Skip to content
އެސްފިޔަ

ނަފުރަތުން ލޮތްބައް 2

މާލޭގެ މަގުމަތިން ހިނގަމުން ދިޔަ ހަތަރު އެކުވެރިންނަށް ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ.މޮޑެލުންނަށް ދޫނުކޮއްލާ ވަރަށް ހަތަރު ކުދިންވެސް ރީއްޗެވެ. ނަމަވެސް ތަފާތީ އިޝާގެ މިޒާޖެކޭ އެއްގޮތަށް އެ މޫނުމަތިން ފެންނަ މައުސޫމު ކަމެވެ.ލައިގެން ހުރި ކަޅު ކުލައިގެ ގަޔަށްދޫ ހެދުމަކާ މުށި ކުލައިގެ މެކްސީ ސްކާޓަކާ ހަމަ އެކުލައިގެ ޝޯލް އަކުން އެ ރީތިކަން ދެގުނަ ކޮއްދެއެވެ. އެއިން އެއްވެސް ކަމަކަށް ފަރުވަލެއްނެތި އެ ހަތަރު އެކުވެރީން އެމީހުންގެ މިސްރާބައް ދެވޭތޯ ބެލިއެވެ.

ހަތަރު އެކުވެރިން އެކި ވާހަކަތަށް ދައްކަމުންގޮސް ރަސްފަންނަށް ވަތް އިރު މީހުން ގިނަ ކަމުން ކިޔާނެ ކަމެއް ނެތެވެ.ދުވަހަކީ އާދީއްތަ ދުވަހަކަށް ވެހުރެވެސް މިއަދު އެތާނގެ މީހުން ގިނަކަމުން އިޝާމެން ތިބީ ކުޑަކޮށް ހައިރާންވެފައެވެ.”އަފާ:މިތަނަށް ނައިސް ގޭގަ އޮތް ނަމަވެސް މާ ރަނގަޅުވީސް!އިޝާ:މިތަނަކަށް ނުވަދެވޭނެ!ރަފާ:ދެން މިހާ ނަލަ ހެދިލައިގެން މިއޮއް ކުޑަ މާލޭގެ ކޮންތަނަކަށްބާ އަހަރުމެން ދާނީ!ތީބާ:އޭތް މާ ޑްރާމާ ބޮޑު ކުރާނެ ކަމެއް ނެތް ތިން މީހުން ވެގެން.ދެން މިތާ އަނގަ މައްޗައް ނަގައިގެން ނުތިބެ ހިނގާ! 3މީހުން:ކޮންތާކަށް؟ ތީބާ:މިތާ ކައިރި މިހެރަ ކެފޭއަށް-ރަފާ:އެތަނަށްގޮސް އަހަރުން ކީތްކުރާނީ ؟ތީބާ:ސުއްބޫހް އަދިވެސް ވާހަކަ ދައްކައި ނުނިމެނީސް މެދުކަނޑާލާތި.މަމި ކިޔާއެއްޗެއް އެއްކޮއް އަޑުއަހާބަ ފުރަތަމަ.ރަފާ:ހުމް ކިޔާބަ ދެން ތިކިޔާ އެއްޗެއް! ތީބާ:މަ ބުނީ ހިނގާށޭ އެތާ އެހެރަ ކެފޭއަށް މަ ގުޅައިފީމޭ ޑްރައިވަރ އަންކަލް އަށް އަަހަރުމެން ގޮވައިގެން ހުޅުމާލެދާން ބަލައި އަންނަން!އިޝާ:އެ ކީއްކުރަން؟އަފާ:ބަލަ އިޝާ ހާތިމް ހުޅުމާލޭގަ މިގަޑީ އެހާ މީހުން ގިނައެއްނުވާނެ. މިތަނަށް ބަލައިލީމަވެސް އެބަ އެނގޭ ރާއްޖޭގެ ރައްޔިތުން މިއުޅެނީ ހަވީރު ގަޑިޔަށް މިތަނަށް އައިސްކަން! ތީބާ:ކޮބާ ނިމުނީ ތިދެމީހުން؟ދެން މަކިޔަން އުޅުނީ ފޭސް ޓޫ ކައިރި ބީޗައް ހިނގާށޭ ، އެތަނުން އިރުއޮއްސޭ މަންޒަރު ފެންނަލެއް ނުލާހިކު ރީތިވާނެޔޭ!ރަފާ:އަދިވެސް މަގޭ އަނގަ ގަދަ ވާހަކަ ދައްކާ!މޫނަށް ގޮތެއް ހަދާލަމުން ރަފާ ހިނގައިގަތީކެފޭއާދިމާއަށެވެ.ދެކޮޅަކަށް ބޯހޫރާލުމައްފަހު ދެން ތިބި ތިން މީހުންވެސް ރަފާގެ ފަހަތުން ހިނގައިގަތެވެ.

ބީޗު ކައިރިޔަށް އާދެވުމާއެކީ އިޝާ ދެއަތް ހޫރާލައިގެން ބީޗާ ދިމާޔަށް ދުއްވައިގަތެވެ.ފަހަތުން ރިފާ އާއި ތީބާ ވެސް ދުއްވައިގަތެވެ.އެ ތިން މީހުނަށް ބަލައި ހީލުމްށްފަހު އަފާ އެ ހަތަރު އެކުވެރިން އަބަދުވެސް މިގޮތުގައި ލެހެއްޓެވުމަށް އެދި ހިތުން ދުޢާ ކޮށްލަމުން އެތިން މީހުންގެ ފަހަތުން ދުއްވައިގަތެވެ.ބީޗުގައި ހަތަރު އެކުވެރީންގެ ހުނުމުގެ އަޑު ގުގުމާލިއިރު،އެ ހަތަރު އެކުވެރީންގެ ހަޔާތަށް އަނަން އޮތް ތޫފާނުގެ ހިލަމެއް އެކަކަށް ވެސް ނުވެއެވެ.

އިޝާ:އޮންނާނެ ސަކަރާތް ޖެހިފަ!ކަރުހިއްކައިގަނެގެން މަރުވަނީ މިއޮއް!މާ ނޭވާލަމުން ދޮންވެލިގަނޑުމަށްޗައް ވެއްޓިގަންނަމުން އިޝާ ބުނެލިއެވެ. ތީބާ:މިތާ ކައިރި އެހެރަ ފިހާރަޔަށް ދާންވީނު!އެކަމު މަށަކަށް ނުދެވޭނެ!ދޮންވެލިގަނޑުމަތީ އޮށޯންނަމުން ތީބާ ބުނެލިއެވެ!އަފާ:އޭތް މަޝަކަށް ވެސް ނުދެވޭނެ !ވާޅުވެއްޖެ ރަނގަޅަށްވެސް!އިޝާ:ދެން އަޅެ އިޝާ އެކަނިތަ ދާންވީ؟ކަންޖޫސް އިންސާނުން!ދޮންވެލިގަނޑުމަތިން ތެދުވެލަމުން އިޝާ ބުނެލިއެވެ. އަފާ:އާން ދެން އިޝޫ ތީ މުސަޅެއްތާދޯ މަށަށް އޭރުވެސް އެނގުނު ތީ އިންސާނެއް ނޫންކަން!އަފާ އެހެން ބުނެލުމާއެކު އިޝާގެ އަނގަ ހުޅުވުނެވެ އެއާއެކު ދޮންވެލިގަނޑުމަތީ ވެއްޓި ތިބި ތިންމީހުންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.އިޝާ ވަގުތުން ރުޅިއައެވެ!ރަފާ:ހިނގާ އަހަރެންނާއެކު!އަހަރެންވެސް ބޭނުން ކާއެއްޗަކާ ބޯ އެއްޗެއް ގަަންނަން!ހިނިގަނޑު މަތަ ކުރަމުން ރަފާ ބުނެލީ ގައިގެ ވެލިތަށް ފޮޅަމުން ތެދުވެލަމުންނެެވެ!އެޔާއެކު އަނެއްކާވެސް އަފާ އާއި ތީބާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ!މިފަހަރު ރަފާ ވެސް ރުޅިއައިސްގެން ގޮސް އިޝާ ކައިރި ހުއްޓުނެވެ!އޭރު އިޝާ ހުރީ ހަށަންބަދެލައިގެންނެވެ.ތުން ގޮސް މާލެގަ ޖެހޭވަރުވެއެވެ. ރަފާ:ހޫން! ދެންތި ގަޔަށް ސީލެވޭ ވަރު ނުވަނީސް ހުއްޓާ ނުލާތި!ތީބާ:ތިވަރަކުން ނޫޅުނަސް އަހަރުންނަށް އެނގެޔޭ ވާން އުޅޭ ކޮއްކޮފުޅަށް ގޮތެއް ވެދާނެތީ ދޮންބެދައްތަ ބިރުގަންނަނީކަން!ވަގުތުން ރަފާގެ ކޯ ރަތްވިއެވެ!އެޔާއެކު އިޝާ ވެސް ކައިރީގަ ހުރި ރަފާޔަށް ބަލައިލީ ލާނެތް ހިނިތުންވުމަކާ އެކުއެވެ.ރަފާ: މަށެއް ނޫޅެން އެއްވެސް މީހަކާ ހެދިއެއް! އަދި އެބަ ކިޔައެއްނު ދޮންބެ ދައްތައޭ!ފަޅައި އެރީކަން އެނގުމުން ރަފާ ވަގުތުން ނޫންކަމަށް ހެދިލިއެވެ.

އަފާ:އާން އަހަރުމެން ދެން މޮޔައީއޭ ދޯ؟އަހަރުމެން ސްކޫލް އުޅުނު އިރުއްސުރެ މިއަދާ ހަމަޔަށް ލޮލުގަ ފޮތިގަނޑެއް ބަނދެވެން ވިއްޔާ މި އުޅެނީ! ތީބާ:ނަހުޝާން އުޅުނު އިރު އަބަދު އިޝާމެންގެއަށް ދާކަށް ނުބުނޭ!ނަހުޝާން ފެނިއްޖެއްޔާ އޭނަޔަށް ބަލަން ގެއްލިފައެއް ނުހުރޭ!އޭނަ ފެނިއްޖެއްޔާ އަބަދު ހެވިފަ އެހެންނޫނީ ހުވަފެނީ ދުނިޔޭގައެއް ނުހުރޭ!ދެން ކޮން ދޮންބެދައްތައެއްދޯ؟އަފާޔަށް ދޯ ދެމުން ތީބާ ބުނެލިއެވެ!އަފާ:އެހާވަރަށް ފިރިހެން ކުދިން ލޯބި ހުށަހަޅާއިރުވެސް ޤަބޫލު ނުކުރަނީ ވެސް”ކަރިއަރ އަށް ފޯކަސް ކުރަން ވެގެން “! އެންމެން ދިމާ ކުރަން ފެށުމުން ފިހާރަޔަށް ދަނީ ކަމަށް ބުނެ ރަފާ ބާރަކަށް ހިނގައިގަތެވެ!އިޝާ:ދެން ހަވާލު ނުވިސް ހެވޭ!ފިލަން އުޅޭނެކަމެއް ނެތް!ރަފާޔާ ދިމާޔަށް ހިނގައިގަންނަމުން އިޝާ ބުނެލިއެވެ.އެޔައެކު ރަފާ އެކަކަށްވެސް ނުފެންނާނެ ހިސާބަށް ދެވުމުން ރަކި ގޮތަކަށް ހީލިއެވެ.

އިޝާމެން ފިހާރައިގަ ތިއްބާ ބޭރުގަ އޮތް ކުޑަ ހުދުކުލައިގެ މުސަޅެއް ފެނުމުން އިޝާ ހީލިއެވެ.އިޝާ:ބޭބް ބަލާބަ އެއޮއް މުސަޅެއް!ކައުންޓަރު ކައިރީގަ ހުރި ރަފާޔަށް އެ މުސަޅު ދައްކާލަމުން އިޝާ ބުނެލިއެވެ.ރަފާ:މީހެއްގެ އެއްޗަކަށް ވާނީ .އަނެއްކާ އޭތި ގެއްލުނީބާ؟ރަފާ އެހެން ބުނުމުން އިޝާގެ ދެލޯ ބޮޑުވިއެވެ.އިޝާ:އަޅެ ހިނގާބަ އެހެން ވެއްޖެއްޔާ އޭގެ ފެމެލީ ހޯދަދޭން!ރަފާގެ ހެދުމުގަ ހިފައިގަންނަމުން އިޝާ ދެރަވެފަ ބުނެލިއެވެ.ކައުންޓަރުން ކޮތަޅު ނަގައިގެން ދެމީހުން ހިނގައިގަތީ އެކަނި އޮތް މުސަޅާ ދިމާއަށެވެ.

އިޝާ މަޑު މަޑުން ގޮސް އެ މުސަޅު ނަގައިގެން މަގުގެ ދެކޮޅު ހޯދާލީ އޭތި ހޯދަން ނަމަވެސް މީހަކު އަންނަތޯއެވެ. ނަސީބުދެރަކަމުން ސައިކަލުން އެހެން ދާ ދެމީހަކު ފިޔަވައި ބަޔަކު ފެންނާކަށްވެސް ނެތެވެ.އިޝާ މުސަޅައްޓަކައި ދެރަވެހުރެ މުސަޅަށް ބަލައިއެވެ.އޭގެ ދެވަނަ ސިކުންތުގައި އެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެ މުސަޅު އިޝާ ގައިގައި އޮޅުލައިގަތުމުންނެވެ.އެ މަންޒަރު ފެނި ރަފާ ވެސް އޯވ އޭ ބުނެ ވަގުތުން އެ ލޯބި މަންޒަރުގެ ފޮޓޯއެއް ނަގާލިއެވެ.އިޝާ:ފޮޓޯއެއް ނެގީތަ ؟ ދައްކާލަބަ ބަލައިލަން. އެހެން ބުނެ އިޝާ ރަފާ ކައިރިޔަށް ޖެހުނުތަނާ މުސަޅު އިޝާގެ އަތު ތެރެއިން ފުންމާލައިގެން މަގާ ދިމާޔަށް ދުއްވައިގަތެވެ.އޭގެ ފަހަތުން އިޝާ ވެސް ދުއްވައިގަތީ ބާރު ސްޕީޑެއްގައި އައި ކާރެއް ފެނުމުންނެވެ.ފަހަތުން ރަފާ ވެސް ދުއްވައިގަތީ ހިތް އަތްމަތް ބާއްވައިގެންނެވެ .އިޝާ ދުވެފަ ގޮސް މުސަޅު ނެގިތަނާ ކާރު އައިސް ހުއްޓުނީއެވެ.އެންމެ ފިޔަވަޅެއް ވެސް ކުރީގަ ހުރި ނަމަ އެ ކާރުގައި ޖެހުނީހެވެ .ރަފާ ބިރުން ދެލޯ މަރާލައި ދެ ކަންފަތުގައި އަތްއަޅާލައިގެން ހުރިތާނގައި ގަނޑުވީއެވެ.

ދުވަހުގެ މީޓިންގ ތަށް ނިންމާފަ އައިސް ހައިޒަލް ކެބިންއަށް ވަތް ތަނާ މަތޭއޯ ހައިޒަލް އަށް ގުޅާލިއެވެ. މަތޭއޯއަކީ އިޓާލިއަން މާފިއާގަ ހައިޒަލްގެ އެއް އަތެވެ. ނަމަވެސް ދުނިޔެއަށް އެއީ ހައިޒަލްގެ ބޮޑީގާޑެކެވެ. މަތޭއޯ:ސަރ އޭނަ ފެނިއްޖެ!ހައިޒަލް:އޮން މައިވޭ!މި ތިން އަހަރު އިޓަލީގަ އުޅުމުގެ ތެރެއިން މާފިއާގަ ހައިޒަލްގެ ގޭންގް އިން އެކަކުއިޓާލިއަން މާފިއާގެ އާރމްސް ގެ އެންމެ ބޮޑު އެއް ޑީލްގެ މައުލޫމާތު ސްޕޭނިޝް މާފިއާއަށް ލީކުކުރީއެވެ.ނަމަވެސް ހައިޒަލް އަށް އޭގެ ޙަބަރު ލިބިގެން އެ ޑީލްގެ ތާރީޙާ ހުރިހާ މައުލޫމާތު ބަދަލުކުރިއެވެ.އެ މަކަރުވެރިޔާ އަތުލެވުމުގެ ކުރިން އޭނަ ފިލީއެވެ.އޭނަ ހޯދާތާ 6މަސްދުވަސް ވީފަހުން އަތުގައެ ޖެހުނީ ކިރިޔާއެވެ.ހައިޒަލް އިންޓަކޮމް އަށް ފިތާލުމަށް ފަހު އިވަން އަށް ގޮވާލިއެވެ. ހައިޒަލް:ޑްރައިވަރ ގާތު ބުނޭ ކޮމްޕަނީގެ ކާރުން މިއަދު ގެއަށް ދާށޭ!އައި ހޭވް ޓު އެޓެންޑް ސަމްތިންގް!އިވަން:ބަޓް ސަރ- ހައިޒަލް ބާރަކަށް މޭޒުމަތީ ޖަހާލުމާއެކީ އިވަން ދިޔައީ ސިއްސައިގެންނެވެ.ބިރުގަތް ވަރުން އެފަކީރު ހުރީ މަޑު މަޑުން ތުރުތުރު އަޅަ އަޅައެވެ.ހައިޒަލް:އަހަރެން އިވަން އަށް މުސާރަ ދެނީ އަހަރެން ބުނާ ގޮތަށް ކަންތައް ކުރަން!ޔޫ ބެޓާ ގެޓް ދެޓް އިން ޔުއާ ހެޑް!އިވަން:ޔެ-ޔެސް ބޮސް!އެޔާއެކު ހައިޒަލް ބާރަކަށް ނުކުމެގެން ގޮސް ކާރަށް އަރައި ނައްޓާލީއެވެ.

ހައިޒަލްއަށް ހުޅުމާލެ އާދެވުމާ އެކީ ކާރުގެ ދުވެލި ބާރުކޮއްލިއެވެ. އެމީހަކު އެއީ ކާކުތޯ ބަލަން ހައިޒަލް ހުރީ ކެތްމަދު ވެފައެވެ.ކުއްލިއަކަށް ކާރުގެ ކުރިމައްޗައް އަންހެން ކުއްޖަކު އެރީއެވެ.އެއަންހެން ކުއަޖާގެ ގައިގަ ނުޖެހުނީ ހަމަ ކިރިޔާއެވެ.އެއީ ހައިޒަލްގެ މޮޅުކަމުން ކަމެއް ނުަވަތަ ހައިޒަލްގެ ނަސީބު ކަމެއް ހުދު ހައިޒަލް އަކަށް ވެސް ނޭނގުނެވެ.މާފިއާގަ އުޅޭތީ ހައިޒަލް އާ ވަރަށް ގިނައިން މިކަހަލަ ކަންކަމާ ކުރިމަތިލާން ޖެހިފަ ވާތީ ހައިޒަލް އަށް އެހާ ބޮޑު އަސަރެއް ނުކުރެއެވެ.ނަމަވެސް އައިސްފަ ހުރި ރުޅިން ކާރުން ނުކުމެ ބަން ކިޔާފަ ކާރުގެ ދޮރު ޖަހާލިއެވެ.

ހައިޒަލް:ތިހާ މަރުވާ ހިތް ވަންޏާ ގޮސް އެހެން މީހެއްގެ ކާރުގެ ކުރިމައްޗައް އަރާ!ހައިޒަލްގެ  އަޑު އިވުނު ހިނދު އިޝާގެ ހިތަށް އެހެންކަހަލަ އަސަރެއް ކުރިއެވެ.އެ މުސަޅު މެއާ ލައި ބޮނޑި ކޮއްގެން އޮތް އިޝާ މަޑު މަޑުން ދެލޯ ހުޅުވައި އިސް އުފުލައި ބަލައިލިއެވެ.ފެނުނު މަންޒަރަކުން ހައިޒަލް ގަނބުވި ފަދައެވެ.އިޝާގެ ހާލަކީތޯއެވެ.ރީތިކަން ހުސްކޮއްލައިގެން ހުރި ފިރިހެނެކެވެ.ލައިގެން ހުރި އަރްމާނީ ސޫޓް އިން އެ ކަސްރަތީ ހަށިގަނޑު އިތުރަށް ރީރިކަމަށް ދައްކައެވެ.އެލޮލުގެ ހުރި އަޅި ކުލަޔާ އެ ދޮން މޫނާ ނުލާހިކު ގުޅެއެވެ.މީގެ އިތުރުން ރީއްޗަށް ޓްރިމް ކޮއްފަހުރި ތުނބުޅިންނާ ،ލިބިފައިވާ އިސްކޮޅުން ފިރިހެންވަންތަކަން އިތުރު ކޮއްދޭފަދައެވެ.އިޝާޔަށް ހަމަ ބިމަށް އާދެވުނީ ހައިޒަލްވެސް އިޝާޔަށް ބަލަން ގެއްލިފަހުރިކަން ރޭކާލުމުންނެވެ.ކޯރަތްވިއެއްކަމަކު ރުޅިންކަމަށް ހެދިގެން އެ ޒުވާނާޔާ ދިމާޔަށް އެއްޗެކޭ ބުނަން ނިންމިއެވެ.

އިޝާ: އޯވ ހެލޯ މިސްޓަރ ދެލޯ ވަށްކޮއްގެން މާވަރަކަށް ކޯއްޗެއް ތި ބަލަނީ؟އިޝާ އެހެން ބުނެލި އިރު ރަފާ ދުވަމުން އައިސް އެމީހުނާ އަރާ ހަމަވީއެވެ.ރަފާ: އިޝޫ މޮޔަވީތަ؟ މިއަދު އިޝޫއަށް ގޮތެއް ވިނަމަޔޯ ؟ރަފާ ފެންކަޅިވެހުރެ އިޝާ ދިމާޔަށް ގޮވައިގަތެވެ.އިޝާ :މި ބަނީ ސަލާމަތް ކުރަންވެގެން- ރަފާ:އިޝާއެއް ނުޖެހެޔޭ ތީތި ސަލާމަތް ކުރާކަށް ކޮންމެހެން!އޭރަށް ފތީބާޔާ އަފާވެސް އެމަންޒަރު ފެނުމުން ދުވަމުން އެތަނަށް އައީއެވެ!އިޝޫ ކިހިނެތްވީ؟ތީބާޔާ އަފާ އެއްފަހަރަކާ އަހާލިއެވެ.ރަފާ:މި މީހާޔަށް މިއަދު އެ ކާރު ހުއްޓުމަކީ އިޝާގެ ނަސީބު!ވަރަށް ބޮޑަށް ޝުކުރިއްޔާ ތި މީހަޔަށް! އެމީހާޔަށް އިޝާ ފިޔަވައި ދެން ތިބި ތިން މީހުން ޝުކުރު އަދާ ކުރިއެވެ.

ހައިޒަލް އަށް ހަމަ ބިމަށް އާދެވުނީ އެއަންހެންކުއްޖާ ރުޅިން ވާހަކަ ދައްކަން ފެށުމުންނެވެ.ރުޅިއެރީމަ އަދި މާ ރީއްޗޭ ހައިޒަލްގެ ހިތަށް އެރިއެވެ.އިސްކޮޅު ހުރިވަރުން ހައިޒަލްގެ މެޔާ އަރާ ހަމަވާ ކަމެވެ.އެ ރީތިކަން ސިހުރެއް ފަދައެވެ.ފުރަތަމަ ފަހަރަށް ހައިޒަލް އަށް އަންހެން ކުއްޖަކު ލޯބިވީއެވެ.ހިޔާލީ ދުނިޔެއިން ހައިޒަލް އަށް ބޭރު ވެވުނު  އިރު އެތާ އިތުރު ތިން އަންހެން ކުދިން ތިއްބެވެ.އެމީހުން ހައިޒަލް އަށް ޝުކުރު އަދާ ކުރުމުން  ހަމައެކަނި ބޮލެއްޖަހާލީއެވެ. ހައިޒަލް ދާން އުޅުތަނާ އެކަކު ސަރ އޭ ކިޔައި ގޮވާލިއެވެ.ތީބާ:ސަރ! ވަރަށް ބޮޑަށް ޝުކުރިއްޔާ މައްސަލަ ނުޖެއްސީތީ!ތީބާ ކުޑަ ހިނިތުންވުމަކާއެކު ހައިޒަލް އަށް ޝުކުރުވެރިވިއެވެ. ހައިޒަލްގެ ލޮލުގެ އަޅައިގަތީ އެ އަންހެން ކުއްޖާގެ ދެލޮލުގެ ކުލައެވެ.ހަމަ ހައިޒަލް ކަހަލަ އަޅި ކުލައިގެ ކަޅިއެކެވެ.ހައިޒަލްއެއްޗެކޭ ނުބުނެ އެއްފަހަރު އިޝާޔަށް ބަލާލުމަށް ފަހު އިތުރަށް އެތާ މަޑުނުކޮއް ކާރަށް އަރައި ކާރު ދުއްވާލިއެވެ!ހައިޒަލް:އޭނަގެ ކަޅީގެ އެ ކުލަ!އޭނަގެ މޫނުގަ އެހެރަ ވައްތަރުކަން ! އަނެއްކާ އެ މީހާގެ ދަރިއެއްބާ!  ނޫން އެހެނެއް ނުވާނެ ! އެކަމަކު ރާއްޖޭގަ އެކަހަލަ ކަޅިއެއް ހުންނަ ކުއްޖެއް !ކިހިނަކުންބާ މި ވަނީ! މުޅި ދުނިޔޭގަވެސް އެހާ މަދުން ނޫނީ ނުވާ ކަމެއް!ހައިޒަލް ބޮލަށް ތަދުވާން ފެށުމުން ސްޓޭރިންގަ ބާރަކަށް ޖަހާލުމަށްފަހު ވެއާ ހައުސްއާ ދިމާޔަށް ދުއްވާލިއެވެ.

 

 

ދެން އަންނަ ބައިގެ ތެރެއިން:އެ އަންހެން ކުއްޖާގެ އެ ރައްޓެއްސާ އަހަންނާ އެއްވެސް ގުޅުމެއްވޭބާ؟ހައިޒަލް ލޯ މަރާލުމުންވެސް ފެންނަނީ އިޝާގެ ސޫރައެވެ.

އިޝާ:އަހަންނަށް އެހާވަރަށް އޭނަޔާ ދޭތެރޭ މި ވިސްނެނީ ކީއްވެބާ!އެދެލޮލުން އަހަންނަށް ފެނުނު ވޭން ، އެއީ ކީއްވެބާ!ނިދަން އުޅެ އުޅެ ނިދޭ ގޮތެއްވެސް ނުވޭ!

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. Ifoo

    Aww 😍.. Maasha Allah Vv reethi mi part vs.. Unmeedhu kuran next part vs avahah kiyaalan libeyne kamah ❤️
    Mi vhk up vanee Kn dhuvas thakaku

    1. eenaas
      Ifoo

      Thank you so much for the support!😭❤️and komme dhe dhuvahun eh dhuvahu upload kureveythoa balaanan!

  2. love imko 💕💕

    Mi part vex varha reethi
    Unmeedhu kuran next part kiyaalan libeeney kama

    1. eenaas
      love imko 💕💕

      Thank you!😊❤️ next part ehenveema 11th ga upload kohlaanan!inthizaaru kohlahvaa😭

  3. Lily_.

    Vahakaiga vaa goeh vrh reeethi❤️❤️ masha allahh❤️
    Ekm i don’t like dialogues huri goehj😭

    1. eenaas
      Lily_.

      Thank you 😭❤️! dialogues thah aslu ehen eheree
      Characters gina veema kiyuntherinnah olhidhaane theeve!😭 ithuru faseyha gotheh oih nama pls suggest!😊

  4. Sahaaa

    Lily ebuny thedheh
    Ehen authors liyefa huri goeh balaaba
    Egothah liyunyma faseyha vaany characters gina viass
    Dhen ehen myhun dhekey gotheh neynge mi kamuga eh, mi bunely aharennah kamudhaa goehh

  5. Reem

    Mi part ves varah salhi. kon dhuvahakun next part up vaanee. really waiting. i love this story. but have one request. Mmm if possible dialogue than kolheh faseyha gothakah genes dhevidhaane tha? ❤️☺️

Comments are closed.