Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭނގި ވެވުނު ލޯބި 3

✨ IFAA ✨
✨ IFAA ✨ Level 110 Stories
May 4, 2024 7 Mins Read
1 Comment

ހާއި ރައިޝާ” ޔޫލީން ރައިޝާ އަށް އަތް ހޫރުވަމުން ބުނެލިއެވެ. ރައިޝާ އަށް ލިބުނީ ކުއްލި ހައިރާން ވުމެވެ. ދުވަހަކުވެސް ރައިޝާ އާއި ވާހަކަ ނުދައްކާ މީހަކު މިއަދު އަމިއްލައަށް ފެނިގެން ރައިޝާ އާއި ވާހަކަ ދައްކަން ފެށުމުން އެވެ.

 

 

3 ވަނަ ބައި…

 

“މިތާ ކީއްތަ ތި ކުރަނި؟” ވާނުވާ ގައި ހުރި ރައިޝާ އަހައިލިއެވެ. “ހިންގާ ދަމާ މައި ވާން އުޅޭ ފަހަރީ” ޔޫލީން ވަރަށް ހެވި ލާފައި ވާހަކަ ދައްކާތީ ރައިޝާ އެއްޗެކޭ ނުބުނެ ހިންގައިގަތެވެ. ޔޫލީން ވެސް އޭނާ އާއި އެކު ދިޔައެވެ. “ރައިޝާ ވެއިޓް ފޯ މީ” ޔޫލީން މިހެން ބުނެ ރައިޝާ އާއި އެއްވަރު ކުރިއެވެ. “ރައިޝާ އާއި ނޯ ޔޫ އާރ މޭޑް އެޓް މީ އެކަމަކުވެސް އަޑު އަހާބަލަ އައިމް ސޮރީ ފޯ ޖަޖިން ޔޫ” ޔޫލީން ރައިޝާގެ ކިބައިން މާފަށް އެދުނެވެ. “އަހަރެން މާފު ކޮއްފިން އެންޑް ވިލް ޔޫ ޕްލީސް ލީވް މީ އެލޯން އިޓްސް އަންކޮންފޮޓަބަލް” ޔޫލީން އާއި ދުރަށް ޖެހެމުން ރައިޝާ ބުނެލި އެވެ.” ރައިޝާ އައި ވޯންޓް ޓު ބީ ޔުއާރ ފްރެންޑް… އަހަންނަށް އިންގޭ އަހަރެން ރައިޝާ ޖަޖް ކޮށް އެރޭ ރައިޝާ އަށް ހާރޓް ކުރެވުނުކަން އެކަމަކު ރައިޝާ އައިމް ވިލިން ޓު ގިވް ޔޫ އަ ޗާންސް ޕްލީސް ބީ މައި ފްރެންޑް” ޔޫލީން މަޑުމަޑުން ހުރެ ބުނެލިއެވެ. “ފައިން ޔޫލީން ޔޫ ހޭވް ޓު ބީ ޓްރުތްފުލް އެންޑް އޮނެސްޓް ވިތް މީ… އައަހަރެން ކުރިން ހުރި އެކުވެރިން އުޅުނީ އަހަރެންގެ މުދާތަކާހެދި އެންޑް އެމީހުން އަހަރެން ނަށް ދޯކާ ދީނީ އެއީ އަހަރެން އެކަނި ހުންނަ ސަބަބު އަހަރެން އެންމެ ގާތް ވާނީ އަހަރެންގެ ކޮއްކޮ ރައިލީ އާ… އައިމްް… އައިމް އަފްރެއިޑް އޮފް ގެޓިން ހާރޓް” ރައިޝާ ކިޔައިދިނެވެ. ” ޑޯންޓް ވޮރީ އައި އޭމް އަ ގޫޑް ޕާރސަން އާފްޓާ އޯލް ވީ ބޯތް އާރ ރިޗް ސޯ ވައި ރަން އާފްޓާ މަނީ” ޔޫލީން މިހެން ބުނުމުން ރައިޝާ ހިނިތުން ވެލި އެވެ. އަދި ދެ މީހުން އެކު އެކީގައި ގޮސް ސްކޫލް ތެރެއަށް ވަނެވެ.

 

 

………………

 

ކަޅުކުލައިގެ ސުޕްރާ އެއް ވައި.ޖީ ކޮންޕެނީ ދޮރުމަތީގައި މަޑުކޮށްލިއެވެ އަދި ކަޅުކުލައިގެ ސޫޓެއް ލައިގެން ހުރި ޔާނިއު އެ ކާރުން ފޭބި ތަން ފެނި އަންހެން ކުދިން އޭނާއަށް ނަޒަރު ހުއްޓަމުން ދިޔައެވެ. އޮފީސް ތެރެއަށް ވަތް އިރު މީހުން އޭނާއަށް އިޙްތިރާމް ކުރުމުގެ ގޮތުން ކޮޅަށް ތެދުވިއެވެ. ބައެއް އަންހެންކުދިން އޭނާއަށް ބަޑި ކަން ދެއްކުމުން ދިޔައެވެ. އެއަށް ސަމާލުކަން ނުދީ ޔާނިއު ދިޔައީ އޭނާގެ ކެބިން އަށްށެވެ. ކެބިން ގެ ދޮރު ހުޅުވާފައި ވަތް ވަގުތު އެތާ ސޯފާގައި އިށީންދެލައިގެން ހުރި އަންހެން ކުއްޖާ ފެނި ޔާނިއު ގާތައް ރުޅިއައެވެ.

 

 

“ހާއި ޑާލިން އައި ހޭވް ބީން ވެއިޓިން ފޯ ޔޫ” ބަޑި ގޮތަކަށް ފައި ހަދާލަމުން އެ ކުއްޖާ ބުނެލިއެވެ. “އަނާ މީ އޮފީހެއް ކަލޭ ބަޑި ދެއްކޭނެ ކްލަބްއެއް ނޫން ކަލޭ ކްލަބް ގައި ތިބި ފިރިހެނުންނަށް ބަޑި ދައްކަން ލާ ހެދުން ތައް ލައިގެން އޮފީހަށް އައިސްގެން ނުވާނެ… ހަމަމިހާރު ނިކުމޭ” ދޮރާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޔާނިއު ބުނެލިއެވެ. ތުން ހަދާލާފައި އަނާ އެތަނުން ނިކުތެވެ.

 

 

މެންދުރުގެ އަވިގަދަ ވަގުތެވެ. ލަންޗް ގަޑިއަށް ވުމުން ޔާނިއު އާއި ކަޔާން ތިބީ އޮފީސް ކެންޓީން ގައެވެ. “މަށަކަށް ނޭންގެ މި އަނާ އަށް ހަނދަން ވީގޮތެއް… މަ ހާދަ ނައްޓައޭ އެ އުޅޭ ގޮތުން… މަންމަ އަށް ޖަވާބެއް ދޭންވީ ކަންނޭންގެ… ރައިޝާ އާއި ކައިވެނި ކުރަން ވީ އެއީ ވެސް ޖެހުނު ވަބާއެއް ދެން އިތުރު ގޮތެއް ނެތެއްނު މި އުޅޭ އަނާ އަހަރެން ފުލުން ދާނީ އޭރުން” ޔާނިއު ދެއްކި ވާހަކަތައް އަޑު އަހަން ކަޔާން ހުރީ ވަރަށް ޝައުގުވެރިކަން ދީގެން އެވެ.” ކަލޭ އަށް ފެންނަ ގޮތެއް މަށަށް އޯކޭ “ކަޔާން ބުނެލިއެވެ. ކަޔާން މިހެން ބުނުމުން ޔާނިއު އޭނާގެ ކޯޓު ހިފައިގެން ކާރާއި ދިމާލަށް ދިޔައެވެ. ކާރަށް އަރައި ޔާނިއު މިސްރާބު ޖެހީ އޭނާގެ މަންމަ މެން ގެއަށް ށެވެ.

 

 

“މަންމާ” ސޯފާގައި އިން ޔުސްރާ ފެނިފައި ޔާނިއު ގޮވައިލިއެވެ.” ދަރިފުޅާ މިއަދު ހާދަ އަވަހަކާ ތި އައީ” ޔުސްރާ އަހައިލިއެވެ. “މި އައީ މަންމަ އާއި ކުޑަ ވާހަކައެއް ދައްކާލަން” ޔުސްރާ ގާތުގައި އިށީންދެލަމުން ޔާނިއު ބުނެލިއެވެ. “ކޮން ވާހަކައެއް ތަ އަނެއްކާ” ޔުސްރާ އަހައިލިއެވެ. “މަންމާ އަހަރެން ރައިޝާ އާ ކައިވެނި ކުރާނަން… ލޯބި ވެވިގެން އެއް ނޫން މަންމަ އަޅުގަނޑަށް ހޯދައިދިން ކުއްޖަކަށް ވީމަ ” އިސްޖަހައިގެން ހުރެ ޔާނިއު ބުނެލިއެވެ. “ދަރިފުޅާ މަންމަ ހާދަ އުފާ ވެއްޖެއޭ… އެއީ ވަރަށް ރަނގަޅު ކުއްޖެއް ” ޔުސްރާ ބުނެލިއެވެ. “އެންމެ ރަނގަޅު މަންމާ އަޅުގަނޑު ގޮސް ލަނީ މަންމަ އަށް މި ޖަވާބު ދޭން ވެގެން މި އައީ” ޔާނިއު މިހެން ބުނެ ލާފައި ގެއިން ބޭރަށް ނިކުތެވެ. އަދި އޭނާގެ ކާރަށް އަރައިގެން ބާރު ސްޕީޑް ގައި ދުއްވާލިއެވެ. ޔާނިއު އަށް އޭނާ އެ ދީން ޖަވާބު ހިތްހަމަނުޖެހޭކަނަ އޭނާގެ މޫނުމަތިން ވަރަށް ފާހަގަވެއެވެ. ނަމަވެސް އޭނާގެ މަންމަގެ އެދުމަށް އޭނާ އެކަމަށް އެއްބަސް ވިއެވެ. ކާރު ގޮސް މަޑުކޮށްލީ ސަލްޓަންޕާކް ކައިރީގައެވެ. ފެންފުޅި ހިފައިގެން އިށީންދެލީ އެތާންގެ ބެންޗެއްގައެވެ. އަދި އެ މާހައުލު ގެ ތާޒާ ވައި އިޙްސާސް ކުރެވެމުން ދިޔައެވެ.

 

 

އެތަކެއް އިރެއް ވާންދެން އެތާންގައި ހުރެފައި ޔާނިޔު ބެންޗް އިން ތެދުވެ މޫނު މައްޗަށް ވިހަ ހިނިތުންވުމެއް ގެނައެވެ. އަދި ވަގުތުން ކަޔާން އަށް ގުޅައިލިއެވެ. “ކަލޭ ކޮންތާކު ވަރަށް އަވަހަށް ލަގްޖުއަރީ ކެފޭ އިން މަށާ ބައްދަލު ކޮށް ބަލަ” ކަޔާން ފޯނު ނެގުމާއި އެކު ޔާނިއު މިހެން ބުނެ ފޯނު ކަނޑާލިއެވެ. މާ ބޮޑު ކަމަކަށް ނުހަދާ ކަޔާން ޔާނިއު ބުނި ކެފޭ އަށް ދިއުމަށް ނިކުމެލިއެވެ. 10 ވަރަކަށް މިނެޓް ފަހުން ލަގްޖުއަރީ ކެފޭ އާއި ހަމަ ވި އެވެ. އެތާ އެތެރެއަށް ވަތް އިރު އެތާ ބިއްދިށު ގައި ހުރި މޭޒެއްގެ ދޮށުގައި އިށީނދެ ލައިގެން އިން ޔާނިއު ފެނި އެދިމާލަށް ގޮސް ޔާނިއު އާއި ވީ ފަޅީގައި އިށީންދެލިއެވެ.

 

 

“ކީކޭ ބްރޯ؟ ކޮން ވާހަކައެއް ދައަކާލަން މަ ތި ގެނައީ ؟” ކަޔާން އަހައިލިއެވެ. ” މަ މަންމަ ގާތުގައި ޖަވާބު ދީފިން މަގޭ ޖަވާބަކީ ޔެސް މަ އެ މާމަގަނޑާ ކައިވެނި ކުރާނަން” ޔާނިއު ހީފައި ހުރެ ބުނެލި އެވެ. “އޯކޭ… އެންމެއެންމެ ސުވާލެއް ؟ ކައެ ހާދަ ހެވިފަ އަނެއްކާ އޭނަ އާއި ކައިވެނި ކުރެވޭތީތަ ؟”ކަޔާން ވާނުވާ އޮޅުން ފިލުވުމަށް އަހައިލިއެވެ. “އައްޗި މަ އޭނާގެ ދިރިއުޅުން އެއްކޮށް ހަލާކު ކޮށްލާނަން… މަ މީ ކިހާ ނުބައި މީހެއް ކަން ދައްކާނަން” ޔާނިއު މިހެން ބުނެ ވިހަ ގޮތަކަށް ހީލި އެވެ. ” ކަލޭ މޮޔަ ވީތަ؟އޭނަ އަށް ތިހެން ނުހަދާ އޭނާ އާއި އެކު އުފަލުގައި އުޅެން މަސައްކަތް ކުރަން ވީނު” ކަޔާން ޔާނިއު އަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ” އިނަފް! މީ އަހަރެންގެ އެންމެ ފަހު ނިންމުން… އައި ވިލް ރުއިން ހާރ” ޔާނިއު ބުނެލިއެވެ. އަދި އެ މޭޒު ކައިރިން ތެދުވެ ލިއެވެ.

 

 

…………….

 

ޔޫލީން ޑިއުޓީ ގައި ހުއްޓާ އޭނާގެ މަންމަ އޭނާ އަށް ގުޅަން ފެށުމުން ކުރަން އުޅުން މަސައްކަތް ހުއްޓާލާފައި ފޯނަށް ސަމާލުކަން ދިނެވެ.” ހަލޯ” ފޯނު ނެގުމާއި އެކު ޔޫލީން ބުނެލިއެވެ.” ދަރިފުޅާ މިއަދު ގެއަށް އަންނަމުން ރައިޝާ ވެސް ގޮވައިގެން އަންނައްޗެ… ދަރިފުޅުގެ ދޮންބެ އެއްބަސް ވެއްޖެ ރައިޝާ އާއި ކައިވެނި ކުރަން” އުފަލާއި އެކު ޔުސްރާ ބުނެލިއެވެ. “އަސްލުވެސް މަންމާ… މާޝާ ﷲ ތީ ހާދަ އުފާވެރި ހަބަރެކޭ އަހަރެން ރައި ގޮވައިގެން ދާނަން” އުފަލުން ޔޫލީން ބުނެލިއެވެ. ޔޫލީން އުފަލުން އޭނާގެ ކެބިން އިން ނިކުމެ ސްޓާފް ރޫމް އަށް ދިޔައެވެ.” އައްސަލާމް އަލައިކުމް “ސަލާމް ގޮވައިލަމުން ޔޫލީން ސްޓާފް ރޫމް އަށް ވަނެވެ. އަދި ރައިޝާ ފެނޭތޯ ވަށައި ބަލައިލިއެވެ. އޭނާގެ ނަސީބު ރަނގަޅީ އެވެ. އެތާ ކަނެއް ގައި ހުރި މޭޒެއްގެ ދޮށުގައި އިށީންދެލައިގެން ފޮތްތައް މާކް ކުރަމުން ދިޔަ ރައިޝާ ފެނި ޔޫލީން އޭނާ އާއި ދިމާލަށް މިސްރާބު ޖެހި އެވެ.

 

 

“ކޮބާ ނިމޭކަށް ނޫޅޭ ؟” ރައިޝާ ގާތައް ގޮސް ހުއްޓިލަމުން ޔޫލީން ބުނެލިއެވެ. “ނޫނޭ މި ނިމުނީ” ހިނިތުން ވެލާފައި ރައިޝާ ބުނެލިއެވެ. އަދި އެ ފޮތް އެތާންގައި ބާއްވާފައި އަތް ދަބަސް ހިފައިގެން ޔޫލީން އާއި އެކު ދިއުމަށް ހިންގައިގަތެވެ. “ރައީ… އައި ހޭވް ގޫޑް ނިއުސް އަހަރެންގެ ދޮންބެ ޔާނިއު އެއްބަސް ވެއްޖެ ރާއީ އާ މެރީ ކުރަން ކޮންގްރާޑްސް… އެންއެންޑް މޯމް ބުނީ ރައި ގޮވައިގެން ގެއަށް އަންނަން ސޯ ލެޓްސް ގޯ” މިހެން ބުނެ ޔޫލީން ރައިޝާ ގޮވައިގެން އޭނާގެ ގެއަށް ދިޔައެވެ.

 

 

އެތެރެއަށް ވަތް އިރު އަޝްވާ އާއި ރިޔާޒް އެތާ ސޯފާގައި އިށީންދެލައިގެން އިނެވެ. އަދި ޔުސްރާ އާއި ޔާނިއު ވެސް ވެއެވެ. “ރައި އާދޭ އަވަހަށް އިށީންދެލާ… ޔާންޔާން ވެސް ދޭ އެތާ އިށީންދެލަން އިރު ކޮޅަކުން ޣާޒީ އަންނާނެ” ޔުސްރާ ބުނެލިއެވެ. ރައިޝާ ގޮސް އެތާންގައި ހުރި އެކަހެރި ގޮނޑިއެއް ގައި އިށީނދެލި އެވެ. އަދި ރައިޝާ ގެ ކުރިމަތީގައި ހުރި އެކަހެރި ގޮނޑީގައި ޔާނިއު އިށީންދެލިއެވެ. “އައްސަލާމް އަލައިކުމް” ޣާޒީ ގެއަށް ވަންނަމުން ސަލާމް ގޮވައިލިއެވެ. “ވަޢަލައިކުމުއް ސަލާމް” ޔުސްރާ ސަލާމް ބަލައިގަތެވެ. ޣާޒީ އަދަބު ވެރި ކަމާއި އެކު ގޮސް އެތާ ސޯފާގައި އިށީންދެލިއެވެ. “އާދެ އަޅުގަނޑު މިއަދު މި ބައްދަލު ކޮށްލީ މުހައްމަދު ޔާނިއު އަދި ޢާއިޝަތު ރައިޝާގެ ކައިވެނީގެ ވާހަކަ ދައްކައި ލުމަށް… އަޅުގަނޑު އޮތީ އެންމެން ސުވާލެއް… މި ކައިވެނި ކުރަން ބޭނުން ވަނީ ކިހިނެތް ތޯ ޕާޓީ އެއް ތޯ ނޫނީ ކޯޓުން ތޯ؟” ޣާޒީ އަހައިލިއެވެ. “އަޅުގަނޑު ބޭނުން ވަނީ ކޯޓުން މި ކައިވެނި ކުރަން” ޔާނިއު އުފަލާއި އެކު ބުނެލިއެވެ. ދެން ޣާޒީ ބަލައިލީ ރައިޝާ އާއި ދިމާލަށް ށެވެ.” އަޅުގަނޑު ވެސް ބޭނުންވަނީ ކޯޓުން މި ކައިވެނި ކުރުމަށް ” ރައިޝާ ވެސް ބުނެލިއެވެ.” އެންމެ ރަނގަޅު މާދަމާ ހަވީރު މި ދެ ކުދިންގެ ކައިވެނި ކުރިއަށް ދާނެ ފެމަަލީ ކޯޓު ގައި ތި ދެކުދިން ވެސް އަންނާނެ ކަމަށް އުންމީދު ކުރަމުން ވަކި ވެލަން” ޣާޒީ މިހެން ބުނުމަށް ފަހު ސޯފާއިން ތެދުވެ ލިއެވެ. އަދި ކާގެއާއި ދިމާލަށް ދިޔައެވެ.

 

 

އެ ދުވަހު އިރު އޮއްސި އިޝާ އަށް ގަވަމުން ދިޔައިރު ވެސް މި ދެ އާއިލާ ވަނީ މަޖަލުގައެވެ. ޔޫލީން އާއި ރައިޝާ އަދި ރައިލީ އުޅުނީ އޮލަ ވާހަކަ ތަކުގައި ޖެހިފައެވެ. ޔާނިއު އާއި ކަޔާން ބެލްކަނީ ގައި ތިބެ ވާހަކަތައް ދައްކަމުން ދިޔައެވެ. “ނަސީބެއްނު ކޯޓުން ކައިވެނި ކުރާކަން އެހެން ނޫނީ މީހުން ކުރިމަތީ އެ މާމަގަނޑާއި ކައިވެނި ކުރަން ޖެހޭނީ… އަދި އިންގޭތަ މިއަދު ޣާޒީ އާ އިރު އޭނަ އަހަންނަށް ދެއްކޭން ވެގެން އިސްޖަހައިލާގެން ހުރީ ލޮލް ވަރަށް ޖޯކު” ޔާނިއު ރައިޝާ އަށް ކުދި ކިޔަމުން ދިޔައެވެ. “ބްރޯ އޭނާ އަށް ޗާންސް އެއް ދޭން ވީ ނު އައި ޑޯންޓް ތިންކް ޝީ އިޒް އިވެން ޓްރައިންގް ޓު އިމްޕްރެސް ޔޫ… މަ ރައިލީ އާ ވާހަކަ ދައްކައިފިން އެންޑް އައި ފައިންޑް ސަމްތިންގް ޑިސްޓާރބިން ވަރަށް ހާލުގަ އުޅެ އޭނާ ބޮޑުވެގެން އައީ…” “ބްލާ ބްލާ އައި ޑޯންޓް ކެއަރ އެބައުޓް ހާރު ސްޓުޕިޑް ލައިފް މަ ބޭނުމީ އޭނަގެ ދިރިއުޅުން އެއްކޮށް ހަލާކު ކޮށްލަން ” ކަޔާން ކިޔަން އުޅުން އެއްޗެއް ކިޔާ ނުނިމެނީސް ޔާނިއު ބުނެލިއެވެ.” ކަލޭ ދުވަހަކުވެސް އަޑެއް ނާހާނެ… ކަލެކަލޭ ކުރާ ކަމެއް ކުރޭ މަ ގިވް އަޕް” މިހެން ބުނެ ކަޔާން ގޭ ތެރެއަށް ވަނެވެ. އަދި އޮލަ ވާހަކަ ތަކުގައި ތިބި 3 އަންހެން ކުދިން އަށް ބަލައިލިއެވެ. ކަޔާން ބަލަން ހުރުމުން ޔޫލީން ކުޑަކޮށް ހިތް އަވަސް ވެ ލިއެވެ. އަދި ރައިޝާ އާއި ރައިލީ ގާތުގައި “މި އަންނަނީ ” އޭ ބުނެފައި ކަޔާންގެ ގާތައް ދިޔައެވެ.

 

 

“ޔުލީ އަހަރެން އެބަ އޮތޭ ވާހަކައެއް… ޔާން އެ އުޅެނީ ރައިޝާގެ ދިރިއުޅުން އެއްކޮށް ބަރުބާދު ކޮށްލަން އަހަރެން އޭނާ އަށް ވިސްނައިދޭން ވަރަށް މަސައްކަތް ކޮށްފިން އެކަމަކު އަޑެއް ނޭހި” ކަޔާން ހާސް ވެފައި ހުރެ ބުނެލި އެވެ. “ޕިސް ޕިސް ކަޔާ އަށް ހަމަ ސާބަސް ވެން ވިލް ޔޫ ލާރން… އެއީ ދޮންބެ މަޖަލަކަށް ކުރާ ކަންތަކޭ އައި ނޯ ދޮންބެގެ ގޮތް ގަނޑު ހީ އިޒް ސަޗް އާ ކިޑާރ އޯލްސޯ ދޮންބެ އެއީ އެހާ އަނިޔާވެރި މީހެއް ނޫން ޑޯންޓް ޓޭކް ހިސް ވޯރޑްސް ސީރިއަސްލީ.. ހެހެ ” ޔޫލީން ވާނުވާ ނޭނގޭ ހިނދު ވެސް އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ދިފާއު ކުރިއެވެ. އަދި ހެމުން ކަހަލަ ގޮތަކަށް ރައިޝާ މެން ގާތައް ދިޔައެވެ.

 

 

“ބްރޯ ކަލޭ މަ ކިޔާ އެއްޗިސް ޔުލީ ކައިރީ ކިޔަނީތަ؟” ޔާނިއު ބުނެލިއެވެ. “އާން އަހަރެން ޔުލީ ކައިރީ މި ކިޔަނީ އެއީ ރައިޝާ އެއީ ޔުލީގެ އެކުވެރިއަކަށް ވީމަ… ޔާން ވިސްނަބަލަ އެ ފަކީރުގެ ހާލަތް ތަކާ ބެހޭގޮތުން…” “ނޫޅެން ވިސްނާކަށް” ކަޔާންގެ ވާހަކަ އަޑު ނާހާ ޔާނިއު އެތަނުން ދިޔައެވެ.

 

 

އެރޭ 10 ޖަހާ ބޮޑުވި ފަހުން ރައިޝާ އާއި ރައިލީ އާއި އަޝްވާ އަދި ރިޔާޒް ގެއަށް އާދެވުނެވެ. ރައިލީ ވަރުބަލި ވިވަރުން ނިދާލުމުގެ ނިޔަތުގައި ކޮޓަރިއަށް ދިޔައެވެ. ރިޔާޒް ވެސް ކޮޓަރި އަށް ވަނީ އަޝްވާ އާއި ވާހަކަ ދައްކަން ބޭނުން ނުވާތީ އެވެ. ރައިޝާ ކޮޓަރިއަށް ވަންނަން ނަގައިލި ފިޔަވަޅު މަޑު ޖައްސަން ޖެހުނީ އަޝްވާ ގޮވައިލުމުން އެވެ. “ލައްބަ މަންމާ” އަދަބްވެރި ކަމާއެކު ރައިޝާ ބުނެލިއެވެ. “މާދަމާ އެކަނި ދޯ ކަލޭ މިގޭގަ އުޅޭނީ… ނަސިބެއްނު! ބުނަން ޔާނިއު ކަލޭ އަށް ދޭ ރުފިޔާ އިން އެއްބައި މަށަށް ފޮނުވަން ޖެހޭނެ ހަނދާން ކުރާތި” އަޝްވާ މިހެން ބުނެފައި އޭނާގެ ކޮޓަރި އަށް ދިޔައެވެ.

 

 

ރައިޝާ އިސްޖަހައިލައިގެން ގޮސް އޭނާގެ ކޮޓަރި އަށް ވަދެ ދޮރު ލެއްޕުމަށްފަހު ދޮރުގައި ލެގިލިއެވެ. އިސާހިތަކު ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ރައިޝާގެ ހަނދާން ތަކަށް އަންނަމުން ދިޔައީ މީގެ 3 އަހަރު ކުރީގެ ހަނދާން ތަކެވެ.

 

…

 

3 އަހަރު ކުރިން…

 

 

ކޮލެޖް އިން ނިމިގެން ގެއަށް އައިސް ވަތް ރައިޝާގެ ލޮލުގައި އަޅައިގަތީ އަޝްވާ އާއި ރިޔާޒްގެ ކޯޅުން ތަކެވެ. އެކަކު އަނެކަކާ ދިމާލަށް ދުލަށް އައި ހާ އެއްޗެއް ގޮވަމުން ދިޔައެވެ. ރައިޝާ ގެއަށް ވަތްކަން އެނގުމުން ދެމީހުން އޭނާ އާއި ދިމާލަށް ބަލައިލިއެވެ. “ކޯޗެއް ބަލަން ތިހުރީ ވަދޭ އެތެރެއަށް” އަނގައަށް ގޮތެއް ހަދާ ލަމުން އަޝްވާ ބުނެލިއެވެ. “އެ މަންޖެ އާއި ދިމާލަށް އެއްޗިސް ނުކިޔާ އެއީ ކަލޭގެ ހައްގު ދަރި ނޫނަސް ކަލޭ އަމިއްލައަށް ހެޔޮ ފުޅު ވާންވެގެން ބޮލުގަ އެޅި ޒިންމާއެއް އެއީ” ރިޔާޒް މިހެން ބުނެވުނީ ތަންކޮޅެއް ބާރަށް ށެވެ. ރައިޝާގެ ހިތް ހުއްޓުން ފަދައެވެ. ވާނި ވެސް އެހެންތާއެވެ. އުމުރުން 20 އަހަރު ވާދެކަށް މަންމަ އާއި ބައްޕަ ކަމަށް ދެކެމުން އައި ދެމީހުން އޭނާ އަށް އޮޅުވައިލިއެވެ.

 

 

……

 

މާޒީގެ ހަނދާން ތަކުގައި ހުރި ރައިޝާ ހަމަ ބިމަށް އާދެވުނީ އޭނާގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަން ފެށުމުން އެވެ. “ހަލޯ” އަޑަށް ބަދަލެއް ފެންނަމުން ރައިޝާ ބުނެލިއެވެ. “މާދަމާ ހަވީރު މަ ދާނަން ރައިޝާ ބަލާ އާއިލާ އެންމެން ވެސް ދާނެ ތައްޔާރު ވެގެން ހުންނައްޗެ” އިހުސާސް އެއް ނެތް ގޮތަކަށް އެމީހާ ބުނެލިއެވެ. “އަމް ތި ކާކު؟” ބާރުން ހުރެ ރައިޝާ އަހައިލިއެވެ. “ވާން އުލޭ ފިރިމީހާ ވެސް ނޭންގެ ހާދަ ހެއްވައޭ…. އައަދި އެއް ވާހަކަ ފޮށި ތައްޔާރު ކޮށްފަ ބަހައްޓާނީ” ޔާނިއު މިހެން ބުނެ ފޯނު ކަނޑާލިއެވެ.

 

 

ރައިޝާ އޭނާގެ ލޮލު ކައިރީގައި ހުރި ކަރުނަތައް ފޮހެލާފައި އެތާ ހަރުގައި އަޅުވާފައިވާ ފަލަ ފުއްޕި ހަރުވާޅަކާއި އަތް ކުރު ޓީ ޝާޓެއް ނަގައި ފާހަނާ އަށް ވަދެ އެއްޗިސް ބަދަލު ކޮށްލުމަށް ފަހު އެނދު މަތީގައި އޮށޯވެލި އެވެ. އަދި ޔާނިއުގެ ހިޔާލު ތަކާއި މެދު ވިސްނަން ފެށިއެވެ.

 

 

……….

 

ފޯނު ކަނޑާލުމަށް ފަހު ރައިޝާ އާއި ދިމާލަށް ކުދި ކިޔަމުން ޔާނިއު އޮށޯވެލި އެވެ. “ޢާއިޝަތު ރައިޝާ މާދަމާ މީ ކަލޭ އުފަލުން އުޅެވޭނެ އެންމެ ފަހު ދުވަސް އެއަށްފަހު ކަލޭގެ ދިރިއުޅުން އެއްކޮށް ބަރުބާދު” ޔާނިއު ރައިޝާ އާއި މުހާތަބް ކޮށް ވާހަކަ ދެއްކި އެވެ.

 

 

ނުނިމޭ…

 

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

އިމްނާ

Next

ހިނިތުންވެލާށޭ ކަލާ 2

Next
May 4, 2024

ހިނިތުންވެލާށޭ ކަލާ 2

Previews
May 2, 2024

އިމްނާ

One Comment

  1. 💜ONLY URS 💜 says:
    May 6, 2024 at 12:33 pm

    Masha Allah mi part ves vrh reethi
    Curiously waiting for the next part
    Lysm IFAA 🤗🙂

Comments are closed.



All Right Reserved!