ޙަޤީޤަތް ހޯދުމޭ 49
“ހެހެހެ… މީގެ ދެ ގަޑިއިރަށް ފަހު ކަލޭ މަރުވާނެ. އެހެން ވިޔަސް މަށަކީ އެވަރުގެ ރިސްކެއް ނަގާނެ މީހެއް ނޫން. އަހަރެން ބޭނުމީ މި ވަގުތުން ވަގުތަށް ކަލޭގެ ފުރާނަ ދަމައިގަންނަން.” ޒާލިމްގެ އަޑު އަހަރެންނަށް އިވުނީ ވެސް އެކޯ ވެގެންނެވެ. އޭނާ ފެންނަނީ ވެސް ފުސްގަނޑެއްގެ ތެރެއިންނެވެ. އެއްވެފައިވާ މަންޒަރުން އަހަރެންނަށް ދެން ފެނުނީ ޒާލިމް އޭނާގެ އަތަށް ވަޅިއެއް ހެޔޮވަރު ކޮށްލިއެވެ. އެ ވަޅި ހަރާލީ އަހަރެންގެ މޭ މަތިން ހިތާއި ދިމާލަށް ކަން ވެސް އެނގުނެވެ. މި ދެން އަހަރެންގެ މަރު އައިސް ޖެހުނީއެވެ. މިހާރު ފަރުވާ ދީގެން ވެސް އަހަރެން ސަލާމަތެއް ނުވާނެއެވެ.
އާހިލްގެ ނަޒަރުން
އާދައިގެ މަތިން މިއަދު ވެސް އަހަރެން ފަތިސް ނަމާދަށް ދިޔައީ ކައިރީގައި ހުރި ފުރުޤާން މިސްކިތަށެވެ. ނަމާދަށް ފަހު ހެނދުނުގެ ޒިކުރުތައް ކޮށްލައިގެން އަހަރެން އަނބުރާ ގެއަށް ދިޔައީމެވެ. ނޫނެކެވެ. ދިޔައީ އަހަރެންގެ އެޕާޓްމަންޓަށެވެ. ދޮރު ހުޅުވައިފައި ވަނުމާއި އެކު އެންމެ ފުރަތަމަ ވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އެ ލޮކު ސޯފާއެވެ. އެ ފެނުމުން ހަނދާން ވަނީ ރިފްޤާ މަތިންނެވެ. އެއީ އަހަރެންނަށް އެންމެ ފުރަތަމަ ލޯބިވެވުނު އަންހެން ކުއްޖާއެވެ.
ފުރަތަމަ އަހަރެންނަށް އެ ކުއްޖާ ދެކެ ލޯބިވެވުނީ ނޭނގުމެއްގެ ތެރެއިންނެވެ. ލޯތްބަކީ ވާ އެއްޗެއް ނޫން ކަމާއި އެއީ ވެވޭ އެއްޗެއް ކަން އަންގައިދިނީ އެ ކުއްޖާއެވެ. އަހަރެންގެ ނުކިޔަމަންތެރި ހިތް ހުޅުވާލާ އެ ހިތުން މަޤާމެއް ހޯދާލައިފިއެވެ. އަހަރެންނަށް ވުރެ އުމުރުން ދެ އަހަރު ހަގުވީ ނަމަވެސް ހީވަނީ ދުވަސްވީ މުސްކުޅިއެއްގެ ތަޖުރިބާ ހުރި ސިކުނޑިއެއް ހެނެވެ. އެ ކުއްޖާއަށް އާދަޔާ ޚިލާފު ރީތިކަމެއް ލިބިފައި ވިއެއް ކަމަކު އަހަރެން އަޅައިގަތީ އެ ސިފަތަކަކު ނޫނެވެ. އޭނާގެ އުޅުމާއި ވިސްނުމާއި ފިކުރު ހުންނަ ގޮތް ވެސް އަހަރެންނަށް ކަމުދެއެވެ. ދެން އެ ކަނޑު ނޫކުލައިގެ ކަޅިއަކީ ދުނިޔޭގެ ހަތް އަޖައިބަށް ވުރެ ފުރިހަމަ ރީތި ކަމެކެވެ.
ކޮޓަރިއަށް ވަދެ ޓީޝާޓަކާއި ޓްރެކްޝޫޓެއް ލައިގެން އަހަރެން ނުކުތީ ދުވަން ދާށެވެ. ލިފްޓުން ތިރިއަށް ފައިބައިފައި އިމާރާތުން ނުކުމެގެން އަހަރެން ދުވަން ފެށީމެވެ. އޭރު އަދި ރަނގަޅަކަށް އިރެއް ނާރައެވެ. ފަޒާގައި ވީ ތެތްފިނިކަމުން އަހަރެންގެ ހަށްޓަށް ލިބެމުން ދިޔަ އަރާމު ބަޔާންކޮށްދޭން ވެސް ދައްޗެވެ. މަދުމަދުން މީހުން ނުކުމެ އުޅުމުން ބައިބޯ ކަމެއް ނެތެވެ. ހާދަހާ ބޮލަށް ފަސޭހައެވެ. ވިސްނުމެއް ފިކުރެއް ނެތި ދުވަހުގެ ހިތްފަސޭހަކަން ލިބިގަންނަމުން އަހަރެން ކުރިއަށް ދިޔައީމެވެ.
އަސްރަފީވިލާގެއާއި ހަމައަށް ދެވުމުން އަހަރެންނަށް ދުވުން ހުއްޓާ ލެވުނެވެ. ފުރަތަމަ ފުލޯގެ ބެލްކަނީގެ އުނދޯލީގައި އިށީނދެލައިގެން އެ އިނީ އަހަރެންގެ ހިތުގެ ވިންދެވެ. ވަޔަށް ވިހުރެން ދޫކޮށްލެވިފައިވާ މުށިކުލައިގެ އިސްތަށިގަނޑުން އެ ދޮން މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ދިގު އެސްފިޔަ ތަކެއްގެ ހިމާޔަތުގައިވާ ކަނޑު ނޫކުލައިގެ ކަޅި ބަލައިލާން ދާން ވެސް ހިތަށް އެރިއެވެ. ދެން އެ ރީތި ހިނިތުންވުން ފެނިފައި މޮޔަ ނުވާނީ ފަހެ ކާކު ހެއްޔެވެ؟ އެ މޫނު މަތީގައި މޭކަޕަކާއި ނުލައި އަބަދު ފެންނަން ހުންނަ ސާދާ ކަމާއި ޤުދުރަތީ ރީތިކަމަށް ފިދާ ނުވާނީ ކޮން ފިރިހެނެއް ހެއްޔެވެ؟
އަލުން ދުއްވައިގަންނަން ހިތަށް އަރުވާލީ ވެސް ރިފްޤާ އޭނާގެ ކޮޓަރިއަށް ވަނުމުންނެވެ. ކަންފަތަށް ޖަހައިފައިވާ ހެޑުސެޓުން އިވެމުން ދިޔަ މަދަޙައަށް ވިސްނުން ހުސްކޮށްލީމެވެ. އެއިން އިވެމުން ދިޔައީ ‘ﷲ ކުޅަދުންވަންތަ އޭ’ ގެ ނަމުގައި ޢަލީ ފަހީމް ކިޔައިފައިވާ މަދަޙައެކެވެ. އޭނާގެ މަދަޙަތައް އަހަރެންނަށް ވަކިން ރީއްޗެވެ. އެންމެ ރީތީ އޭނާ ނެރޭ ޢަރަބި މަދަހައިގެ އަލްބަމްތަކެވެ.
ދުވެ ނިންމައިފައި އަނބުރާ އެޕާޓްމަންޓަށް ދެވުނު އިރު އަށެއް ޖަހައިފިއެވެ. ލައިގެން ހުރި އެއްޗެހި ބާލާ ދާވަށިގަނޑަށް ލުމަށް ފަހު ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނުކުތީމެވެ. ފުރިފައި ހުރި ދާވަށިގަނޑުގައި ހުރި އެއްޗެހި ދޮންނަ މެޝިނަށް ލުމަށް ފަހު ބަދިގެއަށް ވަދެލީ ހެނދުނުގެ ސަޔަށް އެއްޗެއް ހަދާށެވެ. ފިރިހެނެއްކަމަކު އެކަނި ދިރިއުޅެންޏާ ގޭތެރޭގެ މަސައްކަތްތައް ކުރަން ޖެހޭނެތާއެވެ.
އައިސް އަލަމާރިން ކަށިނެތް ކުކުޅު ކޮޅެއް ނަގާ އައިސް ފިލުވާ އެއްޗަކަށް ލީމެވެ. ކަބަޑު ހުޅުވާ އެތަނުން ޕާން ބޮނޑިއެއް ނެގީމެވެ. ދެން އެއިން ތިން ޕާން ފޮތި ނަގައިފައި ކުދިކުދި ހަތަރެސްކަން ތަކެއްގެ ބައްޓަމަށް ޓްރޭ ތެރެއަށް ކޮށާލީމެވެ. ޕޭސްޓް ބަޓަރު ތަށި ނަގައި އޭގައި ހުރި ކުދި ޕާން ކޮޅުތަކުގައި އެ ހާކާލީމެވެ. އެއަށްފަހު ގަނޑުކޮށް ހުންނަ ޗީޒު ފޮށިން އެތިކޮޅެއް ނަގައި ކޮށާ އަޅާލުމަށްފަހު އެ ޓްރޭ އަވަނުގެ ތެރެއަށް ލީމެވެ. ދިހަ މިނެޓަށް ޖައްސައިފައެވެ.
ކުކުޅުގެ އައިސްފިލުމުން އަހަރެން އެ ނަގާ ކޮށާލީމެވެ. ކުދިކޮށެއް ނޫނެވެ. އެންމެ ދިގު މަސްކޮޅެކެވެ. ބާކީ ބައި އަލަމާރިއަށް ލުމަށްފަހު ދެ ތަށި ނަގައި މޭޒުމަތީގައި ބެހެއްޓީމެވެ. އެއް ތަށްޓަށް ކުކުޅު ބިހެއް ތަޅާލައިފައި އަނެއް ތަށްޓަށް ފުށާއި ހިކި މިރުހާއި ލޮނާއި އަސޭމިރުހާއި ޗިކަން ގަރަމް މަސާލާ އަޅާ އުލަކުން އެއްކޮށްލީމެވެ. ބިސްތަށި ވެސް ގިރާލައިފައި އޭގެ ތެރެއަށް ކުކުޅު މަސްކޮޅު ލީމެވެ. ދެން އެއިން ނަގާ ފުށްތަށި ތެރެއަށެވެ. އޭގެ ޑަބަލް ކޯޓު ޖަހައިފައި ހޫނުކުރި ތެޔޮގަނޑުގެ ތެރެއަށް ވައްޓާލީމެވެ.
ބޭނުން ކުރި ތަށިތައް ދޮވެލައިފައި އައިސް ކުކުޅު ކޮޅު ފުށުން ޖަހާލީމެވެ. ދެން އައިސް އަލަމާރިން ދެ ޗެރީ ޓޮމާޓޯ އާއި ކިޔުކަންބާގެ އިތުރު ލެޓިޔުސް ނަގައި ތަރުކާރީ ކޮށަން ޚާއްސަ ކަޓިން ބޯޑު މައްޗަށް ލީމެވެ. ދޮވެލައިފައެވެ. ކުކުޅު މަސްކޮޅު ތެލުލެވުމުގެ ކުރިން އެ ކޮށައިފައި ބެހެއްޓުމުން ފަސޭހަ ވާނެތީއެވެ. އިންޗިއެއްހައި ކުދިކޮށް އެ ތަރުކާރީ ކޮޅު ކޮށައިފައި އުނދުން ކައިރިއަށް ޖެހިލީމެވެ. އޭރު ކުކުޅު މަސް ކޮޅަށް ރަންމުށި ކުލައެއް އަރައިފައިވުމުން އުނދުން ނިވާލީމެވެ. ތައްޓަކަށް ޓިޝޫއެއް ލައިފައި މަސްކޮޅު ނަގާ އެއަށް ލީ ތެޔޮކަން ކަނޑުވާލުމުގެ ނިޔަތުގައެވެ.
އަވަނުން ޓްރޭ ނަގައިފައި ހިހޫ ކުރަން ބަހައްޓައިފައި ބިއްލޫރި ބޯތައްޓަކަށް ތުނިކޮށް ފިޔަލާއި މިރުސް ކޮށީމެވެ. އެއަށް ވެސް ލޮނާއި އަސޭމިރުސް އެޅީ ރަހަ ހެޔޮވަރު ކުރުމަށެވެ. ދެން ކުކުޅު މަސްކޮޅު ކުދިކޮށް ކޮށާލައިފައި އަތަށް ރަބަރު އަންގިއެއް ލައްވާލީމެވެ. އެއަށްފަހު ތަރުކާރީ ކޮޅާއި ކުކުޅު މަސްކޮޅު އެ ބޯތަށްޓަށް އަޅާލައިފައި އެއްކޮށްލީމެވެ. ދެން އެއަށް އެޅީ ސަބްމެރީން ސޯހާއި ރާންޗް ސެލެޑް ޑްރެސިންއެވެ. މޮޑެލައިފައި އޭގެ ރަހަ ބަލައިލީމެވެ. ރަހަ މީރު ވުމުން ދެން އުޅުނީ ބަދިގެ ސާފުކޮށްލާށެވެ.
ކާމޭޒު ދޮށުގައި އަހަރެން އިށީނީ ހޫނު ކަޅު ސައިތައްޓެއް ގިރާލުމަށްފަހުގައެވެ. ހެދި ސެލެޑު ތަށްޓަށް އުލެއް ކޮށްޕާލައިފައި އަހަރެން ކާން ފެށީމެވެ. ހުއްޓާލީ އެއްކޮށް ހުސްވުމުންނެވެ. އެހާ ވެސް މީރެވެ. ދެން ފެން ބޮއިފައި އައިސް އަލަމާރިން ޗޮކުލެޓް ކޭކޭއް ނަގައި ކާލީ އަނގަ މީރު ކޮށްލުމުގެ ނިޔަތުގައެވެ. ބަދިގެއިން ނުކުމެވުނު އިރު ދިހައެއް ޖަހަން ދިހަ މިނެޓެވެ. ދެލޯ ބޮޑުކޮށްލަމުން އަހަރެން އަވަސް އަވަހަށް ތައްޔާރުވާން ފެށީމެވެ. ގަޑި ޖެހެން ވާއިރަށް ކަރާޓޭ ކުލާހަށް ދެވުނީ ކިރިޔާއެވެ.
އެ ދުވަހު އެއް އަންހެން ކަރާޓޭ އިންސްޓްރަކްޓަރެއް ސަލާމުގައި ހުރުމުން އެ މީހާ ގެން ގުޅޭ އަންހެން ގުރޫޕަށް ވެސް ކުލާސް ނަގައިދޭން ޖެހުނެވެ. ކިތަންމެ ބޭނުން ނުވިއަސް އަހަރެން އެކަން ކުރީމެވެ. އަހަރެން އަންހެން ކުދިންނަށް ކަރާޓޭ ކުލާސްތައް ނަގައިދޭން ބޭނުން ނުވަނީ އެމީހުންގެ މިޒާޖު ހުންނަ ގޮތުންނެވެ. ހަމަ އައިސް ޖެހިލަފާނެއެވެ. ވެއްޓި އަނިޔާ ވާ ކަމަށް ހެދިގަނެފާނެއެވެ. އަބަދުވެސް އުޅޭނީ އަހަރެންގެ ސަމާލުކަން ނުހޯދިގެންނެވެ.
މެންދުރު ވެސް އަހަރެން ކުލާސް ނަގައިދޭން ދިޔައީމެވެ. އެ ވަގުތު ވެސް އަންނަ އަންހެން ގުރޫޕް އަހަރެންގެ ކުލާހުގައި ހިމަނަން ޖެހުމުން ނިމޭނެ ވަގުތަކަށް އިންތިޒާރު ކުރަން އިނީމެވެ. އަޞުރުވާން ވެސް މިއަދު އާދަޔާޚިލާފަށް ގިނަވަގުތު ނެގިއެވެ.
ހަވީރުގެ ވަގުތެވެ. އެންމެ ކުރީއްސުރެ އަހަރެންގެ ގާތް އެކުވެރިޔާ ލޫޠާއި އެކު އަހަރެން ދިޔައީ ހުޅުމާލޭގެ ބޮޑު މޯލް އަށެވެ. އެތަނުގައި ހުރި އެންމެ ނަން ހިނގާ ގަހަނާ ވިއްކާ ފިހާރައަށެވެ. އެތަނަށް ވަނުމާއި އެކު އެ އަނގަގަނޑު ޖައްސާލައިފިއެވެ. “އޭތް އަހުލީ! ބްރޯ ކީއްކުރަންތަ އަންހެން ކުދިން ގަހަނާ ގަންނަން އަންނަ ފިހާރައަކަށް ތި ވަނީ؟ ކަލޭގެ ހިތުގެ މަލިކާ އަށް ހަދިޔާ ކުރަންތަ؟ އޭ ބަލަ ދޮންކަލޮޔާ! އެކުއްޖާ މާ ލައިކެއް ނުވެޔޭ މިކަހަލަ އެއްޗެހި ދެކެއެއް.”
“ލޮޓަސް އަކަށް ނޭނގޭނެ. މަ ދިނިއްޔާ ރިފް އަޅާނެ. އެހެން ނޫނަސް މީހަކު ކައިވެނި ހުށަހަޅާ އިރު ރިންގެއް ނުދެންޏާ އޮޑެއް ނޫންތަ؟” އަހަރެން ރައްދުގައި ބުނެލީމެވެ. އެ ސޮރު ދެން އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ފާޑަކަށެވެ. އޭނާ އުމުރުން ނަވާރަ އަހަރުގައި ހަނާ އާއި ކައިވެނި ކުރި ދުވަހު ދިމާ ކޮށްކޮށްފައި އަހަރެން ބުނީ ފަންސަވީސް ނުވަނީސް މީހަކާ ނީންނާނެ ކަމަށެވެ. ލޫޠު އަހަރެންނަށް ވުރެ އެއް އަހަރު ދޮށީ ވާނެއެވެ. އެހެން ކަމުން އޭނާއަށް މިހާރު އެކާވީސް އަހަރެވެ.
“ހަމަ ހުވާތަ؟ އަހުލީ ރިފް އާ އިންނަނީ. ކޮން ހުވަފެނެއް ފެނިގެން ތަ ކަލޭގެ ބޯ ހަރު ހިޔާލު ދޫކޮށްލީ. އަދި ދެތިން ހަފްތާ ވެސް ނުވާނެ ހޭ އެރި ފަހުން. އެމީހުން އަހުލީގެ ސިކުނޑި ވެސް ދޮވެލައިފަތަ ދޫކޮށްލީ؟” އޭނާ އެހިއެވެ. “ޕިސްޕިސް. ދެން ވެސް ބޭކާރު ވާހަކަތައް ނުދައްކާ ރީތި އަނގޮޓިއެއް ނަގަން އެހީވެބަލަ.” އަހަރެން ބުނެލީމެވެ. އޭނާ އާއި އެކު އަނގޮޓީގެ ތަފާތު ފަރުމާތައް ބަލަން އެތައް އިރެއް ވަންދެން އެ ފިހާރައިގައި ހުރީމެވެ. ހިތްހަމަޖެހޭ ވަރުގެ އަނގޮޓިއެއް ފެންނަ ވަރުވީ ފަހެއް ޖެހި ފަހުންނެވެ. ރިފްޤާގެ އިނގިލި ސައިޒަށް އަހަރެން އޭގެ ރިހިކުލައިގެ އަލިމަސް ޖެހި އަނގޮޓިއެއް ނެގީމެވެ. އިނގިލި ސައިޒު ބުނެދިނީ ރަމްލައްތައެވެ. އެއީ ރިފްޤާގެ މަންމަ އެވެ. އެ ދައްތަ އަހަރެންނާއި ވަކިން ބައްދަލު ކޮށްފައި ބުނީ ރިފްޤާ އާއި އެކުގައި ވާން ބޭނުން ނަމަ ކައިވެނި ކުރުމަށެވެ. އަނެއްހެން ރައްޓެހިވެގެން އުޅެން ނުރުހޭ ކަމަށެވެ. މިރޭ ރިފްޤާއަށް ކައިވެނި ހުށަހަޅަން ބޭނުންވާ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.
“ކަލޯ! ކޯޓަކާއި އެކު ސޫޓެއް ވެސް ގަނެލި ނަމައެއްނު. އޭރުން ދޯ އަހުލީ ސްމާޓް ކަމަށް ދައްކާނީ.” މޯލް އިން ނުކުންނަމުން ލޫޠު ބުނެލިއެވެ. “ރިފް އަކީ ލޮޓަސްގެ ނާނާ ކަހަލަ ކުއްޖެއް ނޫނޭ. އޭނާއަށް ކަމުދަނީ މިކަހަލަ ކެޝުއަލް ސްޓައިލެއް. ލޮޓަސް ބޭނުމިއްޔާ ސޫޓެއް ނެގި ނަމަ ރަނގަޅެއްނު.” އަހަރެން ރައްދުގައި ބުނެލީމެވެ. އަތުގައި އޮތް ކަޅުކުލައިގެ މަހުމާ ފޮށި ޖީބަށް ލަމުން ދެން މިސްރާބު ޖެހީ އުޅޭ އެޕާޓްމަންޓަށް ދިއުމަށެވެ.
އެރޭ ރެސްޓޯރެންޓަށް ދިއުމުގެ ކުރިން އަހަރެން ތައްޔާރު ވެލީ ވަރަށް ފުރިހަމައަށެވެ. ކަޅުކުލައިގެ ލެދަރ ޖެކެޓަކާއި އެކު އެކުލައިގެ ޑެނިމް ޖިންސެކެވެ. އިސްތަށިގަނޑުގައި ޖެލް ލައި އެއްވަރު ކުރަން ވެސް އެތަށް އިރަކު ހުރީމެވެ. އަހަރެންގެ ޙަރަކާތްތަކަށް ބަލައިފައި ލޫޠު ދިމާކުރާ ވަރުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ސެންޓު ވެސް ޖެހިޖެހީނުން އެ ހުސްކޮށްލީމެވެ.
އަހަރެން ކޭންޑްލް ޑިނާރ އަށް ދިޔައީ ލޫޠާއި އެކު އޭނާގެ ސައިކަލުގައެވެެ. އެ ސޮރު ސައިކަލް ދުއްވުމަށް ވުރެ ބޮޑަށް އަހަރެންނަށް ބަހުގެ ޙަމަލާ އަމާޒުކުރަން ވިސްނާހެން ވެސް ހީވެއެވެ. “ގުޑް ލަކް އަހުލީ. ޖަވާބު ލިބުނީމަ މަށަށް ޚަބަރެއް ވެލައްޗޭ.” ރެސްޓޯރެންޓު ކުރިމައްޗަށް ހުއްޓާލައިފައި ލޫޠު ބުނެލިއެވެ. އެ ފަހާފޮށި ދަތްގަނޑުން ސަލާމަތް ވުމުން އެކަމަށް ޝުކުރު ކުރަމުން އަހަރެން ހިފި ޕްރައިވެޓް ޑައިނިން ރޫމަށް ވަންނަން ހިނގައިގަތީމެވެ. އެ ތަނަށް ވަދެ ހުރިހާ ކަމެއް ތަރުތީބުން ހުރުމުން ހިތްހަމަޖައްސާލައިފައި ގޮނޑީގައި އިށީނީމެވެ.
އަށް ގަޑި ތިރީސް ވުމުން ވެސް ރިފްޤާ ނައުމުން އަހަރެން އޭނާއަށް މެސެޖެއް ފޮނުވާލީމެވެ. އިނީ ވެސް އޮންލައިނުގައެވެ. ވަގުތުން ރައްދެއް ފޮނުވާލައިފިއެވެ.
“ކެތްލައްވައިގެން މަޑުން ހުރެބަލަ. ގައިމުވެސް ދިހައެއް ޖަހަން ވާއިރަށް އަހަރެން ދާނަން.” މެސެޖު ކިޔާލައިފައި އަހަރެންނަށް ޗުސް ތަޅާލެވުނެވެ. އަދި އަހަރެން ފަހަތުން އެއްޗެއް ބުނަން ވާއިރަށް އޮފްލައިނު ވެއްޖެއެވެ. އަހަރެން ލޯބިން ސަމާސާކޮށް ބެހޭތީ މި ކުއްޖާ ވެސް އަހަރެންނަށް ޖެއްސުންކުރަން ފެށީ ހެއްޔެވެ؟ ބޯ ހޫރާލައިފައި އަހަރެން ފޯނަށް ކުޅެން އިނީމެވެ.
ނުވަގަޑި ތިރީސް ވެގެން ދިޔައިރު ވެސް ރިފްޤާ އަންނާކަށް ނޫޅުނެވެ. އަހަރެން ދެން ގުޅާލީ މިހާ އިރު ވެގެން ދިޔައިރު ވެސް ނާދެވިގެން އުޅޭ ސަބަބެއް އެނގެން ބޭނުންވެފައި ހުރުމުންނެވެ. އެހެނަސް ހަމަ އެކަނި ރިންގުވެލައިފައި ފޯނު ކެނޑުނީއެވެ. ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް ގުޅުމުން ވެސް ފޯނެއް ނުނަގައެވެ. އަހަރެން ގޮތަކަށް ހާސްވިއެވެ. ދެން ގުޅާލީ ރަވާނަށެވެ. “އައްސަލާމު ޢަލައިކުމް. އަމްމް… ރިފް ފޯނު ނުނަގާތީ ގުޅާލީ. އަށްގަޑި ތިރީހަށް ގަޑި ކީމަ ވެސް އަދިވެސް އަންނާކަށް ނޫޅޭ ވިއްޔާ. އަޅެ އެ ކުއްޖާ ކޮބާތަ؟ އަދިވެސް ތައްޔާރުވެ ނުނިމެނީތަ؟” އަހަރެން އެހީމެވެ.
“ކީކޭ؟ ނާދެޔޭ؟ ގައިމު މީގެ ގަޑިއިރެއްހާ ކުރިން ރީތިވެގެން އޭނާ ނުކުތް. އަހަރެން ގެންގޮސްދޭން ބުނީމަ ވެސް ދެކޮޅު ހަދައިފައި ދިޔައީ. ގައިމު ތިން ވަރަކަށް މިނެޓުން ހިނގާލައިފައި ތި ހިސާބަށް ދެވޭނެއްނު. ދެން ކީއްވެ ނާދެއޭ ތިބުނީ؟” އޭނާގެ އަޑުގައި ވަނީ ހާސްކަމެވެ. “މަޑުކުރޭ. އަހަރެން މި ދަނީ. ވާން ބަލާބަލަ ރިފް ގެ ލޮކޭޝަން ފެނޭތޯ.” އަވަސް އަވަހަށް އަހަރެން ތެދުވެގެން ހިނގައިގަތީމެވެ. އޭރު ވެސް ސިކުނޑިން ރިފްޤާއަށް ނުބައި ކަމެއް ވެއްޖެ ކަމުގެ ސިގުނަލް ދެމުން ދިޔައެވެ. ވަކި ހިސާބަކަށް ގޮސްފައި ހުއްޓާލަން ޖެހުނީ އަހަރެންނާއި ދިމާލަށް ދުވެފައި ރަވާނު އަންނަ ތަން ފެނުމުންނެވެ.
“އޭ ވަރަށް ސަކަރާތޭ. މިހިރަ ބިންގަރާހުގައި ހުރި ކަމަށް ދައްކަނީ.” ރަވާނުގެ މޫނު މަތީގައި ވަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. އަހަރެންގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ. ބިންގަރާހުގެ ދޮރު ފުނޑާލައިފައި އެތެރެއަށް ވަދެގަތީމެވެ. އެތެރެ ހުސްކޮށް އޮތުމުން ދުން ޖަހައިފައި ދިޔައީ އެތަނުގައި ފެންނަން ހުރި ހަމައެކަނި ދޮރާއި ދިމާލަށެވެ. ދޮރުގައި ޖެހިޖެހީނުން އެ ހުޅުވާލައިފައި އެތެރެއަށް ދެމިގަތީމެވެ. ފެނުނު މަންޒަރަކުން އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.
އަހަރެންނަށް ފެނުނީ ލޭ ތިކިތިކި ފައިބަމުން ދިޔަ ވަޅިއެއް ހިފައިގެން ހުރި ޒާލިމެވެ. ދެން ސަތަރިގަނޑެއްގެ މަތީގައި މަރާއި ހަނގުރާމަ ކުރަމުން ދިޔަ އަހަރެންގެ ލޮލުގެ ނޫރެވެ. ހިތުގެ ފިނިކަމެވެ. އެ ނާޒުކު ހަށިގަނޑުން ފިނި ދުން ފައިބަމުން ދިޔައެވެ. ލައިގެން ހުރި ކަޅު ކުލައިގެ ގަމީސް ހެދުން ފޯވަމުން ދިޔައީ ކުލަގަދަ ލެއިންނެވެ. އެ ދޮން މޫނު ވަނީ ހުދު ކުލައަކަށް ބަދަލު ވެފައެވެ. ދެލޯ މެރިފައެވެ. ނޭވާ ލާނެހެން ވެސް ހިޔެއް ނުވެއެވެ. ހީވީ އަހަރެންގެ ވުޖޫދު ހުއްޓުނު ހެންނެވެ. ދުނިޔެ އިދިފުށަށް ޖެހި އެނބުރުނު ހެންނެވެ. ޒާލިމް އާއި ދިމާލަށް ދިޔައިރު އަހަރެންގެ ރުޅިގަނޑު ވަނީ ފާލުން ނައްޓައިފައެވެ.
ޒާލިމްގެ ގައިގައި ހިފާ ދުރަށް ހޫރާލައިފައި ގޮސް އަހަރެން ރިފްޤާ ނެގީމެވެ. ހީވީ ގަނޑު ގަނޑެއްގައި އަތް ލެވުނު ހެންނެވެ. އައިސް ކިޔުބަކަށް ވުރެ ފިންޏެވެ. އެ ހަށިގަނޑުގައި މިހާރު ހުރީ މައިނަސް ދުއިސައްތަ ޑިގުރީ ހެއްޔެވެ؟ ރަވާނު ޒާލިމް އާއި ހަވާލުވުމުން އަހަރެން ރިފްޤާ އަތްދަނޑި މައްޗަށް ލައިގެން ނުކުމެގެން ދިޔައީމެވެ. އެންމެ ކައިރީގައި ހުރި ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔައީ ދުވަހަކު ނުދުވަހާ ބާރަށް ދުވެފައެވެ. ރިފްޤާ އެމަޖެންސީ ރޫމަށް ލެވުމާއި އެކު އެތަން ހަލަބޮލިވެގެން ދިޔައެވެ. ޑަކުޓަރުންނާއި އޮޕަރޭޓަރުން ރިފްޤާއަށް ފަރުވާ ދިނުމަށް އަވަސްވެގަތެވެ.
އެމަޖެންސީ ރޫމުގެ ކުރިމަތީގައި ދެކޮޅަށް ހިނގަން ހުއްޓާ ލޫޠާއި ރިފްޤާގެ އާއިލާ މީހުން އައެވެ. އެމަޖެންސީ ރޫމުން ޑަކުޓަރަކު ނުކުތީ ދެނެވެ. އޭނާގެ މޫނުމަތީގައި ވަނީ ހާސްކަމުގެ ކުލަތަކެވެ. “ޕޭޝަންޓްގެ ބެލެހެއްޓުންތެރިޔާ ކޮބާ؟” އެމީހާ އެހިއެވެ. ރިފްޤާގެ ބައްޕަ ނަޢީމް އެ ދިމާލަށް ދިޔައެވެ. އަހަރެން ވެސް އެމީހާ ދައްކާ ވާހަކަ އަޑުއިވޭ ހިސާބަށް ޖެހިލީމެވެ. “ޕޭޝަންޓްގެ ހަށިގަނޑުގައި އާދަޔާ ޚިލާފަށް ވަރުގަދަ ފިނިކަމެއް ހުރުމުން ޤަބޫލު ކުރެވެނީ ފްރީޒް ނީޑްލް ކިޔާ ނުރައްކާތެރި ހަތިޔާރެއް ފަދަ އެތީގެ ގިނަ ޝޮޓުތަކެއް އަރައިފައި ވާކަމަން. ހަށިގަނޑުގެ ފިނިމިން މައިނަސް ފަންސާސް ޑިގްރީގައި ހުރުމުން ދެގަޑިއެއްހައިއިރުގެ ވަގުތު ތެރޭ ނިޔާވެދާނެ. މިހާރު ވެސް ހަށިގަނޑުން ވަނީ ވަރަށް ބޮޑަށް ލޭ ހުސްވެފަ. އޭގެ މައްޗައް ހިތުގައި ވައަތު ވެންޓްރިކަލް ފޫދުއްވާލައިފައިވާ ޒަޚަމުން އިންޓާނަލް ބްލީޑިން ވެސް މަތި. މި ހުރިހާ ފެކްޓެއް އެއްކޮށްލައިފައި ދެން ނުވަދިހަ ނުވަ އިންސައްތައިގެ ޔަޤީންކަމާއި އެކު ބުނެވޭނީ ޕޭޝަންޓް ސަލާމަތެއް ނުކުރެވޭނެއޭ. ސޮރީ. އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރަން އެބަ. އެހެނަސް…” އިސްޖަހާލަމުން އެ ޑަކްޓަރު ބުނެލި ޖުމްލަތައް އަހަރެންނަށް އިވުނީ ހޮނުގުގުރިއަކަށް ވުރެ ނާމާން ބިރުވެރި ގޮތަކަށެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.







Haadha dhera ey.
I cried while reading this 😢 😭
Please there be a miracle riffffff don’t die
Aahil pls go and kill that zaalim
Alhugandah ves ba eh faharu rovey liyamun dhaa iru 😓
Let’s hope she lives
Shukran No one 007
Noooooo… rif maraa nulaathi 😭😭😭😭
Alhey…. e zaalim dhirihuhtaa valhulaa hiyy vany ….
Vrh foohi meehaa gandeh….
I hope rifoo maru nuve salaamaiyy vaane kamah…..
whn next??
Curiously waiting for the next….😊😊😊
Dhw, one worst criminal
IA mi week ga submit kohlaanan
Shukran Nawar ✨✨
Noooooooo!!!
Alhey dont doo that to riff pls mivaahakaige dhirun gehleyne Rif nethihyaa 😭😭😭😭😭😭
when next part????? I really appreciate ur hard work but i have a really big requesttt can u pls pls upload next part little bit earlier i am just being so impatient hama rifqa ah dhen vaane gotheh neygeythee curious vany🥹🥹
Mihaaru vhk ge nazaru ves badhaluveenun, sadly there is chance she won’t survive.
Enme avas vegen ves Wednesday ga submit kohleveynii 😢
Extra curricular activities othyma kudkoh buxy
Shukran Anonymous ✨✨
Ooops its my comment ingey “anonymous” ge namuga
Ohhhh Shukran ^-^ ✨✨
Nooo, rif save kurey
Saving her is almst impossible now 😢😢
Shukran Anonymous ✨✨
Noooooo………
Rif jeheyne Save kuran
Plzzzzz Rif maraa nulahchey…..
Mi part ves v v reethi…
Keep it up….
When next???
Dhen vrh undhagoo vaanehnu salaamaiy kuran 😢😢
I’ll try to submit on Wednesday
Shukran Naikko ✨✨
V v avahah up koh dhehchey…
Dhen oiy bai V v kiyaahithun mihuree….
Midhuvas kolhu kudkoh buxy so Wednesday ga submit kohleveynii
Shukran again Naikko ✨✨
Rif maraa nulachey plssss
Keep up the good work
Good story
When next part?????
Can’t wait
Rif ah dhera gotheh nuvaane kamah dua kuran
IA this week
Shukran girl_621 ✨✨
rif maraa nulaathi.heyonuvaane aahil moyavedhaane
Dhw, e soru hama jehseynii rif salaamaiy kohgen
Shukran Anonymous ✨✨
mi part ves v reethi masha allah
curiously waiting for next part
keep it up
aahil and rif gulhuvachey
they both are made for each other
heyonuvaane rif maraa nulachey aahil moyavedhaane
rif salaamaiy kurey
mi part kiyaafa rovijje
rif aa nulaa mi vaahaka furihama eh nuvaane
zaalim maraala
kuhverinah adabu dhy
v intresting story eh
v kiyaala hithun kiyani
i appreciate your hard work
your my fav author
love you white rose
Shukran cutie girl ✨✨
Lyt dear 💕💕
Nooooooo!!!!
Alhey rif Maraa nulacheyy!!!
Aahil fakeeru haadha dhera eh vaane ey!!
But I’ll hope to the best that rif would be saved
When next??
Very curious
E zaalim fulhu magey athu jehijje nama huvaa mi bunee dhuleh nukuraanan.
Lyssssm ❤️ ❤️ ❤️
Dhen mi faharu salaamaiy veythoa balan hingaa, unmeedhu kuda viyas adhi ebioy 0.1% ge chance
Shukran Your fav babe ✨✨
Lyt dear 💕💕
Nooooo!!!!!
Pls rif maraa nulahcheyy
Aahil sorah nuvaane ehen hadhaaakah
Next part kiyaa hithun mhr nuves hurevey
Lysm tc❤️
Rif maraalan alhugandah ves hilaa nukereyne, dhen ekm ves…… 😥😥😥
Shukran Ishu ✨✨
Lyt dear 💕💕
heyonuvaane rif maraa nulachey
i hate zaalim gadu v foohivaa meeheh
aahil zaalim maraalaanama dhw
its ok white i understand
thihaa busy koh ulhemun ves vaahaka kiyaalan libythee v ufaavey
curiously waiting for next part
Aaeyy varehgge meehaagandeh dhw
Shukran again cutie girl
Mihaaru mi submit kohlanii maadhan kiyaalan libeyne kanne
Nooooooo
Rif maraanulahchey….
I almost cried reading this 😭😭😭😭
Aahil aa Rif ge family Haadha dhera vaaneyee
I can feel there sorrow
When is next part
Mi part ves varah reethi ❤️❤️❤️
Adhi rangalhu gotheh e dhekudhinnah vaane IA
Shukran Lara
Mihaaru mi submit kohlanii..
Masha Allah..
Vrh furihama fashuvi baskoshaareeh beynun kohfaivaa reethi vhk eh 💕
Shukran Anonymous.
V reethi when next
Shukran Anonymous.