ފަތިސްނަމާދުކޮށްގެން އޮށޯތް އިޝާއަށް ހޭލެވުނީ އިރުގެ ދޯދިތަށް ކުޑަދޮރުގެ ފަރުދާގެ ތެރެއިން ކެހިގެން އައިސް މޫނަށް އެޅުމުންނެވެ. އުފާވެރި ހިނިތުންވުމަކާ އެކު ހިންދަމާލައި އިޝާ އެނދުން ތެދުވެލީ ދެން ދުވަސްކޮޅެއް ވަންދެން ކިޔަވަން ނުޖެހޭނެތީއެވެ.އިޝާ އަކީ ނާރސިންގ ޑިޕްލޮމާ ނިންމާފަހުރި ޒުވާނެކެވެ. އަދި ވަޒީފާގެ އިއުލާން ނުކުރާތީ އިޝާ އުޅެނީ ކުޑަވަރެއްގެ ޗުއްޓީއެއްގައެވެ.އުފަލުން ކުޑަކޮށް ނަށާލައި ގޮސް ފާހާނަޔަށް ވަނީ ގަނޑިން ވީވަރު ރޭކާލުމުންނެވެ.8 ގެ ކުރިން ކޮޓަރިން ނުނުކުމެއްޖެއްޔާ މަންމަ ދޮރު ވައްޓާލާނެއެވެ.
އާދައިގެ ގޮތަކަށް ރީތިވެލައިގެން އިޝާ ގޮސް ބަދިގެތެރަށް ވަދެގަތް އިރު ނާޒުލީ އިނީ ރޮށި ފިހަން ފުށް މޮނޑުމުގައެވެ.”އަނެއްކާ މިއަދު އިރު މި އެރީ ކޮން ކޮޅަކުންބާ! ގޮސް ދޮރު ވައްޓާ ނުލަނީސް ކަމަނާފާނު ބަދިގެއަށް ތި ވަދެގަތީ؟ “ނާޒުލީ އަށް ހީވީ ހުވަފެނެއް ފެނުނު ހެވެ. އެހެންޏާ ގޮވައި ގޮވައި އަނގަ ވާޅު ނުވަނީސް ދޮރުވެސް ހުޅުވާލަން ނުކެރޭ ދަރިފުޅު މިއަދު ގޮވައި ވެސް ނުލަނީސް އަތް ގާތްކޮއްލަން އައިސް ބަދިގެއަށް ވަނުމުން އެހެން ނުވާނީ ކޮން މަޔަކަށް ހެއްޔެވެ؟”ހޫން މަންމަ ދެން މާ ޑްރާމާ ބޮޑުވާނެ ކަމެއް ނެތް ! އީއްކޮ މިހިރީ ވަރަށް އުފާވެފަ! ކިޔަވަންށާ ކޮލެޖަށް ދާން ނުޖެހޭތީ. ހާހް!މިއީ ކޮންފަދަ އުފަލެއްބާ!“ފުރަތަމަ ތުން ދަމައިގެން ހުރެ ވާހަކަ ދެއްކި ނަމަވެސް ފަހުން ހުވަފެނީގޮތަކަށް ގެއްލި ހުރެ އިޝާ ވާހަކަ ނިންމާލިއެވެ.”އަންހެނެއްވާ މަށައްލިބިފަ މިހިރީ “މަޑު މަޑުން ނާޒުލީ އެހެން ބުނެލިއެވެ.”ދެން މެއްސެއްހެން ތި އަނގަ ނުތަޅުވާ އަމަލު ގިނަކޮށްބަލަ ދަރިފުޅު. ތި ރޮށިފިހެފަ ގޮސް ބައްޕަޔަށް ގޮވާ މަންމަ ހުންނާނެ ރިހަ ކައްކާފަ. މި އަންނަނީ ގަަސްތަކަށް ފެން ދީފަ އިނގޭ “އިޝާ އަނެއްކާވެސް ތުން ދަމާލާފަ މަޑު މަޑުން އޯކޭ އޭ ބުނުމުން ނާޒުލީ ޓެރެސް އާ ދިމާޔަށް ހިނގައިގަތެވެ.
“މަންމާ! އަވަސްކޮއް އާދެބަ ވަރަށް ބަނޑުހައޭ.”އާން މި ދަނީއޭ”އިޝާ ގޮވާލުމުން ނާޒުލީ އަވަސްކޮއްގެން ގޮސް ބަދިގެތެރެއަށް ވަދެގަތް އިރު ހާތިމް އާއި އިޝާ ތިބީ އޮލަ ވާހަކައެއްގައެވެ.”ދެބަފައިން ހާދަ އޮލަ ވާހަކައެއްގަ ތި އުޅެނީ؟ “”މި ދައްކަނީ އަހަރުމެންގެ ގޭގެ ރެނޮވޭށަން ނިމުނު ވާހަކަ! ތިދެމައިން ބުނިހާއި އަވަހަކަށް ބަދަލުވާންވީ ދެން. “ނާޒުލީއަށް ޖަވާބުދިނީ ހާތިމެވެ. “”އީއްކޮ ބޭނުން ކޮންމެހެންވެސް ވަޒީފާޔަށް ނުކުތުމުގެ ކުރިން ގެއަށް ބަދަލުވާން.މުޅި އެއް އަހަރު ފަހުން އެނބުރި ގެއަށް ދާން ކެތްނުކުރެވޭނެ ދެން. އޭރުން މި އެޕާރޓްމަންޓް ކުއްޔަށް ދޫކޮއްލާނީ! ދަތްޕިލަ ދައްކާލަމުން އިޝާ ވާހަކަ ނިންމާލިއެވެ! “”އެހެންވީމަ އަންނަ ހަފްތާގެ ކުރިން ވާނެ ގެއަށް ބަދަލްވެލަން ދޯ؟ނަޒޫވެސް އޯކޭދޯ؟ “ހާތިމް ނާޒުލީގެ ބަސް ވެސް އަހާލަން ބޭނުންވިއެވެ.”ނެތް މައްސަލައެއް އަވަހަށް ތިކަންތަށް ހަމަޖައްސާ! “
”ޔާ ރައްބީ!!!! އިޝާ ކާން އިނދެފަ ފުންމައިގެން ގޮނޑިން ތެދުވެލިއެވެ.”ދަރިފުޅާ ކިހިނެތްވީ އަނެއްކާ ؟ ހާތިމް ހާސްވެހުރެ ސުވާލުކޮއްލިއެވެ.”ސުބުހާނަٱللَّٰه ކަންތަކާ ޖެހުނީ!މޫނުގަ އަތް އުނގުޅާލަމުން މަޑު މަޑުން ނާޒުލީ ބުނެލީ ދަރިފުޅުގެ ގޮތް އެނގޭތީއެވެ.”ބައްޕާ ރިފާމެންނާއެކީ މިއަދު ބޭރަށްދާން އެންމެން އެއްބަސް ވެފަ އޮތީ! ނަސީބެއް ހަނދާންވިކަންވެސް! އެމީހުނަށް އީއްކޮ ހަނދާން ނެތްކަން އެނގުނު ނަމަ ދުވަސް ދިޔައީސް!“ހާތިމް ކިޔާނެ އެއްޗެއް ނޭނގިގެން ދެކޮޅަކަށް ބޯހޫރާލީއެވެ.
ސެރީން ވިލާއަށް ވަދެގެން ދިޔަ ކަޅު ކުލައިގެ ރޭންޖް ރޯވާއަށް އެވަގުތު ހުޅުމާލޭގެ މަގުތަކުގައި ހަރަކާތަތެރި ވަމުންދިޔަ ގިނަ ބައެއްގެ ނަޒަރު ހުއްޓުނެވެ. “މަންމަގެ ޒެއްލު “ ހައިޒަލް ކާރުން ނުކުތް ތަނާހެން ރައުފާ ދުވެފަ ކަހަލަ ގޮތަކަށް އައިސް ހައިޒަލް ގައިގަ ބަދާލިއެވެ.”މަންމާ އަހަރެން ބުނީމެއްނު މަންމަ މިހާ ހެނދުނާ ހޭލާ ނުއިންނާށޭ “ ރައުފާގެ ގައިގައި ދެއަތް ވަށާލަމުން ހައިޒަލް ނުރުހިފަ ބުނެލީ ރައުފާ ސައިނަސް ހުންނާތީ އެހާ ހެނދުނާ ފެންވަރައިފިއްޔާ ކިބިހި އެޅުން ނުހުއްޓޭނެކަން އެނގޭތީއެވެ.”މަންމަޔަށް ކިހިނެތް ކެތްވާނީ އަހަރަކު ދެބައިކުޅަ އެއްބައި ދަރިފުޅު އުޅެނީ އިޓަލީގަ،މިހާރު ތި އައީވެސް 3އަހަރަށް ފަހު، ރަށުގަ ހުއްޓަސް ދަރިފުޅުގެ ގިނަ ވަގުތު އޮފީހުގަ.މަންމަ ހޭލުމުގެ ކުރިން އޮފީހަށް ދާނެ ، އަންނަނީ މަންމަ ދަރިފުޅަށް އެތަށް އިރަކު އިންތިޒާރުކޮށް ނިދުމަށް ފަހު. ދެން ދަރިފުޅު ބުނެބަ މަންމަ ކީއްތަ ކުރާނީ؟ “ ރައުފާ ދެރަވެފަ ހުރެ ބުނެލިއެވެ! “”ހުމް އޯކޭ ދެން ހިނގާދޯ އެތެރެއަށް. “ ލައިގެން ހުރި ސޫޓުގެ ކޯޓް ބާލައި ރައުފާގެ ކޮނޑުގަ އަޅުވަމުން ހައިޒަލް ރައުފާ ގޮވައިގެން ގޭތެރެއަށް ވަނެވެ.ޒަމާނީ ފެނަވަރަށް ފަރުމާ ކޮއްފަ ހުރި ގެއިންވެސް އެގޭގެ ވެރިންގެ މުއްސަނދިކަން އެނގިގެން ދާނެއެވެ!3 ބުރިއަށް ނަގާފަ ހުރި އެ ގެއަކީ ނުލާހިކު ރީތި މާ ބަގީޗާ އަކާ ބެކް ޕޯރޗް އަކާ ސްވިމިންގް ޕޫލެއް އެކުލެވިގެންވާ ވިލާއެކެވެ.
ހައިޒަލްމެން ގޮސް ފެންޑާޔަށް ވަތް އިރު ދެލޯ އުނގުޅަމުން ރައުހާ ސިޑިން އެރެނީ އެވެ.”ލަކްޝްމީ!!!ޕްލީޒް ކޮފީއެއް ގިރައިދީބަ!އަދިވެސް ނިދި ބުރާންތި އަރާފަހުރެ ރައުފާ އެގޭގެ މެއިޑަށް ގޮވާލިއެވެ. އޭރު ބަދިގެއިން ނުކުމެގެން އައި ލަކްޝްމީ އޯކޭ މެޑަމް އޭ ބުނުމަށް ފަހު އަވަހަށް ބަދިގެތެރެއަށް ދެމިގަތީ ހައިޒަލް ފެނުމުންނެވެ! ހައިޒަލް ދެކެ އެގޭގެ މަސައްކަތް ކުރާ އެންމެން ބިރުގަނެއެވެ.”މަޑު މަޑުން އާފުރަމުން ސިޑިން ފޭބި ރައުފާ ދެލޯ ބޮޑުވީ މަންމަ ކައިރި ހުރި މީހާ ފެނިފައެވެ! ބާރަކަށް ދޮންބޭ ކިޔައި ހަޅޭއް ލަވައިގަންނަމުން ރައުފާ ފުންމައިގެން އައިސް އެރީ ހައިޒަލްގެ އުނގަށެވެ.”ޕްރިންސެސް ކޯއްޗެއްކައިގެން ތިހާ ބަރުވެފަ ތިހިރީ؟ “ އެހެން ބުނެލިއިރު ހައިޒަލްގެ މޫނަށް އެއްވެސް ކަހަލަ ބަދަލެއް ނާދެއެވެ! ހައިޒަލް އަށް ބަލަން ހުރެފަ ރައުފާ މާޔޫސްވެފަ ދޫކޮއްލީ ފުން ނޭވާއެެކެވެ! އަދިވެސް ހަމަ ހައިޒަލް އަށް އެއްވެސް ބަދަލެއް ނާންނަނީ ކީއްވެ ބާއޭ ހިތާ ހިތުން ސުވާލުކޮށް ރައުފާ އެ ދަރިފުޅެގެ އުފަލާއި ހިނިތުންވުމަށްޓަކައި ހެއްދެވި ފަރާތަށް ދުޢާ ކޮއްލި އެވެ!”މި ދޮންބެ ވެސް ދޯ! ވަރިހަމަ ރައު ކިތަންމެ ބަރަސް ތިހެން ބުނީތީވެ ދެން ވާނީ ރައު ގޮވައިގެން ގޮސް ސޯފާގަ ބައިންދަން ! ހައިޒަލްގެ އުނގުން އެރިގެން ކޮނޑުގަ އެލިގަންނަމުން ރައުހާ ބުނެލިއެވެ.”ދަރިފުޅު ދޮންބެ ދެންމަގައޭ އެއައީ ދަތުރު ވަރުބަލި ވެފައެއްނު ހުންނާނީވެސް! “ ރައުފާ ފިކުރު ބޮޑުވެފަ ރައުހާ ދިމާލަށް ބުނެލިއެވެ.”މަންމަ ތިހެން ބުނާ އިރު ހީވަނީ ރައު ހިއްލާލައިފިއްޔާ ދޮންބެ ބިންދާއިގެން ހިނަގައިދަނެހެން!މަންމަ ނިކަން ބަލާބަ ދޮންބެގެ މިއޮއް ބިޔަ ކަސްރަތީ ހަށިގަނޑެއް!ރައު ކަހަލަ ދެމީހުން ދޮންބެއަށް އެއް އަތުން ހިއްލާލެވޭނެކަން ޔަޤީން.އެހެން ނުނަސް ދޮންބެގެ އިނގިޔަކަށް ތަދުވިޔަސް މަންމަޔަށް ހީވާނީ ނޭވާ ނުލެވިގެން އުޅޭ ހެން “ މޫނަށް ގޮތެއް ހަދާލަމުން ރައުހާ ބުނެލުމުން ރައުފާ އެއްޗެކޭ ނުބުނެ ރައުހާއަށް ތުން އަނބުރާލައި ލޯއަޅާލީއެވެ!”ދޮންބޭ ހަމަ މިހާރު ހިނަގާ”ސޯފާޔަށް އިނގިލި ދިގު ކުރަމުން ރައުހާ ފިލްމީ ރާގަކަށް ބުނެލުމާއެކު ހައިޒަލް އެދިމާޔަށް ހިނގައިގަތެވެ.ދެކުދިންނަށް ބަލައި މި ފަހަރު ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށް ރައުފާ ހީގަނެފަ ދެކޮޅަކަށް ބޯ ހޫރާލިއެވެ.
މެންދުރުގެ އެ ހޫނުގަދަ ވަގުތު އެޗް.ސީ ކުންފުނީގެ ގޭޓްގެ ބޭރުގައި ހަރަކާތް ތެރިވަމުންދިޔަ ރިޕޯޓަރުންނާއި ފުރާވަރު އަންހެން ކުދިން ހީވަނީ މީހެއްގެ އިންތިޒާރުގަ ދެކޮޅު ހޯދާހެނެވެ.އިރުކޮޅެއް ނުވަނީސް އެ ގޭޓުން ވަންނަން އައި ރޭންޖް ރޯވާ ފެނުނު ހެން ހީނުވެ އެންމެން ކާރުގެ މައްޗައް ފުންމައިގަތް ފަދައެވެ!”ސަރ އިޓަލީއިން މިކޮޅަށް ބަދަލްވީތޯ؟ ސަރ އާއި މަޝްހޫރު މޮޑެލް އާ އޮތީ ކޮން ގުޅުމެއްތޯ؟ސަރގެ މަންމަ ދެކެ ރުޅިއައިސްގެން އިޓަލީއަށް ބަދަލްވި ވާހަކަ އަކީ ތެދު ވާހަކަ އެއްތޯ؟ސަރގެ ބައްޕަ މިދިޔަ ހަފްތާ ނިއުޔޯކަށް ފުރައިގެން ދިޔައީ ކީއްވެތޯ؟ސަރގެ ބައްޕަ އެނބިރި އަންނާނީ ކިހާއިރަކުންތޯ؟ “ ކާރު އަދި ގޭޓުން ނުވަންނަނީސް ހައިޒަލް އާ ރިޕޯޓަރުން ސުވާލު ކުރަމުން ދިޔައީ އެޔެއް މިޔެއް ނުބަލައެވެ.މީގެ އިތުރުން އަންހެން ކުދިން ގޮވާ އަޑުފައްގަނޑުން ހީވަނީ މީ ދެން މަސް މާރުކެއްޓެގަ ހިލޭ މަސް ދޫކޮއްގެން އުޅޭހެނެވެ. އެޔާއެކު ސެކިއުރިޓީ ގާޑުން އެމީހުން ކާރާ ދުރުކުރެވޭތޯ އުޅުނެވެ! ހައިޒަލްގެ ރުޅިގަދަވެގެން ކޮންޓްރޯލުން ނުންއަޓަނީސް ވަގުތުން ސެކްރެޓަރީއަށް ގުޅާލިއެވެ!”އިވާން 1 މިނުޓް މިދެނީ މި މީހުން މިތަނުން ދުރުކުރަން! “ ބުނުމަށް ފަހު ފޯން ކަނޑާލިއެވެ. ވަގުތުން 10 ވަރަކަށް ގާޑުން އައިސް އެތަނުން މީހުން ދުރުކޮއްލިއެވެ! އެޔާއެކު ކާރު ގޭޓު ފޫއަޅުވާލައި ޕާކިން ސްޕޭސަށް ވަދެގަތެވެ.”ހައިޒަލް ކާރުން އެރެން ވާއިރަށް އިވަން އައިސް ކާރު ދޮރު ހުޅުވާލަ ދިނެވެ.”މާދަން މަށައް މި އިމާރާތުގެ ބޭރުންވެސް އޭގެއިން އެކަކުވެސް ފެނިގެން ނުވާނެ! “ ހައިޒަލް އަމުރުވެރި ގޮތަކަށް އެހެން ބުނެލުމުން އިވަން ބިރުންހުރެ އިސް އުފަލައި ނުލާ އަވަހަށް ޔެސް ބޮސް އޭ ބުނެލީ ހައިޒަލް އެހާ ރުޅިން ހުރެވެސް އޭނަ ވަޒީފާއިން ވަކި ނުކުރީތީ ހެއްދެވި ފަރާތަށް ހަމްދު ކުރާހާލުއެވެ.
ބިލްޑިންގް ތެރެއަށް ވަދެގެން އައި ހައިޒަލްއަށް މުވައްޒަފުން ބަލަން ތިބީ ގަނޑުވެފައެވެ ! ހިނގާފަދިޔަގޮތުން އެހެރީ ރުޅިންކަން އެނގޭތީ އެކަކުވެސް އެކެއްޗެކޭ ނުކިޔައި އިސްޖައިގެން އެމީހެއްގެ މަސައްކަތާއިގެން ކުރިއަށް ދެވޭތޯބެލިއެވެ. އޭރު ހައިޒަލްގެ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް ދިޔަ އިވަން އަށް އެ އެންމެން ސަހަރޯ ހީވިއެވެ.”ހައިޒަލް އާއި އިވަން ގޮސް ލިފްޓައް އެރުމުން އެންމެން ހިފައަޓައިގެން ތިބި ނޭވާ ދޫކޮއްލިއެވެ.މިއަދު އެފަކީރުގެ ދުވަސް ދާނެ ކަންނޭނގެ.“އެކަކު ބަލަންހުރެ މަޑު މަޑުން ބުނެލިއެވެ! އެކަމަކުވާ އެހެރަ ރީތިކަމެއްދޯ މޮޔަވާރުވޭ، އެންމެ ފަހަރަކު ވެސް އަހަންނަށް ލޯބިން ބަލައިފިއްޔާ އުފަލުން މަރުވެސް ވެދާނަން!” އޭތް ހުވަފެން ބަލާނެކަމެއް ނެތް ، މަށަކަށް ހިއެއް ނުވޭ ބޮސް އަންހެނުން ދެކެ ލައިކްވާހެންވެސް! އަބަދު އުޅެނީ އެ އަކަޝަމް ސަރ އެކީގަ، އަނެއްކާ އެދެމީހުން ކަމެއްބާ؟ ނޯ ވޭސް އަހަރެންގެ ހިތް ފަޅައިގެން ގޮސަދާނެ! “އެތަނުން މުވައްޒަފުންތަކެއް އެކުގަ ވާހަކަ ދައްކަމުންގޮސް އެމީހެއްގެ ކެބިންއަށް ދެމިގަތީ އަކްޝަމް ބިލްޑިންގ އަށް ވަދެގެން އައިތަން ފެނުމުންނެވެ.
ސޮރީ ރަފާ، އަފާ،ތީބާ!!! ދެން ރުޅިނާދެބަ އިޝާ އަސްރު ނަމާދުކޮއްގެން އޮށޯތްތަނާ ހަމަ ނިދުނީއޭ! ލޯގަނޑު ކައިރި ރީތިވާންހުރި އިޝާ އަށް އެ ތިން މީހުން ހަމަ ލޯ އަޅާލީއެވެ.އިޝާ ދެރަވީވަރުން ރޮވެން ފެށުނެވެ! އިޝާ ރޯތަން ފެނުމުން އެ ތިން މީހުންގެ ހިތަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ! ސްކޫލު ދައުރުއްސުރެ އިޝާ އަކީ ވަރަށް ހިތްތިރި މައުސޫމް ކުއްޖެކެވެ! މީހަކު އެއްޗެކޭ ބުނާއިރަށް ރޮވޭނެވެ! އެ ތިން މީހުން އިޝާއައްޓަކައި މަރުދެއެވެ. އިޝާ ވެސް އެތިން މީހުންދެކެ ނުލާހިކު ލޯބިވެއެވެ.3 މީހުންވެސް ދުވަމުންކަހަލަ ގޮތަކަށް އިޝާ ގާތަށް ގޮސް އޭނަގެ ކަރުނަތަށް ފޮހެދިނެވެ.”ރަފާ:އިޝޫ ގަނޑާ ކިތަށް ފަހަރު އަހަރުމެން ބުނާނީ އެހާ ކުދި ކުދި ކަންކަމާ ނުރޯށޭ!އަފާ:ބަލަ މިހެންކަންތައް ދަންޏާ އިޝޫ ރައްޓެހިވާނެ މީހަކު އިޝޫ ދެރަކޮއްފިއްޔާވެސް އަހަރުމެން އެމީހަކު ތަޅާލަން ދާން ކަންނޭގެ ޖެހޭނީ!ތީބާ:އޭތް މާރާމާރީ ހިންގަން އުޅޭނެ ކަމެއް ނެތް!މަ އޭނަ ޖަލައްލައިދީފާނަން ކަލޭމެން ތިވަރު ނުކުރިޔަސް! “އެއާއެކު ހަތަރު މީހުންވެސް ޕަކަ ޕަކަ ލާފަ ހޭންފެށީއެވެ!
ދެން އަންނަ ބައިގެ ތެރެއިން:”އޯވް ހެލޯ މިސްޓަރ ދެލޯ ވައްކޮއްގެން ބަލާނީކީއެއް ނޫނޭ! “ ހައިޒަލް އަށް ހަމަ ބިމަށް އާދެވުނީ އެ އަންހެން ކުއްޖާ ތަންކޮޅެއް ބާރަށް ވާހަކަ ދެއްކުމުންނެވެ!ރުޅިގަދަވުމުން އަދި މާރީއްޗެވެ! އިސްކޮޅުން ފަސް ފޫޓު ހަމަވާހެންވެސް ހިއެއް ނުވެއެވެ! ކިރިޔާ ހައިޒަލްގެ މެއާ އަރާ ހަމަވާކަމެވެ. އަލަށް ހައިޒަލް އަށް މީހަކު ލޯބި ހެން ހީވީއެވެ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Aww😍.. Maasha Allah Vv reethi mi part vs👍.. Unmeedhu kuran next part vs avahah kiyaalan libeyne kamah😊
When next part kiyaalan libeynee?