Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން… 1

✨ IFAA ✨
✨ IFAA ✨ Level 110 Stories
January 16, 2024 5 Mins Read
4 Comments

ފަތިހުގެ ހަމަހިމޭން ވަގުތެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް އީނާލް ހުރީ ރަށުގެ އައުޓް ޑޯ ޖިމުގައި ޔޫން އާއި އެކު ދުވެ ނިމުމަށް ފަހު ކަސްރަތު ކުރަން ށެވެ. ކަސްރަތު ކޮށް ނިމުނު އިރު ރަށުތެރެއަށް އިރުގެ ރަން ދޯދިތައް ފެތުރެމުން ދިޔައެވެ ލަހެއް ފަހެއް ނުކޮށް ދެ ކުދިން ހިނގައިގަތީ ގެއާއި ދިމާލަށް ދިއުމަށް ށެވެ.

 

 

ދެ ކުދިން އެކަކު އަނެކަކަށް އަލްވަދާޢު ކިޔުމަށް ފަހު އީނާލް ގޭތެރެއަށް ވަނެވެ. އެ ގޭތެރެއަށް ވަތް އިރު ފެންނަމުން ދިޔައީ ބަގީޗާ ގަސްތަކުން ފުރިގެން ވާ ރީތި މާ ބަގީޗާ އެކެވެ. އެއްފަޅީގައި ބޯގަންވިލާ ގަސް ވާއިރު ގޭގެ މައި ދޮރާށި ކައިރީގައި އެކިއެކި ކުލަ ކުލައިގެ ފިނިފެންމާ ގަސްތައް ވެއެވެ. ގޭގެ ފާރު މައްޗަށް ޖެނުއަރީ މާ ގަސްވެއޮ އަރުވާފައި ވާ އިރު އެ މާހައުލް ވަނީ މީރު ވަސް ތަކުން ފުރިފައެވެ. ގޭތެރެއަށް ވަނުމުގެ ކުރިން ބޫޓު ބައިލާފައި އަރައިގެން ހުރި އިސްޓާކީން ވެސް ބޭލިއެވެ. އަދި އިސްޓާކީން ބޫޓު ތެރެއަށް ލުމަށްފަހު ހަރު ތެރެއަށް ބޫޓު ލާފައި މަޑުމަޑުން އީނާލް ހިނގައިގަތީ އޭނާގެ ކޮޓަރި އާއި ދިމާލަށް ށެވެ. ނަމަވެސް މިކަން އީނާލް އަށް ކާމިޔާބު ނުވީ ސޯފާ މަތީގައި އޮތް އޭނާގެ ދޮންބެ އީވާން އަޑު ނެތް ތަނަށް “އީނާ!!!!” މިހެން ކިޔައި ގޮވައިލުމުން އެވެ. “އޯއި ދޮންބެ ގަނޑާ!!!” އީނާލް ވެސް ހަމަ އެހާމެ ބާރަށް އީވާން އަށް ގޮވައިލިއެވެ. “ދަރިފުޅާ ތި އައީ ދޯ…. އަވަހަށް ދަރިފުޅުދޭ ފެންވަރައި ތާޒާ ވެލައިގެން އަންނަން މަންމަ ބަހައްޓާނަން ސައި ތައްޔާރު ކޮށްފަ” އީނާލްގެ މަންމަ އަލްވާ ބަދިގެއިން ނިކުންނަން ބުނެލިއެވެ. އަދި އެންމެ ރަނގަޅޭ ބުނެފައި އީނާލް އީވާން އާއި ދިމާލަށް ދޫ ދިއްކޮށްލާފައި އޭނާގެ ކޮޓަރި އަށް ދިޔައެވެ.

 

 

” ތީ އޭ މަންމަ މައްސަލަ އަކީ މަ ތަނަކަށް ގޮއްސިޔާ މަންމަ ރުޅި އަންނާނެ އެކަމަކު އީނާ ގޮއްސިޔާ އެ އޯކޭ… މަންމާ ތަފާތު ކުރިއަސް ތީވާ ބޮޑުވަރު” އީވާން

ޝަކުވާ ކުރަން ފެށިއެވެ. “ހްމްމް ޝަކުވާ ނުކޮށް އާދޭ ސައިބޯން” އަލްވާ މިހެން ބުނުމަށް ފަހު ބަދިގެއަށް ވަނެވެ. އީވާން ކުނި މޫނު ހަދާލާފައި އޭނާގެ ކޮޓަރި އަށް ދިޔައެވެ.

 

 

***********

 

 

މާލޭގެ ކާރު ބާރު މަގަށް ނަޒަރު ހުއްޓާލައިގެން އިން ޒުވާނާ އަތުގައި ވަނީ ކޮފީ ތައްޓެކެވެ. ބެލްކަނިގެ ރެއިލަން މަތީގައި އަތް އަޅައި ލައިގެން ހުރި އެ 20 އަހަރުގެ ޒުވާނާގެ ތުންފަތުގައި ވަނީ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ހިނިތުން ވުމެކެވެ. ކަސްރަތީ ހަށިގަނޑެއް ވާއިރު އޭނަގެ ބަނޑު ކައިރިން ސްކްސް ޕެކް އަރާފައި ވެއެވެ.

 

 

“އައުލް ؟ ދަރިފުޅާ ހާދަ ހެވިލާފަ؟” އައުލްގެ މަންމަ އަމާނީ އައުލް ގާތައް ދަމުން ބުނެލިއެވެ. “ހާދަ ހިތް ގައިމޭ މި ވަގުތު މަގު މައްޗަށް ބަލައިގެން ހުންނަން” އައުލް އުޑު މައްޗައް ބަލަމުން ބުނެލިއެވެ. “ދަރިފުޅާ ؟ ދަރިފުޅު ދާން ވީނު ރަށަށް މިހާރު ތި ހުރީ ކިޔަވާ ނިމިފަ މަންމަ ބޭނުން ދަރިފުޅު އުފަންވެ އުމުރުން 2 އަހަރު ވާދެކަށް އުޅުން ރަށް ދައްކާލަން އެކަމަކު މަންމަ އަކަށް ނެތް ދެވޭނެ ގޮތެއް… އެއެހެންވެ ދޮންބެ އާއެކު ދާން ވީނު” އަމާނީ މިހެން ބުނުމުން އައުލް ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލި އެވެ.” ދޮންބެ އާއެކު ގޮސް ދާނަން އެކަމަކު އަހަރުން ތިބޭނީ ކޮންތާކުގަ؟” އައުލް ބުނެލިއެވެ. ” އާލް ތިކަމާ ހާސް ނުވޭ ދޮންބެގެ ވަރަށް ގާތް ރަޙުމަތްތެރި އެއް ހުންނާނެ އެގޭގަ ތިބޭނެ ގޮތެއް ހަމަ ޖައްސާފާނަން” އައުލްގެ ދޮންބެ އައިޝަމް ބުނެލިއެވެ. އައުލް އޭނާގެ މޫނަށް ގޮތެއް ހަދާ ލަމުން އެންމެ ރަނގަޅު ކަމަށް ބުނެ ފައި ދިޔައެވެ. އަމާނީ ދިއުމުން އައިޝަމް އޭނާގެ ފޯނު ނަގައި ނަންބަރަކަށް ޑައިލް ކޮށްލިއެވެ.

 

 

*****

 

ރުޅިއައިސްގެން ކޮޓަރިއަށް ވަތް އީވާން ދިޔަގޮތައް އެނދުމަތީގައި އޮށޯވެލި އެވެ. “އީނާލް ދެކެ މަންމަ އެ ވަނީ އަމަށަކު ލޯތްބެއް ނޫން… ރަން ދަރި ހަދައިގެން އުޅޭތީ މާ މަތީގަ އޭނަ އެ ހުރީ ހުވާ މި ބުނީ ލާނާ ހުރި ނަމަ މަންމަ މައިތިރި ވީސް” އީނާލް އާއި އަލްވާ އަށް ކުދި ކިޔަމުން ދިޔަ އީވާން ސިހުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުން އެވެ. ކާކު ކަމެއް ބަލައި ނުލާ ފޯނު ނެގި ގޮތައް ހަރުކަށި ރާގަކަށް” ހަލޯ” އޭ ބުނެލިއެވެ.

 

” ހާދަ ރުޅި އައިސްފަ؟ މަ ގުޅީމަ ކަމު ނުދިޔައީ ތާ؟” އެކޮޅުން ބުނެލިއެވެ.

 

” އައިޝަމް ؟ ސޮރީ ބްރޯ މަ ބަލާވެސް ނުލާ ފޯނު ނެގި ގޮތައް ވާހަކަ ދެއްކީ… ” އީވާން ވެގެން އުޅުން ގޮތް ކިޔައިދިނެވެ.

 

“އެންމެ ރަނގަޅޭ… މަ މި އުޅެނީ ތި ރަށަށް ޖައްސާލަން މަ ރެންޓު ކުރާ ރޫމް ކޮބަ؟” އައިޝަމް އަހައިލިއެވެ.

 

” އެބަ ހުރި… މަންމަ ގާތު ބުނަން ވީ ދޯ ސާފު ކޮށްލާށޭ” އީވާން ބުނެލިއެވެ.

 

” 2 ކޮޓަރި ރެޑީ ކުރައްޗެ… މަމަ ކޮއްކޮ އައުލް ވެސް ދާނެ މަންމަގެ އެދުމަށް ޓަކާ” އައިޝަމް ބުނެލިއެވެ.

 

” އެންމެ ރަނގަޅޭ… މަންމަންމަ ގާތު ބުނެލާނަން” އީވާން މިހެން ބުނުމަށް ފަހު ފޯނު ކަނޑާލިއެވެ. އަދި އެނދުން ފުންމައިގެން ތެދުވެ އުފަލުން ގޮސް ކާގެއަށް ވަނެވެ. އެއިރު އީނާލް ހުރީ ސައި ބޯން ށެވެ. ” މަންމާ ” ނިކަން ލޯބިން އީވާން އަލްވާ އަށް ގޮވައިލިއެވެ. “ކޮން ހުވަފެނެއް ފެނުނީ؟ ކޮން ބޭނުމެއް އޮތީ؟ ކޯޗެއް ބޭނުން ވީ؟ ނޫނީ ބިޓު މަންޖެ އިންނަން އެއްބަސްވީތަ؟” އަލްވާގެ ބަދަލު ވާހަކަ ދެއްކީ އީނާލް އެވެ. “މަށަކަށް އަނެހެން މާ ހާއްސަ ހުވަފެނެއް ނުފެނޭ….. ވަން ފޭވާ ޓު އާސްކް….. އެކައްޗެއް ވެސް ބޭނުމެއް ނޫން….. މާޔާ އިންނަން އަންނާނެ މި ކޮޅަށް ސޯ ޑޯންޓް ރަޝް އިޓް…. ހަލީމަތުލް އީނާލް މަ ވާހަކަ ދެއްކީ އަހަރެން މި ދުނިޔެ އަށް އުފަން ކޮށްދިން އަހަރެންގެ ލޯބިވާ މަންމަ އަށް… މަންޖެ ތީ އަދި މަށަށް ވުރެ 5 ގުނަ ކުޑަކުއްޖެއް އެހެން ވީމަ ބޮޑު ކުދިން ވާހަކަ ދައްކާއިރު އެތަނައް އަނގަ ނުލާ އޯކޭ” އީވާން ޒުވާބެއް ފަށަން ފުރަތަމަ ބަސް ޖެހިއެވެ. ” އޯ ހެލޯ މިސްޓަރ ލަވަރ ބޯއި… ތިމާ މީހާ މާ ވިސްނޭކަން ނުދައްކައްޗެ އެންމެ ދެރަ ވެގެން ކިޔެވީކީ ނޫން އަންހެނުން ފަހަތުން ދުވީ… ނޭންގެ މާދަން ވެސް ދޮންތިއާ މާޔައްތަ އައިސް ދާނެ ދޮންބެ ދާނެ ގަރާޖު ގައި ހުރި ބާ ސައިކަލު ގަނޑު ހިފައިގެން މާޔައްތަ ގޮވައިގެން ރަށުތެރޭގަ ކާޅު ވިއްސެން ސޯ ޑޯންޓް ޖަޖް މީ… ތިމާގެ ފެންވަރުން އުޅެން ވާނީ” އީނާލް ވެސް ތަންފުކެއްގެ މިންވަރު ވެސް ދުލެއް ނުކުރިއެވެ. ” މަންމާ ބަލާބަލަ މިހިރަ ހަލީމަތުލް އީނާލް ކިޔާ އެއްޗިސް އަދި މަންމަ އަށް އިންގޭތަ އެއްކަލަ އައިޝަމްއާ އޭނާގެ ކޮއްކޮ އައުލް އެބަ އާދޭ އަމާނީ ދައްތަގެ އެދުމުން ” އީވާން އުފަލުން ބުނެލިއެވެ.

 

 

” އެހެންތަ؟ މަންމަ ބަހައްޓާނަން ދެ ކޮޓަރި ތައްޔާރު ކޮށްފައި… އީނާ ވެސް ހިންގާ މަންމަ އަށް އެހީވެދެން” އަލްވާ އީނާލް ގާތުގައި އަހައިލިއެވެ.” އެންމެ ރަނގަޅު މަންމާ… މަންމާ އޯކެތަ ޔޫން އަޔަސް އަޅުގަނޑާ ޔޫން އެއް ކޮޓަރި ސާފު ކުރާނަން” އީނާލް އެދުނެވެ. “ލައްބަ މަންމަ އަކަށް މައްސަލަ އެއް ނެތް” އަލްވާ ހިނިތުންވެލާފައި ބުނެލިއެވެ. ކާ ނިންމާފައި ތަށި ދޮވެ ފައި އީނާލް ދިޔައީ ފޯނު ހިފައިގެން ސިޓިން ރޫމް އަށެވެ. އަދި ފޯނު ހުޅުވައި ޔޫން އަށް ގުޅުމަށް އޭނާގެ ނަންބަރަށް ޑައިލް ކޮށްލިއެވެ.

 

 

*******

 

ހެނދުނުގެ ނާސްތާ ކައި ނިންމާފައި ޔޫން ގޮސް އޭނާގެ ކޮޓަރި އަށް ވަދެ ކުއީން ސައިޒް ބޭޑް ގައި އޮށޯއްވެލި އެވެ. އަދި ކައިރީގައި ހުރި ސްއިޑް ކަބަޑް މަތީގައި ޗާޖެއް ޖަހާފައި އޮތް ފޯނު ނަގާ ފޭސްބުކް ބަލައިލަން ހުޅުވާލިއެވެ. މިހެން އޮއްވާ ކުއްލިއަކަށް ފޯނެއް އައުމުން އެއީ ކާކުތޯ ބަލައިލި އިރު ‘ބެސްޓީ’ މި ނަމުގައި ސޭވް ކުރެވިފައި ވާ ނަންބަރެއް ވުމުން ހިނިތުން ވެލާފައި ފޯނު ނަގައި ވާހަކަ ދައްކަން ފެށި އެވެ.

 

“ޔޫން އަހަރެންގެ ގެއަށް އާދެވިދާނެތަ ހެންގް އައުޓް ކޮށްލަން އޯލްސޯ ޔުޒުކްބެ ގޮވައިގެން އަންނައްޗެ މި ދޮންބެ މަ ކުރާ ކަންތަކާ ދުރުގައި ބަހައްޓަން” އެކޮޅުން ވާހަކަ ދެއްކި އީނާލް ބުނެލިއެވެ.

 

“އޯކޭ މި އުޅެނީ ވެސް ފޫހި ވެގެން އައިމް އޮން މައި ވޭ” ޔޫން މިހެން ބުނެ ފޯނު ކަނޑާލިއެވެ. އަދި އެނދުން ތެދުވެ ޔުޒުކްގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އެ ކޮޓަރީ ދޮރުގައި ޓަކި ޖަހަމުން ޔޫން އެތެރެއަށް ވަދެ ލިއެވެ. ކޮޓަރީސޯފާ ގައި ވާހަކަ ފޮތެއް ހިފައިގެން ކިޔަން އިން ޔުޒުކް ފެނިފައި ޔޫން އޭނާ ގާތައް ދިޔައެވެ. “ދޮންބޭ ޔޫން ގޮވައިގެން އީނާ މެންގެއަށް ދެވިދާނެތަ ދޮންބެ ބޭނުމިއްޔާ އީވާންބެ ކައިރީ ފޮނި ވާހަކަތަކެއް ދައްކަން ހުރެވިދާނެ” ޔޫން ހިނިތުން ވެލަމުން ބުނެލިއެވެ. “އޯކޭ ހިންގާ ދަމާ” ވަގުތުން ޔުޒުކް އެއްބަސް ވިއެވެ.

 

 

*****

 

ޔޫން ފޯނު ކަނޑައިލުމުން އީނާލް ވެސް ފޯނު ބާއްވާފައި ސޯފާ ގައި ޖައްސައިލި ތަނާހެން ގޭގެ ދޮރުގައި ބެލް އެޅި އެވެ.” ހަލީމަތުލް އީނާލް ދޭބަލަ ދޮރު ހުޅުވަން” ކާގެގައި ހުރެފަ ގޮވައިލިއެވެ. “ލަވާރ ބޯއި ކަލޯ ނުބުންޏަސް މަ ދާނަމޭ” އީނާލް މިހެން ބުނެފައި އަދި ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތިން ފެނުނު ސޫރައިން އީނާލް އުފަލުން އޭނާ ގައިގައި ބައްދާލިއެވެ. “ދޮންތާ އައި މިސްޑް ޔޫ ސޯ މަޗް… ކީކީއްވެ މިއަދު އަންނަ ވާހަކަ ނުބުނީ؟” އީނާލް އެލާނާ ގާތުގައި އަހައިލިއެވެ.” ސަޕްރައިޒް ” އެލާނާ ބުނެލިއެވެ. “ހަލީމަތުލް އީނާލް ކާކު…. ލާނާ ؟ ވެލްކަމް ބެކް އޯ އައި މިސްޑް ޔޫ” އީވާން މިހެން ބުނެފައި އެލާނާ ގައިގައި ބައްދާލިއެވެ.” ކޮބާ މާޔާ؟” އީވާން އެލާނާ ގައިން ދޫކޮށްލާފައި ބުނެލިއެވެ. ” ހްމްމް ބިޓު މަންޖެ މަތިން ހަނދާން ވީ ދޯ ؟ އަޅެ ދޮންބޭ އޭނަ އާ އިންނަން ވީނު ” އެލާނާ އީވާން އަށް ޖެއްސުމަށް ބުނެލިއެވެ.” ލާނާ ވެސް އީނާ ހެން އަހަންނާ ދިމާ ކުރަން ފެށީއޭ ދޯ ހުރެބަލަ ނިކަން ކުޅި ދައްކާލާނަން”އީވާން މިހެން ބުނެ އެލާނާ ފަހަތުން ދުއްވައިގަތެވެ. އެލާނާ ވެސް އަތު ނުވަން ވެގެން ކުރިއަށް ދުއްވާގަތެވެ.

 

 

ތަނެއް ދޮރެއް ނުބަލާ ދުވަމުން ދިޔަ އެލާނާ ގޮސް ޖެހުނީ އެތެރެއަށް ވަދެގެން އައި ޔުޒުކް ގެ ގައި ގައެވެ. ވިސްނާނުލާ ހުރި ޔުޒުކް އެލާނާ އޭނާގެ ގައިގައި ޖެހުމުން އެލާނާ އާއި އެކުގައި ވެއްޓުނެވެ. އެ ތަނަވަސް މޭމަތީގައި އެލާނާ އަށް އޮވެވުނީ ލޯ މަރާލާގެން އެވެ. އެ ހިތުގެ ވިންދުގެ އަޑު ދިޔައީ ބާރުވަމުން އެވެ. ޔުޒުކް ގެ ހާލަކި ތޯއެވެ. އެލާނާގެ އުނަގަނޑުގައި އަތް ވަށައިލައިފައި ވާއިރު އެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.

 

 

ކުއްލިއަކަށް ލޯ ހުޅުވާ ލައި ތެދުވަން އުޅުން ވަގުތު ޔުޒުކްގެ މަޑު މުށި ކުލައިގެ ކަޅި ތެރެއަށް އެލާނާ ގެނބިގެން ދިޔައެވެ. ޔުޒުކްގެ ވެސް އެލާނާގެ އެސްތެޓިކް ނޫ ކުލައިގެ ކަޅިއަށް ގެނބުނެވެ. “ލާނާ؟” ޔުޒުކް އަށް މަޑުމަޑުން ބުނެވުނެވެ. “ޒެކް؟” އެލާނާ އަށް ވެސް ބުނެވުނެވެ.

 

 

ނުނިމޭ……

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

މަންމައާއި އެކުގައިވަމެވެ.

Next

ތަޤްދީރު 16 ވަނަ ބައި

Next
January 16, 2024

ތަޤްދީރު 16 ވަނަ ބައި

Previews
January 14, 2024

މަންމައާއި އެކުގައިވަމެވެ.

4 Comments!

  1. vempire girl says:
    January 16, 2024 at 1:49 pm

    Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun???

    1. ✨ IFAA ✨ ✨ IFAA ✨ says:
      January 16, 2024 at 1:51 pm

      Insha’Allah very soon 😊

  2. imko 💕💕 says:
    January 16, 2024 at 8:12 pm

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney

  3. ifoo says:
    January 20, 2024 at 1:35 am

    vv reethi mi part vs maasha allah..when next part kiyaalan libeynee..next part v avahah kiyaalan beynun

Comments are closed.

Next Episodeހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން…2←


All Right Reserved!