Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވެވުނީ ލޮތްބޭ – 5

That girl Level 1
January 25, 2024 3 Mins Read
0 Comments

އެނދުގައި އޮށޯވެގެން އޮތުމަށްފަހު ކިޔާރާ ތެދުވީ ފަތިސްނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. މުޅި ރޭ އެއްކޮށް ހޭލައި އޮތުމުން ކިޔާރާ ހުރީ ވަރަށް ވަރުބަލި ވެފައެވެ. އަނެއްކޮޅުން މިއަދު އޭނާ ޑިއުޓީ އަށް ވެސް ދާން ޖެހެއެވެ. ކިޔާރާ އެންމެ ޖެހިލުން ވަނީ ކިޔާން ފެނިދާނެތީވެ. ކިޔާން ގެ ކުރިމައްޗަށް ވެސް އަރާކަމަށް އޭނާ ބޭނުމެއް ނޫނެވެ. ކިޔާން އޭނާދެކެ ލޯބިވިޔަސް އިތުރު ވޭނެއް އުފުލާކައް ކިޔާރާ ބޭނުމެއްނޫނެވެ. ލޮތްބަކީ ކިޔާރާގެ ޙަޔާތުގައި މިހާރު ފޮހެލެވިފައިވާ ބަހެކެވެ. ދެން އިތުރަށް ދުވަސަތައް ބޭކާރު ކޮއްލާކައް ކިޔާރާ ނޭދެއެވެ.

އެނދުން ތެދުވެ ކިޔާރާ ފާޚާނާއައް ވަދެ މޫނު ދޮވެލިއެވެ. ރޭގަަ މާ ގަދަޔަށް ރޯވުމުގެ ސަބަބުން ކިޔާރާ ހުރީ ހުން ވެސް ވައްތަރަކަށެވެ. މޫނުދޮވެލައިގެން ނިކުމެ ފަތިސް ނަމާދު ކޮއްލިއެވެ.އެއައްފަހު ކޮފީ ތައްޓެއް ގިރައިލިއެވެ. ކިތަންމެ ނިދިއަޔަކަސަ ޑިއުޓީ ކަޓުވާލާކައް ކިޔާރާ ބޭނުމެއް ނުވެއެވެ.

•───────•°•❀•°•───────•ރަ

ރަތްވެ ބަދިޖަހައިފައިވާ ދެ ލޮލަށް ބަލަން ކިޔާން އަށް ހުރެވުނީއެވެ. އޭނާ މިއަދު ޑިއުޓީ އައް ދާކަށް ބޭނުމެއް ނޫނެވެ. ކިޔާރާ އާ ވީހާވެސް ދުރުގައި އުޅެން ބޭނުން ވާތީއެވެ. ކިޔާންގެ ހިތުގައި ކިޔާރާޔާ ދުރުވުމުގެ އެއްވެސް މަގުސަދެއް ނެތަކަސް ކިޔާރާ ބޭނުންވާ ގޮތް ކަމުން ކިޔާން އައް އެނޫން ގޮތެއް ނެތީއެވެ.

މޫނުދޮންނަ ތަށީގައި އިން އިސްކުރު ދޫކޮށްލުމައްފަހު އަހަރެން މޫނު ދޮވެލީމެވެ.ހަމަޖެހުމެއް ލިބޭތޯއެވެ. އެކަމަކު ހަމަޖެހުމެއް ލިބޭނީ ވަކި ކިހިނަކުން ހެއްޔެވެ ؟ ކިޔާރާއާއި ދޭތެރޭ ނުވިސްނާ އަހަރެން އުޅޭނީ ކިހިނެށް ހެއްޔެވެ ؟ ކިޔާރާ އެ ހާލުގައި ވާއިރު ދޫކޮއްލާނީ ކިހިނަކުން ހެއްޔެވެ ؟މީޝާކް އައް އެއީ ވަރަށް ފަސޭހަކަމަކަށް ވިޔަސް އެކަން އަހަރެން ކުރާނީ ކިހިނެއް ހެއްޔެވެ ؟ އެޔައް ވުރެއް ބޮޑަށް އަހަންނަށް ކިޔާ ދެކެ ލޯބިވެވިއްޖެއެވެ. ” ހައު ކިޔާ…ހައު… އައި ޖަސްޓް ކާންޓް..ނޯ….” ބޮލުގައި ދެއަތުން ހިފަމުން ކިޔާން ބުނެލިއެވެ.

•───────•°•❀•°•───────•

ގަޔަށް ސެންޓު ކޮޅެއް ބުރުވާލުމައްފަހު ކިޔާރާ ގެއިން ނިކުތީ ޑިއުޓީ އަށް ދިއުމަށެވެ. ޕިކްމީ ރައިޑްއަކައް ޖަހައިގެން މަގުމަތީގައި ހުރި ކިޔާރާގެ ނަޒަރު ހުއްޓުނީ ތަންކޮޅެއް ދުރުގައި ހުރި ޒުވާނާ ފެނިފައެވެ. އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. ކަޅިވެސް ޖަހައި ނުލައި އަހަންނާ ދިމާއަށް ބަލަން އެހެރީ މީގެ 3 އަހަރު ކުރިން އަހަރެންގެ ހިތް އަތުލި މީޝާކްއެވެ. 3 އަހަރަށްފަހު އޭނާ ފެނުމުން އަހަންނަށް ރޮވޭގޮތްވިއެވެ. އެކަމަކު އެތަން އޭނާއަށް ދައްކާކައް އަހަރެން ބޭނުމެއް ނޫނެވެ. މޫނު އަނެއް އަތަށް އަނބުރައިލީމެވެ. މީޝާކް އައް ބަލަން ހަދައިގެން އަހަންނަށް ހަމަ ރޮވޭނީއެވެ. އަނެއްކޮޅުން ޑިއުޓީ އައް ދާއިރު މާ ދެރަވެފައި ހުރެއްޖެނަމަ އަހަންނަށް މަސައްކަތް ވެސް ރަނގަޅަށް ނުކުރެވޭނެ އެވެ. “ކިޔާ…” ސިހިފައި ފަހަތައް އަހަރެން ބަލައިލީ އެ މައުސޫމް އަޑު މި ކަންފަތުގައި ގުގުމާލުމުންނެވެ. އޭރު އިސްދަށަށް ޖަހައިގެން މީޝާކް ހުއްޓެވެ. އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. މޫނު މަތީގައި ވަނީ ވޭނާއި އުދާހެވެ. އެހެން ހުރެފައި އަހަންނާ ދިމާއަށް އެ ބަލާލި ގޮތުން އަހަރެން ހިފަހައްޓައިގެން ހުރި ކަރުނަތައް ވެސް ބޭފަވާތެރި ގޮތަކަށް މި ކޯތާފަތް މައްޗަށް ބަންޑުން ވިއެވެ. “މީޝާކް” އަހަންނަށް ބުނެވުނެވެ. އެވަގުތު އޭނާ އަހަރެންގެ ގައިގައި ބައްދާލިއެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ވެސް އެ ހަށިގަނޑުގައި ބީހިލެވުނެވެ. އެވަގުތު މީޝާކް އަހަރެން ގެ ގަޔާއި އިތުރައް ގާތްވެލިއެވެ. އެ ހޫނު މޭގައި އޮވެވުމުން އަހަންނަށް ލިބުނު ހިތްހަމަޖެހުން ކުރުކޮށް ބުނެދޭންވެސް ނޭނގެއެވެ.”ކިޔާ އަހަންނަށް މާފު ކުރޭ ޕްލީސް.. އައި ނޯ އައި ޓްރީޓެޑް ޔޫ ރިއަލީ ބޭޑް ކަން.. އެކަމް.. އަދި އެއް ފަހަރު.. އެންމެ ފަހަރަކު ވެސް ޕްލީސް ޖިވް މީ އަ ޗާންސް.. އައިނޯ މިހާރު މާ ލަސްވެއްޖެކަން.. “މީޝާކް ބުނެލިއެވެ. އަހަންނަށް ހަމަ ހުރެވުނީއެވެ. މީޝާކް އަސްލުކޮއްވެސް ބަދަލުވީ ހެއްޔެވެ ؟ އޭނާ އަހަރެން ކައިރިޔަށް އައިއްޔާ ލީން ކޮބައިބާވައެވެ. ؟ސުވާލަކަށް ފަހު ސުވާލެއް ބޮލުތެރޭގައި އުނދުހެމުންދިޔައެވެ. ކިތަންމެ އެނގެން ބޭނުން ވިޔަކަސް އެޔައް ވުރެއް ބޮޑަށް އަހަރެން މީޝާކް ބޭނުންވިއެވެ. ޙަޔާތުގައި ދުވަހަކުވެސް މީހަކު ދެކެ ލޯބި ނުވާ ވަރަށް އަހަރެން  މީޝާކް ދެކެ ލޯބިވަމެވެ. އެ ހަޔާތުން ޖާގައެއް އަދިވެސް އަހަރެން ބޭނުންވެއެވެ.

އަމިއްލަ ނަފްސާ ދެމެދު ދެކެވެމުން ދިޔަ ވާހަކަތައް އަހަންނަށް މެދު ކަޑާލަން ޖެހުނީ ކާރު އައިސް ކުރިމައްޗަށް ހުއްޓުމުންނެވެ. ” އައި ހޭވް ޓުގޯ.. 10ގަ މިރޭ ނިމޭނީ.. ހޮސްޕިޓަލް އަށް އާދޭ އެގަޑީ. ވީ ކޭން ޓޯކް މޯ” އަހަރެންގެ ގަޔާއި މީޝާކް ދުރުކޮއްލަމުން ބުނެލީމެވެ. އެއްފަހަރު ކާރަށް އަރައި ހަމަޖެހިލީމެވެ. އެއްޗެކޭ ނުބުނެ މީޝާކް އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. މަޑު ދުއްވުމެއްގައި ކާރު ނައްޓާލިއެރުވެސް މީޝާކް ބުދެއްހެން ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން ވެސް ލޯމަތިން ގެއްލެންދެކައް ބަލަން ހުރީމެވެ. މި ލޯމައްޗަށް މީޝާކް ގެއްލުމާއެކު އަހަރެން ވަގުތުން ފޯނު ނަގައި ނަތޫ އަށް ދެންމެ ގެ ވަގުތެއްގައި ވީ ހުރިހައި ކަމެއް މެސެޖް ކޮއްލީމެވެ. މީޝާކް ފެނުމުން އަހަރެން ކިތަންމެ އުފަލަކުން ހުއްޓަކަސް ނަތޫގެ މެސެޖުން އަހަރެން އުފާވެރިކަން ފިލިކަހަލައެވެ. “ވަޓް ދަ ހެކް ކިޔާ.. ރިއަލީ.. ކިޔާ ތިހުރީ މޮޔަ ވެފަތަ؟ ޔޫ ތިންކް ހީ އިޒް ސޮރީ.؟ ނޯ.. އޭނަ އެއުޅެނީ ކޮންމެވެސް އެހެން ބޭނުމަކު. ކިޔާ..  އާދޭސް ކޮށްފަ ބުނަން. މީޝާކް ގެ މަޅީގައި ދެވަނަ ފަހަރަށް ހަރު ނުވަނީސް އޭނަޔާ ދުރުގައި ހުރޭ..” ނަތޫ އެ ބުނީ ވެސް ތެދެކެވެ. އެކަމަކު މިހިތް އަދިވެސް ގޮވަނީ މީޝާކް އަށެވެ. “އެވްރީ ވަން ޑިޒާރވްސް އަ ސެކަންޑް ޗާންސް ނަތޫ.. އެންޑް އައި ރިއަލީ ލަވް ހިމް. އައި ތިންކް ހީ ރިއަލީ މީންސް އިޓް.” ނަތޫއައް މެސެޖް ކޮށްލުމަށް ފަހު އަހަރެން ފޯނުން ލަވައެއް ޖަހައިލައިގެން ހަމަޖެހިލީމެވެ.

 

ނުނިމޭ…….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

That girl

Level 1

Other Articles

Previous

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 4

Next

ތަޤްދީރު 17 ވަނަ ބައި

Next
January 26, 2024

ތަޤްދީރު 17 ވަނަ ބައި

Previews
January 23, 2024

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 4



All Right Reserved!