Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ފުރަތަމަ ބައި)

Starlight
Starlight Level 1
November 15, 2023 5 Mins Read
5 Comments

އިރުގެ ރަން ދޯދިތައް އުޑުމަތީގައި ރަސްކަންކުރަން ތައްޔާރުވަމުންދާ ހިތްގައިމު ވަގުތު މީހުން ތެދުވެ ހޭލަމޭލަ ވަމުން ދިޔައެވެ. އެއްބަޔަކު މިގަޑީގައި ބަދިގޭގައި ތެލިތަށި ތަޅުވަން ފަށާއިރު އަނެއްބަޔަކު ހިތްއުފާކޮށްލަން ކަނޑައަޅާފައިވާ ވަގުތަކީ މިއީއެވެ. ތެދެކެވެ. މިއަދަކީވެސް އެފަދަ ދުވަހެކެވެ. ވިއްސާރަ ނަމަވެސް ފަރުވާލެއް ނެތެވެ.  މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތައް މާބޮޑަށްވެސް ތަފާތެވެ. އެކަމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑީ ކަންނޭނގެއެވެ.

 

ކުޑަދޮޮރުގެ ބިއްލޫރިގަނޑުގައި ބޮސްދީފައި މުތީތަކެއްފަދައިން ފައިބައިގެންދާ ފެންތިކިތަކަށް ގެއްލިފައިހުރި އިޝްރާ ސިއްސައިގެން ދިޔައީ ކުޑަކުޑަ އިޒްޔާން އައިސް ފަހަތުން އޭނާ ފައިގައި ބައްދާލުމުންނެވެ. ނަމަވެސް ހަމަ އެވަގުތު އޭނާއަށް އެއީ ކާކުކަން އެނގުމުން މޭ ހަމައަކަށް އަޅުވާލާ  އިޒްޔާން އުރާލަމުން އޭނާއާ ވާހަކަދެއްކިއެވެ.

 

“ދޮންތިގެ ބޭބީ ހާދަ އަވަހަކަށް ތެދުވެގެން އުޅޭ ދުވަހެއް؟ ކިހިނެއްވީ ދޫނީ؟ ދޮންތި މަތިން މާބޮޑަށް މިސްވީ ދޯ!” އިޒްޔާންގެ ބޮޑުބޮޑު ދެ ކޮލުގައި ހިފާލަމުން އިޝްރާ ވާހަކަދެއްކިއެވެ. ހަޤީޤަތަކީ އިޒްޔާން ފެންނަ ކޮންމެ ވަގުތަކު އޭނާގެ ހިތް އުފަލުން ފުރިގެންދާކަމެވެ. އިޒްޔާންއަށް އޭނާ ދައްކާ އެއްވެސް ވާހަކައެއް ނޭނގުނަސް އިޒްޔާން ގޮވައިގެން އަބަދުވެސް އުޅެން ބޭނުންވާކަމެވެ. މިއާއެކު އިޒްޔާންވެސް އެހެންމީހުނަށްވުރެ އިޝްރާ އާއި ދޯޅެވެ. އިޝްރާއާއެކު ކިތަންމެ ގިނަވަގުތު ހުއްޓަސް ފޫހިކަމެއްނެތި އިޒްޔާން އުޅެފާނެއެވެ.

 

“ބޭބީސް މިސްވާނީ މަންމައާއި ބައްޕައާއޭ! ދޮންތިއެއްނޫނޭ ދޯ ދޫނީ!” ފަހަތުންއައިސް އިޝްރާ އާއި ހަމަކޮށް ހުއްޓިލައި ވާހަކަދެއްކީ އިޝްރާގެ ދޮންތަ އިޝްޔާާގެ ފިރިމީހާއެއެވެ. އިޒާން މި ޢަމަލުން އިޝްރާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ.

 

“ދެން ބައްޕައަކަށްވުމުގެ ނަސީބު ލިބުނަކަސް އަދި ތިހެން ބުނުމުގެ ފުރުސަތެއް ނެތް އިނގޭ! މިހާރުވެސް ޔާން މާ ދޯޅޭ އިޝްއާ!” ބޭނުންވި ގޮތަށް އެހެން ބުނެލެވުމުން އޭނާ ނިކަން ހިތްހަމަޖެހުނެވެ.

 

“ތިއެއްނޫނޭ! ކޮންއިރަކުންތަ އިޝްގެ ނަތީޖާތައް ލިބެނީ؟ އިޝް ބުނީމެއްނު އަންނަ މަހު ލިބޭނެޔޭ!” “އަންނަ މަހު ނިމޭކޮޅު ލިބޭނީ! ދެން ފެބްރުއަރީ ފަހުކޮޅު ނޫނީ މާރޗް ފެށޭކޮޅު އޮންނާނެ އެޗީވާރސް އެވޯރޑިންގް ސެެރެމޮނީ. މާރޗް 20 ގައި ސްކޫލް އަހަރީ އިނާމުދިނުމުގެ ޖަލްސާ!” އިޒާންއަށް ޖުމްލަ ނިންމާނުލެވެނީސް އިޝްރާ އެއްފައްޗަކަށް ހުރިހައި އެއްޗެއް އަމުނައި ނިންމާލިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލެވުނުއިރު 8 ޖަހަން ބާކީ ހުރީ 30 މިނިޓެވެ.

 

“އަނެއްކާ މި ގަޑި ހަމަތަ؟” ހައިރާންވެހުރެ އިޝްރާ އަހާލިއެވެ. “ދައްކަބަލަ! އާނ! ތި ހަމައޭ ކިހިނެއްވީ؟” އިޝްރާގެ އަތުގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު އިޒާން ބުނެލިއެވެ. އެއަށްފަހު އިޝްރާގެ އަތުން އިޒްޔާން ނަގާ އުރާލިއެވެ.

 

“ދަރިފުޅާ!” އަޑުގެ ކޮޅަށް އަލީޒާ ގޮވާލި އަޑު އިވިފައި ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ކޮޓަރީގެ ދޮރުން ބޯދިއްކޮށްލާފައި “ސައިބޯންއަންނާށޭ” ބުނެފައި އަލީޒާ ދިއުމުން ހެމުންހެމުން ދެމީހުން ނުކުމެ ކާގެއަށް ވަތްއިރު ދުވާ މީރުވަހުން ބަނޑުފުރިދާހާވެއެވެ.

 

 

“ހާދަ ވަސްގަނޑު ރަނގަޅޭ! މިހާރުވެސް ބަނޑު ފުރިއްޖެހެން ހީވަނީ!” ލާނެތް ރާގަކަށް އިޒާން އެހެން ބުނަމުން ސިޓިންރޫމްގެ މެދަށް އިޒްޔާން ދޫކޮށްލިއެެވެ. ހަމައަށް ފިޔަވަޅުއަޅައި ހިނގަންފަށާފައިވާތީ މިހާރު ގިނަވަގުތު އިޒްޔާން ހުންނަނީ ދޫކޮށްލާފައެވެ.

 

“އެހެންތަ؟ އެހެންވީމައި ޒާންއަށް ސައެއް ނަހަދާދޭނަން އިނގޭ!” އަތްމަތި އަވަސްކޮށްލާފައި ސައި ހެދުމުގައި މަޝްޣޫލުވެ އުޅުނު އިޝްޔާ  އިޒާންއާއި ދިމާލަށް ވައްކަޅިން ބަލާލަމުން ބުނެލިއެވެ. ނަމަވެސް އެވަގުތު ދެން އިޒާން ބުނެލި އެއްޗަކުން އިޝްޔާގެ މުޅިމޫނަށް ޖަންބުކުލަ ވެރިވެގެންދިޔައެވެ.

 

“އުހުން. މަގޭ އެންމެ ލޯބިވާ އޭޝްގެ އަތުން ތައްޔާރުކޮށްދޭ ނާސްތާއިންނެއްނު ދުވަސް ފަށަންޖެހޭނީ، ދޯ މަންމާ!” އިޒާން އެހެން ބުނެލީ، އޭނާ ބުނެލާ އެންމެ ބަހަކުން އިޝްޔާ ލަދުގަންނަވާލުމުގެ ބޭނުމުގައެވެ. އެކަން ކާމިޔާބުވެސް ވިއެވެ. އިޝްޔާއަށް ވީގޮތް ފެނިފައި އިޝްރާވެސް ހުރީ އެތެރެއިން ހީ ހީ ބަލިވެފައެވެ.

 

“ހޫން! މިހާރު މާ ވާހަކަގިނަވެއްޖެ! ދެން ސައިބޯން އުޅޭ! ދަރިފުޅާ އިޝްރާ! ޔާން ގޮވައިގެން އިށީނދޭ! މިއަދު ޔާންއަށް ކާންދިނުން އޮތީ ދަރިފުޅަށް!” ދަރިންގެ ސަކަރާތް ބަލަން ހެވިފައިހުރި އަލީޒާ ބުނެލިއެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަންތައް ވެފައި އޮތް ނަމަވެސް މިއަދު މިފަދަ އުފާވެރި ޢާއިލާއެއް ބިނާކުރެވިފައިވީކަމަށްޓަކައި އޭނާ ﷲ ގެ ޙަޟްރަތުން ހިތާހިތުން ޝުކުރު އަދާކުރެއެވެ. އަދި މިޢާއިލާގެ އުފާވެރިކަން މިގޮތުގައި އަބަދުމެ ލެއްވުންއެދި ތާއަބަދު ދުޢާކުރެއެވެ.

 

އެވަގުތު ގޭގެ ބެލް އަޅާލި އަޑު އިވުމުން އެންމެން ހިމޭންވިއެވެ. “ކާކުބާ؟” ބޮލުގައި ސުވާލުމާކެއް ޖަހައިގެންހުރެ އިޝްޔާ ދޮރުހުޅުވަން ދިޔައެވެ.

 

“ސަޕްރައިޒް!” ދޮރު ހުޅުވަލި ވަގުތު ދޮރުމަތީގައިހުރި ޒުވާނާ ކާމޭޒުކައިރީ ތިބި އެންމެނަށްވެސް އިވޭވަރަށް ހަޅޭއްލަވައިގަތެވެ. އެއަޑަށް އިޒްޔާން އުރާލައިގެން ހުރި އިޝްރާއަށް ސިހިފައި ދޮރާއި ދިމާއަށް ބަލައިލެވުނު ވަގުތު ދޮރުމަތީގައި ހުރި ޒުވާނާ ފެނިފައި އެ ރީތި ދެތުންފަތް މަތިން ފަނޑުނުވާ ހިނިތުންވުމެއް ދުވެލިއެވެ.

 

“ބަލާބަަލަ އުޅޭލެއް ވަގުކަން. އަންނަން އުޅޭއިރު އަންގާވެސް ނުލައެއްނު!” ދޮރުން އެތެރެއަށް ވަދެގެން އައި އަލްޔާންގެ ގައިގައި ބޮނޑިއެއް އަޅާލަމުން އިޝްރާ ކުސްތަޅާލިއެވެ. އަލްޔާން އަކީ އިޝްރާގެ ބޮޑުދައިތަ އަލީނާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަލްޔާން ވިހެއުމަށްފަހު އަލީނާ ނިޔާވި ދުވަހުން ފެށިގެން އިޝްރާގެ މަންމަ އަލީޒާ، އަލްޔާން ގެންގުޅުނީ އަމިއްލަ ދަރިއެއް ފަދައިން މައެއްގެ ފަރާތުން ލިބެންވާ އެންމެ ފުރިހަމަ ލޯތްބާއި އޯގާތެރިކަން ދީގެންނެވެ. އެކުދިންގެ އުމުރުގައި ހުންނަނީ 3 މަސްދުވަހުގެ ތަފާތެއްކަމުން ދެކުދިންވެސް ބޮޑުވަމުން އައީ އެކުއެކީގައެވެ. އެހެންކަމުން ދެކުދިންގެ މެދުގައިވެސް އުފެދިފައިވަނީ އެއްބަނޑު އެއްބަފާ ދެބެއިންގެ ދެމެދުގައިވާ ފަދަ، ވަރުގަދަ ލޯބިވެތި ގުޅުމެކެވެ.

 

“ހެހެ! ހަމަ އިޝްއަށް ސަޕްރައިޒެއް ދޭންވެގެން ނުބުނެ މިއައީ! އިނގޭވިއްޔާ މިގޭ ކޮންމެ މީހަކު ގާތުގައި ބުންޏަކަސް އިޝްއަށް އެނގޭނެކަން! އެހެންވެގެން އެކަކު ގާތުގައިވެސް ނުބުނީ! ހެހެ.” ހިނިގަނޑެއް ޖަހާލާ އިޒްޔާންގެ ކޮލުގައި ހިފާލަމުން އަލްޔާން ބުނެލިއެވެ. އަދި އިޝްރާގެ އުރުގައި އިން  އިޒްޔާން ނަގައި އުރާލިއެވެ. “މީނީ ދޯ ދޮންތަގެ ފުށްކޮޅު؟” އަލްޔާންއަށް ތައްޓެއް ހިފައިގެން އައިސް އިޝްޔާ، ކާމޭޒުމަތީ ބަހައްޓާލި ތަނާ އަލްޔާން އަހާލިއެވެ.

 

“ދޮންތަގެ ނޫނިއްޔާ ކާކުގެ ދަރިއަކަށް މި ވާނީ؟” އިޝްޔާއަށް ޖަވާބެއް ދެވުމުގެ ކުރިން އިޝްރާ އަލްޔާނާއި ދިމާލަށް ބުނެލިއެވެ. އެވަގުތު އިޝްރާއާއި ދިމާލަށް ނިކަން ރަނގަޅު އެއްޗެއް ބުނެލަން އަލްޔާންގެ ހިތަށް އެރިއެވެ.

 

“އިޝްވެސް ތިހުރީނު!” ޖެއްސުމުން ފުރިގެންވާ ވާފަދަ ލާނެތް ރާގަކަށް އަލްޔާން ބުނެލިއެވެ.

 

“މިއޮއް ކުޑަކުޑަ ސޮރު ކޯއްޗެއް މަށާ ދިމާލަށް ކިޔާނަމޭ ހިތައްއަރުވައިގެން އުޅޭ ދުވަހެއްތަ މީ؟ އޭނ! ދޭ ހަމަމިހާރު ދޭ ތި ފޮށި ކޮޓަރިއަށް ލާފައި އަންނަން! ދޮންކަލޯ އުޅުނު ކޮޓަރި އަދިވެސް ހުންނާނެ ދޮންކަލޯއަށް!” އަލްޔާންގެ ކަންފަތުގައި ހިފާ އަނބުރާލުމަށްފަހު އިޒްޔާން އަތުލައި އިޝްޔާ އަތަށް ދެމުން އިޝްރާ ބުނެލިއެވެ. އަލްޔާންވެސް އިތުރު އެއްޗެކޭ ބުނުމެއްނެތި ފޮށި ދަމަމުން ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެއްސެވެ.

 

“ދަރިފުޅާ އާން! ފޮށިލާފައި އާދޭ އަވަހަށް ސައިބޯން!” ފޮށި ދަމަމުން އަލްޔާން ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން އަލީޒާ ގޮވާލިއެވެ. އެއާއެކު “މިއަންނަނީ” އޭ ބުނެ ކޮޓަރިއަށް ފޮށި ލާފައި އައިސް އަލްޔާންވެސް އެމީހުންނާއިއެކީ ސައިބޯން ބައިވެރިވެލިއެވެ.

 

“މިފަހަރު މާ އަވަހަށް ތި އައީ ދަރިފުޅު މަންމަގެ މަތިން މާބޮޑަށް ހަނދާންވާތީތަ؟” އަލްޔާންގެ ބޮލުގައި ފިރުމާލަމުން އަލީޒާ އަހާލިއެވެ.

 

“މަންމަ ދައްކާ ވާހަކަ. މަންމާއޭ ކިޔާފަ ގޮވަލަން އެހެން އަންހެނަކު ހުއްޓަސް ތި މަންމައާއި އެއްވަރު ވާނެތަ؟ މަންމަ މަތިން ހަނދާންވޭ އަބަދުވެސް! އެހެންނޫނަސް މަންމައެއްނު އަބަދުވެސް އާންގެ ގާތަށް އަންނަނީ! ދެން މިހާރު އާންވެސް އެއްކޮށް ނިމުނީމައި، މަންމައަށް އާންގެ ގާތަށް އަންނަން އެހާ ބުރަ ނުޖައްސަަންވެގެން މިފަހަރު އާން އަވަހަށް މި އައީ މަންމަގެ ގާތަށް! އެނގޭ ވިއްޔާ ލަސްކޮށްފިއްޔާ މަންމަމެން އަންނާނެކަން! އަނެއްކާ އާން ރާއްޖެއަށް ނާރާތާ މިހާރު 5 އަހަރު މި ވީ! ކޮންމެއަކަސް އާން އުފަންވެ، ޅަދުވަސްވަރުގެ އެންމެ މުހިންމު ހަނދާންތައް ރައްކާކުރެވިފައިވަނީ މިތަނުގައި! އެހުރިހާ ކަމެއް އެގޮތުގައި އޮއްވާ، އާންއަށްވެސް އެއްފަހަރުވެސް މިކޮޅަށް އާދެވިދާނެއެއްނު؟ އެހެންވެ މިފަހަރު އަވަހަށް މި އައީ! މިކަހަލަ ދިގު ޗުއްޓީއެއް ދެންފަހަރަކުން ނުލިބޭނެ! އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނީވެސް އަވަހަށް އައިމައި އެންނު؟” އަލީޒާގެ ސުވާލަށް ޖަވާބުދެމުން އަލްޔާން ބުނެލީ އެފަދައިންނެވެ. އެއާއެކު ހިނިތުންވެލާފައި އަލީޒާ، އަލްޔާންގެ ބޮލުގައި ފިރުމާލިއެވެ.

 

“މައި ލިޓްލް ބްރޯ! ކޮންއިރަކު ތިހާ މޮޅަށް ވާހަކަދައްކަން ދަސްކުރީ؟ އިޝް ހީކުރީ 5 އަހަރު ވަންދެން ރާއްޖެއަށް ނާރައި އުޅުނީ މެލޭއަށް ދެވުނީމައި ރާއްޖެ މަތިން ފޫހިވެގެންކަަމަށް. ނޫނީ ރާއްޖެ ދެކެ މާބޮޑަށް ރުޅިއަންނާތީކަމަށް.” އަތަށް ލައިގެން އިން ރޮށިކޮޅު ތަށީގެ އެއްފަރާތުގައި ބާއްވާލާފައި، ޖެހިގެން އިން އަލްޔާންގެ ބުރަކަށީގައި ޖަހާލަމުން އިޝްރާ ބުނެލިއެވެ. އެއާއެކު އިޝްރާގެ ގައިގައި ޖަހަން ކަމަށް ހަދާފައި އަލްޔާން އަތް ހިއްލަލުމުން އިޝްރާ އޭނާގެ އަތުގައި ހިފަހައްޓާލިއެވެ.

 

“ވައިލެންސް އިޒް ނެވަރ ދި އާންސަރ ފޯރ އެނީތިންގް މައި ބްރަދަރ!” އަލްޔާންގެ އަތުގައި ހިފަހައްޓައިގެން ހުރިގޮތަށް ހުރެ އިޝްރާ ބުނެލިއެވެ. އެއަށްފަހު މަޑުމަޑުން އަލްޔާންގެ އަތް ގެންގޮސް މޭޒުމަތީ ބާއްވައިލުމަށްފަހު ކެއުމައިގެން ކުރިއަށް ދިޔައެވެ.

 

” ދެން އަނެއްކާ އައިގޮތަށް އައިސް ބޮޑު ޒުވާބަކަށް ފައްޓަން ނުހަދާ އަވަހަށް ސައިބޮއެ ނިންމާލަން އުޅޭ ދެން! އާން! އެކޮޅުގައި ޢާއިލާ ކިހިނެއްތަ؟” ކައިނިންމައިގެން ތަށި ހިފައިގެން މޭޒުދޮށުން ތެދުވަމުން އަލީޒާ ބުނެލިއެވެ. އެއާއެކު ކާމޭޒުމަތި ހިމޭންވެ އެންމެންވެސް އަވަހަށް ސައިބޮއެ  ނިންމާލައިގެން ތެދުވިއެވެ.

 

“އެންމެންވެސް ހަމަ ގަދަފަދަ! އެކޮޅުގަ ހުރި މޯމްގެ ވިޔަފާރި ބަލަހައްޓަނީ މިހާރު ބައްޕަ. މިކޮޅުގައި ހުރި ބައްޕަގެ ވިޔަފާރީގެ ކަންތައްތައްވެސް އެކަމް ހަމަ ބަރާބަރަށް ބަލާ! އާން ބުނެފިން އާން ކިޔަވާ ނިމުނީމައި މިކޮޅުގައި ހުރި ވިޔަފާރި އާންއާއި އެއްކޮށް ހަވާލުކުރާށޭ! އާން ވަރަށް ރަނގަޅަށް އެކަން ބަލަހައްޓާނަމޭ! ބުނީމައި ވިސްނާނަމޯ ކިޔާފައި ފަހުން އެއްޗެކޭ ނުބުނެ. އާންގެ ހިތައް އެރި ނަސީބެކޭ ބައްޕަގެ މިކޮޅުގެ ވިޔަފާރި ޕާރޓްނަރޝިޕް އުސޫލުން ކުރިއަށް ގެންދާކަން. ނޫންނަމަ ބައްޕަ ކިހިނެއް ދެ ވިޔަފާރި އެއްކޮށް ބަލަހައްޓާނީ؟ އެކަނި ވިޔަފާރި ކުރިއަށް ގެންދާނަމަ ބޭނުންނުވިޔަސް މިކޮޅުގައި ހުރި ވިޔަފާރިއަށް އަޅާލެވޭ ވަރު ކުޑަވާނެ ދޯ؟ އަމުދުން ބައްޕަމެން މެލޭގަ އުޅޭއިރު؟” ކޭތަށި ގެންގޮސް ސިންކު ކައިރީ ކައުންޓަރު މަތީގައި ބަހައްޓާލަމުން އަލްޔާން ޖަވާބުދިނެވެ.

 

“އޭ ބްރަދަރ! ތިއެއްނޫނޭ! މިފަހަރު އެކަނިތަ ތި އައީ މިކޮޅަށް؟ މަންމައަކަށްވެސް ނޭނގުނު ވިއްޔާ އެ އެއް އަހާލާކަށް!” ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި އިޝްރާ އައިސް ފަހަތުން އަލްޔާންގެ ކޮނޑަށް އަތް ވައްޓާލަމުން އަހާލިއެވެ. އެއާއެކު އަލީޒާވެސް އަލްޔާންއާއި ދިމާލަށް ބަލާލީ އެ ސުވާލުގެ ޖަވާބު ބޭނުމޭ ބުނާ ފަދައަކުންނެވެ.

 

***********(ނުނިމޭ)************

 

Follow my Instagram account @starlight_storiesss to recieve the most recent updates, story highlights, sneak peaks and many more as the story continues

/Link to my Instagram account: https://www.instagram.com/starlight_storiesss

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Starlight
Follow Me Written By

Starlight

Level 1

Other Articles

Previous

އައިނާ (3) 7

Next

ތަގުދީރު

Next
November 15, 2023

ތަގުދީރު

Previews
November 14, 2023

އައިނާ (3) 7

5 Comments!

  1. Ifoo says:
    November 15, 2023 at 11:38 pm

    Aww😍.. Maasha Allah Vv reethi mi part vs❤️.. Unmeedhu kuran next part vs avahah kiyaalan libeyne kamah 😊

    1. Starlight Starlight says:
      November 17, 2023 at 9:01 pm

      Insha Allah maadhamaa dhen oiy bai kiyaalan libeyne

  2. vempire girl says:
    November 16, 2023 at 1:11 pm

    Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun????

    1. Starlight Starlight says:
      November 17, 2023 at 9:03 pm

      Dhen oiy bai mihaaru publish kuran fonuvaifin. Insha Allah maadhamaa kiyaalan libeyne

  3. Malaak Mohamed says:
    November 16, 2023 at 3:20 pm

    🙂

Comments are closed.

Next Episodeރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ދެވަނަ ބައި)←


All Right Reserved!