Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 50  

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
January 22, 2025 6 Mins Read
30 Comments

އެމަޖެންސީ ރޫމުގެ ކުރިމަތީގައި ދެކޮޅަށް ހިނގަން ހުއްޓާ ލޫޠާއި ރިފްޤާގެ އާއިލާ މީހުން އައެވެ. އެމަޖެންސީ ރޫމުން ޑަކުޓަރަކު ނުކުތީ ދެނެވެ. އޭނާގެ މޫނުމަތީގައި ވަނީ ހާސްކަމުގެ ކުލަތަކެވެ. “ޕޭޝަންޓްގެ ބެލެހެއްޓުންތެރިޔާ ކޮބާ؟” އެމީހާ އެހިއެވެ. ރިފްޤާގެ ބައްޕަ ނަޢީމްބޭ އެ ދިމާލަށް ދިޔައެވެ. އަހަރެން ވެސް އެމީހާ ދައްކާ ވާހަކަ އަޑުއިވޭ ހިސާބަށް ޖެހިލީމެވެ. “ޕޭޝަންޓްގެ ހަށިގަނޑުގައި އާދަޔާ ޚިލާފަށް ވަރުގަދަ ފިނިކަމެއް ހުރުމުން ޤަބޫލު ކުރެވެނީ ފްރީޒް ނީޑްލް ކިޔާ ނުރައްކާތެރި ހަތިޔާރެއް ފަދަ އެތީގެ ގިނަ ޝޮޓުތަކެއް އަރައިފައި ވާކަން. ހަށިގަނޑުގެ ފިނިމިން މައިނަސް ފަންސާސް ޑިގްރީގައި ހުރުމުން ދެގަޑިއެއްހައިއިރުގެ ވަގުތު ތެރޭ ނިޔާވެދާނެ. މިހާރު ވެސް ހަށިގަނޑުން ވަނީ ވަރަށް ބޮޑަށް ލޭ ހުސްވެފަ. އޭގެ މައްޗަށް ހިތުގައި ވައަތު ވެންޓްރިކަލް ފޫދުއްވާލައިފައިވާ ޒަޚަމުން އިންޓާނަލް ބްލީޑިން ވެސް މަތި. މި ހުރިހާ ފެކްޓެއް އެއްކޮށްލައިފައި ދެން ނުވަދިހަ ނުވަ އިންސައްތައިގެ ޔަޤީންކަމާއި އެކު ބުނެވޭނީ ޕޭޝަންޓް ސަލާމަތެއް ނުކުރެވޭނެއޭ. ސޮރީ. އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރަން އެބަ. އެހެނަސް…” އިސްޖަހާލަމުން އެ ޑަކްޓަރު ބުނެލި ޖުމްލަތައް އަހަރެންނަށް އިވުނީ ހޮނުގުގުރިއަކަށް ވުރެ ނާމާން ބިރުވެރި ގޮތަކަށެވެ.

އަހަރެންގެ ހަށިގަނޑުން ވާގިދޫވާހެން ހީވެ ބިމަށް ތިރިވެވުނެވެ. އަހަރެންނަށް ހެޔޮ އެދޭ ލޯބިވާ ކޮންމެ މީހަކަށް ވިއްޔާ މިކަހަލަ ދެރަގޮތެއް ދިމާވަނީ ކީއްވެގެން ހެއްޔެވެ؟ ތަޤުދީރުގައި އަހަރެންނާއި މެދު ލިޔެވިފައިވަނީ ހަމަ މިހެން ހެއްޔެވެ؟ ހާދަހާ އަނިޔާވެރިއެވެ. އެ ފަރާތެއްގެ ލޯބި ލިބިއްޖެނަމަ އެ މީހަކާއި އަހަރެންނަށް ވަކިވާން ޖެހޭނީ މަރުގެ ހިތި ޙަޤީޤަތުންނެވެ. ފުރަތަމަ އަމިއްލަ ފުރާނައިގެ ސަލާމަތްތެރިކަން ނުހޯދާ އަހަރެން ދެކެ ލޯބިވީ މަންމައެވެ. ދެން އަމިއްލަ ދަރިއެއްގެ ގޮތުގައި އަހަރެން ބެލެހެއްޓި އިނާ ދައްތައެވެ. ދެން އީމާން ބޭ އެވެ. މިފަހަރު ރިފްޤާ ހެއްޔެވެ؟ އަހަރެންނަށް ލޯބި ދީގެން އުޅުނު ހާ ބަޔަކާއި އަހަރެންނާއި ގުޅާލެވިފައިވާ ވާފަށް ކަނޑާލާ ކަތުރަކަށް މަރު ވީ ކީއްވެގެން ހެއްޔެވެ؟ ދެން އަހަރެންނަށް ބަލައިލެވުނީ ލޫޠަށެވެ. އޭނާ ވެސް އެކަހަލަ ގޮތަކަށް އަހަރެންނާއި ވަކިވާނެ ހެއްޔެވެ؟ ސަލާމަތުން ހުރި ހަމައެކަނި ފަރާތަކީ އެއީ ވިއްޔާއެވެ. 

އެވަގުތު އެ އެމަޖެންސީ ރޫމުން އެހެން ޑަކްޓަރަކު ނުކުތެވެ. “ޑޮކްޓަރ ޙަސަން. ޕޭޝަންޓުގެ ވިންދު އަދި ވެސް އެބަހުރި. ނޭވާ ހަމައަކަށް އެޅުވިއްޖެ. ދެން ފާ ހާރޓް ސާޖަރީ ހަދައިގެން ޕޭޝަންޓް ސަލާމަތް ކުރެވިދާނެއްނު.” އޭނާ ބުނެލިއެވެ. “ޑޮކްޓަރ ޔޫސުފް މޮޔަވީތަ! އިމްޕޮސިބްލް ސޭވް އެއް ނުވާނޭ.” ޙަސަނު ޔޫސުފްގެ ވާހަކަ ހުރި ގޮތުން ނުރުހުންވެލައިފައި ބުނެލިއެވެ. “ނޫން. ހެޔޮ ނުވާނެ. ކޮންމެ ގޮތެއް ހަދައިފައި ވިޔަސް އަހަރެންގެ ދަރިފުޅު ސަލާމަތް ކޮށްދީ!” ރަމްލައްތަ ޑަކްޓަރުގެ އަތުގައި ހިފައިފައި ރޮއިގަތެވެ. “ކިތަންމެ ގިނަ ލައްކައެއްގެ ރުފިޔާ ޚަރަދު ކުރަން ޖެހުނަސް ހެޔޮ. އަހަރެމެންގެ ދަރިފުޅު ސަލާމަތް ކޮށްދީ.” ނަޢީމްބޭ ޑަކުޓަރުގެ ކޮނޑުގައި ހިފިއެވެ. 

“އެބަ އޮތް ދެ ގޮތެއް. އެއްގޮތަކީ މި ވަގުތުން ވަގުތަށް ހިތުގެ ޓްރާންސްޕްލާންޓަކާއި އެކު ސާޖަރީ ކުރުން އެ ގޮތް އިޚުތިޔާރު ކުރެވިއްޖެނަމަ ފުރާނަ ސަލާމަތް ކުރެވިދާނެ. އެކަން ކުރަން އުޅެގެން ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރުކުރާކަށް މަސައްކަތެއް ނުކުރެވޭނެ. ދެން އޭ ޕޮޒިޓިވް ލޭ ވީމަ ފަސޭހައިން ލޭ އެޅިދާނެ. އެކަމަކު މި އޮޕަރޭޝަން ކޮށްފިނަމަ ޕޭޝަންޓްގެ ގިނަ ހިއްސުތަކެއްގެ ހިނގުން ހުއްޓޭނެ. ހޮސްޕިޓަލައިޒްޑް ދިރިއުޅުމެއް އުޅެން ޖެހޭނީ. އެ ޙާލަތުގައި އޮއްވާ އޮޕަރޭޝަން ކުރަން ވިއްޔާ ފިނިހޫނުމިން އެއްވަރުނުކުރެވުމުގެ ސަބަބުން އެކަން ކަން ވާނެ. އަދި އޮޕަރޭޝަނަށް ފަހު ޕޭޝަންޓް ދުނިޔޭގައި ސަލާމަތުން ހުންނާނެ ދުވަސްތައް ވެސް މަދުވެދާނެ. ގިނަ ވެގެން އެއް އަހަރު ދިރި ހުރުމުގެ ޕޮސިބިލިޓީ އޮތީ. އޮޕަރޭޝަން ކާމިޔާބު ވުމުގެ ވެސް ސާޅީސް އިންސައްތަ ގެރެންޓީ ދެވޭނީ.” ޑޮކްޓަރ ޙަސަނުގެ ވާހަކަ އިވިފައި އަހަރެންނަށް ހީވީ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނު ހެންނެވެ. އެ ޑަކްޓަރުގެ ތޫނު ބަސްތައް ހަންޖަރެއް ފަދައިން އަހަރެންގެ ހިތް ކޮށާލައިފިއެވެ. 

“އަނެއް ގޮތަކީ ފާރ ހާރޓް ސާޖަރީ ހެދުން. އެ ސާޖަރީ ހަދައިފައި ކާމިޔާބު ވެއްޖެނަމަ އެ ހަށިގަނޑު އިހުގެ ޙާލަތަށް އަނބުރާ ގެނެވޭނެ. ދިގު ތެރަޕީއެއްގެ އެހީގައި ހުރިހާ ހިއްސެއް ރަނގަޅު ކުރެވޭނެ. އެއީ ފިނިހޫނުމިން އެއްވަރުކުރުމުގެ މަސައްކަތް ވަގުތުން ފެށޭނެތީ. އެކަމަކު މި އޮޕަރޭޝަން ދެ ދުވަހަށް ދިގު ދެމިގެން ދާނެ. ސާޖަރީގައި ޕޭޝަންޓުގެ ހަށިގަނޑާއި ހިތް ބާއްވަން ޖެހޭނީ ވަކި ތަނެއްގަ. މި ސާޖަރީ އަކީ ދުވަހަކުވެސް ކާމިޔާބުވި ސާޖަރީއެއް ނޫން. އެހެންކަމުން ސާޖަރީގެ ތެރޭގައި ޕޭޝަންޓް މަރުވުން ގާތް. އަދި ސަލާމަތްވުމުގެ ފުރުސަތު ވަރަށް ހަނި.” ޑޮކްޓަރ ޔޫސުފް ބުނެލިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. ހަމަ ސަލާމަތް ވާނެ ރަނގަޅު ގޮތެއް ނެތީ ހެއްޔެވެ؟ މި ޑޮކުޓަރުން ހާދަހާ ސަކަރާތެވެ. 

“މިހާރު ކޮންމެވެސް އެއް ގޮތެއް އިޚްތިޔާރު ކުރޭ. ލަސްވާ ވަރަކަށް ޕޭޝަންޓުގެ ފުރާނައަށް އިތުރަށް ނުރައްކާވާނެ.” ޑޮކްޓަރ ޙަސަނު އެންގިއެވެ. އަހަރެންނަށް ބަލާލެވުނީ ރަމްލައްތަ އާއި ނަޢީމްބޭ އަށެވެ. އެ މީހުންނަށް ގޮތެއް އިޚްތިޔާރު ކުރާށޭ ކިޔައިފައި އެ ދިނީ ކިހާ ނުރައްކާތެރި ދެ ގޮތް ހެއްޔެވެ؟ ދުވަހުގެ ކޮޅުން ވެސް މިކަހަލަ ދުވަހެއް ދެކެން ޖެހިދާނެ ކަމަށް އެމީހުން އުންމީދު ކުރާނެ ހެއްޔެވެ؟ އެއްވެސް ވަރަކަށް ރިފްޤާ ސަލާމަތް ވާނެ ކަމުގެ ޔަޤީންކަމެއް ވެސް ނުދެއެވެ. އެއް ގޮތް އިޚްތިޔާރު ކޮށްފިނަމަ އަމިއްލަ ދަރިފުޅު ނުކުޅެދުންތެރި ކުއްޖަކަށް ވެ ހަސްފަތާލުގައި ދިރިއުޅެން ޖެހޭނެ ޙާލަތަކަށް ވެއްޓޭނެއެވެ. ދެވަނަ ގޮތުގެ ކާމިޔާބު ނަތީޖާ ކިތަންމެހާ ފޮނިވި ނަމަވެސް އެ ބުނީ ދުވަހަކު ވެސް އެ ސާޖަރީ ކާމިޔާބުވެފައި ނުވާ ކަމަށެވެ. އެ ދެގޮތުންކުރެ ގޮތެއް އިޚްތިޔާރުކުރަން ކިހާ އުނދަގޫ ވާނެ ހެއްޔެވެ؟ 

“ދެވަނަ ގޮތް. އަހަރެންގެ ޚިޔާލު ބަދަލު ނުވަނީސް ދެން ދޭ!” ރޮއި ގަންނަމުން ރަމްލާ ނަޢީމްގެ މޭމަތީގައި މޫނު ފޮރުވާލިއެވެ. ސަލާމަތް ވުމުގެ ކުޑަ ވެސް ފުރުސަތެއް ލިބުނު ކަމަށް ޓަކައި ހެއްދެވި ފަރާތަށް ޝުކުރުކުރެވުނެވެ. ޑޮކްޓަރުން އަވަހަށް އޮޕަރޭޝަން ތިއޭޓަރަށް ރިފްޤާ ބަދަލުކޮށް ސާޖަރީ ކުރުމުގެ މަސައްކަތް ފެށިއެވެ. ނަޢީމްބޭ ލިޔެކިޔުން ތަކުގެ މަސައްކަތް ކުރުމަށް ރިސެޕްޝަން ހުރި ދިމާލަށް ދިޔައެވެ.  

އޮޕަރޭޝަން ތިއޭޓަރުގެ ކުރިމަތީގައި ރިފްޤާ އާއި ގުޅުން ހުރި ގިނަ ބަޔަކު ތިއްބެވެ. އަހަރެންނަށް ވިސްނެނީ ރިފްޤާ އާއި މެދުގައެވެ. ދެން އެ ޒާލިމްގެ މަތިން ހަނދާން ވުމުން އަހަރެންނަށް ދެބުމަ ގޮށް ޖަހާލެވުނެވެ. އަހަރެންގެ ގާތަށް އައި ވަރުގަދަ ރުޅިގަނޑާއި ހެދި ބޭނުންވީ ވަގުތުން އެ ޒާލިމް މަރާލާށެވެ. އެހެނަސް އަހަރެން އެތަނުން ނުކުތުމުގެ ކުރިން ލޫޠު އަހަރެންގެ ގައިގައި ހިފެހެއްޓިއެވެ. 

“ލޮޓަސް. ހަމަ މިހާރު ދޫކޮށްލާ. ރިފްޤާ އަށް އެ ޙާލު ޖައްސާފަ، އެތައް ބަޔަކު މަރާފަ އޭނާ އަށް ދިރިހުރުމުގެ ކޮން ޙައްޤެއްތަ އޮތީ؟ އޭނާގެ ބައްޕަ ޖަލަށް ލީމައޭ ކިޔާފައި، އޭނާގެ ޙަރާން ވިޔަފާރި ފުނޑާލިއްޔޭ ކިޔައިފައި އިންސާނަކަށް އެ ވަރު ކުރަން ޖެހޭތަ؟ ބަލަ އެއީ ނިކަމެތި އަންހެން ކުއްޖެކޭ އެތަކެއް ފަހަރަކު އެ ނާޒުކު ހަށިގަނޑަށް ފްރީޒް ނީޑްލް ހަރާފަ އެވަރުން ނުވެގެން ހިތަށް ވަޅިއެއް ހަރާލައިފި. އެ ޙާލަތުގައި އޮތް އިރު އެ ފަކީރުގެ ހަށިގަނޑުގައި ކިހާ ވޭނެއް އަޅާނެތަ؟ ކުރިން ވެސް ރިފް ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓުނީ ހަމަ އޭނާ އާއި ހެދި އޭ. އޭނާގެ ބިރުދެއްކުން ތަކާއި ހެދި އެ ނާޒުކު ހިތަށް ލިބުނީ ހާދަ ބޮޑު ބިރުވެރިކަމެކޭ. އިއްޔެ ޖަލަށް ލެވުނު ޒިރާރަކީ ރޭރެއް ނޫން. އެ ޖާހިލު އަނިޔާވެރިޔާ އަކީ ޒާލިމް. އޭނާގެ ކަނައަތުގައި އިން ގަބުރުބޮލުގެ ޓެޓޫ ފެނުމުން އަހަރެންނަށް އެކަން އެނގިއްޖެ. އެ ވަރުގެ އަނިޔާވެރިއެއް މި ދުނިޔޭގައި ބެހެއްޓުމަކީ އެންމެނަށް ހުރި ހަލާކެއް.” ޖަޒުބާތުގައި ޖެހި އަސަރުކޮށްފައި ވާ ވަރުން އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. 

“އާހިލް. ޒާލިމް… ޒާލިމް މަރުވެއްޖެ. ފުލުހުން ހައްޔަރު ކުރުމުގެ ކުރިން އޭނާ… އޭނާ ޒަހަރު ފުޅިއެއް ދަމާލީ.” ނައިލް ވެސް ލޫޠާއި ބައިވެރިވެގެން އަހަރެން ހުއްޓުވާލިއެވެ. އޭނާގެ ޖުމްލަ އިވިފައި ސިހުނުވަރުން އިދިފުށަށް ނުވެއްޓުނީ ކިރިޔާއެވެ. ޒާލިމް އަމިއްލައަށް މަރުވީއޭ ބުނުމުން ޤަބޫލުކުރަން ދަތިވިއެވެ. ބޭނުންވީ ޔަޤީން ކުރާށެވެ. ލަސްނުކޮށް ޒާލިމް ބާއްވައިފައި އޮތް ކަމަށް ބުނި ތަނަށް ދާން މިސްރާބު ޖެހީމެވެ. 

ދެވުނު އިރު އަހަރެންނަށް ފެނުނީ ޤަބޫލުކުރަން ދަތި ބިރުވެރި މަންޒަރެކެވެ. ޒާލިމް ބާއްވައިފައި އޮތީ އެނދެއްގައެވެ. އޭނާގެ ހަށިގަނޑުގެ ބައިތައް ވިރިގެން ގޮސްފައިވާ ވަރުން ސިފަ ވަކިކުރަން ވެސް ދައްޗެވެ. އެ ފުރާނަނެތް މަސްގަނޑު އޮތީ ވެސް ދެލި ނޫކުލައެއްގައެވެ. ހަރު ތޮށިގަނޑެއް ފަދައިން ހަރުވެފައެވެ ލޭ ކުލަ ވެސް ހުރީ ދެލިކުލައަށް ބަދަލުވެފައެވެ. އެތެރެހަށީގެ ބައިތައް ވެސް ހުރީ ހުރަހަކާނުލައި ފެންނާށެވެ. މަސްތަކާއި އެއްޗެހި ބޭރަށް ނުކުމެފައެވެ. ހީވަނީ ބިރުވެރި ފިލްމެއްގެ ފުރޭތައެއް މަރުވެފައި އޮތް މަންޒަރެއް ހެންނެވެ. މިކަހަލަ މަރެއް އޭނާއަށް ޙައްޤު ކަމަށް އަހަރެންނަށް ޤަބޫލުކުރެވުނެވެ. 

ޒާލިމްގެ ހަށިގަނޑު ކުރިމަތީގައި އިސްޖަހާލައިގެން ރޯން އިން ޒާލިމްގެ މަންމަގެ ވޭނީ ގިސްލުމުގެ އަޑު އެތަނުގައި ގުގުމަމުން ދިޔައެވެ. އެތަނުގައި އެއްފަރާތެއްގައި ހުއްޓުން އަރައިފައި ހިޔާން ހުއްޓެވެ. އަހަރެންގެ ސިކުނޑީގައި ރަނގަބީލެއް ޖެހުނު ކަހަލައެވެ. މީހަކު ކިތަންމެ އަނިޔާވެރި ޖާހިލު ގޮތަކަށް އުޅުނަސް އެމީހެއް މަރުވުމުން މިގޮތަށް އުފާކޮށްގެން ނުވާނެތާއެވެ. އެއީ ވެސް ފުރާނައެކެވެ. ބަޔަކު ލޯތްބާއި އެކު މަސައްކަތުން ބަލާ ބޮޑުކުރި ދަރިއެކެވެ. އަހަރެން އަމިއްލަ ނިތުގައި އަތުން ޖަހާލީމެވެ. އެތަނުން ނުކުމެގެން ދިޔައީމެވެ. 

އަހަރެން ގޮސް ހުއްޓުނީ އޮޕަރޭޝަން ތިއޭޓަރެއްގެ ކުރިމަތީގައެވެ. އަހަރެންގެ ފުރާނަ ފަދައިން ލޯބިވާ ފަރާތުގެ ހިތުގެ ބައިގެ ސާޖަރީ ކުރިއަށް ދިޔަ ތަނެވެ. އަހަރެން އެތަނުގެ އެއްފަރާތުގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގައި އިށީނދެލީމެވެ. އޭސީގެ ފިނިކަން އެތަނުގައި ވިއެއް ކަމަކު އަހަރެން ހުރީ ދާހިއްލާ ގޮތް ވެފައެވެ. ރިފްޤާގެ ޚިޔާލުތަކުން މުޅި ސިކުނޑި ހިސޯރު ވެފައި ވެއެވެ. އަހަރެންނަށް އަދިވެސް ލޯ ކުރިމަތިން ރިފްޤާ އެ ސަތަރިގަނޑު މަތީ ސަލާމަތް ވުމަށް ކުޑަވެސް ޙަރަކާތެއް ނުކޮށްލެވި އޮތް މަންޒަރު ފެންނަ ފަދައެވެ. އަހަރެންނަށް ރިފްޤާ ބަލައި ދެވުނު ނަމަ އެވެ. އޭރުން މިހެނެއް ނުވީހެވެ. ޒާލިމަށް ރިފްޤާ އަށް އަނިޔާކުރުމުގެ ފުރުސަތެއް ނުލިބުނީހެވެ. 

ދަންވަރު ވަގުތުވުމުން އަހަރެން ދިޔައީ ހަސްފަތާލުގެ ނަމާދުކުރާ ކޮޓަރިއަށެވެ. ވުޟޫކޮށްގެން އައިސް އަހަރެން ދަމު ނަމާދަށް އެރީމެވެ. ނަމާދަށް ފަހު ތިރީސް ވަރަކަށް މިނެޓު ދެ އަތް އުފުލާ ދުޢާކުރަން އިނީމެވެ. އެ އޮޕަރޭޝަން ކާމިޔާބު ވުމަށް އެދިއެވެ. އެހެން ފަހަރު ތަކުގައި އެ ވައްތަރުގެ އޮޕަރޭޝަން ކުރި ފަހަރު ތަކުގައި ނާކާމިޔާބު ވިޔަސް، ސަލާމަތް ވުމުގެ ސުމެއް ޕޮއިންޓު ސުމެއް އެކެއް ޕަސެންޓު އޮތަސް ކީއް ހެއްޔެވެ؟ ކޮންމެ ކަމެއް ކުރެއްވުމަށް ވެސް އެ އިލާހު ކުޅަދުންވަންތަ ވޮޑިގެން ވެއެވެ. ދެން އުންމީދު ކަނޑާލަންވީ އެއްވެސް ސަބަބެއް ނެތެއްނު ހެއްޔެވެ؟ އަހަރެމެން މުސްލިމުންގެ ހަތިޔާރަކީ ދުޢާ ވިއްޔާއެވެ. މާތް ﷲ އިރާދަކުރައްވައިފިނަމަ އަހަރެންގެ ދުޢާ ވެސް އިޖާބަ ވާނެއެވެ. 

މިފަހަރު އަހަރެން ދިޔައީ ހަށިގަނޑުން ފްރީޒް ނީޑްލްގެ އަސަރު ދަށްކުރުމުގެ މަސައްކަތް ކުރެވުމުން ދިޔަ އޮޕަރޭޝަން ތިއޭޓަރުގެ ކުރިމައްޗަށެވެ. އެތަނުގައި އެވަގުތު ތިބީ ރިފްޤާގެ އެކުވެރިންނެވެ. ޝެހެނާޒާއި ލައިލާ އަކީ އަހަރެމެން ފިރިހެނުން ހާ ވަރުގަދަ ބަޔަކަށް ނުވާނެ ތާއެވެ. އެމީހުންގެ ރުއިމުގެ އަޑު ހިފާލައިފައި ވުމުން ތަނުގެ ހަމަހިމޭންކަން ވަނީ ގެއްލިފައެވެ. އަހަރެންނަށް ބިއް ޖެހިފައި އެތަނުގެ ގޮނޑިއަކަށް ތަރަވެފައި އިނދެވުނީއެވެ. ވަގުތު ކޮޅެއް ފަހުން ތެދުވެ ދުރަށް ހިންގާލީމެވެ. އަހަރެންނަށް ހުއްޓާލެވުނީ މީހަކު ވާހަކަ ދައްކާ އަޑަށެވެ. 

“ރިފް! ތި ނާޒުކު ޙާލަތަށް ވެއްޓެން މެދުވެރި ވީ އަހަރެންގެ ބައްޕަ އާއި ދޮންބެގެ ސަބަބުން. އެކުވެރިއެއްގެ ހައިސިއްޔަތުން  އަހަރެންނަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް. އަހަރެންނަކީ މަޢާފު ޙައްޤުވާވަރަށް ވުރެ ބޮޑު ކުށްވެރިއެއް. ރިފް. ޕްލީޒް ރިކަވާ އެންޑް ވޭކް އަޕް އެގެއިން. އޯރ އެލްސް އައިމް ގޮނަ ޑައި ވިތް ރިގްރެޓް.” އަސަރާއި އެކު ހިޔާން ބުނެލި ޖުމްލަ ތަކުން އަހަރެންނަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. 

އަހަރެންނަށް ހިޔާންގެ ޙާލަތާއި މެދު ޙަމްދަރުދީ ވެވެއެވެ. އޭނާގެ ދޮންބެ ކުރި ކުށެއްގެ ޒިންމާ ބޮޑު އަޅަން ޖެހިފައި ވަނީ އޭނާ އަށެވެ. އެމީހުންނާއި ދެކޮޅަށް ހުއްޓެއް ކަމަކު ބައެއް މީހުންގެ ޠަބީޢަތަކީ ކުށްނުކުރާ އެހެނަސް ކުށްވެރިޔާ އާއި ގުޅުން އޮންނަ ފަރާތްތަކަށް ވެސް އަނިޔާވެރިއެއްގެ ނަޒަރަކުން ބެލުމެވެ. އަހަރެންނަކަށް ވެސް މީހުންގެ ދުލުގައި ހިފާފައެއް ނުހުއްޓުވޭނެއެވެ. އެހެނަސް ހިޔާން ހިތްހަމަޖައްސާލަން އެ ހިސާބަށް ދާކަށް ވެސް ނުކެރުނެވެ. ފަސްދީފައި އަހަރެން ހިނގައިގަނެވުނީ އެހެން ވެގެންނެވެ. 

އެ ސާޅީސް އަށް ގަޑިއިރުގެ އޮޕަރޭޝަން ނިމޭން ދެން އަހަރެން އުޅުނީ އެ ތަނުގައެވެ. ކެއުމާއި ނިދުމަކީ އޮންނަ ކަމެއް ކަން ވެސް ހަނދާން ނައްތާލައިގެންނެވެ. އަހަރެން ކެތްތެރިކަން ކުޑަވެފައި ހުރި ޙާލު އިންތިޒާރު ކުރަމުން ދިޔައީ އޮޕަރޭޝަނުގެ ނަތީޖާ އަށެވެ. އަދި މިހާ ތަނަށް ހުރިހާ ކަމެއް ދިޔައީ ރަނގަޅަށެވެ ބޭރުގައި ހުރި ބޮކި ނިވުމުން އަހަރެން ގޮނޑިން ފުންމައިގެން ތެދުވީމެވެ. އެތަނުގައި ތިބި އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ ޑަކުޓަރުން ބުނާނެ އެއްޗަކަށެވެ. އެ މީހުން އޮޕަރޭޝަން ތިއޭޓަރުން ނުކުތް އިރު ތިބީ ފާޑަކަށް ހުއްޓުން އަރައިފައެވެ. އެހެން ތިބުމުން އަހަރެން ސިކުނޑި ވަށާލީ އިދިކީލި ވިސްނުމުންނެވެ. އަނެއްކާ ރިފްޤާ މި ދުނިޔެ އާއި އަލްވަދާޢު ކީ ހެއްޔެވެ؟ އެ އޮޕަރޭޝަން ފަނުފުލުން ނާކާމިޔާބު ވެގެން ދިޔައީ ހެއްޔެވެ؟ 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ކަލާގެ ހައްގުގައި ފުރަތަމަބައި ( ފުރަތަމަ ނަޒަރުން ވެވުނު ލޯބި)

Next

އެދެނީ އެނބުރި އައުމަށް…. 1 ވަނަ ބައި

Next
January 22, 2025

އެދެނީ އެނބުރި އައުމަށް…. 1 ވަނަ ބައި

Previews
January 22, 2025

ކަލާގެ ހައްގުގައި ފުރަތަމަބައި ( ފުރަތަމަ ނަޒަރުން ވެވުނު ލޯބި)

30 Comments!

  1. Naikko says:
    January 22, 2025 at 12:19 pm

    Alheyyyyyy haadha curious koshey thi nimmaaleee
    Doc bunaane ehchakah haadha inthizaarekey kuran jeheynee
    Zaalim amilla maruvee,, faafa akah fahu faafa eh kuramun
    Mi part ves v v reethi
    Keep it up
    I appreciate your hard work
    When next????

    1. White rose White rose says:
      January 22, 2025 at 4:19 pm

      Shukran Naikko.
      IA next week

  2. Shimmer says:
    January 22, 2025 at 12:44 pm

    What ???
    Noooooo……plsssssssssss
    Thihen nuhadhabala
    Alheyyy rif ah dhera gotheh nahadhah chey
    Alhey aahil kihaa dheravaane
    When is next??

    1. White rose White rose says:
      January 22, 2025 at 4:19 pm

      Shukran Shimmer
      IA next week

  3. cutie girl says:
    January 22, 2025 at 1:37 pm

    mi part ves v reethi masha allah
    curously waiting for next part
    keep it up
    alhey doc bunee keekey
    alhey heyonuvaane rif ah dhera gotheh nuhadhachey
    aahil fakeeru haadha dheravaane
    when next part
    mi part kiyaafa rovijje rif ah vaa gothun
    zaalim maruvee amila ah
    hiyaan ge kusheh neih thi kamuga
    rif and aahil gulhuvachey
    they both are made for each other
    i appreciate your hard work
    love you white

    1. ^-^ says:
      January 22, 2025 at 2:19 pm

      Awwwwwn pls that operation kaamiyaabu kurachey or else rif the most interesting and important character gehleyne and Aahil vs v dheravaane now also he is suffering too much😭😭
      When next??

    2. White rose White rose says:
      January 22, 2025 at 4:19 pm

      Shukran cutie girl
      lyt darl

    3. White rose White rose says:
      January 22, 2025 at 4:20 pm

      I’ll try my best to save her.
      Shukran ^-^
      IA next week

  4. jssja says:
    January 22, 2025 at 2:30 pm

    waaauuu varah rythi mi part vx…. yageen riff salaamai v eh….cox doctor in ehn e thiby dhuvahaku vx kaamiyaab nuvi surgery eh kaamiyaab vumun……soooo excitedddd

    1. White rose White rose says:
      January 22, 2025 at 4:21 pm

      Good forecast.
      Shukran jssja

  5. Jennie says:
    January 22, 2025 at 3:39 pm

    I think it will success vaahaka Hama Varah reethi when next

    1. White rose White rose says:
      January 22, 2025 at 4:22 pm

      IA it will be.
      Shukran Jennie.
      Mi anna haftha IA

  6. Nawar says:
    January 22, 2025 at 4:40 pm

    Doctor huhtun araafa ehery rifge operation kaamiyaabu v ma …..
    Balahcheyy…
    Zaalim dhw… ekahala nulafaa meehakah rangalhu vaany e kahala gotheh v ma …..
    Hiyaan amihla ah maru nuvahchey…
    Anyways mi part vx varah varah reethi…
    Can’t wait for next part 😊😊😊😊😊

    1. White rose White rose says:
      January 23, 2025 at 12:37 pm

      Engidhaanethaa dhen vaagotheh 😅😅
      Hiyaan akee ekahala feekalhaa kameh kuraane meeheh hen hee nuvey, ekm hama twist eh aisfaane dhw. Mulhi vhk ga ves unexpected twist thah viyyaa e hury.
      Shukran Nawar ✨✨

  7. Your fav bab says:
    January 22, 2025 at 9:48 pm

    I think rif is gonna be saved plz plz 😥😥
    The Story is very very nice and super interesting
    And making me curious I’ve never ever had been before
    When next???
    Lyssssssm….
    Ma dhaanee avahah inthizaar ge guitar kulhen!!!!!

    1. White rose White rose says:
      January 23, 2025 at 12:39 pm

      We’ll see if that happens.
      IA next week
      Shukran Your fav bab, that was a very touching comment. ✨✨
      Lyt 💕💕

  8. Panda says:
    January 23, 2025 at 1:26 am

    No rif ah gotheh nahadhaathi, rovihje mi part kiyaafa😭😭.
    vrh reethi. A different story from other stories

    1. White rose White rose says:
      January 23, 2025 at 12:41 pm

      Alhugandu hurihaa kiyuntherin rovvaalanii dhw mi 😅😅
      Shukran Panda ✨✨

  9. Panda says:
    January 23, 2025 at 1:29 am

    I think operation was successful and rif is safe now. Doctors are shocked because this kind of operation eh adhi kaamiyaabu vefa nethyma kanne, adhi alah ekahala operation eh kaamiyaabu veema. Just hoping ehen vaane kamah

    1. White rose White rose says:
      January 23, 2025 at 12:42 pm

      IA efadha gotheh vegen namaves rif salaamaiy vaane. Dhen haalathu badhaluviyya vrh dhera 😥😥😥
      Shukran Panda ✨✨

  10. Naberrr says:
    January 24, 2025 at 12:46 pm

    MI site in ehmme kiyaa hithun kiyaa eh vhk meee very curious for next part
    May Allah bless your hard work
    When is next part?

    1. White rose White rose says:
      January 25, 2025 at 1:44 pm

      Shukran Naberrr ✨✨
      IA next week

  11. Naksu ⚡ says:
    January 25, 2025 at 1:40 pm

    Haaadhahaaaaa reeeecheyyy mi vhk.
    Dhen in bai avahah upload kohladhee.

    1. White rose White rose says:
      January 25, 2025 at 1:45 pm

      Shukran Naksu ✨✨
      Next week ga submit kohleveynii

  12. ^-^ says:
    January 25, 2025 at 3:10 pm

    Waiting very impatiently
    Mikahalage vaahakaeh adhi dhuvahaku vs nufeney ehme interesting n curious vaahaka
    Most telented author White rose✨✨
    Hope maadhan next part kiyaalan libeyne kamah

    1. White rose White rose says:
      January 26, 2025 at 3:10 pm

      Sorry, i could’nt submit earlier, i just submitted right now. heevani maadhan hen kiyaalan libeynii.
      it’s quite buxy these weeks, ehenve kudkoh las vanee
      Shukran ^-^

  13. Unknowngurll says:
    January 26, 2025 at 1:58 pm

    When is next?? I’m going crazyy

    1. White rose White rose says:
      January 26, 2025 at 3:12 pm

      I just submitted, heevani maadhan kiyaalan libeyne hen
      Shukran Unknowngurll

  14. Your fav bab says:
    January 26, 2025 at 7:36 pm

    Maadhan???
    Oh ma God
    Yeeeessssssss!!!!
    Hehheheheh.. Kiyaalaa hithun… I’m so done!!!!
    The Story is just obinesss to the max
    Ehaa perfect!!!👏👏👏👏👏

    1. White rose White rose says:
      January 27, 2025 at 5:29 am

      Ebain iyye rey laafa. Mihaaru admin team vrh fast upload kuraaleh. Vrh ufaavey Your fav bab ge unwavering support libeythii.
      Shukran Your fav bab ✨✨

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 51←


All Right Reserved!