Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހިނިތުންވެލާށޭ ކަލާ 5

brownbear
brownbear Level 1
June 12, 2024 2 Mins Read
4 Comments

އެއާއެކު އެންމެންގެ ހޯބޯލައްވަން ފެށިއެވެ.”އޭއޭ..މީދެން މީހަކު މާފޮޅުވާ ކަހަލަ ތަންތަންތަ.”ޝާޔާ ލާނެއް ގޮތަކައްް ބުނެލިއެވެ.”ނޫނޭ ވާ ޝާ ރަގަނޅު ތިހެންބުނަން.ތީ އެންމެ ޕްރައިވެސީ ޓައިމް ބޭނުންވާ ބަޔަކީ.ބަލަ މިހާރުވެސް މާޔަން އާ ދެމީހުން ތިބިގޮތް.”ނަވްޔާއަށް ނުހުރެވިގެން މާޔަންގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރި ޝާޔާއާ ދިމާލައްބުނެލިއެވެ.ރަކިވިވަރުން ޝާޔާ އަވަހައް މާޔަން ގައިން ދޫކޮއްލަމުން ދުރައްޖެހިލިއެވެ.އެއާއެކު އެންމެން ހޭންފެށިއެވެ.”އެހެމެ އެހެމް….މަވެސް އެބައޮތޭ ވާހަކައެއް ބުނަންވެފަ.”އައުލް ކަރުކެހިލުމުން އެންމެންގެ ސަމާލުކަން އައުލްއަށް ހުއްޓުނެވެ.އައުލް ހިނގާލައިފައި ގޮސް މިޝިޔާލްގެ މަޑު އަތްތިލައިގައި ހިފާލިއެވެ.”ވެލް……ވީއަރ ޑޭޓިން އިޓްސް ބީން ތްރީ އިޔާޒް ނައު.”އައުލް މިޝިޔާލް އަށް ބަލާލަމުން ބުނެލިއެވެ.”އޭންން ދޮންބެ އާ މިޝީއާ.”އައިލީން އަނގަ ހުޅުވިފައި ހުރެ ބުނެލިއެވެ.”ބަލާބަލަ ހުރި ނުބައިކަން.އަހަރުން ބެސްޓީސް އޯ އެކަމު އަހަރުން ކައިރީ ބުނެވެސް ނުލާ.”ކިޔާން  އައުލްގެ ބުރަކަށީ ބޮނޑިއެއް އަޅާލަމުން ބުންޏެވެ.ރޭގަނޑު ކެއުމުގެ ވަގުތުގައި އައުލް އާއި އައިލީން އަލާނިޔާ އަދި ޒާހިދު ކައިރީ އެމީހުންގެ ގުޅުމުގެ ވާހަކަ ބުންޏެވެ.”ދެން ދަރިފުޅުމެން އަވަހައް އިންނަން ވީނު ބައްޕަ އަކައްނުފެނޭ އެހާގިނަ ދުވަހު ރައްޓެހިވެގެން އުޅޭކައް.އަނެއްކާ އެއީ އެހާ ރަގަނޅު ގޮތެއްވެސް ނޫނެއްނު.”ޒާހިދު ބަތް ސަމުސާއެއް އަނގައަށްލުމުގެ ކުރިން ބުނެލިއެވެ.”އަޅުގަނޑު އަދިނުވޭ އިންނާކައް އަދި މިއަދު ރައްޓެހިވީ.އެހެންނޫނަސް އަޅުގަނޑު އިންނާނީ ދޮންބެގެ ޓާން ނިމުނީމަ.”އައިލީން ބުނެލިއެވެ.އައިލީން ގެ ވާހަކައިން އަލާނިޔާ އާއި ޒާހިދު ހޭންފެށިއިރު އައުލް އަނގަ ހަދައިގެން އައިލީން އާ ދިމާލައްބަލަން އިނެވެ.އައިލީން ވެސް ބަލާލުމައްފަހު އައުލް އާދިމާލައް ވައްތަރެއް ޖައްސާލަމުން އަލާނިޔާ ގާތުން އިޔާން އާއެކު ބޭރައް ދިއުމުގެ ހުއްދައަށް އެދުނެވެ.އަލާނިޔާގެ ހުއްދަ ލިބުމުން އައިލީން އޭނާގެ ކޮޓަރިއަށް ދިޔައީ ތައްޔާރުވާށެވެ.ހުދުކުލައިގެ ބޮޑު އަލަމާރީގެ ދޮރު ހުޅުވާލުމައްފަހު އޭގެން ރަތް ކުލައިގެ ކޮޑުކެނޑި ޖަމްޕްސޫޓެއް ނެގުމައްފަހު އޭގެމަތިންލާ ގަމީސް މަތިކޮޅު ނަގާ އެނދުމަތީ ބާއްވާލުމައްފަހު އައިލީން ފާހަނައައްވަނެވެ.އިޔާން ފާހަނައިން ނުކުމެ ހުދު ޓީޝާޓަކާއި ކަޅު ޖިންސެއް ލުމައްފަހު ކަޅާއި ހުދާއި އަޅިކުލައިގެ ގަމީސް ޖެކެޓެއްނަގާލިއެވެ.އަދި އޭނާގެ އިސްތަށިގަނޑު ރީތިކޮއްލުމައްފަހު ސެންޓުގަޔައް ބުރުވާލުމައްފަހު އަތިރިމައްޗާދިމާލައް މިސްރާބުޖެހިއެވެ.އިޔާން ގޮސް އެތާހުރި ބެންޗު ތަކުގެ ތެރެއިން ބެންޗެއްގައި ހަމަޖެހިލިއެވެ.އޭގެ ދެތިންމިނެޓް ފަހެވެ.އެއްލިކަޅިން އައިލީން އަންނަތަން ފެނުނެވެ.އައިލީން ވަނީރަތްކުލައިގެ ޖަމްޕްސޫޓެއްލައި އެފަން އިސްތަށިގަނޑުވަނީ ވަޔާވިހުރެން މިނިވަންކަމާއެކު ދޫކޮއްލާފައެވެ.އައިލީން މަޑުމަޑުން ހިނގާލައިފައި އައިސް އިޔާން ކައިރީ އިށީދެލިއެވެ.އަދި އެއަތުގައި ހިފާލިއެވެ.”ކީއްވެ ތިހާވަރައްތި ބަލަނީ”.އިޔާން މާވަރަކައްބަލަން ފެށުމުން އައިލީން އަހާލިއެވެ.”ރީތި އެއްޗެއްސައް ބެލުމަކީ މަނާކަމެއްތަ”.އިޔާން ލާނެތް ގޮތަކައް ބުނެލިއެވެ.އަދި އަތުގައި އޮތް މާބޮނޑި އައިލީން އައް ދިއްކޮއްލިއެވެ.އެއާއެކު އައިލީންގެ ލުއިހުނުމުގެ އަޑު އިވުނެވެ.”ހިނގާބަލަ ހިގާލަން ދާން.ދާނަންތަ”.އިޔާން އަހާލުމުން އައިލީން ބޯޖަހާލިއެވެ.ދެމީހުން މޫދުކައިރިން ލާފައި މަޑުމަޑުން ހިގާލައިފައި ދިޔައެވެ.”ޔާން ޑޫޔޫ ނޯ އައި ޑިޑިންޓް ފަސްޓް ރިއަލައިޒް ދެޓް އައި ލައިކް ޔޫ.އައިލީ ހީކުރީ ދުވަހަކު ތި ލޮއިއްބެއް ނުލިބޭނެކަމައް.”އައިލީން އިޔާން އާދިމާލައް ބަލާލަމުން ބުނެލިއެވެ.”ނޫން އައިލީ އަހަރެން އަބަދުވެސް އެދެނީ ތި ލޮއިބައް އިތުރު އެހެން މީހަކާ ދިމާލައް އެފަދަަ ނަޒަރުން ބަލާވެސް ނުލާނަން. ދިސް އިޒް އަ ޕްރޮމިސް.ޔޫނޯ އައި ލަވްޑް ޔޫ ވެން އައި ވޯސް އިން މައި ޓީނޭޖް.އައި ވޯސް ގޮނަ ޓެލް ޔޫ ބަޓް ދެން ޔޫ ޓޯލްޑް މީ ދެޓް ޔޫ ވަރ ވިތް ޝީހާން.ބަޓް ނައު އިޓްސް އޯލް އިން ދަ ޕާސްޓް.އަބަދުވެސް ތި ހިނިތުންވުން ފެންނަން ބޭނުމީ.”އިޔާން އައިލީންގެ އެ ތުނި ހަށިގަނޑުގައި ފަހަތުން ބައްދާލައި އެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން ބުނެލިއެވެ.އައިލީން ވެސް އޭނާގެ އަތް އިޔާންގެ އަތްމަތީ ބާއްވާލިއެވެ.”ޔާން…އައިލީ މިއުޅެނީ ބޭރައް ކިޔަވަން ދާން.ޔާން އިންތިޒާރު ކުރާނަންތަ އައިލީ ކިޔަވާ ނިމިގެން އަންނަ ދުވަހައް. ޔެސް. އަބަދުވެސް ކުރާނަން އޯލްސޯ އައިމް ގޮއިން ޓޫ.ދެން ކިޔަވާ ނިމުނީމަ މެރީކުރާނީ ދޯ.”އިޔާން ސާދަވިލޭރޭގެ ހަނދައް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ.އެދެމީހުން އެރޭ ގެއައް ދިޔައީ އެތައް އަހުދާއި ވައުދެއް ކޮއްފައެވެ.ނަމަވެސް އެދެމީހުންނައް ނޭގުނުކަމަކީ އެދެމީހުންގެ ހަރަކާތްތައް އިތުރު މީހަކައް ފެނުނުކަމެވެ.އަދި އެމީހެއްގެ ހިތުގައި ނަފްރަތުގެ ހުޅުގަނޑައް ޕެޓްރޯލް އެޅުނުކަމެވެ.އެމީހެއް އެތާހުރި ގޮނޑިއެއްގައި ފައިން ޖަހާ ދުރައް އެއްލާލިއެވެ.އެވަގުތު އެތާ މީހެއް ނެތްކަމީ ހަމަ ނަސީބެކެވެ.އެހެންނޫނީ އެވަގުތު އެތާ ހުންނަ މީހާ ވެސް އެ ރުޅިން ފިއްސާލާނެކަން ގައިމެވެ.އިރުގަނޑަކު އެނިކަމެތި ގޮނޑިތަކައް ރުޅި ބޭލުމައްފަހު ފޯނު ނަގައި މީހެއްގެ ނަަންބަރަކައް ޑައިލް ކޮއްލިއެވެ.އެއްގަޑިއިރުގެ ފޯނު ކޯލު ނިންމާލިއިރު އެތުންފަތް މަތީ ނުލަފާ ހިނިތުން ވުމެއް ވެރިވިއެވެ.”އައިލީން ކަލޭ ރޯން ތައްޔާރުވޭ.ހައްހައްހާ…..އިޔާން އިޒް އޮންލީ މައިން.އަހަންނައް ނުލިބުނު ލޯބި އެހެންމީހަކައް ވެސް ނުލިބޭނެ.”އެމީހާ ނުލަފާ ހިނިގަޑެއް ޖަހާލަމުން ބުނެލިއެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

brownbear
Follow Me Written By

brownbear

Level 1

A girl who loves to read and write dhivehi stories

Other Articles

Previous

ތެމި ވާރޭގައި ވީމޭ 9 & 10

Next

ރާނިޔާ 9

Next
June 12, 2024

ރާނިޔާ 9

Previews
June 9, 2024

ތެމި ވާރޭގައި ވީމޭ 9 & 10

4 Comments!

  1. Cute girl says:
    June 12, 2024 at 12:49 pm

    Mi part vx v Reethi masha allah
    Can’t wait for next part
    Keep it up.

  2. Anonymous says:
    June 12, 2024 at 2:19 pm

    Thank you @cutegirl ❤

  3. ❤️❤️❤️❤️❤️ says:
    July 12, 2024 at 1:37 pm

    Happy late birthday dhoony❤️❤️❤️❤️

  4. brownbear brownbear says:
    July 13, 2024 at 8:19 pm

    Thankyouu😘

Comments are closed.

Next Episodeހިނިތުންވެލާށޭ ކަލާ 6←


All Right Reserved!