ދުވަސްތައް އޭގެ އެންމެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައިރުވެސް އާދިންގެ އެ އުޅުމަކަށް ބަދަލެއް ނާދެއެވެ. އެ ގޮތްދޫނުކުރުމަކަށް ނިމުމެއްނާދެއެވެ. ދުލުން ބޭރުވާހާވެސް ލަފުޒަކީ ސާރާއެވެ. މިވީ މަދު ދުވަސްތަކުގެ ތެރޭގައި ސާރާއަށް އާދިންގެ ހިތުން ވަރަށް ހާއްސަ މަގާމެއް ކާމިޔާބު ކުރެވިއްޖެވެ.
……….
”ސާރާ ބުނި ވަރެއް ދޭނަން، އޭގެ އިތުރުން ގެޔަށް ގެންގޮސްދީ ލާދިނުމުގެ ހުރިހާ ހިދުމަތެއް އަހަރެން ދޭނަން. ޖަސްޓް އާދު ހެޕީ ކޮށްދީ.. އިތުރު ކަމެއް އަހަރެން ބޭނުމެއް ނޫން”
އަނިލްއަށް ހަދާނެ ގޮތް ހުސްވީއެވެ. ލޯބިވާ ދަރިފުޅަށްޓަކައި ހުރީ ކޮންމެ ފަދަ ކަމެއްވެސް ކުރަން ތައްޔާރަށެވެ. އެންމެފަހުން މަންމަގެ އެދުމުގެ މަތިން ސާރާ ގޭގައި ގެންގުޅޭ މީހެއްގެ ގޮތުގައި ގެނައުމަށް ނިންމީއެވެ.
” އެކަމް… އަހަރެންގެ ބައްޕަ ހީނުވެ ގަބޫލް ވެދާނެހެން، އަނެއްކޮޅުން ބައްޕަ އޮތީ އަހަރެން ކައިރީ މެރިއޭޖްގެ ވާހަކަ ދައްކާފަ… އަހަރެން މެރީ ކުރުަށްފަހު އާދު ކައިރީ އުޅުމަކީ މުޅިން އިމްޕޮސިބްލް ކަމެއް..! މިހެން ކަން އޮތުމާއެކު އާދުއަށް އިތުރު ދެރައެއް ދޭން އަހަރެން ބޭނުމެއް ނޫން.. ސޯ އިޓްޒް އަ ނޯ،،، ހީކުރަން އަނިލްއަށް އަންޑަސްޓޭންޑް ވަނެކަމަށް…”
ސާރާހުރީ އެކަމާ ކުރިމަތިލާން ތައްޔާރަކަށް ނޫނެވެ. ކައިވެންޏަކާއެކު އާދުގެ ކަންކަން ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން ސާރާއަކަށް ނެތެވެ. ކުޑަ ކުޑަ އާދުއަށް ދެރައެއް ދޭން އަމުދުން ސާރާ ނޭދެއެވެ.
އަނިލްއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ސާރާ ދެއްކި ވާހަކަ ދެކޮޅު ޖެހޭބައެވެ.
ސާރާ އެ ކެފޭގެ ހަލަބޮލި މަހައުލު ދޫކޮށް ދާން ހިނގައިގަތެވެ. ނޫނެކެ ބުނުމަކީ ފަސޭހަ ކަމެއް ނޫނެވެ. ފުރަތަމަ ފަހަރަށް އަނިލް އެދުނި ކަމަކަށް ނޫނެކޭ ބުނަން ޖެހުމުން ހިތް ނުތަނަވަސްވީއެވެ. އެ ދުވަހު އަނިލް ސާރާ ސަލާމަތް ނުކުރި ނަމަ ސާރާމި ދުނިޔޭގައި ހުންނާނެ ކަމުގެ ޔަގީން ކަން ވެސް ނޯންނާނެއެވެ.
އަނެއްކޮޅުން ބައްޕަ ބުނި އެރޭންޖް މެރިއޭޖްއެވެ. ސާރާ އެކަމާ ކިތަންމެހާވެސް ދެކޮޅެވެ. ނަމަވެސް އިތުރު ގޮތެއް ނެތެވެ. ބައްޕަ ބައްޕަގެ ގޮތުގައި ހިފަހައްޓާނެކަން ސާރާ އަށް ޔަގީންވެއެވެ.
ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން އަނިލް އިން މޭޒު ކަރީ ގޮސް އަނެއްކާވެސް އިށީނެވެ.
” އެބެން އައިޑިއާއެއް… އިފް ޔޫ އެގްރީ…” ސާރާ ދެބުމަ އަރުވާލަމުން ވާންވީ ގޮތް ކިޔާދިނެވެ.
”ވަޓް ދި…!” އަނިލް ދިޔައީ ކުއްލި ޝޮކަކަށެވެ.
”ޔޫ ކެން ތިންކް އެން ގިވް މީ އޭން އާންސަރ..” ސާރާ އެހެން ބުނެ ނިކުމެގެން ދިޔައެވެ.
އޭނާ ބޭނުންވި ގޮތް ބުނެވުމުން ހުރީ ހިތްހަމަޖެހިފައެވެ. ހަމަގައިމުވެސް މިހާރު ސާރާ އެހީ ނުވީ އެކެއް ނުބުނެވޭނެއެވެ.
One Comment
Comments are closed.



Nice!… Waiting for the next part!!..