Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ކަލާގެ ހިނިތުންވުން 3

✨ IFAA ✨
✨ IFAA ✨ Level 110 Stories
December 13, 2022 4 Mins Read
0 Comments

އަނެއް ދުވަހު ފަތިހު ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އިޒްހާ އަށް ހޭލެވުނެވެ. އިޒްހާ ދެން އަވަސްވެގަތީ ފަތިސް ނަމާދު ކުރުމަށް ށެވެ. ފަތިސް ނަމާދު ކޮށް ނިންމާފައި އިޒްހާ ދިޔައީ ކައިރާގެ ކޮޓަރިއަށް ށެވެ. “ކައި؟” ދޮރު ހުޅުވައި ލައިފައި އިޒްހާ ކައިރާ އަށް ގޮވައިލިއެވެ. “ހްމްމްމް” ކައިރާ އަޑެއް ލައްވައި ލިއެވެ. “އަވަހަށް ތެދުވޭ މިހާރު 4:50 ވެއްޖެ” އިޒްހާ މިހެން ބުނުމުން ކައިރާ އެނދުން ހިއްލައިލިއެވެ. ކައިރާ އަށް ތައްޔާރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަހު އިޒްހާ ދެން ދިޔައީ ކައިޒާން އަށް ގޮވައިލާން ށެވެ. އިޒްހާ ކައިޒާންގެ ކޮޓަރީ ދޮރުގައި ޓަކި ޖަހަން ފެށިއެވެ.” އޯއި މަ މިހުރީ ހޭލައޭ ދެން ދޮރު ވައްޓާ ވަރަށް ޓަކި ނުޖަހަބެ” ކައިޒާން ދޮރު ހުޅުވަމުން ބުނެލިއެވެ.

 

ގާތްގަނޑަކަށް 5:20 ވެލިހާއިރު އެންމެން ވެސް ރަށުގެ ބަނދަރާއި ހަމަ ވިއެވެ. “ހާއި ގާއިޒް މީ އަހަރެންގެ ބެސްޓީ ޖުމާން ދެން އޭނަގެ ކޮއްކޮ ޖޫލިއާ… އައްޗި ލޯފަން ކުއްޖާ ވެސް ގޮވައިގެންތަ ދަނީ” ޔަލްވީ ކުނިމޫނު ހަދައި ލިއެވެ. “މަ ދާ ތާކަށް މަގޭ ކޮއްކޮ ދާނެ… ޝަކުވާ ނުކޮށް ދޯންޏައް އަރާބެ” ކައިޒާން މިހެން ބުނުމުން ޔަލްވީ އިތުރަށް ފޫހިވެގެން ދިޔައީ އެތާނގައި ހުރި ޕާކުގެ ފާރުމަތީގައި އިށީންދެލަންށެވެ.” ހުރިހާ ކަމެއް ނިމުނީ އެއްނު ހިންގާ ފުރަން އުޅެމާ” ނައުފް މިހެން ބުނުމުން އެންމެން ދޯންޏައް އެރިއެވެ.” ކައި ހުންނާނީ އަހަރެން ކައިރީގަ” ކައިޒާން މިހެން ބުނުމުން ނިޔާޒް ގޮސް ކައިރާ ގާތުގައި އިށީންދެލިއެވެ. “ކައިދައްތަ ހުންނާނީ އަހަރެން ކައިރީގަ” ނިޔާޒް މިހެން ބުނުމަށް ފަހު ކައިރާ ކައިރީގައި އިށީނދެލި އެވެ.

 

މާކުގިނަ އިރު ތަކެއް ނުވޭ ފަޅުރަށަށް ލެފިއެވެ. މަޑުމަޑުން އެއްޗިސް ތައް ދޯނިން ބޭލުވުމަށަފަހު އެންމެން ވެސް ރަށުތެރެއަށް ހިންގައިގަތެވެ. ވަކި ހިސާބެއްގައި ހުރި ހުސް ޖާގާގައި ހުރިހާ ސާމާނުތައް ބެހެއްޓުމަށް ފަހު އެންމެން ވެސް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލިއެވެ. “ހިންގާ ބަލަ ރަށުތެރެ ބަލައިލަން ދާން” ހަނާ މިހެން ބުނުމުން އެންމެން ވެސް މި ކަމާ އެއްބަސްވި އެވެ. އެންމެން ވެސް ހިނގައިގަތީ ރަށުގެ ފުއްޓަރާއި ދިމާލަށް ށެވެ. ރަށުގެ ފުއްޓަރާއި ހަމައަށް ދެވުން ތަނާ އެންމެންގެ ލޮލުގައި އަޅައި ގަތީ އިރު އަރަމުން ދާ މަންޒަރެވެ.

 

” އޭތް ޖޫލިއާ މަ މިބުނީ މިތަނުން އެއްވެސް ގަމާރަކު ކައިރީ އަހަރެން ގެ ރޭވުން ކިޔައި ދީގެން ނުވާނެ އެންމެ ފުރަތަމަ އަދި އެންމެ ފަހު އިންޒާރު މި ދެނީ ކިޔައިދީފިއްޔާ މަހާ ނުލަފާ މީހެއް ކަލޭ އަކަށް ނުފެންނާނެ އަޑު އިވޭ” ޖޫލިއާ ގެ އެ ފަން އިސްތަށިގަނޑުގައި ދަމަމުން ޖުމާން ބުނެލިއެވެ.” އައްދޯއި ތަދުވެޔޭ ބަލަ އަހަރެން ދޮންބެގެ އެދުމަށްށެއްނު ކައި އާ އެކުގައި އޮތް އެކުވެރިކަން ކަނޑާލީ އަދިވެސް މަ ތަ ގޯހީ” ޖޫލިއާ ޖުމާން ގެ އަތުން މިނިވަން ވަމުން ބުނެލިއެވެ.” ދެން ހެޔޮ ދާނެް އުޅޭ” ޖުމާން ޖޫލިއާ ކޮއްޕާލަމުން ބުނެލިއެވެ. ޖޫލިއާ ބެލެންސް ނުކުރެވި ގެން ބިންމައްޗަށް ވެއްޓުނެވެ. ޔަލްވީ އާއި ޖުމާން ރޭވުން ތައް ރާވަމުން ވަލުތެރެއަށް ވަދެގެން ދިޔައެވެ.

 

މާ ދުރުން މި މަންޒަރު ބަލަން ހުރި މަޔާން މަޑު ހިންގުމަކުން އައިސް ޖޫލިއާ ކައިރީގައި ހުއްޓުނެވެ. އަދި ޖޫލިއާ އާއި އެއްވަރަށް ތިރިވަމުން މަޔާން ޖޫލިއާގެ ވާ އަތުގައި ހިފިއެވެ. އެ ކުޑަކުޑަ ހިމް އަތު ތެރެއަށް ފުޅިތޮށި ކޮޅެއް ވަދެފައި ވެއެވެ. އެ އަތުން ފުޅިތޮށި ތައް ނައްޓަމުން މަޔާން ޖޫލިއާ އާއި ދިމާލަށް ބަލައިލިއެވެ. އެ ދެ ލޮލުގައި ވަނީ ކަރުނަތައް ބޮނޑި ވެފައެވެ. ޖޫލިއާ ވީ ތައްދެއް ގެ ބޮޑުކަމުން މަޔާން ކޮއްޕާލިއެވެ. “ދުރައްދެ” މިހެން ބުނެ ޖޫލިއާ އެތަނުން ތެދުވެ ލިއެވެ. ނަމަވެސް މަޔާން ޖޫލިއާގެ އަތުގެ މުޅައްދަނޑީގައި ހިފާ އޭނާ އާއި ގާތް ކޮށްލިއެވެ. “ޖޫލްސް އަދިވެސް އަހަންނަކަށް ޖަވާބެއް ނުދެމެއްނު ޖޫލްސް އަހަރެން ދެކެ ލޯބިވޭތަ ؟” މަޔާން މިހެން ބުނުމުން ޖޫލިއާ އިސް ޖަހައިލިއެވެ. “ނޫން އަހަރެން މަޔާން ދެކެ ލޯތްބެއް ނުވޭ” ޖޫލިއާ ކަރުނަވީ ދެލޮލަކާއެކު ބުނެލިއެވެ. އެއަށް ފަހު ކޭމްޕިން އޭރިއާ އަށް ދިއުމަށް މިސްރާބު ޖެހި އެވެ. މަޔާން ވެސް ހިތްވަރު އެލުވައި ނުލައި ކޭމްޕިން އޭރިއާ އަށް ދިއުމަށް ހިންގައިގަތެވެ.

 

**********

 

އަވަހަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރަން ވެގެން ތެޅި ފޮޅި އުޅުނު ހަނާ ދިޔައީ ދެފައި އެއް ތާނގައި ޖެހޭ ވަރު ނުވެގެން އެވެ. “މަންޖޭ ތި ހަމަޖެހި ބަލަ އަދި އެ އުޅެނީ ހަތެއް ވެސް ނުޖަހައިގެން މަންޖެ ތިވަރަށް ނުތެޅުނަސް ސައި ހެދޭނޭ” މަލާމާތް ކުރާ ރާގަކަށް ނިޔާޒް ހަނާ އާއި ދިމާ ކުރަން ފެށިއެވެ. “ސާބަސް މަހުތައަށް… އަންހެނަކާ ނުގެޅިއެެއް މަހުތައަކަށް ނުހުރެވޭތަ؟ އެހެން ނޫނީ މަހުތަ މި މަންޖެ އަށް ހިތްކީތަ؟” ނައުފް ނިޔާޒް އާއި ދިމާ ކުރަމުން ބުނެލިއެވެ.” އައްޗި އެ ބުނެލި ގޮތެއް ބަލަ ދޮންބޭ މަ ކީއް ކުރަން މި މަންޖެ އަށް ހިތްކިޔަންވީ… ސުކޫލުގައި އުޅުނު ދުވަސްވަރުން ފެށިގެން މަ މި ހަނާ އާ ނުލާހިކު ގެޅެން… ދޯ ދަލޭކަ ދައިތާ”ނިޔާޒް ހަނާ އާއި މުހާތަބް ކޮށް ބުނެލިއެވެ. “ދަލޭކަ ދައިތަ އޭ!! ބަލަ ގަބުޅިބޯކިބާ މަ މީ ދަލޭކަ ދައިތަ އެއް ނޫން މަށަށް ކިޔަނީ ފާތިމަތް ހަނާ ބިންތި މުހައްމަދް ހަކީމް އެނގިއްޖެ” ހަނާ ތަންފުކެއްގެ ހިސާބު ވެސް ދުލެއްނުކުރިއެވެ.” ހޫމް ދެން ހުއްޓާލާ ވަރުގަދަ ދެ މީހުންނޭ މިހުރީ މަ ހަމަ ބޯ ހަލާއްކު މި ދެކުދިންއެކޭ ދެ ކާޅު ތަޅާފޮޅުމެކޭ އެއްވެސް ތަފާތެއް ނެތް އެއްމާބަނޑު އެއްބަފާ ދެބެން އަކަށް ވުރެ މިމީހުން ގެ ކަންތައް މާ ބޮޑޭ ” އެންމެފަހުން ނުހުރެވިގެން އުނަގަނޑުގައި އަތްވިއްދާލާފައި އިޒްހާ ބުނެލިއެވެ.” މެޑަމޫ އަހަރުމެން މަޢާފައް އެދެން… އަދި އެއް ވާހަކަ ސަފަރުކައްދާ މަށަށް ކިޔަނީ މުހައްމަދު ނިޔާޒް އިބްރާހިމް ގަބުޅިބޯކިބާ އެއް ނޫން ” ނިޔާޒް ވެސް ހަނާ އާއި ދިމާލަށް ބުނެލިއެވެ.” ހެވޭ ކޮންމެ ބޯކިބާ އަކަސް ކައްކަން އުޅެބަލަ އަހަރުން ބަނޑަށް މަރަންތަ ތި އުޅެނީ” ކައިޒާން އެންމެފަހުން ނުހުރެވިގެން ބުނެލިއެވެ.

 

ކައްކަން ފެން ބަލައި މޫދާއި ދިމާލަށް ދިޔަ އިޒްހާ އަށް ނޭންގުނީ މާ ދުރު ނޫން ހިސާބެއްގައި އިޒްހާ ގެ ހަރަކާތް ތައް ބަލަން މީހަކު ހުރިކަމެވެ. އެތާ ކައިރީގައި ހުރި ބޯށި ގަސް ދަށުގައި ހުއްޓިލައިގެން ހުރި ކައިޒާން ދިޔައީ އިޒްހާގެ އަމަލުތަކަށް ފާރު ލަމުން އެވެ. އިޒްހާގެ ކޮންމެ ޢަމަލެއް ވެސް ކައިޒާން އަށް ކަމު ދެއެވެ. އިޒްހާގެ އެވާ ރީތި ރަތް ކުލައިގެ އިސްތަށިގަނޑު ހުޅިއެއްގެ ތެރޭގައި ހައްޔަރު ކޮށްފައި ވުމުން އެ ދޮން ދޮން ކަނދުރާ ފެނިގެން ދިޔައެވެ. އިޒްހާގެ މޫނުމަތިން ވަރުބަލިކަން ހާމަ ކޮށްދިނުމަށް ޓަކައި ދާތީ ކިތައް ބަބުޅަމުން ދިޔައެވެ. ޅޫޅާފަތި ހަށިގަނޑު ނުވާ ކުރުމުގެ ގޮލުން ލައިފައި ހުރި ހުދުކުލައިގެ ޓީޝާޓް ގައި ވަނީ ވަށް ގޮށެއް ޖަހައިލާފައެވެ. އިޒްހާ ގެ މި ޢަމަލުތައް ބަލަން ހުރި ކައިޒާން ގެ ހިތް ގޮވަމުން ދިޔައީ މިހާރުން މިހާރަށް އިޒްހާ އަށް ލޯބި ހުށައެޅުމަށްށެވެ. މިހެން އިޒްހާ އާއި ދިމާލަށް ބަލަން ހުރި ކައިޒާން މަޑު ހިންގުމެއްގައި ގޮސް އިޒްހާ އާއި އަރާ ހަމަ ކޮށްލިއެވެ.

 

“ކީއްކޮށްލަނީ ؟” އިޒްހާ އުޅުނު ހާލު ފެނި ކައިޒާން އަހައިލިއެވެ. “ނުފެނޭތަ؟ އަހަރެން މި އުޅެނީ މި ތެލިގަނޑު ނޫފުއްލިގެން” ރަތުގައި ހުރި އިޒްހާގެ މި ރުޅިފެނި ކައިޒާން ގާތަށް ހިނި އައެވެ. “މަންޖޭ އެއްޗެކޭ އަހާލާ އިރަށް އަރާ ކިންބުގަ ނުޖެހުނަސް ހެވޭ… ތި ދައްކަބަލަ މަ ތީތި ގަނޑު ހިފައިގެން ގޮއްސްފާނަމޭ” ކައިޒާން އެހީތެރިކަމަށް އަތް ދިއްކޮއްލަމުން ބުނެލިއެވެ. “ނޫނޭ…. އަހަރެން ގޮސްފާނަން” މިހެން ބުނެ އިޒްހާ ފެން އަޅާ ފުރާފައިވާ ތެލި ހިފައިގެން ދިއުމަށް ހިންގައިގަތެވެ. އިޒްހާގެ ފަހަތުގައި ހުއްޓިގެން ހުރެ އޭނާ އާއި ދިމާލަށް ބަލަން ހުރި ކައިޒާން އަށް މޭމަތީގައި އަތް އަޅައި ލެވުނެވެ. އެ ހިތުގެ ރާނީ އެ ހާލުގައި އުޅޭތަން ފެނި އެ ހިތަށް ތީރެއް ހަރާލި ކަހަލަ އެވެ. “ކައިޒާން؟!” ބޯށި ގަހާއި ދިމާ ލުން އޭނާގެ ނަން ގޮވައިލިއަޑު އިވުމުން ކައިޒާން އެ ދިމާލަށް ބަލައިލިއެވެ.

 

ނުނިމޭ…

Hi guy’s

This week has been hard but I managed to finish the episode in time hope you all liked it

If you have any requests please comment below 😊😊

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

އޯވަރނައިޓް

Next

ކޮމެޑީ ލޭންޑް – އާރޖެންޓީނާ : ނެދަލޭންޑްސް

Next
December 16, 2022

ކޮމެޑީ ލޭންޑް – އާރޖެންޓީނާ : ނެދަލޭންޑްސް

Previews
December 13, 2022

އޯވަރނައިޓް



All Right Reserved!