“އެލީ ކީއްވެ ތި ރޮނީ؟ މިހާރަކަށް އައިސް އެލީ އަށް ކިހިނެތް ތި ވީ؟” ޔުޒުކް އެލާނާގެ ކަރުނަތައް ފޮހެ ދެމުން އަހައިލިއެވެ. “ލޯބި ވީ! ޔުޒުކް ދެކެ އަހަރެން ލޯބި ވީ! އެކަމަކު ޔުޒުކް އެހެން ކުއްޖެއްގެ ހައްގަކަށް ވީމަ އަހަރެން ޖެހޭނީ މަޑުން ހުންނަން އަހަރެންވެސް މީ އިންސާނެއް އަހަންނަށް ވެސް ކެތްކުރެވޭނީ ވަކި މިންވަރަކަށް އަހަރެން ޔުޒުކް ދެކެ ލޯބި ވޭ ވަރަށް ވަރަށް ބޮޑަށް ލޯބި ވެވިއްޖެ” ކަރުނަވީ ލޮލަކާއެކު ޔުޒުކް އާއި އެކު ހަތަރުކަޅި ހަމަ ކުރަމުން އެލާނާ ބުނެލިއެވެ. އަދި ބުނަން ބެނުންވި ހުރިހާ ވާހަކައެއް ކިޔައި ދިނުމަށް ފަހު އެލާނާ އިސް ޖަހައިލިއެވެ. ޔުޒުކްގެ ޖަވާބު އަޑު އިވިފައި އެލާނާ އިސް އުފުލައިލިއެވެ.
*********
4 ވަނަ ބައި
*********
“ކީއްވެ މާ ލަހުން ތި ވާހަކަ ތި ބުނީ… އެލީ އަށް ނޭންގެނީތަ އަހަރެން ވެސް އެލީ ދެކެ ލޯބިވާކަން ކިހާ ދުވަހަކު ކިތައް އަހަރު އަހަރެން އެލީ އަށް އިންތިޒާރު ކުރިން؟ އަހަރެން ލައުރާ އާއި ރައްޓެހި ވީ ޖެހުނު މަޖުބޫރީއަކުން…. އަހަރެން އަބަދުވެސް އެލީ ދެކެ ލޯބިވޭ ދުވަހަކުވެސް މި ހިޔަކުން އެލީ އާއި މެދުގައިވާ ލޯބި ފޮހެވިގެން ނުދާނެ…. އާމިނަތު އެލާނާ އައި ލަވް ޔޫ ވިލް ޔޫ ބީ މައިން ” ޔުޒުކް އެލާނާގެ މޫނުގައި ފިރުމާ ލަމުން ބުނެލިއެވެ. ” ޔެސް އައިމް ޔުއާރސް” ކަރުނަވީ ދެލޮލަކާއެކުގަވެސް ހިނިތުން ވެލާފައި އެލާނާ ބުނެލިއެވެ. އަދި ނިކަން ބާރަށް ޔުޒުކްގެ ގައިގައި ބައްދައިލިއެވެ. ޔުޒުކް ވެސް އެލާނާގެ ބޮލުގައި ފިރުމަމުން ދިޔައެވެ.
************
ފިހާރަ އަށް ގޮސް ވަތް އީނާލް އާއި އައުލް ދިޔައީ ރާމެން ނޫޑްލީސް އާއި މަމީ ނޫޑްލީސްގެ އިތުރުން ކޯކު އަދި ސްޕްރައިޓް ބޮޑު 2 ފުޅި ނަގާފައި ދެން ހެލަންބެލި ޕެކަޓެއް ނަގައިގެން ކައުންޓަރު ކައިރިއަށް ދިޔައެވެ. ބޮޑު ރަތް 2 ކޮތަޅު ފުރައި ސާމާނު އެޅުމަށް ފަހު އީނާލް އެ ދެ ކޮތަޅު ހިފޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކުރި ހިތްވަރުވީ ބޭކާރެވެ. އައުލް މި މަންޒަރު ބަލަން ހުރެފައި އީނާލް އަތުން އެއް ކޮތަޅު ނެގިއެވެ. އަދި ދެމީހުން މަޑުމަޑުން ފިހާރައިން ބޭރަށް ނިކުތެވެ.
އެ ދެމެދުގައިވީ ހިމެންކަން ނަގައިގަތީ އައުލް އެވެ. “ހާއި… އަހަންނަށް ކިޔަނީ އައުލް އަހަރެން އުމުރުން 20 އަހަރު” އީނާލް އަށް ބަލައިލަމުން ހިނިތުން ވެލާފައި އައުލް ބުނެލިއެވެ. އަދި އީނާލް ވެސް ބަދަލުގައި ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ. “އައިމް އީނާލް އުމުރުން 19 އަހަރު” އީނާލް މަގައް ސަމާލުކަން ދެމުން ބުނެލިއެވެ. އަނެއްކާވެސް މި ދެމެދުގައި އުފެދުނީ ހިމޭން ކަމެވެ. “އީނާލް އަށް ކިހިނެތް އަހަރެންގެ ދޮންބެ އިންގެނީ؟” އައުލް އަހަން ނާހަން ހުރެފައި އަހައިލިއެވެ. “މީގެ 3 އަހަރު ކުރިން އައިޝަމްބެ އާ ހުމައިދްބެ އައީ މި ރަށަށް… އެއީ އަހަރެން ގްރޭޑް 10 ނިންމާފައި ގްރެޖުއޭޝަން އޮތް ރޭ… އަހަންނަށް މާކުރިން ވެސް ހުމައިދްބެ އިންގޭ އެއީ އަހަރެންނަށް ކިޔަވައިދޭ ވަރަށް ހަރަދު ކޮށްފައިވޭ ހަނދާން ވާއިރުން ސުރެ ފެށިގެން އަހަންނަށް ހުމައިދްބެ ފެނިފަވަނީ އެކަމަކު 3 އަހަރު ކުރިން އައިޝަމްބެ އާ ބައްދަލު ވީ އެހެން އުޅުމުގެ ތެރެއިން ދޮންބެ އާ އައިޝަމްބެ ވަރަށް ގާތް އެކުވެރިންނަށް ވީ” އީނާލް ކިޔައިދިނެވެ. ” އީނާލް ކިޔަވަން އަހަރެންގެ ބައްޕަ ހަރަދު ކޮށްދިނީ؟ ކޮބާ އީނާލްގެ ބައްޕަ؟” އައުލް ކުރި ސުވާލަކުން އީނާލް އިސްޖަހައިލިއެވެ. އަދި އެ ދެލޯ ކަތުމުން ފުރުނެވެ.
“އަހަރެންގެ ބައްޕަ ވަނީ އަހަރެން މި ދުނިޔެއަށް އައުމުގެ ކުރިން ނިޔާވެފަ… ބައްޕަ އަކީ ހުމައިދްބެގެ ބިޒްނަސް ޕާރޓްނާ އެ ވަރުގަދަ އެކުވެރިކަން ފަނާވެގެން ދިޔައީ އެއް ރެއެއް ގައި ބައްޕަ އަށް އައި ނުރައްކާތެރި ހަމަލާ އަކުން… ހަގީގަތް ނޭންގުން ކަމުގައިވިޔަސް އަހަރެންގެ މި ދެލޮލު ކުރިމައްޗައް އަހަރެންގެ ބައްޕަ ނުފެނޭ އަހަރެންގެ ދޮންތަ ވެސް އެއިރު ވާނީ އެންމެ އަހަރެން އަހަންނަށް ބައްޕަ އަށް ދިމާވި ހާދިސާ ކިޔައިދިނީ ދޮންބެ….. ކުޑައިރުކުޑައިރު ސްކޫލް އަށް ދާއިރު ފާދާސް ޑޭ ފާހަގަ ކުރާއިރު އަހަރެން ހުންނަން ޖެހެނީ އެކަނި…… އެއިރު އަހަރެންގެ އެންމެ ގާތުގައި އެއްބާރުލުން ދޭން ހުންނަ ފިރިހެނަކީ އަހަރެންގެ ދޮންބެ…… އެއިރު ދޮންބެ އަހަރެންގެ އުފަލާއި ހިތާމަ ތަކުގައި ބައިވެރި ވާނެ ދޮންތާ ވެސް އެކަމަކު އެ ދެމީހުން ސްކޫލް ނިންމާފައި މެލޭޝިޔާ އަށް ކިޔަވަން ގޮސްފަ އައި ފަހުން ވަރަށް ބަދަލުވި…” އީނާލް އަށް ބުނެވުނީ މިހިސާބައްށެވެ. އީނާލްގެ އަޑު ބެދުނެވެ. އަދި ލޮލުން އިސާހިތަކު ކަރުނައިގެ ކޯރެއް އުފެދުނެވެ. ހިތްދަތި ހަނދާންތައް އެ ނާޒިކު ހިތައް ވެރިވެގަތެވެ. މި މަންޒަރު ބަލަން ހުރި އައުލް އެހެން މީހަކަށް އީނާލްގެ ކަރުނަތައް ނުދައްކަންވެގެން އީނާލް ގައިގައި މަޑުމަޑުން ބައްދައިލިއެވެ. މި ފަދަ އެހީތެރިކަމެއް ބޭނޫން ޖެހިފައި ހުރި އީނާލް އަށް އައުލް ގައިގައި ބައްދައިލެވުނި ބޭއިޚްތިޔާރުގައެވެ.
މިހެން އެތައް އިރެއް ހުރުމަށް ފަހު އީނާލް ހަމައަކަށް އަޅައިގަތެވެ. އަދި މަޑުމަޑުން ކަރުނަތައް ފޮހެ ލަމުން އައުލް އާއި ދުރަށް ޖެހިލިއެވެ. އެ ދެލޮލުގެ އެސްފިޔަ ތަކުގައި ވަނި ތާޒާ ތެތް ކަމެކެވެ. އައުލް އީނާލް އަތުގައި ވީ ކޮތަޅު ނަގައި ހިފާމަލުން ކުރިއަށް ހިންގައިގަތެވެ.
********
ޔޫން އާއި އައިޝަމްގެ ދެމެދުގައި ހީ ސަމާސާ ކުރާ އަޑު ވަނީ އެ މާހައުލުގައި ގުގުމާލެވިފައެވެ. މިހެން ދެމީހުން ސަމާސާ ކުރަމުން ދާ ހިނދު ދެމީހުން އަށް ނެންގުން އެއްޗަކީ މި ދެމީހުންގެ ހިތުގައި އެކަކު އަނެކަކު ދެކެ ވެވިފައި ވާ ލޯތްބެވެ. އެކު އެކީ ގެއަށް ވަދެ ރިހާކުރު ފުޅި ހިފައިގެން ނިކުތް އިރު އައިޝަމް ހުރި އަނބު ގަސް މަތީ ހުތް އަނބު ބިންނާންށެވެ. އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދީ އަނބު ބިންނަން ހުރި އައިޝަމް އަނބެއް ބިންމައްޗައް ވައްޓައިލިއެވެ.
“އައުޗް!” އައިޝަމް އަށް ކުއްލިއަކަށް ތިރި ބަލައިލެވުނީ ޔޫން މިހެން ބުނުމުން އެވެ. އެއިރު ބޮލުގައި އަތް އަޅާ ގެން މައްޗައް ބަލަމުން ދިޔަ ޔޫން ފެނި އައިޝަމް ހިނިތުން ވެލި އެވެ. “ތި ބަލާގެން އަނބު ބިނދެބަލަ ދޯ ތަދުވެއްޖޭ” ކުޑަކުއްޖެއް ހެން ޔޫން ޝަކުވާ ކުރަން ފެށިއެވެ. “އައިމް ސޮރީ…. މި ވަރުން ވާނެ ދޯ؟” އައިޝަމް އަހައިލިއެވެ. “ޔެސް ވާނެ ސޯ މީއްޗިސްތައް ނަގާފައި އަޅާބަލަ މި ކޮތަޅައް އަޅާފަ ދާން ހިންގާ” ކޮތަޅު ދިއްކޮއްލަމުން ޔޫން ބުނެލިއެވެ.
******
” އެލީ ތި ބަރުވާނެޔޭ ދީބަލަ އަހަރެން އަތައް” ޔުޒުކް އެލާނާ އަތުން ކޮތަޅު ނަގަމުން ބުނެލިއެވެ. ” ޒެކް އާ ނުލާ އަހަރެން ކިހިނެތް އުޅޭނީ…. ދެން މި ހިސާބުން އަހަރެން އެއްވެސް ބަރު އެއްޗެއް ނޫފުއްލާނަން ޒެކް ޖެހޭނީ އުފުއްލާން ހެހެހެ……. އެ ހުރީ އީނާ ތަ؟” ގެއާއި ކައިރިވީ ވަރަކަށް އެލާނާ އަށް އެތާ ކަންމަތީގައި އެކަކު އަނެކަކުގެ އަތުތެރޭގައި ހުރި އީނާލް އާއި އައުލް ފެނިފައި އެލާނާ ޔުޒުކް ގާތުގައި އަހައިލިއެވެ. މަޑުމަޑުން ކައިރި ވަމުން ގޮސް އީނާލް އާއި އައުލް ދައްކަމުން އައި ވާހަކަތައް އަޑުއަހަން އެލާނާ އާއި ޔުޒުކް ތިއްބެވި.
“އީނާލް… ބައްޕަ ހުއްޓަސް ނެތަސް އީނާލް ތީ ވަރަށް ރަނގަޅު ކުއްޖެއް… ދުނިޔެ އުމުރުގަ އެންމެ އެއް ގޮތެއް ނުވާނެ ދޯ ؟ އީނާލްގެ ދޮންބެ އާއި ދޮންތަ ފަދައިން އަހަރެން ދޮންބެ ވެސް ވަރަށް ބަދަލުވެއްޖެ…. ބަދަލުވީ ކީއްވެތޯ އަހާލާ އިރަށް ބުނަނީ ލޯބި ވީއޭ ކުއްޖަކު ދެކެ….. ލޯތްބަކީ މީހުން ބަދަލު ކޮށްލާ އެއްޗެއް… ” ” އަހަންނަށް ހެޔޮ ލޯބި އެއީ ކޮންމެ ފަދަ އެއްޗަކަށް އަހަންނަށް ހެޔޮ! ދޮންތަ މެނަށް ނޭންގެނީތަ އަހަރެން ވާދެރަ ކުރިން ދޮންތަ އަހަރެން އެކަނި ކޮށްފަ އެއް ތާކަށް ވެސް ނުދާނެ އަހަންނާ އެކު ހީ ސަމާސާ ކޮށް އަހަރެން ދެރަވާ ކޮންމެ ހިނދަކު އަހަރެން އުފާކޮށް ހަދާއިރު ކީއްވެތަ އަހަރެން ބޭކާރު ކޮށްލީ؟ ” އީނާލް ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ހުރި އެލާނާ އަށް ކެތް ކުރެވުނީ މިހިސާބައްށެވެ.
” އީނާ ؟” މަޑުމަޑުން އެލާނާ އީނާލް އަށް ގޮވައިލިއެވެ. އެލާނާގެ އަޑު އީނާލްގެ ކަންފަތުގައި ޖެހުނީ ހޮނު ގުގުރިއެއްފަދައިން އެވެ. މަޑުމަޑުން ފަހަތައް އެނބުރި ކުއްވެރިއެއްގެ ފަދައިން އިސް ޖަހައިލިއެވެ. “އީނާ ކީކޭ ތި ކިޔަނީ؟” އެލާނާ ހައިރާން ވެފައި ވާ ވަރުން ބުނެލިއެވެ. “ތެދު ހަގީގަތް ދޮންތާ މެނަށް އިނގޭތަ މިހާރު އަހަރެން އުޅެން ޖެހޭ ހާލު ދޮންތަ އަކަށް އަންދާޒާ އެއް ނުކުރެވޭނެ އަހަރެންގެ ހާލެއް…. ޔޫޔު އަށް ވެސް ނެންގޭ ކަމެއް މިއީ” އީނާލް މިހެން ބުނި ވަގުތުވީ ޔޫން އާއި އައިޝަމް ވެސް އެތަނަށް އައި ވަގުތައް ށެވެ. މަގުމަތީގައި މީހުން ގިނަ ވާނެ ފެށުމުން އީނާލް ކުޑަކޮށް ޖެހިލުން ވިއެވެ.” ހިންގާ އެތެރެއަށް ތި ވާހަކަ ދައްކާނަމަ މިހާރު މަގުމަތީ މީހުން ތޮއްޖެހެނީ” މީހުން ގިނަ ވުމުން އައިޝަމް ބުނެލިއެވެ.
ގެއަށް ގޮސް ވަތް ވަގުތު ދޮރު ކުރިމަތީ އީވާން އާއި މާޔާގެ އިތުރުން ޔޫޝާ އާއި އިޒާން ވެސް ހުއްޓެވެ. ސާމާނު ތައް ބަދިގެއަށް ލުމަށް ފަހު އެންމެން ވެސް ދިޔައީ ގޭގެ އަނެއް ފަރާތުގައި ހުންނަ ހަޓު ތެރެއަށް ށެވެ. އެއިރު ވެސް އީނާލް ހުރީ ޖެހިލުން ވެފައެވެ. “އީން ކަމެއް ގޯސް ވީތަ؟ ކުއްލިއަކަށް އެހާ ސީރިއަސް ވެފަ ތި އިނީ؟” އީވާން ހާސްވާން ފެށި އެވެ. “އީނާ ބުނެ ބަލަ ކޮންވާހަކައެއްތަ އެކަކަށް ވެސް ނޭންގެނީ ؟” އެލާނާ ވެސް ހާސަވާން ފެށި އެވެ.
“އަހަންނަކަށް ނުކެރޭނެ ބުނާކަށް މި ވާހަކަ ބުނެފިއްޔާ ދޮންބެ އާ ދޮންތަ އަހަރެން އެކަނި ކޮއްލާނެ ބައްޕަ ފަދައިން” އީނާލް ރޯން ފެށިއެވެ. “އީނާ ކީކޭ ތި ކިޔަނީ ؟ކީއްވެ އަހަރެމެން އީނާ އެއްލާލާނީ ތީ އަހަރުމެންގެ ލޯބި ލޯބި އީން އެއްނު” އީވާން އެހެން ބުނުމުން އީނާލް އީވާން އާއި އެލާނާ އާއި ދިމާލަށް ބަލައިލީ ސުވާލުން ފުރިގެން ވާ ނަޒަރަކުން އެވެ.” ކީއްވެ އަހަރެންގެ އުފާ ތަކާ ހިތާމާގަ މިހާރު ބައިވެރި ނުވަނީ؟ ކީއްވެ ދޮންބެ އަބަދު އަހަރެން އިގްނޯ ކުރަނީ؟ ކީއްވެ އަހަރެން އެކަނި ދިރިއުޅެން ޖެއްސީ ؟ އެކަނި އަމިއްލަ ދިފާއު ކުރަން އުޅުމުން އަހަރެންނަށް ލިބުން ހިތި ނަތީޖާ މިއީ އަހަރެންގެ އަމިއްލަ ނަފްސު ދެކެވެސް ފޫހިވެއްޖެ މިހާރު ހިތައް އަރާ އެ ކަން އިނގުން ދުވަހު މި އަނިޔާވެރި ދުނިޔެއިން ދެވުން ނަމައޭ” ކުރެވިފައި ވީ އަޑަކުން އީނާލް ހިތުގެ ޝަކުވާ ތައް ކިޔައިދިނެވެ. ” އީން ކީއްވެ ތިހެން ތި ވިސްނަނީ ؟ ކާކު ކީކޭ ކީ؟ މީހަކު އީން އަށް ކަމެއް ކުރީތަ؟ ބުނެބަލަ ދޮންބެ ކައިރީ މީހަކު ކަމެއް ކުރީތަ؟! ކާކު އެއީ! ބުނޭ އީން!!!” އީވާންގެ އަޑު ދިޔައީ ބާރު ވަމުން އެވެ. އީނާލް އަށް ކެތް ކުރެވުނީ މި ހިސާބައްށެވެ. “ދޮންބޭ…ދޮންތާ…. އައިމް ޕްރެގްނެންޓް” އީނާލް ބުނި ޖުމްލަ އީވާން އާއި އެލާނާގެ ކަންފަތުގައި ޖެހުނީ ހޮނު ގުގުރިއެއް ފަދައިން އެވެ.
ނުނިމޭ…
3 Comments
Comments are closed.
Mi part vex varha reethi Masha Allah
Unmeedhu kuran next part kiyaalan libeeney kama
vv reethi mi part vs maasha allah..when next part kiyaalan libeynee??
Insha’allah very soon you all will get to read the next episode…..
Lysm everyone ❤️