Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް ބޭނުމޭ ދުލުން 11

🌻LamHaa🌻
🌻LamHaa🌻 Level 110 Stories
January 1, 2023 4 Mins Read
0 Comments

ޝިމާން މިޝްޔާގެ އަތުގައި އިން ކެވެލިކޮޅު ގަމީހުން ނައްޓުވާލަދިނެވެ. އެއާއެކު މިޝްޔާ އަވަސް އަވަހަށް ޝިމާންގެ ގައި މަތިން ތެދުވެ އިސްޖަހާލައިގެން ހުރެ ދުރަށް ދާން ހިނގައިގަތެވެ. ނަމަވެސް މިޝްޔާއަށް ދެފިޔަވަޅު ވެސް ނޭޅެނީސް އެ އަތުގައި ޝިމާން ހިފަހައްޓާލިއެވެ. ޝިމާން މިޝްޔާގެ އަތުގައި ހިފާލުމާއެކު ޝައިމާގެ ހުނުމުގެ އަޑު ބާރުވެގެން ދިޔައެވެ. މިޝްޔާ ފަސްއެނބުރި ބަލާލުމެއް ނެތި ޝިމާންގެ ނަމުން ގޮވާލިއެވެ. “ކިހިނެއް ވީ.. ހިނގާބަލަ އަހަރެންނާ އެއްކޮށް ކާރު ދުއްވާލަން ދާން..” ޝިމާން މިޝްޔާގެ އަތަށް އިތުރަށް ބާރުކޮށްލިއެވެ. “ތެދެއް މިޝް.. ދެން ދޭބަލަ ޝިމާން އާ އެއްކޮން..” ޝައިމާ އިތުރަށް ދިމާކޮށްލިއެވެ. މިޝްޔާއަށް ޝައިމާ ބުނީތީ ނުދާން ނުކެރިގެން އެންފަހުން ދާން އެއްބަސް ވިއެވެ.

ޝިމާން ގޮސް ގަރާޖުން ކާރު ނެރިގެން އައިސް ވޯޓަރ ކްރިސްޓަލް ގޭގެ ދޮރު ކުރިމައްޗަށް މަޑުކޮށްލިއެވެ. މިޝްޔާ އައިސް ކާރަށް އަރާ ދޮރު ޖެހުމުން ޝިމާން ކާރު ދުއްވާލިއެވެ. އޭރު އެ މޫނުމަތީގައި ރަސްކަން ކުރަމުން ދިޔައީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

ދެކުދިން ކާރުގައި އައިސް މަޑުކޮށްލީ ފިހާރައެއްގެ ކުރިމައްޗަށެވެ. އެއާއެކު މިޝްޔާ ސުވާލުގެ ނަޒަރަކުން ޝިމާންގެ މޫނަށް ބަލާލިއެވެ. ޝިމާންއަށް މިޝްޔާގެ މޫނު މައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ފެނި އެމޫނު މައްޗަށް ވެރިވީ ކަމަކާ ފަހުރުވެރިވާ ފަދަ ހިނިތުންވުމެކެވެ. މިޝްޔާއަށް ގޮވާލުމަށްފަހު ކާރުން ފައިބާ ކުރިއަށް ހިނގައި ގަތީ އޭނާ ފަހަތުން އަންނާށޭ ބުނާ ފަދަ ގޮތަކަށެވެ.

**********

ހަވީރުގެ ވަގުތު ކަމުން އައިޒަން ބޭނުންވީ ރީޝަމް ގޮވައިގެން ދުއްވާލަން ދިއުމަށެވެ. ނަމަވެސް މަލްޝާ ރީޝަމް ގާތު އޭނާއާ އެއްކޮށް އައިސްކްރީމް ބޯން ދާން ބުނެފައި އޮތުމުން ރީޝަމް އައިޒަން އާ އެކީ ދިޔުމަށް ދެކޮޅު ހެދިއެވެ. އެހެން ނަމަވެސް އައިޒަން ރީޝަމް ގާތު އާދޭސްކޮށްގެން އެ މީހުން އެއްކޮށް ދާ ގޮތަށް ނިންމިއެވެ. މަލްޝާ ފޫހި ވެދާނެ ކަމަށްޓަކައި އައިދަން ގެންދާ ގޮތަށް ހަމަޖެއްސިއެވެ.

އައިޒަން ގޮސް އައިދަންގެ ކޮޓަރި ދޮރުހުޅުވާލިއިރު އައިދަން އިނީ ފޯނުން ގޭމް ކުޅޭށެވެ. އައިޒަން ގޮސް ފޯނު އަތުލުމަށްފަހު އައިދަންގެ ބޮލުގަައި ޖަހާލިއެވެ. “އައްދޯއި ދޮންބޭ.. ތަދުވެއްޖެޔޭ..” އައިދަން ބޮލުގައި އަތްހާކާލަމުން ބުނެލިއެވެ. “ކޮން އައްދެޔޯ އެކޭ ކިޔާކަށް.. ހިނގާބަލަ މިއަދު ހަވީރު ރަސްފަންނަށް ދާން.. ފަހަރިވެސް ދައްކާލާނަމޭ..” އައިޒަން މަޖާވެލާފައި ބުނެލިއެވެ. “އަސްލުވެސްތަ؟ އޯކޭ އޯކޭ.. ފަހަރި ބަލާލަން ލިބުނު ފުރުސަތު ނަގާލާކަށް ނުވާނުދޯ..” އައިދަން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “ހޫން ދެން އަވަހަށް ރެޑީވާތި.. ތީ އަނެހަނަކަށް ވުރެ ވެސް ތަތް މީހެއް..” އައިޒަން ނުކުންނަން ދަމުން ބުނެލިއެވެ.

***********

ޝިމާން، މިޝްޔާ ގޮވައިގެން ގޮސް ވަނީ މާވިއްކާ ފިހާރައަކަށެވެ. މިޝްޔާ ޝިމާންގެ ފަހަތުން ހުރެ ހިނގަމުން ދިޔައީ ފަރާތް ފަރާތަށް ބަލަމުންނެވެ. “މިޝް.. މިޝްއަށް އެންމެ ރީތީ ކޮން ވައްތަރެއްގެ މަލެއްތަ؟” މިޝްޔާ އޭނާގެ ނަޒަރު ޝިމާންއަށް ހުއްޓާލީ ޝިމާން އޭނާއާ ވާހަކަދެއްކުމުނެވެ. ނަމަވެސް އޭނާއަށް ޝިމާން ބުނި އެއްޗެއް މާ ބޮޑަކަށް ސާފެއް ނުވިއެވެ. ކީކޭހޭ ބުނަފަދަ ގޮތާކަށް މިޝްޔާ ބުމަ އަރުވާލުމާއެކު ޝިމާން އަނެއްކާވެސް އޭނާގެ ޖުމުލަ ތަކުރާރު ކޮށްލިއެވެ. “ކީއްކުރަން ކޮންމެހެން މަށަށް އެންމެ ރީތިމާ ބަލަންވީ؟ މަ ނޫޅެން މިތާ ހުންނަ ހިތަކުންނެއް.. ހިނގާ ގެޔަށް ދާން..” މިޝްޔާ މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. “ހުއް.. މަވެސް ނޫޅެމޭ ކޮންމެހެން ބަލާކަށް.. އެކަމަކު ތި ކުއްޖާއަށް އެންމެ ރީތި މަލުގެ ނަން ބުނެލުމަކުން ތި ބޮލުގަ ތިހިރަ އިސްތަށިތަކެއް ނުފައިބާނެޔޭ..” މިޝްޔާގެ ބޮލުގައި ޖަހާލަމުން ޝިމާން ބުނެލިއެވެ. މިޝްޔާ އަނގަޔަށް ގޮތެއް ހަދާލުމަށް ފަހު ހިނގައިގަތީ ފިހާރައިން ނުކުންނަން ދިޔުމަށެވެ. އެ މަންޒަރު ބަލަން ހުރި ޝިމާން ދެ ފަރާތަށް ބޯ ހޫރަލުމަށްފަހު މާތަކާ ގާތަށް ޖެހިލާ އެތަނުން ރަތް ކުލައިގެ ފިނިފެންމާ ބޮނޑިއެއް ނެގިއެވެ. ކައުންޓަރަށް ގޮސް ފައިސާ ދެއްކުމަށްފަހު ފިހާރައިން ނުކުތް ޝިމާންގެ ތުންފަތް މަތީގައި ވަނީ ބުނެދޭން ނޭނގޭފަދަ ހިނިތުންވުމެކެވެ.

ޝިމާން ކާރު ދޮރު ހުޅުވާލިއިރު މިޝްޔާ އިނީ ކާރަށް އަރައެވެ. ޝިމާން، މިޝްޔާއާ ދިމާލަށް ބަލާލުމަށްފަހު ކާރަށް އަރާ ދޮރު ލައްޕާލުމަށްފަހު ދުއްވާލީ ވޯޓަރ ކްރިސްޓަލްއަށް ދިޔުމަށެވެ.

**********

ހަވީރުގެ ހިތް ފަސޭހަ ވަގުތު މަލްޝާ އަދި ރީޝަމްގެ މިސްރާބު ހުރީ ރަސްފަންނާއި ދިމާލަށް ދިއުމަށެވެ. އެކި ވާހަކަ ތަކުގައި ހުރެ ދެމީހުން ހިނގަމުން ގޮސް ރީޝަމް ފޯނު ނަގާ އައިޒަންގެ ނަންބަރަށް ގުޅާލިއެވެ. “ހަލޯ ކޮބާތަ..”

“މި ދަނީއޭ މިހާރު.. ހާދަ ކެތްމަދޭ ދޯ މަގޭ ކަމަނަ.. ހުރެ ގޮއްސަ ލަނޑެއް ދޭނަން..” އައިޒަން ރީޝަމްގެ ފޯނަށް ޖަވާބުދެމުން ބުނެލިއެވެ. “ފަހަރި ލަސްވެގެން ގުޅީދޯ.. ތި ޖެހުނީ ކަންތަކާ..” އައިޒަން ފޯނު ބޭއްވުމާއެކު އައިދަން ދިމާކޮށްލިއެވެ. “އާން އެހެންޏަ.. ދާން ތަތް ވިއްޔަ އަންހެނަަކަށް ވުރެ.. އަންހެނަކު ވެސް ތިޔަށް ވުރެ އަވަސް ވާނެކަން ޔަގީން.. ދެންވެސް އަވަސްކޮށްގެން ހިނގާބަލަ ދާން..” އައިޒަން، އައިދަންގެ ކޮނޑުގައި ޖަހާލަމުން ނުކުންނަން ދާން ހިނގައިގަތެވެ.

ދެމީހުން ސައިކަލުގައި ގޮސް ރަސްފަންނު ކައިރިއަށް މަޑުކޮށްލިއިރު ރީޝަމްއާ މަލްޝާ ތިބީ ތަންކޮޅެއް ދުރުގައި ހުރި ޖޯލިފައްޗެއްގައި އައިސްކްރީމް ބޯންށެވެ. އައިދަން ސައިކަލުން ފޭބުމަށްފަހު މަޑުކޮށްލީ އައިޒަން ސައިކަލު ޕާކުކޮށްލާފައި އަންނަން ދެނެވެ. އައިޒަން އައުމާއެކު ދެމީހުން އެކީ ހިނގާފައި ގޮސް ރީޝަމްމެން ތިބި ޖޯލި ކައިރީގައި މަޑުކޮށްލިއެވެ. އެއާއެކު ދެ އަންހެން ކުދިން އެއްފަހަރާ ކަހަލަ ގޮތަކަށް ބަލައިލިއެވެ. އެވަގުތު ރީޝަމްގެ މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވީ އައިޒަން ފެނިފައެވެ. އައިޒަންވެސް ރީޝަމްއަށް ހިނިތުންވުމެއް ދިނުމަށްފަހު ކައިރީގައި ހުރި އައިދަން ތަޢާރަފް ކޮށްދޭން ފެށިއެވެ.

“ރީޝް.. މީ އަހަރެންގެ ކޮއްކޮ އައިދަން.. އައިދަން މީ ރީޝަމް..” އައިޒަން ދެމީހުންގެ މޫނަށް ބަލައިލުމަށްފަހު އެކަކު އަނެކަކަށް ތަޢާރަފް ކޮށްދިނެވެ. “ރީޝަމް ދޯ.. އެކަމަކު އަހަރެން ކިޔާނީ ދޮންބެދައްތަ އިނގޭ.. އޯކޭތަ އަނެއްކާ؟” އައިދަން ރީޝަމްއަށް ސަލާމަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. ރީޝަމްވެސް ހިނިތުން ވެލުމަށްފަހު ބޯ ޖަހާލިއެވެ. “އޭ ދާން.. ދެން ދޮންބެދައްތަ އޭ ކިޔާފަ އަހަރެންގެ ރީޝްގެ ބޯ ނުގޮއްވައްޗޭ..” އައިޒަން ރީޝަމް އޭނާގެ ގަޔާ ކައިރިކޮށްލަމުން ބުނެލިއެވެ. “ހާސް ނުވޭ.. މަށެއް ވެސް ދެން ދޮންބެދައްތަގެ ބޮލެއް ނުގޮއްވާނު.. އެންޑް މީ ކޮން ކުއްޖެއްތަ؟” އައިދަން މަލްޝާއަށް އިޝާރަތް ކޮށްލަމުން ބުނެލިއެވެ. އައިޒަންގެ ނަޒަރުވެސް މަލްޝާއަށް އަމާޒުކޮށްލިއެވެ. “އަދި އިންޓްރޮޑިއުސް ނުކޮށްދެވޭދޯ.. މީ އަހަރެންގެ އެންމެ ގާތް ހަތަރު އެކުވެރިންގެ ތެރެއިން އެކަކު.. މަލްޝާ!” ރީޝަމް، މަލްޝާއާ ދިމަލަށް ބަލައިލަމުން ބުނެލިއެވެ. މަލްޝާވެސް އައިޒަން އަދި އައިދަންއަށް ހިނިތުންވުމެއް ދިނެވެ. އެކި ވާހަކަތަކުގައި ތިބުމަށްފަހު އައިޒަންއާ ރީޝަމްއަށް ވަގުތުކޮޅެއް ދިނުމުގެ ބޭނުމުގައި އައިދަންއާ މަލްޝާ ދުރަށް ހިނގައިގަތެވެ.

*************

ކާރު އައިސް ވޯޓާރ ކްރިސްޓަލް ގޭގެ ދޮރުމައްޗަށް މަޑުކޮށްލުމާއެކު މިޝްޔާ ކަރުގެ ދޮރުފަތް ހުޅުވާލުމަށްފަހު ކާރުން ފޭބިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވާން ފެށުމުން ކޮނޑުގައި އަޅުވާލެވިފައިވާ ދަބަސް ތެރެއިން ފޯނު ނަގާ ބަލައިލިއެވެ. އަރާފައި އިން ރިލްހާގެ ނަން ފެނި އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. “ހަލޯ ދޮންބެދައްތާ..” ހަމަޖެހިލައިގެން ރިލްހާއާ ވާހަކަ ދައްކާލުމުގެ ބޭނުމުގައި މިޝްޔާ އަވަހަށް ގެއަށް ވަންނަން ހިނގައިގަތެވެ.

މިޝްޔާ ގޮސް ކޮޓަރިއަށް ވަނުމަށްފަހު އެނދުމަތީގައި އިށީނދެލިއެވެ. އޭރު ފޯނުގެ ސްކްރީނުން ކުޑަ ކުޑަ ރަޔަންގެ މޫނުކޮޅު ފެންނަން ހުއްޓެވެ. މިޝްޔާ ރަޔަންއަށް ގޮވާލުމާއެކު ރަޔަންވެސް އުފާވެލާފައި ދޮންތިއޭ ކިޔާ މިޝްޔައަށް ގޮވާލިއެވެ. “ދޮންތިގެ ބޭބީކޮޅު ވަރަށް މިސްވޭ.. ކިހިނެއްތަ ދޫނީ..” މިޝްޔާ ރަޔަން ގާތު ލޯބިގޮތަކަށް އަހާލިއެވެ. “ކޮއްކޮ ރަނގަޅު.. ކޮއްކި ބޭނުން ދޮންތި ކައިރިއަށް ދާން..” އެވަގުތު ރިލްހާގެ ހުނުމުގެ އަޑު އިވުނެވެ. މިޝްޔާވެސް ހިނިތުންވެލީ ރަޔަން ވާހަކަ ދައްކާލޭ ލޯބިކަމުންނެވެ. އެތައް އިރަކު ފޯނުން ވާހަކަ ދައްކަން އިނުމަށްފަހު މިޝްޔާ ފޯނު ބޭއްވީ ލޮލަށް ނިދި ސަވާރުވާން ފެށުމުންނެވެ. ނަމަވެސް ފެންނުވަރާ ނިދަން އޮންނަން ބޭނުން ނުވާތީވެ ފާހަނައާ ދިމާލަށް ހިނގައިގަތީ ފެންވަރާލައިގެން ނުކުތުމަށެވެ. މިޝްޔާއަށް ނޭނގުނު ކަމަކީ އޭނާއަށް ފާހަނައަށް ވަދެވުނީ ކޮޓަރި ތަޅުނުލާ ކަމެވެ.

ޝިމާން ކުދި ފިޔަވަޅުތަކެއް އަޅަމުން ހިނގާލާފައި ދިޔައީ މިޝްޔާގެ ކޮޓަރިއާ ދިމާލަށެވެ. މިޝްޔާގެ ކޮޓަރި ދޮރާ އަރާ ހަމަވުމުން ކޮޓަރީގެ ދޮރުގަައި ޓަކި ޖަހާލީ ހުޅުވާނެކަމުގެ އުންމީދުގައި ހުރެއެވެ. ނަމަވެސް ވީ އެހެންނެއް ނޫނެވެ. ދެތިން ފަހަރު ޓަކި ޖެހި އިރުވެސް މިޝްޔާގެ ހަަބަރެއް ނުވުމުން އެންމެފަހުން ތަޅުގައި ހިފައި އަނބުރާލީ ހުޅުވާފައި ހުންނާނެ ކަމަކަށް ނޫނެވެ. އެހެން ނަމަވެސް ކަންތައް ވީ އޭނާ ހީކުރި ގޮތާ ހިލާފަށެވެ. ތަޅު އަނބުރާލުމާއެކު މަޑުމަޑުން ދޮރު ހުޅުވިއްޖެއެވެ. ޝިމާން ކޮޓަރި ތެރެއަށް ބޯ ދިއްކޮށްލާ ބަލައިލީ މިޝްޔާ ފެންނަން ހުރިތޯއެވެ. މިޝްޔާގެ ހިލަމެއް ނުވުމުން ޝިމާން ކޮޓަރި ތެރެއަށް ވަދެ މިސްރާބު ޖެހީ އެއްފަރާތުގައި ބަހައްޓާފައި ހުރި ޑްރެސިން ޓޭބަލްއާ ދިމާލަށެވެ. ޑްރެސިންޓޭބަލް ކައިރީ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަވަހަށް ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ.

************

ރޭގަނޑުގެ ވަގުތެވެ. ގަޑިން ބާރަ ޖަހާ ހިނގައްޖެއެވެ. މަލްޝާ އޮތީ ފުން ވިސްނުމެއްގައެވެ. އޭނާގެ ސިކުނޑި ކަމުން ދަނީ އައިދަންގެ ޙިޔާލުތަކުންނެވެ. އަނެއްކާ އޭނާއަށް މިއަދު މިކުރެވުނީ ރަނގަޅު ކަމެއް ބާއެވެ؟ ނުވެސް ދަންނަ ދުވަހަކުވެސް ދެކެފައިނުވާ ޒުވާނަކަށް މިއައީ ފޯނު ނަންބަރު ދީފަ ވިއްޔާއެވެ!” މި ކަހަލަ އެތައް ޙިޔާލުތަކަކުން މަލްޝާގެ ސިކުނޑިއަށް ދިޔައީ އުނދަގޫ ކުރަމުންނެވެ. ނަމަވެސް އެނާއަށް ނޭނގުނު ކަމަކީ އެހާ ފަސޭހައިން ނުދަންނަ މީހަކަށް އިތުބާރުކޮށް ފޯނު ނަންބަރު ދެވުނީ އެނާގެ ހިތުގައި ކޮންމެސް މަގާމެއް އައިދަންއަށް ފުރަތަމަ ފެނިލުމުންވެސް ދެވުނީތީކަމެވެ.

ނުނިދިފައި އޮތް އައިދަން އޭނާގެ ފޯނަށް ބަލަހައްޓައިގެން އޮތީ މަލްޝާއަށް ގުޅަންވީ ބާއޭ ހިތަށް އަރާފައެވެ. މިއީ ޙަޔާތުގައި އޭނާއަށް އަންހެން ކުއްޖަކާއި މެދު އެހާ ޙާއްސަ ނަޒަރަކުން ދެކެވުނު ފުރަތަމަ ފަހަރެވެ. ނޭނގި ނަމަވެސް ފުރަތަމަ ނަޒަރުން މަލްޝާއަށް އޭނާގެ ހިތުން ޙާއްސަ މަގާމެއް ހުސް ކުރެވިއްޖެއެވެ. އެ ޒުވާން ހިތުގައި ފުރަތަމަ ފަހަރަށް އަންހެން ކުއްޖެއްގެ ނަން ލިޔެވިއްޖެއެވެ. ހަމައެހެންމެ މަލްޝާގެ އެ ޖާދޫވީ އަޑު އަހާލުމަށް އެނާގެ އެ މޮޔަ ހިތް ކެނޑިނޭޅި ގޮވަމުން ދިޔައެވެ. އެންމެފަހުން މަލްޝާގެ ނަންބަރަށް ގުޅާލީ އޭނާގެ ހިތަށް ކެތް ނުވެގެންނެވެ. މަލްޝާގެ އަޑު މިރޭ އެންމެ ފަހަރަކުވެސް ނާހާލާ ލޮލަށް ނިދި ނާންނާނޭކަން ޔަޤީންވީމައެވެ.

********

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

🌻LamHaa🌻
Follow Me Written By

🌻LamHaa🌻

Level 110 Stories

Other Articles

Previous

މާޒީގެ ސަފުހާއެއް 1

Next

މަދަދުވެރިޔާ (28)

Next
January 2, 2023

މަދަދުވެރިޔާ (28)

Previews
December 30, 2022

މާޒީގެ ސަފުހާއެއް 1



All Right Reserved!