Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ތޭރަވަނަ ބައި)

Starlight
Starlight Level 1
December 18, 2023 5 Mins Read
2 Comments

“އައި ނޯ ދިސް ހެލްޕްސް ޔޫ އަ ލޮޓް ވިތް ޔުއަރ މޫޑް ދީސް ޑޭޒް! ސޯ އައި ބޯޓް ސަމް ފޯރ ޔޫ!” އަލްޔާން އެހެން ބުނެލުމާއިއެކީ އިޝްރާ ކޮތަޅު ތެރެ ބަލާލިއެވެ. އޭގައި ހުރީ އޭނާއަށް އެންމެ ކަމުދާ ސްޓްރޯބެރީ އައިސްކްރީމް ތައްޓެއްގެ އިތުރުން 3 ވައިޓް އަދި 2 މިލްކް ޗޮކްލެޓެވެ.

 

“ޔޫ ނިއު އިޓް؟” ކޮތަޅުތެރޭގައި ހުރި އެއްޗެހި ފެނިފައި އިޝްރާ އަހާލިއެވެ. އެހެނީ، އޭނާއަށް އެ އެއްޗެހީ އެންމެ ބޭނުންވާނީ ކޮންމެ މަހަކުވެސް އެންމެ ދުވަސްވަރަކުއެވެ.

 

“މަންމަ ބުނި ގޮތުން އިޓް ވޯޒް ޕްރިޓީ އޮބްވިއަސް ފޯ މީ! ސޯ އައި ތޯޓް އޮފް ބައިންގް ސަމް ފޯރ ޔޫ!” އެހުރިގޮތަށް ހުރެ އަލްޔާން ބުނެލިއެވެ.

 

“ތޭންކްސް އެނީވޭ! ދެން އާން ކޮށްދޭންވީ ކަމަކީ ގިޓާ ސްޓޭންޑްތައް ވީހާވެސް ފާރާއި ކައިރިއަށް ޖައްސާލަންވީ. އޭރަށް މިތާ ތަންކޮޅެއް ސްޕޭސް ބޮޑުވާނެ. އިޝް މިދަނީ ލޫންމެން އައި ތޯ ބަލާލަން!” އަލްޔާންއަށް ކުރަންވީ ކަންތައް ކިޔައިދީފައި އިޝްރާ ތިރިއަށް ފައިބައިގެން ދިޔައެވެ. އެއަށްފަހު އެންމެ ފުރަތަމަ ބަދިގެއަށް ވަދެ އަލްޔާން ދިން އެއްޗެހި އައިސް އަލަމާރިއަށް ލުމަށްފަހު ބޭރު ދޮރާއި ދިމާލަށް ހިނގައިގަތެވެ.

 

ގޭގެ މައިދޮރޯށި ހުޅުވާލި ވަގުތު ކުރިމަތީގައި ތިބި ލުބްނާއާއި ލިބާން ފެނިފައި އިޝްރާއަށް ލިބުނު ކުއްލި ސިހުމަކުން ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ތިރިއަށް ފައިބަން އައި އަލްޔާންއަށާއި ތަށިތައް ދޮވެލަން ހުރި އިޝްޔާއަށް ބޭރަށް ދުއްވައިގަނެވުނީ އެއްފަހަރާއެވެ. ގޭ ދޮރުމައްޗަށް އެރުނުތަނާ ކަންފަތުގައި ދެއަތް އަޅާ ދެލޯ މަރައި ތަގުޅިކޮށްގެން އިޝްރާ ހުރިގޮތުން އެދެމީހުން އަވަހަށް އިޝްރާގެ ގާތަށް ދިޔައެވެ. އޭރުވެސް ލިބާންއައި ލުބްނާ ވީގޮތް އޮޅުންފިލުވޭތޯ އިޝްރާ ކުރެން ތަފާތު ސުވާލުތައް ކުރަމުންދިޔައެވެ. އެވަގުތު އިޝްޔާގެ ލަފާގެ މަތިން އަލްޔާންއާއި ލިބާން އިޝްރާ ގެނެސް ސޯފާގައި ބައިންދާލިއެވެ. އެވަގުތު އިޝްޔާ ނުހަނު ލޯބިން އިޝްރާގެ އަތުގައި ހިފަހައްޓާލުމަށްފަހު ވީގޮތް ކިޔައިދިނުމަށް އެދުނެވެ. ދޮންތަގެ ލޯބި އިހުސާސްވެ އިޝްރާ ހަމައަކަށް އެޅިލުމުން އެންމެ ފުރަތަމަވެސް ލުބްނާއާއި ލިބާންއާއި ދިމާލަށް ކުދިކިޔާލިއެވެ.

 

“ތިހިރީއޭ ތި މީހުން ކުރަ ކަންތައް! މަ ކިރިޔާއޭ ބިރުންގޮސް ހިތް ނުހުއްޓުނީ! ހުވާ މި ބުނީ މި މީހުންގެ ކަންތަކާއިހެދިވެސް މަ ބޯގޮވާނެ!” އެތާތިބި އެކަކަށްވެެސް ބަލައިލުމެއްނެތިި އިޝްރާ ބުނެލިގޮތުން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހިނިގަނޑު މައިތިރިކޮށްލަމުން ލުބްނާ ވާހަކަދައްކަންފެށީ ކަންވީގޮތް އެނގި އިޝްރާއަށް ކުއްލިއަކަށް އެހެން ވީ ސަބަބު އެނގުމުންނެވެ.

 

“އަހަރުން ކުއްލިއަކަށް ފެނުނަސް އިޝްއަށް ތިހެން ވީމައި ހިނިނައިހެއް ނުހުރެވޭނެދޯ! އާނ އަހަރުން މީ ޖިންނީންނަމަ ތިހެން ވާން ރަނގަޅު!” ހިިނިއައިސްފައި ހުރެ ލުބްނާ އެހެން ބުނެ ނިންމާލިއިރުވެސް އަލްޔާންއާއި ލިބާން ހަމަ ހެނީއެވެ. އޭރު އިޝްޔާވެސް ހިނިތުންވެލައިގެން ހުރީ ލުބްނާ ބުނި ވާހަކައަށް އެއްބަސްވަމޭ ބުނާ ފަދަ ގޮތަކަށެވެ.

 

“ދެން ހެވޭ ތިވަރަށް ނުހެވުނަސް! ހިނގާ މައްޗަށް! އާން ދޭބަލަ ފްރިޖުން ވަރަށް ފިނި ދެ ފެންފުޅި ހިފައިގެން އަންނަން!” އަލްޔާންގެ ގާތުގައި ބުނެފައި ލުބްނާމެން ގޮވައިގެން އިޝްރާ މިސްރާބު ޖެހީ މައްޗަށް ދިއުމަށެވެ.

 

ފެންފުޅިތައް ހިފައިގެން އަލްޔާން އައި އިރު ތިން މީހުން އެތަނުގައި ހުރި މޭޒު ކައިރީގައި ހުއްޓި ހުރިތަން ފެނުމުން، ފެންފުޅިތައް ބަހައްޓާފައި އައިސް އެމީހުން ކުރަނީ ކީއްތޯ ބަލަން އަލްޔާންވެސް މޭޒާއި ކައިރިވެލިއެވެ. އެއާއިއެކުއޭނާގެ ދެލޯ ބޮޑުވެގެންދިޔައީ އޭނާގެ ‘ސޯލް ޑިޒަޔަރޒް’ ފޮތް އެތަނުން ފެނުމުންނެވެ. ހަމައެކަނި އެތަނުން ފެނުނީކީ ނޫނެވެ. އޭނާ އެންމެ ކަންބޮޑުވީ އިޝްރާމެނަށް އޭގައި ހުރި އެއްޗެހި ފެނުމުންނެވެ. ލިބުނު ސިހުމާއިއެކު ކުއްލިއަކަށް އޭނާއަށް މޭޒުމަތީގައި ބާއްވާލާފައި އޮތް ފޮތް ނެގުނެވެ.

 

އިޝްރާއާއި ލުބްނާ އަދި ލިބާންވެސް ސިއްސައިގެން ދިޔައީ ކުއްލިއަކަށް ފަހަތުން މީހަކު އައިސް އެމީހުން ބަލަން ތިބި ފޮތް ނެގުމުންނެވެ. ސިހިފައި ކުއްލިއަކަށް ފަހަތަށް އެނބުރިލެވުނުއިރު ފޮތް ހިފައިގެން އަލްޔާން ހުރިތަން ފެނިފައި އެމީހުނަށް ހަމަޖެހުމެއް ލިބުނެވެ.

 

“އެހެންވީމައި ތިއީ އާންގެ ފޮތެއް ދޯ!” ހެވިފައި ހުރެ އިޝްރާ ބުނެލިއެވެ.

 

“އާނ، މިއީ އާންގެ. ކީއްކުރީ މިއަށް؟ އެއްވެސް އެއްޗެއްގެ ފޮޓޯއެއް އެއްޗެއް ނެގިންތަ؟” ހާސްވެފައި ހުރެ އަލްޔާން އަހާލިއެވެ.

 

“ހަމަޖެހިބަލަ މޭން! ފޮޓޯއެއް ނެގޭނީ ފުރަތަމަ ބަލައިލެވިގެން ދޯ! ބަލަން ފެށިތަނާ ތި އައީ! އެކަމަކު އައި މަސްޓް ސޭ، އީވެން ދޯ އައި ޑޯންޓް ނޯ ޔުއަރ ސިންގިންގް ސްކިލް ލެވެލް، އައި ކޭން ސޭ ދެޓް ޔޫ އާރ އަ ޕްރިޓީ ގުޑް ކޮމްޕޯޒަރ. އެންމެ ފުރަތަމަ ދެ ލަވަ ވަރަށް ރީތިކޮށް ބަލައިލެވުނު. އިޓް ވޯޒް އޯވަރ ދަ ހުކް!” އަލްޔާންގެ އަމިއްލަ ލަވައަށް ތަޢުރީފްކޮށްލަމުން ލިބާން ބުނެލިއެވެ.

 

“ތިހެން ބުނީމައި ޚިޔާލެއް ލިބިއްޖެ! އާން އެ ލަވަ ކިޔަންވީނު ސޯލޯއެއް ގޮތަށް؟” ވިސްނާލަން ހުރެފައި އިޝްރާ ދިނީ މޮޅު ޚިޔާލެކެވެ.

 

“ނޯ ވޭ! އާން ބޭނުމީ މި ލަވައިގެ އޮރިޖިނަލް ކޮޕީރައިޓެއް އެންމެ ފުރަތަމަވެސް. އެކަމަކު މިފަހަރު މި ލަވަ ކިޔާތަނުން މީހަކު ރިކޯޑްކޮށް ނޫނީ އެކަހަލަ ކަމެއް ކޮށްފިއްޔާ އެކަމެއް ނުވާނެ.” އަލްޔާން ހާމަކޮށްލީ ޙަޤީޤަތެވެ.

 

“އޯކޭ! ދެން އެހެންވެއްޖިއްޔާ ހިނގާ ޕްރެކްޓިސް ފަށަން!” ކޮންޓްރޯލް ސިސްޓަމާއި ދިމާލަށް އެނބުރިލަމުން އިޝްރާ ބުނެލިއެވެ. އެއާއިއެކު ލިބާން އާއި އަލްޔާން ގޮސް ގިޓާ ނަގައިގެން އައިސް ހަމަޖެހިލިއެވެ. އެއަށްފަހު މަޝްވަރާކުރެވިގެންދިޔައީ ޝޯގައި ކިޔާނެ ލަވަކޮޅަކާއި މެދުގައެވެ. އެގޮތުން 4 މީހުން އެކީ ކިޔާނެ ލަވައާއި ވަކިވަކި ގްރޫޕްތަކުގައި ކިޔާނެ ލަވަތަކުގެ އިތުރުން ސޯލޯ ލަވަތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. ހުރިހާ މަޝްވަރާތަކެއް ކޮށް ނިމުނުއިރު 4:30 ވެ ބޮޑުވެފައިވުމުން ލިބާން ލަފާދިނީ އެދުވަހު ފަރިތަކުރަން ފަށަން ނަހަދާ، އަނެއްދުވަހުން ފެށުމަށެވެ. ބަދަލުގައި މަޝްވަރާކުރެވުނު ފަދައިން ވަކިވަކިން ކިޔާ ލަވަތައް ފަހަރަކު މީހަކު ކިޔުމަށްފަހު އޭގައި ރަނގަޅުކުރަން ހުރި ބައިތައް ފާހަގަކުރުމަށެވެ. އޭގެ އިތުރަށް ގްރޫޕްކޮށް ކިޔަންޖެހޭ ލަވަތަކާއި ވަކިވަކިން ކިޔާ ލަވަތައްވެސް އެކީ ހިތުން ދަސްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.

 

ލިބާންގެ އެ ޚިޔާލަށް އެންމެންވެސް ތާޢީދުކުރުމާއި ގުޅިގެން އެދުވަހުގެ ބާކީ އޮތް ބައިގައި ދެން ކުރިއަށް ދިޔައީ އެމަސައްކަތެވެ. އެންމެ ފުރަތަމަ ކަމަކަށް އިޝްރާ ލެޕްޓޮޕުން ޔޫޓިއުބް މެދުވެރިކޮށް އެންމެން ކިޔަން ނިންމި ކޮންމެ ލަވައެއްގެ ‘އިންސްޓްރުމެންޓަލް’ ހޯދުމުން ފަހަރަކު މީހަކު ލަވަތައް ހުށަހަޅަމުން ދިޔައިރު ލިބާން އެއިން ކޮންމެ ލަވައެއްގައި އިތުރަށް ފުރިހަމަކުރަންޖެހޭ ދިމަދިމާ ފާހަގަކުރަމުން ދިޔައެވެ. އަދި ދެންތިބި މީހުންވެސް އެމީހަކަށް އިތުރަށް ރަނގަޅުކުރަން ޖެހޭކަމަށް ފެންނަ ދިމަދިމާ ފާހަގަކުރަމުން ދިޔައެވެ.

 

ކޮންމެ މީހަކު ކިޔަންޖެހޭ ހުރިހާ ލަވައެއް ކިޔައި ނިމުމުން ލިބާންއާއި ދެންތިބި މީހުން، އެމީހަކަށް ފާހަގަކުރެވުނު ކަންތައް ބުނެދިނެވެ. އަދި އެއަށްފަހު ލިބާންގެ އިރުޝާދުގެ ދަށުން އިޝްރާ ކޮންމެ މީހެއްގެ ފޯނަށް ވަކިވަކިން އެމީހަކު ކިޔަންޖެހޭ ލަވައެއްގެ ‘އިންސްޓްރުމެންޓަލް ކްލިޕް’ ފޮނުވައިދިނުމުން އެކިމީހުން އެކި ދިމަދިމާލުގައި ތިބެގެން ހެޑްސެޓް ޖަހައިގެން ލަވަތައް ދަސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ރަނގަޅު ކުރަން ހުރި ދިމަދިމާލަށް ވިސްނަމުންނެވެ.

 

ލަވައިގެ ދުނިޔެއަށް ގެއްލިފައި ތިބި ޒުވާނުންނަށް ކުއްލި ހޭވެރިކަމެއް ވީ ކޮންމެވެސް މީހަކު އައިސް އަތުގައި ހުރި ބާރަކަށް އަތްތިލަބަޑި ޖަހާލި އަޑު އިވިފައެވެ. ލިބުނު ސިހުމާއިއެކީ ކުއްލިއަކަށް ކަންފަތަށް ޖަހައިގެން އިން ހެޑްސެޓް ކުއްލިއަކަށް ދަމައިގަންނަމުން އެންމެންވެސް ކުއްލިއަކަށް ބަލާލިއިރު ކުރިމަތީގައި ހުރީ އިޒާންއެވެ.

 

“ދޮންތަބޭ! ތިހިރީ ކުރާ ކަންތައް! ކިރިޔައޭ މޭގަނޑު އަތަށް ނައީ!” މެއާއި ދިމާލުން އަތް އަޅައިގެން އިނދެ އިޝްރާ ބުނެލިއެވެ.

 

“އަތަކަށް ނާދެއެއްނު އަދި! އެހެންވީމައި ރަނގަޅުވާނެ. ދޮންތަބެ އައި އިރު އެކި މީހުން އެކި ދިމާލަށް ބިއްޖެހިފައި ހެޑްސެޓް އަޅައިގެން ތިބީމައި އެންމެންގެ ސަމާލުކަން ހޯދަން މިއަށްވުރެ ރަނގަޅު ގޮތެއް ދޮންތަބެއަކަށް ނުވިސްނުނު. އަނެއްކާ ދޮންތަބެ މިތަނަށް ވަތްފަހުން ކޮން އިރެއް! އެކަކަށްވެސް ދޮންތަބެ އައިކަންވެސް ރެއަކާއި ނުލީމައި ދެން މިހެން ހަދަން ދޯ ޖެހޭނީ؟” އިޝްރާގެ ސުވާލަށް ޖަވާބުދިނުމަށްފަހު އިޒާން ބުނެލިއެވެ.

 

“އެންމެ ރަނގަޅު. ކިހިނެއްވީ؟” މިފަހަރު އިޒާންއާއި ވާހަކަދެއްކީ އަލްޔާންއެވެ.

 

“މިހާހިސާބުން މިއަދަށް ޕްރެކްޓިސް ނިމުނީ! ބަންގިގޮވަން 5 މިނެޓަށް ވެއްޖެ! އަންހެން ކުދިން ވުޟޫކޮށްގެން މަންމައާއިއެކު ނަމާދަށް އަރަން ދާންވީ! އާންއާއި ބާން ވުޟޫކޮށްގެން ޒާންބެއާއިއެކު މިސްކިތަށް ދާން ހިނގާ!” އިޒާން އެހެން ބުނެލުމާއިއެކީ އެންމެން އެކީ ތިރިއަށް ފައިބަން ހިނގައިގަތެެވެ.

 

ބަންގީގެ މަތިވެރި ކަލިމަތަކުގެ  އަޑާއެކު އެންމެން އަވަސްވެގަތީ ނަމާދާށް އެރުމަށެވެ. ތިން ފިރިހެނުން މިސްކިތާއި ދިމާލަށް މިސްރާބު ޖެހިއިރު އަންހެންވެރިން އެއްވީ އަލީޒާގެ ކޮޓަރިއަށެވެ. ހުރިހާ ނަމާދެއްވެސް އޭގެ ވަގުތަށް ޖަމާޢަތުގައި ކުރުމަކީ އެގޭ އެންމެންގެ ކަށީގައިވެސް ހިފައިފައިވާ ވަރަށްް މަތިވެރި އާދާއެކެވެ. މަޣްރިބް ނަމާދާއި އެކީ ޢިޝާ ނަމާދުވެސް ކޮށްގެން ނަމާދުން ފައިބާ އަވަދިވެގެން އަންހެންވެރިން ނުކުތްއިރު ފިރިހެންވެރިން އައިސް ސޯފާގައި އިޒްޔާން ގޮވައިގެން އޮލަ ވާހާކައިގައި ތިއްބެވެ. އިޝްރާއާއި ލުބްނާ އެމީހުންނާއި ބައިވެރިވިއިރު އިޝްޔާއާއި އަލީޒާ ކާގެއަށް ވަނީ ރޭގަނޑުގެ ކެއުން ތައްޔާރުކުރުމަށެވެ. އެކަން ނިންމާ ދެންތިބި މީހުންނަށް ކާން ގޮވުމުން އެންމެން އެކުގައި ކާގެއާއި ދިމާލަށް މިސްރާބު ޖެހިއިރު ދުވި މީރު ވަހުންވެސް ބަނޑުފުރިދާހާވިއެވެ. އެއްފަހަރާ 8 މީހުނަށް އިށީނދެވޭ ދިގު މޭޒުގައި ކޮޅުން ކޮޅަށް އަތުރާލާފައިވާ ކާތަކެތި ފެނި ކޮންމެ މީހަކުވެސް އަވަހަަށް ގޮސް މޭޒު ކައިރީ ހަމަޖެހިލީ ރަނގަޅަށް ކާއެއްޗިއްސަށް އިންސާފުކުރުމުގެ ނިޔަތުގައެވެ. އެކި ވާހާކައިގައި ޖެހިގެން ދިޔައިރު ކެއުން ކުރިއަށް ދިޔަ ގޮތްވެސް އެއްބަޔަކަށް ނޭނގުނެވެ. ކައިނިމުމުން އަލްޔާންއާއި އިޝްރާ، އިޒާންއާއިއެކީ ބޭރަށް ނިކުތީ ލިބާންއާއި ލުބްނާ ގެއަށް ލާން ދިއުމަށެވެ.

 

ގެއަށް ދެވުމުން ކައިގެން ކަމަށް ބުނެ ލުބްނާ އިތުރަށް ސިޓިންރޫމުގައި މަޑުކުރަން ނުހަދާ މިސްރާބުޖެހީ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރިއަށް ދެވުމުން ފަރުވާކުޑަ ގޮތަކަށް ހުރިގޮތަށް އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ. އެހިނދު އޭނާގެ ބޯ ހާސްވީ އެންމެ ސުވާލަކުންނެވެ. އެވާހަކަތައް އަޑުއިވުމުން އޭނާގެ ހިތައް މިހާ އުނދަގޫވާ ސަބަބަކީ ކޮބައިހެއްޔެވެ؟ އެ ލަވަ ޙާއްސަކުރެވިފައިވާ ފަތްމިންޏަކީ ކާކު ހެއްޔެވެ؟

 

ހިތަށް ވީ އުނދަގޫތައް ބޮޑުވަމުން ދިއުމުން ލުބްނާ ލިބާންއަށް މެސެޖު ފޮނުވައިލީ މިއަދުގެ ވީޑިއޯ ފޮނުވައިދިނުމަށް އެދިއެވެ. އެހިނދު ވަގުތުން ކީއްކުރަންތޯ އަހައި ލިބާން ސުވާލުކުރިއެވެ. އެއާއެކު ކަމެއް ނުވާ ކަމަށާއި ހަމަ ކުއްލިއަކަށް ބަލައިލަން ބޭނުންވީ ކަމަށް ބުނުމުން ލިބާން ލަސްނުކޮށް އެ ވީޑިއޯ ފޮނުވައިލިއެވެ. އެއާއިއެކު އޭނާގެ ސުވާލުތަކަށް އެއްވެސް ކަހަލަ ޖަވާބެއް ލިބޭތޯ، ނޫނީ އެއްވެސް އިޝާރާތެއް ލިބޭތޯ ލުބްނާ ތަކުރާރުކޮށް އެތައް ފަހަރަކު އެ ވީޑިއޯ ބެލިއެވެ. އެހެނަސް އޭނާގެ ‘ކޮށި’ ސިކުނޑިއަކަށް އެއްވެސް އެއްޗެއް ދޭހަކުރެވޭ ގޮތެއް ނުވިއެވެ.

 

*******(ނުނިމޭ)*******

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Starlight
Follow Me Written By

Starlight

Level 1

Other Articles

Previous

މާޒީ 5

Next

ކަލާގެ ހިނިތުންވުން 9

Next
December 18, 2023

ކަލާގެ ހިނިތުންވުން 9

Previews
December 17, 2023

މާޒީ 5

2 Comments!

  1. Ifoo says:
    December 18, 2023 at 12:15 pm

    Aww 😍.. vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊

  2. imko says:
    December 19, 2023 at 7:53 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama
    Lysm
    Take care everyone 😘

Comments are closed.

Next Episodeރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ސާދަވަނަ ބައި)←


All Right Reserved!