ޙަޤީޤަތް ހޯދުމޭ 4
“އޭނ! ކީކޭ ކިޔާފަ އެތާ ހުންނަނީ. މާ ރަނގަޅުވާނެ ބޭރުގައި ހުރިއްޔާ. އޭނާ ވަންނަ މަންޒަރު ފެނުނީމަ ޕޮލިހަށް ގުޅާނީ.” އަހަރެން ބުނެލީ އެހެންނެވެ. ހޫދު އެކަމަކަށް އެއްބަހެއް ނުވިއެވެ. ބުނީ ނޭނގި ވަދެފަ މަރާލައިފިއްޔާ ޕްލޭން އެއްކޮށް ފަނި ވާނިއްޔޯލައެވެ. އެކަމަކު އަހަރެން ހުރީ އެ ގޮތް ޤަބޫލުކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އަހަރެމެން ދެމީހުންގެ ދެމެދުގައިވީ ޒުވާބު ހުއްޓުނީ މީހަކު ތޫލި އަޑަކުން ހަޅޭއްލަވައިގަތުމުންނެވެ.
ހޫދާއި ދިމާލަށް ކަޅިއެއް އެއްލައިފައި އަހަރެން ހިނގައިގަތީ ކޮޓަރިން ނުކުތުމަށެވެ. އޭރު ސިޑި ކައިރީގައި ދެލޯ ބޮޑުކޮށްލައިގެން ހުރީ ޝެހެނާޒެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަހަރެންގެ ކޮޓަރި ކުރިމަތީގައި އޮތް ބިޗުލަކަށެވެ. މަންމަ ގަސް އިންދާލެއް ގިނަ ކަމުން މިކަހަލަ އެއްޗެހި ވެސް ދޭތެރެ ދެތެރެއިން ވަންނާނެއެވެ. ޝެހެނާޒަށް ވީގޮތް ފަހުމް ވުމުން އަހަރެންނަށް ގަޑަގަޑަ ޖަހައިފައި ހީނގަނެވުނީ ބޭއިޚްތިޔާރުގައެވެ. ހެމުން ހެމުން ގޮސް އެ ބިޗޫ އަތަށް ނަގައިފައި ކުޑަ ދޮރުން ބޭރުކޮށްލީމެވެ. ޝެހެނާޒު ހަމައަކަށް އެޅުނީ ކުޑަދޮރު ލެއްޕި ފަހުންނެވެ.
“ޝަހިކްސް ވެސް ކުރާ ކަންތައް. ހަޅޭއްލަވައި ގަތް ގޮތުން ހީވަނީ ތަނެެއްގަ ރޯވެގެން އުޅޭހެން. އެއީ ދެން ކުޑަކުޑަ ބިޗުލެކެންނު!” ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަމުން ދިމާކޮށްލީމެވެ. “އާއެކޭ. ގައިމުވެސް އެޔަކަށް ޝަހިކްސް ކައެއް ނުލެވޭނެ.” ހޫދު ވެސް އެކަމުގައި ބައިވެރިވެލިއެވެ. ޝެހެނާޒު ތުން އަނބުރާލައިފައި އައިސް ގޮނޑިއެއްގައި އިށީނެވެ.
“ހޫން ދެން ހެވޭ! އިހަށް ހިނގާބަލަ ކުރަން އައި ކަންތައް ނިންމާލަން.” ޝެހެނާޒު ކެތްމަދުވެފައި ހުރީ އަހަރެންގެ ވާހަކަ އަޑުއަހާލާށެވެ. އަހަރެން ‘އެ’ ރިކޯޑިން އަޅުވާލީމެވެ. އެ ކޮއިފުޅަށް ވެސް ވީ އަހަރެމެންނަށް ވީ ވަރެވެ. “އަހަރެން މި ކިޔަނީ ހަސްފަތާލު ކައިރީގައި ތިބެންވީއޭ. ނިމާލު ފެނުނީމާ ފުލުހުންނަށް ގުޅާނީއޭ” އަހަރެންގެ ޚިޔާލު ފާޅުކޮށްލީމެވެ.
“ހަމައެކަނި އެހެން ރޭވީމަޔޯ؟ ނުނޭ، ނިމާލު ވަނީމަ އަހަރެން ޕޮލިހުންނަށް ގުޅާނަން. ހޫދު އެ ސޮރު ފަސްފަހަތުން ވަދެފަ ނުބައިކަމެއް ކުރިޔަ ނުދީ ހިފެހެއްޓީމަ ވީނުން!” ޝެހެނާޒު އެކަން ރާވާލީ އަހަރެންގެ ހިއްސާ ކަނޑާލައިފައެވެ. ވަގުތުން ޝަކުވާ ކޮށްލީމެވެ. އޭނާ ހަނދާކޮށްލަދިނީ އަހަރެން ގޭ ބަންދުގައި އިން ކަމެވެ. ދެން އަހަރެން ފެށީ އާދޭސް ކުރާށެވެ.
“އަހަންނަށް އެނގޭ ތިބެންވީ ތަނެއް. އެ ހަސްފަތާލު ކުރިމަތީގަ ހުންނާނެ މަގޭ މަންމަ ހިންގާ ކެފޭ. ވަރަށް ސަޅިކޮށް ހަސްފަތާލު ފެންނާނެ.” ހޫދު އަހަރެމެންގެ ސަކަރާތައް ނުބަލާ ބުނެލިއެވެ. އެއީ ވެސް ރަނގަޅު ވާހަކަ އެކެވެ. “އެ ކެފޭގައި ތިބޭ ވަގުތު ޝަހިކްސް އާ ވައިޓީ ބަލާ ހޮސްޕިޓަލު ކުރިމަތިން ނިމާލު ފެނޭތޯ. މަ ބަލާނަން ސެކިޔުރިޓީ ސިސްޓަމު ހެކު ކޮށްލާފަ އެއިން ކައިރާ ކޮޓަރި ތެރެއާއި ކޮރިޑޯ.” ޝެހެނާޒުގެ ވާހަކަ ތަކަށް ބެލުމެއް ނެތި ބުނީމެވެ. އެކަމަށް ހޫދު އެއްބަސްވީކަން ނަސީބެވެ. ޝެހެނާޒަށް އެންމެފަހުން ހަތިޔާރު ބަހައްޓަން ޖެހުނީ ވިއްޔާއެވެ.
އެވާހަކަ މެދުކަނޑާލުމަށްފަހު ފިލާވަޅު ދަސްކުރަން ފެށީ މަންމައަށް ޝައްކެއް ވެދާނެތީއެވެ. ޝެހެނާޒުމެން ގެއަށް ދިޔައީ ގަޑިއިރެއް ފަހުންނެވެ. އަށް ގަޑި ތިރީހަށް ކެފޭއިން ދިމާވާނެކަމަށް ބުނަމުންނެވެ.
ވަގުތު ހިނގަމުން ގޮސް އެންމެފަހުން ރޭގަނޑު އަށެއް ޖަހައިފިއެވެ. މިރޭ ކޭ ވަގުތުގައި އިނީ ނިދިއަންނަ ކަމުގެ އެކްޓް އަޅުވާލައިގެންނެވެ. ކައި ނިންމައިގެން ކޮޓަރިއަށް ވަދެ ތަޅުލީ ދާން ތައްޔާރު ވާށެވެ.
އެންމެ ފުރަތަމަވެސް އަހަރެންގެ ދަބަހަށް ލެޕްޓޮޕް ލީމެވެ. ދެން ލާން ނެގީ ކަޅު ޓީޝާޓަކާއި ލެގިންސެކެވެ. ޓީޝާޓުގެ މަތިން ލެދަރ ޖެކެޓެއް ލީމެވެ. އޭގައި ބައިވަރު ޕޮކެޓުތައް ހުންނާނެއެވެ. އެއް ޕޮކެޓަށް ލީ ރިކޯޑަރެވެ. ދެ ޕޮކެޓަށް ތޫނު ކުޑަ ދެ ވަޅި ލީމެވެ. ކަވަރަކަށް ލައިފައެވެ. ކަޅު ވޫލަކުން އިސްތަށިގަނޑު އައްސާލައިފައި ބޮލުގައި ކަޅު ތޮތްޕެއް އެޅީމެވެ. އެރީ ކަޅުކުލައިގެ އެންކަލް ބޫޓަކަށެވެ. އޭގައި ވެސް ވަޅިއެއް ހަރުކޮށްލީމެވެ. އަތަށް ކަޅު އަންގިއެއް ވެސް ލައްވާލީމެވެ.
ރަނގަޅަށް ތައްޔާރު ވެލެވުމުން އަހަރެން ބެލްކަންޏަށް ނުކުތީމެވެ. ގޯތި ތެރޭގައި މީހަކު ނެތުމުން ހަމަޖެހުމުގެ ނޭވާލެއްލާ ފޭރުގަހަށް އަރާ ފާރު މަތިން ފުންމާލީ ޕޭވްމެންޓުގެ މައްޗަށެވެ. އެއަށްފަހު ދިޔައީ ބަސް ސްޓޮޕަށެވެ. ދެން އެހާ ދުރުގައި ހުރި ކެފޭއަކަށް ހިނގައިފައި ދެވޭ ހެއްޔެވެ؟
ބަހަށް އަރާ އަހަރެން ހަމަޖެހިލީމެވެ. މިކަން ކާމިޔާބު ވޭތޯ ދުޢާ ކޮށްލަމުންނެވެ. ބަސް ހުއްޓާލީ ސީދާ ހަސްފަތާލުގެ ކުރި މައްޗަށެވެ. އަހަރެން އެއިން ފައިބައިގެން ކެފޭއަށް ދިޔައިރު ހޫދުމެން ތިބީ ލަސްވެފައެވެ. ރަނގަޅަށް ގަޑިއަށް ބަލައިލީމެވެ. މިހާރު އަށްގަޑި ސާޅީސް ފަހެކެވެ. އާދެވުނީ ލަހުންކަން އެނގުނެވެ.
އަހަރެން އެކަމަކަށް އަޅައެއް ނުލަމެވެ. ދަބަހުން ލެޕު ނަގާ ކެމެރާތައް އަޅުވާލީމެވެ. މިއީވާ ފޫހި ކަމެއް ކަން އިހުސާސް ކުރެވުނީ ދިހައެއް ޖެހިއިރު ވެސް ނިމާލު ނުފެނުމުންނެވެ. ހޫދުގެ މަންމަ ‘ކޫލް’ ކަމީ ވެސް ހަތް ނަސީބުން ނަސީބެކެވެ. އެހެން ނޫންނަމަ މިކަން ނުވެސް ކުރެވުނީހެވެ.
އަހަރެންގެ ސަމާލުކަން ދަމައިގަންނަ ކަހަލަ ކަމަކާއި ކުރިމަތިވީ އެގާރަ ޖެހި ފަހުންނެވެ. ވާޑަށް ނަރުހެއް ވަދެފައި އެހެން ނަރުހުންތައް އޭނާ އާއި އެކު ދިއުމަށް އެންގީއެވެ. ކުއްލިއަކަށް ކޮން ކަމެއް ދިމާވީ ބާއެވެ. ހުރިހާ ނަރުހުން ނުކުތް އިރު ޝާނާ އަދި ހުރީ ނުދެވިފައެވެ. ކިޔާރާ ނޫން ދެން އެކޮޓަރީގައި އޮތް ބަލި މީހެއްގެ އައިވީ ގުޅާށެވެ.
ދެން ކޮރިޑޯގެ ކެމެރާއަކަށް އެރީ ނިމާލު ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާ ހުރީ ނަރުހުންގެ ޔުނީފޯމުގައެވެ. އަތުގައި ތަބަކެއް ހުއްޓެވެ. އޭގެ ދެ ވައްތަރެއްގެ އިންޖެކުޝަން ތަކެއް ހުއްޓެވެ. އެއިން އެއްޗަކުން އެ ދަނީ ކިޔާރާ މަރާލާންކަން ރެއަކާ ލުމުން ތެޅި ގަނެވުނެވެ. ޝެހެނާޒަށް ޕޮލިހުންނަށް ގުޅަން އަންގައިފައި، އަހަރެންނާއި ހޫދު ކެފޭއިން ނުކުމެގެން ދިޔައީ ދުވެފައެވެ. ދެވަނަ ފުލޯއަށް އަރާ ކިޔާރާ އޮތް ވާޑާއި ދިމާލަށެވެ.
ވާޑުން ފެނުނު މަންޒަރަކުން އަހަރެންގެ ހިތް އަތަށް ނައީ ކިރިޔާއެވެ. ޝާނާ އޮތީ ބިންމައްޗަށް ދެމިފައެވެ. ކިޔާރާގެ އަތަށް ގުޅައިފައިވާ ވާކޮޅަށް، ނިމާލު އެ އިންޖެކުޝަނުގެ ކަށި ކޮށްޕާލިއެވެ. ކިޔާރާ މަރުވަނީއޭ ހިތަށް އަރާ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލައިފަ އެއް ނޫނެވެ.
ޖެކެޓުން ވަޅިއެއް ނަގާ ހޫރާލީ ސީދާ އެވާގަނޑުގެ މެދަށެވެ. ވައިގައި އުދުހިލައިފައި ގޮސް އެ ވާގަނޑު ކަނޑާލައިފިއެވެ. އަހަރެންގެ އުކުޅުތަކަށް ޝުކުރުކުރެވުނީ އެހެން ވެގެންނެވެ. “ދޭ! ވައިޓީ ދޭ ނަރުހެއް ހޯދަން” އަހަރެން ހޫދަށް އަމުރު ކޮށްލީމެވެ. ދެން ދިމާކޮށްލީ ނިމާލާއި އެވެ.
ނިމާލު ހުރީ ވަރުގަދައަށް ރުޅި އައިސްފައެވެ. އެ ތަބަކުން އަނެއްކާ ވެސް އޭގެ އިންޖެކުޝަނެއް ނަގައިފައި މިފަހަރު ދިމާކޮށްލީ ސީދާ ކިޔާރާގެ ހަންގަނޑަށެވެ. އެ ފަކީރު ސަލާމަތަށް އެދި ތެޅެނީއެވެ. އަހަރެން ބަލާކަށް ނުހުރެ ނިމާލުގެ އަތުގައި ޖަހާ އެ އިންޖެކުޝަން ބިންމައްޗަށް ވައްޓާލާ، ފައިން ޖަހާ ހޫރާލީމެވެ.
“ކައެ ތީ ކާކު ތަ މިކަމުގެ ތެރެއަށް ވަންނަން” އެ ސޮރުގެ ގާތަށްއައިސްފައިވަނީ ރަނގަޅު ކޮލެޓީގެ ސިނގު ރުޅިއެކެވެ. “މަ ކައިރީގަ ތަ ތިހެން ބުނަން ޖެހެނީ؟ އޭނ.. ބަލަ ކަލެއް ނޫންތަ ކުށެއް ނެތް ފުރާނައެއް ދުއްވާލަން ތިއުޅެނީ!” އަހަރެން ވެސް ފަހަތުން ބުނީމެވެ.
“ނުބެހޭ ކަންކަމާ ނުބެހި ބަލަ” ނިމާލު އަހަންނާއި ދިމާލަށް އަތް ގެނައެވެ. އަހަރެން އެއަށް ވުރެ ކުރިން އޭނާގެ ބަނޑުގައި ޖަހާ ބިންމައްޗަށް ވައްޓާލީމެވެ. “ކަލެއެއް ނޫންތަ އެ ފަކީރަށް އެވަރަށް އަނިޔާކޮށް، އެތަށް ފަހަރަކު ރޭޕްކޮށްލާފަ، އެ ވަރުން ނުވެގެން މަރާލަން ތިއުޅެނީ.” އަހަރެންގެ ލޮލުން ވިދައިގަތީ ރުޅިވެރިކަމެވެ. ނިމާލު ބާރުގަދަ ކަމުން ހިފަހައްޓާލެވެނީ ކިރިޔާއެވެ. އޭނާ އަހަރެން ފާރުގައި ޖައްސާ ކަރުގައި ހިފާ ބާރުކޮށްލުމުން ތެޅިގަނެވުނީ ނޭވާ ނުލެވިގެންނެވެ.
އެވަގުތު ޚިޔާލަށް އައީ ބޫޓުގައި ހަރުކުރި ވަޅިއެވެ. ބޫޓުން އޭނާގެ ފައިގައި ޖަހާ އަޅުވާލުމުން، އެތަން ކަނޑައިގެން ގޮސް ލޭ އޮހިގަތެވެ. ކަރަށް ދުލެއް ލިބުމުން ފުރުސަތުގެ ބޭނުން ހިފާ ޖެކެޓުން ވަޅިއެއް ނަގާ އޭނާގެ ކަރުގައި ޖެއްސީމެވެ. ކިރިޔާ ލޭ ހިލޭނެ ވަރަށެވެ.
އަހަރެން ހައިރާންވީ މަރުގެ ތުންފަތް މަތީގައި ވެސް އެ ސޮރު ހޭން ފެށުމުންނެވެ. ސަބަބު އެނގުނު އިރު މާ ލަސްވެއްޖެއެވެ. ނިމާލު އިންޖެކުޝަނެއް އަހަރެންގެ ކަރަށް ޖެހީއެވެ. އަހަރެންގެ އަތުން ވަޅި ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ނިމާލު އަހަރެންގެ މޭގައި އަޅާ ކޮށްޕާލުމުން އަހަރެން ދިޔައީ ފަހަތަށެވެ. އެ ދިޔަ ބާރު މިނުގައި ގޮސް އަހަރެންގެ ބޯ ދަގަނޑު ކަހަލަ ހަރު އެއްޗެއްގައި ޖެހުނު ކަހަލަ ތޫނު އިހުސާސެއް ކުރެވުނެވެ. އިސްތަށިގަނޑުގައި ތެތް އެއްޗެއް ހޭކެން ފެށިކަން އެނގުމުން ބޯ ފަޅައިގެން ދިޔައީ ކަން އެނގުނެވެ. އަހަރެންގެ ލޮލަށް ފެންނަމުން ދިޔަ މަންޒަރުތައް ފުސްވިއެވެ. ނިމާލު ކައިރާގެ ގާތަށް އަނެއްކާ ވެސް ދާން ފެށިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.







Mi part vx v Reethi masha allah
Curiously waiting for next part
Alhey boa falhaen dhiyaee
Nimaal haadha goahey
V interesting story
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih
Love you ❤️😍
Arn. Nimaal v goas vaane. Thnx Cutie girl!
Mi vaahk vrh reethi
Kon irakun next part kiyaalan libeynee
Mi week ga kiyaalan libeyne.
Vaahakaiga kaira ge nan liyevifa vanee olhumakun. Aslu namakee kiyaara.