Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން… 3

✨ IFAA ✨
✨ IFAA ✨ Level 110 Stories
January 28, 2024 8 Mins Read
4 Comments

މި ދެބެން ސަކަރާތުގައި އުޅެނިކޮށް އަތިރި ޖެޓީ އާއި ހަމައަށް ފޯރި އިރުވެސް ނޭންގެއެވެ. އީނާލް އަތުނުވަން ވެގެން ދުވަމުން ދަނިކޮށް މީހެއްގެ ގައިގައި ޖެހި ވެއްޓެން ދިޔައެވެ. ނަމަވެސް ބާރުގަދަ އަތެއް އީނާލްގެ ކަނާ އަތުގައި ހިފިއެވެ. އަދި ދީނާލް މަޑުމަޑުން ލޯ ހުޅުވައި އެއީ ކާކުތޯ ބަލައިލިއެވެ.

 

 

******

3 ވަނަ ބައި…

******

 

 

ރާޅުތައް ކަފަމުން ގޮސް ރަށެއްގެ ފަޅު ތެރެއަށް ވަތް ލޯންޗު ޖެޓީ އާއި ކައިރި ކުރުމުން އައުލް އޭނާގެ ދަބަސް ހިފައިގެން ރަށުގެ ޖެޓީ މަތީގައި ފޯނަށް ގެއްލިފައި ހުރި އެވެ. ކުއްލިއަކަށް އައުލް އަށް ސިހުމެއް ލިބުނީ މީހަކު އައިސް އޭނާގެ ގައިގައި ޖެހުމުން އެވެ. އެ މީހާ ޖެހުން ވަގުތު އައުލް އަތުން ފޯނު ބިންމައްޗަށް ވެއްޓުނެވެ. އިހްތިޔާރުން ބޭރުގައި ފޯނުގެ ބަދަލުގައި އައުލް ބެލީ އައުލް ގައިގައި ޖެހުން މީހާ ވެއްޓުނަ ނުދޭން ށެވެ. އެ ކުއްޖާގެ އަތުގައި ހިފާ އައުލް އެ ކުއްޖާ އޭނާ އާއި ގަޔާ ކޮށްލިއެވެ. އައުލްގެ ހިތުގެ ތެޅުން މަޑުމަޑުން އަވަސް ވަމުން ދިޔައެވެ. އެ ކުއްޖާގެ ރީތި ކަމަށް ގެއްލިފައިވާ އައުލް އަށް އިހުސާސް ކުރެވެނީ އެ ދެމީހުން ނޫން އިތުރު ބައެއް އެތާންގައި ނެތް ކަމެވެ. “އީނާލް؟” އައުލްގެ ފަހަތުގައި ހުރި އައިޝަމް އީނާލް އަށް ގޮވައިލިއެވެ.

 

 

ދެމީހުވެސް ތިބީ އެކަކު އަނެކަކުގެ ދެލޮލުގެ ތެރެއަށް ގެއްލި ފައެވެ. އައިޝަމް ގެ އަޑާއި އެކު ދެމީހުން ވެސް އެކަކު އަނެކަކާ ދުރުވެލި އެވެ. އައުލް އަދިވެސް އެއްފަހަރު އޭނާގެ ކުރިމަތީގައި ހުރި އެ ރީތި ޗާލު ޕަރީ އަށް ބަލައިލިއެވެ. އޭނާގެ ހިތް އެދެމުން ދިޔަ ބައިވެރިޔާ އާއި މިއަދު މި ބައްދަލުވީ އެވެ. އެ ސޫރަ އައުލްގެ ހިތުތެރޭގައި ކުރަހާލުމަށް މާ ގިނައިރެއް ނުނަގައެވެ.

 

 

“އައިޝަމް ކަލޯ އަންނަ އިރެއް ވެސް ނުބުނަމެއްނު” އީވާން އައިޝަމް ފެނުމުން އަހައިލިއެވެ. އެވަގުތު އީނާލް އާއި ޔޫންގެ އިތުރުން މާޔާ ވެސް އައެވެ. ޔޫން ފެނުމުން އައިޝަމް ގެ ތުންފަތުގައި ލުއި ލުއި ހިނިތުން ވުމެއް ކުޅެލި އެވެ. ހުދު ކުލައިގެ ގަމީހެއް ގައި އިން އިރު އެ މެދުހަށީގައި ވަނީ ބެލްޓެއް އަޅުވާފައެވެ. އަދި މުށި ކުލައިގެ ސްކިނީ އަކަށް އަރައިގެން ހުރި އިރު އެ ރީތިކަން އިތުރުވެގެން ދަނީ އަޅައިފައި ހުރި ކްރީމް ކުލައިގެ ޝޯލް އިން ނެވެ. ލުއި ލުއިލުއިކޮށް މޭކަޕް ކޮށްފައި ވާއިރު އަރައިގެން ހުރީ ހުދުކުލައިގެ ސްނީކާސް އަކަށް ށެވެ. މިފަދަ ރީތި ބަދަލުވުމެއް ޔޫންގެ ގައިން ފެނުމުން އައިޝަމް ގެ ހިތުގައި ޔޫން އަށް ޓަކައި އާ ވިންދެއް ޖަހައިލިއެވެ. އެ ރީތިކަން އިތުރަށް ފުރިހަމަކޮށް ދެނީ އެ ތުންފަތުގައި ކުޅެލީ ލޯބި ލޯބި ހިނިތުން ވުމަކުން އެވެ.

 

 

“ހިންގާ ގެއަށް” އީވާން މާޔާގެ އަތުގައި ހިފަމުން ބުނެލިއެވެ. “އައިޝަމްބޭ ؟ މި ދޮންބެ މި އުޅެނީ މާޔައްތަ ގެއްލިދާނެތީ ތަ؟ އިންގޭތަ މިއަދު ދޮންބެ އާ މާޔައްތަ މީޓް ވީމަ ދޮންބެ މާޔައްތަ މެދުހަށިން ދޫވެސް ނުކުރި” އީވާން އާއި ދިމާ ކުރަމުން އީނާލް އައިޝަމް ގާތުގައި ބުނީ އެވެ.”އަނގަ ހަލީމާ ހުރެބަލަ ނިކަން ކުޅި ދައްކާލާނަން”އީވާން މިހެން ބުނެ އީނާލް އަތުލުމަށް ވުވެގަތެވެ. އީނާލްގެ ކުޑަކުދިންގެ މިޒާޖު ފެނިފައި އައުލް އަށް ހިނިތުން ވެވުނެވެ. އީނާލް އެހެން ދުވަމުން ގޮސް އައުލްގެ ފަހަތައް ވަދެ ފިލިއެވެ. މިހެން ދެބެން ސަކަރާތް ޖެހެމުން ގޮސް އެންމެފަހުން ގެއާއި ހަމައަށް ފޯރިއެވެ. އެވަގުތު ވެސް ވީ ޔުޒުކް އެ ގެއަށް އައި ވަގުތަށް ށެވެ.

 

 

 

ޔުޒުކް ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް އޭނާގެ މޫނު މަތީގައި ވަނީ ނުތަނަވަސް ކަމެވެ. ރުޅިވެރި ކަމެވެ. ޔުޒުކް ފެނުމުން އެލާނާ ޔުޒުކް އަށް މަޑުމަޑުން ބަލައިލިއެވެ. “އޭތް ކީއްވީ ؟ ކަމެއް ގޯސް ވީތަ؟” އީވާން ހާސް ވެފައި އަހައިލިއެވެ. “ކީއްހޭ ވީ؟ އެހިރަ ލައިރާ މަށަށް ޗީޓް ކުރީ” ޔުޒުކްގެ މި ބަސްތަކުން އެލާނާގެ ހިތުގައި ޖެހުނެވެ. “އަހަރެން އޭނާ އަށް ހާދަ ލޯތްބެއް ދިނީމޭ! ހާދަ އިތުބާރެއް ކުރީމޭ! އެވަރުން ނުފުދިގެން ބޭވަފާތެރި ވީ! އޭނާ ދުލުން ބޭރު ކުރި އެއްޗެއް އަހަރެން ގަނެދިނިން… މި ދުނިޔޭގަ ނޫޅޭނެ އަހަންނާ އެކަށީގެންވާ ހިތް ހެޔޮ އަންހެނެއް!!” ޔުޒުކް ހުރިހާ ވާހަކައެއް ކިޔާ ނިންމި އިރު އެލާނާގެ ދެ ލޮލަށް ކަރުނަތައް ބޮނޑިވަމުން ދިޔައެވެ. މި މަންޒަރު އީނާލްގެ އިތުރުން ޔޫން އާއި މާޔާ އަށް ވެސް ފާހަގަ ވިއެވެ. އިތުރަށް ކެތް ނުކުރެވި ގެން އެލާނާ އެތެރެއަށް ވަދެގެން ދިޔައެވެ.

 

 

ގެއަށް ވަތް ގޮތައް ތަނެއް ދޮރެއް ބަލާނުލާ އޭނާގެ ކޮޓަރި އަށް ގޮސް ދޮރު ޖަހާ ތަޅުލުމަށް ފަހު ދޮރުގައި ލެގިލައިގެން ހުރެ ބިންމަތީގައި އިށީނދެލި އެވެ. އަދި ގިސްލަގިސްލާ ރޯން ފެށި އެވެ. މިހެން އިނދެ ބިންމަތީގައި އެލާނާ އޮށޯވެލި އެވެ. އެއިރު ވެސް ހޫނު ކަރުނަތައް ދިޔައީ އޭނާގެ ލޮލުން އޮހޮރެމުން އެވެ. އޭނާގެ ނަސީބު ރަނގަޅު ނޫނީ އެވެ. އޭނާގެ ހިތުގެ ރާޖާ މިއަދު ހަމަ ޔަގީނުންވެސް އޭނާގެ ހިތައް ޒަހަމް ދީފިއެވެ. އެ އޮތްގޮތަށް އޮވެ އެލާނާ އަށް ނިދުނެވެ.

 

 

އެތަކެއް ގަޑިއިރަކު މިހެން އޮވެފައި އެލާނާ އަށް ހޭލެވުނީ ކުއްލިއަކަށް ށެވެ. އެއިރު ވެސް އެ ދެލޮލުގެ ކައިރީގައި ހިކިފައި ވާ ކަރުނަތައް ވެއެވެ. އެ ދެލޯ ވަނީ ދުޅަވެފައެވެ. މަޑުމަޑު ގަޑި ބަލައިލި ވަގުތު ގަޑިން 21:30 ވީ އެވެ. ޑްރެސިން ޓޭބަލް ގާތުގައި ހުރެ އަޅައިފައި އޮތް ޝޯލް ނަގާ އަލަމާރި ދޮރުގައި އަޅިވައިލުމަށް ފަހު އަލަމާރިން ގްރޭ ކުލައިގެ ސްވެޓާރ އަކާއި ކަޅުކުލައިގެ ފުއްޕި ހަރުވާޅެއް ނަގައިގެން ތުވާލި ހިފައިގެން ފާހާނާ އަށް ވަނީ ތާޒާ ވުމުގެ ނިޔަތުގައެވެ. ތާޒާ ވެލައިގެން ނިކުމެ އިސްތަށިގަނޑު ހިއްކާފައި އިސްތަށިގަނޑު ގައި ފުނާ އެޅިއެވެ. އަދި އެ ދިގު ފަން އިސްތަށިގަނޑު ހައްޔަރު ކޮށްލީ ހުޅިއެއްގެ އެހީގައެވެ. ކުޑަ ބުރުގާލެއް އަޅައިގެން އީނާލް ނިކުމެލިއެވެ.

 

 

އިސްޖަހައިގެން ހުރެ ގޮސް ބަދިގެއަށް ވަތް އިރު އޭނާ އާއި ކުރިމަތި ލާން ޖެހުނީ ޔުޒުކް އާއެވެ. ޔުޒުކް ހިނިތުން ވެލާފައި އެލާނާ އެއް ކައިރިއަށް ޖައްސަމުން ސިޓިން ރޫމް އަށް ނިކުތެވެ. އެލާނާގެ ހިތައް އެރި ތަދަކުން އެ ދެ ލޮލުގައި ކަރުނަތައް ޖަމާވިއެވެ. ނަމަވެސް އެ ކަރުނަތައް ހިންދާލާފައި ބަދިގެ އަށް ވަންނަން އުޅުން ވަގުތު އީނާލް އައިސް އެލާނާގެ އަތުގައި ހިފާ އީނާލް މެން ކޮޓަރިއަށް ވެއްދިއެވެ. އެވަގުތު ޔޫން އާއި މާޔާ ވެސް އެތާންގައި ތިއްބެވެ. “މީ ކޮން ކަމެއް ؟” ވަށައި ބަލައިލަމުން އެލާނާ ބުނެލިއެވެ. “ލާނާ އޭސް ޔުއާރ ބެސްޓީ އައި ނޯ ސަމްތިންގް އިސް ބާރދަރިން ޔޫ…. ބުނެބަލަ ކިހިނެއް ވެ މިއަދު ރުއީ؟” މާޔާ ވަރަށް ސީރިއަސް ވެލާފައި އެއްސެވެ. “ނުވޭ ކަމެއް އިޓްސް ނޮޓް އިމްޕޯޓެންޓް އެނީ މޯ” މިހެން ބުނެ އެލާނާ ނިމުންނަން ހިންގައިގަތެވެ. “ދޮންތާ އައި ނޯ ޔޫ ބުނެ ބަލަ ޔޫ ކޭން ޓެލް އަސް” އީނާލް އެލާނާ ގޮވައިގެން އެނދުމަތީގައި އިށީނދެލަމުން ބުނެލިއެވެ.” އޯކޭ… އައިމް އިން ލަވް… އެކަމަކު އޭނާ ލިބުމުގެ އެއްވެސް އުންމީދެއް މިހާރަކު ނެތް ” އެލާނާ މި ހިސާބަށް ބުނެ ވުން ތަނާ އޭނާގެ އަޑު ކުރެކި ވިއެވެ.” އެއީ ކާކު؟” ޔޫން އަހައިލިއެވެ.” ޔު…ޔުޒުކް” މި ނަން ބުނުމާއެކު އެލާނާގެ ލޮލުން އިސާހިތަކު ކަރުނަތައް ޖަމާވިއެވެ. އަދި އެ ކަރުނަތައް އޭގެ މަގާމުގައި އެލާނާގެ ކޯތާފަތް މަތިން ފައިބަމުން ދިޔައެވެ.

 

 

އެލާނާގެ ލޮލުން ފޭބި ކަރުނައިން އެލާނާގެ ހިތް ޔުޒުކް އަށް ދެވިފައި ވާކަން ވަރަށް ރީތިކޮށް އަންގައިދިނެވެ. އެލާނާ ޔުޒުކް ދެކެ އެވަނީ ކުޅޭ ކުޅޭ ލޯތްބެއް ނޫނެވެ. އެއީ ހަމަ ޙަޤީޤީ ލޯތްބެވެ. އެ ހިތް މިހާރުވެސް ރޯލަމުން ދިޔައީ ޔުޒުކް އަށް ޓަކައެވެ. އީނާލް އަށް ކެތް ނުވެގެން އެލާނާގެ ގައިގައި ބައްދާލިއެވެ. އެ ވަގުތު ވީ އީވާން ވަދެގެން އައި ވަގުތަށް ށެވެ. “ތި ތަނުން އެކަކު ދޭބަލަ ޔުޒުކް އާއެކު އެ ގޭގައި ހުރި އެއްޗެއް ބަލާ މަ ބިޒީއޭ މަ މި އުޅެނީ ކައްކާ” އީވާން ބުނެލިއެވެ. “ދޮންތި ދާނެ އިރު ކޮޅަކުން ޔުޒުކްބެ ގާތު ބުނޭ 2 މިނެޓަށް މަޑުކުރަން” އީނާލް ބުނެލިއެވެ. އެއާއެކު އެންމެން ރަނގަޅު ކަމަށް ބުނެ އީވާން ދިޔައެވެ. “އީނާ ކީއްވެ އެހެން ބުނީ އަހަންނަކަށް ޔުޒުކް އާ ކުރިމަތި އެއް ނުލެވޭނެ ” އެލާނާ ބުނެލިއެވެ.” ލާނައްތާ ކޮންމެ ކަމެއް ވެސް ކާމިޔާބު ވާނީ އެ މަސައްކަތެއް ކާމިޔާބު ކުރަން އުޅެގެން ލާނާއްތަ ދޮންބެ ހޯދަން ބޭނުން ވާނަމަ އޭނާ އާއެކު މިރޭ ދޭބަލަ އޭރުން ލާނާއްތަ އަށް ފެންނާނެ ދޮންބެގެ އަސްލިއްޔަތު… ގޫޑް ލަކް” ޔޫން މިހެން ބުނުމުން އެލާނާ އެއްބަސްވެ ގެން އެ ކޮޓަރިން ނިކުތެވެ. އެއިރު ޔުޒުކް ހުރީ ބޭރު ދޮރު ކައިރީގައި މަޑު ކޮށްލާ ގެން އެވެ.

 

 

އެލާނާ ނިކުމެ ފާވަނަށް އެރުމުން ޔުޒުކް ކުރިއަށް ހިންގައިގަތެވެ. އެލާނާ ވެސް ޔުޒުކްގެ ފަހަތުން ދިޔައެވެ. މަގުމަތީގައި ހިނގަމުން ދިޔައިރު ދެމީހުން ދޭތެރޭގައި ވަނީ މަރު ފަދަ ހިމޭން ކަމެކެވެ. “އެލީ ކީއްވެ މާކު މަޑުން ތި ހުރީ އަހަންނަކާ ވާހަކައެއް ވެސް ނުދައްކާނަންތަ؟” އެ ހިމޭންކަން ނަގައި ގަތުމަށް ޔުޒުކް ބުނެލިއެވެ. “ނުވޭ ކަމަށް” ދުރު ބަލައި ލަމުން އެލާނާ ބުނެލިއެވެ. އޭނާގެ ހިތް އަދިވެސް އެ ދަނީ ރޯލަމުން އެވެ. ޔުޒުކް އަށް މި މަންޒަރު ނުފެންނަނީ ބާއެވެ؟ ހިތްވަރު ކޮށްލަމުން ޔުޒުކް އާއި އެއްވަރު ކޮށްލަން އެލާނާ ދުވެލި އެވެ. އެ ވަގުތު އެތާ ގޯޅިއެއްގެ ތެރެއިން ބާރު ސްޕީޑް އެއްގައި އަންނަމުން ދިޔަ ލޮރީ ފެނި އެލާނާ އަށް އެ ހުރިތާންގައި ހުރެވުނެވެ. އެއީ އެ ލޮރީ ޖެހުމުން އޭނާ އަށް ވާނޭ ތަދު އެނގުމުން އެވެ. ނަމަވެސް ކުއްލިއަކަށް ބާރު އަތެއް އެލާނާ ދަމައިގަތެވެ.

 

 

********

 

އެލާނާ އާއި ޔުޒުކް ދިއުމުން މާޔާ އީވާން ގާތައް ދިޔައެވެ. އީވާން އުޅެނީ ނޫޑްލްސް ކައްކައެވެ. މަޑުމަޑުން ގޮސް މާޔާ އީވާންގެ ފަހަތުން ބައްދާލިއެވެ. ކުއްލި ސިހުމަކުން އީވާން އެއީ ކާކުތޯ ބަލައިލުމަށް ފަހަތައް އެނބުރުނެވެ. އެއީ އެ ހިތުގެ ބައިވެރިޔާ ކަން އެނގުމުން ހިނިތުން ވެލާފައި މާޔާގެ ނިތައް ބޮސް ދިނެވެ. މިހެން ލޯބިން އެތައް ވަގުތު ކޮޅެއް ހޭދަ ކޮށްލަން ހުރެ ވުމުން އެ ދެމީހުންގެ ހިތް ވެސް އުފާވި އެވެ.

 

 

ބަދިގެއަށް ވަދެގެން އައި އީނާލް އާއި ޔޫން އަށް މި މަންޒަރު ފެނުނެވެ. “އަމަޔޯތް މިހާރު ދޮން ދެން ވެސް ފެށީ” ޖެއްސުން ކޮށްލަމުން އީނާލް ބުނެލިއެވެ. ގާތް ލަދުން ދެމީހުން ދުރުވެލި އެވެ. އަދި އީނާލް އާއި ޔޫންގެ މަޑުމަޑު ހުނުމުގެ އަޑު މުޅި މާހައުލު ގައި ގުގުމާލިއެވެ. އެވަގުތު ސިޑިން ފައިބައިގެން އައި އައިޝަމް އާއި އައުލް އަށް މި ދެ އަންހެން ކުދިން ހިނިތުން ވެލާފައި ހުރުމުން އައިޝަމް އަށް ހިނިތުންވެވުނެވެ. ނަނަމެވެސް އައުލް އަށް އެ ހުރި ގޮތަކަށް ހުރެވުނެވެ. އޭނާގެ ހިތުގައި އީނާލް އަށްޓަކައި އައު ވިންދެއް ޖަހައިލިއެވެ. މަޑުމަޑުން ހިނިތުން ވެލާފައި އައުލް ބަދިގެއަށް ދިޔައެވެ. އެވަގުތު ލަދުން އިސް ޖަހައިގެންނެވެ ހުރި މާޔާ އާއި ދުރު ބަލައިގެން ހުރި އީވާން ފެނުމުން ވެސް އައިޝަމް އަށް ހިނިގަނޑެއް ޖަހައިލެވުނެވެ.

 

 

*********

 

ލޯ މާރާ ބާރުކޮށް ލައިގެން ހުރި އެލާނާ އަށް ލޯ ހުޅުވައި ލެވުނިީ މީހެއްގެ އަތު ތެރޭގައި އޮވެވުން ކަން ޔަގީން ވުމުން އެވެ. މަޑު މަޑުން ލޯ ހުޅުވައި ކާކުތޯ ބަލައިލިއެވެ. “އެލީ؟ އާރ ޔޫ އޯކެ؟ އެލީ ޓޯކް ޓު މީ” އިވިގެން ދިޔައީ ޔުޒުކްގެ އެ ފިރިހެން ވަންތަ އަޑެވެ. އިހްތިޔާރުން ބޭރުން އެލާނާ އަށް ޔުޒުކް ގައިގައި ބައަދާލެވުނެވެ. އަދި މަޑުމަޑުން އެ ދެލޮލުން ކަރުނަ ތައް ފައިބަމުން ދިޔައެވެ. މިހެން އެތައް އިރަކު ހުއްޓެވެ. މަޑުމަޑުން އެލާނާ ދުރުކޮށްލަމުން ޔުޒުކް ކުރިއަށް ހިންގައިގަތެވެ. އެލާނާ ވެސް ކަރުނަތައް ގޮހެލަމުން ޔުޒުކްގެ ފަހަތުން ގޮސް އެގެއާއި ހަމައަށް ފޯރިއެވެ.

 

 

ޔުޒުކް އެލާނާ ގޮވައިގެން ގޭގެ އެތެރެއަށް ވަދެ އޭނާ ބަލައި އައި ތަކެތި ފެނޭތޯ ޔުޒުކް މަސައްކަތް ކުރަމުން ދިޔައެވެ. “އެލީ އާދެބަލަ” ޔުޒުކް ގޮވައިލުމުން ޖެހިލުން ވެފައި އެލާނާ އެ ކޮޓަރި އަށް ވަނެވެ. ފުރަތަމަވެސް ފެނިގެން ދިޔައީ އެ ކޮޓަރީގަ ތަރުތީބު ކަމެވެ. ކޮޓަރި އެއްފަރާތުގައި މަޑު މުށިކުލައިގެ ސޯފާ އެއް ވާއިރު އޭގެ ކުރިމަތީގައި ކިންގް ސައިޒް ބެޑެއް ހުއްޓެވެ. އެނދުމަތި ރީތިކޮށް ތަރުތީބު ކައިރީގައި ސްޓަޑީ ޓޭބަލް ވެއެވެ. ތަރުތީބު ކަމާއެކު ފޮތްތައް ހަރުގައި ރާވާ ލެވިފައިވާ އިރު އެލާނާގެ ތުންފަތުގައި ކުޅެލީ ރަކި ވުމުގެ ހިނިތުން ވުމެކެވެ. މިހެން މަޑުމަޑުން ހިނގަމުން ގޮސް އެލާނާ އަށް ޔުޒުކްގެ ގައިގައި ޖެހުނެވެ. ފޮތް ތަކެއް ހިފައިގެން ހުރި ޔުޒުކްގެ އަތުން ފޮތްތައް ބިންމައްޗަށް ވެރުނެވެ. “ސޮރީ” އޭ ބުނެފައި އެލާނާ ތިރިވި ވަގުތު ޔުޒުކް ވެސް ތިރި ވިއެވެ. ކަން ދިމާވި ގޮތުން ދެމީހުންގެ ނިއްކުރި ޖެހިފައި ދެމީހުން އެކަކު އަނެކަކަށް ބަލައިލިއެވެ. ދެމީހުން ގެ ހަތަރު ކަޅި ހަމަ ވެގެން ދިޔައެވެ. ބޭއިޚްތިޔާރުގައި ދެމީހުންނަށް މަޑުމަޑުން ކައިރި ވެވެމުން ދިޔައެވެ. ދެމީހުން ނަށް ވެސް ހުރެވުނީ އެކަކު އަނެކަކުގެ ނޭވާ އިޙްސާސް ވާ ހިސާބުގައެވެ. އެ ވަގުތު މީހަކު ޔުޒުކްގެ ކޮޓަރީ ދޮރު ހުޅުވައިލި ވަގުތު ދެމީހުންނަށް ވެސް ހަމަ ބިމަށް އާދެވުނެވެ. ލަދު ގާތް ވަރުން އިސްޖަހައިލަމުން އެލާނާ ޔުޒުކް އާއި ތަންކޮޅެއް ދުރުވިއެވެ. އެވަގުތު ދޮރު ހުޅުވައިލިމީހާ ބަސް މަދު ވެފައި ދެމީހުންނަށް ބަލަން ހުއްޓެވެ.

 

 

********

 

” ކޮބާތަ ޔުޒުކް މެން؟މިހާރު އެޔޮށް 10 ޖަހަނީ”ގަޑި ބަލާލަމުން އީވާން ބުނެލިއެވެ. އެވަގުތު ގޭގެ ގޭޓު ހުޅުވައިލި އަޑަށް އީނާލް އާއި ޔޫން ގޭގެ ދޮރާއި ދިމާލަށް ބަލައިލިއެވެ. އެވަގުތު އެލާނާ ފޮތް ތަކެއް ހިފައިގެން އައެވެ. ފަހަތުން ޔުޒުކް ވެސް ފޮތް ތަކެއް ހިފައިގެން އައެވެ. ދެން ވަދެގެން އައީ ޔުޒުކް އާއި ޔޫންގެ އެއްމާބަނޑު އެއްބަފާ ދައްތަ ކަމަށް ވާ ޔޫޝާ އާއި އޭނާގެ ފިރިމީހާ އިޒާން އެވެ. “އަން މިހުރީ ނޯވަލް ތައް ހުރިހާ އެއްޕޮސޯޑެއް” ކޮފީ ޓޭބަލް މަތީގައި ފަތްތައް ބަހައްޓަމުން ޔުޒުކް ބުނެލިއެވެ. “ދޮންތާ ކޮންއިރަކު ހަނީމޫން އިން އައީ؟” ޔޫން ޔޫޝާ ގައިގައި ބައްދާލަމުން އަހައިލިއެވެ. “އިރުއޮއްސުން އިރު… ޔުޒޫ އާ ޔޫޔޫ ނެތް ވިއްޔާ ދޮންތަ ގެއަށް ދިޔައިރު…. މިގޭގަ ދޯ މިހާރު ރަސްކަން ކުރަނީ؟” ޔޫޝާ ލާނެތް ގޮތަކަށް ހިނިތުން ވެލި އެވެ. އަދި އެތާ ސޯފާގައި އިށީންދެލައިގެން އިން އައިޝަމް އަށް ބަލައިލިއެވެ. ޔޫން އާއި އިމާލަށް ކަޅި ޖެހުމެއް ނެތި ބަލަމުން ދިޔަ އައިޝަމް ފެނި ޔޫޝާ ގާތަށް ހިނި އައެވެ. ނަމަވެސް ހިނިގަނޑު ކޮންޓްރޯލް ކޮށްލާފައި އެތާންގައި ހުރި އެކަހެރި ސޯފާ އެއްގައި އިށީންދެލިއެވެ.

 

 

“އަހަރެން މި ވިސްނަނީ މާދަމާ ދަތުރު ދާން’ރީތި ބީޗް’ އަށް… ކޮން ބައެއް ދަނީ؟” ޔޫޝާ ހިނިތުން ވެލާފައި ބުނެލިއެވެ. “ހަމަ ދާންވީ އަހަރުން އެންމެ ވެސް ތައްޔާރު” އީވާން ބުނެލީ ފުޅާ ހިނިތުން ވުމަކާއެކުގައެވެ. “މާދަމާ ދާނަމަ މިރޭ ހުރިހާ ކަމެއް ނިންމަން ވާނެދޯ؟” އައިޝަމް ދޯ އެއް ޖަހައިލިއެވެ.” ޔެސް ޔެސް އޮފްކޯޒް” އީނާލް އެއްބަސް ވިއެވެ.

 

 

“އޯކޭ 2 ގްރޫޕް އީނާ، އެލީ ، ޔުޒޫ، އައުލް، ޔޫޔު އެންޑް އައިޝަމް އެއް ގްރޫޕް މީ އެން އީވާން އަދި މާޔާ އެން މައި ހަޒް އަނެއް ގްރޫޕް” ޔޫޝާ ގްރޫޕް ބަހައިލިއެވެ.” އީނާ މެން ދޭބަލަ ފިހާރައަށް…. ކާނެކާނެ ސާމާނު ކޮޅެއް ގަންނަން އަދި މަޖާ ހަދަން ކިހާކެއް ގެންނައްޗެ” އީވާން އެންމެން އަށް މަސައްކަތެއް ހަވާލު ކުރިއެވެ. އެއްވެސް ޝަކުވާއެއް ނެތި އީނާލް އާއި އެލާނާ އަދި ޔޫން ނިކުތެވެ. އަދި އެމީހުންގެ ފަހަތުން އައުލް އާއި އައިޝަމް އަދި ޔުޒުކް ނިކުތެވެ.

 

 

” ދޮންތި ދޭބަ ކިހާކެއް ގަންނަން ބާޒާރަށް….. ޔޫން ތި ގޭގައި ރިހކާުރު ހުންނާނެތަ؟” ކުޑަކުއްޖެއް ހެން އެލާނާ ޔޫން އަށް ބަލައިލިއެވެ. “ކަނބުލޯ ތި އަދި ރޭ ވިހޭ ތުއްތު ބަބާ އެއްތަ އާންޏެކޭ އަހަރުން ގޭގައި ރިހކާުރު ހުރިއޭ މަ ގޮސް ދާނަން އެ ބަލާ” އުނަގަނޑުގައި އަތް ވިއްދާލައިގެން ހުރެ ޔޫން ކުރިއަށް ހިންގައިގަތެވެ. އައިޝަމް ޔޫންގެ ފަހަތުން ހެމުން ހެމުން ދިޔައެވެ. “ދޮންތި އާ ޔުޒުކްބެ އާ ދެބަ ބާޒާރަށް އަހަރެމެން ދާނަން ފިހާރައަށް ނޫޑްލްސް އާ އޭތި މީތި ގަންނަން” އީނާލް އައުލް އަށް ބަލައިލަމުން ބުނެލިއެވެ. އެލާނާ ފުން ނޭވާ އެއް ދޫ ކޮށްލާފައި ދިޔައެވެ.

 

 

**************

 

އެލާނާ އާއި ޔުޒުކް މަޑުމަޑުން ހިނގާފައި ގޮސް އަތިރިއަށް ދިޔައެވެ. ހިނގާފައި މީހާ ދުރަށް އާ ދެވުން އިރުވެސް އެލާނާ ބަހެއް ނުބުނުމުން ޔުޒުކް ކުޑަކޮށް ހާސް ވިއެވެ. ކުރިން ނުލާހިކު ގިނައިން އަނގަ ތަޅާ މަޖާ ކުރިއެއް ކަމަކު މިހާރު އެލާނާ ވަރަށް ތަފާތެވެ. އެލާނާ މިހެން އެ ހަދަނީ ކީއްވެބާއޭ؟ ޔުޒުކް ހިތައް އެރިއެވެ. މަޑުމަޑު ހިންގުމެއްގައި ގޮސް އެލާނާ މަޑުކޮށްލީ އެތާ ޕާކެއްގައެވެ. “އެލީ ޕާކަށް ތަ ތި އައީ ؟ ހިންގާ އަވަހަށް ބާޒާރަށް” ޔުޒުކް އެލާނާ ގާތުގައި މަޑުކޮށްލުމުން ބުނެލިއެވެ. އެވަގުތު އެ ލޮލުން ވެއްޓުނު ކަރުނަ ތިކި ޔުޒުކްގެ ލޮލުގައި އަޅައި ގަތެވެ. “އަހަރެން ބޭނުމެއް ނޫން އިތުރަށް ސިއްރު….” “ޔުޒުކް ؟” އެލާނާ ބުނަން އުޅުން އެތި ނުބުނެވުނީސް ފަހަތުން އަންހެން ކުއްޖެއް ޔުޒުކް އަށް ގޮވައިލިއެވެ. “ލައުރާ” ފަހަތް ބަލާލަމުން ޔުޒުކް ފޫހި ގޮތަކަށް ބުނެލިއެވެ. “ޔުޒޫ އައި މިސް ޔޫ ޕްލީސް އަދި އެއް ޗާންސް ދީބަލަ އައި ޑޯންޓް ވޯންޓް ޓު ލޫޒް ޔޫ” ޔުޒުކް އަތުގައި އޮޅާލަމުން ލައުރާ ބުނެލިއެވެ. އެ މަންޒަރު ބަލަން ހުރި އެލާނާގެ ހިތައް ވަރަށް އަސަރު ކުރިއެވެ. އެލާނާ އަށް ހީވެގެން ދިޔައީ ފައި ދަށުން ބިންގަނޑު ދަމައިގަތް ހެނެވެ. މޭ މަތީގައި އަތް އަޅާލާފައި އެލާނާ ދުރު ބަލައިލިއެވެ. އަދި އިސާހިތަކު އެ ދެލޮލުން ކަރުނަތައް ހޯސް ލާފައި ފައިބަން ފެށި އެވެ.

 

 

އެލާނާ އަށް ވީ ގޮތް ބަލަން ހުރި ޔުޒުކް ލައުރާގެ އަތް ފޮޅާލާފައި އެލާނާ ގާތައް ދިޔައެވެ. އަދި މޭމަތީގައި އަތް އަޅައިގެން އިސް ޖަހައިގެން ގިސްލަގިސްލާ ރޮމުން ދިޔަ އެލާނާ ކުރިމަތީގައި ހުއްޓުނެވެ. އެއިރު އެ ދެލޮލުން ކަރުނަތައް ދިޔައީ ފައިބަމުން އެވެ. ލައުރާ އާއި ދިމާލަށް ލޯ އަޅާލާފައި ޔުޒުކް ގޮސް އެލާނާ ގައިގައި ބައްދާލެވުނެވެ. ޔުޒުކްގެ ފަރާތުން ލުބުން ކުއްލި ހަރަކާތުން އެލާނާ ސިހިފައި ޔުޒުކް އަށް ބަލައިލިއެވެ. އަދި ކުޑަކޮށް ނަމަވެސް ހިނިތުން ވެލާފައި ޔުޒުކްގެ ގައިގައި އޮޅާލިއެވެ. އެ މަންޒަރު ބަލަން ހުރި ލައުރާ ކުނި މޫނު ހަދާލާފައި އެތަނުން ދިޔައެވެ. “އެލީ ކީއްވެ ތި ރޮނީ؟ މިހާރަކަށް އައިސް އެލީ އަށް ކިހިނެތް ތި ވީ؟” ޔުޒުކް އެލާނާގެ ކަރުނަތައް ފޮހެ ދެމުން އަހައިލިއެވެ. “ލޯބި ވީ! ޔުޒުކް ދެކެ އަހަރެން ލޯބި ވީ! އެކަމަކު ޔުޒުކް އެހެން ކުއްޖެއްގެ ހައްގަކަށް ވީމަ އަހަރެން ޖެހޭނީ މަޑުން ހުންނަން އަހަރެންވެސް މީ އިންސާނެއް އަހަންނަށް ވެސް ކެތްކުރެވޭނީ ވަކި މިންވަރަކަށް އަހަރެން ޔުޒުކް ދެކެ ލޯބި ވޭ ވަރަށް ވަރަށް ބޮޑަށް ލޯބި ވެވިއްޖެ” ކަރުނަވީ ލޮލަކާއެކު ޔުޒުކް އާއި އެކު ހަތަރުކަޅި ހަމަ ކުރަމުން އެލާނާ ބުނެލިއެވެ. އަދި ބުނަން ބެނުންވި ހުރިހާ ވާހަކައެއް ކިޔައި ދިނުމަށް ފަހު އެލާނާ އިސް ޖަހައިލިއެވެ. ޔުޒުކްގެ ޖަވާބު އަޑު އިވިފައި އެލާނާ އިސް ޔުގުލައިލިއެވެ.

 

 

ނުނިމޭ…

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

ސައިކޯ:02ވަނަ ބައި

Next

އުމުރުގާ ކަލާޔާ އެކު-7

Next
January 30, 2024

އުމުރުގާ ކަލާޔާ އެކު-7

Previews
January 28, 2024

ސައިކޯ:02ވަނަ ބައި

4 Comments!

  1. Anonymous says:
    January 28, 2024 at 12:51 pm

    Please thankolheh avahah next part up kohdhehchey…vrh reethi mi bai ves

    1. ✨ IFAA ✨ ✨ IFAA ✨ says:
      January 30, 2024 at 12:11 pm

      I will try…. ekamaku mi dhuvaskolhu thankolheh busy vaane because I’m a grade 10 student and I need to focus on my studies as well
      If u Want to talk and have a chat with me u can all follow me in Instagram (@ifaa1471) and send a “hi” I’ll reply happily

  2. ifoo says:
    January 28, 2024 at 4:00 pm

    vv reethi mi part vs maasha allah…when next part ????

  3. imko 💕💕 says:
    January 29, 2024 at 7:12 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama

Comments are closed.

Next Episodeހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން… 4←


All Right Reserved!