Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ގާތުގައިވި އަނދިރިކަން، 1

umny Level 210 Stories
March 28, 2024 3 Mins Read
0 Comments

ވަށައިގެން ބިޔަ ކަޅު ފެންސް ލެވިފައި ބޮޑު މެންސަންއެކެވެ. ލަންކާގެ ނޫރައްލިޔާގައި އެހެން ގެތަކާއި ތަފާތުކޮށް ބޮޑު ބިމެއްގައި ހަދާފައިވާ މެންސަންގެ ބޮޑު ކަޅު ގޭޓުން ފެންނަމުން ދިޔައީ ޝާހީކަމުގެ ނިޝާންތަކެވެ. ހުދުކުލައިން ހުރި ދެބުރިއަށް ނަގާފައިވާ ބޮޑު މެންސަންގައި އެތަކެއް ކުޑަދޮރުތަކެއް ހަރުކޮއްފައިވެއެވެ. ގެއަށް ވަންނަ ބޮޑު ދޮރާއި ކަޅުކުލައިގެ އީޓް ފުރާޅުން ގެ ފެންނަނީ ވަރަށް ޔުނިކް ގެއެއް ގޮތުގައެވެ. ގޭޓުން ވަދެގެން ގެޔާއި ހަމަޔަށް މެދުން މަގެއް އޮތް އިރު މަގުގެ ދެފަރާތު މެދު ގޯތިތެރޭގައި ވިނައާއި ހިޔާ ދޭ އެތަކެއް ގަސްތަކެއް ހައްދާފައިވެއެވެ. އެގަސްތައް ވަށައިގެން ދޫނިތައް ވެސް އެސޮރުމެންގެ އަޑުން މާހައުލަށް އުފާވެރިކަން ގެނުވަމުން އުދުހެމުން ދިޔައީ އެއެއްޗިއްސަށް ވެސް ބަހާރު މޫސުން އައިސްގެން އުޅޭ ފަދައިންނެވެ. ދުރުދުރަށް ދާންދެން ބިޔަކޮށް އޮތް ބޮޑު މެދުގޯތީގެ އެއްފަރާތުގައި ކޭޓަރިންގެ މަސައްކަތަށް އެތައް ބަޔަކު ހަރަކާތްތެރިވަމުން ދިޔަ އިރު އަނެއް ފަރާތުގައި ގޮނޑިއާއި މޭޒުތައް ޖެހުމަށް ވެސް އެތައް ބަޔަކު އުޅެމުން ދިޔައެވެ. އެންމެން ވެސް އަތްމަތި އަވަސްކަމާއި އެކު ގޯތިތެރެ ޒީނަތްތެރިކުރުމުގައި އުޅެމުން ދިޔައީ މުއްސަނދި ވިޔަފާރިވެފިއެއް ކަމަށްވާ ސަލީމް ޒާހިރު، އަލަށް ހެދި ގެއަށް އޭނާގެ އާއިލާ ބަދަލުވެ އެކަމުގެ މުނާސަބަތުގައި ބާއްވާ ޕާޓީއަށް ތައްޔާރުވުމަށެވެ.

ގެޔާއި މާދުރުނޫން ހިސާބު ވިނަގަނޑުގެ މަތީގައި ބަހައްޓާފައިވާ ހިޔާ ކޮއްފައިވާ ބޮޑު އުނދޯލީގައި އުމުރުން ހަތްއަހަރުގެ އަރީންއާއި އޭނަގެ އެއްބަފާ ކޮއްކޮ ތިންއަހަރުގެ އަމާނީއާއި އަރީންގެ ދޮންމަންމަ އަދި އަމާނީގެ މަންމަ ސާރާ އިނެވެ. އެހިތްގައިމު މާހައުލުގައި ޖެހެމުން ހިތްގައިމު ވައިރޯޅިތަކާއި އެއްވަރަށް އުނދޯލި ހެއްލަމުން އަރީން ދިޔައިރު، ފުލޯރަލް ނޫކުލައިގެ ކަކުލާ ހަމަޔަށް އަރާ ހެދުމުގައި އިން ސާރާ ވެސް އަރީންއެކޭ އެއްވަރަށް ފައި ބިންމަތީގައި ޖައްސަމުން ދިޔައެވެ. ހިތްގައިމު މާހައުލުގެ ފުރިހަމަކަން ދެނެގަތުމަށްޓަކައި ކުޑަކުދިންގެ އަޅި ސޫޓެއްގައި އިން އަރީން އޭނަގެ ދޮންމަންމަ ކުރެ ވާހަކައެއް ނުދައްކައެވެ. ސާރާ ވެސް ވާހަކަ ނުދައްކާ އިނީ އަރީންއެކޭ އެއްފަދައިން މާހައުލުގެ ފުރިހަމަކަން ދެނެގަތުމަށެވެ. އޭރު އޭނަގެ ވައަތުގައި ނޫކުލައިގެ ޕާޓީ ހެދުމެއްގައި އިން އަމާނީ އިނީ ބޯ ޖައްސާލި ގޮތަށް ނިދިފައެވެ.

” ސާރާ… ” ގެއިން ނިކުމެގެން އެތިންމައިން ގާތަށް ސަލީމް އަންނަމުން ދިޔައެވެ. އަގުބޮޑު ހުދު ގަމީސް މަތިން އަޅި ސޫޓެއްލައިފައިވާ ސަލީމްގެ އަތުގައި އަގުބޮޑު ގަޑިޔެއްވެއެވެ. ސޫޓްއާއި ގުޅޭ އަޅި ޓައީއެއް އަޅާ އަގުބޮޑު ކަޅު ބޫޓަކަށް އަރާފައިވެއެވެ. ތިންމައިންނަށް އަތްހޫރަމުން އޭނަ އައި އިރު ތުންފަތްމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ.

ކުއްލިއަކަށް އެހެން އިންދާ އަމާނީ ނިދީގައި ބިންމައްޗަށް ވެއްޓިއްޖެއެވެ. ކުއްލި ހަރަކާތުން އަރީންއަށް ސިހިފައި އުނދޯލިން ފުންމާލެވުނެވެ. އޭރު މަންޒަރު ފެނި ސަލީމް ވެސް ދުވަމުން އާދެއެވެ. އަރީންއަށް ބަލާލެވުނީ އެއްވެސް ހަރަކާތެއް ނުކޮށް އިން ސާރާއަށެވެ. މޫނުމަތީގައި އެއްވެސް އަސަރެއް ފެންނަން ނެތް ސާރާގެ ދެލޯ އަރީންގެ ދެލޮލާ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އެވަގުތު ސާރާ ކުއްލިއަކަށް އޭނަގެ ދެލޯ ނިކުމެ އޭނަގެ ތޫނު ދަތްތައް ފެންނަ ވަރަށް އަނގަ ހުޅުވާލިއެވެ.

” އަރޫ! ” އަރީން ސިހިގެން ދިޔައީ ގާތުގައި އިން އޭނަގެ އަންހެނުން މަލަކު ގޮވާލި އަޑަށެވެ. އަޅިކުލައިގެ ފަޓުލޫނަކާއި ކަޅު އަތްކުރު ގަމީހެއްގައި އިން އުމުރުން ފަންސަވީސް އަހަރުގެ އަރީން ދެލޯ ބޮޑުކޮއްލަމުން ޖެހިގެން އިން މަލަކުއަށް ބަލާލިއެވެ. މަޑު ފިޔާތޮށި ދިގު ހެދުމާއި އެކުލައާއި ގުޅޭ ޝޯލްއެއް އަޅައިގެން އިން މަލަކު ދެބުމަ ގޮށް ޖަހާލަމުން ބޯ އަރިކޮއްލިއެވެ.

” ކިހިނެތްވީ؟ ހުވަފެނެއް ފެނުނީދޯ.. ” މަލަކު އޭނަގެ މޫނުގެ ކުލަވަރު ހިނިތުންވުމަކަށް ބަދަލުކޮއްލިއެވެ. އަރީން އަދިވެސް ހުރީ ވާނުވާ ނޭނގިފައި ކަހަލަ ގޮތަކަށެވެ.

” އަރީން.. ހޭލާތަ ތިއިނީ؟ ނޫނީ އަހަރެންނަށް ނޭނގޭ ސުލީޕް ވޯރކްއެއްގައިތަ؟ ” މަލަކު އޭނަގެ އަތް އަރީންގެ މޫނުމަތީގައި ހޫރާލުމުން އަރީން އަވަސް އަވަހަށް އެސްފިޔަ ޖަހާލައި ހިނިތުންވެލިއެވެ.

” ޑޯންޓް ވޮރީ މައި ލަވްލީ ވައިފް… ސުލީޕް ވޯރކްއެއް ނޫނޭ… ހުވަފެނެއް ފެނުނީ.. ” އަރީން ކުރިޔަށް ވުރެ ވެސް ފުންކޮށް ހިނިތުންވެލަމުން މަލަކުގެ ދެކޮލުގައި ހިފާލިއެވެ. މަލަކު ތަދުވެގެން އަރީން ކޮއްޕާލުމުން އޭނަ ގޮސް ޖެހުނީ ކާރުގެ ޑުރައިވަރު ސީޓްގެ ހެޑް ރެސްޓްގެ ފަހަތުގައެވެ.

” ސަރ.. އަރޔޫ އޯކޭ؟ ” ކާރު ދުއްވަން އިން ލަންކާގެ މީހާ ނިރްވެދް ސުވާލުކުރިއެވެ.

” ޔެސް. ތެންކިޔު ފޯރ އާސްކިން… ” އަރީން އެމީހާގެ އެއްކޮނޑުގައި ފަހަތުން ޖަހާލަމުން ބުނެލިއެވެ. އަދި އަނެއް ފަރާތަށް އެނބުރި މަލަކުއަށް ބަލާލި އިރު އޭނާ އިނީ ފާޑަކަށް ބިރުގަނެފައެވެ. އަރީންއަށް އަނިޔާއެއް ވާކަށް އޭނަ ނޭދެއެވެ. އޭނައަށް އަރީން ކޮއްޕާލެވުނީ ގަސްތުގައެއް ނޫނެވެ.

” އެވް ރީ ތިންގް އިޒް އޯކޭ އޭ… އަހަރެންގެ މަލަކު. އައި ލަވް ޔޫ އިނގޭ… ” އަރީން މަލަކުގެ ކޮނޑުގައި ހިފާ ގާތްކޮއްލަމުން އޭނަގެ ކޮނޑުމަތީގައި މަލަކުގެ ބޯ ބާއްވާލިއެވެ.

ދެމިހުން ދަތުރުކުރަމުން ދިޔައީ ލަންކާގެ ނޫރައްލިޔާގެ މަގުތަކުންނެވެ. ދެމިހުންގެ ވެސް މިސްރާބަކަށްވެފައި އޮތީ އަރީން ކުޑައިރު އުޅުނު ގެ ކަމަށްވާ ‘ގްރީން ޝެލް މޭންސަން’އަށެވެ. ކައިވެނިކޮށްގެން ހަމަސްވީ ތަނާހެން އަރީންގެ ބައްޕަގެ މަރުގެ ޙަބަރު ލިބި މެންސަންގެ ވާރިސްއަށް އަރީންވުމުން ލަންކާއަށް ބަދަލުވާން ޖެހުނީއެވެ. އަދި ބައްޕަގެ ވިޔަފާރި ވެސް ހިންގާ އެވިޔަފާރި ފުޅާކުރުމަށް ހަވާލުކުރެވިފައި މިހާރު ވަނީ ވެސް އަރީންއަށެވެ.

ނުނިމޭ

މިއީ އަޅުގަނޑު މިސައިޓްގައި ލިޔުނު ފުރަތަމަ ވާހަކަ ރިވާ ލޭކްގެ ފަހުން ލިޔާ ފުރަތަމަ ވާހަކައެވެ. އުއްމީދުކުރަނީ ކިޔުންތެރިން މިވާހަކަވެސް ކިޔާ ހިތުން ކިޔާލާނެކަމަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(އަށްވަނަ ބައި)

Next

ކިޔުންތެރިންގެ ސަމާލުކަމަށް

Next
March 28, 2024

ކިޔުންތެރިންގެ ސަމާލުކަމަށް

Previews
March 27, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(އަށްވަނަ ބައި)



All Right Reserved!