ޙަޤީޤަތް ހޯދުމޭ 52 – ފަހުބައި
އަހަރެން ޝެހެނާޒާއި އެކު އަނބުރާ ގެއަށް އާދެވުނީ އަށެއް ޖެހުމަށެވެ. މަންމަމެން ސައި ހަދައިފައި ހުރުމުން އަހަރެން ކާން ވަނީ ބަދިގެއަށެވެ. “ރިފްޤާ! ދެން މީގެ ފަހުން އެޖެންޓް ވަޒީފާއިން ކެނޑެން ޖެހޭނެ. މަންމަ ބޭނުމެއް ނޫން ދަރިފުޅަށް އިތުރު ދެރަ ގޮތެއް ވާކަށް. ބައްޕަގެ އޮފީހަށް ވަންނަން މަންމަ ވަޒީފާ ހަމަޖައްސައިފިން.” ގޮނޑި ދަމާލައިފައި އިށީންވަގުތު ހީވީ އަހަރެންގެ ބޯ މައްޗަށް ނިއުކުލިއަރ ބޮމެއް ވައްޓާލި ހެންނެވެ. އިށީން ގޮނޑިން ތެދުވެވުނު ގޮތެއް ވެސް ނޭނގުނެވެ.
“އެކަމަކު މަންމާ! ރިފް ބޭނުމެއް ނޫން ފޫހި އޮފީސް ގަނޑެއްގައި އަބަދު އެއްކަމެއް ކުރަން އިންނާކަށް. އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އުންމީދުކަން މަންމައަށް އެނގެއްނު.” އަހަރެން މަންމައަށް އާދޭހުގެ ކަޅިއެއް އެއްލީމެވެ. “ތި އުންމީދެއްގެ ސަބަބުން ދަރިފުޅަށް ހާދަ ގެއްލުމެއް ވެއްޖެއޭ. އެއްފަހަރު ނުރައްކާތެރި ބަޔަކު ރިފް ރަހީނުކޮށްފި. އެކަމަކާއި ހެދި ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިއްޖެ. އަނެއް ފަހަރު ދަރިފުޅު މަރު ނުވީ ކިރިޔާ. ތި ކަހަލަ ނުރައްކާތެރި މަސައްކަތް ކުރަން މަންމަ އަކަށް ދަރިފުޅު ދުލެއް ނުކޮށްލެވޭނެ.” މަންމަގެ ރައްދު އިވިފައި އަހަރެންގެ ހުވަފެން ކުދިކުދި ވެގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ.
“އަޅުގަނޑު އެ ކޭސް ގައި މަސައްކަތް ނުކުރިނަމަ އެ މައްސަލަ ދިގުލައިގެން ދިޔައީސް. ނޭނގޭނެ ދޯ އެމީހުންގެ ދެން އޮތް އަމާޒުފަތްގަނޑަށް އަޅުގަނޑު ނުވާނެކަމެއް. އަޅުގަނޑުގެ ގުނަވަންތައް ވިއްކާލުމުގެ ނިޔަތުގައި ވެސް އެމީހުން ރަހީނު ކޮށްފާނެއްނު. އެމީހުން އަޅުގަނޑު ރަހީނުކޮށްގެން ގެންދިޔަ ނަމަ މިތަނުގައި މިއަދު ދިރި ހުންނާނެތަ؟” އަހަރެން ބުނެލީމެވެ. “ދެން ނުވާނެ ކަމެއްގެ ވާހަކަ ނުދައްކާ!” މަންމަ ހުރީ ދެން ވެސް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ.
“އެހެންވިއްޔާ ފީލްޑަށް ނުނިކުމެ އެތެރެއިން މަސައްކަތް ކުރިޔަސް އެންމެ ރަނގަޅު ތަ؟ ގައިމު އެއްވެސް ތަނެއްގެ އޮފީހަކަށް އެތަނުގެ ސެކިޔުރިޓީއަކާއި ވާދައެއް ނުކުރެވޭނެ.” ހިތާއި ދެކޮޅަށް އަހަރެން ބުނެލީމެވެ. ކޮންމެވެސް ވަރަކަށް އެކަމުގައި އުޅެވޭނެ ގޮތް ވެސް އަހަރެންނަށް އެ މަސައްކަތާއި އަލްވަދާޢު ކިޔުމަށް ވުރެ ރަނގަޅެވެ. އެކަމަށް މަންމަގެ ރުހުން ލިބުނެއް ކަމަކު އަހަރެންގެ ހިތަށް ވެރިވީ މާޔޫސް ކަމާއި ހިތާމައެވެ.
މަންމަ ކޮންމެ ކަމެއް ކުރަނީ އަހަރެންނަށް ރަނގަޅަކަށް ކަން ވެސް އެނގެއެވެ. އެހެނަސް އެކަހަލަ ގިނަ ކަންކަމަށް އަހަރެންގެ ހިތް ނުރުހެއެވެ. ގިނަ ފަހަރު ތަކެކޭ ވެސް އެއްފަދައިން މި ފަހަރު ވެސް އެ ޖެހުނީ ހިތް މަތީ ހިލަގަނޑެއް ބާއްވައިފައި އެއްބަސްވާށެވެ. ކުރާނެ ކަމެއް ނެތެވެ. އެ ގޮތް ވެސް ‘އޯލްޑް ފެޝަންޑް’ އޮފީސް ގަނޑަކަށް ވުރެ ރަނގަޅެވެ.
ކައި ނިމިގެން އަހަރެން ކެފޭއަށް ދިޔައީ ނޫރީން ގާތު ބުނެފައެވެ. އޭރު ހިޔާން އެތަނުގައި މޭޒެއްގެ ދޮށުގައި އިށީނދެލައިގެން އިނެވެ. “މިހާރު މުޅިން ޝިފާ ލިބި ގަދަވީތަ؟ އަލްޙަމްދު ލިއްﷲ. އަހަރެންގެ ދުޢާ އިޖާބަ ވެއްޖެ. ދެން އެހާ ވަރަކަށް ގިލްޓީ ފީލް އެއް ނުވާނެ.” އޭނާ އަހަރެން ފެނުމުން ބުނެލިއެވެ. ވެނިމިދިޔަަ ކަންކަން ސިކުނޑިން ނެރެލާ ހިނިތުންވުމެއް ދެމުން ގޮނޑީގައި އިށީނީމެވެ. “ކީއްވެތަ ހިޔަނި ގިލްޓީ ފީލް ވެގެން އުޅެން ވީ. ހިޔަނީގެ ދޮންބެ އާއި ބައްޕަ ކުރި ކުށްތަކުގެ ޒިންމާ ނަގަން ޖެހޭނީ އެމީހުން. ކޮންމެހެން އަމިއްލަ ނަފުސު ކުށްވެރި ކުރާނެ ކަމެއް ނެތް. މާޒީ އަކީ މާޒީ. އެ ހަނދާން ކޮށް ބުރައެއްގެ ގޮތުގައި ސިކުނޑީގައި ބާއްވާނެ ކަމެއް ނެތް.” އަހަރެން އޭނާގެ އަތުގައި އަތް ބާއްވާލީމެވެ.
“ހިޔަނި މިހާރު ވަޒީފާއަށް ވެސް ދާން ފެށީތަ؟” ހިޔާން އޮފީސް ގޮތަކަށް ހެދުން އަޅައިގެން ހުރުމުން އަހަރެން އެހީމެވެ. “އާނ. އަސްލު އިންޓާންޝިޕަކަށް ވަނީ. ކޯހުގައި މިހާރު އުޅުނުކަމަށް ވިޔަސް ވަގުތީ ވަޒީފާ އެއް ލިބިއްޖެ. އެއީ ރިފް ބައްޕަގެ ކޮންޕެނީ އިންނޭ. މިހާރު އަމިއްލަ ލާރިން މި އުޅެނީ.” އޭނާ ބުނެލިއެވެ.
“ދެން ހަމަ ޝެހެނާޒާއި އުމުރަށް ވަކިވީތަ؟” އަހަރެން އަހާލީމެވެ. “އަހަރެންނަކަށް ޙައްޤެއް ނޫން ޝެހެނާޒު ފަދަ ކުއްޖެއް. އަހަރެންގެ ޢާއިލާގެ ސަބަބުން އެ ކުއްޖާއަށް ހާދަ ގެއްލުމެއް ލިބިއްޖެއޭ. އަހަރެން ދޮންބެއޭ ކީ މީހާ ވެސް… އޭނާ އުޅުނީ ރިފްގެ ފުރާނަ އެންމެ އަނިޔާވެރިވީ ގޮތަކަށް ދަމައިގަންނަން.” ހިޔާން މޮޅިވެރި އަޑަކުން ބުނެލިއެވެ. “އަހަރެން ފަދައިން ޝަހިކްސް ވެސް ހިޔަނި ކުއްވެރިއެއް ނުކުރޭ. ޝީ ޑަޒް ނޮޓް ބްލޭމް ޔޫ ފޯރ ދި ޓްރޭޖިކް އިވެންޓްސް. އަހަރެމެންނަކީ ބައެއް މީހުން ގޮތަށް ވިސްނުން ހަނި ބައެއް ނޫން. ހިޔަނި ތި ގޮތަށް ދުރުގައި ހުރެގެން ޝަހިކްސް ގެ ހިތަށް ދެނީ ވޭން ނޫން ކޯއްޗެއް. ދެން ވެސް އޭނާ އާއި އަލުން ގުޅި ބަލަ. މިފަހަރު ފިލައިގެން ނުދެވޭނެހެން ހިޔަނީގެ ޙައްޤަކަށް ހަދާލަބަލަ. ކިހާ ސަޅި ވާނެ ތަ އަހަރެން ކައިވެނި ކުރާ ދުވަހު ތިމީހުން ވެސް އެ ގޮށް ޖަހާލިއްޔާ. ބާވީސް ދޭ ދެހާސް ދުއިސައްތަ ސައުވީސް. ދެން އަވަހަކަށް ނާންނާނެ އެކަހަލަ ސަޅި ތާރީޚެއް.” އަހަރެން ބުނެލީމެވެ.
“އެކަމް.” އޭނާ ފެށިއެވެ. “ކޮން އެކަމެކޭ ބެކަމެކޭ ކިޔާކަށް ތަ؟ މިހާރު ވެސް މާ ލަސްވެއްޖެ. މިރޭ އެކޮޔަށް ޕްރޮޕޯޒް ކުރޭ. ތިހެން އުޅެނިކޮށް ތެޔޮނާށި ކާޅު ޖަހައިގަނެފާނެ.” އަހަރެން ރުޅިވެރި ނަޒަރެއް ދިނީމެވެ. އޭނާ އަށް ޖެހުނީ އަހަރެންގެ އެދުމަށް އެއްބަސްވާށެވެ. ދެން ރާވާލީ އެކަން ކުރާނެ ގޮތެކެވެ. އަހަރެން ނުކުމެގެން ދިޔައީ ހިތްހަމަ ޖެހޭ ވަރު ވުމުންނެވެ. ތަން ސެޓު ކުރަން ހަވީރު ދާނެ ކަމަށް ބުނެފައެވެ.
ރޭގަނޑުގެ ވަގުތެވެ. އަހަރެން ޝެހެނާޒު ގޮވައިގެން ދެވަނަ ފިޔަވައްސަށް ދިޔައީ ހިނގާލަން ދިއުމުގެ ބަހަނާގައެވެ. އެކިހިސާބުގައި ހިނގައިފައި އައިސްކޯން ގަނެގެން އެ ބޮމުން ދިޔައީ ހިލަޖެހި ސަރަޙައްދަށެވެ. އެހެނަސް އެ ފާލަމުގެ މެދަކާއި ހިސާބުން އޭނާ އެކަނި ފޮނުވާލީ އާހިލްގެ ކޯލެއް އަންނާތީވެގެންނެވެ. އެއީ އޭނާ އެކަނި އެ ތަނަށް ފޮނުވާލުމަށް ދައްކާލި ދަޅައެކެވެ. އެކަނި އެތަނަށް ނުދަން ގަދަ ހަދާލައިފައި ވެސް އޭނާ ދިއުމުން ހިނިތުންވެލީމެވެ.
ޝެހެނާޒު ދިއުމުން އަހަރެން ވެސް އެ ފާލަމުގެ އަނެއް ފަރާތަށް ދިޔައީމެވެ. ހިނިތުންވެލެވުނީ ޝެހެނާޒު ހިޔާން ހުރި ހިސާބަށް ލަސްލަހުން ހިނގާލައިފައި ދާ މަންޒަރު ފެނުމުންނެވެ. އަހަރެން އާހިލްގެ އަތުގައި ހިފާލީ ޝެހެނާޒުގެ ޖަވާބު އެދެވޭ ގޮތެއްގައި އަންނާނެކަމުގެ އުންމީދުގައެވެ.
އުޑުމަތި ސާފުވުމުން ތަރިތަކުގެ ބެބުޅުން އިހުނަށް ވުރެ ވަރުގަދަ އެވެ. އެ ދޮންވެލިގަނޑު ސަރަހައްދު ނިމޭ ހިސާބުގައި ހިޔާން ކޮޅަށް ހުރީ ދަނބުކުލައިގެ މަހުމާ ފޮށްޓެއް އަތަށް ލައިގެންނެވެ. ލައިގެން ހުރި އަޅި ކުލައިގެ ސޫޓުގެ ސަބަބުން އޭނާގެ ފިރިހެންވަންތަ ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދީފައި ވެއެވެ. ދީފައިވާ ހަނދުވަރުގެ ރިހި އަލިން ތަނަށް ބެބުޅުން ގެނެސްދެވިފައި ވެއެވެ. ޝެހެނާޒު ހުރި ހިސާބުން މަންޒިލް ނިމޭކޮޅަށް އަތުރާލެވިފައިވާ ލެވެންޑާ އުއްބައްތި ތަކުން ތަނުގައި ލުއި މީރު ވަހެއް ފެތުރިފައި ވެއެވެ. އުއްބައްތި ތަކުގެ އަލިން އެތަނަށް ދިރުން ގެނެވިފައި ވީއިރު ކޮންމެ އުއްބައްތިއެއްގެ ކައިރީގައިވީ ދަނބުކުލައިގެ ދާހލިޔާ މާތައް ވަރަށް ރީއްޗެވެ. ދާހލިޔާ އަކީ ޝެހެނާޒަށް އެންމެ ރީތި މަލެވެ. އަހަރެންނަށް އެންމެ ރީތި ހުދު ފިނިފެންމަލެވެ. އިނގިރޭސިން ވައިޓް ރޯޒް އެވެ.
ހިޔާން ހުރި ހިސާބަށް ޝެހެނާޒަށް ދެވުމުގެ ކުރިން ހިޔާން އެއް ކަކޫ މައްޗަށް ތިރިވެލިއެވެ. ދެން ފަށާނީ ފަރިތަކޮށްގެން އައި ސްޕީޗެވެ. އަހަރެން އާހިލްގެ އަތުގައި ހިފައިގެން ހިލަތަކުގެ ދޭތެރެއަށް ވަނީމެވެ. ގޮސް އަޑު އިވޭ ހިސާބުގައި މަޑުކޮށްލީމެވެ. “ރިފޫ. ކީއް ތި ކުރަނީ. އެމީހުންނަށް ޕްރައިވެސީ ދޭންވާނެއްނު” އާހިލް އަހަރެންނަށް ނުރުހުމުގެ ކަޅިއެއް އެއްލިއެވެ. “އަހަރެން ޕްލޭން ކުރި އެއްޗެއް ނިމޭ ގޮތް ވެސް ބަލަން ޖެހޭނެތާ.” އަހަރެން ބުނެލީމެވެ.
“ހެހެހެ… އަމިއްލައަށް މަޅިއެއްގަ ތި ޖެހުނީ. މިރޭ ބަދަލުހިފާލަން ވީދޯ!” އާހިލް ހިލަގަނޑާއި އަހަރެންނާއި ދެމެދުގައި ވީ ދުރުމިން ކުޑަކޮށްލިއެވެ. ހިޔާން ދައްކަމުން ދިޔަ ވާހަކަތައް ވެސް ނީވި ކަންފަތް ބީރު ވީ ކަހަލައެވެ. އާހިލް ދެފަރާތުން ހިލަގަނޑުގައި އަތް އަޅުވާލައިފައި ހަތަރު ކަޅި ހަމަކޮށްލިއެވެ. މިކަހަލަ އަރާމު ފިނި ރެއެއްގައި އޭނާ ވެސް ޖަޒުބާތުގައި ޖެހިދާނެއެވެ. ގޮތް ހުސްވެފައިވާ މީހެއް ފަދައިން އަހަރެން ތުންފަތުގައި ދަތް އަޅާލީމެވެ. ހިލަތަކުގެ ދޭތެރެއިން އަހަރެންގެ ހަށިގަނޑުގައި ބީހެމުން ދިޔަ ފިނި ވައިރޯޅި ތަކުން ވެސް އުނދަގޫވީ ކަހަލައެވެ.
“އާހިލްގަނޑާ” އަހަރެން އޭނާގެ މޭގައި މޫނު ފޮރުވާލީ އިތުރު ކަމެއް ކޮށްފާނެ ކަމުގެ ބިރުގައެވެ. އޭނާ އަށް އެކަން ދެނެގަނެވުނީ ކަމަށް ވެދާނެއެވެ. އަހަރެން ދުރުކޮށްލައިފައި އިތުރަށް ސަމާސާ ކުރަން ފެށިއެވެ. އަހަރެން އިތުރަށް ރަކިވާގޮތް ވުމުން ހީވީ އިތުރު ފޯރިއެއް އެރި ހެންނެވެ.
“އަހަރެންނާއި ކައިވެނިވާން ބޭނުންތަ؟” އަހަރެންނަށް އާހިލްގެ ކިބައިން ސަލާމަތް ވާ ވަރު ވުމުން އިވުނީ ހިޔާން އެހެން ބުނެލި އަޑެވެ. އަހަރެން ހިލަތަކުގެ ދޭތެރެއިން އެ މަންޒަރު ބަލައިލީމެވެ. ޝެހެނާޒުގެ އާނބަސް އަޑުއިވުމުން ހިޔާނަށް ވުރެ އުފާވީ އަހަރެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކުވެރިޔާ އަށް އޭނާގެ ލޯބި ކާމިޔާބު ވުމުން އުފާ ނުވެ ހުރެވޭ ހެއްޔެވެ. އުފަލުން ގޮސް އާހިލްގެ ގައިގައި ބައްދާލެވުނު އިރު ވެސް ނޭނގެއެވެ.
ކައިވެނީގެ ދުވަހެވެ. އަހަރެންނާއި ޝެހެނާޒު އިނީ މަންމަގެ ކޮޓަރީގައެވެ. ޝެހެނާޒު ތައްޔާރުވެގެން އިން އިރު އުޑުން ތިރިކޮށްލައިފައިވީ ހޫރެއް ފަދައެވެ. އަޅިކުލައިގެ ބޮޑު ވެޑިން ޑްރެސްގައި އޭނާގެ ރީތިކަން ދެގުނަ ވެފައި ވެއެވެ. އަޅިކުލައިގެ މިނާފުށްތަކެއް ހަރުކޮށްފައި ހުރި ޝޯލް އަޅާލެވިފައިވާ ގޮތް އެ ދޮން މޫނާއި ނުހަނު ގުޅެއެވެ. ކޮށްފައިވާ ލުއި މޭކަޕުން އެ މޫނަށް އިތުރު އުޖާލާކަމެއް ގެނެސް ދެވިފައި ވެއެވެ. އަތުގައި އެޅިފައިވާ ގަހަނާ ތަކުގެ ވިދުން ގަދަވެފައި ރީއްޗެވެ. އަބަދު އައިނެއް އަޅައިގެން ހުންނަ ޝެހެނާޒު މިއަދު ހުރީ ލޮލަށް ކޮންޓެކްޓް ލެންސެއް ލައްވާލައިގެންނެވެ. އައިނު ނެތުމުން ފާޅުކަން އިހުސާސް ކުރެވުނު ނަމަވެސް އަޅާނުލީ އެއީ ޝެހެނާޒު ބޭނުންވި ގޮތަށް ވާތީއެވެ.
“ރިފޫ. އަހަރެންނާއި ދިމާލަށް އެހާ ވަރަށް ނުބަލަ ބަލަ. ލަދުގަނެއޭ” އަހަރެން ޝެހެނާޒާއި ދިމާލަށް ބަލަން އިނުމުން އުނދަގޫ ވެގެން ބުނެލިއެވެ. “ވާވް. މާޝާ ﷲ. މިއަދު ޝަހިކްސް ބަބުޅާ ވަރުން ތަރިއަކަށް ދުލެއް ނުކުރާނެ. މިއަދު ހިޔަނި ހޭ ނެތިގެން ހަސްފަތާލަށް ގެންދަން ނުޖެހުނިއްޔާ ރަނގަޅު.” އަހަރެން ލާނެތް ގޮތަކަށް ބުނެލީމެވެ. “ހާސް ނުވޭ. ޔާން ވަރަށް ގަދަވާނެ. ރިފް ފެނިފައި ދުނިޔޭގައި ތިބިހާ ބަޔަކު އާޝޯހު ވާނެ. ކެޓު ބްރޯ އަށް ވެޑިން ނިމެންދެން ވެސް ހިފަހައްޓާލެވޭނެ ކަމާއި މެދު ޝައްކެއްނު.” ރައްދުގައި ޝެހެނާޒު އެއް ލޯ މަރާލަމުން ދިމާކޮށްލިއެވެ.
“ހޫމް. މޮޅޭ. ޝަހިކްސް މިރޭ ވިސްނާލައިގެން ހުންނާތި. ހިޔާން އެ ގޮތަށް މަޑުން ހުއްޓެއް ކަމަކު ވަރަށް ނުރައްކާތެރި ވާނެ. އެނގެއެއްނު ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެ ކަން. މިރޭ ވިސްނާލައިގެން އުޅެއްޗޭ.” އަހަރެން މިފަހަރު ހުއްޓާލީ ޝެހެނާޒުގެ މޫނުމައްޗަށް ރަތްކުލަ ފާއްދާލާނެ ވަރު ކޮށްފައެވެ. “އަހަރެންނެއް ނޫނެއްނު ހާސްވާންވީ. ޔާން އެއްފަހަރު އަހަރެންގެ ތުންފަތުން ލައްޒަތް ހޯދިއޭ. އޭނާއަށް އަހަރެންގެ ލޯބީގެ ހަދިޔަލެއް ޖަހައިގަނެވުމުން ދެން ކުޑަކޮށް މައިތިރިވާނެއްނު. އާހިލް މި ހުރިހާ ދުވަހު ސަޕްރެސް ކުރާ އެއްޗެހި ދޫކޮށްލަންޏާ ރިފް އެއްނު ހާސްވާންވީ. މިއަދު އެނދަށް އަރާނެ ރޯޅިގަނޑުން އޭގެ ފައިތައް ބިންދައިގެން ނުދިޔައިއްޔާ ރަނގަޅު.” ކިޔެވުމަށް މޮޅުވީމަ ވާހަކަ ބަހުން ޖަހާލަން ވެސް މޮޅުވާނީ ޝެހެނާޒު ތާއެވެ.
“ނުކްގެ ފަރުނީޗަރު ކުންފުނިން ހަލާކުވާ އެނދު މަރާމާތު ކޮށްދޭނެ. ރިފް އަށް ރަނގަޅެއްނު.” ހިދާޔާ ޝެހެނާޒުގެ ކޮޅަށް އެރުމުން ދެން ކޮޓަރީގައި ހުރި ލައިލާ އާއި ފިރާޝާ އާއި މަލަކާއި އަލްވާ ވެސް ފައިވިއްދާލީ އަހަރެންނާއި ދެކޮޅަށެވެ. ލަދުން ބޯ ފަޅައިގެން ދާ ވަރު ވިއެވެ. ލޯގަނޑުން އަހަރެންގެ މޫނު ފެނުނު އިރު އަހަރެންގެ ދޮން މޫނަށް ރަތް ލޭކުލަ ފާއްދާލައިފައި ވިއެވެ.
އަހަރެން ވެސް ހުރީ ޝެހެނާޒު ގޮތަށް އަޅިކުލައިގެ ވެޑިން ޑްރެސްއެއްގައެވެ. އޭނާ ގޮތަށް އަޅިކުލައިގެ ޝޯލް އެއް އަޅައިގެންނެވެ. ކައިވެންޏަށް ޚާއްޞަކޮށް ބުރުގާ އެޅީ އަހަރެން ބޭނުން ވެގެންނެވެ. ޝެހެނާޒާއި ޚިލާފަށް އަހަރެންގެ ޝޯލް މަތިން ރިހި ބޭންޑެއް އަޅާލެވިފައިވެއެވެ. މޫނުގައިވީ ލުއި މޭކަޕަކީ ކޮޓަރީގައި އަހަރެންނާއި ދިމާކުރަން ހިފާލައިފައި އެ ތިބި ގުރޫޕުގެ ނުފޫޒެވެ.
“ދަރިންނޭ. ދެން ވެސް ސަކަރާތް ޖަހަން ނުތިބެ އާދެބަލަ.” ކޮޓަރިއަށް މަންމަ ބޯ ދިއްކޮށްލައިފައި އެހެން ބުނެލުމުން ތަން ހަމަހިމޭންވިއެވެ. އެކަމަށް މަންމައަށް ހިތާ ހިތުން ޝުކުރު ކުރަމުން އަހަރެން ހިނގައިގަތީމެވެ. ޝެހެނާޒާއި އަހަރެން ނޫން ދެން ތިބި މީހުން އެވަގުތު ދިޔައެވެ. އަހަރެން ޝެހެނާޒާއި އެކު ގޮސް ސިޓިންރޫމު ސޯފާގައި އިށީނީމެވެ. ބޫޓަށް އަރާށެވެ. ހުދުކުލައިގެ ސްނީކާސް އެކެވެ. ފަޔަށް އަރާމު ވައްތަރެވެ. ދެން އެހާ ގިނަ ވަގުތު ކޮޅަށް ހުންނަން ޖެހޭއިރު ކަށިފައިވަނަކަށް އަރައިގެން ފަޔަށް ތުރާ ދޭން އަހަރެންނަކީ މޮޔައެއް ނޫނެވެ.
ބޫޓަށް އަރައިގެން އަހަރެން މަންމަ އާއި އެކު ގޮސް ބައްޕަގެ ކަޅުކުލައިގެ ލައިޓްނިން ކާރަށް އެރީމެވެ. ބައްޕަ ކާރު ދުއްވާލުމުން އަހަރެންނަށް ޝެހެނާޒުގެ އަތުގައި ހިފާލެވުނީ ހާސްކަން ވަށާލުމުންނެވެ. ކާރު ދުއްވައިފައި ގޮސް ހުއްޓާލީ ވެޑިން ބުޓީކް ކިޔާ ކައިވެނީގެ ހަފްލާތައް ބާއްވާ މަޝްހޫރު ތަނަކަށެވެ. ކެއުމާއި ބުއިންތަކާއި ފޮޓޯ ނެގުމާއި ތަން ޑިޒައިނު ކުރީ ވެސް އެތަނުންނެވެ. ތީމަކީ އަޅިކުލައެވެ. އެ އިމާރާތަށް ވަންނަން ދާން އޮތް ހިސާބުގައި އަޅިކުލައިގެ ދޫލައެއް އަޅާލެވިފައިވެއެވެ. ދޫލަ މަތިން ފުރަތަމަ ހިނގާލައިފައި ދިޔައީ އަހަރެންނެވެ. އަހަރެންގެ އަތުގައި ހިފައިގެން އައީ ބައްޕައެވެ. ފަހަތުން ކަހަލަ ގޮތަކަށް ޝެހެނާޒާއި އެކު މަންމަ ވެސް އައެވެ. އެތެރެއަށް ވަދެވުމާއި އެކު އެތަން ފަރުމާކުރެވިފައި ވާލެއް ފުރިހަމަ ކަމުން ތަޢުރީފު ކޮށްލެވުނެވެ.
ރިހިކުލައިގެ ޗާންދަލިޔާ ތަކުން އެތަން ދިއްލާ އަޅައިފައި ވައިރު އެ މާޙައުލުގައި ވީ ސްވީޓް މެލަންގެ ފޮނި މީރު ވަހެވެ. އަޅިކުލައިގެ ފޮއްޗާއި މަލާއި ރިބަން ތަކުން އެތަން ޖަރީ ކުރެވިފައިވަނީ ވަރަށް ފުރިހަމައަށެވެ. މެހެމާނުން އިށީނުމަށް އެ ބޮޑު ހޯލުގައި މޭޒުތައް ބަހައްޓާލެވިފައި ވެއެވެ. ވަށް މޭޒުމަތީގައި އަޅިކުލައިގެ ފޮތިގަނޑެއް އަޅައިފައި ވީއިރު ކޮންމެ މޭޒެއްގެ މަތީގައި ހުދުކުލައިގެ ފިނިފެންމަލަކާއި ދާހލިޔާއެއް ބިއްލޫރި ވާސް އަކަށް ޖަހާލެވިފައި ވެއެވެ. ހުދު ކުލައިގެ ގޮނޑިތަކުގައި އަޅިކުލައިގެ ފަލަ ރިބަން ފަށެއް އައްސާލެވިފައި ވެއެވެ. ހުދު ފާރުތަކުގައި އެލުވައިފައިވާ ޒަމާނީ ބޮކިފަތި ތަކުން ތަނުގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. ހޯލްގެ ފަހަތުގައި ކާތަކެތި އަތުރައިފައި ހުއްޓެވެ.
ކައިވެނި ކުރަން ހަމަޖެހިފައިވާ މޭޒު ހުރީ އުސް ސްޓޭޖެއްގެ މަތީގައެވެ. އޭގެ އެއްފަރާތުގައި އަހަރެމެން ތިބެން ކަނޑައެޅިފައިވާ ބެކްޑްރޮޕް ވެސް ވަރަށް ރީއްޗެވެ. އަޅިކުލައިގެ ހަނދުފަޅިއެއްގެ ބައްޓަމަށް ތައްޔާރު ކުރެވިފައި ހުދު ބޮކިތަކަކުން އެތަނުގެ ބެބުޅުން އިތުރު ކޮށްދީފައި ވެއެވެ. ބެކްޑްރޮޕްގެ އަނެއް ފަރާތުގައި ހުދު މޭޒެއްގެ މަތީ ކައިވެނީގެ ކޭކު އޮތެވެ. ތިން ބަރި އިން ބޮޑު ކޭކެކެވެ. އޭގައިވާ އައިސިން ދިޔާވިޔަކަ ނުދޭން ޓްރާންސްޕޭރެންޓް ކޫލް ބޮކްސް އަކަށް ލެވިފައި ވެއެވެ. އެ ފިނިފޮށި ވަށައިގެން ކަޕްކޭކާއި ކުކީސް އާއި ޑޯނަޓާއި އެނޫން ވެސް ފޮނި ތަކެތި ހުއްޓެވެ.
ކައިވެނި ކުރާ މޭޒުދޮށުގައި އިން އާހިލާއި ދިމާލަށް ނަޒަރު ދަތުރުކޮށްލީ ދެނެވެ. ކަޅުކުލައިގެ ސޫޓެއްގައި ހުރި އޭނާގެ ކަތި ނަޒަރު އަހަރެންނާއި އަމާޒުވެފައި ވުމުން އިސް ޖަހާލީމެވެ. ކައިވެންޏަށް ބުރުގާ އަޅާ ކަމެއް އޭނާ އަކަށް ނޭނގޭނެއެވެ. ލަސް ފިޔަވަޅު ތަކެއްގައި އަހަރެން ބައްޕައާއި އެކު ގޮސް އެ މޭޒު ދޮށުގައި އިށީނީމެވެ. ބައްޕަ ވެސް އިށީނުމުން ދެން ފެށުނީ ކައިވެނި އަޤުދު ކުރުމުގެ މަރުޙަލާއެވެ. ބައްޕަ ވަލީ ދިނުމުން ގާޟީ އޭނާ ވާޖިބު އަދާކުރުމަށް ވާހަކަ ދައްކަން ފެށިއެވެ. ދެއްކި ވާހަކަތައް ކަނުލައި އަޑުއަހަން އަހަރެން އިނީ އިސްޖަހާލައިގެންނެވެ. އެންމެ ފަހުން އާހިލް އަނބި ޤަބޫލުކޮށްފީމޭ ބުނުމުން އަހަރެން އިސް އުފުލާލާ ބަލައިލީމެވެ. ދެން އެއަށްފަހު ގޮނޑިން ތެދުވީ ދެން ކުރެވެން އޮތް ކައިވެންޏަށް ފުރުސަތު ދެމުންނެވެ.
“މާޝާ ﷲ. ރިފް ރީތި ކަމުން އަހަރެންގެ ހިތަށް އުނދަގޫވޭ އެބަ. މައި ލަވްލީ ގާރލް.” ބެކްޑްރޮޕް ކުރިމަތީގައި ހުއްޓިލަމުން އާހިލް ބުނެލިއެވެ. “ތި ވަރަށް ތަޢުރީފު ނުކޮށްބަލަ. އިޓްސް އިރިޓޭޓިން.” އަހަރެން މޫނު ހަދާލީމެވެ.
ޝެހެނާޒުގެ ކައިވެނި ކުރެވުމުން ކައިވެނީގެ ޕާޓީ ފެށިގެން ދިޔައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭ އެ ހޯލް ފުރިގެން ދިޔައީ މެހުމާނުން އައިސް ވަނުމުންނެވެ. ކޮންމެ މީހެއްގެ ދުލުން ވެސް އަހަރެމެންގެ މައްޗަށް އޮހެމުން ދިޔައީ ތަޢުރީފުގެ ފަށުވި ބަސްތަކެކެވެ. ދަޢުވަތު ދެވުނުހާ ބަޔަކު އައިސް ދިއުމުން ދެން ކުރިއަށް ދިޔައީ ޢާއިލީ ފޮޓޯ ޝޫޓެކެވެ. އެކަން ނިންމައިފައި ކައިގެން ފުރަތަމަ ގެއަށް ދިޔައީ އަހަރެންނާއި ޝެހެނާޒެވެ. ޒަމާން ގަނޑަކަށް ފަހު ގޭގައި ހުރި ލިފްޓަށް ޝެހެނާޒާއި އެކު އެރީ އެ ބޮޑު ހެދުމާއި އެކު ސިޑިން އަރަން ބޭނުން ނުވުމުންނެވެ. ލިފްޓު ފުރަތަމަ ފުލޯއަށް ހުއްޓުމުން ޝެހެނާޒަށް ހިނިތުންވުމެއް ހަދިޔާ ކޮށްލައިފައި މިސްރާބު ޖެހީ އެ ފްލޯގެ މާސްޓާ ބެޑްރޫމަށެވެ.
ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިފައި އަހަރެން ފުން ނޭވާއެއް ލީމެވެ. އެ ސިކުންތުގައި އެތަން ތައްޔާރުކޮށްފައި ހުރި ގޮތް ފެނި ދެލޯ ބޮޑުކޮށްލެވުނެވެ. ކިންގް ސައިޒްގެ ބޮޑު އެނދުގައި ފޮތީގެ ހުދުކުލައިގެ ދެ ސްވާން އެއް އޮތެވެ. ގަދަ އަޅިކުލައިގެ ބެޑިންގެ މަތީގައި ހުދު ފިނިފެންމަލުގެ ފިޔަތައް އަޅާލެވިފައި ހުއްޓެވެ. ތިރީގައި ވަށައިގެން ހުރި ފޭކް އުއްބައްތީގެ އަލި ނޫން އެހެން އަލިކަމެއް އެތަނަކު ނުވެއެވެ. އަހަރެން ދެން ގޮސް ވަނީ ވޯޑްރޯބުގެ ތެރެއަށެވެ. ވަދެފައި ލައިގެން ހުރި ކައިވެނީގެ ހެދުން ބަލާ ކޮނޑެއްގައި އަޅުވާލީމެވެ. ޝޯލް ބާލާ ގަހަނާތައް ވެސް ނަގާ ރައްކާކުރުމަށް ފަހު ދެން ފާޚާނާއަށް ވަނީ ފެންވަރާލާށެވެ.
ފިނިފެނުން ފެންވަރާލައިގެން އޭސިކުރެވިފައި ހުރި ކޮޓަރިއަށް ނުކުތުމުން ހަށްޓަށް އަރާމުކަން ލިބުނެވެ. ލައިގެން ހުރި ތުނި ހެދުން މަތިން ދިގު ބޯ ޖެކެޓެއް ލީމެވެ. ފިނިވެގެންނެއް ނޫނެވެ. މިހާރު ގޭގެ އެކަކަށް ވުރެ އަހަރެން ފިންޏަށް ގަދަވާނެއެވެ. ފްރީޒް ނީޑްލްގެ އަސަރެވެ. ހަތް ވަރަކަށް ފަހަރު އަހަރެންގެ ހަށިގަނޑަށް އޭގެ ކަށި ހަރައިފި ވިއްޔާއެވެ.
ދޮރުގައި ޓަކި ޖަހާ އަޑު އިވުމުން އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ. އެތެރެއަށް ވަނީ އާހިލެވެ. އޭނާ އަވަސް ހަރަކާތްތަކާއި އެކު ދޮރު ލައްޕާލަމުން އަހަރެން ދޮރާއި ލައި ހައްޔަރު ކޮށްލިއެވެ. “ވާހް. ހާދަ އިންތިޒާރު ކުރެވިއްޖެއޭ މިގޮތަށް އަތުތެރެއަށް ލާން. އެންމެ ފަހުން ލަވްލީ އަހަރެންގެ ވައިފް އަށް ވީނުން.” އާހިލް އަހަރެންގެ މޫނުގައި އަތް ބީއްސާލަމުން ބުނެލިއެވެ. “އޭތް! ދެން ވެސް ދޭ ބަލަ ފެންވަރާލައިގެން ނުކުންނަން. އަދި އަވަހޭ. ކެތްކޮއްލާ. ދި ނައިޓް އިޒް ޔަންގް” އާހިލްގެ ހޫނު ނޭވާތައް އަހަރެން މޫނަށް އެޅުމުން އޭނާ ދުރުކޮށްލީމެވެ. އެ ސޮރު މޫނު ހަދާލައިފައި ފާޚާނާއަށް ވަނެވެ.
އާހިލް ނުކުތުމުން ދެމަފިރިން އެކުގައި ކުރަން ޖެހޭ ސުންނަތް ނަމާދު ކޮށްލީމެވެ. އާހިލް އަހަރެންގެ ބޮލުގައި އަތް ބާއްވާލައިފައި ދުޢާކޮށްލި ވަގުތު އަހަރެންނަށް ދެލޯ މަރާލެވުނެވެ. އޭނާ އަހަރެންގެ ބޮލުން އަތް ނެގުމުން މުސައްލަ އޮޅާލައިފައި އެ ގެންގޮސް ވޯޑްރޯބުގެ ތެރޭގައި ހުރި ދަމާ ވަތްގަނޑަކަށް ލީމެވެ. ދެން އަނެއްފަރާތަށް އެނބުރެލި ވަގުތު ނޭވާ އިހުސާސްވާހާ ގާތުގައި ހުރި އާހިލް ފެނި ސިހުނެވެ. އަހަރެން އޭނާގެ ތޫނު ނަޒަރުން ސަލާމަތް ވުމަށް އިސްޖަހާލީމެވެ. އެހެން ހެދުމުން އޭނާ އަހަރެންގެ ދަތްދޮޅީގައި ހިފާ އުފުއްލާލަމުން ހަތަރު ކަޅި ހަމަކޮށްލިއެވެ. ދެން އެ ލޮލަށް ގެއްލިފައި ބަލަން ހުރެވުނީއެވެ.
އާހިލް އެހެން ހުރެފައި އަހަރެންގެ މޫނާއި އިތުރަށް ގާތްވެލިއެވެ. އަހަރެން އޭނާގެ ކަނދުރާގައި ދެ އަތް އަޅުވާލީމެވެ. ދެލޯ މަރާލަމުން އެ ޢަމަލުގައި ބައިވެރިވެލީމެވެ. އޭނާ އާއި ދުރުވެލީ ނޭވާކޮޅަށް ދާވަރު ވުމުންނެވެ. އެވަގުތު އާހިލް އަހަރެން ލައިގެން ހުރި ބޯ ޖެކެޓުގައި ހިފާ ދަމައިގަތެވެ. އެތެރެއިން ލައިގެން ހުރި ތުނިތުނި ހެދުމުގެ ސަބަބުން އަހަރެންގެ ދޮން ހަށިގަނޑު ލޯ ކުރިމައްޗަށް ކަޝްފުވެގެން ދިޔައެވެ. އާހިލް ލަސްލަހުން އޭނާގެ އަތް އުފުއްލާލައިފައި އަހަރެންގެ މޭމަތީގައި އިން ލަކުނުގައި އިނގިލި ހިންގާލިއެވެ.
“އެރޭ ވަރަށް ވޭން އެޅި ދޯ!” އާހިލް ބުނެލިއެވެ. “އާނ ދެން ފަސް ފްރީޒް ނީޑްލް ޝޮޓުގެ ވަރުގަދަ އަސަރުގެ މައްޗަށް ހިތަށް ވަޅިއެއް ހަރާލީމަ ކިހާ ވޭނެއް އަޅާނެތަ؟ އަހަރެން އެ ދުވަހު ހީކޮށްގެން ހުރީ ދެވަނަ ފަހަރަށް މި ދުނިޔެއަށް ލޯ ނުހުޅެވޭނެ ކަމަށް.” އަހަރެން އޭނާގެ އަތްތިލަ މަތީގައި އަހަރެންގެ އަތް ބާއްވާލީމެވެ. “ވަރަށް ބޮޑަށް ސޮރީ. އިރާދަކުރެއްވިއްޔާ ދެން ފަހަރަކުން މީހަކު ރިފް އަށް ގޯނާ ކުރިޔަކަ ނުދޭނަން. މި ހަށިގަނޑުގައި ވިންދު ހުރިހާ ހިނދަކު މި ދެ އަތުން ޙިމާޔަތްތެރިކަން ދޭނަން. އަބަދުވެސް އެކުގައި ވާނަން. ޝަކުވާ ނުކުރާތި އޯވާޕްރޮޓެކްޓިވް އޭ ކިޔައިފަ. އަހަރެންނަށް ލަވްލީގެ ގޮތް ވަރަށް ރަނގަޅަށް އެނގޭ. ހަމަ އެހާ ވެސް ވަރުގަދައަށް ލޯބިވެވިއްޖެ.” ނިކަން ފަސޭހަ ކަމާއި އެކު އާހިލް އަހަރެންގެ ހަށިގަނޑުގައި ހިފާ އުފުއްލާލިއެވެ. އަހަރެން ހިނިގަނޑެއް ޖަހާލަމުން އޭނާގެ ކަނދުރާގައި އަތް އަޅުވާލީމެވެ.
ތިން އަހަރު ފަސް…..…
ލެޕްޓޮޕުގެ ކުރިމަތީ މޭޒު ދޮށުގައި އިށީނދެލައިގެން އިން އަހަރެންގެ ވިސްނުން ހުސްވެފައި ވަނީ ލިޔަމުން ދިޔަ ރިޕޯޓަށެވެ. އެންމެ ފުރިހަމައަށް އޭގައި ލިޔަން ޖެހޭ އެއްޗެހި ލިޔުމަށެވެ. އަހަރެން ސިހުނީ ފަހަތުން މީހަކު އަހަރެންގެ ކަނދުރާއިން ތިރީގައި ދެއަތް ވަށާލުމުންނެވެ. އެއީ ކާކުކަން އެނގުމުން އަހަރެންނަށް ހީނލެވުނެވެ. “ވަރަށް ލޯބިވޭ!” އާހިލްގެ ހިތްގައިމު އަޑަކީ ކަންފަތުގެ މިޔުޒިކް ފަދައެވެ. “އަހަރެން ވެސް ވަރަށް ލޯބިވޭ!” ރައްދުގައި އަހަރެން ބުނެލީމެވެ.
“މަންމާތް! މި ދެމީހުން އަނެއްކާވެސް މިތަނުގައި މާފޮޅުވަން ފެށީތަ؟ ބްރޯ މި އަކީ މަސައްކަތް ކުރާ ތަނެކޭ.” އެވަގުތު ރޫމަށް ވަދެގެން އައި ފާރިޝް ނުރުހުން ފާޅުކުރިއެވެ. އޭނާ އާއި އެކު އެކީހެން އަލްވާ އާއި ލީވާން އައެވެ. އަހަރެން ވަގުތުން ގޮނޑިން ތެދުވީމެވެ. އާހިލް އެމީހުންނަށް ޖެއްސުމަށް އަހަރެންގެ މޫނުގައި ހިފާލަމުން ތުންފަތަށް ބޮސްދިނެވެ. “އާތް! ކަލޯ!” ފާރިޝް އަކުރުތަކަށް ދަމާލި ގޮތުން ހީވީ މުބާރާތަކަށް އެރިހެންނެވެ. އާހިލް ދެން އަހަރެންގެ ކޮނޑަށް އަތް ވައްޓާލިއެވެ.
“ކަލޭމެން ކޮންމެ ދުވަހަކު އުޅެނީ ހަނީމޫނުގަތަ؟ މަ ހިތަށް އަރާ ރާޔާ އާއި އަޒާންމެން ދެކުދިން ފަކީރަށް ލޯތްބެއް ލިބޭނެ ބާއޭ.” ލީވާން ބުނެލިއެވެ. ރާޔާ އާއި އަޒާން އަކީ އެއްމާބަނޑު ދެ ކުދިންނެވެ. މަޖާ ކަމަކީ އަހަރެންގެ ސިފަތައް ލިބިފައި ހުރީ އަޒާން އަށް ކަމެވެ. އާހިލްގެ ސިފަތައް ލިބިފައި ވަނީ ރާޔާއަށެވެ. ހީވަނީ އަހަރެންނާއި އާހިލްގެ އޮޕޮސިޓް ޖެންޑާ ހުންނާނެ ގޮތް ހެނެވެ.
“ތި ދެމީހުން އަނގަ މަޑުންލައިގެން ތިބެބަލަ. އަލުވީ. ކޮން ކޭހެއްތަ މިފަހަރު ނެގީ؟” އާހިލް އެހިއެވެ. އޭނާ އަލްވާ އަށް މުޅިން ވެސް ގޮވާނީ ‘އަލުވި’ އޭ ކިޔައިފައެވެ. ސަބަބެއް ނޭނގެއެވެ. އަހާ އަހާ ވެސް އެ ސޮރެއް ނުބުންޏެވެ.
“ދާރުލްއާސާރުގައި ހިނގި ވައްކަމުގެ މައްސަލައެއް. ދެ އަހަރު ކުރިން ރަންރިހި މުތް ހާރު ގެއްލުނު މައްސަލަ. އަދި ނެތް ފަށާނެ ރަނގަޅު ކޮޅެއް.” އަލްވާ ބުނެލިއެވެ. “ނޫނޭ. ދާރުލްއާސާރުން ފެށިމަ ވީނުން. ދޯ މައި ލަވްލީ އެނޮއިން ކެޓް.” އަހަރެން އާހިލަށް ދޯއެއް އެއްލީމެވެ. “ހަމަ ޔަޤީނެއްނު. އޭގެ އަގު އަރާ ދޯ އެއް ބިލިޔަން ޑޮލަރަށް އަހަރެން އަޑުއެހިން މުޅި މިދުނިޔޭގައި އޮތް ހަމަ އެކަނި ރަންރިހި މުތް ހާރޭ. އެކަހަލަ މުތެއް އެހެން ހިސާބަކުން އެއްވެސް ޒަމާނެއްގައި ނުފެނެޔޭ.” އާހިލް ރައްދުގައި ބުނެލިއެވެ. “ތިއީ ތެދެއް. ގްރޭޑިއަންޓް ކަހަލަ ގޮތަކަށް ރަންކުލަ ރިހިކުލައިގެ ތެރެއަށް ފޭދިފައި ހުރި މުތްތަކަކުން ހަދައިފައިވާ ހާރެއް އެއީ.” ލީވާން އާހިލްގެ ވާހަކައަށް ބާރު ދެމުން ބުނެލިއެވެ. “އެ ވަގު ފިލާ އޮތް ތަނަކުން ނެރޭނަން. ތި ޖެހުނީ މަރްޔަމް ރިފްޤާއާ” އަޅައިގެން ހުރި ބުރުގަލުގެ މަތިން އަހަރެން ހުޑީގެ ހުޑް އަޅާލީމެވެ. އެ ވައްކަމުގެ ޙަޤީޤަތް ހޯދުމަށް ޓަކައި ވިސްނުން މަސައްކަތަށް ހުސްކޮށްލީމެވެ.
– ނިމުނީ –
އަލްޙަމްދުލިއްލާހް! އަޅުގަނޑުގެ ފުރަތަމަ ދިގު ވާހަކަ ޙަޤީޤަތް ހޯދުމޭ މި ނިމުނީ. މި ވާހަކައަށް ކިޔުންތެރިންގެ ފަރާތުން ލިބުނު ސަޕޯޓަށް ޝުކުރުދަންނަވަން. 😊😊 ވަކިން ޚާއްޞަކޮށް އަޅުގަނޑަށް އިތުރު ހިތްވަރެއް ދެއްވާ ލޮބުވެތި ކޮމެންޓަރުންނަށް ހިތުގެ ފުންމިނުން ޝުކުރުވެރިވަން. ޤަވާޢިދުން މި ވާހަކަ ގެނެސްދެވޭނީ އެޑްމިން ޓީމުގެ ވެސް މަސައްކަތާއެކު. އެހެންކަމުން އެ ފަރާތްތަކަށް ވެސް ބުނެލަން އޮތީ ޝުކުރިއްޔާ އޭ.
Will seriously miss all u guyszz 🙂🙂🙂 Hoping to receive same eagerness in future
22 Comments!
Comments are closed.







Awwn heeves nukuraa kahala gothakah mi vaahakaige misraabu dhiyaee this story is the best any way mi vaahaka vs nimuny dhw….Ahil and Rif haadha romantic ey also two kids vs libijje
Maashaa Allah You are a very talented author always wish u the best and success
I didnt comment first kolhuga ekm mi vaahaka interesting kamun hama fahun ais komment nukoh nuhurevuny
Uhmeedhu kuran adhi vs White rose ge vaahaka eh kiyaalan libeyne kamah
Always wishing you the best✨🩷️🩷️
Alheyyyy, vrh touching comment eh.
Vrh bodah shukuriyya ^-^ ✨✨✨
Faharuga dhigu vhk eh ehaa avahah nugenevidhaane 😢😢😢
Maashaa Allah nimu vx varah varah reethi….
Adhi miah vure furihama vaane kanneyge hoodh ge baeh vx himaanali nama….
Kuryge part thah vx varah varah reethi….
Vaahaka ehkoh nimunyma comment kohlan madu kohly…..
And mee site in mihaathanah kee reethi vaahakaige therein eh vaahaka ah araafa in vaahaka eiii….
Vrh dhera vey mi vaahaka nimunyma…..
White rose thihaa busy koh ulhemun vx bunaa dhuvahah stry upload koh dheythy varah ufaavey….
Thee ithubaarh hifey liyun theriyeh…
Mi kamuge hunaru huri liyuntheriyeh….
Dhivehi baskoshaaru varah muhsandhi liyun theriyeh…
Thi liyuntheriyaage aa vaahaka akh inthizaaru kuran….
TC
LYSM
Hoodh mifaharu ekahala kamakaa nuvisnee kanne 🤭🤭
Vrh ufaavejje nimmumah viyas comment kohleethee. Alhugan’du ves hithuga gaagandeh baavvaalaafa mi nimmaali, vrh miss vaane kiyuntheringe comment thah 😐😐😐
Shukran a lotty lott Vempire girl for the lovely comment ✨✨✨
Lyt darl 💕💕💕
Alheyyyyyy haadha avahey mi vaahaka nimunuleh.
Mi vaahaka V v reethi.
This is one of my favorite story
I appreciate your hard work
You’re very talented
V beynun white rose ge vaahaka eh adhives kiyaalan
Unmeedhu kuran kuriah oiy thanuga white rose ge vaahaka kiyaalan libeyne kamah.
TC
Lyssssssssm
Dhw, vaguthu dhiya goiy ves neyngey.
Vrh maafu, ithuru vhk avas rahumathehga kiyaalan nulibidhaane 😶😶😶 it’s becuz I have veryy buzy months ahead and would not be able to submit regularly or write a looong story like this.
Vrh bodah shukuriyya Naikko ge faraathun mi part aai ehen part thakah libunu comments thakah.
Hama haqeeqathuga ves vrh bodah appreciate kuran ✨✨✨
Lyt darl 💕💕💕
Alheyyy vahaka nimuny dho.mee varah Reathi vahaka eh.hope varah avahah white rose ge new story eh kiyaalan libryne kamah.
Rifoo ah vx enme reethy white rose hehe
Lot’s of love
If your in grade 10 good luck in your mock exam ❤️
Mihaaru ge gothun neiy dhigu vhk liyeveykah. Ehentha, alhugandah ves ehen kulathakah vure white reethi.
Shukran Rifoo ✨✨✨
mi part ves v reethi masha allah
curiously waiting for next story
keep it up
alhamdhullilah emmen gulhijje rifoo and aahill ah kids ves libijje
congra rifoo and aahil
finally hiyaan and naaz ves
your so talented.wish you a sucess
umeedhu kuran dhigu vaahaka eh kiyaalan libeyne
miyee v sauguveri kamakaa eku kiyaali vaahaka eh
i appreciate your hard work
v ufaavey thihaa busy koh ulhemun ves vaahaka kiyaalan libeythee
love you white
tc
Yea, it finally ended beautifully for most characters.
Sry but dhigu vhk eh midhuvaskolhu liyeveykah neiy. Ehaa ves buzy mas thakeh kuriah othy 😶😶😶
Shukran cutie girl for your unwavering support from the beginning. ✨✨✨
Ma sha Allah Tabarakallah the best story I ever read in my life seriously no caps 🤍🤍🤍 Appreciate you a lot for this amazing work. Honestly I waited for the end of this story to make a comment. Can’t wait for the next story.
And also I wonder if there would be a part 2 of this story where we get to know about Rif’s daughter/son’s life in this field.
You’re my favourite author 🌸🌸🌸
Sending a lot of Love 🤍🤍🤍
Hehe, part 2 eh nufenives hingaidhaane.
Dhigu vhk dhen ehaa avahakah kiyaalaakah nulibeyne. I mean it for months. 😶😶😶
Shukran Berrycake, vrh hiyhamajehijje fahu bayah namaves comment kohlema ✨✨✨
Alhey nimuny,
vrh reethi story.
Waiting for a new story of white rose.
Yea, it’s finally done.
Mihaaru dhen kiyaalan levunas leveynii kuru vhk eh
Shukran Panda ✨✨✨
This story is literally the best 👌 👍 😍 🥰
Aahil n rif gulhu veema I’m so happy for them
Congratulations for finishing your first long story 🎊 👏 💐 🥳
I loved it a lot
You are my favourite author
I hope I’ll be able to read more stories of yours 🥰
You are a creative author ✨️
I appreciate your hard work
Your stories are very intresting, entertaining, and engaging. it feels like I’m seen this story infront of my eyes, like a movie😍
Lyssssssssssssm💗💗💗
Tc
Keep it up WHITE ROSE ❤️❤️❤️❤️❤️
IA ba eh kuru vhk thakeh kiyaalan libidhaane. I have one horror story written as you requested. Vrh avahah submit kohlaanan IA.
Hehe, movie eh aslah ves hedheyne nama fahkka vaane.
Shukran Your fav babe, for your kind and supporting comments my dear friend. Those words can cheer me up more than anything. ✨✨✨
Lyt darl 💕💕💕
Very nice mashaa alllah. Is there a season 2?
Maybe or maybe not, I didn’t plan for a season 2
Shukran Anonymous ✨✨✨
Masha Allah mi story vrh ves reethi and furihama 😍
This was my the most beautiful story I have ever read in my entire life.💞
I rarely love and appreciate your hardwork.
You are my favourite author and will always be 😊
I really love it every single part❤️
Sad that this story finally has come to an end😭
I really hope to see more long stories in the future. Will always wait for an story by you
Lysmmmmm whiterose ❤️❤️
Vrh ves heart touching comment eh. Shukran No one 007 ✨✨✨
Lytt darl 💕💕
Wowwww….
Nimunee dhw eh
Hama vara vara reethi mi vaahaka….
This is literally my fav story
And ur my fav author and u will always be
This story is very different from other stories I’ve read…
I can’t wait to read other stories u post on the future…..
I hope it will be amazing like this one
Ur really a creative story writer
Hope to see ur stories very soon
Love from lara❤️❤️❤️
Varah bodah shukuriyya Lara ✨✨✨
Thi hiyvarun dhuvas ujaalaa vejje.
Lyt darl 💕💕💕