Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް ބޭނުމޭ ދުލުން 12

🌻LamHaa🌻
🌻LamHaa🌻 Level 110 Stories
March 18, 2025 5 Mins Read
2 Comments

ނިދިފައި އޮތް މިޝްޔާއަށް ހޭލެވުނީ ދޮރުގައި ތަޅާ އަޑު އިވިގެންނެވެ. ރަނގަޅަށް ނިދި ނުފިލި ނަމަވެސް އަވަހަށް ތެދުވެ އެނދުމަތީ ބާއްވާލާފައި އޮތް ބުރުގާ އަޅާލައިގެން ދުއްވައިގަތީ ދޮރު ހުޅުވުމަށެވެ. ދޮރުހުޅުވާލިއިރު ކުރިމަތީ ހުރި ޝިމާން ފެނި ސުވާލުގެ ނަޒަރަކުން ޝިމާންގެ މޫނަށް ބަލާލިއެވެ.

“މިއައީ ދޮންދައްތަ ބުނެގެން މިޝްއަށް ކާން ގޮވަންވެގެން.. ނިދާފަ ދޯ ތި ހޭލީ.. އިނގޭތަ ގަޑިން ވީ އިރެއް..” ހިނިއައިސްފައި ހުރެ ޝިމާން ބުނެލިއެވެ. މިޝްޔާ މިދަނީ ކަމަށް ބުނެ، ޝިމާންގެ ސުވާލަށް ޖަވާބެއް ދިނުމެއްނެތި ދޮރު ލައްޕާލީ އަދިވެސް އޭނާގެ ލޮލުން ނިދީގެ އަސަރު މުޅިން ފިލާ ނުދާތީއެވެ.

މޫނު ދޮވެލައިގެން ނުކުތުމަށްފަހު މިޝްޔާ ހިނގައިގަތީ ޑްރެސިންޓޭބަލްއާ ދިމާލަށެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގެން އެއްޗަކުން އޭނާގެ ސިކުނޑި ސުވާލުތަކުން ފުރުނެވެ. ޑްރެސިންޓޭބަލް ކައިރީ މަޑުކޮށްލުމަށްފަހު އެތާ މަތީގައި ބާއްވާފައި އޮތް ރަތް ކުލައިގެ ބޮޑު ފިނިފެންމާ ބޮޑި ނަގާ އެއަށް ފުން ނަޒަރެއް ދިނެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އޭގައި ތަތްކޮށްލާފައި އިން ގަނޑުކޮޅެވެ. މިޝްޔާ ގަނޑުކޮޅު ނަގާ ކިޔާލިއެެވެ. ހަމައެހިނދު އޭނާގެ ތުންފަތް މައްޗަށް ވެރިވީ ރަކި ހިނިތުންވުމެކެވެ. މާ ބޮޑި ކަމުދާނެ ކަމަށް ހީކުރާކަމަށް ބުނެ ޝިމާން ލިޔެފައި އިން ނޯޓްކޮޅު ފެނި މިޝްޔާގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ އުފާވެރި ކަމެއް ވެރިވެގެން ދިޔައެވެ. ނަަމަވެސް އެ އުފާވެރިކަން ދެމިހުރީ މަދު ސިކުންތުކޮޅަކަށެވެ. އެ ތުންފަތުގައިވި ހިނިތުންވުން ގެއްލި އެ ރީތި މޫނަށް މޮޅިވެރިކަން ވެރިވީ މާޒީގައި އޭނާގެ ހަޔާތަށް ބިންދާލި ރާޅު އަދިވެސް ހިތުން ފިލައިގެން ނުދާތީއެވެ. އެތައް ހިތްވަރަކާއި އެކު އެ ހިތާމަތަކުން އަރައިގަންނަމަވެސް އަނެއްކާވެސް އެފަދަ ހިތާމަޔަކަށް އޭނާގެ ނަފްސު ގެބިގެން ހިނގައިދާނެކަމުގެ ބިރު އަދިވެސް އެ ހިތުގައި ނުފިލާ ވީތީއެވެ.

ކާމޭޒު ކައިރީގައި އެންމެން ހަމަވެފައި ވީއިރު ހަމައެކަނި މަދީ މިޝްޔާއެވެ. އެންމެން މަޑުކޮށްލައިގެން އިނީ މިޝްޔާގެ އިންތިޒާރުގައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒިޔާނާ އާއި ސާޖިދުގެ ހިތުން މިޝްޔާއަށް ވަނީ ދަރިއެއްގެ މަޤާމު ދެވިފައެވެ. ޝިމާން މޭޒު ދޮށުގައި އިށީދެލައިގެން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނާގެ ހިތާ މިޝްޔާ ހަމަ ރަނގަޅަށް ކުޅެލާފިއެވެ. މިޝްޔާގެ ހިޔާލުތަކުގައި އިން ޝިމާންއަށް ސިއްސައިގެން ގޮސް ބަލައިލެވުނީ ޝައިމާ އޭނާގެ ގައިގައި ޖަހާލުމުންނެވެ. “ކޮއްކޯ.. ކޮން ހިޔާލެއްގަ.. ބުނާނެ ލޯބިވާ ކުއްޖަކު ނެތޭ.. އެކަމަކު ދެންމެގަވެސް އިން ގޮތުން ހީވީ ލޯބިގަ ދީވަނާވެފައި އިން މީހަކު ހެން.. ތި ވަރަށް ތި ކުއްޖަކާ މެދު ނުވިސްނިޔަސް ދޮންތަ ކައިރީ ބުނެލަނިކޮން ހޯދަދީފާނަމޭ..” ޝައިމާ ލާނެއް ގޮތަކަށް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ޝިމާން އަނގަހުޅުވާލީ ޝައިމާއާ ދިމާލަށް އެއްޗެކޭ ބުނެލާނަމޭ ހިތާއެވެ. ނަމަވެސް ދޮރުން ވަދެގެން އައި މިޝްޔާ ފެނި އޭނާގެ ދުލުގައި ހީވީ ތަޅެއް ލެވުނު ހެންނެވެ. ވަގުތުން އަނގަ ބަންދުވެ އިސްޖަހާލެވުނެވެ. ޝިމާންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން ޝައިމާއާ ހާނިމް އިނީ ލާނެތް ހިންޏެއް އައިސްފައެވެ.

*************

ގޭތެރެ ސާފުކޮށް ނިމިގެން ކޮޓަރިއަށް ވަން ރިލްހާއަށް ހަޅޭލަވައިގަނެވުނީ އެއްޗަކަށް އެރިފައި އޭނާ ވެއްޓެން ދިއުމުންނެވެ. ނަމަވެސް ވެއްޓުމުގެ ކުރިން ރަޔަންއާ އެއްކޮން ކުޅެން އިން މާއިޝް ދުވެފައި އައިސް ރިލްހާގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ. އެވަގުތު ރިލްހާއަށް މާއިޝްގެ ގައިގައި ބާރަށް ބައްދާލެވުނެވެ. “ރިލް.. ކިރިޔާއެއްނު ނުވެއްޓުނީ.. ތި ތަންކޮޅެއް ބަލާލައިގެން އުޅެބަލަ.. ރިލް ވެއްޓުނު ނަމަ އިނގޭތަ އަހަންނަށް ވާނެ ގޮތް..” މާއިޝް ކަންބޮނޑުވެ ހުރެ ވާހަކަ ދެއްކިއެވެ. “އެހެންނު ވާނީ ކުޅޭ އެއްޗިހިތައް މުޅި ތަނަށް އުކާފަ ހުންނަންޏާ.. ނުވެއްޓުނީއާ ދެރަ..” ރިލްހާ، މާއިޝްއާ ކުޑަކޮން ދުރުވެލަމުން ބުނެލިއެވެ. އެވަގުތު ހީލުމެއްގެއަޑު އިވިލުމުން ދެމީހުން އެއްފަހަރާ ބަލައިލިއިރު ކުޑަ ކުޑަ ރަޔަން ހިނިއައިސްފައި އެދެމީހުންނަށް ބަލަހައްޓައިގެން އިނެވެ. ރިލްހާ ގޮސް ރަޔަން ނަގާ އުރާލާ ލޯބިކޮށްލިއެވެ.

ފޯނުގައި އޮތް މަލްޝާ ދިޔައީ އައިދަންއާ އެތައް ވާހަކައެއް ހިއްސާކުރަމުންނެވެ. އައިދަން ބުނެލާ ލާނެތް އެއްޗިހިން އިރުއިރުކޮޅާ މަލްޝާ ހީލާއަޑު އިވިލައެވެ. އެގޮތުގައި އެތައް ގަޑިއިރެއް ދެމީހުން ފޯނުގައި ތިބެ ހޭދަކުރިއެވެ.

*************

މިޝްޔާ ސިޓިންރޫމުގައި އިނީ ވާހަކަ ފޮތެއް ހިފައިގެންނެވެ. އެމަންޒަރު ސިޑިން ފަބައިގެން އައި ޝިމާންއަށް ފެނުމުން މިޝްޔާއާ ވާހަކަ ދައްކާލާނަމޭ ހިތާ ގޮސް މިޝްޔާއާ ޖެހިގެން ހުރި ސޯފާގައި އިށީދެލިއެވެ. “ހެލޯ މިޝް.. މަށަށް އެނގޭ މަ ތިކޮޓަރި ޑްރެސިންޓޭބަލް މަތީ ބޭއްވި މާ ބޮނޑި މިޝްއަށް ފެނިފަކަން ހުންނާނީ.. ރީތިތަ އެ މާ ބޮނޑި..” ޝިމާން ބޯ ކަހާލަމުން ބުނެލިއެވެ.

“އައްދޭ.. މީންދަ މީހެއް ދޯ.. އަޅެފަހެ ބޮލުގަ އުކުނު އެޅީތަ ބޯ ތިކަހަނީ..”ޝިމާން ބޯ ކަހާލިތަން ބޭރުން އައިސްވެން ޝައިމާއަށް ފެނުމުން ބުނެލިއެވެ. “ސާބަސް ދޮންތައަށް.. އަހަރެންގެ ބޮލަކު އުކުނެއް ނާޅައޭ ދޮންތާ.. މި މިޝް މާ މަޑުން އިންނާތީ އަނގައިން ބަހެއް ނެރެވޭތޯއޭ މި އުޅެނީ..” ޝިމާން، މިޝްޔާއާ ދިމާލަށް ބަލައިލަމުން ބުނެލިއެވެ. “ހޫން ހޫން ދެން ތިހެން ކިޔާ.. އެކަމަކު ދޮންތައަށް ހާދަ ހީ ނުވެޔޭ.. ދެން އެހެންވީއިރު ދެންމެ ކޮން މާ ބޮނޑި އެކޭތަ ތިކީ.. މިޝް މި ޝިމާންއާ މެދު ސަމާލުވައްޗޭ އިނގޭ.. އެގޮތަށް އުޅެލާފަ ނިކަން ފަސޭހަވާނެ އަންހެން ކުދިންގެ ހިތް އަތުލާލޭ..” ޝައިމާ، ޝިމާންއާ ދިމާލަށް ވައްކަޅިން ބަލައިލަމުން ހިނިއައިސްފައި ހުރެ ބުނެލިއެވެ. މިޝްޔާވެސް ހިނިތުންވެލަމުން ޝިމާންއާ ދިމާލަށް ދެލޯ އަޅާލިއެވެ. “ދޮންތާ ދެން އަނގަ ނުތަޅާ ދޭބަލަ މިތަނުން.. ދޮންތަ ބޭބީއެއް ލިބެން އުޅޭތީ ކުރިއަށް ވުރެވެސް އަނގަ ގަދަ ވެއްޖެހެން މަށަށް ހީވަނީ..” ޝިމާން ޗުސްތަޅާލަމުން ބުނެލިއެވެ.

*************

ހަވީރުގެ ހިތްގައިމު ވަގުތުގެ އުފާ ހޯދުމަށްޓަކައި އެތައް ބަޔަކު އާއިލާއާ ރައްޓެހިންނާއެކު ރަސްފަންނުގައި ވަގުތު ހޭދަކުރަމުން ދިޔައެވެ. މާއިންވެސް ދުވަސް ގަނޑަކަށްފަހު އެކުވެރިންނާ ބައްދަލުކޮށްލުމަށްޓަކައި ރަސްފަންނަށް ދިޔައީ އެކުވެރިންނަށް ދިނުމަށް ހަދިޔާ ކޮތަޅެއް ހިފަައިގެންނެވެ. ބައްޕަގެ ފަޔަށް ލިބިފައި ހުރި ގެއްލުމެއްގެ ސަބަބުން ބައްޕަގެ ފަޔަށް ބޭސް ކުރުމަށްޓަކައި މާއިން އިންޑިޔާއަށް ދިޔައީ ބައްޕަގެ ފައި މުޅިން ރަނގަޅު ކުރުމުގެ ފޮނި އުންމީދާ އެކުގައެވެ. ކަންދިމާކުރިގޮތުން އަހުމަދުގެ ފައި މުޅިން ރަނގަޅުވެ ހިނގާވެ ބިނގާވެ އުޅުމަށް ފަސޭހަވެގެން ދިޔަައެވެ.

“ހެލޯ މައި ބްރޯ.. ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ވެސް މީނަ ހާދަ ޗޭންޖުވެއްޖޭ ދޯ.. މީހާ ތިހިރީ މުޅިން ސިފަ ބަދަލުވެލާފަ އެއްނު.. އެއުޅޭ ޝިމާން ވެސް ނޭނގެ އަންނައިރު ޖަހާނީ ކޮން ވައްތަރެއް ކަމެއްވެސް.. މެލޭއަށް ދިޔަ ގޮތަށް މިފަހަރު އޭނައަކަށް ވެސް ނޭނގުނު އަންނާކަށް..” ޗުސްތަޅާލަމުން އައިދަން ބުނެލިއެވެ. “މަށަށް ހީވަނީ އެ ސޮރު މެލޭއަށް ދިޔަފަހުން ރާއްޖެއަށް ނާދެވޭ ފަދަ ބައްޔެއް ޖެހުނީހެން.. އާން އެހެންޔަ.. މިހާރު 4 މަސް ވަނީ މިޔޮށް.. އަންނާކަށް ނޫޅުނޭ.. މަށަށް ހީވަނީ މިފަހަރު އަންނައިރު އަންނާނީ ކަމެއް ކޮށްގެންހެން..” އައިޒަންވެސް އައިދަންއާ އެއްބައިވެލިއެވެ. “ހޫން ދެން ހެވޭ.. ކޮބާތަ ކަލޭމެން ތި ގެންގުޅޭ މަންޖެތައް.. ކޮން އިރަކުން މަށަށް ދައްކާލާނީ؟” ދެ އެކުވެރިންގެ ކޮނޑަށް އަތް ވައްޓާލަމުން މާއިން ބުނެލިއެވެ. “ސާބަހޭ.. ދައްކާނަމޭ އަދި.. ކެތްތެރިވެބަލަ..” އައިޒަން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

ގެއަށް ބޭނުންވާ ބައެއް ސާމާނު ގަނެލުމަށްޓަކައި މިންނާ ބޭރަށް ނުކުމެލީ ފިހާރައަށް ދިއުމަށްޓަކައެވެ. ގެއާ މާދުރުނޫން ހިސާބެއްގައި ހުރި ފިހާރައަކަށް ދާން ގަސްދުކުރީ އުޑުމަތި ކަޅުކޮށްލާ ދެންމެ ދެންމެ ވިއްސާރަ އޮއްސާލަފާނެހެން ހީވާތީއެވެ. އަވަސް ފިޔަވަޅުތަކެއްގައި ފިހާރާއާ ހަމައަށް ގޮސް ފިހާރައަށް ވަނުމަށް އުޅުުނު ވަގުތުވީ އެހެން މީހަކުވެސް ވަނުމަށް ދޮރުގައި ހިފާލި ވަގުތަށެވެ. މިންނާ ކުޑަކޮށް ފަހަތަށް ޖެހިލީ ތަން ދެއްކުމުގެ ގޮތުންނެވެ.

އެކުވެރިންނާ ބައްދަލުކޮށް ނިންމާލުމަށްފަހު އިރުއޮއްސުމުގެ ކުރިން ސައިކަލަށް އަރާ ދުއްވާލީ އެއްޗެއް ގަންނަން ޖެހިފައި އޮތުމުން ފިހާރައަކަށް ވަދެލުމަށްޓަކައެވެ. ފިހާރައެއް ކައިރީ މަޑުކޮއްލާ ސައިކަލު ޕާކު ކުރުމަށްފަހު އަވަހަށް ފިހާރައަށް ވަނުމަށް ހިނގައިގަތީ ބަލައިލުމެއް ނެތިއެވެ. ނަމަވެސް ފިހާރައަށް ވަންނަން ދޮރުގައި އަތް ޖައްސާލި ވަގުތު އެހެން މީހަކު ވެސް ފިހާރައަށް ވަނުމަށް އުޅުމުން ކާކުތޯ ބަލާލަން ފަސްއެބުރިލިއެވެ. އެވަގުތު އޭނާއަށް ފެނުނީ ކުރިންވެސް އޭނާއަށް ފެނިފައިވީ ސޫރައެކެވެ. އެހެން ނަމަވެސް އެ ސޫރަ ފެނުނު ތަނެއް މާއިންގެ ހަނދާނަކަށް ނައެވެ.

މިންނާ ހުރީ ފެނުނު ސޫރައަކުން އެސްފިޔަ ޖަހާލަންވެސް ނޭނގިފައެވެ. އޭނަގެ ދުޢާ ކިހާވެސް ފުރިހަމަ ހެއްޔެވެ؟ އެ ޒުވާނާ ފުރަތަމަ ދުވަހު ފިހާރައިން ފެނިލީއްސުރެ މިއަދާ ހަމައަށްވެސް މިންނާ ދިޔައީ އަދި އެއްފަހަރު އޭނާގެ ލޮލަށް އެ ސޫރަ ދެއްކެވުމަށް އެދި ﷲ ގެ ހަޞްރަތަށް އެދި ދުޢާ ކުރަމުންނެވެ. “ދަރިފުޅާ.. ތީ ހަމަ އެ ދަރިފުޅު.. އަހަރެންގެ ކޮއްކޮ އަމްނާ ދޫކޮށްފަ ދިޔަ އެ ލޯބިލޯބި ދަރިފުޅު.. ދޮންތައަށް މަޢާފު ކުރޭ ދަރިފުޅާ.. ދަރިފުޅުގެ މަންމަ ދޮންތައަށް ކުރި ވަޢުދު މި ދޮންތައަކަށް ފުއްދައެއް ނުދެވުނު.. ތި ދަރިފުޅު އަމާނާތްތެރި ކަމާއެކު މި ދޮންތައަކަށް ބަލައެއް ނުދެވުނު..” މިންނާ މާއިންގެ އަތުގައި ހިފަހައްޓައިގެން ހުރެ ރޮމުން ދިޔައެވެ. މާއިން ހުރީ ބުނާނެ އެއްޗެއް ހަނދާނެ ގޮތެއް ނޭނގިފައެވެ. އޭނާއަށް އެންމެ ދެފަހަރަކު ފެނިލީ މީހަކު އެހާ ގާތް މީހަކަށް މިވީ ކީއްވެ ބާއެވެ. އެހެންނޫނަސް ބައްޕަ ބުނެފަ އޮތް ގޮތުން މަންމަގެ އެއްވެސް އާއިލާ މީހަކު ނެތެވެ. މަންމަވެސް އޭނާ ކުޑައިރު ބައްޕައަށް ދީފައި ދިޔަ ގޮތަށް ހަބަރެއް ނުވެއެވެ. ދެން އެހެން ވީއިރު އޭނަ ނުވެސް ދަންނަ މީހަކު މިކިޔަނީ ކީއްކޭ ބާއެވެ. މާއިންގެ ސިކުނޑި އެކި ހިޔާލުތަކުން ތޮރުފަމުން ދިޔައެވެ. “ހިނގާ ދަރިފުޅާ ދޮންތައާ އެކީ ގެއަށް ދާން.. ތީ ދޮންތައަށް ހަވާލުވެފަވީ އަމާނާތެއް.. މިއަދު ދޮންތަ ތި ދަރިފުޅު ދޫކޮށެއް ނުލާނަން.. ދޮންތަ މިއަދު ހުރިހާ ވާހަކައެއް ދަރިފުޅަށް ކިޔާދޭނަން..” މިންނާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ބުނެލިއެވެ.

މާއިން ހުރީ ވިސްނުމެއްގައެވެ. އެ ނުދަންނަ މީހާއާ އެއްކޮށް ދާންވީ ބާއެވެ. އެމީހާ އެކިޔަނީ ކޮން ވާހަކަތަކެއްގެ ވާހަކަ ބާއެވެ؟ ދެ ވިސްނުމެއްގައި ހުރި މާއިން، މިންނާ ފަހަތުން ދިޔުމަށް ހިނގައިގަތެވެ. މިންނާ، މާއިން ގޮވައިގެން ގޮސް ގެއަށް ވެން ވަގުތުވީ ވާރޭގެ ހަމަލާ ބިންގަޑަށް ފޯރިގެން ވަގުތަށެވެ.

މާއިން ގެންގޮސް ސޯފާގައި ބޭންދުމަށްފަހު މިންނާ ބަދިގެޔަށް ދިޔައީ މާއިންއަށް ޖޫސް ތައްޓެއް ގެނެސްދިނުމަށެވެ. ޖޫސްތަށި ހިފައިގެން އައިސް މާއިން އަތަށް ދިނުމަށްފަހު މާއިންއާ ކުރިމަތިވާ ގޮތަށް ހުރި ގޮޑީގައި އިށީދެލީ ވާހަކަ ފަށާނެ ގޮތަކާއި މެދު ވިސްނާލަމުންނެވެ.

********************

ރީޝަމްމެން ގޭ ދޮތުމަތީ ވާހަކައިގައި ހުރި އައިޒަންއާ ރީޝަމްއަށް ސިހުމެއް ލިބުނީ އޮއްސާލި ބޯ ވާރޭ ތިކިތަކުގެ ސަބަބުންނެވެ. ރީޝަމްއަށް މަޖުބޫރުވީ އައިޒަން ގޮވައިގެން އެތެރެއަށް ވަންނާށެވެ. މަންމަގެ ސުވާލުތަކާ ކުރިމަތި ވާނެކަން އެނގުމުން އެ ރީތި މޫނަށް ލަދުވެތިކަން ވެރިވިއެވެ. ދެމީހުން ގޮސް ރިޝަމްމެން އުޅޭ ބަޔަށް ވަން އިރު ރީޝަމްގެ ދޮންތަ މައިރާ އިނީ ޓީވީއިން ދައްކަމުން ދިޔަ ޕުރޮގްރާމެއް ބަލާށެވެ. ނަމަވެސް ރީޝަމްއާ އެއްކޮން ވެން ޒުވާނާ ފެނި ޓީވީ ނިއްވާލުމަށްފަހު މައިރާ އައިސް ރީޝަމް ގާތު މަޑުކޮށްލިއެވެ. “ރީޝް މީ ކޮން ކުއްޖެއްތަ؟ ގައިމުވެސް ދޮންތިއަށް ޔަގީން ފްރެންޑެއް ނޫންކަން.. ރީޝް ތީ ފިރިހެން ފްރެއިންޑުން ގެންގުޅޭ ކުއްޖެއް ނޫންވިއްޔަ.. އަނެއްކާ ދޮންތިއަށް މި ހީވަނީ ރަނގަޅަށްތަ؟..” ލާނެއް ހިންޏެއް އައިސްފައި ހުރެ ދެމީހުންގެ މޫނަށް ބަލައިލަމުން މައިރާ އަހާލިއެވެ. ރީޝަމްވެސް ލަދުންހުރެ ކުޑަކޮށް ބޯ ޖަހާލިއެވެ. “އެބަ އަންނަން އިނގެ މަންމައަށް ގޮވަލާފަ.. ދޮންބެއާ ދޮންތިބެވެސް މިވަގުތު ގެއަކު ނޫޅޭވިއްޔަ.. ރީޝްގެ ވާން އުޅޭ ފިރިސޮރު މިގެޔަށް އައި ފުރަތަމަ ދުވަހު ޖެހޭނުދޯ އެންމެނަށްވެސް ފެންނަން..” މައިރާ ދާން ހިނގައިގަންނަމުން ބުނެލިއެވެ. މައިރާ ދިޔުމުން ރީޝަމް، އައިޒަން ކައިރީ އިށީނަން ދިއުމަށް ބުނެލިއެވެ. އަދި ހިނިއައިސްފައި ހުރެ ގޮސް ކޮޓަރިއަށް ވަނީ އެބަ އަންނަން ކަމަށް ބުނެފައެވެ.

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

🌻LamHaa🌻
Follow Me Written By

🌻LamHaa🌻

Level 110 Stories

Other Articles

Previous

ހާސިލްވުމަށް އެދެނީ (ޓްރެއިލާ)

Next

ކީމޭ އަލްވަދާޢު (4 ވަނަބައި)

Next
March 18, 2025

ކީމޭ އަލްވަދާޢު (4 ވަނަބައި)

Previews
March 18, 2025

ހާސިލްވުމަށް އެދެނީ (ޓްރެއިލާ)

2 Comments!

  1. cutie girl says:
    March 19, 2025 at 6:17 am

    long time no see
    mi part ves v reethi masha allah
    curiously waiting for next part
    keep it up
    mishya and shiyaan gulhuvachey
    aizan and reesham ves
    maaish and ril ves
    they all are made for each other

  2. ella says:
    March 20, 2025 at 1:32 am

    havent seen this in ages which story is this even

Comments are closed.

Next Episodeހިތް ބޭނުމޭ ދުލުން 13←


All Right Reserved!