ވައުދޭ ވެވޭ މީ… 34
މި ވާހަކަ އަކީ އަޅުގަނޑު މިދިޔަ އަހަރު ލިޔަމުން އައި ވާހަކައެއް ނަމަވެސް ދުވަސްކޮޅަކަށް މެދުކެނޑިފައި އަނެއްކާވެސް އަލުން ލިޔަން މި ފަށަނީ ވަރަށް ގިނަ ކިޔުންތެރިންގެ އެދުން ތަކާއި އެކު ވަރަށް ގިނަ ބައެއްގެ ސަޕޯރޓް މިކަމުގަ ލިބިގެން.. މި ވާހަކައިގެ ކުރީ އެޕިސޯޑް އަށް ކުދި ކުދި ބަދަލުތަކެއް ގެނެސްފައި މި ބައި ލިޔެފައި ވާނީ.. އެހެންވުމުން ތަފާތެއް އުޅެދާނެ ވާހަކަ ބުނެލަން..
******
~ ތިރީސް ހަތަރުވަނަ ބައި ~
” ޔޫ ޓޯލްޑް ހިމް ވަޓް؟؟” އިވާ ބަހެއް ބުނެ ނުލާ އޭނާގެ މޫނަށް ބަލަން ހުރުމުން އަޔާނީ ތަންކޮޅެއް ބާރަށް ސުވާލު ކޮށްލިއެވެ. އެއާއި އެކު ދެތިން ފަހަރު އެސްފިޔަ ޖަހާލާފައި އިވާ އިސްޖަހާލި އެވެ. ސިކުނޑީގައި އެތަކެއް ސުވާލެއް ދައުރު ވަމުން ދިޔައެވެ. އަޔާނީ ގާތު އެރޭ އޭނާ އާއި އަޔާޝް އާއި ދެމީހުން ދެމެދު ވީ ކަންތަށް ކިޔައިދޭންވީ ބާވައޭ އޭޏާގެ ހިތަށް އަރަމުން ދިޔައެވެ. ކިޔަ ދިނުމުން ފަހަރެއްގައި ވެސް ހިތަށް ލުޔެއް ލިބިދާނެ ކަމަށެވެ. އެހެން ކަމުން ފުން ނޭވާ އެއް ލާފައި އަޔާނީ އާއި ދިމާލަށް އިސް އުފުލާ ބަލާލި އެވެ.
” ޔޫ ނޯވ އަބައުޓް މީ އެންޑް ޝާމިން.. ރައިޓް؟… ވަޓް ވީ ހޭޑް އިން ދަ ޕާސްޓް، އައި މީން ވަޓް ހެޕެންޑް ބިޓްވީން އަސް…؟” ކަރުނަތަށް ހިފަހަށްޓަން މަސައްކަތް ކުރަމުން އިވާ އަޔާނީ އަށް ކަން ހިނގައި ދިޔަ ގޮތް ކިޔައިދޭން މަސައްކަތް ކުރި އެވެ.
____
އިވާ އާއި އަޔާޝްގެ ލޯބީގެ ގުޅުން ފެށުމުގެ ކުރިން އިވާ އާއި ޝާމިން އަކީ ވަރަށް ގާތް ބައެކެވެ. އަޔާޝް އާއި އިޔާޝް އަކީ ރަށުން ބޭރު ކުދިން ތަކަކަށް ވުމުން އެ ދެކުދިންގެ ކުދިއިރުގެ ދުވަސްތަށް ހޭދަކުރެވިފައި ވީ އެހެން ރަށެއްގައެވެ. އަޔާނީ، މަލަކާ، ޒިވާ އަށް ފަހު، އިވާ އާއި ދެން އެންމެ ގާތް ގުޅުމެއް އޮންނާނީ ޝާމިން އެވެ. ގުރޭޑް ދެ އަކުން ފެށިގެން ވެސް އެ ދެކުދިންނަކީ ‘ބެސްޓް-ފްރެންޑްސް’ އެވެ.
ފުރާވަރަށް އެޅުމަށް ފަހު އެކުވެރިކަމުގެ ނަޒަރަށް ވުރެން އެހެން ގޮތަކަށް ޝާމިން އަށް އިވާ އާއި މެދު ދެކެވެން ފެށިއެވެ. ގާތް ރަހުމަތްތެރިންގެ ގާތު އެ ވާހަކަ ބުނެވެމުން އެންމެން ވެސް އެއްބަސް ވީ ޝާމިން އަށް އިވާ ދެކެ ލޯބި ވެވުނީ ކަމަށެވެ. ނަމަވެސް އިވާ އެފަދަ ނަޒަރަކުން ޝާމިން އާއި މެދު ނުދެކޭނެތީ އެކަން ހާމަ ކުރަން ޝާމިން އަކަށް ނުކެރުނެވެ. އެއީ އެކަން ހާމަ ކުރުމަށް ފަހު އީވާ އެކަމާއި ނުރުހި އެދެމީހުންގެ އެކުވެރިކަން ގެއްލިދާނެތީ އެވެ.
ގުރޭޑް ހަޔަކަށް ގުރެޖުއޭޓް ވި ފަހުން އަޔާޝް އާއި އިޔާޝް ރަށަށް ބަދަލު ވިއެވެ. ދާދި ކުޑަ ދުވަސްކޮޅެއްގެތެރޭގައި އިވާގެ ހުރިހާ ސަމާލުކަމެއްހެން އެ ދެމީހުންނަށާއި ގާތް އެހެން ރައްޓެހިންނަށް ދިޔައެވެ. އީވާ އަށް ނޭގުނެއް ކަމަކު އޭނާ އަށް ޝާމިން ދުރުކޮށްލެވުނެވެ. އަޔާޝް އަކީ އެހެންކުދިންނަށް ވުރެން އުމުރުން ދޮށި ކުއްޖެކެވެ. އިއަން އާއި އެއް އުމުރެކެވެ. އޭރު އަޔާޝް، އުޅެމުން އައީ ގުރޭޑް އަށެއްގައެވެ. ތަފާތު އުމުރެއް ނަމަވެސް އެކަކު އަނެކަކާއި ރަހުމަތްތެރިކަން އުފެދުނީ ކޮންމެ މީހެއްގެ ވެސް ކުޑަޔަށް ނުވަތަށް ބޮޑަށް ތިބޭ މީހުންގެ ސަބަބުންނެވެ. ނުވަތަ އެންމެ ގާތް އެކުވެރިޔާގެ ސަބަބުންނެވެ.
އީވާ އާއި އަޔާޝްގެ ލޯބިގެ ގުޅުން ފެށުނީ އީވާގެ ހަތެއްގެ އަހަރުގެ މެދުތެރެއިންނެވެ. އޭރުއްސުރެން އެދެމީހުން އުޅުނީ ރައްތެހިވެގެންނެވެ. އީވާ އަކީ ރީތިކަން ހުސްކޮށްގެން ހުރި ކުއްޖެކޭ ބުނެލިޔަސް ދޮގަކަށް ނުވާނެއެވެ. އެތަކެއް ފިރިހެންކުދިންނެއް އީވާ އަށް ހިތް ކިޔައިފައި ވީ އިރު އީވާގެ ހިތް އެއިން ކުއްޖަކަށް ލެނބޭ ގޮތެއް ނުވިއެވެ. އެފަދައިން އަޔާޝް އަށް ވެސް އިވާ އަށް އެހިތުގައި އިހުސާސެއް އުފެއްދިއްޖެ ކަން ޔަގީން ވިއެވެ.
ދެމީހުން ރައްޓެހި ވި އިރު އީވާ އަށް އެއީ ކުޑަ ދުވަސްކޮޅެއްގެ ގުޅުމަކަށް ވިއެވެ. އެހާ ސީރިއަސް ކަމަކަށް އެ ގުޅުން ނުވިއެވެ. އަދި އެހާ ވަރަކަށް އަޔާޝް އާއި ވެގަނެގެންނެއްވެސް އޭނާ ނޫޅެއެވެ. ނަމަވެސް ޝާމިން އަށް އީވާ އަޔާޝް އާއި ރައްޓެހި ވި ކަން އެނގުމުން އެ ހިތުގައި ހަސަދައިގެ ހުޅުގަނޑެއް ރޯވިއެވެ. އީވާގެ ކުރިމަތީ ޝާމިން އޭނާގެ ހިތުގައި ވި އިހުސާސްތަށް ބަންޑުންކޮށްލިއެވެ. އެ ދުވަސް ވީ ދެމީހުންނަށް ވެސް އައު ކަމެއް ތަޖުރިބާ ކުރެވުނު ދުވަހަކަށެވެ. އެދުވަހު ދެމީހުންގެވެސް “ފަސްޓް ކިސް” ކުރެވިގެން ދިޔައެވެ. އީވާ އަޔާޝް އާއި ރައްތެހި ވެގެން އުޅުނެއް ކަމަކު ސީރިއަސް ނޫން ކަމުގައި ބުނުމުން ޝާމިން އޭނާ އަށް އަދި އީވާ ލިބިދާނެ ކަމުގެ އުންމީދު އާލާ ވިއެވެ. ނަމަވެސް ތިން މަސް ފާއިތުވެ ދިޔަ ފަހުން އިވާ ބުނެލި ބަހުން ޝާމިން ގެ ހިތް ފުނޑު ފުނޑު ވިއެވެ. ދުވަހަކު އެ ހިތުގައި ނުރިހޭ ވަރަށް ރިއްސާލިއެވެ. އީވާ އާއި އަޔާޝް ސީރިއަސް ރިލޭޝަންޝިޕް އަކަށް އެ ގުޅުން ބަދަލު ކުރި ވާހަކަ އާއި ޝާމިން އާއި އީވާ އާއި ދެމެދު އެއްވެސް ގުޅުމެއް ނުވާ ކަމަށް އީވަ ބުނެލުމުން ޝާމިން ހަތަރު އުދަރެސް ފެނު ޖެހުނު ފަދަ އެވެ. އެ ދެމެދުގައި ހިންގުނު ހުރިހާ ގުޅުމަކަށް ފަހު ވެސް އީވާ އެގޮތަށް އޭނާ އާއި ދުރުވުމުން ޝާމިން އަކަށް އެކަން ބަލައެއް ނުގަނެވުނެވެ. އޭނާގެ ލޯބި އަތުން ބީވެގެން ދާތަން ބަލަން ހުންނަން ޝާމިން އަށް ނުކުޅެދުނެވެ. މަޑު މަޑުން އެ ހިތުގައި ރޯވެ އަނދަމުން ދިޔަ އަލިފާނުގެ ސަބަބުން ބަދަލު ހިފުމުގެ ރޫހު އާލާ ވިއެވެ.
____
“ޔާނީ އަހަރެން ދެން ކީތް ކުރަން ވީ.. ހަމަ ގައިމުވެސް ޔާޝް އެހެރީ އަހަރެން ދެކެ ރުޅި އައިއްސަ.. އެކަން އަހަންނަށް ޔަގީން.. އެކަމަކު އަހަރެން މި ހަގީގަތް ހާމަ ކުރުމަކުން ހިޔެއް ނުކުރަން އޭނާ އަހަރެން އެހާ އަވަހަހަށް ދުރުކޮށްލަ ފާނެ އެކޭ… ޔާނީ…. އަހަންނަށް އަޔާޝް ގެއްލެނީތަ؟؟.. ފާއިތުވި އަށް އަހަރު ދުވަހުގެ ގުޅުން އޭނާ އަށް އެއްވެސް އެއްޗަކަށް ނުވަނީތަ…؟؟؟ އަހަންނަކަށް ޔާޝް އަކާ ނުލައި ނޫޅެވޭނެ.. އެޔަށް ވުރެން ބޮޑަށް މިހާރު ލޯބިވޭ… ވަކިވާން ބޭނުން ނުވިޔަސް އަހަރުން ދެމީހުން މިހާރު މިވަނީ ވަކި ވެފަ…” އަޔާނީ އަށް ހުރިހާ ކަމެއް ކިޔައި ދިނުމަށް ފަހު އީވާ އަށް އަނެއްކަ ވެސް ރޮއެގަނެވުނެވެ. އޭނާ އަށް ކުރެވުނު ކަމެއް އެހާ ގިނަ ދުވަސް ވަންދެން ސިއްރު ކޮށްގެން އުޅުމަށް ފަހު ބުނުމުން އެދެމީހުންގެ ގުޅުމަށް މިހާވަރުގެ ހީނަރުކަމެއް އައިސްދާނެ އޭ ހީވެސް ނުކުރެވެއެވެ.
“އަދި- އަދި އިނގޭތަ.. އޭނާ އަހަންނާ ދިމާލަށް ބުނީ، ތިމަންނަ ފަކުރު ގަނެއްޖެޔޯ މަ ދެކެ.. ތިމަންނަ އަށް ކޮން ޔަގިން ކަމެއް ހެއްޔޯ އޮތީ އަހަރެން އަދިވެސް އޭނަ އަށް ޗީޓް ނުކުރާ ކަމުގެ… އަހަރެން އެ ވާހަކަ ނުބުނެ ސިއްރު ކުރީމަ އޭގެ ފައިދާ ޝާމިން ނެގީ.. އެ ވާހަކަ އަޔާޝް ކައިރި ބުނާނެ ކަމަށް ބުނެ އަހަރެންނަށް ބިރު ދެއްކީ.. އެކަމަކު ޔާނީ އަހަރެން ﷲ ގަންދި ހުވާ ކޮށްފަ މިބުނީ އަހަންނަށް ޔާޝް ދެކެ ލޯބި ވެވުނު ފަހުން އަހަރެން ޝާމިން އަ ގުޅުން ކަނޑާލީ.. ޝާމިން އަހަންނަށް ބިރުދެއްކުންވެސް އެދުވަސކޮޅު ހުއްޓާލި އަހަންނަކަށް ނޭގެ ކީތް ވެގެން ކަމެއް… އެކަމަކު، އޭގެ ފަހުން އަޔާޝް ނޫން އެހެން މީހަކާ އަހަރެން ނޯންނާނެ އެފަދަ ގުޅުމެއް ބާއްވާފަ އެއް.. އަހަރެން ލޯބި ވީ މީހަކީ ވެސް އަދީ ލޯބި ވާނެ މީހަކީ ވެސް އެއީ… ޔާނީ އަހަރެން ގޮތް ހުސް ވެއްޖެ… ދޮންބެ އާ ޖެހިގެން މިވާހަކަ އިނގޭނެ ދެވަނަ މީހަކީ ތީ… އަހަރެން ކީތް ކުރަންވީ… ނައިރާ އާ ޔާޝް އެހެން އުޅޭތަން ބަލަން ހުންނަން ވީ ތަ…؟؟” އީވާ އަށް އަޔާނީ ކުރިމަތީގައި އަނެއްކާވެސް ރޮއެގަނެ ވުނެވެ. އޭނާ ގޮތް ހުސްވެއްޖެ އެވެ. މަގު ގެއްލިފައި ވީ މުސާފިރެއް ފަދައިންނެވެ.
“އިވް ވިސްނާލަބަ، އަހަރެން މިހެން މި ބުނަނީ އިވް ގޯސް ކުރާކަށް ނޫން.. އޭރުވެސް އިވް އެގޮތަށް އިޔާޝް އާ އެއްކޮށް އުޅެމުން ޝާމިން އާ ގުޅުން ބޭއްވީމަ އަހަރެން ބުނިން ދޯ ދިސް ވިލް ނޮޓް އެންޑް އޮން ގުޑް ޓާމްސް އޭ… އެކަމް އެދުވަހު އިވް ބުނީ އެކަކަށް އެނގުމުގެ ކުރިން އެކަންތަށް ނިންމާލާނަމޭ.. އެކަން އެހެން ދިޔަ.. ބަޓް ލުކް ހައު ތިންގްސް އާރ ރައިޓް ނައު… ޔާޝް އާ ދެމީހުން ހިތާމައިގަ އަރަގު ވަނީ ތި… އަހަންނަށް އިނގޭ ޔާޝް އެހެން އެ އުޅެނީ އިވް އަށް އެ ހިތުގައި އޮތް ލޯބި ފުހެލެވޭތޯ ކަން އެކަމް އެއީ އެނަ އަށް ކުރެވޭނެ ކަމެއް ނޫނޭ.. ނައިރާ އާ ކޮންމެ ގުޅުމެއް ބޭއްވިޔަސް އެ ހިތުގަ އަބަދުވެސް ވާނެ އިވް ގެ ނަން… އަހަރެން އެދެނީ އިވް ކޮންމެ ގޮތަކުން ވެސް އިވްގެ ޔާޝް އަނބުރާ ހޯދުން..”
އަޔާނީ އެގެއިން ނުކުމެގެން ދިޔައީ އިރުއޮއްސުނު ފަހުންނެވެ. އޭރު އިވާ ވެސް ފުދޭ ވަރަކަށް ބޮޑަށް ހަމަ ޖެހިއްޖެ އެވެ. ރުއިން ގަނޑު މައިތިރި ވެފައި ވިޔަސް މޫނުމަތިން ހިނިތުންވުމެއްގެ އެއްވެސް އަސަރެއް ނުފެނެ އެވެ. ހިނިތުންވެލާނެ ހިތްވަރު ވެސް އެ ހަށީގައި ނެތީ އެވެ. އެހާވަރަށް އެ ހިތް ވަނީ ކުދިކުދި ވެފައެވެ. އަޔާނި އެގެއިން ނުކުމެގެން ދިޔައީ އީވާ ލައްވާ އިތުރަށް ނުރޮއުމަށް ވައުދު ކުރުވާފައެވެ. އަދި އެއްޗެއް ކައިގެން ހުރުމަށެވެ. ދެކޮޅު ހަދާފަވެސް އީވާ އަށް ހަތިޔާރު ބަހައްޓަން ޖެހުނީ އަޔާނީ ގޮތް ދޫނުކުރާނެކަން އެނގުނީމައެވެ.
އެކި މީހުންނަށް އެކި ކުލަވަރުތަށް ދައްކަމުން ދުނިޔޭގެ ފޮތުން ގަނދަކަށް ފަހު ގަނދެއް އުކެމުންދިޔައެވެ. ދުވަސްތަށް މާޒީވެގެން ދަނީ އެއްބައެއްގެ ހަޔާތަށް އުފާވެރިކަން އަދި އަނެއް ބަޔަކަށް ހިތްދަތިކަން ގެނުވަމުންނެވެ. އެއީ ދުނިޔޭގެ ގާނޫނެވެ. އެކަން ބަދަލުކޮށްލެވޭނެ ވަރުގެ އިންސާނަކު މި ދުނިޔެ މައްޗަކު ނުވެއެވެ. ދުނިޔެ އަޚިވެސް ހާދަ އަޖައިބު ކުރަނިވި އެއްޗެކެވެ. ހިޔާލެއް ފިކުރެއް ނެތި އިންސާނާ އުޅެމުން ދާއިރު ހީ ނުކުރާ ވަރުގެ އަނދަވަޅަކަށް ވެސް އެބަ ވައްޓާލައެވެ. އެއަށްފަހު އިންސާނާ އުޅެން ޖެހެނީ އެ އަނދަވަޅުން އަރައިގަންނާނެ ގޮތެއް ނޭނގިގެންނެވެ. ނުވަތަ އެ އަނދަވަޅުން އަރައިގަންނަން މަސައްކަތް ކޮށް ގޮތެއް ހޯދުމުގަ އެވެ. މިފަދަ މީހުން ދުނިޔޭގައި ދިރިއުޅެން ޖެހޭތީ ދިރިއުޅުނަސް އެތެރެއިން ވަނީ މަރުވެފައިވާ މައްޔިތެއްގެ އުސޫލެވެ. ދުނިޔޭގެ އެންމެންނާ ކުރިމަތިލައިގެން އުޅުނަސް އެކަނިވެރި ކަމަކީ އެމީހުންގެ އެންމެ ގާތް އެކުވެރިންނަށް ވެދެއެވެ. އެއްވެސް އަސަރެއް މޫނުމަތިން ދައްކާ ނޫޅުނަސް އެކަނިވެރި އަނދިރި ދުނިޔޭގައި އެމީހުން އެތަށް ކަރުނައެއް އޮހޮރުވައެވެ. އެކަމަކު ދުނިޔޭގައި އުޅޭ އެހެން މީހުންނަށް އެފަދަ މީހުން ދައްކަނީ އެއްވެސް އަސަރެއް ނެތް މޫނު ތަކެކެވެ.
މީގެ ތެރެއިން އެކަކަށް ޒިވާ ވާނެކަން ޔަގީނެވެ. ވިޝާމް އާއި ރުޅި ވީ ފަހުން އޭނާ ގެއިން ބޭރަށް ނިކުންނަލެއް މަދު ވެއްޖެ އެވެ. ހީ ސަކަރާތް ޖަހާ ހެދި ދުވަސްތައް މާޒީ އަށް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މިޒާޖު ބަދަލުވެފައި ވީ ޒިވާ އާއި މެދު އޭނާގެ މައިންބަފައިންގެ އިތުރުން ޒިހާން އާއި ޒައިހާ ވަނީ ކަންބޮޑު ވެފައެވެ. ކުރީގެ ޒިވާ އަނބުރާ އަލުން ގެނެވޭތޯ އެންމެންވެސް މަސައްކަތް ކުރަން ބޭނުން ވިއެވެ.
ކޮންމެދުވަހަކުވެސް އާދަކޮށް ޒިވާމެންގެ ގޭ ގޮރުމަތީ މުގޯލި އަޅަން ދިޔުން މިހާރު އާދައަކަށް ނާއިފް އަށް ވެއްޖެ އެވެ. ބޭނުމަކީ އެންމެ ފަހަރަކުވެސް ޒިވާގެ މޫނު ފެނިލުމެވެ. މިއަދަކީވެސް އެގޮތަށް އެގޭގެ ދޮރުމަތީ ނާއިފް ހުރި ދުވަހެކެވެ. ދެބުރިއަށް ނަގާފައިވީ އެ ގޭގެ މަތީބައިގައި ހުރި ޒިވާގެ ކޮޓަރި އާއި ދިމާލަށް ބަލަހައްޓައިގެން ހުރި މީހާ ސިހިގެން ދިޔައީ ގޭގެ ދޮރާށި ދޮރު ހުޅުވާފަ ނުކުތް މީހެއްގެ ސަބަބުންނެވެ. މުޅި މީހާ ފިނިވެ، މޫނުމަތިން އޮށް ދާ ހިއްލައިގެން ދިޔައެވެ. ސައިކަލުގައި ލެނގިލައިގެން ހުރެފައި ހަށިގަނދު ސީދާކޮށްލެވުނީވެސް ބޭ އިޚްތިޔާރުންނެވެ. އިސްތަށިގަނޑުގައި އަތް ހިނގާލަމުން ރަކި ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވައިގެން ނާއިފް އަށް ގެއިން ނުކުތް މީހާ އާއި ދިމާލަށް ބަލާލެވުނެވެ.
~ނުނިމޭ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




Mi part ves v reethi masha Allah
Curiously waiting for next part
You’re my fav writer
alheyyyy i felt so proud dhenmegaaaa 🥴🥴
happy that you liked this episode too..
insha allah next week or mi week thereyga upload kohladheynan
Hey beastess
It’s beautiful
Hope you will complete the story
Curiously waiting for the next part
Hi Nath.. thank you for the comment dear 😊
Insha Allah miburu dhen complete kuran kamah 🤗
Upload kohaanan insha Allah mihen ulhelaafa.. hopefully soon <3
Hope you will complete the storyy…
vaahk up kuraane dhuvasthah angaala dhinun vrh edhenn..
baraabarah vaahk up kuraane kamah ummeedhukuran…
in reply to tomboy..
yes insha allah… it is my target this time to complete the story..
but idk vhk upload kuramun dhaanee kon kon dhuvas thakehgai kameh because i have already written two episodes ithurah.. 35th vana bai vaanee submit kurevifa idk when it will upload.. lates might occure cx im still a student yet it is my passion to write stories… ill submit the other episodes by weeks after proofreading and editing… which might take some extra time..
insha allah vaahaka ehkoh kiyaalan libeyne..