Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އައިނާ (3) 9

Annna Level 510 Stories100 Comments100 Login
December 15, 2023 7 Mins Read
13 Comments

ނުވަވަނަބައި

“ހިޝާން.. އަހަރެން އެބަ އޮތް ވާހަކައެއް ބުނަން..” ހިޝާންގެ ގެ ދެއަތުގައި ހިފައި ބާރުކޮށްލަމުން އައިނާ ބުނެލީ ކުށްވެރިއެއް ފަދައިން އިސްޖަހާލަމުންނެވެ.

***

“ހިޝާން.. ނަ.. ނައުފް.. ނައުފްއަކީ ހިޝާންއަށް ހެޔޮއެދޭ ރައްޓިއްސެއްނޫން..” ހިންދިރުވާލަމުން އައިނާ ބުނެލިއެވެ.

އައިނާ ހީކުރިގޮތަށް ހިޝާންގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އައިނާ އެބުނި އެއްޗެއް ދޭހަ ނުވާކަން އެމޫނުމަތިން ފެންނަމުންދިޔަ އަސަރުތަކުން ހެކިދެއެވެ.

“އަނާ..” އޭގެފަހުން އައިނާ އެއްޗެކޭ ނުބުނުމުން ހިޝާން ގޮވާލިއެވެ. އެބުނި އެއްޗެއް ދޭހަނުވާތީވެ ހިޝާން އިނީ އޮޅުންބޮޅުން އަރާފައެވެ.

ލޮލުގެ ހިމަކޮޅުން ވެއްޓެން ދިޔަ ކަރުނަތިކި އައިނާ ފުހެލައި ނޭފަތް ދަމާލިއެވެ. އަދި ހިޝާން އާއި ވިފަރާތައް އެނބުރި އިސްއުފުލާލައި ހިޝާންގެ ގަދަމުށިކުލައިގެ ދެލޮލާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

އައިނާގެ ހަރަކާތްތަކުން ބުނަން އެއުޅޭ ވާހަކައިގެ ބޮޑުކަން ހިޝާންއަށް އަންދާޒާކޮށްލެވުނެވެ. ހިޝާންވެސް އައިނާ އާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އޭރުވެސް އައިނާގެ ލޮލުގައި ތާޒާ ކަރުނަތިކިތައް ވިދަމުން ދިޔަތަން ހިޝާންއަށް ފެނުނެވެ.

“ހިޝާން..” ކުރެހިފައިވާ އަޑަކުން އައިނާ ހިޝާންއަށް ގޮވާލިއެވެ.

“ހިޝާން.. ނައުފް.. ނައުފް ބުނީ…” ވާހަކަ ކުރިއަށް ގެންދަން އައިނާ އުނދަގޫވިއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި އައިނާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

ނައުފް އެރަށައް އައިންސުރެ އެހާތަނަށް އައިނާއަށް ކުރިހާ އުނދަގޫތަކާއި ގޯނާތަކެއްގެ ވާހަކަ ވަކިވަކިން ހިޝާންގެ ގާތުގައި އައިނާ ބުންޏެވެ. ނައުފް އައިނާކައިރީން އޭނާގެ ވާހަކަ އޮޅުން ފިލުވަން އުޅޭ ގޮތާއި އޭނާގެ ކައިރީގައި ބުނެފައިހުރި ހުރިހާ ބަސްތަކާއި ވާހަކަކެއް ހިޝާންގެ ގާތުބުންޏެވެ. ދަތުރުދިޔަ ދުވަހު ވީކަންތަކާއި ބާބެކިއު ހެދިރޭކަންތައް ވީގޮތާއި ހިސާބުން ފެށިގެން ބަދިގޭގައި ނައުފް ކަންތައްކުރި ގޮތާހަމައަށެވެ. އަކުރެއް ފިއްޔެއް ވައްޓާނުލައެވެ.

އައިނާގެ ވާހަކަ އަޑުއަހަން ހުރި ހިޝާން އިނީ އޭނާގެ ކަންފަތައް އިވޭ ވާހަކަ ގަބޫލުކުރަން ދަތިވެފައެވެ. އޭނާގެ އެހާ ގާތް ރަހުމަތްތެރިއަކު އެހާ ގޮތްކުޑަވާނެ ކަމަށް އޭނާއަށް ހީވެސްކުރެވޭނީ ކިހިނެތްހެއްޔެވެ. އައިނާގެ ވާހަކަ ވަކިހިސާބަކަށް ދިޔައިރު ހިޝާން ހުރީ އޭނާ އުމުރު ދުވަހު ރުޅި ނާންނަވަރަށް ރުޅިއައިސައެވެ. އޭނާގެ އަތް ވަނީ މުށްކެވިފައިވެއެވެ. ދަންކުނޑި ވިކާލައިގެން ހުރިއިރު ހިތްހަމަ ނުޖެހިފައި ހުރިލެއް ބޮޑުކަން އޭނާގެ ކަތުރުކަށިގަނޑު ހަރަކާތް ކުރާގޮތުން ހާމަވެއެވެ.

“އަހަރެންނަށް ވަރަށް ހީވޭ އެކަން ކުރީ ނައުފްކަން.. ޔަގީނެއްނޫން.. ހިޝާން.. އައިމް ސޮރީ.. ރިއަލީ ވެރީ ސޮރީ ކުރިން ހިޝާންގެ ގާތު މިވާހަކަ ނުބުނެވުނީމަ..” އައިނާ ހިޝާންގެ މުލައްދަނޑިގައި ހިފާ ކުޑަކޮށް ތަޅުވާލަމުން ބުނެލިއެވެ.

“ހިޝާން.. އެދުވަހު ބަދިގެ ތެރޭގައި ނައުފް ކަންތައް ކުރި ފަހުން އަހަރެން ހުރީ ހިޝާންކައިރީގައި އެވާހަކަ ބުނަން ނިންމައިގެން.. އެކަމު.. އެކަމު.. އޭގެފަހުން ބޭބީ ލިބެން އުޅޭކަން އެނގުނީމަ ހީކުރީ ނައުފްދެން އެކަން ހުއްޓާލާނޭ.. ހިޝާން އައިމް ސޮރީ..” ހިޝާންގެ އަތުން ދޫކޮށްލައިފައި އައިނާ އޭނާގެ މޫނުމަތީ އަތްއަޅާލީ ހިޝާން އާއި ކުރިމަތިލާން ނުކެރިގެންނެވެ. އޭރު އައިނާގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ.

ހިޝާން ރޮމުން ދިޔަ އައިނާގެ ގައިގައި ހިފައި އެމޭގައި އައިނާ ފޮރުވާލިއެވެ. އޭރުވެސް އައިނާ އޭނާގެ އަތް މޫނުމަތިން ނުނަގައެވެ. ހިޝާންގެ މިއަމަލުން އައިނާގެ ރުއިން އިތުރަށްބާރުވެ އަނގައިން މަޑު ގިސްލުމެއްގެ އަޑު އިވެންފެށިއެވެ.

“ކޮންމެ ގޮތަކަށް ކަންތައްވިއަސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އައިނާ ޖެހޭނެ އަހަރެންގާތު ބުނަން.. ނައުފް ކަންތައް ކުރަނީ އެހެންކަން.. މިކަންތައް މިގޮތަށް ދިމާ ނުވިއަސް ޔޫ ޝުޑް ހޭވް ޓޯލްޑް މީ ކުރިން.. އޭރުންނެއްނު އަހަރެންނަށްވެސް ކޮންމެވެސް ގޮތެއް ހެދޭނީ.. އެކަމް އަނާ ކަންތައް ތިކުރި ގޮތް ކިހާދެރަ.. އަހަންނަށް ހުރހާކަމެއް ފޮރުވީ..” ހިޝާން ހިތްހަމަ ނުޖެހިފައި ހުރިކަން އެއަޑުންވެސް ދޭހަވެއެވެ.

އެހެން އިރުކޮޅަކު ހުރުމަށްފަހު ހިޝާން އައިނާގެ ގައިން ދޫކޮށްލިއެވެ. އަދި ބާރު ދުވެއްޔެއްގައި ކޮޓަރިން ނިކުމެގެން ދިޔައީ އައިނާ އެއިން ގޮތަށް ބައިންދާފައެވެ. އައިނާ ހަދާނެ ގޮތް ހުސްވިއެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ހިޝާން ކައިރީ ހުރިހާ ވާހަކައެއް ބުނެވުނުނަމައެވެ. ހިޝާން ކައިރީގައި އެވާހަކަ ބުނެ ނައުފް އެގެން ފޮނުވާލެވުނުނަމައެވެ. އެކަހަލަ ކަމެއް ކުރާނެ ފުރުސަތެއް ނައުފްއަށް ނުދެވުނު ނަމައެވެ. އެހެނަސް ނަމައަކުން ކެކޭނެ ރިހައެއް ނޯންނާނެކަން މިއަދު އައިނާއަށް ހަމަ ރަނގަޅަށްވެސް އެނގިއްޖެއެވެ.

ހިޝާން ނިކުމެގެން ދިޔަތާ ވިއްސަކަށް މިނެޓުފަހުން އަނެއްކާވެސް އެނބުރި ކޮޓަރިއަށް އައެވެ. ކޮޓަރިއަށް ވަތްގޮތަށް އަވަސް އަރުވާލާފައި ކޮޓަރިތެރެން އެއްޗެއް ހޯދަން ފެށިއެވެ. އޭނާ އެހޯދާއެތި ފެނުމުން އެހިފައިގެން އެނދުމަތީގައި އިށީނީ އައިނާ އިން ކޮޅުނޫން އަނެއް ކޮޅުގައެވެ.

ލެޕްޓޮޕް ހިފައިގެންއައިސް ހިޝާން އަތުގައި އޮތް ޕެންޑްރައިވް ލެޕްޓޮޕަށް ޖަހާލިއެވެ. އަދި އެ ޔޫއެސްބީ ޑްރައިވްގައި ހުރި ފޯލްޑާތެރެއިން މީގެ ދެދުވަސް ކުރީގެ ތާރީހު ޖަހާފައި އިން ފޯލްޑާ ހުޅުވާލިއެވެ. ހިޝާން ކުރާކަމެއް ބަލަން ވެގެން އައިނާވެސް ރުއިން ހުއްޓާލާފައި މޫނުފުހެލަމުން އެދިމާލައް ޖެހިލިއެވެ.

އެފޯލްޑާގައި އިން ފައިލް އަކަށް ފިތާލުމުން ހުޅުވުނީ އައިނާ އެކްސިޑެންޓްވި ދުވަހުގެ ސީސީޓީވީ ފުޓެޖްއެކެވެ. އޭގެއިން ފެންނަމުންދިޔައީ ގޭގެ އަރިމަތީގައި ހަރުކޮށްފައިއިން ސީސީޓީވީއެއްގެ ފުޓެޖްއެވެ. އެވީޑިއޯއިން އެގޭގެ ގަރާޖައް ވަންނަ މީހުންނާއި ނިކުންނަ މީހުން ނުހަނު ރީތިކޮށް ފެނެއެވެ. އައިނާ އާއި ހިޝާން ސަމާލުކަމާއެކު ވިޑިއޯބަލަމުން ދިޔައެވެ.

ވަރަށް ގިނައިރު ބަލަން ތިބުމަށްފަހު ކުއްލިއަކަށް ހިޝާންއަށް ލެޕްޓޮޕްގެ ސްޕޭސް ބަޓަންއަށް ފިތާލެވުނީ ގަރާޖައްވަންނަން ދިޔަމީހަކު ފެނުމުންނެވެ. އެމީހެއްގެ މޫނު ނުފެނުނަސް ފަހަތުންވެސް އެއީ ކާކުކަން އައިނާ އާއި ހިޝާންއަށް ޔަގީންވިއެވެ. އެއީ ނައުފްކަން އެއްވެސް ޝައްކަކާއި ނުލައި އެދެމީހުންނަށް އެނގުނެވެ.

އައިނާއާއި ހިޝާން ދެމީހުންނަށްވެސް އެކަކު އަނެކަކުގެ މޫނަށްބަލާލެވުނެވެ. އައިނާ ހިންދިރުވާލިއެވެ. ވީޑިއޯގައި ދެންފެންނަ އެއްޗަކުން ނައުފް ދެކޭގޮތް މުޅިން ބަދަލު ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އައިނާ އޭނާގެ ދެއަތް ޖޯޑުކޮށްލާފައި މޭމަތީގައި އަތްއަޅާލިއެވެ. ހިޝާން ވީޑިއޯ ޕްލޭކުރަން އަވަސްވެގަތެވެ. ވީޑިއޯ ޕްލޭކުރަން ލެޕްޓޮޕާއި ދިމާއަށް އަތް ގެންދިޔައިރު އަތުގައި މަޑުތުރުތުރެއް ވިއެވެ. އައިނާ އޭނާގެ ނޭވައި ހިފަހައްޓާލިއެވެ.

ވީޑިއޯޕްލޭކުރުމުން ފެނުނީ ނައުފް ބާރަކަށް ދުވެފައިގޮސް ގަރާޖައްވަތްތަނެވެ. އަދި ފަސްވަރަކަށް މިނެޓުފަހުން ގަރާޖުން ނިކުމެ އަނބުރައި ގެއަށް ވަންނަން ދިޔަތަނެވެ. ކެމެރާގެ ހަރުކޮށްފައިއިން ތަނުގެ ގޮތުން އެއްގޮތަކަށްވެސް ނައުފްގެ މޫނު އެއަށް އަރާފައެއް ނެތެވެ. އައިނާއާއި ހިޝާން ދެމީހުންނަށްވެސް އެވީޑިއޯއިން ފާހަގަ ކުރެވުނީ ނައުފް ކޮންމެވެސް އެއްޗެއް ފޮރުވަން ވެގެން އުޅުކަމެވެ. ނަމަވެސް އެއީ ކޮންއެއްޗެއްކަމެއް ނޭނގުނީ އެއްޗެއް ނައުފްގެ ގަމީހާއިލައި ފޮރުވިފައި ހުރުމުންނެވެ.

އެހެންނަމަވެސް އެއްކަމެއް އައިނާއަށްވެސް އަދި ހިޝާންއަށްވެސް ޔަގީން ވިއެވެ. އައިނާގެ ސައިކަލުގެ ބްރެކި ހަލާކުކޮށްލީ ނައުފްކަމެވެ. ނައުފް އެތެރެއަށް ވަދެގެން ދިޔަތާއިރުކޮޅެއްނުވެ އައިނާ ނިކުމެ ސައިކަލަށްއަރައި ދުއްވާލިތަންވެސް ވީޑިއޯއަށް އަރާފައި އިނެވެ. ހިޝާން އޭގެ ކުރީގެ ފުޓެޖްތައްވެސް ބެލިއެވެ. އެންމެ ފަހުން އައިނާ އައިސް ސައިކަލު ބެހެއްޓުމައި ހަމައަށެވެ.

“އައިމް ގޮނަ ކިލ ހިމް..” ހިޝާން ކުއްލިއެއް ޖަހާފައި ބާރަކަށް އެދުން ތެދުވިއެވެ. އަދި ކޮޓަރިން ނިކުންނަށް ދޮރާއި ދިމާއަށް ދިޔައެވެ. ކޮޓަރީގެ މެދަކާއި ހިސާބަށް ދިޔަފަހުން އައިނާއަށް ކިރިޔާގޮސް ހިޝާންގެ އަތުގައި ހިފެހެއްޓުނު ކަމެވެ.

“ނޯ ހިޝާން.. ޕްލީސް ނޯ..” އޭރު ހިޝާން ރުޅިއައިސްގެން ގޮސް ތުރުތުރު ލައެވެ. ނައުފްދެކެ ހިޝާން އައިސްހުރީ އާދައިގެ ރުޅިއެއް ނޫނެވެ.

“ނޯ އޭ!؟ ހީ ކިލޑް އަވަ ބޭބީ.. އެންޑް ހީ ހާރޓް ޔޫ އައިނާ!!” ރުޅިއައިސް ދެބުމަ ގޮށްޖަހައިގެން ހުރެ ހިޝާން އައިނާ ކައިރީގައި ބުނެލިއެވެ. ބުނީއެއް ނޫނެވެ. ފާޑަކަށް ހަޅޭއްލަވައި ގަތީއެވެ. ހިޝާންގެ މިއަމަލުން އައިނާ ސިއްސައިގެން ދިޔައެވެ. އެހެން ނަމަވެސް ހިޝާން ހުއްޓުވޭތޯ އައިނާ ވަރަށް މަސައްކަތް ކުރަމުން ދިޔައީ ހިޝާން ހުރީ ހަމަވިސްނުން ވިސްނޭ ހާލަތެއްގައި ނޫންކަން ވިސްނިއެވެ.

“އަހަންނަށްވެސް އިނގެއޭ އެކަން.. އެކަމު ރުޅިއައިސްގެން އެއްވެސް ކަމެއް ނުވާނެ…” އައިނާ ހިޝާންގާތު ބުނެލިއެވެ.

ނަމަވެސް، އައިނާގެ އަތް ފޮޅާލުމަށްފަހު ހިޝާން ކޮޓަރިން ނިކުމެގެން ދިޔައީ އައިނާ ނުދާށޭ ބުނެބުނެ އޮށްވައެވެ. އައިނާވެސް ހިޝާންގެ ފަހަތުން ހިނގައިގަތެވެ. ސިޑީގެ ވަކިހިސާބަކަށް ހިޝާން ފޭބިތަނާ ގޭގެ މައިދޮރުން ވަދެގެން އަންނަ ނައުފް ހިޝާންގެ ލޮލުގައި އަޅައިގަތެވެ. ބަލާކަށްނުހުރެ ހިޝާން ގޮސް ނައުފްގެ ކަންކަށިމަތީގައި ޖެހިއެވެ.

***

ގެއަށް ވަދެގެންއައި ނައުފްއަށް ރުޅިވެރިކަމާއެކު އެދިމާއަށް އަންނަ ހިޝާންފެނުނެވެ. އެއްޗެކޭ ބުނަން އަނަގަހުޅުވާލި ނަމަވެސް ނައުފްއަށް އެއްޗެކޭ ނުބުނެވުނީ މޫނުމައްޗައް އެރި ދިލައަކުންނެވެ. ގޮށްމުއްކަވާފައި ހިޝާން ޖެހިލެއްބާރުކަމުން ނައުފްއަށް ހީވީ ދުނިޔެ އެނބުރިގަތްހެންނެވެ.

އޭރު ލިވިންގ ރޫމްގައި އަނީލްއާއި އިސްރާގެ އިތުރުން އާޝިޔާ އާއި އިޔާޒުގެ ދެމަފިރިންނާއި ނައިލް އާއި އަޝްހާވެސް ތިއްބެވެ. އެ އެންމެން ތިބީ ހިޝާންގެ ފަރާތުން ދުވަހަކުވެސް ނުފެންނަ އަމަލެއް ފެނުމުން ހައިރާން ވެފައެވެ.

“ވަޓް ދަ ހލ ހިޝާން.. މޮޔަވީތަ..؟” ދެބުމަ ގޮށްޖަހާލަމުން ރުޅިވެރިކަމާއެކު ނައުފް ބުނެލިއެވެ. ކަންކަށިމަތިން ނަގާދިލައި ނައުފް އެތާގައި އަތް އަޅާލިއެވެ.

ދެވަނަ ފަހަރަށްވެސް ޖަހަން ހިޝާން އަތް ނެގިއެވެ. ނަމަވެސް ފަހަތުން އައި އައިނާ އެއަށްވުރެކުރިން ގޮސް ހިޝާންގެ އަތުގައި ހިފިއެވެ. ވާނުވާ ނޭނގި ހުރެ ނަމަވެސް ނައިލްވެސް ގޮސް ހިޝާން ހިފެހެއްޓިއެވެ.

“ކޮންމެހެން މަށް ހަޅޭއްލަވާނެ ކަމެއްނެތް.. ރައްޓެއްސެކޭ ކިޔައިގެން މިގެއަށް އައިސް އުޅޭއިރު ކުރި މުޑުދާރު ކަންތައް ބަލަ ނިކަން.. އައިނާ އާއި އަޅައިގަނެގެން ތިއުޅެނީ އެއީ ބަލަ މީހެއްގެ އަންބެކޭ.. ކިތަންމެ ވަރަކަށް އުޅުނަސް އައިނާ އެއީ މަގޭ އަންހެނުން.. އައިނާ ދުވަހަކުވެސް ކަލޭގެ މީހަކަށް ނުވާނެ..” ރުޅިވެރިކަމާއެކު ހިޝާން ބުނި ވާހަކައިން އެތަނަށް ބޮމެއް ގޮއްވާލި ފަދައެވެ. އެންމެން ތިބީ އިވުނު ވާހަކައިން ހައިރާންވެފައެވެ.

ނައުފް ތޯއެވެ. ހިޝާން އެހާ ފާޅުކަން ގޮތެއްގައި އެވާހަކަ އެންމެން ކައިރީ ބުނެފާނެކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ހިޝާން އެހާ ރުޅިއައިސް ހުރުމުން ނައުފް ވެސް ހައިރާން ވިއެވެ. ހުރިހާ ރައްޓެހިންވެސް ހިޝާން ސިފަ ކުރަނީ މަޑުމަތިރި މީހެއްގެ ގޮތުގައެވެ. ނަމަވެސް ދެން ކުރާނެ ކަމެއް ނެތެވެ. އައިނާ ވީގޮތް ކުރުގޮތަކަށް ބުނުމުން ނައުފް ރަނގަޅައްވެސް އެންމެން ކުރިމަތީގައި ފަޟީހަތްވިއެވެ.

“ހުރި ނުބައިކަން…” އަނީލް އައިސް ހިފީ ނައުފް ލައިގެންހުރި ގަމީހުގެ ގިރުވާނުގައެވެ.

“ދޮންބޭ ދޫކުރޭ.. އެކަހަލަ ގޮތްކުޑަ މީހުންނާއި ތިގޮތަށް އަމަލުކުރަން އެކަށީގެންވެސް ނުވާނެ..” އަނީލް ދުރުކުރުވަމުން އިޔާޒު ރުޅިވެރިކަމާއެކު ނައުފްއަށް ބަލާލަމުން ބުނެލިއެވެ.

ގޭތެރޭގައި މާއަޑު ގަދަވެގެން ގެސްޓްރޫމް ގައި އިން ޝީންވެސް އެވަގުތު ބޭރަށް ނިކުމެ އިނެވެ. އައިނާ ބަލިވެގެން ހޮސްޕިޓަލުގައި އޮތް ދުވަސްކޮޅު ޝީން އެގެއަށް ގެނެސްދިނީ ނައިލް އާއި އަޝްހާއެވެ. ނައިލްގެ ބުނުމަށް ދެކޮޅުހަދާކަށް ޝީން އަކަށް ނުކެރުނެވެ.

އެވަގުތު ސައިރެން އަޅާފައި އައި ވެހިކަލެއް އެތާގައި މަޑުކޮށްލިއެވެ. އެއީ އައިނާގެ ބުނުމަށް އަޝްހާ ގުޅައިގެން އައި ފުލުހުންގެ ޓީމެކެވެ. ފުލުހުން އައިސް ވެގެން އުޅޭ ގޮތް އޮޅުން ފިލުވިއެވެ. ހިޝާން ވީގޮތް ތަފުސީލުކޮށް ކިޔައިދިނެވެ. އަދި ސީސީޓީވީ ފުޓެޖް ފުލުހުންނާއި ހަވާލު ކުރިއެވެ. ފުލުހުން ދިޔައިރު ދިޔައީ ނައުފްވެސް ގޮވައިގެންނެވެ. އައިނާގެ އެކްސިޑެންޓް އަކީ ގަސްތުގައި ކޮށްފައި ހުރިކަމެއްކަމަށް ބެލެވޭތީވެ އެމައްސަލައިގައި ޝައްކުކުރެވޭ ފަރާތުގެ ގޮތުގައެވެ.

“ހިޝާން.. ތިކުރެވުނީ އަދި ރަނގަޅުކަމެއް ނޫން.. މީގެ ބަދަލު އަހަރެން އަދި ހިޝާންގެ ކިބައިން ހިފާނަން.. މީ އަދި ނިމުމެއް ނޫން…” ފުލުހުންގެ ބެލުމުގެ ދަށުގައި ގެއިން ނިކުންނަމުންދިޔަ ނައުފް ހިޝާން އާއި ދިމާއަށް އެނބުރެމުން ހިތާހިތުން ބުނެލިއެވެ.

ނައުފް ގެންދިއުމުން އެންމެ ވަގުތުކޮޅެއްވެސް މަޑުނުކޮށް ހިޝާން ސިޑިން އަރައިގެން މައްޗައް ދިޔައެވެ. ހިޝާން ދިޔަ ދިމާލަށް ބަލަން ހުރެފައި އައިނާވެސް ފަހަތުން ދިޔައެވެ. އައިނާ ކޮޓަރިއަށް ވަތް އިރު ހިޝާން ކޮޓަރީގެ މެދުގައި އުނަގަނޑުގައި އަތްވިއްދާލައިގެން އިނެވެ. ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު އައިނާ ގޮސް ހިޝާން ކުރިމަތީގައި ހުއްޓިލިއެވެ. އަދި ކުޑަކޮށް ކޮރާލައި ހިޝާންގެ ކަރުގައި އަތް އަޅުވާލލައި ހިޝާންގެ ގައިގައި ބައްދާލިއެވެ.

“އައިމް ސޮރީ.. އަހަރެން އެގޮތަށް ކަންތައް ކޮށްގެން ނުވާނެ.. ހިއެއް ނުކުރަން ކަންތައް މިގޮތަށް ބޮއްސުންލައިގެން ގޮސް ދާނެކަމަކަށް.. ނައުފް އެހާ ރަހުމު ކުޑަވެދާނެ ކަމަކަށް ފަހަރެއްގައިވެސް އަހަންނަށް ލަފައެއް ނުކުރެވުނު.. ހިޝާން، އައި ލަވް ޔޫ.. އަހަރެން ހިޝާންއަށް ދެރައެއް ދޭކަށް ނޫން އެހެން ކަންތައް ކުރީ.. އެކަމް އަހަރެންގެ ސަބަބުން އަހަރެމެންގެ ބޭބީ…..” އައިނާ އޭނާގެ އަޑު ކުރެހުމުން އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ.

ހިޝާންވެސް އައިނާގެ އަމަލާއި ބައިވެރިވެ އައިނާގެ އުނަގަނޑުގައި އަތްއަޅުވާލަމުން އެކޮނޑުގައި މޫނު ފޮރުވާލިއެވެ.

“ޝޫޝްޝް އަނާ.. ތިހެން ނުބުނޭ.. އެއީ އަނާގެ ކުށެއް ނޫނޭ.. ފުރާނަ އެޅުއްވި ފަރާތުން އެފުރާނަ އެކަލާނގެ ހަޟުރަތައް އެގެންދެވީ.. އޭގައި އަހަރެމެންގެ އެއްވެސް ބާރެއް ނެތް.. މިކަމުގައި އަހަރެން އަނާ ކުއްވެރިއެއް ނުކުރަން.. އަދި ކުރިއަށް އޮތްތާގަވެސް އިންޝާﷲ އެކަން އޮންނާނީ އެގޮތަށް.. ބިކަޒް އައި ލަވް ޔޫ މޯ ދެން ދެޓް.. ވީ ކަމެއްވީ.. ލެޓްސް ފޮގެޓް ދި ޕާސްޓް އެންޑް މޫވް އޮން..” ހިޝާން އެހުރިގޮތަށް ހުރެ މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

އެގޮތުގައި އެހެން ތިއްބާ ދެމީހުންނަށްވެސް ދުރަށް ޖެހިލެވުނީ ދޮރުގައި ޓަކިދޭ އަޑު އިވުމުންނެވެ. ހިޝާން އައިނާގެ ގައި ދޫކޮށްލުމުން އައިނާ ގޮސް ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ތިބި އަނީލް އާއި އިސްރާ ފެނުމުން އެދެމީހުން ވަންނަން ތަން ދައްކަމުން އައިނާ ދޮރު ކުރިމަތިން ދުރަށް ޖެހިލިއެވެ.

އަނީލް އާއި އިސްރާ ގޮސް އެކޮޓަރީގައި ބަހައްޓާފައި އިން ސޯފާގައި އިށީންދެލިއެވެ. އައިނާ އާއި ހިޝާންވެސް އެތަނުން ސޯފާއެއްގައި އިށީންދެލިއެވެ. އައިނާ އާއި ހިޝާން އައިސް އިށީނުމުން އަނީލް ވާހަކަ ދައްކަން ފެށިއެވެ.

“ދަރިފުޅުމެން ދެކުދިން މާލެ ދާންވީއެއްނު..؟” އަނީލް ބުނި އެއްޗެއް ދޭހަ ނުވެގެން ސުވާލުގެ ނަޒަރަކުން އައިނާ އާއި ހިޝާން އަނީލް އަށް ބަލަން ތިއްބެވެ.

“ބައްޕަ މިބުނީ އައިނާ ގޮވައިގެން ހިޝާން ދާންވީނޫންހޭ މާލެ.. ދަރިފުޅުމެން ތިތިބީ މިވަގުތު މެންޓަލީ ކުޑަކޮށް ވަރުބަލި ވެފައެއްނު..؟ މިމާޙައުލާއި ކުޑަކޮށް ދުރުވެލާ ސިކުނޑި ތާޒާ ދާންވީނު..؟ ނޫނީ ބޭނުމިއްޔާ ވެކޭޝަން ހަދާލަން ބޭރަށް ދާން ވީއެއްނު..؟ ބައްޕަ އާއި މަންމަ ދޭ ހަދިޔާއެއްގެ ގޮތުގައި..” އަނީލް ހުށައެޅިއެވެ.

ބައްޕަގެ އެދުން ބޮލާލައި ނުޖަހާންވެގެން އައިނާ އާއި ހިޝާން އެއްބަސްވިއެވެ. ނަމަވެސް ބޮޑު ޚަރަދުކޮށްގެން ބޭރުގައުމަކަށް ދާން ދެކޮޅު ހެދިއެވެ. އެހެނަސް، އަނީލް އާއި އިސްރާ އެއްގޮތަކަށްވެސް ކުރު ނުކުރުމުން އައިނާ އާއި ހިޝާން އެއްބަސް ވިއެވެ.

ދެހަފްތާ ފަހުން އައިނާ އާއި ހިޝާން ފުރިއެވެ. އަނީލް އާއި އިސްރާ ކިޔައިގެން އަޝްހާ އާއި ނައިލްވެސް އެދަތުރުގައި އައިނާ އާއި ހިޝާން އާއި އެއްކޮށް ބައިވެރިކުރިއެވެ. އޭރު އައިނާވެސް ވަނީ ކުޑަކޮށް ހަމައަކަށް އެޅެން ފަށާފައެވެ.

އެހަތަރު މީހުންނަށް އަނީލް ހަމަޖައްސައިދިނީ ކޮރެއާއަށް ދެހަފްތާގެ ދަތުރެކެވެ. މިދަތުރުގައި ކޮރެއާގެ އެކިއެކި ތަންތަން ބަލާލަން ދެވޭތީވެ އަޝްހާ ދެފައި އެއްތާ ހަރުނުލައެވެ.

“އަނާ.. ކޮރެއާ އޮއްޕާއެއް ފެނިއްޖެއްޔާ ހޭތޯޗެއް ނެތޭނީ..” ސައުތު ކޮރެއާގެ އިންޗޮން އެއާޕޯޓައް ފްލައިޓް ޖެއްސިގަޑީގައި އައިނާގެ ކަންފަތް ކައިރިއަށް ގުދުވެލަމުން އަޝްހާ ބުނެލިއެވެ.

“ސާބަސް އަޝޫއަށް..” އަޝްހާގެ ބުނެލި އެއްޗަކުން އައިނާއަށް ނުހީ ނީންދެވުނެވެ.

އަޝްހާ ބުނިއެއްޗެއް ނޭނގިގެން ނައިލް އާއި ހިޝާން އަހާއަހާވެސް ހަމަހިލާ އެކަކުވެސް ބުނާކަށް އެއްބަހެއް ނުވިއެވެ.

ކޮރެއާގެ އެކިއެކި ތަންތަން ބަލާލުމުގައި އެހަތަރުމީހުން ފުރަތަމަ ހަތަރު ދުވަސް ހޭދަކުރީ ވެރިރަށް ސޮއުލް ސިޓީގައެވެ. މީގެތެރޭގައި ކޮރެއާގައި މަޝްހޫރު ހަން ކޯރާއި، ނަމްސަން ޓަވާވެސް ބަލާލަން ދިޔައެވެ. އެއަށްފަހު ދެން ދިޔައީ އަނީލް ހަމަޖައްސައިދިން ލޮކޭޝަން އަކަށެވެ. އެތަނަށް ވަނުމުން އެހަތަރުމީހުންގެވެސް ލޯ ތަރަތަރަ ޖަހައިގެން ދިޔައެވެ. ތަނަކީ ސިޓީ އާއި ދުރުގައި އޮތް ގަސްގިނަ ސަރަހެއްދެއްގައި ހުރި ގެސްޓްހައުސެކެވެ.

އެތަން ފަރުމާ ކުރެވިފައިވީ ކޮރެއާގެ ޘަޤާފީ ގެ ކަމަށްވާ ހަނޮކް ނަމޫނާއަކަށް ބަލައިގެންނެވެ. އެތާގެ ބޭރާއި އެއްގޮތަށް އެތެރެވެސް ހުރީ ހަނޮކް ހުންނަގޮތައް އެހެނސް ޒަމާނާ އެއްގޮތަށެވެ. އެގެސްޓް ހައުސްގައި މަޑުކުރި ފަސް ދުވަހު ހަތަރުމީހުން އެއްކޮށް ތަންތަން ބަލާލަން ދިއުމުގެ ބަދަލުގައި އައިނާ އާއި ހިޝާން އަދި އަޝްހާ އާއި ނައިލް ދެބައި މީހުން ވަކިން ތަންތަން ބަލާލަން ދިޔައެވެ.

އެއަށްފަހު ޖޭޖޫ-ދޯ ގައި އޮންނަ ބީޗް ރިސޯރޓެއްގައި އެހަތަރުމީހުން ދެދުވަހުގެ މުއްދަކަށް ދިޔައެވެ. އެތަނުން އައިނާއަށް އެންމެ ކަމުދިޔައީ އެރަށުން ފެންނަމުން ދިޔަ އިރުއޮއްސޭ މަންޒަރެވެ. އިރުއޮއްސޭ މަންޒަރު ބަލަން އައިނާ އިނީ ޖަގުނޭ ޕޯރޓް ކިޔާ ސަރަހައްދުގައި އިން ލައިޓް ހައުސް އެއް ކައިރީގައެވެ. ފެންނަމުންދިޔަ މަންޒަރަށް ގެއްލިފައި އައިނާ އިން އިރު އެމަންޒަރު ބަލަން ކައިރީގައި ހުރި ހިޝާން ހުރީ ހިތްހަމަ ޖެހިފައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އައިނާ ހިތްހަމަޖެހިފައި ހުރި ވަރު އެމޫނުމަތިން ދޭހަވެއެވެ.

ކުރިން މިލާފައިވީ މޫނު މިހާރު އަލިވެލަފައި ވީއިރު ތުންފަތައް ވެރިކޮށްގެން އިން ހިތުންވުމުން ހިޝާންގެ ހިތް ވިރުވާލި ފަދައެވެ. މޫނުމަތީގެ ދިރުން އަނބުރައި ލިބުނު އިރު މިދަތުރުވީ އައިނާއަށް ހިތާމަތަކާއި ދުރުވެލައި ސިކުނޑި ތާޒާކޮށްލަން ލިބުނު ރަނުގެ ފުރުސަތަކަށެވެ. މިތަދުރު އާދެވުނުކަން ހަމަ ނަސީބެކޭ އެވަގުތުވެސް ހިޝާންގެ ހިތަށް އެތައް ފަހަރަކު އެރިއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

އިފްރާ 14

Next

މަގޭ ހިތުގެ ވިންދު

Next
December 15, 2023

މަގޭ ހިތުގެ ވިންދު

Previews
December 15, 2023

އިފްރާ 14

13 Comments!

  1. love imko 💕💕 says:
    December 15, 2023 at 8:12 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama
    Lysm annna

    1. Annna says:
      December 15, 2023 at 12:08 pm

      Jazaakallah khairan imko.. next part soon In Sha Allah.. lyt

  2. Rifoo says:
    December 15, 2023 at 8:55 am

    Mi part vx varah reethi Masha Allah 💗❤️💕
    Ummeedhu kuran varah avahah next part kiyaalan libeyne kamah
    Lysm Annna

    1. Annna says:
      December 15, 2023 at 12:10 pm

      Jazaakallah khairan Rifoo.. In Sha Allah next part varah avahah kiyaalan libeyne.. lyt

  3. vempire girl says:
    December 15, 2023 at 9:48 am

    Maasha Allah mi part vx varah varah reethi . Next part kiyaalan libeyny konirakun???

    Lysm

    1. Annna says:
      December 15, 2023 at 12:13 pm

      Jazaakallah khairan vempire girl.. next part varah avahah In Sha Allah.. lyt

  4. imko says:
    December 22, 2023 at 1:01 pm

    when is next part kiyaalan libeeney khondhuvahakun
    Lysm annna

  5. maany says:
    December 24, 2023 at 7:22 pm

    Alhey kon iraku thr next part kiyaalan libeyny. Mi haaru week akah vure gina dhuvas vany plzzzzz…

  6. Reem says:
    December 27, 2023 at 2:40 am

    masha Allah mi part ves varah furihama. when is next part? unmeedhu kuran next part ves avahah fennaane kamah. lots of love ❤️

  7. Lubaa says:
    December 28, 2023 at 10:14 am

    Love this story 💖💖💖💖💖💖

  8. Cutie girl says:
    August 25, 2024 at 11:19 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up

  9. Ana says:
    September 6, 2024 at 10:41 am

    Anna keeive thw komme faharaku vaki hisaabakah genehssa huttaalany..
    Lasvanyaa lasvaa sababu vx kiyuntherinnah angaala dhyba..
    Aneiikaa mi vahaka huhtaaly thr?
    Vrh avas javaabeii beynun

  10. Dhaitha says:
    October 17, 2024 at 2:14 pm

    Ana bunihn lasvanyyaa lasvaa sababu angaalabala…
    Mi aneiii aharu mioh gn nimeny… adhi vx dhn oii bai nulibe….
    Knme meeheiii vx vrh foari dhahkaalaafa vhk liyaane ekm nueii nimmeyne…

Comments are closed.



All Right Reserved!