Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހިނިތުންވެލާށޭ ކަލާ 4

brownbear
brownbear Level 1
May 21, 2024 2 Mins Read
4 Comments

“އޭ އިޔާނޫ އަދިވެސް ނިދަނީތަ. ދޮންބެ އަންނަނީ އޯ ހިނގާބަލަ ސަޕްރައިޒް ޕާޓީއެއް ބާއްވަން.” އިޔާން ފޯނު ނެގުމާއެކު އައިލީން ބުނެލިއެވެ.”އޭން އައުލް އަންނަނީ އޭ ކޮންއިރަކު. މްމްމް ހިނގާބަލަ ޕާޓީއެއް ބާއްވަން.ކޮންބައެއް އަންނަނީ.”ނިދިފައި އޮތް އިޔާން އައިލީން ގުޅާފައި އައުލް އަންނަ ވާހަކަ ބުނުމުން ކޮޅަށް ޖެހުނެވެ.”މިއަދު ހަވީރު ކަށް ހާއިރު ކަންނޭގެ އާދެވޭވަރުވާނީ.ޒައިމްއާ ޔާން އާ މާޔަން މެން.ދެން އައިލީ ޝާޔާ މެން ކައިރީ ބުނާނަން އޯކޭ އެއްނު ދޯ. އައިލީ އަށް އޯކޭ އިއްޔާ އަހަންނަށް ވެސް އޯކޭ.”އިޔާން ހިނިތުންވެލަމުން ބުނެލިއެވެ.ދެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. “އެހެންމާ…….މެންދުރު ތަން ރެޑީކުރުމާ ދެން ހުރި ކަންތަކާ އުޅެމާ.”ދެމީހުން ދޭތެރޭވި ހިމޭންކަން ފޫއަޅުވާލަމުން އިޔާން ބުނެލިއެވެ.އަދި އެކެއް ޖަހާއިރު އެގެއިން ދިމާވާނެ ކަމުގައި ބުނެ ފޯނު ކޯލު ކުރުކޮއްލިއެވެ.އައިލީންގެ ހިތް އެހުރިހާ ހީވަނީ މޭފަޅާ ނުކުމެދާނެހެންނެވެ.އިޔާން ވެސް އޭނާގެ ހިތް ހަމައަކަށް އަޅުވާލިއެވެ.ހަމައެއާއެކު އެތުންފަތް މައްޗައް އަންހެން ކުދިންގެ ހިތް ކަތިލާފަދަ ހިނިތުންވުމެއް ވެރިވިއެވެ.އިޔާން އަކީ ހަމުގެ ކުލަ އެހާ ދޮންނޫނަސް ފުދޭވަރަކަށް ދޮން  ފަން ބުޅި އިސްތަށިގަނޑަކާއި ތުނި ފިޔާތޮށި ކުލައިގެ ތުންފަތަކާއި ކަޅުކުލައިގެ ލޮލެއް ލިބިފައިވާ މީހެކެވެ.ހިޔާލު ތަކުގައި އޮވެފައި އިޔާން ތެދުވެގެން ގޮސް ފާހަނައަށްވަނެވެ.ވިހިމިނެޓް ފަހުން އިޔާން ނުކުމެ ހުދުކުލައިގެ އަތްދިގު ޓީޝާޓެއްލުމަށްފަހު ނޫކުލައިގެ ޖިންސު ސޯޓެއްލިއެވެ.އަދި ސައިބޮއިގެން  ފިހާރައައް ދިޔައީ މިއަދު އޭނާ ކުރަން ރާވައިފައިވާ ކަންތަކުގެ ފުރަތަމަ ހަރުފަތް ގިރާކުރުމަށެވެ.މެންދުރު ބާރަގަޑި ފަންސާސް ފަހެކެވެ.އިޔާން މާޔަން ޒައިމް ކިޔާން ނަވީން އަކުމަލް އައިސް ސްނޯލައިޓްގެއައް ވަނެވެ.އޭރު މިޝިޔާލްމެން ވެސް މަަސައްކަތް ފަށައިގެން އުޅެއެވެ.އިޔާން ގެއައް ވަތް ގޮތައް އެދެލޯ ހޯދާލީ އައިލީންގެ ސޫރައެވެ.އެއްލި ކަޅިން ކޭކު ފުއްޕަކެޓެއް ހިފައިގެން ހުރި އައިލީން ފެނުނެވެ.އައިލީން އަށް ވެސް އެވަގުތު އިޔާންއާ ދިމާލައް ބަލާލެވުނެވެ.އިއްތިފާގަކުން ދެމީހުނައް ހެދުން އެޅިފައިވަނީ އެއްގޮތަކަށެވެ.އައިލީން ލާފައިވަނީ ރޮގުދެމި ހުދު ޓީޝާޓަކާއި އައިސްބްލޫ ޖިންސްކެެވެ.އަދި އެ އިސްތަށިގަނޑު ދައްޗެއްގެ އެހީގައި ހަރުކޮއްލެވިފައިވެއެވެ.ހަތަރުކަޅި ހަމަވުމާއެކު ދެމީހުން އަވަސް އަވަހަށް ދުރުބަލާލީ މީހަކު ވައްކަމެއް ކޮށްގެން ފަޅާއަރާހެންނެވެ.ދެމީހުންވެސް އަވަހަށް މަސައްކަތް ކުރިއަށް ގެންދިޔައީ ވަގުތު ނެތުމުންނެވެ.ހުރިހާ ފިރިހެންވެރިން ތަން ރީތި ކުރުމުގައި އުޅުނު އިރު އަންހެންވެރިން އުޅުނީ ކޭކުގެ ކަންތަކުގައެވެ.ނަމަވެސް ދޭތެރެއަކުން ފިރިހެން ވެރިންނައް އަތްގާތްކޮށްދެއެވެ.ދޭތެރެ ދޭރެއިން އައިލީންއާ އިޔާން ވެސް އެކަކު އަނެކަކާ ދިމާލައް ބަލާލައެވެ.ހަމައެގޮތައް ޝާޔާއާ މާޔަންގެ ވެސް ކަޅި ހަމަވެއެވެ.ހަވީރު ހަތަރެއްޖެހިއިރު ހުރިހާކަމެއް ނިމުމާއެކު އެންމެން އެމީހެއްގެެ ގެއަށް ދިޔައީ ފަހެއްޖަހާއިރު ބައްދަލު ވާން ނިންމާފައެވެ.އައިލީން ފެންވަރާލައިގެން ނުކުމެލީ ހުދުކުލައިގެ ލޭސް ފޮތިން ފަހާފައިވާ ކަކުލާ ހިސާބައް އަރާ ހެދުމެކެވެ.އެހެދުމުގެ އުނަގަޑާ ދިމާލުން ބާރުވެފައިވީއިރު އެ ހަށިގަނޑުގެ ބައްޓަން ފާޅުވެއެވެ.އިސްތަށިގަނޑު ދޫކޮއްލާފައި ފަހަތައްވާ ގޮތައް ހުދުކުލައިގެބޯވ ރިބަން އެއް ހަރުކޮށްލިއެވެ.އަދި ތުންފަތުގައި އޮއިލް ލިޕްޑް ގްލޯސް އެއް އުގުޅާލިއެވެ.ފަހުކަމަކައް ގަޔައް ސެންޓްބުރުވާލުމައްފަހު ކޮޓަރިން ނުކުތެވެ.ފަސްގަޑިބައި ވިއިރު އެންމެން ހަމައައް ތިއްބެވެ.ގަޑިން ހަޔެއް ޖެހިއިރު އައުލް އައިސް ގެއަށްވަނެވެ.ގެއަށް ވަތް އިރު ގޭތެރެ އަދިރިކޮއް އޮތުމުން ހައިރާންވިއެވެ.އެއީ އަލާނިޔާއަކީ ހަވީރު ބޭރައްދިޔަސް ނުދިއަސް ފަސްގަޑިބައި ވުމައްފަހު ގޭތެރެ އަލިކޮއްބަހައްޓާ މީހަކައްވާތީއެވެ.ބޮކިތައް ދިއްލަން އަތް އުފުލާލިގަޑީ އޮރެންޖް ކުލައިގެ ފެއަރީ ލައިޓުން މުޅި ގޭތެރެ އަލިވިއެވެ.އެއާއެކު އައުލްގެ ހައިރާންކަން އިތުރުވިއެވެ.މުޅި ގޭތެރެ ފެއަރީލައިޓު ތަކުން ދިއްލާލައިފައި ވީއިރު ފާރުގައި ވެލްކަމްބެކް ޖަހާލެވިފައިވެއެވެ.އޭގެއިތުރުން މޭޒެއްގެ މަތީ ކުޑަ ކޭކެއްވެސް ބެހެއްޓިފައިވެއެވެ.އެވަގުތު އައިލީން އައިސް އޭނާގައި ބައްދާލުމުން އައުލް ސިހުނެވެ.”މީ ތިމީހުންގެ ކަމެއް ދޯ…ކޮބާ މަންމަ”.އައުލް އައިލީން ދުރުކޮއްލަމުން ބުނެލިއެވެ.”މަންމަ އައިލީމެންނައް ވަގުތު ދޭންވެގެންނޭކިޔާފަ ބޭރައްދިޔައީ.އައިލީން އައުލްގެ ސުވާލައް ޖަވާބުދިނެވެ.އައުލް އައިލީން ހިނިތުންވުމެއް ހަދިޔާ ކޮއްލަމުން އައިލީން ބޮލުގައި ފިރުމާލިއެވެ.”ދެންވެސް ތިތާ ނުހުރެ އައިސް މި ކޭކުފަޅާބަލަ.މީނަ ބޭރައް ދިޔަފަހުން ހާދަ ބަދަލުވެއްޖޭ”.ޒައިމް އައިސް އައުލްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.”މަށެއް ބަދަލެއްނުވޭ”.އައުލް މިޝިޔާލް އާދިމާލައް ބަލާލަމުން ބުނެލިއެވެ.ކޭކު ފަޅާލުމައްފަހު އެންމެން ވާހަކައިގައި ޖެހުނު ގަޑީ އައުލް އިޔާން ގާތައް ޖެހިލައި ކޮންމެސް ވާހަކައެއް ބުނެލިއެވެ.އެއާއެކު އިޔާން އައިލީން އާ ދިމާލައް ބަލާލަމުން ބޯޖަހާލިއެެވެ.ދެން ފެނުނީ އައިލީން ކައިރިއައް ގޮސް ހުއްޓުނުތަނެވެ. “އައިލީ….މިވާހަކަ ބުނަން އުޅޭތާ ދުވަސް ކޮޅެއްވެއްޖެ.”އެހާހިސާބައް ބުނުމައްފަހު އިޔާން މަޑުޖެހިލިއެވެ.އެއާއެކު އައިލީން ބޯޖަހާލުމުން އަނެއްކ ވާހަކަދައްކަން ފެށިއެވެ.”އައިލީ…..އައިލީ ވަރަށް ގިނައިން ބުނަމެއްނު އަހަރެން ލޯބިވާ ކުއްޖާކައިރީ ލޯބިވާކަން ބުނާށޭ އެހެންނޫނީ ތެޔޮ ނާށި ކާޅު ޖަހައިގެންފާނެއޭ އެއީ ތެދެއް އެއްފަހަރު ކާޅު ޖަހައިގެން ގެންފި އެކަަމަކު މިފަހަރު އެހެނެއްނުވާނެ.އައިލީ އަހަރެން އެހާ ރޮމޭންޓިކް އެކަމު…..ވިލް ޔޫ ބީ މައި ގާލްފްރެންޑް.”އިޔާން އެއްފައި މައްޗައް ތިރިވެލަމުން އެހިއެވެ.އެއާއެކު އައިލީން އައުލް އާދިމާލައް ބަލާލުމުން އައުލް ބޯޖަހާލިއެވެ.އައިލީން އިޔާންއާ ދިމާލައް ބަލާލަމުން  ބޯޖަހާލިއެވެ.އެއާއެކު އިޔާން ކެވެލިކޮޅެއް ނަގާ އައިލީން އަތުގައި އަޅުވާލަމުން އެ ހަށިގަނޑުގައި ބައްދާލީ ދުވަހަކު ދޫނުކުރާނަމޭ ބުނާ ފަދައިންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

brownbear
Follow Me Written By

brownbear

Level 1

A girl who loves to read and write dhivehi stories

Other Articles

Previous

ރާނިޔާ 3

Next

ކުށަކީ ކޮބާ – 25

Next
May 21, 2024

ކުށަކީ ކޮބާ – 25

Previews
May 21, 2024

ރާނިޔާ 3

4 Comments!

  1. Anonymous says:
    May 29, 2024 at 8:45 pm

    Zaim eiy kaaku anehkaa 😏

    1. brownbear brownbear says:
      May 30, 2024 at 10:09 am

      Zaim akee friend eh

    2. Hess gamaaru ehcheh says:
      May 31, 2024 at 12:43 pm

      “friend eko”

  2. Hess gamaaru ehcheh says:
    May 31, 2024 at 12:42 pm

    Asluves

Comments are closed.

Next Episodeހިނިތުންވެލާށޭ ކަލާ 5←


All Right Reserved!