Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ކަލާގެ ހިނިތުންވުން 4

✨ IFAA ✨
✨ IFAA ✨ Level 110 Stories
September 7, 2023 3 Mins Read
4 Comments

*”ކީއްކޮށްލަނީ ؟” އިޒްހާ އުޅުނު ހާލު ފެނި ކައިޒާން އަހައިލިއެވެ. “ނުފެނޭތަ؟ އަހަރެން މި އުޅެނީ މި ތެލިގަނޑު ނޫފުއްލިގެން” ރަތުގައި ހުރި އިޒްހާގެ މި ރުޅިފެނި ކައިޒާން ގާތަށް ހިނި އައެވެ. “މަންޖޭ އެއްޗެކޭ އަހާލާ އިރަށް އަރާ ކިންބުގަ ނުޖެހުނަސް ހެވޭ… ތި ދައްކަބަލަ މަ ތީތި ގަނޑު ހިފައިގެން ގޮއްސްފާނަމޭ” ކައިޒާން އެހީތެރިކަމަށް އަތް ދިއްކޮއްލަމުން ބުނެލިއެވެ. “ނޫނޭ…. އަހަރެން ގޮސްފާނަން” މިހެން ބުނެ އިޒްހާ ފެން އަޅާ ފުރާފައިވާ ތެލި ހިފައިގެން ދިއުމަށް ހިންގައިގަތެވެ. އިޒްހާގެ ފަހަތުގައި ހުއްޓިގެން ހުރެ އޭނާ އާއި ދިމާލަށް ބަލަން ހުރި ކައިޒާން އަށް މޭމަތީގައި އަތް އަޅައި ލެވުނެވެ. އެ ހިތުގެ ރާނީ އެ ހާލުގައި އުޅޭތަން ފެނި އެ ހިތަށް ތީރެއް ހަރާލި ކަހަލަ އެވެ. “ކައިޒާން؟!” ބޯށި ގަހާއި ދިމާ ލުން އޭނާގެ ނަން ގޮވައިލިއަޑު އިވުމުން ކައިޒާން އެ ދިމާލަށް ބަލައިލިއެވެ.*

 

ބޯށިގަސްތަކާއި ދިމާއަށް ބަލައިލި ކައިޒާން އަށް ފޫހުކަމެއް އިހްސާސް ކުރެވުނީ ބަޑި ހިންގުމަކުން އައިސް ކައިޒާން ކުރިމަތީގައި ހުއްޓުނު ޔަލްވީ ފެނުމުން އެވެ.” ކައިޒާން މިހާރަކަށް އައިސް މުޅިން ބަދަލު ވެއްޖެ… ކުރިން ކައިޒާން ބުނާނެ އަހަންނާ ނުލާ އެއް ހަމަ ނޭވާ ވެސް ނުލެވެނެއޭ އެކަމު މިއަދު އެހިރަ މެއިޑް އާއި އެކު ފްލާރޓް ކުރަމުން ތި ދިޔައީ… ކައިޒާން އަހަރެން ދެކެ ލޯބިވޭތަ؟” ޔަލްވީ ތުއި ދައްކާލަމުން ބުނެލިއެވެ. “ހަމަ ނޭވާ ލެވެތީ ދޯ މަ ދުނިޔޭގަ މިހުރީ… އެންޑް ކާކާ ދިމާލަށް މެއިޑް އެކޭ ތިކީ؟ ކަލެއަށް ނޭންގުނަސް އެއީ އަހަރެންގެ މަންމަގެ ބެލުމުގެ ދަށުގައި އަހަރެންގެ މަންމަގެ ވަރަށް ގާތް އެކުވެރިއެއްގެ ހަމައެކަނި ހުރި އަންހެން ދަރިއޭ… މަ ކަލޭ މަތިން ހަނދާން ނެތުން ތާ 6 އަހަރު ވެއްޖެ ކަލޭ ތީ އަހަންނަށް އެއްވެސް މީހެއް ނޫން މިއަދު ވެސް ކަލޭ އަށް މި ދަތުރަށް އާދެވުނީ ނައުފް ގެ ރަނގަޅު ކަމުން ” މިހެން ބުނެ ޔަލްވީ ކައިރިން ދުރަށް ދިއުމަށް ކައިޒާން ކޭންޕިން ސައިޓް އަށް ދިއުމަށް ހިންގައިގަތެވެ. ކައިޒާން ދެންމެ އެ ބުނީ ބަސްތައް ޔަލްވީ ގެ ސިކުނޑީގައި ގުގުމާލިއެވެ.

 

**********

 

ހުރިހާ އެންމެން ކަހަލަ ގޮތަކަށް ބޭރުގައި އުޅުނެއްކަމަކު ޓެންޓު ތެރޭގައި އިނީ ޖޫލިއާ އާއި ކައިރާ އެކަންޏެވެ. “ކް… ކައި… ކައިރާ؟” އިސްޖަހައިގެން ހުރެ ޖޫލިއާ ކައިރާ އަށް ގޮވައިލިއެވެ. “ހްމްމްމް؟” ކައިރާ ޖަވާބުގައި ބުނެލިއެވެ. “އައިމް ސޯ ސޮރީ… އެދުވަހު ދޮންބެ ކައިރާ އަށް މި ހާލު ޖެއްސީމަ އަދި އަހަރެން ކައިރާ އާއި އެކު އޮތް އެކުވެރިކަން ގެއްލުވައިލިމަ… އަސްލު އަހަންނަށް މަޖުބޫރުވީ އެދުވަހު ދޮންބެ ގެއަށް އައިގޮތައްއައިސް އަހަރެން އަތުން ފޯނާ ލެޕްޓޮޕް އަތުލީ އަދި އަހަންނަށް އިންޒާރު ދީފަ ދިޔައީ އަހަރެން ކައިރާ މެންގެއަށް ދިޔަ އިން އެކަމު ދޮންބެ އެރޭ އަހަންނަށް ވަރަށް އަނިޔާ ކުރި އަދި އަހަރެން ހިލޭ ފިރިހެނެއްގެ އަތައްދީ ރޭޕް ކުރުމަށް ބުނެ އަހަރެން އެތާނގަ އެކްނި މާ އެކަނި ބާއްވާފައި ދިޔައީ… ކައި އަހަރެން އަށް އެހީ ވެދީ އަ… އަހަރެން އަކަށް ދެނެއް ކެތެއް ނުކުރެވޭނެ” ޖޫލިއާ ވާހަކަ ނިމުން އިރު ހުރީ ފެންކަޅިވެ ފައެވެ.” ޖޫލީ އަހަރެން އަށް އިންގޭ ޖޫލީ ގަސްތުގައެއް ނުދާނެ ކަން ވީ ހޭވް ބީން ބެސްޓީސް އެވަރސިންސް ޕްރީ ސްކޫލް… އަހަރެން ޖޫލީ އަށް އެހީ ވާ ނަން ” ކައިރާ ޖޫލިއާ ގާތުގައި ބުނެލިއެވެ.” ތެންކްސް ކައި ” ޖޫލިއާ ކައިރާ ގައިގައި ބައްދާލަމުން ބުނެލިއެވެ.

 

“ކައި ޖޫލިއާ އާދޭ ސައިބޯން” އިޒްހާ މިހެން ބުނުމުން ޖޫލިއާ ކައިރާ ގޮވައިގެން ޓެންޓުން ނިކުތެވެ.” ހޫމް ޒަމާނަކު ބެސްޓީސް ދޯ” ކައިޒާން ޖެއްސުމަށް ބުނެލިއެވެ. “މިހާރުވެސް ބެސްޓީސް” ކައިރާ ބުނެލީ ތަންފުކެއްގެ ހިސާބު ވެސް ދޫނުކުރަންށެވެ. “އެހެން ތޯ މިވީ ބަލަ މައި ޑިއަރ ސިސް އާދޭ އަވަހަށް މިއަދު ކައި ކާނީ ދޮންބެ އަތުން” ކައިޒާން ޖޫލިއާ ކައިރީގައި ހުރި ކައިރާ ގޮވައިގެން އައިސް އިށީންނަމުން ބުނެލިއެވެ. އެންމެން ވެސް ކާގެން ދެން މިސްރާބު ޖެހީ ބީޗް އާއި ދިމާލަށް ށެވެ. ބޯޅަ ހިފައިގެން ފަންވަތުން ނެޓު ހެދުމަށް ފަހު ވޮލީ ކުޅެން ފެށިއެވެ. ވާނުވާ ނޭންގޭ ހާލުގައި ކައިރާ އަށް ހުރެވުނީ އިސް ޖަހައި ލައިގެން އެވެ.

 

“ކައި ދުވަސްވަރު ވެއްޖެ ދޯ ދިމާނުވާތާ” މަޔާން އައިސް ކައިރާ ކައިރީގައި އިށީންނަމުން ބުނެލިއެވެ. “އާނ މަޔާންބެ ކޮން އިރަކު ތަ އައީ” ކައިރާ އަހައިލިއެވެ. “އިއްޔެ މަ އައިސް ވަރުބަލިކަން ފިލުވަން ވެގެން އެނދުގައި އަރާ އޮށޯއްވެލި ތަނާހެން މިހިރަ އުޅޭ ޒާން ގުޅީ ނިދާލަން ނެގި ފޮނި އުންމީދު ތައް ވެސް ދިޔައީ ފެނަށް” މަޔާން ސަމާސާ ކުރާ ރާގަކަށް ބުނެލިއެވެ. “ހެހެހެ… މަޔާންބޭ އަހަރެން މީ ބޭކާރު މީހެއްތަ މިހާރު…މިހެން މި ބުނިކަމަކީ އަހަރެން ރަށުގަ އުޅޭއިރު މީހުން ކިޔާނެ އަހަރެން މީ ދުނިޔެ މައްޗައް ޙަރާމް ވެފަ ހުރި މީހެކޭ އެއީ ވެސް އަހަރެން ނުކުޅެދުންތެރި ކުއްޖަކަށް ވީމަ” މާޔޫސް ވެފަ ހުރެ ކައިރާ އަހައިލިއެވެ. “ނޯ ކައި ތީ އެއްގޮތަކަށްވެސް ބޭކާރު މީހެއް ނޫން އިންފެކްޓް ޔުއާރ މައި ލިޓުލް ސިސްޓާރ އަހަރެންގެ އަމިއްލަ ކޮއްކޮ އަހަރެންގެ އާއިލާ ދޫކޮށްލާފަ ދިޔައިރު ކައި ހުރީ އަހަރެން ޗިއާރ އަޕް ކުރަން… ރަށު މީހުން އެއީ އަބަދުވެސް އެކަކު އަނެކަކަށް ހަސަދަލައިގެން އުޅޭބައެއްނު އެކަކުގެ ދަރި އަނެކަކުގެ ދަދިއަށް ވުރެ ރީތިވީމަ ކައި ޔޫ އާރ ދެ ސެކަންޑް ޕްރިޓިއެސްޓް ގާރލް އިން މައި ލިސްޓް” މަޔާން ކައިރާ އަށް ހިތްވަރު ލައިދިނެވެ.” ސެކަންޑް؟ ކާކު ފަސްޓް އަށްއައީ؟”ކައިރާ އަހައިލިއެވެ.” ޖޫލިއާ އަހަރެންގެ ހިތާ ކުޅެލީ ޖޫލިއާ އަށް އަހަރެންގެ ހިތުގައިވާ އިޙްސާސް ތައް ކިޔައި ދިނުމުން ޖޫލިއާ އަހަރެން ރިޖެކްޓް ކުރީ” މަޔާން އިސް ޖަހައިލިއެވެ.” އަދި ހިތްވަރު ކުރޭ މަޔާން ބެއަށް އަދި ޖޫލީ ލިބޭނެ ” ހިތްވަރު ލައިދެމުން ކައިރާ ބުނެލިއެވެ.

 

*************************

 

ދޮންވެލި ގަނޑު މަތީގައި އިށީންދެލައިގެން ފުންކޮށް ވިސްނުމެއްގެ ތެރޭގައި އިން އިޒްހާ ސިހުނީ މީހަކު އައިސް އޭނާ ގާތުގައި އިށީންނުމުން އެވެ. ކަނާ އަތް ފަޅި އަށް އެނބުރުނު ތަނާހެން އިޒްހާ ލޮލުގައި އަޅައިގަތީ އެމިސްޓް ބްލޫ ކުލައިގެ ކަޅިއެވެ. އެ ދެލޮލުގެ ފުން ކަނޑަށް ގެނބިގެން ދިޔައެވެ. “އިޒޫ!” އިޒްހާ ސިއްސައިގެން ދިޔައީ އެ ފިރިހެން ވަންތަ އަޑު ން އޭނާ އަށް ގޮވައިލީމަ އެވެ. ކުރިމަތީގައި ވާ ސޫރައަށް ބަލައިލީއިރު ފެނިގެން ދިޔައީ ކައިޒާން ގެ އެ ސޫރަ އެވެ. “ކައިޒާން ؟!” އިން ތަނުން ތެދުވެ ފައި ކޭމްޕް ސައިޓް އަށް ދިއުމަށް ހިންގައިގަތެވެ. “އިޒޫ މަޑުކޮށް ބަލަ” ކައިޒާން އިޒްހާ ގެ އަތުގައި ހިފާފައި ބުނެލިއެވެ. “ކީއްވެ ؟ ކީއްކުރަން؟ އަހަރެން މީ ތީނަ މެންގޭގައި އުޅޭ މެއިޑް އެއްނު… އަހަރެންއަހަރެން މީ ތި މީހުން ގެންގުޅޭ އަޅެއްނު” ދެ ބުމަ ގޮށް ޖަހާލާފައި އިޒްހާ ބުނެލިއެވެ. “ކީއްވެހޭ ތި އެހީ ؟” ކައިޒާން އިޒްހާ ގެ އަތަށް ބާރުކުރަމުން އަހައިލިއެވެ. “އާން” އިޙްސާސް އެއް ނެތް ގޮތަކަށް އިޒްހާ ބުނެލިއެވެ.” އިޓްސް ބިކޯޒް އައި ލަވް ޔޫ” ކައިޒާން ބުނެލިއެވެ.

–ނުނިމޭ–

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 29

Next

ޔާރާ އަހާށޭ 11

Next
September 7, 2023

ޔާރާ އަހާށޭ 11

Previews
September 7, 2023

ދިރުމެއްނެތް ދިރިއުޅުން 29

4 Comments!

  1. Anonymous says:
    September 7, 2023 at 11:41 am

    Mihaaru mi vahaka handhaan vx neh
    Kuriyah oeh part anna aharuge kihaa hisaabehga kemhvx neynge kiyaalan libeyny

  2. Zaieefa says:
    September 7, 2023 at 2:16 pm

    Where is part 123

  3. love imko 💕💕 says:
    September 7, 2023 at 7:56 pm

    When Is next part

  4. Zee says:
    September 8, 2023 at 8:52 am

    Koniraku next part kiyaalan libeyny?
    And story v Rythi😊❤️

Comments are closed.

Next Episodeކަލާގެ ހިނިތުންވުން 5←


All Right Reserved!