަޑިން 10:30 ވެފައި ހުރިތަން ފެނި ލަޔާން ޔޫލް ކައިރީ ނިދަން ދާން ބުނަން އުޅުނުތަނުން ޝަރާ އައިސް އޭނާ ގެންދިޔައެވެ.ނަމަވެސް މާދަން ޔޫލް އާއި އެއްކޮށް ކުޅޭނޭ ކަމަށް އޭނާ ލައްވައި ވަޢުދު ކުރުވާފައެވެ.

އެ ދެމީހުން ދިޔައިރުވެސް ދޮރުކުރިމަތީ ހުރި ޔަޝްފާ ހުރިގޮތައް ހުރުމުން ލަޔާންގެ ކައިރިއަށް އައީ ލާނެތް ހިނިތުންވުމެކެވެ.”މި ކޮޓަރިއަށް ނިދަންވެގެންތަ ތި އައީ؟”ލަޔާން މިހެން ބުނުމާއެކު ޔަޝްފާ ކުއްލިއަކަށް އިސްއުފުލާލިއެވެ.އެވަގުތު އޭނާގެ މޫނު ޓޮމާޓޯއެއްހާ ރަތްވެގެން ދިޔައެވެ.”ނު….ނޫން.ކީއްވެ ތިހެން ތި އެހީ؟”ޔަޝްފާ ވަރަށް ހިތްވަރުކޮށްފައި ބުންޏެވެ.”ފެން ހިފައިގެން އައި ގޮތައް އެނބުރި ދާ ޙިޔާލެއް ނުކުރޭ ވިއްޔާ.އަނެއްކާ މަށަށް މި ހުރެވުނީ ނުބައި ކޮޓަރިއެއްގަތަ؟”ލަޔާން ފަރާތްފަރާތައް ކަޅި ހިންގަމުން އެހެން ބުނެލީ ގަސްތުގަައި ޔަޝްފާ ހެއްވާލުމުގެ ގޮތުންނެވެ.ހަމަ އެހެންމެ އެކަން އޭނާއަށް ކާމިޔާބުވެސް ވިއެވެ.”ހަހަހަހަހަ.ނޫން.އައި ވޯޒް ޓޯލްޑް ޓު އިންފޯމް ޔޫ ދެޓް އާރާޝްބެ ބުންޏޯ މާދަން އެ ގޭ ދޯނީގަ ދަތުރު ދާން އުޅޭ ވާހަކަ.މާދަން ހެދުނު އެންގޭޖްމެންޓް ނިމުނީމަ މެންދުރުފަހަުން ފުރާ ގޮތައް” ”އޯކޭ.ކިރާއަށް އިނގޭތަ؟”ލަޔާން މިހެން އެހުމާއެކު ޔަޝްފާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.”އަމިއްލައަށް ނުބުނެވެނީތަ ޖީ.އެފް ކައިރީ؟”ޔަޝްފާ ހަމައެކަނި އޭނާއަށް އަޑުއިވޭވަރަށް ބުންޏަސް އެ އަޑު ލަޔާންގެ ތޫނު ކަންފަތާއި ހިސާބަށް ފޯރިއެވެ.އެޔާއެކު އޭނާއަށް ޔަޝްފާގެ ހިތުގައި އޭނާއާއި ދޭތެރޭ އޮތީ ކީކޭކަން ޝައްކުވުމާއެކު އެ ހިތް އުފަލުން ފޮޅުނެވެ.”އަމްމްމްމް….އައި ތިންކް މޯމް ޓޯލްޑް ހަރ”ޔަޝްފާ މިހެން ބުނެ އަވަސް އަވަހަށް ނުކުމެގެން ދިއުމާއެކު ލަޔާން ދެފަރާތައް ބޯހޫރާލަމުން ދޮރު ލައްޕައިލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

-----queen-----

Level 1

Other Articles

Previous

ލޯބިން ބަލާލީމާ 3

ދުވެފާ އައި ކުއްޖާ
Next

ދުވެފާ އައި ކުއްޖާ (ދެވަނަ ބާ)

Next
ދުވެފާ އައި ކުއްޖާ
August 21, 2024

ދުވެފާ އައި ކުއްޖާ (ދެވަނަ ބާ)

Previews
August 21, 2024

ލޯބިން ބަލާލީމާ 3

5 Comments!

  1. Aishath Mamdhooha Ibrahim says:
    August 21, 2024 at 1:08 pm

    mee english vaahaka eh tha? dhivehin liuneymaa kiyan vx fashyha vaane eh noontha?

    1. Queen says:
      August 21, 2024 at 2:27 pm

      Will try thanx for the comment ✌️

  2. Cutie girl says:
    August 21, 2024 at 1:20 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Yasfa and layaan v gulhey
    They both are made for each
    Pls Kira and yoovin gulhuvachey
    Aslu Kira still love yoovin
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

  3. Lau says:
    August 22, 2024 at 10:10 am

    V reethi vaahaka eh mi
    Ekm mulhi vaahaka hadi vehje english bai bodu kamun
    Dhivehsah vuren english basthah gina mi part ga ves

    1. Name.. says:
      September 30, 2024 at 7:34 am

      Yes

Comments are closed.

Next Episodeފިނި ހިތް 14←


All Right Reserved!