Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިނިތުންވެލާށޭ ކަލާ 3

brownbear
brownbear Level 1
May 12, 2024 2 Mins Read
6 Comments

އައިލީން އަށް ހިޔާލުތަކުގެ ތެރެއިން ނުކުމެވުނީ އަޔާނީ އައިސް އައިލީން ގައި ކޮއްޓާލުުމުންނެވެ.”އައިލީ އަދިވެސް އެކަމާ ދޯ ތި ވިސްނަނީ”.”ނޫން” އައިލީން ދުރު ބަލާލަމުން ބުނެލިއެވެ.”އައިލީ ދޮގު ނުހަދާބަލަ ޔާނީ އަށް އިނގޭ އައިލީ ތި ވިސްނަނީ އެކަމާކަން އައިލީ އަށް ވެސް އިނގޭނެ ޔާނީ އަކަށް އޮޅުވައެއް ނުލެވޭނެކަން އެހެން ނޫނަސް ކީއްކުރަން ދެން ޝީހާން އާމެދު ވިސްނަނީ އައިލީގެ ހިތް ހަލާކުކޮށްލި މީހަކާމެދު ވިސްނުމުގެ ބޭނުމެއް އެބޮތްތަ” އަޔާނީ އައިލީންގެ އަށް ބަލާލަމުން ބުނެލިއެވެ.”ޔާނީ އައި ތިންކް އައިމް އިން ލަވް”.އައިލީން އަޔާނީ ގެ ވާހަކައަށް ސަމާލުކަން ދިން ހެނެއް ހިއެއް ނުވެއެވެ.”އޭންންން ކާކުބާ އަނެއްކާ އެ ނަސީބުވެރިއަކީ” އަޔާނީ ލާނެއް ހިނިތުންވުމެއް ތުންފަތައް ވެރިކުރުވަމުން ބުނެލިއެވެ.”ކީއްވެ ނަސީބު ވެރިޔޭ ތިބުނީ.””އެއީ އައިލީގެ ހިތް މިހާރު ލިބޭ މީހަކީ ވަރަށް ނަސީބުގަދަ މީހެއް ވީމަ.ދެން ވެސް ޔާނީ ނުތަޅުވާ ބުނެބަލަ ކާކުތަ އެނަސީބު ވެރިއަކީ.”އަޔާނީ ކެތްތެރިކަން ކުޑަ ވެފައި އިދެ ބުނެލިއެވެ.”އިޔާން”.އިޔާންގެ ނަން އެދުލުން ނުކުތް ވަގުތު އެތުންފަތް މައްޗަށް ލަދުރަކި ހިނިތުން ވުމެއް ވެރިވިއެވެ.”މާތްކަލާށްކޯ މިއިވެނީ އަނެއްކާ ރަނގަޅު ނަމެއްތަ”އަޔާނީ އޭނާގެ ބޮޑު ދެ ލޯ އިތުރައް ބޮޑުކޮއްލަމުން އެހިއެވެ.އެއާއެކު އައިލީން  ހިނިއައިސް އިދެ ބޯޖަހާލިއެވެ.”ކޮންއިރަކު ކީއްވެ ނުބުނީ އަޅޭ އައިލީ ހާދަ ގޯހޭ މިހާރު ޔާނީމެން ދުރުކޮށްލީނުތި ޔާނީ ވަރަށް ދެރަވެއްޖެ.”އަޔާނީ ކުޑަކުއްޖެއްހެން ޝަކުވާކޮއްލިއެވެ.”އިނގެއެއްނު ޝީހާންއާ ބްރޭކްއަޕްވި ދުވަސް. އެދުވަހު އައިލީ އަށް އިގުނީ އައިލީ އަށް ޝީހާން ދެކެ ވެވުނީ އަސްލު ލޮތްބެއް ނޫންކަން އެދުވަހު ރިއަލައިޒްވީ އައިލީ އަސްލު ލޯބި ވަނީ އިޔާން ދެކެކަން.ދެން ތިބުނީ ޔާނީމެން ދުރުކޮއްލި ވާހަކަ ކިހިނެއް އައިލީއަށް ޔާނީމެން ދުރުކޮއްލާނީ އައިލީއަށް ޔާނީ މެންނާނުލާ ނުވެސް އުޅެވޭނެ.އައިލީއަށް ނުކެރުނީ ޔާނީމެން ކައިރީ އިޔާން ދެކެ ލޯބިވާކަން ބުނަން އޭރު ޔަގީން ނުވާތީ އެކަމު މިހާރު ޔަގީން ވެއްޖެ.”އައިލީން އަޔާނީއާ ދިމާލައް ބަލާލަމުން ބުނެލިއެވެ.”އޭ ދެން ހިނގާ ދާން މިހާރު އިރުވެސް އެ އެރީ މިތާ ކިތަންމެ އިރަކުވެސް ތިބެވިދާނެ ވާހަކައިގެ އަވައިގައި ޖެހިފަ. މަންމަ މެން ވެސް އުޅޭނެ ގެއަށް ނައިސް ލަސްވެގެން މިހާރު.””އާންދޯ ހިނގާ ދާން.”އެ އާއެކު ދެއެކުވެރިން ފަހުން ބައްދަލުވާނެ ކަމަށް ބުނެ ގެއާ ދިމާލައް މިސްރާބު ޖެހިއެވެ.”ހާދަ މީރު ވަސް އެބަ ދުވައޭ.މަންމާ ކޯއްޗެ ތިހަދަނީ އަނެއްކާ މާ ހާއްސަ ދުވަހަކީތަ.”އާން ދަރިފުޅާ މިއުޅެނީ ދަރިފުޅުގެ ދޮންބެ އަންނާތިވެ ކުޅިމަ…އޭންން ދޮންބެ އަންނަނީއޭ އަންގާވެސްނުލާ” އައިލީން އަލާނިޔާގެ ޖުމްލަ ނުނިމެނީސް އެހެން ބުނެ ދުވެފައި ކޮޓަރިއަށް ދިޔައެވެ.އަލާނިޔާ ދެފަރާތައް ބޯ ހޫރާލީ އައިލީން ދުވަހަކުވެސް ބޮޑެއް ނުވާނޭ ހިތައްއެރުމުންނެވެ.އައިލީން ގެ ދޮންބެ އައުލް  އައިލީން އަށް ވުރެ ދެއަހަރު ބޮޑެވެ.އައުލް މިއަދު ރަށައް އެ އަންނަނީ އޭނާގެ ހުވަފެންތަކުގައި ކުލަޖައްސައި މޮޅު ހިތުގެ ޑޮކްޓަރަކައް ވެގެންނެވެ.ހުދު އައިލީންގެ ވެސް ހުވަފެނަކީ ކުޑކުދިންގެ ހާއްސަ ޑޮކްޓަރަކައް ވުމެވެ.އައިލީން ކޮޓަރިއަށް ގޮސް އެނދުގައި ހަމަޖެހިލިއެވެ.އަދި އޭނާގެ ފޯނު ނަގައި އިޔާން އަށް ގުޅާލިއެވެ.ދެތިން ރިންގަކާއެކު އިޔާން ފޯނު ނެގުމާއެކު”އޭ އިޔާނޫ ދޮންބެ އަންނަނީ އޯ ހިގާބަލަ…….

މި ޕާޓް ލަސްވި ކަމައްޓަކާ ހުރިހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތައް މާފައް އެދެން.😊

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

brownbear
Follow Me Written By

brownbear

Level 1

A girl who loves to read and write dhivehi stories

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ސައްބީސްވަނަ ބައި)

Next

ކުށަކީ ކޮބާ – 23

Next
May 12, 2024

ކުށަކީ ކޮބާ – 23

Previews
May 12, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(ސައްބީސްވަނަ ބައި)

6 Comments!

  1. ސްލީޕިން ބިއުޓީ says:
    May 12, 2024 at 11:50 am

    Alley curious kohlaafa this nihmaalee
    When is next part curiously waiting
    May God bless our hard work
    Lysm dear brownbear

  2. Anonymous says:
    October 2, 2024 at 8:17 pm

    Your work is almost as reading a poem from shakespear. It’s literally mesmerising ❤️❤️

  3. Anonymous says:
    November 6, 2024 at 7:27 am

    Live your life as a girl

  4. Ella says:
    November 6, 2024 at 7:28 am

    Live your life as a girl

  5. Ella_christo says:
    November 6, 2024 at 7:29 am

    Live your life as a girl

  6. Ge_jangiyaa says:
    November 6, 2024 at 7:30 am

    Such a pretty gaaalll

Comments are closed.

Next Episodeހިނިތުންވެލާށޭ ކަލާ 4←


All Right Reserved!