Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 9

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
August 25, 2024 7 Mins Read
2 Comments

ހޫދާއި ދިމާލަށް އަހަރެންނަށް ބަލައިލެވުނީ ދެނެވެ. އޭނާގެ މޫނު މައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ބުނެދޭން ދައްޗެވެ. ނިތްކުރީގައި ދާ ތިކިތިކި ބަބުޅަމުން ދިޔައެވެ. ނޭވާލަނީ އަވަސް އަވަހަށެވެ. ލޮލުން ކަރުނަައިގެ އަސަރު ފެންނަން ހުއްޓެވެ. ހީވަނީ ދެންމެ ދެންމެ އޭގެ މަޤާމު ދޫކޮށް ކަރުނަތައް އޮހިގަނެފާނެހެނެވެ. އެހެނަސް ދެރަވުމަށް ވުރެ ބޮޑަށް އެ ހުރީ ރުޅިއައިސްފައި ކަން އަހަންނަށް ނަގައިގަނެވުނެވެ. އެކަމަކު މި ވަނީ ކީއް ހެއްޔެވެ؟ އެ ވީޑިއޯ އިން ހޫދަށް ފާހަގަ ވެގެން އެ އުޅެނީ ކޮން ކަމެއް ހެއްޔެވެ؟

“ވައިޓީ!” އަހަރެން ގޮވާލީމެވެ. ނަމަވެސް ހޫދަށް އެ އަޑު ނީވޭ ކަހަލައެވެ. ކާޅެއް ކޮއްޖަހާހެން ލެޕު ދަމައިގަނެފައި އަލުން އެ ވީޑިއޯ އަޅުވާލިއެވެ. މާ ވަރަކަށް ބަލާކަށް ނޫޅެއެވެ. އެ ކިޔާ އެއްޗެއް އަޑުއެހުމަށް މާ ބޮޑަށް އިސްކަންދީގެން އުޅޭކަން އެނގުނެވެ. އެހެނަސް ސުވާލެއް ނުކޮށް ހުރީ އޭނާ ވާހަކަ ދައްކާ ތޯއެވެ. ލެޕު އަނބުރާ ހުރި ތަނުގައި ބެހެއްޓި އިރުވެސް އެ ފަކީރު ހުރީ ބަސް ހުއްޓިފައެވެ. 

“އެ…އަ…ޑަކީ” ބަސް އައީ ބުރިބުރި ވެގެން ވިޔަސް ހޫދުގެ އަނގަ ހުޅުވާ ލިއެވެ. “ހޫދަށް އެނގޭ މީހެއްތަ؟” ޝެހެނާޒު ކޮށްލީ ރަނގަޅު ސުވާލެކެވެ. “އެއީ މަ ބައްޕަ” ހޫދު ބުނެލީ ފެންފޮދެއް ބޯލަމުންނެވެ. އަހަރެން ދިޔައީ އެއްލިގެންނެވެ. “ކީކޭ؟” ދުލުން ވާހަކަ ދެއްކުނީ ވެސް ބާރަށެވެ. މީގެ ކުރިން ވެސް ހޫދުގެ ބައްޕަ އެމީހުންނަށް އަޅާނުލާ ކަމަށް ބުނެއެވެ. އެހެނަސް އެއީ ހައްދުން ނައްޓާ ގޭންގު ގޮލައެކޭ ނުބުނެއެވެ. ހޫދުގެ ޙަރަކާތްތައް ހުރިގޮތުން އެކަން އޭނާއަށް ވެސް ނޭނގޭ ކަން އިހުސާސް ކުރެވުނެވެ. 

“ހުރިހާ ހެއްކެއް؟” ވަގުތު ކޮޅަކަށް ފަހު ޝެހެނާޒު ބުނެލިއެވެ. އަހަރެންނަށް ދެން ވިސްނާލެވުނީ އެ ބުނި އެއްޗަކާއި މެދުއެވެ. އަނެއްކާ ކިޔާރާގެ އަތުގައި ކޮންކަމަކާއި ގުޅޭ ހެއްކެއް ހުރީ ހެއްޔެވެ؟ އެމީހުން ހިންގާލާ މޮޅެތި ކުށްތަކާއި ގުޅުން ހުރި އެއްޗެއް ހެއްޔެވެ؟ ހެއްކަކީ ކިޔާރާ ހެއްޔެވެ؟ ނޫނީ އަހަރެމެން ހީކުރި ގޮތަށް ކިޔާރާގެ ކޮޓަރީގައި ހެކި އެއްކޮށްފައި ހުރި އެއްޗެއް ހުރީ ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ލިބެން އޮތީ އެ ގެއަށް ގޮސްގެންނެވެ. 

“އަހަރެން ސީސީ ކެމެރާތަކުގެ ކަންތައް ނިންމަލަފާނަން. ތި ދެމީހުން ގޮސް މުހިންމު ވާނޭ ހެން ހީވާ އެއްޗެއް ހުރިއްޔާ ގެނޭ” އަހަރެން ލެޕާއި ކުޅެލީ އެހެން ބުނެލަމުންނެވެ. “ނޫން. އެ ކޮޓަރިއަށް ވަންނަން ޖެހޭނީ އަހަރެންނާ ރިފް. ވައިޓީ ފާރަޔަށް ބެހެއްޓީމަ ވީނުން” ޝެހެނާޒު އަހަރެންގެ ޚިޔާލަށް ކުޑަ ބަދަލެއް ގެނައެވެ. އަހަރެމެންގެ ރޭވުން އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ފެށީމެވެ. ކިޔާރާ ފޮރުވިހާ ކަމެއް ފުލުހުންނަށް ވުރެ ކުރިން ހޯދުމަށް ޢަޒުމް ކަނޑައެޅީމެވެ. 

ޝެހެނާޒުމެން ދިއުމުން އަހަރެން ރަވާނަށް ގުޅާ ކުރާ ކަންތަކުގެ ވާހަކަ އަންގާލީމެވެ. ކޯޑު ބަހުރަވައަކުންނެވެ. އޭނާ ނެތަސް ބުނެގެން ވާނެ ގެއްލުމެއް ނެތް ވިއްޔާއެވެ.

އެއްބަސްވި ގަޑިއަށް އަހަރެން ތައްޔާރު ވެލައިގެން ނުކުތީމެވެ. މީހަކަށް ޝައްކު ނުވާނޭ ކަހަލަ ގޮތަކަށް ހެދުން އަޅައިގެންނެވެ. އާދައިގެ ދަނބު ކުލައިގެ ހުޑީއާއި ކަޅު ޓައިޓެކެވެ. ދެން މީހަކަށް ބަސްޓު ވިއްޔާ ރީއްޗެއް ނުވާނެއް ނޫން ހެއްޔެވެ؟

އަހަރެމެން ތިން މީހުންނަށް މަންޒިލާއި ހަމައަށް އާދެވުނު އިރު ދަންވަރު ބާރަ ޖަހައިފިއެވެ. ލަސްލަހުން މޫނު ނިވާކޮށްލީ ދެނެވެ. ނަސީބަކުން ލޫދެމުން ކަހަލަ ގޮތަކަށް ކިޔާރާ އުޅޭ ކޮޓަރީގެ ކުޑަދޮރާއި ހަމައަށް ދެވުނީ މީހަކަށް ނުފެނިއެވެ. ކުޑަދޮރު ހުޅުވާލީ ހެކް ކޮށްގެން ސްމާޓް ލޮކް އަންލޮކް ކޮށްލައިފައެވެ. ކޮޓަރިއަށް ވަދެވުމުން އެތަން ބަލާ ފާސްކުރަން ފެށީމެވެ. ވަރަށް ފަރުވާތެރިކަމާއެކު ގައެވެ. ކޮޓަރި އެކަނި ބަލައިގެން ހިތް ނުފުރުމުން ފާޚާނާ ވެސް ބެލީމެވެ. ބައި ގަޑިއިރެއްހާ ވަގުތުގެ މަސައްކަތުން ހޯދުނީ ހާޑް ޑްރައިވްއަކާއި ރެކޯޑަރެކެވެ. ރެކޯޑަރުގެ މެމޮރީ ކާޑު ނަގައި އޭގައި ހުރި އެއްޗެހި ލެޕަށް އަޅައިފައި އަހަރެމެން ގެންދަން ގަސްތުކުރީ ހާޑެވެ. ރިކޯޑަރު ހުރިގޮތަށް އެނދު ދަށުގައި ހަރު ކުރީމެވެ. 

އަތުން އިޝާރާތް ކޮށްލަމުން އަހަރެން ފިޔަވަޅު އަޅަން ފެށީ ކޮޓަރިން ނުކުތުމަށެވެ. ޝެހެނާޒު ވެސް ކޮޓަރީގެ އަސްލު ދޮރު އަންލޮކް ކޮށްލައިފައި އަހަރެންގެ ފަހަތުން އައެވެ. ކުޑަދޮރު ލައްޕާލުމަށް ފަހު އެ އިމާރާތުގެ އިމުން ބޭރުވެލީ އަޑެއް ލައްވާ ނުލައެވެ. ދެން އަވަސް އަވަހަށް ދެ އަތުގައިވާ އަންގި ނަގާ އަޅައިގެން ހުރި މާސްކާއި އެކު ދަބަހަށް ލީމެވެ. އެއަށްފަހު މަގަށް ނުކުމެ ހިނގައިގަތީ އާދައިގެ މީހެއް ގޮތަށެވެ. މިފަހަރުގެ ޕްލޭން އެކަށް ކާމިޔާބުވުމުން ހަމަޖެހުމުގެ ނޭވާއެއް ލީމެވެ. 

އަހަރެމެން ތިން މީހުން ވަނީ އަހަރެންގެ ގެއަށެވެ. އެވަގުތު އެ ތަން ބަލަހައްޓައިގެން ހުރި މީހާ ފެނި ހިންދިރުވާލެވުނެވެ. މި ގަޑީގައި މަންމަ ހޭލާ އުޅޭނެ ކަމުގެ ޚިޔާލެއް ނުކުރެވޭނެއް ނޫން ހެއްޔެވެ؟ “މަރްޔަމް ރިފްޤާ!” ރުޅިން މަންމަގެ މޫނު ވެސް ހުރީ ރަތް ވެފައެވެ. “އޯވ މޭން” އަހަރެން ތުންފަތުގައި ދަތްއަޅާލީމެވެ. ދެން މިކަމެއް ހެޔޮ ގޮތަކަށް ނުނިމޭނެއެވެ. ކަންތަކާ ޖެހުނީއެވެ. މަންމަ ކަހަލަ ‘އޯވާޕްރޮޓެކްޓިވް’ މީހަކަށް އަހަރެން ދަންވަރު ބޭރަށް ނުކުތަސް ހީވާނީ ދުނިޔެ ޤިޔާމަތް ވީ ހެންނެވެ. މުޅި ހުޅުމާލޭގައި ސީސީ ކެމެރާތައް ފުރާފައި ހުއްޓަސް ހެވެވެ. 

“ލައްބަ މަންމާ! ކިހިނެއް ތޯ ވީ؟” އަހަރެން ވާހަކަދެއްކީ ރީތިކޮށެވެ. މަންމަ އައިސް އަހަރެމެން ތިން މީހުން ގޭގެ ސިޓިންރޫމަށް ގެންދިޔައެވެ. ސޯފާގައި އިށީންނަން އަންގައިފައި ސުވާލު ގޯނީގެ ތުން މޮހާލިއެވެ. ކުރި ކަންތައް ބޭޒާރު ނުވާނޭހެން އަހަރެމެން ޖަވާބު ދެމުން ގެންދިޔައީމެވެ. ގިނަފަހަރު ޝެހެނާޒެވެ. އާނ ދެން ޝައްކެއް ނުވާނޭހެން ޖުމްލަތައް ގަތާލަން އެނގޭނީ އޭނާއަށް ވިއްޔާއެވެ. 

“ބުނާނަން ޝާނާ ގާތު މިކަހަލަ ވަގުތު ޝެހެނާޒު ބޭރަށް ނުފޮނުވާށޭ. ހަފިއްތަ އަށް ވެސް އަންގާނަން. މި ފަހަރު ރަނގަޅަށް ދެ ދުނިޔެ ދައްކާލާނަން.” މަންމަގެ ވާހަކައިން ހޫދުމެންގެ މޫނުމަތި މިލާ މޯޅިވިއެވެ. ދެކޮޅަށް އެއްޗެއް ބުނަން އަހަރެން އުޅުނީމެވެ. އެހެނަސް މަންމަ އަކީ މާ ބޯހަރު ގޮތުގައި ހިފަހައްޓާ މީހެކެވެ. މިރޭ މިގޭގައި ނިދަން ބުނެފައި މަންމަ ވަނީ ކޮޓަރިއަށެވެ. އަހަރެން ތުން އަނބުރާލަމުން ޝެހެނާޒާއި ހޫދު ގޮވައިގެން މަތީ ބަޔަށް އަރަން ދިޔައީމެވެ. 

ތިން މީހުން އެކުގައި ގޮސް އަހަރެންގެ ކޮޓަރިއަށް ވަނީ އެ ގެނައި ހާޑުގައި ކިޔާރާ އެ ފޮރުވާން މަސައްކަތް ކުރާ އެއްޗެއް ހުރި ތޯ ބަލާށެވެ. ދޮރު ލައްޕާލުމަށްފަހު ލޮކު ކޮށްލީ އެ ކަމުގައި އުޅެނިކޮށް މަންމާފުޅު އަތުވެދާނެތީއެވެ. ފުރަތަމަ އަޑު އެހީ މެމޮރީ ކާޑުން ނެގި އެއްޗެހިނެވެ. އެއިން ކިޔާރާއަށް ބިރުދައްކާ ބައިބައި ވަކިން ނަގަމުން ދިޔައީމެވެ. އެ ފަކީރު އުޅުނު ޙާލު އަޑު އިވެމުން ދިޔައިރު އަހަރެންގެ ލޮލުން ވެސް ކަރުނަ ނީރާލައެވެ. އެއް ކުލާހުގައި ކިޔެވި ކުއްޖާގެ އަނދިރި ޙަޔާތުގެ ކުލަވަރު ކުރިން ނޭނގުނު ކަމަށް އަމިއްލަ ނަފްސަށް އެއްޗެހި ކިޔުނެވެ. 

ނިމާލަކީ ހާދަހާވާ އަނިޔާވެރި މީހެކެވެ. ކިޔާރާގެ ދިރިއުޅުން ހަލާކުކޮށް އަންދާލީއެވެ. އަނިޔާކޮށް އެ ރީތި ކުއްޖާގެ ހަށިގަނޑު ލަކުނުން ފުރާލީއެވެ. އެކުއްޖާގެ ނުރުހުމުގައި ގަދަކަމުން ޖިންސީ އެދުން ފުއްދަމުން ދިޔައީ އެ ނިކަމެތި ހިތް ޒަޚަމުތަކުން ފުރާލަމުންނެވެ. ކިޔާރާ ހާދަހާވާ ހިތްވަރު ގަދައޭ ހިތަށް އެރިއެވެ. އެ އުޅުނީ ކިހާ ޙާލެއްގައި ހެއްޔެވެ؟ ކިޔާރާގެ މައިންބަފައިންނަށް އެއްކަމެއް ވެސް ނޭނގިހުރުމުން އަހަރެންގެ ގާތަށް ރުޅި ވެސް އައެވެ. މަސައްކަތުގައި ބިޒީ ވިޔަސް ދަރިފުޅު މުހިންމު ވާނެ ވިއްޔާއެވެ. ނިމާލު ކުރިމަތީގައި އެ ފަކީރު ހިންޏަކަށް ވުރެ ބާރު ދެރައެވެ. ނިމާލަށް ކިޔާރާގެ ބަލިފަޔަކީ އޭނާގެ މައިންބަފައިން ކަން އެނގުމުން އެކަމުގެ ނާޖާއިޒު ފައިދާ އެ ނެގީ އަނިޔާވެރި ގޮތަކަށެވެ. 

ހާޑުގައި ހުރީ ކޮން އެއްޗެއްތޯ ބަލާލުމަށް އޭގައި އަތް ލެވުނީ މެންދަމުން އަލިވެ ތިނެއް ޖަހާ ބޮޑުވި ފަހުންނެވެ. އެހެނަސް އެއީ ‘ވައިޓް ހާޑެއް’ ކަން އެނގުމުން ހޫދު ފޮނުވާލީ ނިދާށެވެ. ރަވާނުގެ ކޮޓަރިއަށެވެ. ޝެހެނާޒަށް އެނދު ދީފައި އަހަރެން އޮށޯވެލީ ސޯފާގައެވެ. ދެ ގަޑިއިރަށް ވިޔަސް ނިދާލާށެވެ. 

ފަތިސް ނަމާދަށް ފަހު ނިދި ގޮތަށް ދެން ހޭލެވުނީ ދިހައެއް ޖެހި ފަހުންނެވެ. އޭރު ޝެހެނާޒު ހޭލައިގެން ހާޑަށް އެކްސެސް ނުކުރެވިގެން އުޅުނެވެ. ބޯ ހޫރާލަމުން އަހަރެން ވަނީ ފާޚާނާއަށެވެ. އެ ކޮޔަށް އެއީ ވައިޓް ހާޑެއް ކަން ނޭނގެނީއެވެ. ވައިޓް ހާޑަށް އެކްސެސް ކުރެވޭނީ ހަމައެކަނި އޭގެ ވެރިމީހާއަށެވެ. ކިޔާރާއަށެވެ. ހެކު ކޮށްގެން ވައިރަސް ދޫކޮށްގެން ވެސް އެޔެއް އަންލޮކެއް ނުކުރެވޭނެއެވެ. ދެން އޭގައި ހުރީ ކޮން އެއްޗެއްތޯ ބަލާ މައުލޫމާތުތައް ނަގާނީ ކިހިނެއް ހެއްޔެވެ؟ އެއީ ކޮށްލަން ވަރަށް ރަނގަޅު ސުވާލެކެވެ. 

ތާޒާ ވެލައިގެން އަހަރެން ނިދާހެދުން ބަދަލުކޮށްލީމެވެ. ހުދު ހުޑީއަކާއި ޖިންސަކަށެވެ. ކާލައިގެން އައިސް އަނބުރާ ކޮޓަރިއަށް ވަނީ ހޫދު ގޮވައިގެންނެވެ. އޭރު ވެސް ޝެހެނާޒު ބޮލަށް ތެޔޮ އަރައިގެން އުޅެއެވެ. ހެމުން ހެމުން ގޮސް އޭނާ އަތުން އެ ހާޑު އަތުލައިފައި އަހަރެން ގޮނޑީގައި އިށީނީމެވެ. “ދަރިޔާ! މިއީ އާދައިގެ ހާޑެއް ނޫނޭ. ދަންނަންތަ ވައިޓް ހާޑޭ ކިޔާ އެއްޗެއް ހުންނަކަން؟” އަހަރެން ޝެހެނާޒުގެ ބުރަކަށިމަތީ އަތުން ޖަހާލީމެވެ. މައިބަދަ ބިންދައިގެން ދާހާ ބާރަކަށް ނޫނެވެ. ނުލާހިކު މަޑުންނެވެ. 

“އޭނ ވައިޓް ހާޑެކޭ” ޝެހެނާޒު އަދިވެސް އިނީ ވާނުވާގައެވެ. މި ވަރުން އޭނާއަށް އެއީ ކޮން އެއްޗެއް ކަން ނޭނގޭކަން ޔަޤީން ކުރެވުނެވެ. އެހެނަސް އަހަރެން އުޅުނީ އޭގެ މައުލޫމާތުތައް ނަގާށެވެ. އާދައިގެ ހެކަރަކަށް ނުވާނެއެވެ. އަހަރެން ކަހަލަ މޮޅު މީހަކަށް ވެސް އެކަން ކުރަން އުނދަގުލެވެ. ހުރިހާ ޝުކުރެއް އިވާން މަސްކަށެވެ. އެ ސޮރަށް ވެސް އެނގުނީ އޭނާގެ ކާބަފައިންގެ ފިޔަވަޅުތައް މަތިން ހިނގައިގެން ފަންނިއްޔާތުގެ މޮޅެތި ވަސީލަތްތައް އުފައްދާށެވެ. އެ ސޮރުގެ ކާބަފައިން އެކަހަލަ ތަފާތު ތަކެތި އީޖާދުކުރިއެވެ. އެހެނަސް އެމީހުން ފަހާލައިފައި ކުރި އެރީ އެ ސޮރުގެ ބޯހަރު ކަމުން ކަމެއް ނޫނީ ވިސްނުން ތޫނު ކަމުން ކަމެއް ނޭނގެއެވެ. ‘އަންބްރޭކަބަލް’ ކާރާއި ކެންސަރުގެ ފަރުވާއެވެ. ސްމާޓް ގެތަކާއި ތަޅައިގެން ނުދާ ބިއްލޫރިއެވެ. ވައިޓް ހާޑަކީ ވެސް އޭނާގެ އުފެއްދުމެކެވެ. 

އޭގައި ހުރި މަޢުލޫމާތުތައް ލެޕަށް ކޮޕީވުމުން ހޫދުގެ އަތަށް އެ ދިނީމެވެ. “ވެއިޓް. މިކަހަލަ ހާޑަކަށް ހެކްކޮށްގެން އެކްސެސް އެއް ނުކުރެވޭނެންނު. ދެން ކިހިނެއް؟” ހޫދު ދެލޯ ބޮޑުކޮށްލައިގެން އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. “ހެކެއް ނުކުރަމޭ.” އެހެން ބުނެ އޭގައި ހުރި ފޯލްޑާތައް ހާވަން ފެށީމެވެ. އަހަރެން އެންމެ ފުރަތަމަ ވެސް ވަދެލީ ކެނޑި އޮޕަރޭޝަން ޖަހައިފައި އިން ފޯލްޑާއަށެވެ. އޭގައި ހުރި ރިކޯޑިން ތަކުގެ ނަންބަރު ޖަހާފައި ހުއްޓެވެ. އަހަރެން އަޅުވާލީ އެއްވަނަ އެއްޗެވެ. 

“ބްރޯ ކީއްވެ ގުޅާލީ؟ ވަރަށް މާފް އިނގޭ” އެ ވާހަކަ ދެއްކި މީހަކު ވާހަކަ ދެއްކީ އަޑުބަދަލުވާ މައިކެއް ކަހަލަ އެއްޗެއްގެ އެހީގައި ކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އިރުކޮޅަކަށްފަހު ދެން އިވުނީ ހަމަ އޭނާގެ އަޑެވެ. “ތިން ލައްކައޭ. އާނ ޔަޤީނެއްނު. ކިހިނެއްތަ ޝާހިދު ސޮރު މަރާލަންވީ.” އެ އަޑަށް އަހަރެން ދިޔައީ ހަމަ ޙަޤީޤަތަށް ވެސް ސިއްސައިގެންނެވެ. ހޫދާއި ޝެހެނާޒު ވެސް ހައިރާންކަމުން ފުރިފައިވީ ގޮތަކަށް ބަލަން ހުއްޓެވެ. 

އަތް ތުރުތުރު ލަމުން ދިޔަ ޙާލު އަހަރެންގެ ފޯނު ނަގާ ގެލެރީއަށް ވަދެލީމެވެ. ދެން ވަދެލީ އެ ފޮޓޯ ގަނޑަށެވެ. މިއަހަރުގެ ޖަނަވަރީގައި އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވާ ފެނުނު ހީލް ކުލިނިކުގެ ހިންގުންތެރިޔާ ޢަލީ ޝާހިދު އަހްމަދުގެ ފޮޓޯ އަށެވެ. އޭގެ އޮރިޖިނަލް ސާފު އެއްޗަށެވެ. މުޅި ގައިގެ އެތަން މިތަނަށް ވަޅިޖަހައިފައި ވާކަމުގެ އަސަރު ފެންނަން ހުއްޓެވެ. ހަށިގަނޑުގެ ބައިތައް އެކި ހިސާބުގައި ހުރިއިރު އެއީ ކާކުކަން ވަކި ނުވެއެވެ. ވަކިން ވެއްޓިފައިވާ މޫނުގައި ހުރި ދެލޯލަށް ވެސް ދެ ވަޅި ޖަހައިފައެވެ. ލޭގެ ކޯރެއްގައި އެ ބައިތައް އުކާލެވިފައި ހުއްޓެވެ. މިހާ އަނިޔާވެރި ލާއިންސާނީ ޢަމަލެއް ފުރަތަމަ ފަހަރަށް ފެނުނީ އެ ޖަނަވަރީ ތިރީހުގައެވެ. މިހާތަނަށް ވެސް އެކަން ކުރި ބައެއް ނުހޯދެއެވެ. އެންމެ ހެއްކެއް ވެސް ނެތެވެ. އެކަން ކުރިބައެއް ހިސާބަށް ވުރެ ހުނަރުވެރީއެވެ. 

“މި ޝާހިދުގެ ވާހަކަ ދޯ އެކިޔަނީ” އަހަރެންގެ އަޑުގައި ވެސް ތުރުތުރެއް ހުއްޓެވެ. އެ ދެމީހުން ވެސް ތިބީ ޤަބޫލު ނުކުރެވިފައެވެ. މައްސަލައަކީ ވާހަކަ ދެއްކި މީހެއްގެ އަސްލު އަޑު ނީވޭ ކަމެވެ. ކާކުކަން އެއްގޮތަކަށް ވެސް ނޭނގުނީއެވެ. އެ ރިކޯޑިންގެ އަނެއް ބައި އަޑުއަހާލުމަށް ޓަކައި އަންޕޯސް ކޮށްލީމެވެ. “އާން އެންމެ ރަނގަޅު. ރޭރު ތި ބުނި މަސައްކަތް ނިންމާލެވިދާނެ” އެ ވާހަކަ ދެއްކި މީހާ ފޯނު ކަނޑާލީ ކަމަށް ނިންމީ އިތުރު ބައެއްގެ އަޑު އިވެން ފެށުމުންނެވެ. 

“އޭ ނީމޯ. ކައެގެ ފޯނު ދޯ މި އޮތީ” ދެން އިވުނީ އެހެން މީހެއްގެ އަޑެވެ. ކާކުކަން އަހަންނަށް ދެނެގަނެވުނެވެ. ހޫދާއި ދިމާލަށް ނަޒަރު ހިންގާލީ އެހެން ވެގެންނެވެ. އެ ސޮރު ހުރީ ދަތްކުނޑި ވިކާލައިގެންނެވެ. މިހާރު އެ ސޮރުގެ ހިތުގައި އަމިއްލަ ބައްޕައާއި މެދު އޮތް ދުވަސްވީ ނަފުރަތުގެ ހުޅުގަނޑު ބޮޑުވެއްޖެކަން ހާމަވެއެވެ. ދެން ހުރި ރިކޯޑިން ތައް ވެސް އަޑުއަހަން ފެށީމެވެ. 

ހާޑުގައި ރިކޯޑިންތައް ހުރީ ވަރަށް ތަރުތީބުންނެވެ. އެއީ ކިޔާރާ ކިހިނެއް ހޯދި އެއްޗެއް ބާއޭ ހިތަށް އެރިއެވެ. ފުލުހުންނަށް ވެސް ނުހޯދުނު އެއްޗެއް މިހުރީ ހޯދާލައިފައެވެ. ކޮންމެ ކަހަލަ ގޮތަކަށް ހޯދިއަސް މިއީ ހާދަހާވާ މުހިންމު އެއްޗެކެވެ. ޝާހިދުގެ މަރާއި ގުޅުންހުރި ހެކިތައް ވިއްޔާއެވެ. އެހެން ވީމާ ހުރިހާ ހެއްކެއް އެ މާނަ ކުރީ މިއަށް ތާ އެވެ. ކިޔާރާ ވައިރަލް ކޮށްލާނަމޭ ބުނެ ނިމާލަށް އިންޒާރު ދިނީ މި ރިކޯޑިން ތަކަށް ތާ އެވެ.

“އެންޒީ އަކީ އެ ގުރޫޕުގެ ލީޑަރު.” އަހަރެންގެ ކޮޓަރީގައި ހުރި ޓްރާންސްޕޭރެންޓް ބޯޑުގައި މާކަރު ކާއްތާލީމެވެ. އެއީ ސުމޭކު (ޑިޖިޓަލް) ބޯޑެކެވެ. ބައްޕަގެ ކޮންޕެނީގެ އުފެއްދުމެކެވެ. އެކަން އަންގައިދެނީ އެ ބްރޭންޑުގެ ހޭޝްޓެގް ލޯގޯ އާއި ނަން ފެންނަން ހުރުމުންނެވެ. އެ ބޯޑުގައި ލިޔާނީ ވަކި ވައްތަރެއްގެ މާކަރަކުންނެވެ. ކުރީ ޒަމާނުގައި ގެންގުޅޭ ކަހަލަ ދެލި ހުސްވާ މާކަރެއް ނޫނެވެ. އަދި އެންމެ ސަޅި ތަންކޮޅަކީ އޭގައި ކުރަހާ ކޮންމެ އެއްޗެއް ލިޔާހާ ލިއުންތަކެއް ސޭވް ވެފައި ހުންނަ ކަމެވެ. ދިވެހިރާއްޖޭގެ ހުރިހާ ސުކޫލެއްގައި ހެން ބޭނުން ކުރަނީ އެކަހަލަ ބޯޑެވެ. 

“ކަލޯ! އެންޒީއަކީ މަސްދަޅު ބްރޭންޑަކަށް ކިޔާ ނަމެއް ނޫންތަ؟” ހޫދު ކޮށްލީ މަޖާ ސުވާލެކެވެ. މިވަގުތު މާ ބޮޑަށް ސީރިއަސް ވެފައި ތިބުމުން އެކަން ފިލުވާލުމަށް ތޯއްޗެއެވެ. ޝެހެނާޒާއި އަހަންނަށް ވެސް ހެވުނެވެ. އެ ސޮރު ބުނީ ވެސް ދޮގު ވާހަކައެއް ނޫނެވެ. އެންޒީ އަކީ މަޝްހޫރު އެއް މަސްދަޅު ބްރޭންޑެވެ. މަސްދަޅާއި ވަޅޯމަހާއި ރިހާކުރާއި ބޮނޑިއާއި މަސްމިރުހާއި މަސްފިޔާގެ އިތުރުން މަހުގެ ތަފާތު ބާވަތްތައް ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރާ ބްރޭންޑެކެވެ. 

އަހަރެން އެންޒީގެ ތިރީގައި ނަމެއް ލިޔެލީމެވެ. ނިމާލެވެ. ބުރެކެޓެއްގެ ތެރޭގައި ނީމޯ އެވެ. އެންޒީގެ މައްޗަށް ތީރެއް ކުރަހައިފައި ލިޔުނީ އޮށްގާ އެވެ. އެއީ ފޯނުން ވާހަކަ ދެއްކި މީހާއަށް އެންޒީގެ ގުރޫޕް މީހުން ކިޔާ ނަމެވެ. މުޅިން ވެސް ވަނަމެވެ. ބޯ ހަލާކެވެ. މިއީ ވާ ވަރުގަދަ ގޭންގެކޭ ހިތަށް އެރިއެވެ. އޮށްގަލުން މީހުންނާއި މުދަލަށް ގެއްލުން ދެނިއްޔެވެ. ‘އޮށްގާ’ މިނަން ކިތަންމެހާ ވެސް ގުޅެއެވެ. މި ގޭންގުގެ ވެރިޔާއޭ މިކިޔާ އޮށްގާ ހުރި ތަނަކުން ނެރެފައި ކުޑަގޮޅީގައި ބަންދުކުރަން ހާދަ ބޭނުމެވެ.

މިއަދު މި ދިވެހިރާއްޖޭގައި ސަލާމަތުން ހުރި ހަމައެކަނި ގޭންގަކީ އޮށްގާ ގޭންގެވެ. ފަންނިއްޔާތުގެ މި އޮއިވަރުގައި ދިވެހިރާއްޖޭގެ ސެކިޔުރިޓީ ސިސްޓަމް އެތައް ގުނައަކަށް ވަރުގަދަވީ ދެހާސް ފަންސާހުގެ ހިސާބުގައި ހިނގައިދިޔަ ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމައަށް ފަހުގައެވެ. އޭގެ ސަތޭކައެއްހާ އަހަރު ފަހުން ރައީސް މުހައްމަދު ފަސީހު އަބްދުﷲ ބިނާކުރި މި ޖަލުގައި ގިނަ ކުށްވެރީންތަކެއް ބަންދުކުރެވުނެވެ. ކިރިޔާ ވެސް ގަޅިކަމެއް ހުރި ބަޔަކު ކުރާ ކުށެއް ފަޅާއަރައިގެން މިޖަލުގައި ބަންދުވެއްޖެއެވެ. މިކަމުގެ ތެރޭގައި ވެސް މިއުޅޭ ހައްދުން ނައްޓާ ގޭންގު އެ ހުރީ ހިފަހައްޓާލައިގެންނެވެ. އެމީހުން ކިތަންމެ ވަރަކަށް ކުށް ކުރިއަކަސް ނޭނގޭނެއެވެ. އެކަމެއް ހަމަ އެހާ ‘ޕާފެކްޓުކޮށް’ ކޮށް ނިންމާލާތީއެވެ. 

އެ ގުރޫޕުގައި ތިބި މީހުންގެ ނަން އެ ބޯޑުގައި ލިޔެލީމެވެ. އެ މަސައްކަތުގައި އުޅެނިކޮށް ސިއްސައިގެން ގޮސް އަތުން މާކަރު ވެއްޓުނީ މީހަކު ދޮރުގައި ޓަކި ޖަހަން ފެށުމުންނެވެ. އަވަސް އަވަހަށް ބޯޑުގައި ފޮތިގަނޑެއް އަޅައިފައި ދޮރު ހުޅުވާލީ މަންމަ ގާތަށް ރުޅިއަތުވެދާނެތީއެވެ. އެހެނަސް ދޮރުން ބޭރުގައި ހުރީ މަންމަ އެއް ނޫނެވެ. ބައްޕަ އެއް ވެސް ނޫނެވެ. ކެޔޮދޫ މާމަ އެއް ވެސް ނޫނެވެ. 

“އޭނ” ބާރު ބާރަށް އަހަރެންނަށް ބުނެލެވުނެވެ. ދޮރު ކުރިމަތީގައި ހުއްޓިލައިގެން އެހުރީ ހުރެދާނެ ކަމަށް ޚިޔާލަށް ވެސް ގެނެވޭނެ ވަރުގެ މީހެއް ނޫނެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ފިނި ހިތް 17

Next

ތެމި ވާރޭގައި ވީމޭ 35

Next
August 26, 2024

ތެމި ވާރޭގައި ވީމޭ 35

Previews
August 25, 2024

ފިނި ހިތް 17

2 Comments!

  1. Cutie girl says:
    August 25, 2024 at 11:08 am

    Mi part vx v Reethi masha allah
    Curiously waitingfor next part
    Keep it up
    Anehka kaaku baa huree
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍
    Hoodh bappa haadha goahey
    Ki

    1. White rose White rose says:
      August 25, 2024 at 8:07 pm

      Thnx for commenting. 😁

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 10←


All Right Reserved!