Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ނަފްރަތުން ލޮތްބަށް 4

eenaas
November 13, 2023
4 Mins Read
1 Comment

ފުން ނޭވާއެއް ދޫކޮއްލުމަށްފަހު އިޝާ ގޭޓުން އެތެރެއަށް ހިނގައިގަތީ ނުހަނު އުންމީދާ އެކުގައެވެ.މަޑު މަޑުން ހިނގާފަ ގޮސް ރިސެޕްޝަނިސްޓް ގާތު ހުއްޓިލިއެވެ.ޔެސް މޭމް؟އެ އަންހެންކުއްޖާ އަހާލިއެވެ.އަޅުގަނޑު މި އައީ ނަރުހެއްގެ އިންޓަވިއު އަށް!އާދެ ދެވަނަ ފްލޯރ އަށް ދުރުވެލައްވާ!ރިސެޕްޝަންގަ އިން އަންހެންކުއްޖާ ހިނިތުންވުމަކާ އެކު އިޝާއަށް ކިޔަދިނެވެ.އެކުއްޖާޔަށް  ޝުކުރު ދެންނެވުމަށްފަހު އިޝާ ލިފްޓާ ދިމާޔަށް ހިނގައިގަތެވެ.ދެވަނަ ފްލޯއަށް ވަތް އިރު 20 ވަރަކަށް އަންހެން ކުދިން އެތާނގެ ގޮނޑި ތަކުގަ ތިއްބެވެ. އައްސަލާމުއަލައިކުމް މޭމް، ނަން؟ވާލައިކުމުއްސަލާމް. އަޅުގަނޑަކީ އައިޝަތު އިޝާ ހާތިމް.އާދެ އެތަނުން ގޮނޑިއެއްގަ އިށީނދެލާ! އަޅުގަނޑު ގޮވާލުމުން އޮފީހަށް ދުރުވެލައްވާ!އަތުގަ އޮތް ލިސްޓުން އިޝާގެ ނަމުނަގައި ފާހަނގަ ޖަހަމުން އެ އަނަހެން ކުއްޖާ ހިނިތުންވެލަމުން ބުނެލިއެވެ.އިޝާވެސް ބަދަލުގައި ހިނިތުންވުމެއް ރައްދުކޮށް ބޯ ޖަހާލުމަށްފަހު ގޮސް އެތަނުން ގޮނޑިއެއްގަ އިށީނެވެ.

އިންޓަވިއު ނިންމާފަ ލިފްޓުން އެރިގެން ހިނގައިގަތް ތަނާ މީހެއްގެ އަތުގަ އިޝާގެ އަތް ޖެހުނެވެ. އެމީހާ ގާތުން މާފަށް އެދެން އެމީހާޔާ ދިމާޔަށް ބަލައި ނުލަނީސް އެހެން މީހަކު އިޝާޔަށް ގޮވާލިއެވެ.މިސް އިޝާ! ފައިލު ބާއްވާފަ ތި ދެވުނީ!އޯހް ސޮރީ ،އެންޑް ތެންކިއު މީތި ގެނެސްދިނީތީ!އެ އަންހެން ކުއްޖާ ގާތަށް ހިނގައިގަންނަމުން އިޝާ މާފައް އެދުނެވެ.އިޓްސް އޯކޭ!އަޅުގަނޑަކީ މީރާ!މީރާ ހުސެއިން، ކޮންގްރޭޓްސް އެންޑް ވެލްކަމް ޓު ދަ ޓީމް!ތެންކިއު ވަރަށް ބޮޑަށް!ނޯ ، އިޓްސް އޯލްރައިޓް!އެކަމަކު ކުންފުނީގެ ފަރާތުން ބާއްވާ ވެލްކަމް ޕާޓީ އަށް އަންނަން ވާނެ !އަޅުގަނޑުމެން އެކަން ފައިނަލް ވީމަ މެއިލް ކޮއްލާނަން!އަދިވެސް އެއްފަހަރު މީރާޔަށް ޝުކުރު ދެންނެވުމަށް ފަހު ދާން އެނބުރިލި އިޝާޔަށް ފެނުނީ ދެންމެ އެއަތުގަ ޖެހިލި މީހާގެ ފުރަގަހެވެ.ކަޅުކުލައިގެ ސޫޓެއް ލައިގެން ހުރި ބިޔަ މީހެކެވެ . ޖެހިގެން އެމީހާޔަށް ވުރެ ތަންކޮޅެއް ކުރު ފިރިހެނެއް ހުއްޓެވެ.އެދެމީހުން ގޮސް އިމާރާތުން ބޭރަށް ނުކުމެގެން ދިޔައީއެވެ. އެއީ ކުންފުނީގެ ސީ.އީ.އޯ އަކީ!އިޝާ ގާތު ހުރި މީރާ ބުނެލިއެވެ.އޯހް!ހީ އިޒް ބޭޑް ނިއުސް އިޝާ!އެންމެން ބިރުގަނޭ ސަރ އަށް!އެއީ ކުރީގެ ބޮސްގެ ދޮށީ ފިރިހެން ދަރިފުޅު!ހައިޒަލް ހަނީފް!ހައިޒަލް….މަޑު މަޑުން އިޝާ އެންން ކިޔާލީ ހިތަށް ގޮތެއް ވުމުންނެވެ.އަޅުގަނޑު ދެން ދަނީ!ބުނެފަ އިޝާ ވެސް ބޭރަށް ނުކުންނަން ހިނގައިގަތެވެ.

ހައިޒަލް އިންވެސްޓަރުންނާ އެކީ އޮތް މީޓިން އަކަށް ދާން ގްރައުންޑް ފްލޯ އަށް ވަދެލި އިރު އެތަން އޮތީ ތަންކޮޅެއް ހަލަބޮލި ކޮށެވެ. އިވާން މީ ކޮންކަމެއް؟ސަރ އެއީ މެޑިކަލް ޑިޕާރޓްމެންޓަށް މުއައްޒަފުން އައްޔަން ކުރަން ވެގެން އިންޓަވިއުތަށް ބާއްވަނީ!ހުމ.ހިނގާ!ހައިޒަލް ހިނގައިގަތް ތަނާ މަތޭއޯ ގުޅަލިއެވެ!ބޮސް.ބޮސް ހޯދަދޭން ބުނި އަންހެން ކުއްޖާގެ މައުލޫމާތު މި ހަފްތާ ތެރޭގަ ލިބޭނެ !މަތޭއޯ!އަހަރެން މި ދެނީ އިތުރަށް ދެ ދުވަސް!އެހެންނޫނީ ދެން އޮންނާނީ އަހަރެންގެ އަތާ ކަލޭގެ ކަރު!އެވަރުގެ ކަމެއް ނުވެގެން ތިއުޅެނީ މުޅި އެއް ހަފްތާ ދާއިރުވެސް ހައިޒަލް ފޯނު ބާއްވާ ޖީބައް އަތްލި ތަނާ އަންހެން ކުއްޖެއްގެ އަތް ހައިޒަލްގެ އަތުގަ ޖެހުނެވެ.ހައިޒަލް އެ މޫނަށް ބަލަން އިސް އުފުލި ތަނާ އެ އަންހެން ކުއަޖާ އަނެއް ކޮޅަށް މޫނު އަނބުރާލިއެވެ.ޕަރީ؟ހައިޒަލް އަށް ހީވީ އެއްކަލަ ކުއްޖާ ފެނުނު ހެނެވެ.ހައިޒަލް އެ ކުއްޖާޔަށް ގޮވާލަން އުޅުނު އިރަށް އޭނަ އެހެން އަންހެން ކުއްޖެއްގެ ގާތަށް ދާން ހިނގައިގަތެވެ.ޕަރީ އެއް ނުހުންނާނެ މިތާކު ހައިޒަލް !އަދިވެސް ހުވަފެނުގަ ތި އުޅެނީ!ބޮސް؟ކިހިނެތްވީ؟އިވާން އަހާލުމުން ކަމެއް ނުވާ ކަމަށް ބުނެ ހައިޒަލް ހިނގައިގަތީ އަދިވެސް އެއްފަހަރު އެ އަންހެކުއްޖާޔަށް ބަލާފައެވެ. ލައިގެން ހުރި ހުދު ގަމީހަކާ ކަޅު ކުލައިގެ މެކްސީ ސްކާޓް ބެގީ ނުޖަހައި ހުރި އިރު އަޅައިގެން ހުރީ ކަޅު ކުލައިގެ ޝޯލްއެކެވެ.

އިޝާ ބޭރަށް ނުކުންނަން ހިނގައިގަތް ތަނާ ހާތިމް ގުޅަލިއެވެ.ބައްޕާ އަޅުގަނޑު އިންޓަވިއު އިން ނުހޮވުނު!އެއީ މައްސަލަ އެއް ނޫން ދަރިފުޅާ އަދި އެހެން ތަން ތަން ވެސް އެބަހުއްޓެއްނު!ހާތިމް އާ ބެހިލަންވެގެން އިޝާ ދޮގެއް ހެދދުމުން ހާތިމް ޖަވާބު ދިނެވެ.އިޝާ ދެރަވެގެން ތެދު ބުންނަ އުޅުނު ތަނާ ހާތިމް ވާހަކަ ދެއްކިއެވެ.ތި ވާހަކައެއް ނޫނޭ!ދަރިފުޅަށް އޮންނާނެ ސަޕްރައިޒެއް!އާދޭ ބޭރަށް ބައްޕަ މިހިރީ ބޭރުގަ!އެންމެ ރަނގަޅޭ ކިޔައި ފޯނު އަތް ދަބަހަށް އަޅައި އިޝާ ހިނގައިގަތެވެ.

ހައިޒަލް އާއި އިވަން ޕާކިން އާ ކައިރި ވި ތަނާ  ހައިޒަލް ދަންނަ މީހަކު ފެނުނު ހެން ހީވިއެވެ.ބޭބެ؟އަންހަ ހައިޒަލް؟އިވަން ގޮސް ކާރު ނެރެގެން އާދޭ!ހާތިމްބެ މިތާ ކީއް ތިކުރަނީ!ހައިޒަލް އަހާލިއެވެ.ބޭބެގެ ދަރިފުޅު އިޝާ އަންނަންދެން މިހުންނަނީ!އިޝާ؟އެ ނަން އިވުމުން ހައިޒަލްގެ ހިތަށް ގޮތެއް ވިއެވެ.ބޭބެ- ! ބައްޕާ ! ދަންނަ އަޑެއް ހެން ހީވެގެން ފަހަތަށް އެނބުރިލިއިރު ފެނުނު މީހަކުން ހައިޒަލްގެ ހިތު ވިންދު އަވަސް ވިއެވެ.ޕަރީ؟މަޑު މަޑުން ހައިޒަލް ބުނެލިއެވެ.އެހެންވީމާ އެއީ ހީވުމެއް ނޫންތާދޯއޭ ހައިޒަލް ހިތާ ހިތުން ބުނެލިއެވެ.

ބޭރަށް ނުކުމެގެން އައި އިޝާޔަށް ޕާކިން ކައިރިން އޭނަގެ ބައްޕަ ފެނުނެވެ.ގާތުގައި ފިރިހެނެއް ވެސް ހުއްޓެވެ. އެމީހަކަށް އަޅައިނުލައި އިޝާ އޭނަގެ ބައްޕަޔަށް ގޮވާލުމްއްފަހު އެ ތަނަށް ހިނގައިގަތެވެ.ބައްޕަގެ ގާތު ހުރި މީހާ އެނބުރިލުމުން އިޝާގެ ހިތް ހުއްޓުނު ފަދައެވެ. ވަގުތުން އިޝާގެ ދެލޯ ބޮޑުވެ.ފިޔަވަޅުވެސް ލަސް ވިއެވެ. ހަމަ އެވަގުތު އިޝާގެ ބައްޕަ އެތާ ހުރުމުން އެއްޗެކޭ ހީވެދާނެތީ ނޫންކަމަށް ހެދިލައިގެން އެދެ މީހުނާ އަރައި ހަމަ ކުރިއެވެ.ދަރިފުޅާ!މީ ބައްޕަގެ ރައްޓެހި ހަނީފްބެގެ ދަރިފުޅު ހައިޒަލް.މި ކުންފުނީގެ ސީ.އީ.އޯ. ތިން އަހަރު ދުވަހު އިޓަލީގެ އުޅެފަ އޭނަ އައީ!އޯމައި ގޯޑް!މިއީ ސީ.އީ.އޯ؟ޝިޓް!އިޝާ ހިތާ ހިތުން ކިޔާލިއެވެ.އިޝާ ނޫން ކަމަށް ހެދިގެން މަޑު މަޑުން ހީލިއެވެ.ހައިޒަލް، މިއީ ބޭބެގެ ދަރިފުޅު އައިޝަތު އިޝާ ހާތިމް!ނާރސިންގް އިންޓަވިއުއަށް މިތަނަށް އައީ!ދެން ބޭބެ މެން ގޮސްލަނީ އިނގޭ! އުފާ ވެއްޖެ ހައިޒަލް ފެނުނީމަ!އިޝާޔަށް ބަލަން ގެއްލި ފަ ހުރި ހައިޒަލް އަށް ހާތިމް އެންމެ ފަހުން ކިޔުނު އެތި އަޑު އިވުނު ކަން ނަސީބެކެވެ.ހަމަ އެކަނި ބޮލެއް ޖަހާލުމްށްފަހު ހައިޒަލް ހަމް އެތާނގަ ހުރީއެވެ.ހައިޒަލް އަޅައިގެން ހުރި އަވި އައިނުގެ ސަބަބުން ހާތިމް އަށް ހައިޒަލް އިޝާޔަށް ބަލަން ހުރިކަން ނޭނގުނީއެވެ.

ދާން އެނބުރުނު އިޝާ އަތުން ފައިލު ފެއްޓި އޭގަ ހުރި ގަނޑުތަށް ބިންމައްޗައް ވެއްޓުނެވެ.ތި ކިހިނެތްވީ ދަރިފުޅާ؟ބައްޕަ ބަހައްޓާ!ކާރު ނެރެންވީއެއްނު!މީތި ނަގައިގެން އަޅުގަނޑު މިދަނީ!އިޝާ އެހެން ބުނުމުން އެންމެ ރަނގަޅު ކަމްށް ބުނެ ހާތިމް އެތަނުން ދިޔައެވެ.އެޔާއެކު އިޝާ ގަނޑުތަށް ނަގަން ތިރިވެލިއެވެ.އަވި އައިނު ނަގާލަމުން އިޝާގެ ފަހަތުން ހައިޒަލް ވެސް ތިރިވެލިއެވެ.ނޯ ޕްލީޒް އަޅުގަނޑު މި އެއްޗެހި ނަގާފާނަން!ހައިޒަލް އިޝާޔަށް އެހީވާން ފެށުމުން އިޝާ ވަގުތުން ބުނެލިއެވެ. އރންޑް ވަރަށް ބޮޑަށް ޝުކުރިއްޔާ އަޅުގަނޑުގެ ބައްޕް ގާތު އެކްސިޑެންޓްގެ ވާހަކަ ނުދެއްކީތީ. އެވަގުތު ދެމީހުންގެ ހަތަރު ހަމަވިއެވެ.މި ކުރެވެނީ ކީއްކަން ރޭކާލުމުން ބާރު ބާރަށް ތެޅި ތެޅިއޮތް ހިތަކާ އެކު އިޝާ ދުރުބަލައިލީ ކިތަންމެ ވެސް ބޭނުން ނުވެހުރެއެވެ.ތިހާވަރަށް އަޅުގަނޑު ކައިރި ނުބަލަފާނަންތަ؟ ހައިޒަލް ހަމަ ބަލަން ހުރުމުން ރަކިވީ ވަރުން އިސް ޖަހާލަމުން އިޝާ ތެދުވެލިއެވެ.އޭރު އިޝާގެ ކޮލުގަ ހުރި ރަތް ކަމެކޭ ޖަންބު ކުލައެކޭ އެއްފަދަ އެވެ.

ކިޔާނެ އެއްޗެހި ބައިވަރެވެ.ނަމަވެސް ހައިޒަލްގެ ދުލަށް އެއްވެސް އެއްޗެއް ނައެވެ.އެ ރީތިކަމާ އެ މައުސޫމުކަން ހައިޒަލްގެ ހިލަ ހިތުގައި ވިންދު ޖައްސައިފިއެވެ.އަޅުގަނޑު ދެން ގޮސްލަނީ!ކަރުކެހިލަމުން އިޝާ ބުނެލިއެވެ.ހައިޒަލް ހަމައެކަނި ހުމް އޭ ބުނެފަ ބުނެފަ ލައިގެން ހުރި ފަޓުލޫނުގެ ޖީބަށް އަތް ޖާހާލައިގެން އިޝާ ދާތަން ބަލަން ހުރީއެވެ.މަޑު މަޑުން ހައިޒަލް އާ ދުރަށް ހިނގަމުން ގޮސް އިޝާ ފަސް އެބުރި ބަލައިލިއެވެ.ހައިޒަލް ހީލާފަ ދުރުބަލައިލުމަށްފަހު އަނެއްކާވެސް އިޝާ ކައިރި ބަލާލީއެވެ. ހިތް އެދުނުގޮތަށް އިޝާ ފަސް އެނބުރި ބަލައިލި އިރު ހައިޒަލް ހުރީ ހަމަ އިޝާ ކައިރި ބަލާށެވެ.ކުއްލިއަކަށް ހައިޒަލް އިސް ޖަހައިގެން ހުރެ ހީލާފަ ދުރު ބަލާފަ އިޝާ ކައިރި ބެލީއެވެ.އިޝާ ހީވީ މޮޔަ ވެދާނެ ހެނެވެ.އެ ހިނިތުން ވުން އެއީ އިޝާ ދުވަހަކުވެސް ފެނި ފޫހިނުވާނެ ފަދަ ރީތި ހިނިތުން ވުމެކެވެ.އިޝާގެ ހިތް އެވަގުތު ތެޅިލި ގޮތުން ހާޓް އެޓޭކެއް ޖެހެނީ ބާވައޭ ހިތަށް އެރި އެވެ.ގަނބުވެފަ ހުރި މީހެއް ހެން އެނބުރި ހިނގާފަ ގޮސް ގޭޓާ އަރައި ހަމަ ވިތަނާ ހާތިމް ކާރު ނެރުނީއެވެ.ކާރަށް އެރި ގޮތަށް އިޝާ އިތުރަށް ބަލައިވެސް ނުލިއެވެ.ހާތިމް ބަލައިލުމުން ބޯޖެހުމަށްފަހު ފަހު ހައިޒަލް ވެސް އިވަން ކާރު ގެނައުމުން ކާރަށް އެރިއެވެ.

އިޝާ އެނބުރުނު ތަނާ ހައިޒަލްގެ އެ ހީލުން ވަގުތުން ބަދަލު ވިއެވެ.އުމުރުން ދިހަ އަހަރަށް ފަހު ހައިޒަލް ހީލި ފުރަތަމަ ފަހަރަކީ މިއީ ނަމަވެސް އެވަގުތު އެމޫނުގެ ކުލަވަރު މީހަކަށް ފެނުނުނަމަ އެމީހަކު ބިރުން ތުރު ތުރު އެޅީހެވެ.ހައިޒަލް އަކީ ބޭނުންވާ އެއްޗެއް ހާސިލްކޮއްފަ ނޫނީ ދޫކުރާ މީހެއް ނޫން!އިޝާ ހާތިމް!!!ތީ މިހާރު އަހަރެންގެ އެންމެ ބޮޑު ބޭނުން! ހައިޒަލް ބުނެލިއެވެ. ހާތިމްގެ ކާރު ފެނުމުން ވަގުތުން ހައިޒަލް ކުރިއެކޭ އެއްގޮތަށް އެމޫނުމަތިން ހަރުކަށިކަން ފިޔަވައި އިތުރު އެއްވެސް އަސަރެއް ނުދައްކައެވެ.އެ މޫނު ބަލައިލި މީހަކަށް މިއީ ދުވަހަކު ހީލި މީހެކޭވެސް ނުބުނެވޭނެއެވެ.ހާތިމް އަށް ބޯ ޖަހާލުމަށް ފަހު ހައިޒަލް ކާރަށްއަރައި ހަމަ ޖެހިލިއެވެ.

ދެން އަންނަ ބައިގެ ތެރެއިން:ސަޕްރައިޒް …ނެގި މަޑުވެފަ ހުރި އިޝާ ގެއަށް ވަނުމުން ނާޒުލީ ގޮވާލިއެވެ.އިސް އުފުލައި ބަލާލި އިޝާ އުފަލުން ގޮސް އާ އޭ ކިޔައި ގޮވައި ގަނެފަ އެމީހާ ގައިގަ ދުވަމުން ގޮސް ބާރަކަށް ބައްދާލިއެވެ.މައި ބޭބީ!އެމީހާ އިޝާ ގައިގަ ބައްދާލަމުން ބުނެލިއެވެ.

މަތޭއޯ ގުޅައިލުމުން ހައިޒަލް ފޯނު ނެގިއެވެ. ސަރ!އެ އަންހެން ކުއްޖާގެ މައުލޫމާތު ލިބިއްޖެ!އަޅުގަނޑު މި މެއިލް ކޮއްލަނީ!އޯލް ރައިޓޭ ކިޔައި ހައިޒަލް ފޯނު ކަނޑާލިއެވެ.

 

 

 

 

 

33
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

eenaas

I really love to read stories! So I tried writing one after a very long time! Please show some support!❤️

Other Articles

Previous

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…….! (ޓްރެއިލަރ)

Next

އައިނާ (3) 7

Next
November 14, 2023

އައިނާ (3) 7

Previews
November 13, 2023

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…….! (ޓްރެއިލަރ)

One Comment

  1. Ifoo says:
    November 14, 2023 at 6:38 pm

    Aww 😍.. Maasha Allah Vv reethi mi part vs.. Unmeedhu kuran next part vs avahah kiyaalan libeyne kamah 😊

    Reply

Comments are closed.

All Right Reserved!