Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނެލަން…… (2)

zaah.u Level 1
July 29, 2024 3 Mins Read
2 Comments

ކާރުގައި ދުރު ދަތުރެއްކޮށް ހުޅުމާލެއަށް އާދެވުނުއިރުވެސް ޝާވިންއަށް އިނދެވުނީ ފްރަންޓް މިރަރއިން އާލިޔާއާ ދިމާއަށް ބަލާށެވެ. މާމައާ ވާހަކަދެއްކުމުގައްޔާއި ކުޑަދޮރުން ބޭރުބެލުމުގައި އުޅުނު އާލިޔާއަށް އެކަން ރޭކާނުލިކަން އެއީ އޭނާގެ ނަޞީބެވެ. ފެނުނު ފުރަތަމަ ހިނދުކޮޅުގައިވެސް މިއަންހެން ކުއްޖާ އޭނާ ޖާދުލެއްގައި ޖައްސައިފިއެވެ. އިތުރަށް އޭނާއާއި މެދު އެނގެން ޝާވިން ބޭނުންވިއެވެ. އެ އަންހެން ކުއްޖާއާ ވާހަކަ ދައްކާލަން އެދެވުނެވެ. އެ އަންހެން ކުއްޖާގެ އަޑު އަހާލަން އިންތިހާއަށް ކެތްމަދުވިއެވެ.

ސައީދާއްތަމެންގެއަށް ކާރު މަޑުކުރުމާއެކު އާލިޔާ ކާރުން ނިކުމެ، މާމައަށް ދޮރު ހުޅުވާލަ ދޭން މިސްރާބު ޖެހިއެވެ. ނަމަވެސް، އޭގެ ކުރިން ޝާވިން ގޮސް މާމައަށް ދޮރު ހޮޅުވައިދީ މާމައަށް ގޮނޑިން ތެދުވުމަށް އެހީތެރިވެ ދިނެވެ. މާމަ ކާރުން ނެރެދިނުމަށްފަހު، ޝާވިން އާލިޔާ ދިމާއަށް ހިނިތުން ވެލިއެވެ. އެވަގުތު ހިނިތުންވާންވި ސަބަބެއް ނޭނގުނަސް އާލިޔާވެސް ހިނިތުންވުމެއް ރައްދުކޮށްލަދިނީ ޝާވިން އޭނާއާމެދު ހީކޮށްފާނެ ގޮތަކާއިމެދު ވިސްނާފައެވެ.

އެގެއަށް ވައިން ހިސާބުން، ޝާވިންގެ ދެލޯ ކުޑައެއް ނުވިއެވެ. އަނގަވެސް ތަންމިނަށް ހުޅުވިފައި ނުވާ ހިނދުކޮޅެއް ނުދެއެވެ. ބޮޑު ގަނޑުވަރެއް ކަހަލަ ގެއެކެވެ. ގޭގެ މެދުގައި ބޮޑު ހޯލެއް އޮތްއިރު، މައްޗަށް އެރޭނެ ދެ ސިޑި ހުއްޓެވެ. ލަކުޑިން ހަދާފައިވާ ސިޑީގެ ރެއިލިންގއިން އޮފުއަރަމުން ދިޔައީ ގޭގެ ހައިބަތު އިތުރު ކޮށްދެމުންނެވެ. މިފަދަ އުސް ތަނބުތަކާއި ބިއްލޫރި ބޮކިފަތިތަކަކީ އޭނާ އަދާހަމައަށްވެސް ނުދެކޭ ތަކެއްޗެވެ. އޭނާ ފަދަ ފަޤީރުން އިންތިހާއަށް ނަފުރަތުކުރާ ނަމަވެސް ބޭނުންވާ މުއްސަނދިކަމަކީ ހަމަ މިއީ އެވެ.

” އާދެވިއްޖެ ދޯ؟” ސިޑިން ފައިބައިގެން އައި މުސްކުޅި އަންހެނަކު އަހާލިއެވެ. ” މާފުކުރޭ ކަމަނާ.. މީ ހުސް އާލިޔާ ކުރާ ކަންކަން..” މާމަ ޖަވާބު ދިނެވެ. “މާމަ ހަމަ ހުރިހާ ކަމެއް އަޅުގަނޑު ބޮލަށް ޖަހާނެ” އާލިޔާ ހެމުން ބުނެލިއެވެ. “އެމަންޖެވެސް ގޮވައިގެން ދޯ ތިޔައީ؟ ބޮޑު ވެއްޖޭ ދޯ! ނުވެސް އާދެ މިގެއަކަށް.. ނަސީބެއްނު މިއަދު އައިކަން.. އައިމިނާ ހިނގާބަލަ އެބައޮތް ވާހަކައެއް ދައްކަން.. ދަރިފުޅު މިތާ އިނދެލާ އިނގޭ؟ މިތާ އުޅޫނެ އަހާންވެސް އޭނާ ކައިރި ބުނޭ ފޫހިވަންޏާ! ކަމެއް ނުކޮށް އޮންނަ ސޮރެއް އެވެސް.. ބުނޭ ގޭދައްކާލާށޭ! އަހަރުމެން އަންނާނަން ކުޑަ ވާހަކައެއް ދައްކާލާފަ..” އެއްވަރަކަށް ފަތިވަރެއް ދަމާލުމަށްފަހު، މާމަގެ އަތުގައި ހިފައިގެން ސައީދާއްތަ ދިޔަތަން ބަލަން، ބުނާނެ އެއްޗެއް ނޭނގިފައި އާލިޔާ ހުއްޓެވެ.

މާމަ ފަހަތުން ޝާވިން މިސްރާބު ޖެހީ އަފީފު ބުނިފަދައިން ކަންކުރުމަށެވެ. ” ޝާވިން ވެސް މަޑުކުރޭ އާލިޔާ ކައިރި. އަހަރެން އަންނާނަން” މާމަގެ ވާހަކަތަކަށް، ހުރި ފިޔަވަޅު މައްޗަށް އޭނާ ހުއްޓުނެވެ. އަދި އަނބުރާ އައިކޮޅަށް މިސްރާބު ޖެހިއެވެ. އެތާނގައި ހަދާނެ ގޮތް ބޮޑުވެފައި ހުރި އާލިޔާ ގާތުގައި އޭނާ ވެސް ހުއްޓިލިއެވެ.

“ހާއި..” ޝާވިންގެ އަޑަށް އާލިޔާ ހިނިތުން ވެލިއެވެ. އަދި އަޑުވެސް ނީވޭ ވަރަށް “ހެލޯ” އޭ ބުނެލިއެވެ. “ފޫހި ވެފަ؟” އަނެއްކާވެސް ޝާވިން އަހާލިއެވެ. ރައްދުގައި އާލިޔާ ހަމައެކަނި ޖަހާލީ ބޮލެވެ. މިއަށްވުރެ ފާރަކާ ވާހަކަ ދެއްކިޔަސް ހެޔޮވާނޭ ޝާވިން ހިތާހިތުން ކިޔާލިއެވެ. “އިށީންނަން ވީނު ތިތާ ނުތިބެ” ސިޑިން ފައިބަމުން އައި ފިރިހެން ކުއްޖާ ބުނެލިއެވެ. އޭނާ ހުރީ ނޫ ޖިންސަކާއި އަޅިކުލައިގެ ސްވެޓްޝާރޓްއެއް ލައިގެނެވެ. ބޯ ހޭވިފައިހުރިއިރު ހީވަނީ، ކޮތަރު ހާއްޔެއް ހެނެވެ. “ހައި އައިމް އަހާން.. ބޭސިކަލީ، މިގެއަށް އަންނަ އެންމެނަށް ޚިދުމަތް ކޮށްދެން ހުންނަ ސާރވަންޓް.. ކަޒް އެސް ދޭ ސޭ އައިމް ޔޫޒްލެސް..” ހިތި ހިނިތުން ވުމަކާއިއެކު އަހާން އެމީހުންނަށް ސަލާން ކުރަން އަތް ދިއްކޮށްލިއެވެ. އެއަތުގައި ހިފާކަށް އާލިޔާގެ މާބޮޑު ހިޔާލެއް ނެކަން ނަގައިގަންނަމުން ޝާވިން އަހާން އާ ސަލާމު ކޮށްލިއެވެ. ” އަހަންނަކީ ޝާވިން.. މާމަގެ ބޮޑީ ގާރޑް” ޝާވިން އަމިއްލައަށް ތަޢާރަފުވެލިއެވެ. ” އޯހް ގުޑް.. މަ ހީކުރީ އޭނާ ފިރިމީހާ ކަމަށްތީ!” ހިނިގަނޑެއް ޖަހާލަމުން އަހާން ބުނި ޖުމުލައަށް ޝާވިން ވެސް ހޭންފެށިއެވެ. ” ހައު އިޒް ދެޓް ފަނީ؟” ފޫހި ރާގަކަށް އާލިޔާ ބުނެލިއެވެ. “ސާބަހޭ ޖޯކެކޭ!” އަހާން އަނެއްކާވެސް ހޭން ފެށިއެވެ.

“އަވަހަށް އިށީންނަވާ މެޑަމް.. ޓީ އޯ ކޮފީ؟” ސޯފައަށް އިޝާރާތްކޮށްލަމުން އަހާން އަހާލިއެވެ. ” ނޯ.. އޯކޭ..” އޭނާގެ ސުވާލަށް ޖަވާބު ދެމުން އާލިޔާ ގޮސް ސޯފާގައި އިށީނެވެ. އެތާ ކޮޅަށް ހުރެ ހުރެ ދެފައި ވާޅު ވާހާ އިރު ވެއްޖެއެވެ. މާމަމެން އެ ކައްކަނީ ކޮންކަހަލަ ފޮލައެއް ބާއޭ އޭނާގެ ހިތަށް އެރިއެވެ. އެދެމީހުން އެއްވެއްޖެޔާ ރަނގަޅު ކަމެއް ނުކުރާނެ އެވެ.

ޝާވިންއާ އޮލަ ވާހަކައެއް ދައްކަންއިން އަހާންގެ ދެލޯ ގޭގެ ދޮރާ ދިމާލަށް ހުއްޓުމާއެކު، އެދެލޮލަށް ވެރިވެގެން ދިޔަ ރުޅިވެރިކަން ޝާވިންއަށް ފާހަގަ ކުރެވުނެވެ. “އެންޑް ހިޔަރ ކަމްސް ދަ ޑެވިލް” އަމިއްލަ ނަފުސަށް އިވޭ ވަރަށް އަހާން ބުނި ލަފުޒުތައް ޝާވިންއަށް ހަމަ ސާފުކޮށް އިވުމާއެކު، ދޮރާ ދިމާއަށް ބަލައިލަން އޭނައަށް ވެސް މަޖުބޫރު ވިއެވެ.  ދޮރުން ވަދެގެން އައީ، ޒުވާން ފިރިހެނެކެވެ. މަޑު މުށި ކުލައިގެ ފަޓުލޫނާއެކު ލައިގެން ހުރި ހުދު ގަމީހުގެ މަތިން ގަދަ ނޫކުލައިގެ ކޯޓެއްލައިގެން ހުރިއިރު، އޭނާގެ ދެލޮލުގައި އަޅާފައިވާ ކަޅުކުލައިގެ އަވި އައިނު ފެނި، ޝާވިންއަށް ބުމަށް އަރުވާލެވުނެވެ.

މީހެއްގެ ބޫޓުގެ އަޑަށް ފޯނަން ބަލަން އިނދެފައި އިސް އުފުލާލި އާލިޔާ ވީ ފޫސެއްވެސް ނޭނގެއެވެ. އެއަށްވުރެ އޭނާ ފޫހިވާ މީހެއް މިދުނިޔޭގައި ހުންނާނެހެން ވެސް ހީނުވެއެވެ. ސަމީރުގެ އެހުންނަ ފޮނިކަމާއި ތިމާއަށް ތިމާ ފެނިފަ ހުންނަ ހުރުމަކީ، އޭނާއަށް އެއް އިރެއްގައިވެސް ކަމުދިޔަ ނޫނީ ކަމުދާނެ ސިފަތަކެއް ނޫނެވެ. އެއީ ކޮންކަހަލަ މީހެއްކަން އޭނާއަށް މާ ރަނގަޅަށް ވެސް އެނގެއެވެ. އެތާ ތިބި ތަނުން އެކަކަށް ވެސް ބަލާލުމެއް، ހީލުމެއްނެތި އެދަނީ އޭނާގެ އެހުންނަ އިންތިހާ ފޮނި ކަމުންނެވެ.

“އެއީ ސަމީރު.. މަގޭ ބޮޑުބޭބެގެ ދަރި.. މާމަގެ ރަންދަރި” ފޫހި ގޮތަކަށް ދެލޯ އަޅަމުން އަހާން ބުނެލިއެވެ. އެހެންހޭ ބުނާފަދައަކުން ޝާވިން ބޯ ޖަހާލިއެވެ.

“ކޮބާ؟ ހިނގާ ދާން!” ކޮޓަރިން ނިކުމެގެން އައިސް މާމަ ބުނެލިއެވެ. އާލިޔާ އަވަހަށް ސޯފާއިން ތެދުވެ ބޭރަށް ނިކުންނަން މިސްރާބު ޖެހީ ނަސީބެކޭ ހިތަށް އަރުވާލަމުންނެވެ. އެމީހުންގެ ފަހަތުން ނިކުންނަން ދިޔަ ޝާވިންގެ ނަޒަރު ހުއްޓުނީ، އެތެރެއަށް ވަދެގެން އައި މީހާއަށެވެ. އެއީ ކާކުކަން ނަގައިގަނެވުމާއެކު އޭނާގެ ލޭ ކެކިގެން ދިޔައެވެ. އެކަން ފޮރުވުމަށް އޭނާ ބާރު ބާރަށް ގޮސް ގެއިން ނިކުތެވެ. އެ މޫނު އޭނާއަށް ހަނދާން ނެތޭނީ ކިހިނެތް ހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

zaah.u

Level 1

I am a daydreamer. and while doing that I end up cooking a lot of stories inside my head. so, one day I made up my mind to deliver it to people through the art of writing. ;)

Other Articles

Previous

ފަލަސްތީނުގެ ހާލަތު – ޅެމެއް

Next

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…47

Next
July 29, 2024

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…47

Previews
July 29, 2024

ފަލަސްތީނުގެ ހާލަތު – ޅެމެއް

2 Comments!

  1. Cutie girl says:
    July 29, 2024 at 2:42 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work

    1. zaah.u says:
      August 3, 2024 at 1:45 pm

      thank you.. next part will be uploaded soon.. <3

Comments are closed.

Next Episodeލޯބިން ބުނެލަން…… (3)←


All Right Reserved!