
ނަފްރަތުން ލޮތްބަށް 3
އަފާ:އެމީހާ ރަނގަޅުތަ އަނެއްކާ؟ރަފާ:އޭނަގެ ލޮލުގެ ކުލަ-އިޝާ:ތީބާގެ ލޮލުގެ ކުލަޔާ އެއްގޮތްދޯ! އެހުރިހާ އިރު ނެނގި މަޑުވެފަހުރި އިޝާ އިސް އުފުލައި ވާހަކަ ދެއްކިއެވެ.ތީބާ:ދެން ތިކިޔަނީ އެއީ އަހަރެންގެ އާއިލާ މީހެކޭތަ!ތިއެންމެނަށް ރަނގަޅަށް ވެސް އެނގޭނެ އަހަރެންގެ މަންމަ އަކީ ބޭރުމީހެއްކަން!އެހެންނުނަސް އަހަރެން ބޭނުމެއްވެސް ނޫން އެ ކަހަލަ މީހެއްގެ ވާހަކައެއް ދައްކާކަށްވެސް،އަހަރެންނަކީ މަންމައެއް ހުއްޓަސް މަންމައެއް ނެތް މީހެއް!އަފާ: މީކޮންވާހަކައެއް އަހަރުމެން މި ދައްކަނީ؟އެންމެން މޫޑް ސްޕޮއިލް ނުކޮއް ހިނގާ ދެންވެސް ސަންސެޓް ބަލައިލަން!ރަފާ:ވާވް އަހަރެން ބޭނުން ފޮޓޯ ނަގާލަން!ބަލާބަ އުޑު ރީތިކަން!އިރުއޮއްސޭ މަންޒަރު ބަލައިލަމުން ރަފާ ބުނެލިއެވެ. ތީބާ:ތިކޮން މުސަޅެއް؟ރަފާ:ތީތީގެ ފަހަތުން ދުވަނިކޮށޭ ވީކަމެއްވީ!އިޝާ:މީތި ގޮވައިގެން ދެން ގެއަށް ދާނީ!އަފާ:ދެން ތީގެ ވެރިފަރާތަށް ކީއްކުރާނީ؟އިޝާ:އަހަރުމެން ނޫން ބައެއް މިތަނަކުން އެބަ ފެނޭތަ؟ނޫނީ މުސަޅެއް ހޯދަން އައިއްސިތަ އެކަކުވެސް؟ނާދެއެއްނު.ތީބާ:އާން ދެން ވާހަކަ ގިނަ ނުކޮށް ތި ނަގާނެ އެއްޗެއް ނަގައިގެން ދާން އުޅުނީމަ ކިރިޔާ ގެއަށް ގޮސް ފްރެޝް ވެލައިގެން މަޣްރިބް ނަމާދު ކުރެވޭނީ!
ހައިޒަލް ގޮސް ވެއާހައުސް އަށް ވަތް އިރު އެމީހާ އޮތީ ގޮނޑިއަކާ އެކީ ވާގަނޑަކުން ހަތަރެސްފައި ބަނދެފައެވެ. ބޮސް ޕްލީޒް އަހަންނަށް މާފް ކުރޭ! ޕްލީޒް ބޮސް!އަހަރެންގެ ކުޑަ ކުޑަ ދެކުދިން ތިބޭ!މަތޭއޯ:ބޮސް ސްޕޭނިޝް މާފިއާ އިން މީނަޔަށް ލާރި ދީގެން ބޮސްގެ ހުރިހާ މައުލޫމާތަކާ ފޮޓޯތަށް އެކޮޅަށް ފޮނުވަން އުޅެނިކޮށް ނަސީބަކުން މީނަ ހައްޔަރު މިވީ! އަދި މީނަޔަކީ ހިއުމަން ޓްރެފިކިން އާ ރޭޕްކޮއް،އެކުދިން މަރާފައިވާ ކޭސްތަކެއް ފެންމަތިވެގެން ހައި އެލާޓުގަ ފުލުހުން ހޯދަމުންދާ ވޯންޓެޑް ކްރިމިނަލެއް!މަތޭއޯ ހައިޒަލް ގާތު ބުނުމާއެކު ހައިޒަލްގެ ރުޅި އިތުރަށް ގަދަވިއެވެ!
*************************************
ޓޯރޗަރ ސީން އެއްކަމުން ކިޔަން އުދަނގޫ ވަންޏާ މިތަންކޮޅު ސްކިޕް ކޮއްލައްވާ!
އައި ރުޅިން މޭޒުމަތީ އޮތް ކަޓަރު ނަގައި އެމީހާ ފަޔަށް ހަރާލިއެވެ.އެއާއެކު އެމީހާ ބާރަކަށް ރޮއެގަތެވެ.ލައިގެން ހުރި ޖިންސް އެއްކޮއް ލެއިން ކަޅިވިއެވެ.ހައިޒަލް:މާފިއާގަ އަމިއްލަ ޑޯން އަށް ބޭވަފާތެރިވުމުގެ ސަޒާ އަކީ ކޮބާ؟ދަތްކުނޑި ވިކަމުން ހައިޒަލް އިތުރަށް އޭތި އެމީހާގެ ފަޔަށް ގަންބަމުން އަހާލިއެވެ.އޭރު އެމީހާ ރޮވޭއިރުވެސް ބިރުން ރޫ ރޫ އަޅައެވެ.އާހް………….މަ-މަރު-ބޮސް!ރޮމުން އެމީހާ ޖަވާބު ދިނެވެ.ހައިޒަލް:ކަލޭގެ ކުށްތަކަށް ބަލައި މީ އަދި އެއްވެސް އެއްޗެއް ނޫން!މަތޭއޯ!!!މީނަ ޓޯރޗާރ ކޮއްފަ މަރާލާ!އަތުގަ އިން ލޭތަށް ކުޑަ ތުވާއްޔަކުން ފޮހެމުން ހައިޒަލް ބުނެލިއެވެ!
*************************************
ބޮސް ނޫން!ބޮސް ޕްލީޒް!އަހަންނަށް މާފް ކުރޭ!އަހަރެންގެ އަންހެނުންނާ ދަރިން ބިކަ ވެދާނެ! އެމީހާ ގޮވަ ގޮވަ ހުއްޓާ ހައިޒަލް ވެއާހައުސް އިން ނުކުމެގެން ގޮސް ކާރު ކައިރީ މަޑުކޮއްލުމަށްފަހު ކުރީގެ އިޓާލިއަން މާފިއާ ޑޯން އަށް ގުޅައިލިއެވެ!ހައިޒަލް:ހެލޯ! ގައްދާރު އަތުލެވިއްޖެ!އެމީހާ:ވެލް ޑަން މައި ސަން !ހައިޒަލް:އަހަރެން އަހާލަން ބޭނުން ވާހަކައެއް!މިއަދު އަހަންނަށް ހުޅުމާލެއިން ލޫނާޔާ ވައްތަރު އަންހެން ކުއްޖެއް ފެނުނު- އެމީހާ:އޭނަޔާ ވައްތަރު އެތަށް ކުދިންނެއް ފެނުމަކީ އަދި މައްސަލަ- ހައިޒަލް:އޭނަގެ ހުންނަނީ އަޅިކުލައިގެ ކަޅިއެއް އަހަންނާ ކާފަ ގޮތަށް!
ހައިޒަލް:އެއްޗެކޭ ނުކިޔުމުގެ މާނަޔަކީ ޔޫ ނިއު ދިސް!!!! ރައިޓް މިސްޓަރ އެލެސާންޑްރޯ ރޫސޯ؟؟އެމީހާ އެއްޗެކޭ ނުކިޔައި ގިނައިރު ވުމުން ހައިޒަލް ތަންކޮޅެއް ބާރަށް އަހާލިއެވެ!އެމީހާ:މިސްޓަރް ހައިޒަލް ހަނީފް ރޫސޯ!މަށަކީ ކަލޭގެ މާފަކަން ހަނދާން ކުރާތި!އަދި ކަލޭ ޑޯން އަކަށް ހަދާފަ ތިހިރީ ވެސް ހަމަ އަހަރެން!އެހެންވީމަ ކޮންމެހެން މަގޭ ކުރިމަތީގަ ބާރަށް ވާހަކަ ދައްކާނެ ކަމެއް ނެތް!އަނެއް ވާހަކަ، މަށައް ވެސް ހީވި އެ ލޫނާ ކޮންމެވެސް ކަމެއް ފޮރުވާހެން އޭނަ މާ ގިނައިން ރާއްޖެ ދާތީ، އެކަމަކު އެހާ ވަރަކަށް އަޅައެއްނުލަން އޭނަޔަކަށް! ތިވީގޮތުން މަށަށް ޝައްކު ވެއްޖެ އެއީ އޭނަޔާ ކޮންމެވެސް ގުޅުމެއް އޮތް މީހެއް ކަން! އެއީ ކާކުތޯ ބަލާފަ މަށަށް ވާނުވާ އަންގާ!ހައިޒަލް:މިސްޓަރ ރޫސޯ! ޔޫ އެންޑް އައި ވެރީ ވެލް ނޯ އަހަރެން މާފިއާ ޑޯން އަކަށް ވީ ކީއްވެކަން.އެހެންވީމަ ކޮންމެހެން އަހަންނަށް ބިރުދައްކަން ނޫޅޭ! ހައިޒަލް އެއްވެސް މީހަކު ދެކެ ބިރެއް ނުގަންނާނެ!އެހެން ބުނެލުމުން ފުން ނޭވާއެއް ދޫކޮއްލުމަށްފަހު ހައިޒަލްގެ މާފަ ފޯނު ބޭއްވިއެވެ.
ކާރުގެ ބޮނެޓްގަ އަތުން ބޮނޑިއެއް އަޅާލުމަށްފަހު ކާރުގައި ލެނގި ހުރެ ހައިޒަލް ލޯ މަރާލިއެވެ!އެޔާއެކު ހައިޒަލް އަށް ރީތިވި އަންހެން ކުއްޖާގެ ސޫރަ ފެނުނެވެ! ބޮޑަށް އަޅައިގަތީ އެ ދެލޮލުގައި ހުރި މަޑު މުށިކުލައެވެ!އެހެން އަންހެނުންނާ އެހާ އާންމު ސިފަތަށް ހުއްޓަސް އެހާ ތަފާތެވެ!އެ ސޫރަ ސިފަ ވުމުން ވެސް ހައިޒަލްގެ ހިތަށް ހަމަޖެހުމެއް ވެރިވީ ކީއްވެ ކަމެއް ނޭނގުނެވެ!އަހަންނަށް އޭނަ ސޫރަ އެ ފެނުނީ ކީއްވެބާ!ހައިޒަލް އަވަހަށް ކާރަށް އަރައި ގެއާ ދިމާޔަށް މިސްރާބުޖެހީ ރައުފާ ފިކުރު ބޮޑުވެދާނެތީއެވެ.ހައިޒަލް:އެ އަންހެންކުއްޖާގެ ރައްޓެއްސަކީ ކާކުކަމާ، އެއީ އަހަންނާ އެއްވެސް ގުޅުމެއް އޮތް މީހެއްތޯ ހޯދާފަ ނޫނީ ދުލެއް ނުކުރާނަން!
ހާތިމް:ދަރިފުޅާ ބައްޕަގެ ރައްޓެއްސެއް އެބަ އުޅޭ އެމީހުންގެ އޮފީހުގެ އެއްބައިގައި ހޮސްޕިޓަލެއް ހުޅުވަން ވެގެން. އެބައޮތް ނަރުހުންނަށްވެސް ވަޒީފާގެ ފުރުސަތު ހުޅުވާފަ. ބައްޕަ ދެންމެ އިޝާ ނަމާދުކޮއް ނިމުނު ތަނާ އޭނަ ގުޅާފަ އެވާހަކަތަށް ދެއްކީ.ދެން ބައްޕަ ބުނިން ދަރިފުޅުގެ ވާހަކަވެސް.އިޝާ:އޯކޭ ބައްޕާ.މިރޭ އެޕްލައި ކޮއްލާނަން. ކައިގެން ސިޓިންގ ރޫމްގަ ޑްރާމާ ބަލަން އިން އިޝާ ގާތު ހާތިމް ވާހަކަ ދައްކާލިއެވެ.ނާޒުލީ:ޕިސް ޕިސް މަގޭ ނާއިރާ ފަކީރު އެއޮއްގެން މަރުވާ އިރުވެސް މިދެމީހުނަކާހުރެ ނޯންނާނެ ޑްރާމާއެއްވެސް ބެލޭކަށް!އެ ދެން ކާރްތިކް ފަކީރު އެކަނިވެދާނެ!އިޝާ:މިޑްރާމާ ބަލާހިތްވެސް ކެނޑިއްޖެ މިހާރު!މުޅި ފަސް އަހަރަށް ފަހު ކާއިރާގެ ލަވް ސްޓޯރީގެ ދި އެންޑް އެވީ!ދެރަވީ ވަރުން ރޮމުން ރޮމުން ގޮސް އިޝާ ކޮޓަރިއަށް ވަދެގަތެވެ.އެމަންޒަރު ބަލާފަ ނާޒުލީ އާއި ހާތިމް ދެމީހުނަށް ކޮނޑު އަރުވާލާފަ އެނބުރި ޑްރާމާ ބެލިއެވެ.
10ޖެހި އިރު ނިދަން އޮށޯތް މީހާ 2 ޖެހިރުވެސް އޮތީ އެނދުމަތީ ދެކޮޅަކަށް ފުރޮޅިލަ ފުރޮޅިލަ އެވެ.އިޝާ: އެއީ ކާކު؟ހަމަ ދެލޯމަރާލާ އިރަށްް އޭނަ އެ ފެންނަނީ ކީއްވެ؟އެއީ ހަމައެކަނީ އެއްދުވަހަކު ފެނުނު މީހެއް އިޝާ ! އެ ނިމުނީ އެކަން ! ދެން އޭނައެއް ނުފެންނާނެ !އޭނަޔާ ދޭތެރޭ ނުވިސްނާ އިޝާ!އިޝާ އަމިއްލަ ނަފުސަށް ވިނުވައި ދެވޭތޯ އުޅުނެވެ.އެކަމަކު އޭނަގެ ލޮލުގެ އެއަޅިކުލަ!ހަމަ ޔަގީން ތީބާޔާ އެއްވެސް ގުޅުމެއް އެބަ އޮތް!އެހެން ނޫންނަމަ އަހަރެންގެ ހިތް މިހެނެއް ނުބުނާނެ!އަހަރެން އެކަމުގެ ހަގީގަތް ބަލާނަން! އެކަމަކު ކިހިނެތް؟ޕިސް ޕިސް!އަދި އަހަންނަށް އޭނަގެ ލޮލުން ފެނުނު ވޭން!އެ ވޭނަކުން އަހަރެންގެ ހިތަށް މިކުރަނީ ކޮން އަަަސަރެއް!އެ ޑްރާމާ ބަލާފަ ވެސް އަހަންނަށް ކާރްތިކްގެ ސިފައިގެ އޭނަ ފެނުނީ!އާހް…..މިވާނީ މާ ގިނައިން ޑްރާމާ ބެލީމަ އިބިލީސް ކުރާ ކަމަކަށް!ނަމާދު ކޮއްގެން ނޫނީ ހަމައެއް ނުޖެހޭނެ!އަވަހަށް ތެދުވެ ގޮސް ވުޟޫ ކޮއްގެން އިޝާ 2 ރަކުއަތް ނަމާދެއް ކުރިއެވެ.ނަމާދުގަ އިޝާއަށް ރޮވުނީ ކީއްވެ ކަމެއް ހުދު އިޝާ އަކަށްވެސް ނޭނގުނެވެ.ހެއްދެވި ފަރާތުގެ ހަޒްރަތުން ހިތަށް ލުޔެއް ލިބޭތޯ ދުޢާކޮށް އެމީހާޔައްޓަކައިވެސް ދުޢާ ކުރެވުނެވެ.މިރޭ އަނެއްކާ އަހަރެން މޮޔަވަނީބާ؟އޭނަޔަޓައްކައި އަހަރެން ދުޢާ- ޔާ الله. މީ އަނެއްކާ ކޮންކަހަލަ އިމްތިހާނެއްބާ؟އެކަމަކުވެސް الحمدلالله. އޭ ކިޔާ ފުން ނޭވާއެއް ދޫކޮއްލުމަށްފަހު ކުރުސި ކިޔައިގެން އިޝާއަށް ނިދުނީ ކިރިޔާއެވެ!
މަންމާ ޕްލީޒް ހައި ދޫކޮއްފަ ނުދޭ!ހައި ވަރަށް ލޯބިވެޔޭ މަންމަ ދެކެ!ނޯ! މަންމާ!!!!!މޫނުގައި ދެއަތް އަޅާލައިގެން ހުރެ ހައިޒަލް އަށް ރޮވުނެވެ.”ކުއްލިއަކަށް އިވުނީ އަންހެން ކުއްޖެއްގެ އަޑެވެ.ހައި؟އަހަރެންގެ އަތުގަ ހިފާ! “އިސް އުފަލައި ބަލާލިއިރު ހުދުކުލައިގެ ހެދުމަކާ ހަމަ އެކުލައިގެ ބޮޑު ބުރުގަލެއް އަޅައިގެން އެހެރީ އެއްކަލަ ރީތި އަންހެންކުއްޖާއެވެ. ޕަރީ! ބޭއިޙްތިޔާރުގައި ހައިޒަލް އަށް ބުނެލެވުނީ އެ އަންހެން ކުއްޖާގެ އަތުގަ ހިފާލަމުންނެވެ. އެއަންހެންކުއަޖާ ހީލާފަ ހައިޒަލްގެ ކަރުނަތަށް ފޮހެލަމުން އަހާލިއެވެ. “ޕަރީ؟“ އަދި މަޑު މަޑުން ހައިޒަލްގެ ނިތާ ނިތް ޖައްސާލުމަށްފަހު އެ ކަރުގައި ދެއަތް ވަށާލަމުން އެ އަންހެންކުއްޖާ ދެން ބުނެލިއެވެ.”ވައިފް! “
ހުވަފެނުން ހޭލެވުނު އިރު ހައިޒަލް ހުރީ ދާހިއްލާ ފޯވެފައެވެ.އޭސީގެ އެ ފިނި ކަމުގެ ތެރޭގަވެސް ހައިޒަލް އަނދާ ކަހަލަ އެވެ.އެނދުގައި އިށީންދެ އިނދެ ސައިޑް ޓޭބަލް ގަ އިން ގަޑި ބަލައިލި އިރު 4 ޖެހީއެވެ!ހައިޒަލް:މިއީ އަނެއްކާ ކޮންކަހަލަ ހުވަފެނެއްބާ! އެނދަށް ވެއްޓިގަނެގެން، މޫނުގައި ދެއަތް އުނގުޅާލަމުން ހައިޒަލް މަޑު މަޑުން ބުނެލިއެވެ.
އެއް ހަފްތާ ފަސް!
އިޝާ:ބައްޕާ!!!އަޅުގަނޑު އިންޓަވިއުއަށް ހޮވިއްޖޭ!ޔޭ!!!ދަވަމުން ގޭގެ ސިޑިން ފައިބައިގެން އައިސް އިޝާ އޭނަގެ ބައްޕަ ގައިގަ އުފަލުން ބައްދާލިއެވެ.ނާޒުލީ: ދަރިފުޅާ ތަންކޮޅެއް ބަލައިގެން ތި ސިޑިން ފައިބަބަ! ގެއަށް ބަދަލްވިތާ ހަފްތާއެއް ނުވަނީސް ތި އުޅެނީ ހޮސްޕިޓަލަށް ދާންވެގެންތަ؟އިޝާ: މަންމާ ވެއްޓިގެނެއް ނޫނޭ އިރާދަކުރެއްވިއްޔާ ނަރުހަކަށް އަޅުގަނޑު ހޮސްޕިޓަލަށް ދާނީ!ހާތިމް:ކޮންއިރަކު ދަރިފުޅުގެ އިންޓަވިއު އޮތީ؟އިޝާ:ސަންޑޭގަ!ނާޒުލީ:ދެން ހުރިހާ ތައްޔާރީއެއް ކޮއްފިންތަ؟އިޝާ:ކީއްކުރަން؟ނާޒުލީ:އިންޓަވިއުއަށް ދާން ! މާދަން!އިޝާ: މާދަންތަ ސަންޑޭއަކީ؟އޯހް ނޯ! އޭކިޔައި އިޝާ ކޮޓަރިއަށް ދާން ދުއްވައިގަތެވެ!
ނާޒުލީ:ހާތިމް!….އަހަރެން ވެއްޖެ ވާހަކައެއް ދައްކާލަން!ހާތިމް:އަހަންނަށް އެނގޭ ކޮންވާހަކައެއްކަން ނަޒޫ ދައްކަން ތި އުޅެނީ!އަހަރެން ބޭނުމެއް ނުވޭ އަހަރެންގެ ދަރިފުޅު އަހަންނާ ދުރަށް ދާކަށް!އެއީ އަހަރުމެން އަންހެން ދަރިއަކު ލިބުމަށް އެދި ކުރި ދުޢާގެ ނަތީއްޖާ! ނާޒުލީ:އެކަމަކު އޭނަޔަށް އެކަންތަށް ފަޅައި އަރާ ދުވަހަކުން އޭނަ އަހަރުމެންނާ ދުރުވެދާނެ!އެގޮތެއް އެއްގޮތަކަށްވެސް އަހަރެން ބޭނުމެއް ނޫން!ސިއްރެއް އަބަދު އެގޮތުގައި ދެމިއެއް ނޯންނާނެ ހާތިމް!ވަގުތު ފާއިތު ނުވަނީސް ބުނެލުން ރަނގަޅީ!ހާތިމް:އިރާދަކުރެއްވިއްޔާ އެހެނެއް ނުވާނެ!އަހަރެން ކަންތަށް އެހެން ވިޔަކަ ނުދޭނަން!ނާޒުލީ:އެކަމަކު އީއްކޮގެ ހައްޤެއް އެކަން އެނގުމަކީ!ހާތިމް:ނަޒޫ!ނަޒޫއަށް މާ ރަނގަޅަށް ވެސް އެނގޭނެ އަހަރެން މީ އަހަރެންގެ އުސޫލުތަކާ ބުނާ ބަހަށް ތެދުވެރި މީހެއްކަން!ތި ވާހަކައަކީ އަހަރުމެންގެ އިއްޒަތާ އަބުރަށް ވެސް ބުރޫ އެރޭނެ ވާހަކައެއް!އިތުރަށް އަހަންނާ ޖަދަލު ކުރަން ނަހަދާ!ނާޒުލީ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮއްލުމަށްފަހު އިސް ޖަހާލިއެވެ.
އާ ދުވަހަކަށް އިރު އެރީ އެކި މީހުންގެ ހަޔާތަށް އެކި ބަދަލުތަކެއް ގެންނަމުންނެވެ.އެހެންކަމުން މިއަދަކީ އިޝާގެ އިންޓަވިއު އޮންނަ ދުވަހެވެ.10 ޖަހަންވާއިރަށް އިންޓަވިއު އޮންނަ ތަނަށް ދާން ޖެހޭތީ އަވަހަށް ތައްޔާރު ވެލައިގެންއިޝާ ނުކުތީ ނާޒުލީ ކާން ގޮވާލުމުންނެވެ.އިޝާ:މަންމާ ނާވަސް ކަމުން ހިއެއް ނުވޭ އެއްޗެއް ކަރުން ދިރުވާލެވޭނެހެންވެސް!ނާޒުލީ:އެހެންވިއްޔާ ކރުތައްޓެއް ނަމަވެސް ބޮއެގެން ދާންވާނީ!ނޭނގެ ނިމޭނެ އިރެއް ވެސް!ދަރިފުޅު އަންނަންވާއިރަށް މަންމަ މީރުއެއްޗެއް ތައްޔާރު ކޮއްލާނަން!ހާތިމް:ދަރިފުޅު ރެޑީތަ؟އިޝާ:ޔެސް ޑޭޑް!ހާތިމް:ހިނގާ ބައްޕަ މިއަދު ދަރިފުޅު ގޮވައިގެންދާނީ!
ދެން އަންނަބައިގެ ތެރެއިން: އިޝާ:ބައްޕާ އަޅުގަނޑު އިންޓަވިއު އިން ނުހޮވުނު!ހާތިމް:އެއީ މައްސަލަ އެއްނޫނޭ ދަރިފުޅާ!އަދި ވަޒީފާ ލިބޭނެ ތަންތަން ހުންނާނެ އެއްނު!ބައްޕަ އެބައޮތް ދަރިފުޅަށް ސަޕްރައިޒެއް ދޭން ވެފަ ވެސް!
ހައިޒަލް:ހެލޯ ބޭބެ! މިތާ ކީއްތިކުރަނީ؟ބޭބެގެ ދަރިފުޅު އަންނަ އިރަކަށް މިހުންނަނީ!ހައިޒަލް:ބޭ- އިޝާ:ބައްޕާ!
ނޯޓް:ދެން އަންނަ ބައިގަ ޑައިލޯގްސް އެހެން ގޮތަކަށް ގެނެސްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން!ޝުކުރިއްޔާ!😊❤️
31
3 Comments
Comments are closed.
Masha allah varah reethi mi vaahaka ❤️🌺
Thank you so much 😊❤️
Aww 😍 Maasha Allah Vv reethi mi part vs ❤️.. Unmeedhu kuran next part vs avahah kiyaalan libeyne kamah 😊