Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން…2

✨ IFAA ✨
✨ IFAA ✨ Level 110 Stories
January 20, 2024 9 Mins Read
3 Comments

ތަނެއް ދޮރެއް ނުބަލާ ދުވަމުން ދިޔަ އެލާނާ ގޮސް ޖެހުނީ އެތެރެއަށް ވަދެގެން އައި ޔުޒުކް ގެ ގައި ގައެވެ. ވިސްނާނުލާ ހުރި ޔުޒުކް އެލާނާ އޭނާގެ ގައިގައި ޖެހުމުން އެލާނާ އާއި އެކުގައި ވެއްޓުނެވެ. އެ ތަނަވަސް މޭމަތީގައި އެލާނާ އަށް އޮވެވުނީ ލޯ މަރާލާގެން އެވެ. އެ ހިތުގެ ވިންދުގެ އަޑު ދިޔައީ ބާރުވަމުން އެވެ. ޔުޒުކް ގެ ހާލަކި ތޯއެވެ. އެލާނާގެ އުނަގަނޑުގައި އަތް ވަށައިލައިފައި ވާއިރު އެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.

 

 

ކުއްލިއަކަށް ލޯ ހުޅުވާ ލައި ތެދުވަން އުޅުން ވަގުތު ޔުޒުކްގެ މަޑު މުށި ކުލައިގެ ކަޅި ތެރެއަށް އެލާނާ ގެނބިގެން ދިޔައެވެ. ޔުޒުކްގެ ވެސް އެލާނާގެ އެސްތެޓިކް ނޫ ކުލައިގެ ކަޅިއަށް ގެނބުނެވެ. “ލާނާ؟” ޔުޒުކް އަށް މަޑުމަޑުން ބުނެވުނެވެ. “ޒެކް؟” އެލާނާ އަށް ވެސް ބުނެވުނެވެ.

 

******

2 ވަނަ ބައި…

******

 

“އެހެމް އެހެމް” އެލާނާ އާއި ޔުޒުކް ހަމަ ބިމަށް އާދެވުނީ އީނާލް އާއި ޔޫން ކަރުކެހިލުމުން އެވެ. ލަހެއް ނުކޮށް އެލާނާ ޔުޒުކްގެ މޭމަތިން ތެދުވެ ލިއެވެ. އަދި “ސޮރީ” މިހެން ބުނެފައި ގޭތެރެއަށް ވަނެވެ. ޔުޒުކް އަށް ހުރެވުނީ އެލާނާގެ ރީތި ކަމުން އާޝޯހު ވެފައެވެ. ހިތިފަތުބުމަ އެކެވެ. ބޯ އެސްފިޔަ ތަކެވެ. އެސްތެޓިކް ނޫ ކުލައިގެ ކަޅިއެކެވެ. ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. ދޮންދޮން ހަންގަނޑާއި ލައިގެން ހުރި ޕިންކް ސްވެޓާ ވަރަށް ގުޅެއެވެ. އަޅައިގެން ހުރި ކްރީމް ކުލައިގެ ޝޯލް އިން އެ ރީތިކަން ފުރިހަމަ ކޮށް ދެއެވެ. އިސާހިތަކު ޔުޒުކް އަށް ހިނިތުން ވެވުނެވެ. އެއީ އެ ހިތުގެ ރާނީ ފެނުމުން އެވެ.

 

 

“ބްރޯ؟ އާރ ޔޫ އޯލް ރައިޓް؟” އީވާން ޔުޒުކް ނަގައިދެމުން އަހައިލިއެވެ. “އައި ތިންކް އައި އެމް… އެކަމަކު އައި ތިންކް މައި ހާރޓް ޖަސްޓް ސްކިޕްޑް އާ ބީޓް” ޔުޒުކް އެލާނާ ދިޔަ ދިމާލަށް ބަލަމުން ބުނެލިއެވެ. “ލޯބީގެ މަޅީގަ ޖެހުނީ ދޯ؟” އީވާން ލާނެތް ގޮތަކަށް އަހައިލިއެވެ. “އައި ގެސް… ލާނާ އިޒް ވެރީ ބިޔުޓިފުލް އަދި ކިރިޔާ މި ފެނުނީ” ޔުޒުކް އެހެން ބުނުމުން އީވާން ހިނިތުން ވެލި އެވެ.

 

 

**********

 

ކޮޓަރިއަށް ގޮސް ވަތް އެލާނާ ހުރި ލަދުގަނެފަކަން ބަލާ ކޮންމެ މީހެއް ވެސް ބުނާނެއެވެ. އޭނާގެ ކޮލަށް ޖަންބު ކުލަ އަރާފައި ވާއިރު އޭނަގެ އެ ބަލިކަށި ހިތް ދިޔައީ ބާރު ބާރަށް ތެޅެމުން އެވެ. ހީވީ ދެންމެ ދެންމެ މޭ ފަޅާލާފައި ހިތް ނިކުމެދާނެ ހެނެވެ. ދެންމެ ހިންގާ ދިޔަ ހާދިސާ ހަނދާން ނައްތާލުމަށް އެލާނާ އޭނާގެ ފޮށި ހުޅުވާ އޭގެ އިން ސާމާނުތައް ނަގައި ކޮޓަރި ތަރުތީބު ކުރަން ފެށިއެވެ. ނަމަވެސް އެ ހިތް ރޮމުން ދިޔައީ ޔުޒުކް ގާތައް ދިއުމަށެވެ.

 

 

**********

 

ދެންމެ ހިންގާ ދިޔަ ހާދިސާ ބަލާ ނިމުމަށް ފަހު އީނާލް އާއި ޔޫން ދިޔައީ ފިހި ގަނޑާއި މޮޕް އަދި ޑަސްޓު ގަނޑު ހިފައިގެން އެ ގޭގެ ފުރަތަމަ ފަންގި ފިލާ އަށް ށެވެ. އެތަނުން އަލްވާ ސާފު ކޮށް އުޅޭ ކޮޓަރި ކައިރީގައި ހުރި ކޮޓަރި އަށް މި ދެކުދިން ވަނެވެ. “ވާވް ދިސް އިޒް އަ މެސް” ޔޫން އެ ކޮޓަރީ ދޮރު ހުޅުވާ ލަމުން ބުނެލިއެވެ. “ޔަޕް ދިސް އިޒް މައި ޕޭރެންޓްސް ރޫމް އެކްޗުއަލީ ދިސް ރޫމް ހޭޒް ބީން އެބެންޑެން ސިންސް މައި ޑޭޑް ޕާސްޑް އަވޭ” އީނާލް މިހެން ބުނި އިރު އޭނާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. “އޯވް އައިމް ސޮރީ އީނާ އާއި ޑިޑް ނޮޓް ނޯ” “ޔޫން އީނާލް ގައިގައި ބައްދާލަމުން ބުނެލިއެވެ. “އިޓްސް އޯކޭ ލެޓްސް ސްޓާޓް ކްލީނިން” އީނާލް މިހެން ބުނެފައި އެ ކޮޓަރި ސާފު ކުރަން ފެށި އެވެ އަދި ޔޫން ވެސް އީނާލް އާއި ބައިވެރި ވެލި އެވެ.

 

 

އެތަކެއް ގަޑި އިރަކު މި ދެކުދިން އެ ކޮޓަރި ސާފު ކުރަމުން ދިޔައެވެ. އަޞުރަށް އިރު ތިރި ވާން ކައިރި ވުމުން މަސައްކަތް ވެސް ނިމުނެވެ. ” އައިމް އެގްޒޯސްޓެޑް” ސޯފާ މައްޗައް ވެއްޓި ލަމުން އީނާލް އާއި ޔޫން އެކު އެކީގައި ބުނެލިއެވެ. “އެހެންތަ ؟ ކާކުތަ އެހީ؟” އީނާލް އަށް ޖެއްސުމަށް އީވާން ބުނެލިއެވެ. “ހަމަ ހުވާ މި ފިރިހެނާ މަގޭ އަތުން ހާރާތެއް ކާނެ މިއަދު” މިހެން ބުނެފައި އީނާލް އޭނާގެ އަތުގައި ޖެހުން ކިޝަން ތައް އީވާން އާއި ދިމާލަށް އުކަން ފެށިއެވެ. އެވަރުން ނުފުދިގެން އީނާލް ކައިރީ ހުރި އިލޯށިފަތިން ހިފައިގެން އީވާން ގައިގައި ޖަހަން ދުއްވައިގަތެވެ. އީނާލް އަށް އަތުނުވަން ވެގެން ގޭގެ މައި ގޭޓުން ނިކުތް އީވާން ގޮސް ކުއްޖެއް ގައި ގައި ޖެހުނެވެ.

 

 

**********

 

އެލާނާ އާއި އެކު ފިހާރައިން ނިކުމެގެން އެލާނާ މެންގެއަށް ދިއުމަށް މާޔާ މިސްރާބު ޖެހި އެވެ. ނިކަން އުފަލުން ހުރެ މާޔާ އީނާލް އާއި އެކު ވާހަކަ ދައްކަމުން ދިޔައެވެ. ޙަޤީޤަތުގައި އޭނާ އެހާ އުފާ ވެފަ އެހުރި އަހަރު ތަކެއް ފަހުން އޭނާގެ އެ ނާޒިކު ހިތް އަތުލި އެ ހިތުގެ ރާޖާ ދެކިލާ ހިތުން އެވެ. މަޑު މަޑުން ހިނގާފައި ގޮސް އެ ގޭގެ މައި ގޭޓާއި ހަމަ ވިވަގުތު ކުއްލިއަކަށް މީހަކު އައިސް އެނާގައިގަ ޖެހުމުން މާޔާ ވެއްޓެން ދިޔަ ހިނދު ތޫލި އަޑަކުން މާޔާ ހަޅޭއް ލަވައިލިއެވެ. ނަމަވެސް ހުށިޔާރު ކަމާއި އެކު އެ މީހާ އޭނާގެ އަތް މާޔާގެ އުނަގަނޑުގައި ހިފާ މާޔާ އެމީހާ އާއި ގަޔާ ކޮށްލި އެވެ. މަޑު މަޑުމަޑުން ލޯ ހުޅުވައި ބަލައިލި ހިނދު އެއީ އެ ހިތް ދެވިފައިވާ ފަރާތެވެ. އާނއެކެވެ. އެއީ އީވާން ނޫން އިތުރު ފަރާތެއް ނޫނެވެ. މާޔާ އަށް ވަގުތުން އީވާން ގެ އެ މިސްޓް ނޫ ކުލައިގެ ކަޅި ތެރެއަށް ގެނބިގެން ދެވުނެވެ. އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ސިފަ ތަކެއް ލިބިގެން ވާ މި 25 އަހަރުގެ އީވާން މިހާރު ހުންނަނީ ގޯލްޑެން ބްރައުން ކުލައިގެ އިސްތަށިގަނޑުގައި ސްޕައިކް ހިއްލާފައެވެ. އެ ވަރުގަދަ އަތުން އީވާން މާޔާ ހިފައިލިވަގުތު މާޔާގެ ހިތް ތެޅެން ދެށިއެވެ.

 

 

އީވާން ގެ ހާލަކީ ތޯ އެވެ. އެ ހިތް އެ ދެމުން ދިޔަ މަލިކާ އޭނާގެ އަތުތެރޭގައި އޮތުމުން އިރުގެ ތެޅުން މަޑުމަޑުން ބާރުވަމުން ދިޔައެވެ. ބޯ އެސްފިޔަ ތަކެވެ. މަޑު މުށިކުލައިގެ ކަޅިއެކެވެ. ހިތިފަތުބުމަ އެކެވެ. ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. ދޮން ހަންގަނޑު ކެވެ. ނޫ ކުލައިގެ ފަލަމަސް ގަނޑާއި ހަމައަށް ދާ ވަތުގެ ސްވެޓާއެއް ލާފައި ވާއިރު ތިރިން ކަޅު ކުލައިގެ ސްކިނީ އެއް ލާފައި ވެއެވެ. ނޫ ކުލައިގެ ހައި ހީލް އަކަށް އަރާފައި ވާއިރު އެ ރީތިކަން އިތުރަށް ފުރިހަމަ ކޮށް ދެނީ އަޅާފައިވާ ނޭވި ބްލޫ ޝޯލް އިންނެވެ. އީވާން މަޑު މަޑުން އޭނާގެ އަނެއް އަތުން މާޔާގެ ކޮލުގައި ފިރުމާ ލިއެވެ. “އައި މިސްޑް ޔޫ” މާޔާ އާއި ކައިރި ވެލަމުން އީވާން ބުނެލިއެވެ. “އައި މިސްޑް ޔޫ މޯރ” މާޔާ ވެސް ބުނެލިއެވެ.

 

 

“ޗީޗީ މާ ފޮޅުވާކަށް ވަކި ތަނެއް ނެތޭ ދޯ ބަލަ މީ މަގުމައްޗޭ” އީވާން އާއި މާޔާ ހަމަ ބިމަށް އާދެވުނީ އީނާލް މިހެން ބުނުމުން އެވެ. ވަގުތުން އީވާން އާއި ދުރަށް ޖެހިލާފައި މާޔާ އިސް ޖަހައިލިއެވެ. “ސިންގަލް ވީމަ ދެރަ އެރީދޯ….. އީނާ ވެސް ބިޓެއް ނަގާބަލަ ދޯ ؟ ލާނާ ވެސް އުޅެނީ ޔުޒުކް ޖައްސާލައިގެން ވިއްޔާ” އިތުރަށް އީނާލް ރުޅި އަރުވަން އީވާން ބުނެލިއެވެ. އީވާންގެ ފަހު ޖުމްލައިން އެލާނާ އިސް ޖަހައިލިއެވެ. ލަދުން ކޮލުގައި ޖަންބު ކުލަވަރު ފާލުވާން ހުއްޓެވެ. “ދޮންބެ އާ ބެހޭ ކަމެއް ނޫން…. ވަރަށް ފޫހި ވޭ” މިހެން ބުނެ އީނާލް ގޭތެރެއަށް ވަނެވެ. އެލާނާ ވެސް އީވާން އާއި މާޔާ އެކަނި ވަގުތުކޮޅެއް ހޭދަކުރަން ދީފައި އެތެރެއަށް ވަނެވެ.

 

 

“ފައިނަލީ ވީ އާރ އެލޯން” މާޔާގެ އަތުގައި ހިފާފައި އީވާން ގޭގެ ގޯތި ތެރެއަށް ވަންނަމުން ބުނެލިއެވެ.” މާޔޫ ހިންގާބަލަ މިއަދު ހަވީރު ދުއްވާލަން ދާން” އީވާން މާޔާ ގެ އަތުގައި ހިފަމުން ބުނެލިއެވެ. “އައި ވުޑް ލަވް ދެޓް” މާޔާ އެއްބަސްވި އެވެ.

 

 

**********

މާލޭގައި….

**********

 

ދަބަހަށް އެއްޗިސް އަޅަމުން ދިޔަ އައުލް ހުރި ނުތަނަވަސް ވެފައެވެ. “އާލް ކޮންކަމަކާ މާކު ދެރަވެފަ” އައިޝަމް އަހައިލިއެވެ. ” ކީއްވެ އަހަރެން ދާން ޖެހެނީ އައި ޑޯންޓް އިވެން ހޭވް ފްރެންޑްސް ދެއާރ ” އައުލް އެތާ ސޯފާގައި އިށީދެލަމުން ބުނެލިއެވެ. “އާލް ތީ ކުށްހީ އައި ނޯ ޔޫ ވިލް ފިޓް އިން ޖަސްޓް ފައިން އެކޮޅުގަ ތިބޭނެ އާލް އާ އެއް އުމުރެއްގެ ކުދިން” އައިޝަމް އައުލް ކޮނޑުގައި އަތް ބާއްވާ ލަމުން ބުނެލި އެވެ.” ހައު ކަމް އައި ޑޯންޓް އިވެން ރިމެމްބާ އެނީ ވަން” އައުލް ދެރަވިއެވެ. “ވެލް އައި ނޯ ޔޫވިލް ފިޓް އިން ވިތް މީ އީވާން އެންޑް ޔުޒުކް…….. އީވާނއީވާން އެއީ 25 އަހަރުގެ މީހެއް އެންޑް ހިސް ގާރޑެން އިޒް ޔުއާރ އޭޖް ދެން ދެއާރ އިޒް ޔުޒުކް ހީ އިޒް 23 އިޔާރސް އޯލްޑް ހީ އިޒް ކޯލްޑް ހާރޓެޑް އެޓް ފަސްޓް އެކަމަކު ގިނައިން ހެންގް ކުރާ ވާރަކަށް ހީ ވިލް ހޭވް ފަން ވިތް ޔޫ ދެން ހުންނާނީ އެލާނާ އެއީ 20 އަހަރުގެ ކުއްޖެއް އައި ޑޯންޓް ނޯ މަޗް އެބައުޓް ހާރ އެކަމަކު އީވާން އާ އެލާނާ ގެ ކޮއްކޮ އީނާލް އެއީ އަދި 19 އަހަރު ކުއްޖެއް އެއީ އަނގަ ގަނޑެއް ވަރަށް ޖޯކު ޖަހާނެ ދެން ޔޫން ވެސް އެއީ 19 އަހަރުގެ ކުއްޖެއް އެއީ ޔުޒުކްގެ ކޮއްކޮ” އައިޝަމް ކިޔައިދިނެވެ.” އޯކޭ އައި ވިލް ގިވް އިޓް އާ ޓްރައި ” އައުލް އެއްބަސްވި އެވެ.

 

 

އައުލް ދަބަސް ތައް ޕެކް ކޮށް ނިންމާފައި ބެލްކަންޏަށް ނިކުތެވެ. އަދި މާލޭގެ މަގު ތަކަށް ބަލައިލިއެވެ. ބާރު ބާރަށް ދެއްވާފައި ދާ ކާރު ތައް ބަލަމުން ދިޔައެވެ. ދެވަނަ ސިކުންތު ގައި އުސް އިމާރާތް ތަކަށް ބަލައިލިއެވެ. މިއަދު ހަވީރު 17:30 ގަ ފުރުން ހަމަ ޖެހިފައި ވާތީ އައުލް އެތެރެއަށް ވަނެވެ. އަދި ތުވާލި އާއި ޖިންސެއް ހިފައިގެން ފާހާނާ އަށް ވަދެލީ ތާޒާ ވުމުގެ ނިޔަތުގައެވެ. ފެން ވަރަށް މާގަނޑު ޖައްސާ މާގަނޑު ދަށުގައި ފުން ވިސްނުމެއް ގައި ހުރި އައުލް އަށް “އީނާލް” މި ނަން މަޑުމަޑުން ކިޔާލެވުނެވެ. ކާކު ކަން ނޭނގޭ ޙާލަތުގައި އައުލް ގެ ވިސްނުން އިތުރަށް ފުން ވަމުން ދިޔައެވެ. މާގަނޑު ނިއްވާލާފައި ޖިންސު ލައިގެން އިސްތަށިގަނޑު ހިއްކަމުން އައުލް ނިކުތެވެ. އެއިރު ވެސް އެ ސިކުނޑި ތެރޭގައި ގުގުމާލަމުން ދިޔައީ “އީނާލް” މި ނަމެވެ. ހިތް ރޮމުން ދިޔައީ އެ ނަމުގެ މަލިކާ އާއި އަވަހަށް ބައްދަލު ވުމަށް ށެވެ. އަލަމާރިން ގަދަ ނޫ ކުލައިގެ ހުޑީ ނަގައިފައި ލުމަށްފަހު ނިކުމެލީ ސައި ބޯން ށެވެ.

 

 

އެ ވަގުތު މޭޒު ދޮށުގައި އިށީނދެގެން އިން އައިޝަމް އާއި އަމާނީގެ އިތުރުން ހުމައިދް ވެސް ހުއްޓެވެ. އައުލް ގޮސް އައިޝަމް ކުރިމަތީގައި އިށީންދެލިއެވެ. ﷲ އަށް ހަމްދު ކުރަމުން އެންމެން ވެސް ކާން ފެށިއެވެ. “އައުލް ރަށްރަށަށް ގޮސް ބަސްއަހައިގެން އޫޅޭތި އެތަނުން ބޭނުން ހުރިހާ އެއްޗެއް ނުލިބި ދާނެ އެކަމަކުވެސް ލިބޭ އެއްޗެއް ޝުކުރު ކުރާތި” އައުލް ގެ ބޮލުގައި ފިރުމާ ލަމުން ހުމައިދް ބުނެލިއެވެ. “ލައްބަ” އައުލް މިހެން ބުނުމަށް ފަހު ކަޅު ސައި ތަށި ބޯން ފެށި އެވެ.

 

 

ސައި ބޯ ނިންމާފައި އައުލް އާއި އައިޝަމް އެދެމީހުންގެ ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ. އެއިރު ގަޑިން 17:05 ވީ އެވެ. ދެކުދިން ވެސް އަމާނީ އާއި ހުމައިދް އަށް އަލްވަދާޢު ކިޔަމުން ގެއިން ނިކުމެލިއެވެ. އަދި ޖެޓީ އަށް ދިއުމަށް ހިންގައިގަތެވެ. 10 ވަރަކަށް މިނެޓު ތެރޭގައި ޖެޓީ އާއި ހަމައަށް ފޯރި އެވެ. ދަބަސް ތައް ލޯންޗަށް އެރުވުމަށް ފަހު ދެކުދިން ވެސް އަރާ އިށީންދެލިއެވެ. އައުލް އޭނާގެ ހެޑްސެޓް ނަގައި ކަންފަތަށް ޖެހުމަށް ފަހު ފޯނާއި ގުޅައިލިއެވެ. އަދި ފޯނުން ލަވަ ތަކެއް ޖަހަމުން ދިޔަ އެވެ. ބަރާބަރު 17:30 ވީ އިރަށް ލޯންޗް މާލޭގެ ފަޅުތެރެއިން ނިކުތެވެ.

 

 

*********

 

ހަވީރު ވަގުތެވެ. އީނާލް ހުރީ ޔޫން އާއި އެލާނާ އާއި އެކު ހިނގާލަން ދިއުމަށް ތައްޔާރު ވެއެވެ. ލޯގަނޑު ކުރިމަތީގައި ފަލަ މަސް ގަނޑާ ހަމައަށް ދާވަރުގެ ގޯލްޑެން ބްރައުން ކުލައިގެ ވަށްތިރި ހެދުމެއް ލައިގެން ގަދު މުށި ކުލައިގެ ޝޯލް އެއް މިހާރުގެ ފެޝަނަށް އަޅަން ހުރި އީނާލްގެ މޫނުގައި ލުއި ލުއި ކޮށް މޭކަޕް ކޮށްފައި ވެއެވެ. އަދިވެސް އެއްފަހަރު ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލުމަށް ފަހު ޗާޖެއް ޖަހާފައި އޮތް ފޯނު ހިފައިގެން ކޮޓަރިން ނިކުތެވެ. އެއިރު އެލާނާ ވެސް ނިކުތެވެ.

 

 

އެލާނާ ލައިގެން ހުރި ދަނބު ކުލައިގެ ވޫލް ސްވެޓާރ އެކެވެ. ތިރިން އާއި ސީން ބްލޫ ކުލައިގެ ޖިންސެއް ލައިފައި ވާއިރު އެ އިސްތަށިގަނޑު ނިވާ ކުރެވިފައި ވަނީ މަޑު ދަނބު ކުލައިގެ ސޯލް އަކުން އެވެ. “ހިންގާ ދަމާ” އެލާނާ އީނާލް ފެނުމުން ބުނެލިއެވެ. “ޔެސް ހިންގާ” އީނާލް ބޫޓަށް އަރަމުން ބުނެލި އެވެ. އެ ވަގުތު ވީ ޔޫން ވެސް އައިސް އެގެއަށް ވަތް ވަގުތައް ށެވެ.

 

 

3 ކުދިން އެކުގައި އޮލަ ވާހަކަތައް ދައްކަމުން ގޮސް ރަށުގެ ތުނޑި އާއި ހަމަ ވިއެވެ. އެވަގުތު ލޯބި ވެރިން ދިޔައީ ލޯބީގެ އެތައް މަޖާ ތަކެއް ކުރަމުން އެވެ. “އަލްހަމްދުލިﷲ މިރަށުގަވެސް ލޯބިވެރިން ގިނައީ އޭ ދޯ” އީނާލް މާހައުލް ތެރެއަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. ތިން ކުދިން ވެސް އެތާ އެއްގަމުގައި ހުރި ކޮންކްރީޓް ގޮނޑިއެއް ގައި އިށީންދެލިއެވެ. “އައި ފީލް ސޯ ޑިޕްރެސްޑް” ޔޫން މާހައުލު ތެރޭގައި ތިބި ލޯބި ވެރިންނަށް ބަލަލަމުން ބުނެލިއެވެ.” އެއީ ؟ ލޯބި ވެރިއެއް ނެތީމަ؟” އެލާނާ ސަމާސާ އަކަށް ބުނެލިއެވެ. “އުހޫން ދޮންތީ ތި ކުށެއް މި ޔޫންގެ ހިތުގަ ވެޔޭ މީހެއް… އިންގެއެއްނު މި އަމާނީ ދައްތަގެ ދޮށީ ފިރިހެން ދަރި އައިޝަމް އެއީ ޔޫންގެ ހިތުގެ ރާޖާ” އީނާލް ކިޔައިދިނެވެ. “އެ ތެދެއް އަޅޭ ނުވެސް ބުނަމެއްނު…. އެއިއެއީ ކިހިނެތް ވީ ކަމެއް؟” އެލާނާ އަހައިލިއެވެ. “އެއީ މީގެ އަހަރެއް ކުރިން…. ”

 

**********

ދުވަމުން އައިސް އީނާލް މެން ގެއަށް ވަތް ޔޫން ހުރި ވަރުބަލި ވެފައެވެ.” ޔޫން ކިހިނެތް ވީ ؟ ހާދަ ވަރަކަށް ދާ ހިތްލާފަ؟” އީނާލް ޔޫން ފެނުމާއި އެކު ހާސްވާން ފެށިއެވެ. “އީނާ ސޭވް މީ އެ ޒުމާން އަހަރެންގެ ފުލުން ދުވަނީ ދެންމެ އަހަރެން މިގެއަށް އަންނަނިކޮސް ކިރިޔާ އަހަރެން ރޭޕް ނުކޮށްލީ” ރޮމުން ރޮމުން ޔޫން އީނާލް ގައިގައި ބައްދާލިއެވެ. އަދި އީނާލް ޔޫން ގޮވައިގެން އެތެރެއަށް ވަނެވެ. އެއިރު ސޯފާގައި އީވާން އާއި އައިޝަމް އިނީ ރޭގަނޑުގެ ކެއުމަށް ފަހު އޮލަ ވާހަކަ ތަކުގައެވެ. ޔޫން އާއި އީނާލް އެތެރެއަށް ވަދެ ސިޓިން ރޫމް އަށް ވަނުމުން ދައްކަން ހުރި ވާހަކަތައް މެދު ކަނޑާލުމަށް ފަހު ޔޫން އާއި އީނާލް އަށް ބަލައިލިއެވެ. “ޔޫން ކިހިނެތް ވީ؟ ހާދަ ބިރުގަނެފަ؟” އީވާން ހާސްވެގެން އަހައިލިއެވެ.

 

 

ވާނީ ވެސް އެހެން އެއް ނޫން ހެއްޔެވެ. ކޮއްކޮއެއްގެ ގޮތައް ދެކޭ ޔޫން މިއަދު ހުރި މުޅިން ބަދަލުވެފައެވެ. އީވާން އެ ސުވާލު އެހުމުން ޔޫންގެ ލޮލުން އިސާހިތަކު ކަރުނަތައް ޖަމާވިއެވެ. “މި އުޅޭ ޒުމާން ޔޫން ފަހަތުން ދުވަނީ… އަދި ދެންމެ ކިރިޔާ މި މަންޖެ ސަލާމަތް ވީ އެ ޒުމާނު އަހަރުމެންގެ ލޯބި ލޯބި ޔޫން ރޭޕް ނުކޮށްލީ ކިރިޔާ” ޔޫން ގައިގައި ބައްދާލަމުން އީނާލް ބުނެލިއެވެ. “އޭން ؟ ޒުމާނު އޭ ؟ ރޭޕް އޭ ؟ އެއީ ކާކު؟” އީވާން ދެ ބުމަ ގޮށް ޖަހަމުން ބުނެލިއެވެ.” އެއީ އަހަރުމެން ސްކޫލް ގަ އުޅުން އިރު ޔޫން އާ ހެދި އުޅޭ ކުއްޖެއް… ވަރަށް ހަޑި ވާނެ އޭނަ އެއީ ސްކޫލް ގަ އުޅުން އިރުން ފެށިގެން އިސްތަށިގަނޑު ދިގު ކުރަމުން ދިޔަ މީހެއް މިހާރު އެއްގޮތް ރަނޑު އަންހެނެކޭ… އަދިއަދި އެއީ މިތަންގަ އުޅޭ ކުރުތާ ގޭންގު ސޮރެއް” އީނާލް ކިޔައިދިނެވެ. ” މަ ފްރީ ވީމަ ތި ކަމާ އުޅޭނަން އިހަށް މިވަގުތު މި ދަނީ އޮފީހަށް ޕޭޕަރު މަސައްކަތް ތަކެއް ނިންމަން” އީވާން މިހެން ބުނެފައި ސައިކަލު ތަޅުދަނޑި ހިފައިގެން ނިކުތެވެ.

 

 

” އަހަރެން ވެސް އިރުކޮޅަކުން ޖެހޭ އޮންލައިން ކްލާހަށް ވަންނަން…. އައިޝަމްބޭ ޔޫން ގެއަށް ލާދެވި ދާނެތަ” އައިޝަމް ގާތުގައި އީނާލް އެހިއެވެ. “އެންމެ ރަނގަޅު… ޔޫން ހިންގާ ދަމާ” އައިޝަމް ސޯފާ އިން ތެދުވެ ދެޖީބައް އަތް ޖަހާލަމުން ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނަން ވެގެން ޔޫން ބޯ ޖަހައިލާފައި ތެދުވިއެވެ. އަދި އައިޝަމް ފަހަތުން ދިޔައެވެ.

 

 

މަޑުމަޑުން އައިޝަމް ފަހަތުން ހިނގާފައި ދިޔަ ޔޫން ހުރީ އިސް ޖަހައިގެން އެވެ. “ޔޫން ހާދަ ފަހަރަކު ތި ހުރީ އަހަރެން އާ އެއްވަރު ކޮށް ބަލަ ދޯ” އައިޝަމް އޭނާގެ ކަނާ އަތް ޔޫން އާއި ދިމާލަށް ދިއްކޮށްލަމުން ބުނެލިއެވެ. ޔޫން މަޑު މަޑުން އެ އަތުގައި ހިފިއެވެ. “އަހަންނަށް ކިޔަނީ އައިޝަމް… އިބްރާހިމް އައިޝަމް އަހަރެންގެ އުމުރުން މިހާރު 22 އަހަރު އަހަރެން އުފަންވީ މި ރަށުގަ އެކަމަކު އުޅެނީ މާލެގަ….. ޔޫން ވެސް ތައާރަފު ވެލަން ވީނު؟” ހިނިތުން ވެލާފައި އައިޝަމް ޔޫން އަށް ބަލައިލިއެވެ. “އައިމް ޔޫން… މަރިޔަމް ޔޫން އުމުރުން 18 އުފަންވީ މެލޭޝިޔާގަ އެކަމަކު އުމުރުން 3 އަހަރުގަ މި ކޮޅަށް ބަދަލުވީ މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅުނީމަ” ޔޫން ތައާރަފު ވެ ލިއެވެ. “ތީ ހާފް މެލޭޝިޔާ އެންޑް ހާފް މޯލްޑިވްސް ސަޅި….. އަހަރެންއަހަރެން ޔޫން އަށް މީގެ ފަހުން ކިޔާނީ ޔޫނީ… ޔޫން އަށް އަހަންނަށް ކީދާނެ ޝަމް ” އައިޝަމް ހިނިތުން ވެލާފައި ބުނެލިއެވެ. ޔޫން ވެސް ހިނިތުން ވެލި އެވެ. އަދި” ޝަމް” މިހެން ކިޔާ އައިޝަމް އަށް ގޮވައިލިއެވެ. އެވަގުތު މީހަކު ޔޫން ގެ އަތުގައި ހިފިއެވެ. ނަމަވެސް ޔޫންގެ އަނެއް އަތުގައި އައިޝަމް ހިފައިގެން ހުރުމުން އެކޮޅުން ޔޫންގެ އަތުގައި ހިފި މީހާ އަށް އެހާ ފަސޭހައިން ޔޫން އެއް ނުގެންދެވުނެވެ.

 

 

އައިޝަމް ދިޔައީ ޔޫންގެ އަތައް ބާރު ކުރަމުން އެވެ. ކުއްލިއަކަށް ޔޫންގެ އަތުގައި ހިފާ އައިޝަމް ޔޫން އޭނާ އާއި ގާތް ކުރުމުން އެކޮޅުން ޔޫން ގެ އަތުގައި ހިފި މީހާ ހާމަވެއެވެ. “ޒު… ޒުމާން” އަޅައިގަންނަމުން ޔޫން އޭނާގެ ނަން ކިއެވެ. “އާނ އަހަރެން ކޮބާ ކަލޭގެ ލަދު ފާޑެއްގެ ފިރިހެނެއްގެ އަތުގައި ކަލޭ ހިފައިގެން މިއޮތް ރޭގަނޑު ރަށުތެރޭގަ ދުވަން އަދި ‘ޝަމް’ އޭ އެބަ ކިޔަ އެއްނު… ދެން ކަލޭ ޔޫން އެއީ އަހަރެންގެ ހައްގެއް އޭނާ އާ ގާތް ނުވެ ރައްކާވޭ” ޒުމާން ބުނެލިއެވެ. “ހެކި ކޮބާ ؟ ޔޫން ކަލޭގެ ހައްގަކަށްވި ހެކި ކޮބާ ؟ ހެއްކަކާ ނުލާ ރަށުތެރޭގަ ޔޫން ގެ އަގު ވައްޓަން ވަރަށް ފޯރި ހުރޭ ދޯ ؟ ދެންމެ ވެސް ކިރިޔާ އެ ފަކީރުގެ އަބުރާ އިއްޒަތައް ކަލޭ އަރައި ނުގަތީ… ބުނަން މީގެ ފަހުން ޔޫން އަށް ގެއްލުމެއް ލިބުން ކަމުގެ ހަބަރު އަހަރެންގެ ކަންފަތުގައި ޖެހިއްޖިޔާ މަށަށް ހެޔޮ މަ ޖަލަށް ދިޔަސް ކަލޭގެ ރަހަ މި ދުނިޔެ މަތިން ވެސް ފުހެލާނަން ހަނދާން ކުރާތި” އައިޝަމް މިހެން ބުނެ ޔޫންގެ އަތުގައި ހިފާފައި ޔޫން މެންގެއަށް ޔޫން ލައި ދިނެވެ.

 

 

***********

 

” ޒުމާންގެ ރަހަ ވެސް މި ދުނިޔެ މަތިން ފޮހެ ލާނަމޭ؟ ވާވް ހާދަ ރޮމޭންޓިކް ލަވް ސްޓޯރީ އެކޭ ” ޔޫން ވާހަކަ ކިޔައިދީ ނިމުން އިރަށް އެލާނާ ބުނެލިއެވެ.” ސްޕީކިން އޮފް ރޮމޭންޓިކް ބަލާބަލަ އެ ނިކަ ގަސް ދަށް” އެތަނާއި ތަންކޮޅެއް ދުރުނޫން ހިސާބެއްގައި ހުރި ނިކަ ގަހާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން އީނާލް ބުނެލިއެވެ. އެ ވަގުތު ނިކަ ގަސް ދޮށުގައި އީވާން އާއި މާޔާ ތިއްބެވި. އެކަމު އަނެކަކު އަތު ގުޅާލައިގެން ހުރި އިރު މާޔާ އޭނާގެ ބޯ އީވާންގެ ކޮނޑު މަތީގައި ބާއްވާފައި ވެއެވެ. އަދި އީވާން އޭނާގެ ބޯ މަޑު މަޑުން މާޔާގެ ބޯމަތީގައި ބާއްވާފައި ވެއެވެ. “ހިންގާ ކުޑަކޮށް މަޖާ ކޮށްލަމާ” އީނާލް މިހެން ބުނެ މަޑު މަޑުން ހިނގަމުން ގޮސް އެ ނިކަ ގަސް ފަހަތައް ފިލިއެވެ.

 

 

“މާޔޫ މިއަދު ސަންސެޓް ކިހާ ސަޅި… ހަމަ މާޔޫގެ ތި ލޯބި ލޯބި މޫނު ހެން” އީވާން މިހެން ބުނުމުން މާޔާގެ މޫނު ރަތް ވިއެވެ. ނަމަވެސް ގަސް ފަހަތުގައި ހުރި އީނާލް ގާތައް އާއި ހިންޏެވެ. “ދެން އީވް މީ މަގުމައްޗޭ” ގަތް ލަދުގެ ބޮޑު ކަމުން މާޔާ ބުނެލިއެވެ. “ސޯ އައި ވޯންޓް ދަ ވޯލްޑް ޓު ނޯ ދެޓް ޢާއިޝަތު މާޔާ އިޒް މައި ގާރލް ޔޫ އާރ މައި ކުއީން ޑާލިން” އީވާން މިހެން ބުނި ތަނާ އީނާލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަދި އަތްތިލަ ބަޑި ޖަހަމުން އީވާން އާއި މާޔާގެ ކުރިމައްޗައް އެރިއެވެ. “އީނާ ކިހާ އިރެއް ވެއްޖެ މިތާ ހުންނަތާ ” އީވާން ކޮޅަށް ތެދުވަމުން ބުނެލިއެވެ.” ސަންސެޓް…. ފޭސް… ހޯލް ވޯލްޑް ޓު ނޯ ؟ ހަހަހަހަހަހަހަހަ…. ދޮންބޭ ޒަމާން ބަދަލު ވެއްޖޭ ސްޓައިލް ވެސް ބަދަލު ކޮށްބަލަދޯ” އީނާލް މަލާމާތް ކުރަން ފެށިއެވެ. “ޔޫ ލިޓުލް ސްކޭމްޕް ހުރެބަލަ ހެޔޮ އަރުވާލާނަން” އީވާން މިހެން ބުނުމުން އީނާލް ދުއްވައިގަތެވެ. އަދި އީވާން ވެސް އީނާލް ފުލުން ދިޔައެވެ.

 

 

މި ދެބެން ސަކަރާތުގައި އުޅެނިކޮށް އަތިރި ޖެޓީ އާއި ހަމައަށް ފޯރި އިރުވެސް ނޭންގެއެވެ. އީނާލް އަތުނުވަން ވެގެން ދުވަމުން ދަނިކޮށް މީހެއްގެ ގައިގައި ޖެހި ވެއްޓެން ދިޔައެވެ. ނަމަވެސް ބާރުގަދަ އަތެއް އީނާލްގެ ކަނާ އަތުގައި ހިފިއެވެ. އަދި ދީނާލް މަޑުމަޑުން ލޯ ހުޅުވައި އެއީ ކާކުތޯ ބަލައިލިއެވެ.

 

 

ނުނިމޭ…

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

ވެވުނީ ލޮތްބޭ – 4

Next

ޢާއިލީ ސުލޫކުން ކުރިއަސަރު

Next
January 20, 2024

ޢާއިލީ ސުލޫކުން ކުރިއަސަރު

Previews
January 20, 2024

ވެވުނީ ލޮތްބޭ – 4

3 Comments!

  1. imko 💕💕 says:
    January 21, 2024 at 5:18 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama

  2. ifoo says:
    January 21, 2024 at 11:44 pm

    vv reethi mi part vs maasha allah..when next part kiyaalan libeynee????

  3. ✨ IFAA ✨ ✨ IFAA ✨ says:
    January 22, 2024 at 8:35 pm

    Dear readers
    “ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން” ep 3 thankolheh las vedhaane because alhuganduge mock exam next month ga fashaathee eve. I hope you guys understand… ekamaku mock exam ge kurin liye nimihjiaa kintherinaai hama ah foaru kohdheveyytho balaanan insha’allah
    Shukuriyya

Comments are closed.

Next Episodeހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން… 3←


All Right Reserved!