ޙަޤީޤަތް ހޯދުމޭ 51
އެ ސާޅީސް އަށް ގަޑިއިރުގެ އޮޕަރޭޝަން ނިމޭން ދެން އަހަރެން އުޅުނީ އެ ތަނުގައެވެ. ކެއުމާއި ނިދުމަކީ އޮންނަ ކަމެއް ކަން ވެސް ހަނދާން ނައްތާލައިގެންނެވެ. އަހަރެން ކެތްތެރިކަން ކުޑަވެފައި ހުރި ޙާލު އިންތިޒާރު ކުރަމުން ދިޔައީ އޮޕަރޭޝަނުގެ ނަތީޖާ އަށެވެ. އަދި މިހާ ތަނަށް ހުރިހާ ކަމެއް ދިޔައީ ރަނގަޅަށެވެ ބޭރުގައި ހުރި ބޮކި ނިވުމުން އަހަރެން ގޮނޑިން ފުންމައިގެން ތެދުވީމެވެ. އެތަނުގައި ތިބި އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ ޑަކުޓަރުން ބުނާނެ އެއްޗަކަށެވެ. އެ މީހުން އޮޕަރޭޝަން ތިއޭޓަރުން ނުކުތް އިރު ތިބީ ފާޑަކަށް ހުއްޓުން އަރައިފައެވެ. އެހެން ތިބުމުން އަހަރެން ސިކުނޑި ވަށާލީ އިދިކީލި ވިސްނުމުންނެވެ. އަނެއްކާ ރިފްޤާ މި ދުނިޔެ އާއި އަލްވަދާޢު ކީ ހެއްޔެވެ؟ އެ އޮޕަރޭޝަން ފަނުފުލުން ނާކާމިޔާބު ވެގެން ދިޔައީ ހެއްޔެވެ؟
“އަމްމް… ޑޮކްޓަރ ކިހިނެއް ތޯ އޮޕަރޭޝަން ނިމުނީ؟” ރަމްލައްތަ އެހިއެވެ. އެމީހުންނަށް އަޑު އިވުނު ހެން ވެސް ހީނުވެއެވެ. ނަޢީމްބޭ ދެ ތިން ފަހަރަކު ގޮވާލުމުން އެމީހުން އެސްފިޔަ ޖަހާލައިފައި އަހަރެމެންނާއި ދިމާލަށް ބަލައިލިއެވެ. “އިޓް އިޒް އެ މިރެކަލް. ޝީ…. ޝީ ސަވައިވްޑް. އޮޕަރޭޝަން ކާމިޔާބު. ޤަބޫލު ވެސް ނުކުރެވޭ. ދެން ފަސް މަސް ދުވަހުގެ ތެރަޕީ ދިނުމަށް ފަހު މުޅިން ރަނގަޅުވާނެ.” ޑޮކްޓަރ ޙަސަން އެ އުފާވެރި ޚަބަރު ދިނުމުން އަހަރެންނަށް ހަމަ ނޭވާ ލެވުނެވެ. އެކަމުގެ އުފަލުގައި މާތްﷲ އަށް ޝުކުރުގެ ސަޖިދައެއް ޖަހާލީމެވެ. މީހުން އުފަލުން ރޯ އަޑު ވެސް އަހަމެވެ. އެހެނަސް އެއް އިރެއްގައި ވެސް އެއީ ތެދެއް ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަމެވެ. އެ ބުނުން ދޮގުކޮށްލީ އަހަރެންގެ އިޚްތިޔާރަކާއި ނުލައި ދެ ލޮލުން އޮހޮރިގަތް ކަރުނަ ތަކެވެ.
ފަސް މަހުގެ ތެރަޕީ ދެވޭނީ ރިފްޤާ ހޭނައްތާލާފަ ބާއްވައިގެން ކަމަށް ޑޮކްޓަރު ބުންޏެވެ. އަހަރެންނަށް ވަރިހަމައެވެ. ލޯބިވާގެ ފުރާނަ މާތްﷲ ސަލާމަތް ކުރައްވައިފިއެވެ. ދެން ވީ ރިފްޤާ ހޭ އަރުވާނެ ދުވަހަށް އިންތިޒާރު ކުރާށެވެ. އެއީ އެހާ ވަރުގެ ކަމެއް ނޫނެވެ. ރިފްޤާ ވެސް އަހަރެންނަށް އޭގެ ދެގުނަ ދިގު މުއްދަތަކަށް އިންތިޒާރު ކުރިއެވެ. އަހަރެންނަށް އެކަން ނުވާންވީ ކީއްވެގެން ހެއްޔެވެ؟
ރިފްޤާގެ ނަޒަރުން
އަހަރެންނަށް ހޭވެރިކަމެއް ވީ އިރު އަތަށް ތޫނު އެއްޗެއް ހަރާލި ކަހަލަ އިހުސާސެއް ކުރެވުނެވެ. އަނެއްކާ އެ ޒާލިމް ސޮރު ފްރީޒް ނީޑްލް އެއް ހަރާލީ ހެއްޔެވެ؟ ނޫނެކެވެ. އޭނާ އަހަރެންގެ މެޔަށް ހަރާލީ ވަޅިއެކެވެ. އޭރު އަހަރެންނަށް އިޙުސާސް ކުރެވުމުން ދިޔައީ އިންތިހާ ދަރަޖައިގެ ފިނިކަމެވެ. ކަށިތައް ވެސް ގަނޑުވާނެހާ ވަރުގަދަ ފިނިކަމެކެވެ. އެހެނަސް މިހާރު އިހުސާސް ކުރެވެނީ ގަޔަށް އަރާމު ލުއި ފިންޏެކެވެ.
އަހަރެން ގަދަކަމުން ހުޅުވާލި ދެލޯ ލައްޕާލަން ޖެހުނީ އެޅުނު ވަރުގަދަ އަލިގަނޑެއްގެ ސަބަބުންނެވެ. ހީވަނީ އިރަށް ވުރެ އަލިގަދަ އެއްޗެއް ފެނުނު ހެންނެވެ. ލޮލުން ދިލަ ވެސް ނެގިއެވެ. އަހަރެން ދެލޮލުގައި އަތް އަޅައިފައި ތެދުވީމެވެ. އަނެއްކާ އަހަރެން މި ހުރީ ކޮން ތަނަކު ހެއްޔެވެ؟ ހޭވެރިކަން ގެއްލުނު އިރު އަހަރެން ޤަބޫލުކުރީ ދެން އޮވެވޭނީ ބަރުޒަޚުގެ ޢާލަމުގައި ކަމަށެވެ. ދެން މިވީ ކިހިނެއް ހެއްޔެވެ؟
“ރިފްޤާ… ކިހިނެއް ވީ؟ ލޮލަށް އުނދަގޫ ވަނީތަ؟” އަހަރެންގެ ކަންފަތުގައި ޖެހުނީ އަންހެނެއްގެ މަޑުމައިތިރި އަޑެވެ. “މިތަން މާ އަލިގަދަ.” އަހަރެން ބުނެލީމެވެ. އެވަގުތު އެ އަންހެން މީހާ އަހަރެންގެ އަތް ތިރި ކޮށްލައިފައި އައިނެއް އަޅުވާލި ކަމުގެ އިޙުސާސް ކުރެވުނެވެ. ލަސްލަހުން ދެ ލޯ ހުޅުވާލީމެވެ. އަހަރެންނަށް ފެނުނީ ޑަކުޓަރުންގެ ޔުނީފޯމްގައި ހުރި އަންހެނެކެވެ.
“މިރޭ ވަންދެން ބަލާލުމަށް ރިފްޤާ ގެއަށް ދޫކޮށްލެވޭނެ. މި ގޮވާލަނީ ރިފްޤާގެ ޢާއިލާ މީހުންނަށް.” އެހެން ބުނެފައި އެ އަންހެން މީހާ ކޮޓަރިން ނުކުތެވެ. އަހަރެން އޮވެވުނު ތަނަށް ނަޒަރު ހިންގާލީމެވެ. މިއީ ޓްރީ ޓޮޕުގެ ޕްރައިވެޓް ރޫމެއް ކަން ދެނެގަނެވުނީ ކޮޓަރީގެ ފަރުމާ ހުރި ގޮތުންނެވެ. އެއީ އާހިލް ކުރިން ބޭއްވިފައި އޮތީ ވެސް މިކަހަލަ ކޮޓަރިއެއްގައި ކަމަށް ވާތީއެވެ.
“ރޭރު” އަހަރެންނަށް އެ ނަން ކިޔާލެވުނެވެ. އެ ޒާލިމް އަހަރެންނަށް އަނިޔާކޮށްފައި ފިލީ ހެއްޔެވެ؟ އޭނާ ހައްޔަރު ކުރެވިފައި ވާ ނަމަ ކިތަންމެ ހާ ވެސް ރަނގަޅެވެ. އެ ރޭރެއްގެ ޚިޔާލުތަކުގައި އޮއްވާ އަހަރެން ސިހުނީ މަންމަ ގޮވާލުމުންނެވެ. “ރިފްޤާ! މަންމަގެ ދޫނީ.” އަހަރެންގެ ގައިގައި ބައްދައިގަނެފައި މަންމަ ރޯން ފެށުމުން ހާސްވިއެވެ. އަނެއްކާ ކަމެއް ވީ ހެއްޔެވެ؟ މީހަކު މަންމަމެންނަށް ކަމެއް ކުރީ ހެއްޔެވެ؟
“މަންމާ! ކި…ކިހިނެއް… ވީތަ؟” އަހަރެން ހާސްވެފައި ހުރެ އަހާލީމެވެ. އެހެނަސް އެއިން އެކަކު ވެސް އެ ސުވާލުގެ ޖަވާބު ދޭކަށް ނޫޅުނެވެ. އެއް ބައެއްގެ ލޮލުން ކަރުނަ ފައިބަނީ ކީއްވެގެން ހެއްޔެވެ؟ މިއީ ވާ ވަރުގަދަ ކަމެކެއްނު ހެއްޔެވެ؟ އަޅެ ވެގެން އުޅޭ ގޮތެއް އަހަރެންނަށް ކިޔައިދިނީމާ ވީ ނޫން ހެއްޔެވެ؟ އެތަނުގައި ތިބި އެންމެންގެ ނަޒަރު އަހަރެންނަށް އަމާޒުވެފައި ވުމުން ފާޑަކަށް އުނދަގޫވިއެވެ.
“އެއްވެސް އުނދަގުލެއް ވޭތަ؟” ސުވާލެއް ކޮށްލީ އާހިލެވެ. އަހަރެން ބޯ ހޫރާލީމެވެ. ބައްޕަ ދެން އައިސް ބޮލުގައި ފިރުމާލައިފިއެވެ. ރަވާނު އައިސް އަހަރެންނަށް ޖޫސް ޕެކެޓެއް ދިނެވެ. ޝެހެނާޒު އައިސް ފައި މޮޑެދޭން ފެށިއެވެ. އަހަރެން އަދިވެސް ހުރީ ވާނުވާގައެވެ. މި މީހުން އުޅޭ ވައްތަރުން ހީވަނީ އަހަރެންނަށް ބޮޑު ކަމެއް ވީ ހެންނެވެ. އެވަގުތު އާހިލް އެ ކޮޓަރިން ނުކުމެގެން ދިއުމުން ދެ ބުމަ ގާތް ކޮށްލެވުނެވެ. ފާރުގައި ހުރި ގަޑިން ދައްކާ ގޮތުގައި ދިހަ އެއް ޖެހީއެވެ. ކުޑަދޮރުން އެތެރެއަށް އެޅިފައިވާ އަލިން ބުނެދެނީ މިއީ ދުވާލު ކަމަށެވެ. އެހެންވިއްޔާ އަހަރެން ރެސްޓޯރެންޓަށް ދާން ނުކުތީ އިއްޔެ ރޭގައެވެ.
“މަންމާ. އަހަރެންގެ ފޯނު ދީބަލަ.” އެމީހުން މަޑުމަޑުން ތިބެން ފެށުމުން އަހަރެން އެދުނީމެވެ. ޝެހެނާޒު އޭނާގެ އަތް ދަބަހުން ފޯނު ނަގާ އަހަރެންގެ އަތަށް ލައިދިނެވެ. އެ ހުޅުވާލައިފައި ޚަބަރު އެޕަށް ވަދެލީ އެއިން ޒާލިމާއި ގުޅުން ހުރި ޚަބަރެއް ފެނިދާނެ ކަމުގެ އުންމީދުގައެވެ. އެހެނަސް ބިޗުލެއް އަތަށް ކަށިޖެހުމުން ސިހިގެންދާ ފަދައިން އަހަރެން ވެސް ސިހުނުވަރުން އަތުން ފޯނު ވެއްޓުނީ ދުވަހުގެ ތާރީޚު ފެނިފައެވެ. އަލުން ފޯނު ނަގައިފައި ދެން ބަލައިލީ ކަލަންޑަރެވެ. މިވީ ކިޔެއް ހެއްޔެވެ؟ ފޯނުގެ ތާރީޚުގައި ބާރަ ޖެނުއަރީ 2224 އޮންނަން ވީ ކީއްވެގެން ހެއްޔެވެ؟
“ވި…ވިނަބެއްޔާ! މި…އަދުގެ ތާރީޚަކީ ކޮބާ؟” އަހަރެންނަށް އަހާލެވުނެވެ. “12 ޖެނުއަރީ 2224” އޭނާގެ އަޑު އިވުނު ގޮތުން އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޝެހެނާޒަށް އަހަރެންނަށް އަންނަމުން ދިޔަ ބަދަލުތައް ދެނެގަނެވުނީ ކަމަށް ވެދާނެއެވެ. “ފަސް މަސް ދުވަސް ވަންދެން ރިފް ހޭނައްތާލާފަ ބޭއްވީ. އަދި އަލަށް ފާރ ހާރޓް ސާޖަރީއެއް ކާމިޔާބުވީ ރިފް އަށް ސާޖަރީ ކުރުމުގެ ތެރޭގަ. ރިފް ގެ ހަށިގަނޑު މުޅިން ހެން ރަނގަޅުކޮށް ފްރީޒް ނީޑްލްގެ އަސަރު ފިލުވާލާ ހުރިހާ ގުނަވަންތަކެއްގެ ފަންކްޝަންސް އަލުން އިއާދަ ކުރުމަށް ތެރަޕީ ދޭން ވެގެން ކުރި ކަމެއް އެއީ.” އޭނާ އަހަރެންގެ ސުވާލުތަކަށް ޖަވާބު ދީފިއެވެ.
“އޯހް. ދެން ޒާލިމަށް ކިހިނެއް ވީ؟ އަސްލު ރޭރަކީ އޭނާ…” އަހަރެންނަށް ހުއްޓާލަން ޖެހުނީ ރަވާނުގެ ދުލުން ޒާލިމް މަރުވެއްޖެއޭ ބުނުމުންނެވެ. އަހަރެންނަށް ރިއެކްޓް ކުރަންވީ ގޮތެއް ނޭނގުނެވެ. އެންމެ ފަސޭހަ ވާނީ މަޑުން ހުންނަން ކަން އެނގޭތީ އެ ގޮތް އިޚްތިޔާރު ކުރީމެވެ.
އަހަރެންނަށް އުފާވެރިކަމެއް ލިބުނީ މެންދުރުފަހު ލައިލާ އާއި ހިދާޔާ އައުމުންނެވެ. ގިނަ ދުވަސް ތަކަކަށް ފަހު އެ މީހުންނާއި ބައްދަލުވުމުން ހިތްހަމަޖެހުނެވެ. ލައިލާގެ ހަތް މަހަށް އަޅައިފައިވާ ބަނޑާއި އެކު އޭނާގެ ރީތިކަން އިތުރުވެފައި ވެއެވެ. ހިދާޔާ އައީ އޭނާގެ އެއް އަހަރުގެ ދަރިފުޅު ނަވާލް ގޮވައިގެން ކަމުން ކޮޓަރި ތެރޭގައި އަޑުގަދަވިއެވެ.
އެންމެ ފަހުން އަހަރެން އިންތިޒާރު ކުރި ވަގުތު އައިސް ޖެހުމުން އަހަރެން އެނދުން ތެދުވީމެވެ. ހެލިފެލިވެ އުޅުމުގައި އަހަރެންނަށް އުނދަގުލެއް ނުވީ ތެރަޕީގައި އަހަރެންގެ ހަށިގަނޑު އެކި ގޮތްގޮތަށް ހަރަކާތްތެރި ކުރުވައިފައި ވުމުން ކަމަށް ޑޮކްޓަރު ބުންޏެވެ.
އަހަރެން ގެއަށް ގެންދަން ބަލައި އައީ ރަވާނެވެ. އޭނާ އާއި އެކު ހަސްފަތާލުގެ އެލެވޭޓަރަށް އެރި އިރު ވެސް ވާހަކައެއް ނުދައްކައެވެ. ހަސްފަތާލުން ނުކުމެގެން ގޮސް ކާރަށް އެރި އިރު ވެސް އަނގައިން ނުބުނެއެވެ. ހަމަ އެހާ ފޮނިވާން ޖެހޭ ހެއްޔެވެ؟ އަހަރެން އެއްޗެއް ނުބުނެ ކާރަށް އެރުމުން ރަވާނު ދޮރު ލައްޕާލިއެވެ. އަހަރެން ސީޓު ބެލްޓު އަޅުވާލުމާއި އެކު އޭނާ އެ ކާރު ދުއްވާލައިފިއެވެ. މިއަދު ހޭލި ވަގުތު ފިޔަވައި އެހެން ވަގުތެއްގައި އާހިލް ނައުމުން އަހަރެންނަށް ހިތާ ހިތުން ޝަކުވާ ކޮށްލެވުނެވެ.
އަސްރަފީވިލާގޭގެ ބޮޑު ގޭޓު ކުރިމައްޗަށް ކާރު ހުއްޓާލުމުން އަހަރެން އެއިން ފޭބީމެވެ. ރަވާނު ކާރު ގަރާޖަށް ލާން ދިއުމުން ގޭޓު ހުޅުވާލައިފައި އެތެރެއަށް ވަނީމެވެ. ލޯވްންގައި ހިނގާލައިފައި ދިޔަ ވަގުތު އަހަރެންގެ ސިކުނޑި ވަސްވާސް ތަކުން ފުރުނީ އެ ގޭގެ ބޮކިތައް ނިވާލައިފައި ހުރުމުންނެވެ. ކަނޑާލި ފޮޓޯ ޝޮޓެއް ހެން އެވަގުތު އަހަރެންގެ ލޯ މައްޗަށް ސިފަވީ ލެއިން ބިއްލޫރި ބިތުގައި ‘ހެޕީ ބާރތްޑޭ’ ލިޔެލައިފައިވާ މަންޒަރެވެ. ސިޓިންރޫމުގެ މާބްލްސް މަތީ ލޭކޮށާލެވިފައި ވީ މަންޒަރެވެ. އަހަރެންނަށް ހިންދިރުވާލެވުނެވެ. ގެއަށް ވަންނަން އެތެރެއަށް ފިޔަވަޅެއް އަޅާލީމެވެ.
އެތެރެއަށް ވަންނަން އަޅާލި ފިޔަވަޅާއި އެކު އެތަން ފަނޑު އައްޔަކުން ދިއްލިގެން ދިޔައެވެ. ސިޓިންރޫމުގެ ވަކި ހިސާބެއްގައި ހުރި އާހިލް ފެނުމުން އަހަރެންނަށް ހެވުނެވެ. އުފާވެސް ވިއެވެ. އެހެނަސް ބޭރުފުށުން އެ އިޙުސާސްތައް ނުދައްކާ ނުރުހުމުގެ ކުލަވަރު މޫނުމައްޗަށް ގެނައީ ސިކުނޑިއަށް އައި ޚިޔާލެއްގެ ސަބަބުންނެވެ.
ހުދުކުލައިގެ ފިނިފެންމަލުގެ ފިޔަތަކުން ހަދާލެވިފައިވާ ހިތެއްގެ ބައްޓަމުގެ ތެރޭގައި އާހިލް އިނީ އެއްފައި މައްޗަށް ތިރިވެލައިގެންނެވެ. އުއްބައްތީގެ އަލިން އޭނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. ހުދުކުލައިގެ ކެރެޓަކާއި އެކު ލައިގެން ހުރި ޓާރޓްލް ނެކް ސްވެޓާ އޭނާއާއި ކިތަންމެހާ ވެސް ގުޅެއެވެ. އޭނާގެ އަތުގައި އޮތް ކަޅުކުލައިގެ މަހުމާ ފޮށީގެ ތެރޭގައި އޮތް ރިހިކުލައިގެ އަލިމަސްޖެހި އަނގޮޓި އަހަރެންނަށް ވަރަށް ރީއްޗެވެ.
“މަރްޔަމް ރިފްޤާ! އެންމެ ފުރަތަމަ ބައްދަލުވުމުން ވެސް ރިފް އަހަރެންގެ ހިތް އަތުލައިފި. ނަފުރަތުގެ ނަންބޯޑު އަޅުވައިގެން އޭރު ހުއްޓެއް ކަމަކު އަހަރެންނަށް ވަނީ ރިފްޤާ ދެކެ ލޯބިވެވިފަ. ތި ހިނިތުންވުން ފެނި މޮޔަވާ ވަރު ވޭ. ތި ދެލޮލުން އަހަރެންނާއި ދިމާލަށް ކަޅިއަޅާލައިގެން ހުންނައިރު ވަރަށް ލޯބި. ރުޅިއައިސްގެން މޫނު ހަދާލިޔަސް ރުޅިއެއް ނާދެވޭ. ރަކިވެފައި ހުންނަ އިރު ކޮލަށް ފާއްދާލާ ފިޔާތޮށިކަން ތި ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދޭ. ކަމެއް ކުރާއިރު އެކަމެއް ކާމިޔާބު ކުރުމަށް ގަދައަޅައި ވަރުގަދަ އަޒުމުގައި މަސައްކަތް ކުރާތަން ފެނި އަޖައިބުވާވަރު ވޭ. މި ނޫން ވެސް ރިފްގެ ކިބައިގައިވާ ކޮންމެ ސިފައެއް އަހަރެންނަށް ކަމުދޭ. އަހަރެން ބޭނުމީ ތިކަހަލަ ފުރިހަމަ ކުއްޖެއް އަހަރެންގެ ހަޔާތަށް އަންނަން. އަހަރެންނާއި ކައިވެނިވާން ބޭނުންތަ؟” ދިގު ވާހަކައަކަށް ފަހު އާހިލް ކޮށްލީ އަހަރެން އަޑުއަހަން ކެތްމަދުވެފައިވާ ސުވާލެކެވެ.
އަހަރެންގެ އަސްލު ޖަވާބަކީ އާއެކޭ ކަމަށް ވިޔަސް އެ ވަގުތު ބޭނުންވީ އެ ސޮރު ތަޅުވާލާށެވެ. އަޑަށް ހަރުކަށިކަން ގެންނަމުން އަހަރެންގެ އެކްޓު ފެށީމެވެ. އަހަރެންނަކީ ވަރަށް މޮޅަށް އެކްޓު ކުރަން އެނގޭ މީހެކެވެ. ބައެއް ފަހަރު އަހަރެންގެ ޑްރެމެޓިކް ސިފަ ދައްކާލުމުން މަންމަމެން މަޖަލަކަށް ހަދައިފައި ފިލްމު ކުޅެން ދާށޭ ބުނާނެއެވެ. “މިޔޯ! އަހަރެންނަށް ހަމަ ހޭވެރިކަން ލިބުނު ދުވަހު ވެސް ކިރިޔާ އެ ހަސްފަތާލަށް ބުރާލީ. އެތަނުގައި އެންމެ ދިހަ މިނެޓަށް ވެސް މަޑުކޮށްލަން ނުކެރުނު މީހަކު މިހާރު ކޮން ސަކަރާތެއް ޖަހާކަށްތަ؟ ލޯބިވެޔޯ! ހޫން މަ ވަރަށް ޤަބޫލުކުރާނެ ވިއްޔާ.” އަހަރެން އަނެއް ފަރާތަށް އެނބުރުނީމެވެ. އެ ވަގުތު އޭނާ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.
“އިޒް އިޓް އެ ޔެސް އޯރ ނޯ؟” ލަސްލަހުން އޭނާ އަހާލިއެވެ. އަހަރެން އޭނާގެ އަތް ފޮޅުވާލީމެވެ. “އަޅެފަހެ މީހަކު މޮޔައެއް ނުވާނެތަ؟ ކަލޭގެ ބުއްދި ވަޔަށް ބުރައިގެން ދިޔައީތަ؟ ޕިސްޕިސް. ހަމަ އެނގެން ޖެހޭނެ ދޯ އަހަރެން ބުނާނީ އާއެކޭ ކަން.” އަހަރެން ބުނެލީމެވެ. އެ މަހުމާ ފޮށީގައި އޮތް އަނގޮޓި ނަގައި ވައަތު ކަށި އިނގިލީގައި އަޅާލައިފައި ހިނިގަނޑެއް ޖަހާލީމެވެ.
އަތްތިލަބަޑީގެ އަޑާއި އެކު ސިޓިންރޫމު ދިއްލިގެން ދިޔައީ ދެނެވެ. އެންމެން އެއްފަހަރާ ފެނުމުން ލަދުގަތެވެ. އާހިލްގެ އަތުން އަހަރެންގެ އަތް ދަމައިގަތީމެވެ. ތުންފަތުގައި ދަތް އަޅާލަމުން ދެން ކުރިމަތިލާން ޖެހޭނެ ދިމާކުރުންތައް އަޑުއަހަން ތައްޔާރުވެލީމެވެ. މީހުން މަދެއް ވެސް ނޫނެވެ. މުޅި އާއިލާ އެއްކޮށް އެތަނުގައެވެ. ނުވީތަކަށް ލައިލާ އާއި ހިދާޔާމެން ވެސް ތިއްބެވެ. ނެތީ ނައިލާއި މަލަކެވެ.
އެތަނުގެ ހަލަބޮލިކަމުން ސަލާމަތްވެގެން އަހަރެންނާއި އާހިލަށް އެކަހެރިވެލާނެ ވަގުތުކޮޅެއް ލިބުނީ އެގާރަ ޖަހަން ގާތް ވެފައި ވަނިކޮށެވެ. އަހަރެމެން ތިބީ ބެލްކަނީގައެވެ. އުނދޯލީގައި އާހިލް އިށީނދެލައިގެން އިން އިރު އަހަރެން އޮތީ އޭނާގެ އުނގުގައި ބޯ އަޅާލައިގެންނެވެ. އޭނާ އަހަރެންގެ އިސްތަށިކޮޅާއި ކުޅެމުން ދިޔަ އިރު އަހަރެންގެ ނަޒަރު ހުއްޓިފައިވަނީ ފަޒާގައި ފިޔަޖަހަމުން ދިޔަ ތަރިތަކަށެވެ.
“އަހަރެންގެ ހިތް ހުއްޓުވާލައިފަ އިނގޭ ތި ހުރީ. އެކަހަލަ ގޮތަކަށް ބިރުގަންނަވާލާކަށް ނުވާނެއްނު. އަދި އެ ވެސް ރިފް ގެ މަންމަމެން އެންމެން ކުރިމަތީގަ. އަދި ބަދަލުހިފާނަން އިނގޭ.” އާހިލް އަހަރެންގެ ދެ ލޮލަށް ނަޒަރު ހުއްޓާލައިފައި ބުނެލިއެވެ. “ނޭނގޭނެ ދޯ އާލް އެ އެންމެންނަށް ފެންނަ ގޮތަށް ކަމަށް ޕްރޮޕޯޒް ކުރާނީ.” އަހަރެން ދިފާޢުގައި ބުނެލީމެވެ. އެވަގުތު އާހިލް އަހަރެންގެ އިސްތަށިގަނޑު އެއްފަރާތް ކޮށްލަމުން އަހަރެންގެ މޫނާއި ދިމާލަށް ގުދުވެލިއެވެ. އަހަރެން އަވަހަށް އުނދޯލިން ފޭބީމެވެ. އާހިލް ތެދުވެގެން އަހަރެންނާއި ދިމާލަށް އައި އިރު އެ މޫނުމަތީގައި ކުޅެލައިފައި ވަނީ ނުސިޔާނު ހިނިތުންވުމެކެވެ.
ފަހަތަށް ޖެހެމުން ގޮސް އަހަރެން ބެލްކަނީގެ ރެއިލިންގައި ޖެހުނެވެ. އޭނާގެ ފިޔަވަޅުތައް އަވަސްވުމުން އަހަރެން ވެސް ނުގޮތަކަށް ހީނލީމެވެ. ފަހަތަށް އެނބުރި ބިސްމި ކިޔައިފައި ރެއިލިންގެ މައްޗަށް އަރައިފައި ފޭރު ގަހުގެ އޮފިގަނޑެއްގައި އެލިގަތީމެވެ. އަދި އެތެރެއިން ހަރު ގޮފިގަނޑަކަށް އަރާ އިށީނދެލީމެވެ. އެވަގުތު އާހިލްގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވިއެވެ.
“ރީފް. އަޅޭ ދެން ފައިބެބަލަ. އަދި މާ އަވަހޭ ގަސްގަހަށް އަރަން. މި ރޭގަނޑެއްނު.” އޭނާ އެދުނެވެ. “ނޫނުން ނުފައިބަންނާނަން.” އަހަރެން ރައްދު ގައި ބުނެލީމެވެ. އާހިލަށް އަހަރެން ގޮތްދޫނުކުރާ މިޒާޖު ރަނގަޅަށް ދަސްވެފައި ހުރި ކަހަލަ އެވެ. ދެން ދިމާކޮށްލީ އެ ގަހަށް އަރާށެވެ. އެހެނަސް އަހަރެން ހުރި ހިސާބަށް ފޯރުމުގެ ކުރިން އަހަރެން ގޭގެ ލޯވްން ތެރެއަށް ފުންމާލީމެވެ.
“މި ކޮއި ހަލުވި ވީމަ އެކަމުގެ ނާޖާއިޒު ފައިދާ ނަގާ ގޮތް ބަލާބަލަ.” އާހިލް ރުޅި މޫނު ހަދާލިއެވެ. “އޯވް ހޯ. އުތުރުގައި ދަތުރު ކުރިއިރު އާލް ވެސް އަތު ބާރު ގަދަވީމަ އެކަމުގެ ނާޖާއިޒު ފައިދާ ނެގި ހަނދާން ނެތުނީތަ؟” އަހަރެން މޭމަތީ ދެއަތް ހުސްކޮށްލީމެވެ. އޭނާ ހިނިގަނޑެއް ޖަހާލައިފައި އެ ގަހުން ފުންމާލިއެވެ. މިފަހަރު އަހަރެންނާއި ދިމާލަށް އައީ ވިދުވަރެއް ހާ ހަލުވިކޮށެވެ. އައިސް އަހަރެންގެ ތުނި ހަށިގަނޑުގައި ދެއަތް ވަށާލާ ހައްޔަރު ކޮށްލިއެވެ.
“އޭތް އާލް! މަންމަމެންނަށް ފެނިދާނޭ.” އަހަރެން އޭނާގެ ދެއަތް ނައްޓުވާލަން މަސައްކަތް ކުރަމުން ބުނެލީމެވެ. “ފެނުނަސް ހެވެއްނު. ތިއީ އަހަރެންގެ މުސްތަގްބަލުގެ އަނބިމީހާ ވިއްޔާ. އެހެން ނޫނަސް ދެންމެ އެއްނު ތި ބުނީ އަތު ބާރުގެ ނާޖާއިޒު ފައިދާ ނަގާށޭ.” އަހަރެންގެ ކަންފަތް ދޮށުގައި އޭނާ ބުނެލިއެވެ. “ޔޫ ޑެވިލް.” އަހަރެން ހަކަތަ ދޫކޮށްލަމުން އެ އަތްމައްޗަށް ދެމުނީމެވެ. އެ ސޮރާއި ދެކޮޅަށް ބާރު ދެއްކުމަކީ ވާނޭ ކަމެއް ނޫންކަން އެނގޭތީއެވެ.
“ކީއްވެގެންތަ އެހެން އަހަރެންގެ ހިތް ތަޅުވާލީ؟” އާހިލް އެހިއެވެ. “ދެން ފޫއްސެއް ނޫންތަ އަބަދު ލޯބިވާ ކުއްޖާ ޕްރޮޕޯޒް ކުރީމާ ލޮލުން ބޮލުން އެއްބަސްވެ އުފަލުން ރޮންޏާ! އަހަރެމެންގެ ސްޕްޝަލް ކަން ދައްކާލަން ވާނެއްނު. އެކަކު އަނެކަކަށް ބެހި ސަމާސާކުރަމުން ނަފުރަތު ކުރަމުން ލޯބީގަ ޖެހުނީ. އަދިވެސް އެ ކުރީގެ ގޮތްގަނޑު ބަދަލެއް ނުވޭ ވިއްޔާ.” އަހަރެން ތެދުތެދަށް ބުނެލީމެވެ.
“އަހަރެން ވެސް ދުލުން ލޯބި ނުވަން ހުވާކޮށްގެން ހުއްޓެއް ކަމަކު އެ ރަށުގައި ހަމަ ކެތްނުވީ. އެ ދުވަހު ހަމަ އަސްލަށް ވެސް ހީކުރީ މަރުވެގެން ދާނީ ކަމަށް. އެހެންވެ އަސްލު ހިތުގެ ގޮވުމަށް އިޖާބަ ދެމުން އެ ރޭ ކޮންފެސް ކުރީ.” އާހިލް ބުނެލިއެވެ.
އާހިލް ގެއަށް ދިޔައީ އެތަށް އިރެއް ވަންދެން އަހަރެންނާއި ސަމާސާކުރަން ހުރެފައެވެ. އޭނާ ދިއުމުން އަހަރެން އަނބުރާ ބެލްކަންޏަށް އަރާ ކޮޓަރިތެރެއަށް ވަނީމެވެ.
ނިދަން އޮށޯވެވުނު އިރު ބާރަ ޖަހައިފާނެއެވެ. އަހަރެންނަށް އޮވެފައި ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނެވެ. ކައިވެނިކުރުމަށް ފަހު މި ކޮޓަރިއާއި އަލްވަދާޢު ކިޔަން ޖެހޭނެކަން އެނގުމުން ދެރަވިއެވެ. ކައިވެންޏަށް ފަހު މި ފްލޯގެ މާސްޓާ ބެޑްރޫމަށް ބަދަލުވާގޮތަށް ވަނީ ހަމަޖެހިފައެވެ. މަންމަމެން އެދުނީ ވީހާވެސް އަވަހަށް ކައިވެނި ކުރުމަށެވެ. އަހަރެން ހޭ އެރުވީ މިއަދު އެވެ. އެހާ އަވަހަށް ޚިތުބާ ކޮށް ކައިވެންޏަށް ތައްޔާރު ވާން ފަށައިފިއެވެ. މީގެ އެއްމަހާއި ދިހަ ދުވަސް ފަހުން ފެބުރުއަރީ ބާވީހުގައި ކައިވެނި ކުރަން ދުވަސް ވެސް ކަނޑައަޅައިފިއެވެ. މި ހުރިހާ ކަމެއްގެ ބޮޑަކަށް ހުރީ މަންމަ ނޫން ދެވަނަ މީހެއް ނޫނެވެ. މަންމަ ބުނާ ގޮތުގައި އަންހެން ކުދިން އަވަހަށް ކައިވެނި ކުރަން ޖެހޭނެއެވެ. މަންމަ ބައްޕަ އާއި ކައިވެނި ކުރީ އަށާރަ އަހަރުގައެވެ.
ފަތިހު ފިންޏަށް ދުވަން ދާ ހިތްވެފައި ހުރުމުން އަހަރެން ފަތިސް ނަމާދަށް ފަހު ދުވަން ދިޔައީ ޝެހެނާޒު ވެސް ގޮވައިގެންނެވެ. ދުވެ ދުވެފައި ޝެހެނާޒު ވަރުބަލިވުމުން ޖައްސާލީ ޕާކެއްގައި ހުރި އަށްޓެއްގައެވެ. “ޝަހިކްސް. ހިޔަންޏާއި ދެމެދު އޮތް ގުޅުން ހަމަ އެއްކޮށް ކެނޑުނީތަ؟” އަހަރެން އެހީމެވެ. އޭނާ މަޑުމަޑުން ހޫމް އެއް ލައްވާލިއެވެ.
ޝެހެނާޒު މިހާރު އުޅެނީ ޑޮކްޓަރު ކަމުގެ ކޯސް ފަށައިގެންނެވެ. ހިޔާން ވެސް އިންޖިނޭރިކަން ކިޔަވަނީއެވެ. އެއް ޔުނިވަރސިޓީއެއްގައި ކިޔެވި ނަމަވެސް ދެ ޑިޕާޓްމެންޓެއް ކަމުން ދިމަލެއް ނުވާނެ ތާއެވެ.
“ޝަހިކްސްގެ ހިތުގައި އަދި ވެސް އޮތީ ހިޔާންގެ ނަން ދޯ!” އަހަރެން އޭނާއަށް ދޯ އެއް އެއްލީމެވެ. އޭނާ ބޯ ޖަހާލިއެވެ. ހިތަށް އެރިއެވެ. ހާދަހާ ފާޑެއްގެ ބައެކެވެ. ލޯބިވެގެން ވެސް އެކަކު އަނެކަކުގެ ހިތަށް ދެނީ މޮޅިވެރިކަމާއި ހިތާމައެވެ. ހިޔާން ޝެހެނާޒުގެ ފަރާތުން ނާއުންމީދީ ޖަވާބެއް ލިބިދާނެ ކަމަށް ފަސްޖެހެނީއެވެ. މި މީހުން އެއްތަން ކުރެވޭނީ މެދުވެރިޔަކަށް އަހަރެން ވެގެންނެވެ. މި ޖެހުނީ އެ ހިޔާން އާއި ބައްދަލު ކުރާށެވެ. އެހެން ނޫނީ ޒުވާން އުމުރު އޮޔާލައި ނިމިގެން ދާ އިރު ވެސް މި މީހުން ބަދަލެއް ނުވެ އެކަނިވެރިކަމުގެ ތެރެއަށް ގެނބޭނީއެވެ.
އަހަރެން ޝެހެނާޒާއި އެކު އަނބުރާ ގެއަށް އާދެވުނީ އަށެއް ޖެހުމަށެވެ. މަންމަމެން ސައި ހަދައިފައި ހުރުމުން އަހަރެން ކާން ވަނީ ބަދިގެއަށެވެ. ގޮނޑި ދަމާލައިފައި އިށީންވަގުތު ހީވީ އަހަރެންގެ ބޯ މައްޗަށް ނިއުކުލިއަރ ބޮމެއް ވައްޓާލި ހެންނެވެ. އިށީން ގޮނޑިން ތެދުވެވުނު ގޮތެއް ވެސް ނޭނގުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.







i m so happy rif rangalhu v ma..Alhamdullillah
mi prt ves vrh reethi
and curiously waiting for the next prrrrt!!
when next??
Yea rif ehaa haalun viyas survive vejje.
IA mi week therey submit kohlaanan.
Shukran Nau ✨✨
Awwwn so cute rif and aahil 🤭
Any ways this story is the best and most unique story ever
Waiting very very impatiently
When next?? Hope v avahah next part kiyaalan libeyne kamah🫠🫠🫠
IA mi week therey submit kohlaanan.
Shukran Anonymous ✨✨
Awwwn so cute rif and aahil 🤭
Any ways this story is the best and most unique story ever
Waiting very very impatiently
When next?? Hope v avahah next part kiyaalan libeyne kamah🫠🫠🫠
IA mi balanii mi week therey submit kohleveytho.
Shukran ^-^ ✨✨
Maashaa Allah mi part vx varah varah reethi…
Aslu bunan thr aahil ge nazarah vure rifga ge nazarun maa reethi…
Asluvx thafaathu vaan jeheynethaa dhw…
Whn next?
Alhugan’dah ves reethi rifga ge nazaru, ehenviyas muhimmu bai thakeh gehlidhaanethii badhalu kohlee.
Hehe, rangalhehnu unique kohlikan ves 😅😅
IA very soon.
Shukran Nawar ✨✨
Masha Allah mi Part ves vrh reethi
So happy rif salaamaiy vi kan 😁
I had the most unexpected plot twist while reading this
Omggggg rif and aahil are getting married.so happy 😊 😃
When next part
Same here, I am also happy that she survived.
Twisty kohlaigen hama liyaa hiy vanee 😅😅
IA very soon.
Shukran No one 007 ✨✨
Vrh reethi, mihaaru kihineih vee e??
Suspense create kohfa thi ninmaalanee.
Hingaa balaalan 52 part in e vee gotheh.
Shukran Panda ✨✨
Mi part ves v v reethi
Curiously waiting for the next
When next??
Shukran Naikko ✨✨
IA this week.
mi part ves v reethi masha allah
curiously waiting for next part
keep it up
alhamdhillilah rifoo rangalhu veema v ufaa vejje
masha allah rif and aahil
they both are made for each other
i appreciate your hard work
when next
love you white rose
Shukran cutie girl ✨✨
IA this week.
Lyt darl 💕💕
alhey hiyaan and naaz dhuru nukurachey
Mihaaru e relationship vrh kilanbu vefa dhw othy.
Shukran cutie girl ✨✨
Awwn rif n aal haadha cute eyy
So thankful that she survived…
Curiously waiting for the next😊
Lysm tc❤️
Shukran Ishu ✨✨
Lyt darl 💕💕
This story is just the best👏👏👏👏👏
Thank God!!! rif hey erikan!!!
Ahil n rif they both are made for each other
I’m waiting till there wedding take place
Actually I should also be invited
eyrun thaa rif aai dhimaa kohleveynee ves!!!
Hhehehhehehe…
When next??
Lysssssm💗💗💗💗
Fr they both suit best. Hehe u can come to their wedding, no issues 😁😁😁
Mihaaru submit kohlaafin, vrh avahah kiyaalan libeyne kanne
Lyt darl 💕💕
Shukran Your fav bab
Sorry it’s my comment rose gada!!!
Hehe, noted. ✨✨
Woww varah Reethi mi part vx.story nimen dho mi ulheni.shadow and shehiks gulhuvaafa.varah dhera vey story nimen ulhey hen feel vaathy..mi story and butterfly ge story akee Rifoo enme kiyaalaa hithun kiyaa story…
Kon irakun next kiyaalan libeyneeeee???
Love ya
Liyuntherieh veema ekan ves faseyhain nagaiganevey dhw,, yeah it’s ending. Just one part left. Alhugan’du ves dheravey vhk nimen ulheythii.
Mihaaru innaane fahu bai laafa. Hope you enjoy. 😊😊
Shukran RIFSHA ✨✨
Omgggg…. Rif is alive and well ❤️❤️
And they are engaged wowwww
I’m sooo excited for the next part
Love it ❤️❤️❤️
Avahah kiyaalaa. Onnaane laafa 😊😊
Shukran Lara ✨✨