ވާހަކައިގެ އަންހެން ބަތަލާ: އައިޝަތު އިޝާ ހާތިމް.އިޝާ އަކީ ދެމަފިރިއެއްގެ އެންމެ ހަގު އަދި ހަމައެކަނި އަންހެން ދަރިފުޅު. މަންމަ އާއި ބައްޕަ ދެކެ ވަރަށް ލޯބިވާ އުމުރުން 21 އަހަރު އިޝާ އަކީ އަޖައިބެއްފަދަ ރީތިކަން ލިބިފައިވާ ، މަޖާ މިޒާޖެއްގެ ހިތް ހެޔޮ ނަރުހެއް ، އަފާ، ތީބާ އަދި ރަފާ އަކީ އިޝާގެ ސްކޫލު ދައުރުއްސުރެ އެންމެ ގާތް ތިން އެކުވެރިން.ބައްޕަގެ ކުންފުންޏާ ހަވާލުވުމަށް އިޝާގެ ދޮންބެވަނީ ކިޔަވަން ޔޫ.ކޭގަ. އިޝާގެ ކުޑަބެ އަކީ މެލޭޝިއާގައި ޑޮކްޓްރީކަން ކިޔަވަމުންދާ ޒުވާނެއް!
މަންމަ :ނާޒްލީ ނައީމް 54 އަހަރު
ބައްޕަ :ހާތިމް އަބްދުލް ގާދިރު 58 އަހަރު
ދޮންބެ:މުހައްމަދު ނަހުޝާން ހާތިމް 26 އަހަރު
ކުޑަބެ:އަހުމަދު ނަވީން ހާތިމް 24 އަހަރު
އިޝާގެ އެކުވެރީން :
މަރިޔަމް އަފާ އިބްރާހިމް 22 އަހަރުގެ ބޭކަރީއެއް ހިންގަމުންދާ ވިޔަފާރިވެރިއެއް، ކެއްކުމަށް ވަރަށް ލޯބިކުރާ!ގްރޫޕްގެ ޖޯކަރު.
އާމިނަތު ރަފާ އަހުމަދު 22 އަހަރުގަ ބައްޕަގެ ކުންފުންޏާ ހަވާލުވެގެން އަދިވެސް ކިޔަވަމުން ކުންފުނި ހިންގުމުގެ އުކުޅުތަށް ދަސްކުރަމުން ދާ ރަފާ އަކީ ގްރޫޕްގަ ޕްލޭންތަކެއް ރާވާ ހިންގާ އަބަދުވެސް ކޮންމެވެސް ސަކަރާތެއް ޖަހަން އުޅޭ ފަރާތް.
ފާތިމަތު ތީބާ ހަނީފް 22 އަހަރުގެ ފުލުހެއް ގްރޫޕްގަ އެންމެ ކަންނެތް ، އެންމެ ރުޅިގަދަ ، އަބަދު ބިޒީވެފަ އުޅޭ ފަރާތް.
ވާހަކައިގެ ފިރިހެން ބަތަލް :މުހައްމަދު ހައިޒަލް ހަނީފް އަކީ މާލޭގެ މުއްސަނދި ދެމަފިރިއެއްގެ އެންމެ ދޮށީ ދަރިފުޅު ، އުމުރުން އެންމެ 24 އަހަރުގައި ބައްޕަގެ ކުންފުންޏެއް ކަމައްވާ ނަންމަޝްހޫރު އެޗް.ސީ އާއި ހަވާލުވެ ހިންގަމުންދާ ފަރާތް އަދި އެޗް.ސީ ގެ ސީ.އީ.އޯ!މީގެ އިތުރުން އަންޑަވޯލްޑްގެ މާފިއާގެ ތެރެއިން އެންމެ ބާރުގަދަ އެއް މާފިއާ ކަމައްވާ އިޓާލިއަން މާފިއާގެ ބޮސް!ނަމަވެސް އެކަކަށްވެސް އެއީ ކާކު ކަމެއް ނޭނގޭ ޝަޙުސިއްޔަތެއްް!
މުހައްމަދު ހައިޒަލް ހަނީފް އަކީ 27 އަހަރުގެ ހަރުކަށި ރުންކުރު މިޒާޖެއްގެ ވެރިއަކަށް ވީނަމަވެސް އަންހެންކުދިން މޮޔަވާ ފަދަ ރީތިކަމެއްގެ ވެރިއެކެވެ! ކުޑައިރު ދިމާވި ހާދިސާ އަކުން އަދިވެސް އަރައި ނުގަނެވިގެން އެ ހިތްދަތިކަން އެންމެނަށް ފޮރުވަމުންދާ މީހެއް! ހައިޒަލްގެ ހަޔާތުގެ ހުރިހާ ސަފުހާ ތަކެއް ދަންނަ އުމުރުން 27 އަހަރުގެ އަކްޝަމް އަކީ ހައިޒަލްގެ ކުޑައިރުއްސުރެ ހަމަ އެކަނި އެކުވެރިޔާ އަދި ބިޒުނަސް ޕާރޓްނާރ.
ބައްޕަ : ހަނީފް އާދަމް 59 އަހަރު
މަންމަ :އައިޝަތު ރައުފާ މުސްތަފާ 51 އަހަރު
ކޮއްކޮ: ހައިތަމް ހަނީފް 24 އަހަރު
ކޮއްކޮ:ރައުހާ ހަނީފް 22 އަހަރު
އެކުވެރި: އަކްޝަމް އިބްރާހިމް 27 އަހަރު އަމިއްލަ ކުންފުންޏެއް އުފައްދައި ހިންގަމުންދާ ގާބިލް ޒުވާނެއް
ޓްރެއިލާރ:
ހައިޒަލް: އޭނަ އަހަންނަށް ފެނުނު ފުރަތަމް ދުވަހުއްސުރެ އެއީ އަހަރެންގެ ހައްޤެއް،ހައިޒަލް ބޭނުންއެއްޗެއް ހާސިލް ކޮއްފަނޫނީ ދުލެއް ނުކުރާނެ! ނުލަފާ ގޮތަކަށް ހީލިއެވެ. ހައިޒަލްގެ އުމުރުން 10 އަހަރަށް ފަހު ހީލި އެންމެ ފުރަތަމަ ފަހަރަކީ އެއީ ނަމަވެސް އެހެން ބުނެލިއިރު މީހަކަށް އެ ދެލޮލުގެ ކުލަވަރު ފެނުނު ނަމަ ބިރުން ތުރުތުރު އެޅީސްހެވެ!
އިޝާ: އޭނަ ހީކުރަނީ މި ދުނިޔެއަކީ އޭނަ ބައްޕަ ގެންގުޅޭ ހަރު މުދާ ގަނޑު ކަމަށްތަ؟ހާދަ ރުޅިއެއް އެބަ އާދެޔޭ ހުވާ މި ބުނީ އޭނަގެ މޫނު ނޮޅާލާނަމޭ ހިތަށް އަރާ! ހުއްހް!!!!
ތަފާތު ދުނިޔޭގެ ދެމީހުން އެކަކީ އަލިފާން، އަނެކަކީ ފެން! ހައިޒަލް އަށް އިޝާ ހާސިލްކުރެވޭނެބާ؟ އިޝާއަށް ހައިޒަލްގެ ފޮރުވިފައިވާ ޒަޙަމްތަކަށް ފަރުވާދެރެވޭނެބާ؟ހައިޒަލް އިޝާ އޭނަޔަށް ފަރުވާކުރާނެ ފުރުސަތެއް ދޭނެބާ؟ ސިއްރުތަކާ ހިތާމަޔާ ލޯތްބާ ބިރުވެރިކަން އެކުލެވިންވީ މި ދެ މީހުންގެ ދިރިއުޅުމަށް އަންނާނީ ކޮންކަހަލަ ތޫފާނެއް ބާ؟
ނޯޓް1: ބައެއް މީހުން ހިތަށް އަރާފާނެ ހައިޒަލް މާފިއާ ބޮސް އަކަށް ވީ ކިހިނެއްތޯ ! އެއަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ ވާހަކައިގެ ބައިތަށް އަޕްލޯޑް ކުރަމުންދާ ވަރަކަށް އެކަން ވާހަކައިގެ ތެރެއިން އެނގިގެންދާނެ އަދި ވާހަކަ ކުރިއަށް ދާ ވަރަކަށް އިތުރު ކެރެކްޓާސް ތައާރަފް ކުރެވޭނެ ވާހަކަ ބުނެލަން.
ނޯޓް2:އަޅުގަނޑު ވާހަކައެއް މި ލިޔަނީ ވަރަށް ގިނަ ދުވަސްތަކަކަށް ފަހުން ކަމަށް ވާތީ އަޅުގނޑަށް ކުށެއް ކުރެވޭނަމަ ރަނގަޅު ކުރާނެ ގޮތް ކިޔައި ދިނުން އެދެން! އަދި އަޅުގަނޑުގެ ވާހަކައަށް ތިއެންމެންގެ ތަރުހީބު ލިބޭނެ ކަމަށް އުންމީދުކުރަން . ޝުކުރިއްޔާ☺️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.

varah salhi vaane hen heevani waiting for the story
Veehai ves avahah up kureveythoa balaanan 🫶🏻
Trailer vx varah reethi maasha Allah… Ehn v ma ummeedhu kurany vaahaka vx varah reethi vaane kamah…. Mihaaruhsure dhn mi vaahaka ah vx inthizaaru kureveyne…. Furathama bai kon iraku???
Thank you!insha Allah, will try my best vaahaka thafaathu koh reethi kureveytho!furathama bai maybe maadhan hisaabehga upload kohlaanan. Insha Allah❤️
Vrh reeeeethii vaane Kama unmeedhu kuran
Waiting for next part
Insha Allah!😊🫶🏻✨
Heevanee Mee v reethi vhk eh hen Trailer v reethi Ehnve.. Unmeedhu kuran mi vhk kiyaalan avahah libeyne kamah 😊❤️
Thank you ! Insha Allah 😭🫶🏻✨