ޙަޤީޤަތް ހޯދުމޭ 8
ވާހަކައިގައި އިނދެފައި އަހަރެން ބަސް ސްޓޮޕުގެ ބިއްލޫރިގަނޑުން ބޭރު ބަލައިލީމެވެ. އޭސީގެ ފިނިކަން ހުއްޓަސް އަހަރެން ދާހިއްލައިފިއެވެ. ޝެހެނާޒުމެންނަށް އަހަރެން އިނީ ފާޑަކަށް ކަން އިހުސާސް ކުރެވުނީ ތޯއްޗެ އެވެ. ގޮވާލައިފިއެވެ. އެހެނަސް އަހަރެންނަށް އެ އަޑު ނީވޭ ކަހަލައެވެ. ކުއްލިއަކަށް ޝެހެނާޒު ތޫލި އަޑުން ހަޅޭއްލަވައިގަތެވެ. ރަނގަޅަށް ވިއްޔާ އޭނާއަށް ވެސް އެ މަންޒަރު ފެނުނީއެވެ.
ހަމަޖެހޭ ކަމެއް ކުރަން ވިސްނުނީ ހޫދަށެވެ. އެމްބިއުލެންސެއް ފޮނުވަން އެދި ގުޅީއެވެ. ހޫދު ބޭރަށް ނުކުތް އިރު ވެސް އަހަރެންނަށް އިނދެވުނީ ގަބު ވެފައެވެ. އެ އަންހެން ކުއްޖާގެ ލޭ ބަސް ސްޓޮޕުގެ ބިއްލޫރިގަނޑާއި ހިސާބަށް ބުރައިފައި ވެއެވެ. ބަހުގައި ޖެހުނު ގޮތަށް ވިއްސައިގެން ދިޔަ ސައިކަލުގައި އިން މީހާގެ ޙާލު މާ ދެރައޭ ވެސް ހިތަށް އެރިއެވެ. އެމީހާ ފެނުމުން އަހަރެންގެ ބޮލަށް އެނބުރުން އަރައިގަތެވެ. އެ މީހާގެ ކަރު ކަނޑައިގެން ގޮސް ބޯ ޗިސްވެފައެވެ. ތާރުގަނޑުގައި ޖެހުނު ގޮތަކުން އެ މީހާގެ ހެލްމެޓު ވިއްސައިގެން ދިޔައީއެވެ. ސައިކަލު ވެއްޓުނީ އޭނާގެ ބޮލަށެވެ.
“ޔާރާ!” ދެން އިވުނީ ކަންފަތުގެ ހިނދުރި ފަޅައިގެން ދާހާ ބާރަށް ޝެހެނާޒު ހަޅޭއްލަވައިގަތް އަޑެވެ. އެ އަޑަށް އަހަރެންނަށް ހޭވެރިކަމެއް ލިބުނު ކަހަލައެވެ. ދުވެފައި ބޭރަށް ނުކުތީމެވެ. ސައިކަލުގައި ޖެހުނު އަންހެން ކުއްޖާ އޮތީ މަގު މެދުގައެވެ. ލައިގެން ހުރި ހުދުކުލައިގެ ހެދުން ވަނީ ލެއިން ކަޅިވެފައެވެ. އެ ކުއްޖާގެ މޫނު ރަނގަޅަށް ފެނުނީ ދެނެވެ. ހަމަ އެ ވަރުބަލި މޫނެވެ. އެ ލަކުނުން ފަޅުފިލުވާލެވިފައިވާ ކަނދުރާއެވެ. ކިޔާރާއެވެ. އަހަރެން ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ބޯ ހޫރާލީމެވެ. އެހެން ވެގެން ނުވާނެއެވެ.
ދެން އިވުނީ އެމްބިއުލެންސްގެ ސައިރެން އަޑެވެ. އެމީހުން އަޔަސް ދެން ކަމެއް ކުރެވޭނެ ހެއްޔެވެ؟ ބަހަކީ ދަގަނޑުން ހަދައިފައިވާ ވަރުގަދަ އުޅަނދެކެވެ. ކިރިޔަ ކިރިޔާ ކޫރުމެއް އެޅުނީއެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވި ސައިކަލު އޮތީ ފުނޑިފައެވެ. މީހާ ވެސް އެ ހާލުގައެވެ. ސަލާމަތް ނުވިއަސް އެ މީހާއާއި ކިޔާރާގެ ފުރާނަ ނެތް މަސްގަނޑު އަރުވައިގެން އެމްބިއުލެންސް ދިޔައެވެ.
އަހަރެންގެ ކުރިމަތީގައި މިނެޓު ކޮޅެއްގެ ތެރޭ އެ ހިނގައިދިޔައީ ކޮން ކަމެއް ހެއްޔެވެ؟ މިއީ ބިރުވެރި ހުވަފެނެއް ދޯ އެވެ. ޝެހެނާޒު އައިސް އަހަރެންގެ ކޮނޑުގައި ހިފާ ތަޅުވާލުމުން އެއީ ޙަޤީޤަތެއް ކަން ގަބޫލުކުރަން މަޖުބޫރުވިއެވެ. ހިތް އެކަމާ ކިތަންމެ ވަރަކަށް ދެކޮޅު ހެދިޔަސް ސިކުނޑިން ބުނާ ވާހަކަ މިވަނީ ތެދަކަށް ވެފައެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ ކިޔާރާ މަގުމަތީގައި ހުންނަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެވަގުތާއި ދިމާކޮށް ބާރު ދުވެލީގައި ސައިކަލެއް އައުން އެއީ ހަމަ އިއްތިފާގެއް ހެއްޔެވެ؟ މިއީ އަނެއްކާ ބައެއްގެ ރޭވުމެއް ހެއްޔެވެ؟ އެހެނަސް އަމިއްލަ އަށް މަރުވާން އަންނާނީ ކާކު ހެއްޔެވެ؟ ސުވާލުތަކުން ސިކުނޑި ފުރި ބާރުވަން ފެށުމުން އަހަރެން ހަޅޭއްލަވައިގަތީމެވެ. ކަރު ބުޑުންނެވެ. މުޅި ހިސާބުގަނޑަށް އެ އަޑު ގުގުމައިގެން ދިޔައެވެ.
“ވައިޓީ!” އަހަރެން މަޑުމަޑުން ގޮވާލީމެވެ. ހޫދު އަހަރެންނާއި ދިމާލަށް އައެވެ. “ރިފް! ހިނގާ ގެއަށް ދާން” ހޫދު ވާހަކަ ދެއްކި ގޮތެއް އަހަރެންނަކަށް ކަމަކު ނުދިޔައެވެ. އެއްޗެކޭ ބުނަން ހުޅުވާލި އަނގަ ލައްޕާލަން ޖެހުނީ ޝެހެނާޒުގެ އަޑަށެވެ. “ވައިޓީ! ކީއްވެގެންތަ ގެއަށް ދާންވީ. އަހަރެމެން އައީ ޔާރާގެ ހާލު ބަލާށޭ. ޔާރާ މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކިޔަސް އަހަރެމެން ދާން ޖެހޭތަ؟ ހީވޭތަ އެއީ އާދައިގެ އެކްސިޑެންޓެއް ހެން. ޔާރާ އޮތީ އެނދުމަތި ކޮށްފައި. ކޮންމެވެސް ސަބަބަކާއި ހުރެ އެއް ނޫންތަ ޔާރާ މި މަގަށް ދުވެފަ ނުކުންނާނީ!”
އަހަރެން ވެސް ޝެހެނާޒުގެ ކޮޅަށް ހުރުމުން ހޫދު ވެސް ގޮތް ދޫކޮށްފައި އަހަރެމެންނާއި އެކު އައެވެ. ދިއުމުގެ ކުރިން ހުރެވުނު ތަނަށް ނަޒަރު ހިންގާލީމެވެ. ތާރުގަނޑު މަތީގައި ލޭގެ ކޯރެކެވެ. ބަސް ސްޓޮޕުގެ ބިއްލޫރިގަނޑުގައި ވެސް ރަތްކުލަ ގަދަ ލެޔެވެ. މަގުގެ އެކި ހިސާބުގައި ހަލާކުވެފައިވާ ސައިކަލުގެ ބައިތައް ބުރައިގެން ގޮސްފައިވެއެވެ. ބަސް ދުއްވަން އިން މީހާގެ މޫނު ވަނީ ހުދުވެފައެވެ. މުޅި މީހާ ތުރުތުރު އަޅައިގަނެފައެވެ. އޭގައި ތިބި މީހުން ވެސް ތިބީ ވާނުވާގައެވެ. އިވެނީ ފުލުސް ވޭނުގެ ސައިރަން އަޑެވެ.
ޓްރީޓޮޕަށް ވަނުމާ އެކު އަހަރެންގެ ލޯ ދަމައިގަތީ ކުލްސޫމާގެ މިލައިފައިވާ މޫނަށެވެ. ޝަރީފު ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. ކިޔާރާގެ މަރެއް ޤަބޫލެއް ނުކުރެއެވެ. ހަޅޭއްލަވައިފައި އެއްޗެހި ކިޔަނީއެވެ. ލޮލުން އޮހޮރޭ ކަރުނަތައް ކޯތާފަތް މަތިން ދަތުރު ކުރަނީ އަވަސް އަވަހަށެވެ. އެމީހުން ކިހާ ދެރަވާނެ ހެއްޔެވެ؟ ދަރިން ނުލިބޭނެކަމަށް ޑަކްޓަރު ބުނި ބުނުން ދޮގުކޮށްލި ހަމައެކަނި ދަރިފުޅުގެ މަރުގެ ޚަބަރު ހަބަރަށް ވުރެ ހިތިވާނެއެވެ. ކަމުގެ ޙަޤީޤަތް ރަނގަޅަށް ނޭނގި އުޅެނިކޮށް ކިޔާރާ މަރުވީއެވެ. އެ ފަކީރު ތަޙައްމަލުކުރި ވޭން އެނގޭނީ ފަހެ ކާކަށް ހެއްޔެވެ؟
އަހަރެންގެ ލޮލުން ކަރުނަ ނަޔަސް ދެރަވިއެވެ. ކޯމާއަކުން ހޭލުމުން އެމީހުންނަށް ލިބުނު އުފާ އެންމެ ހިތްދަތިކަމަށް އެ ބަދަލުވީ ގަޑިއިރު ތަކެއްގެ ތެރޭގައެވެ. ނުބައި ނުލަފާކަން ހުންނަ މީހުންގެ ވިސްނުމާއި ފިކުރެވެ. ދުނިޔެ ހައިޖާނުގަނޑަކަށް ހަދާލަން އަތުކުރި އޮޅާލައިގެން މި އުޅޭ ބައެއް ހޯދަން ކެތްމަދުވެއްޖެއެވެ. މައުސޫމް ކުއްޖަކަށް އެ ޙާލު ޖައްސަން ޖެހުނު ސަބަބު ހޯދާނަމެވެ. މި ކަމުގައި ފޮރުވިފައިވާ ޙަޤީޤަތެއް ވާނެކަން ކަށަވަރެވެ. އެ ޙަޤީޤަތް ހޯދަން އަޒުމް ކަނޑައެޅީމެވެ.
ކިޔާރާ ވަޅުލުމާއި ކަށުކަމާކެމީގެ ކަންކަން ކުރަން ހަމަޖެހިފައި ވަނީ ފަތިސްނަމާދަށް ފަހުގައެވެ. ކުލްސޫމާގެ ހާލު ދެރަވެގެން ގެންގޮސް އެނދުމަތި ކުރަން ޖެހުނެވެ. އެހާ ވެސް ސަކަރާތެވެ. އަހަރެމެން ތިބީ ހިތްވަރުލައިދޭށެވެ. މަންމައަށް ވެސް ގުޅީމެވެ. އެ ޚަބަރު ދިނުމުން ހަސްފަތާލަށް އައެވެ.
“އަހަރެންގެ ހިތެއް ނުބުނޭ އެއީ އާދައިގެ އެކްސިޑެންޓެކޭ” ޝެހެނާޒު އެހެން ބުނެލީ ކިޔާރާ ވަޅުލުމަށްފަހު ހޫދު އައުމުންނެވެ. “އަހަރެންގެ ހިތަށް އަރަނީ ހިނގާށޭ ކިޔާރާ އުޅުނު ކޮޓަރިގަނޑަށް ވަންނަން. ކޮންމެވެސް އާދަޔާޚިލާުފު އެއްޗެއް ފެނިދާނެންނު” ހޫދުގެ ޚިޔާލު އަހަރެންނަށް ވަރަށް ކަމުދިޔައެވެ. ދެން މިވަގުތު ގެއަށް ދާން ބުނެފައި އަހަރެން ބަހަށް އެރީމެވެ. ބަހުގެ ސީޓުގައި އިށީން އިރުވެސް ސިކުނޑިއަށް ސިފަވަނީ އެ ކުއްލި އެކްސިޑެންޓެވެ. ކޮންޓްރޯލުން ނެއްޓިގެން އައި ސައިކަލެވެ. އޭގެ ޝިކާރައަކަށް ކިޔާރާ ވެގެން ދިޔަ ގޮތެވެ. ލޭކޮށާލި މަންޒަރެވެ. ހާނީއްކަވީ ދެމީހުންގެ ޙާލެވެ.
ސައިކަލު ދުއްވީ ފިރިހެނެކެވެ. ވިހި އެކާވީސް އަހަރުގެ ފެކްޓަރީގައި މަސައްކަތް ކުރާ މީހެކެވެ. އެއްވެސް ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫނެވެ. އެހެންކަމުން އަހަރެންނަށް ޤަބޫލުކުރެވުނީ އެކްސިޑެންޓު ވުމުގައި އެމީހާގެ ކުށެއް ނުވާ ކަމަށެވެ. ކިޔާރާ އެތަނަށް ނުކުތުމަށް މެދުވެރިކުރި މީހެއްގެ ގޮތް ހޯދަން ވީއެވެ. ޚިޔާލުތަކުގެ ކަނޑަކަށް އަހަރެން ގެނބިގެން ދިޔައީ ނޭނގުމެއްގެ ތެރޭގައެވެ. ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަން އަހަރެންނަށް އިހުސާސް ނުކުރެވޭ ކަހަލައެވެ.
އަހަރެންނަށް ހަމަ ބިމަށް އާދެވުނީ މީހަކު އަހަރެންގެ ކޮނޑުގައި ޖަހާލުމުންނެވެ. ނުވިސްނާ އިން ވަގުތު މީހަކު އެހެން ހެދުމުން އަހަރެން ސިއްސައިގެން ދިޔަ ވަރުން ސީޓުން ވެސް ވެއްޓުނެވެ. “އަމްމް… މިއީ މި ބަހުގެ ފަހު ހުއްޓުން. ދެން އާ ބުރެއް ޖަހާނީ” އެ ނުދަންނަ އަންހެން ކުއްޖާ ވާހަކަ ދެއްކިއެވެ. “އޮހް.. ތެންކްސް” އަހަރެންގެ މޫނަށް ހިނިތުންވުމެއް ގެނެވޭތޯ މަސައްކަތް ކުރީމެވެ. އެ ކުއްޖާ ފޭބި ނަމަވެސް އަހަރެން އޭގައި އިނީ ދާން ބޭނުންވާ މަންޒިލަށް މި ހުއްޓުން ނުވާތީއެވެ.
އަހަރެން ބޭނުންވި ހިސާބަށް ހުއްޓާލުމުން އުޅެގަތީ ފައިބަންނާށެވެ. ދެން ކުޑަކޮށް ހިނގާލައިފައި ގެއަށް ދެވޭނެއެވެ. ގޭގެ ބޮޑު ދޮރުން އެތެރެއަށް ވަނުމާއި އެކު ފެނުނީ މަންމަ، ބައްޕަ، މާމަ، ޝެހެނާޒާއި ހޫދުގެ ހާސްވެފައިވާ މޫނެވެ. އަހަރެން އިނީ ވާނުވާ ނޭނގި ފައެވެ.
“އާދެވިއްޖެ ދޯ! ރިފްޤާ ނެތިގެން ކިރިޔާ ބައްޕަ ޕޮލިހަށް ނުގުޅާ އެ ހުރީ” މަންމަގެ ނުރުހުންތެރިކަން ލަފުޒުތަކެއްގެ ގޮތުގައި ބޭރު ކޮށްލިއެވެ. “ނެތިގެންނޭ؟” އަހަރެންގެ ބޮލުގައި ތޮތްޕެއް ހެން އެޅުނީ ބޮޑު ސުވާލު މާކެކެވެ. “ފޯނު ނިވާލައިގެން ތަ ތި އުޅެނީ؟” ޝެހެނާޒު ކޮށްލީ ސުވާލެކެވެ. އަހަރެން ނޫނެކޭ ބުނެލީ ވަރަށް ހަމަޖެހިލައިފައެވެ. އަދި ހެކި ދެއްކުމުގެ ނިޔަތުގައި އަހަރެންގެ ފޯނު ނެގީމެވެ. އެ ހުޅުވާލުމާއެކު ފެނުނީ ސްކްރީނު ފަޅުފިލުވާލެވިފައިވާ މިސްކޯލު ބެނާތަކެވެ. މަންމަގެ އެކާވީސް މިސްކޯލެވެ. ޝެހެނާޒުގެ ދިހަ މިސްކޯލާއި ހޫދުގެ ސާދަ މިސްކޯލެވެ ބައްޕަ ވެސް ފަނަރަ ވަރަކަށް ފަހަރު ގުޅައިފައި އޮތެވެ.
އަހަރެންގެ ލޮލުގައި ދެން އަޅައިގަތީ ގަޑިއެވެ. އެ ބަހަށް އެރި އިރު ގައިމުވެސް ހައެއް ޖެހީއެވެ. މިހާރު ބާރަ ޖަހަން ފަސް މިނެޓެވެ. ދުވަހަކީ ބަނަ ދުވަހަކަށް ވުމުން އުޑުމަތިން މެންދުރުގެ އަލިގަދަ ކުލަތައް ނުދައްކަނީއެވެ. ވީގޮތް ރަނގަޅަށް ‘ގެޓު’ ވުމުން އަހަރެންނަށް ތުންފަތުގައި ދަތްއަޅާލެވުނެވެ. އިސްޖަހާލީމެވެ. ޤަބޫލުކުރެވޭނެ ކަހަލަ އުޒުރެއް ދެއްކޭ ކަށް ނެތެވެ. އަހަރެން އެއްޗެކޭ ނުބުނެ އިނުމުން މަންމަ ރުޅިމަޑުކޮށްފައި ދެން ބުނެލީ ގުޅާ ވަގުތު ފޯނު ނަގާށެވެ. ސައިލެންޓަށް ލައިފައި ނުބޭއްވުމަށެވެ. ހޫދުމެން ދެން ދިޔައީ ގެއަށެވެ.
ބަހުގައި އިނދެ ރަނގަޅަށް ނިދާލެވިފައި ވުމުން އަހަރެން ގަސްތުކުރީ ފެންވަރާލުމަށެވެ. ފެންވަރައިގެން ލީ އަޅިކުލައިގެ ސްވެޓާއެކެވެ. ދެން މަޑު ނޫކުލައިގެ ޖިންސެކެވެ. އެއަށްފަހު ބަދިގެއަށް ވަނުމުގެ ނިޔަތުގައި ކޮޓަރިން ނުކުމެލީމެވެ. ބަދިގެއިން އިވުނީ ކެޔޮދޫ މާމަ ލަވަކިޔާ އަޑެވެ. “އަގު މާތްވީ ކާނާ ބަނާނާ، ބަޓަރު ޖެހި ޕާނާ ދެކި ފަރި ޖާން” މާމަ ހުއްޓާލީ އަހަރެން އުކުޅުގައި އަތްވިއްދާލައިގެން ހުންނަން ފެށުމުންނެވެ. “ފާޑަކަށް ތި ބަލަނިއްޔޯ. ދެން ވެސް ކާން އުޅެބަލަ. އެ ހުރީ މާމަ ހެނދުނަށް ހެދި ބަރަބޯ މަސްހުންޏާ ރޮއްޓާ. މަންމަ ހެދި ބަޓަރ ޗިކަން އަކަށް ވުރެ އެ މާ މީރުވާނެ” މޭޒުމައްޗަށް އިނގިލި ދިއްކޮށްލަމުން މާމަ ބުނެލިއެވެ. އަހަރެން ހިނިގަނޑެއް ޖަހާލައިފައި ގޮސް ކާން އިށީނީމެވެ.
ކައިގެން އަހަރެން ގޮސް އިށީނީ ސިޓިންރޫމު ސޯފާގައެވެ. އޭގައި އިށީނުމުން ވީ އަރާމުން ހިނިތުންވެލެވުނެވެ. އެކަން ފިލާ ދިޔައީ ޚަބަރު އަށްޓަށް ވަދެވުމުންނެވެ. އެ ވަގުތުގެ ހޫނު ޚަބަރަކަށް ވެފައިވަނީ ރޭ ދަންވަރުގެ އެކްސިޑެންޓެވެ. “ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ޢާއިޝަތު ކިޔާރާ ޝަރީފު ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވެއްޖެ” ، “ރޭ ހިނގި އެކްސިޑެންޓެއްގައި ދެ މަރު” ، “ރޭގެ އެކްސިޑެންޓަކީ ރޭވުމެއްތަ؟” ، މުޅިން ވެސް އެކަމާ ގުޅޭ ޚަބަރުތަކެވެ.
އަހަރެން ވަދެލީ “ރޭގެ އެކްސިޑެންޓަކީ ރޭވުމެއްތަ؟” އެ ޚަބަރަށެވެ. ކިޔާލީމެވެ. ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ވަނީ ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައެވެ. މި އެކްސިޑެންޓުގައި ނިޔާވީ އެކާވީސް އަހަރުގެ ފިރިހެނަކާއި ސޯޅަ އަހަރުގެ އަންހެން ކުއްޖެކެވެ. ފުލުހުން ބަޔާންކުރާ ގޮތުގައި އެ އަންހެން ކުއްޖާ އެ ވަގުތު މަގަށް ދުވެފައި ނުކުތީ ފޯނަށް އައި މެސެޖެއްގެ ސަބަބުންނެވެ. ދުވެފައި ނުކުތް ވަގުތު ދުއްވައިފައި އެއައި ސައިކަލު އެ އަންހެން ކުއްޖާގެ ގައިގައި ޖެހުން އެއީ ހަމަ އިއްތިފާގެއް ހެއްޔެވެ؟ އެއީ ބައެއްގެ ރޭވުމެއް ކަމަށް ފުލުހުން ޤަބޫލުކުރީ ކުރިން އެ އަންހެން ކުއްޖާ މަރާލުމަށް މީހަކު މަސައްކަތް ކޮށްފައި ވާތީއެވެ. އެ އަންހެން ކުއްޖާއަށް ބިރު ދައްކާ، އިންޒާރު ދީ، ޖިންސީ ގޯނާ ކުރީ ވެސް އެ މަސައްކަތް ކުރި ފިރިހެން މީހާއެވެ. ނަވާރަ އަހަރުގެ ނިމާލު މުޙައްމަދު ހައްޔަރުކުރެވުނީ އެކްސިޑެންޓުގައި މަރުވި ޢާއިޝަތު ކިޔާރާ ޝަރީފު މަރާލުމަށް މަސައްކަތް ކުރުމުގެ ތެރެއިންނެވެ. ކިޔާރާގެ ފޯނަށް އެ މެސެޖު ފޮނުވީ ކޮންބައެއް ކަން ހޯދުމަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ޚަބަރު ނިމުނީ އެ ހިސާބުންނެވެ. އަހަރެން ބޭނުންވީ ކިޔާރާގެ ފޯނަށް އައީ ކޮން މެސެޖެއް ތޯ ބަލާށެވެ. ސޯފާ އިން ތެދުވެގެން ގޮސް އަހަރެން އެރީ މައްޗަށެވެ. އަހަރެންގެ ކޮޓަރިއަށް ވަދެ ދޮރު ލޮކް ކޮށްލައިފައި މޭޒު ހުޅުވާލީމެވެ. ލެޕު ނަގައިފައި އިނގިލިތަކަށް ދަމާލީމެވެ. އަތުން ކަށިއަޑު ގޮވައިގެން ދިއުމުން ބޮލަށް ލުޔެއް ލިބުނު ހެން ވެސް ހީވެއެވެ. ކީބޯޑާއި ކުޅެލަމުން އަހަރެން މި ފަހަރު ވެސް ޕޮލިސް އިންޓެލިޖެންސަށް ހެކު ކޮށްލާ ވަދެލީމެވެ. އެކި ފޯލްޑާ ތަކުން ފުންމަމުން ގޮސް ބޭނުންވި އެތި ހޯދީމެވެ.
އެ މެސެޖާއި އެކު ވީޑިއޯއެއް ފޮނުވައިފައި އޮތެވެ. އަހަރެން އޭގެ ކޮޕީއެއް ނެގީމެވެ. އެ މެސެޖު ފޮނުވި މީހާ މެސެޖު ފޮނުވާ ޑިލީޓުކުރިއަސް މާ މޮޔައެއް ވެސް ނޫނެވެ. މެސެޖު ފޮނުވަން ބޭނުންކުރި ސިމް ޓްރެކް ކުރެވުނީ ހުޅުމާލޭގެ ހަތަރު ވަނަ ފިޔަވަހީގެ ހިސާބަކުންނެވެ. އެހެނަސް ބޭނުން ކޮށްފައި ވަނީ ބައްތި ފޯނެކެވެ. ކާކުކަން ނޭނގުމުން މޭޒުގައި އަތުން ޖަހާލީމެވެ.
އެ ފޮނުވި މީހަކު ފޮނުވައިފައިވާ މެސެޖު ކިޔާލީމެވެ. “މި ކަންތައް ފުރިހަމަ ވާން ބޭނުން ނޫނިއްޔާ އާދެ ބަސް ސްޓޮޕު ކުރިމަތީގައި ހުރި ވޯޓަލޫ ޕާކަށް. ދެ މިނެޓު ލިބޭނީ އަވަސްކުރޭ” ކިޔާރާ އެހެން ބޭރަށް ނުކުތް ސަބަބަކީ މިއީ ތާއެވެ. ވީޑިއޯ ނުބަލާ ދޫކޮށްލީ ޝެހެނާޒުމެންނާއި އެކު ބަލަން ވެގެންނެވެ.
ކިޔާރާގެ ކޮޓަރިއަށް ވަދެލާ ފާސް ކުރަން ހޫދު ހުށަހެޅި ޚިޔާލާއި މެދު އަހަރެން ވިސްނާލީމެވެ. އެކަން ކުރަންޏާ އޭގެ ކައިރީގައި ހުރި ކެމެރާތައް ޑިސޭބަލް ކޮށްލާން ޖެހޭނެއެވެ. އެކަން ކުރެވޭނީ މޯލްޑިވިއަން ސެކިޔުރިޓީ ސިސްޓަމަށް ހެކު ކޮށްލައިގެންނެވެ. އަދި ދުވަހަކުވެސް އަހަރެން އެޔަކަށް ނުބެހެމެވެ.
ޝެހެނާޒުމެން ދެން އައީ މެންދުރު ފަހުއެވެ. “މިރޭ އެއްކަލަ ކަންތައް ކުރަން ހިނގާ” ހޫދު އައިސް ވެއްޓިގަތީ ސޯފާ އަށެވެ. “އާން. އެހެން ނޫނީ އެ އެޕާޓުމެންޓު ތޯއްޗެ އަންދާލާނީ. އަހަރެމެންނަށް ފަސޭހައެންނު އެތަން ގްރައުންޑު ފުލޯއަށް ވިކަން.” ޝެހެނާޒު ހޫދު ބުނި ވާހަކަ އާއި ވިއްދައިފައި ބުނެލިއެވެ. އެއީ ވެސް ތެދެކެވެ. ކިޔާރާގެ މައްޗަށް މަރުގެ ޙުކުމް ހިންގާލާ ވަރަށް އެ ކުއްޖާއަށް އެނގުނީ ކޮންކަމެއް ތޯ ބަލާ އެ އޮތް ތާކުން ނެރެން އަހުރެން މިހުރީ ހޭވައްލާ ތައްޔާރަށެވެ. ފަސްއަޅާ ފޮރުވަން އެ އުޅެނީ ކޮން ޙަޤީޤަތެއް ހެއްޔެވެ؟
“އެނގޭތަ ޔާރާ ގެ ފޯނަށް ފޮނުވައިފައި އޮތީ ކޮން އެއްޗެއް ކަން” އެހެން ބުނެ އަހަރެން ދައްކާލީ އެ މެސެޖެވެ. އެއަށްފަހު ވީޑިއޯ ކްލިޕް އަޅުވާލީމެވެ. ކަރަށް ދަންމަޅިއެއް އަރުވައިފައި އެ ހުރީ ޝަރީފެވެ. ކިޔާރާގެ ބައްޕަ ނޫން ދެވަނަ މީހެއް ނޫނެވެ. ދެން ހުރި ވަޅިއެއް ޝަރީފުގެ ކަރާއި ދިމާކޮށްގެން ހުރި ފިރިހެނެކެވެ. ޑިކޯއީ މާސްކެއް އަޅައިގެންނެވެ. “ކަލޯ މީވާ ބައެކެންނު.” ހޫދު ބުނެލިއެވެ.
“ތި ވީޑިއޯ އަކީ ފޭކެއް. މި ބުނީ އެޑިޓުކޮށްފަ އިން އެއްޗެއް.” އެކަން ފާހަގަ ވުމުން އަހަރެން ބުނެލީމެވެ. ޝެހެނާޒު ބަލައިލީ ފާޑަކަށެވެ. އަހަރެން އޭގެ އަސްލު ހޯދާލީ ހެކިންގެ އެހީގައެވެ. އެ އަޅުވަލާ ބަލަން ފެށީމެވެ. އެ ވީޑިއޯގައި ހުރީ ޝަރީފެެއް ނޫނެވެ. އޭނާއާއި އެއްގޮތް ކަމެއް ހުރި މީހެކެވެ. ކިޔާރާ އެގޮތަށް މަގަށް އެ ނުކުތީ އޮޅުވާލުމަކުންނެވެ. އަހަރެންނާއި ޝެހެނާޒު ވެސް ހުރީ ހައިރާންވެފައެވެ. އަސްލު ވާހަކަ ދެއްކި މީހާގެ އަޑު ވެސް އިވުނެވެ. “ހުރިހާ ހެއްކެއް ހިފައިގެން އާދޭ!”
ހޫދާއި ދިމާލަށް އަހަރެންނަށް ބަލައިލެވުނީ ދެނެވެ. އޭނާގެ މޫނު މައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ބުނެދޭން ދައްޗެވެ. ނިތްކުރީގައި ދާ ތިކިތިކި ބަބުޅަމުން ދިޔައެވެ. ނޭވާލަނީ އަވަސް އަވަހަށެވެ. ލޮލުން ކަރުނަައިގެ އަސަރު ފެންނަން ހުއްޓެވެ. ހީވަނީ ދެންމެ ދެންމެ އޭގެ މަޤާމު ދޫކޮށް ކަރުނަތައް އޮހިގަނެފާނެހެނެވެ. އެހެނަސް ދެރަވުމަށް ވުރެ ބޮޑަށް އެ ހުރީ ރުޅިއައިސްފައި ކަން އަހަންނަށް ނަގައިގަނެވުނެވެ. އެކަމަކު މި ވަނީ ކީއް ހެއްޔެވެ؟ އެ ވީޑިއޯ އިން ހޫދަށް ފާހަގަ ވެގެން އެ އުޅެނީ ކޮން ކަމެއް ހެއްޔެވެ؟
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Nimaal haadha goahey
Kiyaara ves maraalee
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih i understand
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Alhugandu ge support Abadhuves libeyne insha Allah
Love you ❤️😍
Yh its a buxy challenge to juggle all school works.
Thnx for understanding.
Always appreciate your support.☺️
Alhey kiyaara maruveetha. Mi part kiyaafa hama rangalhah ves rovijje 😭
This story is uncovering soo much hidden info.
Next part kon irakun tha kiyaalan libeynii.
Pls avas kohlahchey.
Yh she died.
9th part next week IA
Next part Avas kohlladhehche, Thankolheh dhigu koh genes dhehche
Masha Allah vrh Reethi ❤️
Thnx anonymous.
IA will upload next week.
Next part Avas kohlladhehche, Thankolheh dhigu koh genes dhehche
Masha Allah vrh Reethi ❤️
Thnx Shieunii.
Two parts a week, so next one next week.
Hope you understand. 🙂
Intro eh dheebe teenage
Thi busy?
Buny*? Konkahala intro eh?
Hessa like vey @shieuniii ly