Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފިނި ހިތް 10

-----queen----- Level 1
August 15, 2024 5 Mins Read
1 Comment

“ހޯދެ ޔާރާ ހޭދަކޮށްވީ ގޮނޑުދޮށަށްވެސް ގޮސް ހިނގާ”

“އޭ ޒުވާނާ މޭ ތެރޭގާ ވާ ހަޤީގަތް ބުނެބަލާ”

“ވޭތޯ މަށާ ދުރުގާ މަލާ ކޮށްލަން ދުޢާއެއް ދިމާނުވާ”

“ވޭ ރާސްތާ ފަސްދާނުލާ ނޭދެން ދިމާވުން އާޙިރަށް”

“ދެލޯ މަރާ އުމުރަށް ވީމޭ ހިތްވަރެއް ނެތިފާ”

“ތިބާ ނުލާ މިހިތައް ވޭހޭ ކެތް މި ޢާލަމުގާ”

ސޯފާގައި ގިޓާ އަތައް ހެޔޮވަރުކޮށްލައިގެން އިން ކިރާ ދިޔައީ ފަރިތަކަަމާއެކު އޭގެ ނަރުތަކާއި ކުޅެމުންނެވެ.”މޭ ޑޫންޑްނޭ ކޮ ޒަމާނޭ މޭ” ގެ ދިވެހި ލަވަ އަސަރާއެކު ކިޔަމުން ދިޔައިރު އެ ލަވައިން އެ ބުނެދެމުން ދަނީ ސީދާ އޭނާގެ ހިތުގެ އިޙުސާސްތަކެވެ.ބަދިގެއިން ޕާން ޓޯސްޓް ކުރާ ވަސް ދުވަމުން ދިޔައިރު އެ ދިމާލުގައި އިޝާއާއި ކައިޝާން ހަރަކާތްތެރިވަމުން ދިޔައެވެ.”އޯވް.ގޫޑް މޯނިންގް ޔޫން.ވަޓް ހެޕެންޑް ޓު ޔުއަރ އައިސް؟”އީޝާ މިހެން ބުނި އަޑު އިވުމާއެކު ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން ލަވަކިޔުމާއިގެން މަޝްޢޫލުވެގެން އިން ކިރާ ސިހިގެން ގޮސް އަނެއްފަރާތައް އެނބުރުމާއެކު މަތީގައި ހުރި ޔޫވިން ފެނުނެވެ.”އެއީ ރޭގަ ވީ ކަންތަކުގެ އާފްޓަރ އިފެކްޓްސް.ދޯ”ގިޓާ ބާއްވަމުން ކިރާ ޔޫވިންއަށް ދޯދެމުން ބުނުމާއެކު ޔޫވިން ބޯޖަހައިލީ އެހެން އެބުނީ ނޫނޫގެ ސަބަބުން ވީ ކަންތަކަށް އަމާޒުކޮށްކަން ފަހުމްވުމުންނެވެ. އީޝާ ހީކުރީ ކިރާ އެ މާނަކުރީ ސައިނަސްގެ ސަބަބުން ޔޫވިންގެ ލޯ ރަތް ވެފައި ހުރި ވާހަކަ ކަމަށެވެ.ނަމަވެސް ހަޤީގަތް އެނގެނީ ކިރާއާއި ޔޫވިންއަށެވެ.

“ކަމް އޯން.އެވްރީބޮޑީ އޮން ޓޭބަލް”ކައިޝާން ބަދިގެއިން ބޭރަށް ބޯދިގުކޮށް އެންމެނަށް އަޑު އިވޭވަރަށް ބުންޏެވެ.އެޔާއެކު ބާކީ ތިބި ތިން މީހުން ގޮސް މޭޒުދޮށުގައި އިށީނެވެ.ކައިޝާން އޭނާ އާއި އީޝާ ވެގެން ތައްޔާރުކުރި ސޭންޑްވިޗާއި ޕާނުގެ އިތުރުން ސޮސެޖުތައް މޭޒުމައްޗައް ނެގުމުން އެންމެނަށް ކޮފީ ގިރައިދިނީ ކިރާއެވެ.”އައި ޑްރިންކް އިޓް ބްލެކް”ކިރާ އޭނާގެ އަތުގައި ހުރި ކޮފީ ތަނބަކުން ތަށިތައް ނަގައި ކޮންމެ މީހެއްގެ ކައިރީ ބަހައްޓަމުން ދިޔަ އިރު އޭނާ އަށް ވީ ތަށި ބަހައްޓަން އުޅުމުން ޔޫވިން ބުންޏެވެ.”އައި ނޯ.ޔޫވިން އަށް އެޅީ ބްލެކް ކޮފީ”ކިރާ ޔޫވިންގެ ތަށި ބަހައްޓަމުން ބުނުމާއެކު ޔޫވިން ބަލައިލިއެވެ.އެއާއެކު އޭނާއަށް ހިނިތުންވެނުނީ ކިރާއަށް އެނގިގެން ކުރިން ފެށިގެންވެސް އޭނާގެ ގައިގައި ހުންނަ އެފަދަ ކުދި ކުދި އާދަތައް އަދިވެސް ކިރާ ހަދާން ހުރީތީއެވެ.

“އައި ހޭވް އޭން އައިޑިޔާ.ދޮންބެމެން ތި އުޅޭ އެޕާޓްމެންޓް ކުއްޔަށްދީފަ މި ގެއިން ބަޔަކަށް ބަދަލު ވާންވީއެއްނު”ކިރާ ކޮފީތަށިން ކޯވަރެއް ދަމާލަމުން ބުންޏެވެ.”އާނ.ތި ބުނީ ރަނގަޅު ވާހަކައެއް.އޭރުން އީޝްއަށްވެސް ފަސޭހަ ވާނެއެއްނު.ހުޅުމާލެ ހޮސްޕިޓަލުން ވިއްޔާ ޖޮބް ލިބުނީ”ކައިޝާން ބުނުމާއެކު އީޝާ ވެސް އެކަމަށް ތާއިދު ކުރިއެވެ.”މިއީ އަމިއްލަ ތަނެއްތަ؟”ޔޫވިން އެއްސެވެ.”އާނ.މިއީ ކިޓީ ރަޝިއާގަ ހުރެފަ ރާއްޖެ އަންނަން އުޅުނުތަނުން އަމާނާ އާންޓް ކިޓީގެ ނަންމައްޗައް ބަދަލުކޮށްދިން ތަނެއް.ޝީ އޯންސް ދަ ރިއަލް އެސްޓޭޓް ޕާޓް އޮފް ހަރ ހަޒްބެންޑްސް ކޮމްޕެނީ”ކައިޝާން ކިޔައިދިނެވެ.

“ކޮމްޕެނީ އޭ ބުނީމަ މި ހަދާންވީވެސް.އައި ހޭވް އަ ބިގް މީޓިންގް ޓުނައިޓް”ޔޫވިން ބުންޏެވެ.”ވިތް ހޫ؟”ކައިޝާން ސުވާލުކުރިއެވެ.”މައި ބިގެސްޓް ކޮމްޕެޓިޓަރ އިން ދިސް އިންޑަސްޓްރީ.އޭ.ކޭ ޓްރެވެލްސް”ޔޫވިން މިހެން ބުނުމާއެކު ކިރާ ކޮށިއެރިއެވެ.އެޔާއެކު އީޝާ ވަގުތުން ކިރާގެ ބުރަކަށީގައި ފިރުމާލަމުން ފެންބޯން ދިން އިރު ކައިޝާން އަނގަމަތީގައި އަތް އަޅައިލައިގެން އިނީ ނުހޭން މަސައްްކަތްކުރަމުންނެވެ.އޭނާ ވަށްކަޅިން ކިރާއަށް ބަލާލިއިރު ކިރާ ދެފަރާތައް ބޯހޫރާލިއެވެ.”ވަޓްސް ގޮއިންގް އޮން ހިޔަރ؟”ވާނުވާގައި އިން ޔޫވިން އޭ.ކޭ އޭ ބުނުމުން އެ ތިންމީހުންގެ ހަރަކާތްތައް ހުރި ގޮތް ފެނުމުން ބުންޏެވެ.

“ޔޫން.ދި އޯނަރ އޮފް ދެޓް ކޮމްޕެނީ އިޒް ކިޓީ”ކައިޝާން މިހެން ބުނެ ހޭން ފެށުމާއެކު ޔޫވިންގެ ދެލޯ ތަތްމިނަށް ހުޅުވިގެން ދިޔައެވެ.އޭނާ ކިރާައާއި ދިމާލަށް ބަލައިލީ އެއީ ތެދެއްހެއްޔޭ އަހާފަަދަ ގޮތަކަށެވެ.”ހީޒް ރައިޓް.އޭ.ކޭ މީންސް އައިޝަތު ކިރާ.އިޓްސް އެކްޗުއަލީ ބޭސްޑް އިން ރަޝިއާ.އެންޑް އަހަރެން ލޯ ކީ ވާން ބޭނުންވާތީ އައި ޑިޑިންޓް ވޯންޓް މީހުނަށް އެނގެން ހޫ ދަ ސީއީއޯ އިޒް.މިކޮޅުގެ އޮފީހުގަ އުޅޭ މުވައްޒަފުންނަކަށް ވެސް ނޭނގޭނެ އަހަންނަކީ ކާކުކަމެއް”ކިރާ ކިޔައިދިނެވެ.”އެކަމް ސްކޫލްގަ އުޅުނު އިރު ކިޔެވީ ސައިންސް އެއް ނޫންތަ؟”ޔޫވިން އަނެއްކާވެސް ބުންޏެވެ.”ޓްރޫ.ބަޓް އައި އޭމް ރިއަލީ ބިޒްނަސް މައިންޑެޑް.ސައިންސް ނެގީ މަންމަ ކިޓީ ޑޮކްޓަރަކަށް ހަދަން ބޭނުންވިވަރުން.ބަޓް އައި ޑިޑިންޓް ވޯންޓް ޓު ވޭސްޓް މައި ޓައިމް ޑުއިންގް ސަމްތިންގް އައި ހޭޓް.އަސްލު އަހަރެން ވާން ބޭނުންވީ ޕައިލޮޓަކަށް ބަޓް އިޓްސް އިމްޕޮސިބަލް އިން މޯލްޑިވްސް ނައު.ޓްރެވަލިން އިޒް މައި ޕެޝަން ސޯ އޭލެެވެލް ނިންމާފަ ރަޝިޔާއަށް ދިޔަ ގޮތައް އައި ޓޫކް އަ ލޯން ފްރޮމް ތުއްތު އެންޑް އިންވެސްޓެޑް އިޓް އިން ސްޓާޓިންގް އޭ.ކޭ ޓްރެވަލްސް.ދެން އާފްޓަރ 2 އިޔާސް އޮފް ސްޓަރޓިންގް އިޓް ވޯޒް ރިއަލީ ސަކްސެސްފުލް ސޯ އައި ޕެއިޑް އޮފް ދަ ލޯން އެންޑް އެކްސްޕޭންޑެޑް އިޓް އޯލް އޯވަރ ދަ ވޯލްޑް.ވެން އައި ވޯޒް ފައިނަލީ ސްޓޭބަލް އައި މޫވްޑް ހިޔަރ ލާސްޓް އިޔަރ ޓު ވޯކް ފޯރ މޯލްޑިވިއަން އޭޒް އޭން އެއަރ ހޯސްޓެސް.އައި ނޯ އައި ޑޯންޓް ނީޑް އެނަދާ ޖޮބް ބަޓް ދެޓްސް އޯލްސޯ ވަޓް އައި ލައިކް ޓު ޑޫ.އެކަމްވެސް އޮފީހަށް ނުގޮސް އައި ވޯކް ފްރޮމް ދަ ޝެޑޯސް.އަހަރެން އޮފީހަށް ނުދިޔަޔަސް އިނގޭ މައި ބިޒްނަސްގެ އިންސައިޑް އައުޓް ވަރަށް ރަނގަޅަށް “

“އައި ސީ.ދެޓްސް އިމްޕްރެސިވް”ޔޫވިން ހިނިތުންވެލަމުން ބުންޏެވެ.”ސްޕީކިންގް އޮފް ތުއްތު،ވެެއަރ އިޒް ދެޓް ތުއްތުބެއްޔާ ލަޔާން؟ ”
ކައިޝާން ސޮސެޖެއް އަނގަޔަށް ލަމުން ބުންޏެވެ.އެޔާއެކު ކިރާ ކޮނޑުއަރުވާލީ ނޭނގެޔޭ ބުނުމުގެ ގޮތުންނެވެ.

ހަވީރުގެ ވަތުތެވެ.ފަރެސްމާތޮޑާ އެއަރޕޯޓުން ނުކުތް އިސްކޮޅުން ދިގު ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ.އޭނާ ލައިގެން ހުރި ގޫޗީ ހޫޑީ އާއި އަރައިގެން ހުރި އަގުބޮޑު ސްނީކަރސް އިންވެސް އެއީ މުއްސަންޖެއްކަން އެނގެއެވެ.އާދައިގެ ވަރަކަށް އޮތް ސްޓްރޯބެރީ ބްލޮންޑް ކުލައިގެ އިސްތަށިގަނޑުން އެއްބައި ނިތްމައްޗައް ވެއްޓިފައި އޮތް އިރު ނުހަނު ހިތްގައިމެވެ.އެރައިވަލްސް ގޭޓު ކައިރީގައި މަޑުކޮށްލައިގެން ހުރި އިރު އެ ޒުވާނާ އިރު އިރުކޮޅާ އަތުގައި އޮތް ގަޑިއަށް ބަަލަމުން ދިޔައެވެ.އިރުކޮޅެއް ފަހުން އޭނާގެ ކުރިމައްޗައް އައިސް މަޑުކޮށްލީ ރަތް ކުލަައިގެ ކާރެކެވެ.އެ ކާރުން ފޭބި މެދު އުމުރުގެ ފިރިހެން މީހާ އެ ޒުވާނާގެ ގާތައް ގޮސް ހުއްޓުނެވެ.

“ލަޔާން ދޯ”އެ މީހާ ސަލާމަށް އަތް ދިއްކޮއްލަމުން ބުނުމާއެކު ލަޔާން ބަލައިލިއެވެ.”ޕްރީވިއެތް.ސޮރީ.އައްސަލާމްއަލައިކުމް.ލައްބަ އަޅުގަނޑަކީ ލަޔާން”ރަޝިއާ ބަހުން ސަލާމް ދެންނެވުނު ކަމުގެ މޮޔަ ހީވެފައި ހުރި ލަޔާން ބުންޏެވެ.”ތިއީ ލިހުވާން ބޭބެ ދެއްތޯ؟”ލަޔާން މިހެން ބުނުމާއެކު ސަލާމުގެ ޖަވާބު ދެމުން ލިހުވާން އާނއެކޭ ބުންޏެވެ.”ދެންމެ ތި ބުނީ ރަޝިއާ ބަހުން ހެލޯ ދޯ”ލިހުވާން މިހެން ބުނުމާއެކު ލަޔާން ބޯ ކަހާލަމުން އާނއެކޭ ބުންޏެވެ.”އުސްމާނުވެސް ފުރަތަމަ ރާއްޖެ އައިސް ހަމަ އުޅުނީ ތިހެން.ބޭބެ ކޮންމެވެސް ވަރަކަށް އޭނާ ކައިރިން ރަޝިއާ ބަސް ދަސްކުރިން އެކަމަކު މިހާރު ހަދާނެއް ނެތް.ކަލޯ ވަރަށް ކުޑައިރު ބޭބެ ވިޔަފާރި ދަތުރެއްގައި ރަޝިއާއަށް ގޮސް ހުރީ ތި ގޭގައި.އޭރު ދަރިފުޅު ވަރަށް ލާނެތް ވާނެ”ލަޔާންއަށް ނަޒަރު ހިންގާލަމުން ލިހުވާން ބުނުމާއެކު ލަޔާން ރަކިވިއެެ.”ހެހެ.ހިނގާ ދަމާ ދަރިފުޅާ.ބޭބެމެން ގޭގަ މަޑު ކުރަން ވާނީ.ޔަޝްމާ ދައްތަ އެބަހުރި ދަރިފުޅުގެ އިންތިޒާރުގަ ސައި ހަދައިގެން”ލިހުވާން މިހެން ބުނެ ހިނގަތުމުން ލަޔާންވެސް ފަހަތުން ގޮސް ކާރަށް އެރިއެވެ.

15 ވަރަކަށް މިނިޓު ދުއްވުމަށްފަހު ލިހުވާންގެ ކާރު މަޑުކޮށްލީ ރީތިކޮށް ހަދާފަައި ހުރި ބޮޑު ގެއެއްގެ ކުރިމައްޗަށެވެ.ތިން ބުރިއަށް ނަގާފައި ވާ އިރު ގޭގެ ބޭރުގައި ހައްދާފައިވާ ބަގީޗާ ގަސްތަކުން ކުޑަވަރެއްގެ ޖަންގައްޔެއް ހެދިފައިވާއިރު އެތެރެއަށް ވަދެވެނީ އެ ގަސްތަކުގެ ތެރެއިން ލާފައެވެ.އެ މީހުން އެތެރެއަށް ވަދެވުމާއެކު ގޭތެރެއިން ނުކުމެގެން އައީ މެދު އުމުރުގެ އަންހެނެކެވެ.ރަތް ކުލައިގެ ހަރުވާޅަ ހެދުމުގައި ހުރއިރު ބޮލުގައި އަޅާފައިވަނީ ހަމަ އެކުލައިގެ ޝޯލްއެކެވެ.މޫނުމަތީގައި ރުލެއް ނެތުމުން އެއީ ސާޅީހުން މައްޗަށް ގޮސްފައި ހުރި މީހެކޭ ނުބުނާނެއެވެ.”ތި އައީދޯ.މިއީތަ ލަޔާން އަކީ؟މާޝާ ﷲ.މި ސޮރު ހާދަ ރީއްޗޭ”ޔަޝްމާ ލަޔާންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.”ތީ ޔަޝްމާ ދައްތަ ދޯ”ލަޔާން ޔަޝްމާއާއި ސަލާމްކޮށްލަމުން ބުންޏެވެ.”އާނ.ހެނދުނުއްސުރެ އެހެރީ ދަރިފުޅުގެ އިންތިޒާރުގަ ވަގުތު ގުނާލަ ގުނާލާ”ފަހަތުން ވަދެގެން އައި ލިހުވާން ބުންޏެވެ.”ހިހި.މި ވެސް ހަމަ އަހަރެމެންގެ ޔޫން އާ ޔާން ކަހަލަ ކުއްޖެކޭ”ޔަޝްމާ މިހެން ބުނެ ގޭތެރެއަށް ވަންނަން ހިނގައިގަތުމާއެކު ލަޔާން އާއި ލިހުވާންވެސް ފަަހަތުން ދިޔަައެވެ.

އެއިރު ގޭ ސިޓިންރޫމުގެ އެއްފަރާތުގައި ހުރި ބޮޑު ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދުވެފައި ކަހަލަ ގޮތަކަށް އައި ކުޑަ ފިރިހެން ކުއްޖާ އައިސް ލިހުވާންގެ ފައިގައި އޮޅުލައިގަތެވެ.”ކާފަގެ ދޫނި ނަމާދުކޮށްފިންތަ؟”ލިހުވާން ވަރަށް ލޯބިން 5 އަހަރުގެ ކުޑަ ކުޑަ ޔޫލް އުރާލަމުން ބުންޏެެވެ.”ލައްބަ.ކާފާ.މިއީ ކޮން ބޭބެއެއް؟’ލިހުވާންގެ އުރުން ފައިބަމުން ޔޫލް ނިކަން ލޯބިކޮށް ލަޔާންއަށް ބަލައިލަމުން ބުންޏެވެ.”ހައި ކޮއްކޯ.ކޮން ނަމެއް ކިޔަނީ؟”ލަޔާން ޔޫލް އާއި އެއް ހަމަޔަކަށް ތިރިވެ ޔޫލްގެ ކޮލުގައި ހިފާލަމުން އެއްސެވެ.”ކޮއްކޮއަށް ކިޔަނީ ޔޫލް.ބޭބެއަށް ކިޔަނީ ކޮން ނަމެއް؟ކީއްވެ ބޭބެގެ އައިޒް ބްލޫ ކަލަރގަ ތި ހުރީ؟”ޔޫލް ލަޔާންގެ ވިލުނޫކުލައިގެ ލޮލަށް ބަލަން ހުރެ ކުރި ސުވާލުން ޔަޝްމާއާއި ލިހުވާން ހޭން ފެށިއިރު ލަޔާންއަށްވެސް ހެވުނެވެ.”ހިހި.ބޭބެއަށް ކިޔަނީ ލަޔާން.ކޮއްކޮގެ އައިޒް ބޭބެގެ އައިޒްއަށް ވުރެ މާ ރީތި”ލަޔާން މިހެން ބުނުމާއެކު ޔޫލް ރަކިވިއެވެ.

“ދަރިފުޅާ ޔޫލް.ބޭބެއަށް އުނދަގޫ ނުކޮއް ދެން ދޭ ބޭރަށް ކުޅެން”ޔޫލްގެ މަންމަ ޝަރާ ސިޑިން ފައިބައިގެން އައިސް ބުންޏެވެ.”ހައި ލަޔާން.އައި އޭމް ޝަރާ.މިގޭ ޔާކިންގެ ވައިފް.ލަޔާން ބޭނުންނަމަ ޝަރާއްތަ ކިޔަސް އޯކޭ އިނގޭ.ހޯޕް ޔޫ ހެޑް އަ ޕްލެސެންޓް ޖާނީ”ޝަރާ ވެސް ސަލާމް ކޮށްލަމުން ތަޢާރަފް ވެލިއެވެ.”ޔާ އިޓް ވޯޒް އަ ނައިސް ޓްރިޕް.ޔޫ ހޭވް ސަޗް އަ ކިއުޓް ޗައިލްޑް މާޝާالله”ލަޔާން ބުންޏެވެ.”ދެން މިހެން މިތާ ވާހަކަ ދައްކަންތަ ތިބެންވީ.ޝަރާ ދަރިފުޅާ ދޭބަލަ ލަޔާންއަށް ކޮޓަރި ދައްކާފަ ކޮފީ ގިރަން.މަންމަ މި ދަނީ މޭޒު މައްޗައް ކާ އެއްޗެހި ނަގަން”ޔަޝްމާ މިހެން ބުނިތަނާ ލިހުވާން ބަދިގެއިން ނުކުމެގެން އައެވެ.ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރި އިރު އަތުގައި ބަޖިޔާއެއް އޮތެވެ.އެޔާއެކު ޔަޝްމާގެ ދެލޯ ތަތްމިނަށް ހުޅުވުނެވެ.

“ލިހުވާނޫ.ބަލަ މަ ބުނީމެއްނު ލަޔާންއަށް ވުރެ ކުރިން ނުކެވޭނެއޭ.ހަމަ އެހާ ވަރަށް ބަޖިޔާތައް ފޮރުވާފަ ހުއްޓާ ބަދިގެ ތެރެ ހާވައިގެން އެ ނުކުތީ”ޔަޝްމާ ހިތްހަމަނުޖެހިފައި ބުނުމާއެކު ޝަރާ އާއި ލަޔާންއަށް ހެވުނެވެ.”އެ ރަނގަޅުވާނެއޭ ދޯ ދަރިފުޅާ.އަދި ލަޔާންއަށް އަހަރެން ބަޖިޔާ ހަދައިދޭނަމޭ.އެހެންނޫނަސް ޔަޝޫ ހަދާ ބަޖިޔާ ވަރަށް ނުބައި.އިއު”ލިހުވާން ތުން އޫކޮށްލަމުން ބުނުމާއެކު ޔަޝްމާ ނޫން އެހެން އެންމެން ހޭން ފެށިއެވެ.ޔަޝްމާ ކުދިކިޔަމުން ބަދިގެއަށް ދިޔައިރު ޝަރާ ވެސް ފަހަތުން ދިޔައެވެ.ޔޫވިން ސިޑިން މައްޗައްް އަރައިގެން ދިޔައީ ޝަރާ އޭނާގެ ކޮޓަރި ހުރީ ދެވަނަބައިގެ މަތީގައި އެންމެ އެކޮޅުގައި ކަމަށް ބުނުމުންނެެވެ.

ސިޑިން މައްޗައް ދިޔައިރު އޭނާ ދިޔައީ މިއޮތް ހުރިހާ އިރު ފްލައިޓް މޯޑުގައި އޮތް އޭނާގެ ފޯނަށް އައިސްފައި ހުރި މެސެޖުތައް ބަލަމުންނެވެ.އަރަމުން ދިޔައިރު އޭނާ ކުއްލިއަކަށް ސިހުނީ މީހެއްގެ ގަައިގައި ޖެހުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

-----queen-----

Level 1

Other Articles

Previous

ޝަލީން 3

Next

ލޯބިން ބަލާލީމާ

Next
August 15, 2024

ލޯބިން ބަލާލީމާ

Previews
August 15, 2024

ޝަލީން 3

One Comment

  1. Cutie girl says:
    August 15, 2024 at 3:25 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih
    Kira and yoovin v gulhey
    They both are made for each other
    E dhekudhin gulhuvachey
    Love you ❤️😍

Comments are closed.

Next Episodeފިނި ހިތް 11←


All Right Reserved!